Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 8

seym Level 310 Stories100 Login100 Comments
September 4, 2017 3 Mins Read
14 Comments

ތެދުވެ އެނދުގައި ހަމަޖެހިލަމުން ލާމިހް ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ އަންހެންކުއްޖެކެވެ. އަހާލީ ވާހަކަދައްކަނީ ލާމިހް ތޯއެވެ. “ތީ ކާކު..” ލާމިހް އެހެން އަހާލީ އެ ކުއްޖަކަށް ލާމިހް އިނގޭއިރު ލާމިހް އެއީ ކާކު ކަން ނޭނގުމުންނެވެ. “މީ ހަަނާ..” ލާމިހް އަށް އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ނެގިއެވެ. ހަނާ އެދުނީ ކޮންމެވެސް ގަޑިއަކު ބައްދަލުކޮއްލަދިނުމަށެވެ. ކީއްކުރަންތޯ ސުވާލުކުރުމުން ބައްދަލުވުމުން ހުރިހާ ވާހަކައެއް ކިޔައިދޭނަން ކަމުގައި ބުނެލިއެވެ. ލާމީހް އަށް ފަސޭހަ ވަގުތަކާއި ތަނެއް ފަހުން މެސެޖްކޮއްލަ ދިނުމަށް އެދެމުން ހަނާ އިތުރު ވާހަކައެއް ނުދައްކާ ފޯނު ބޭއްވީއެވެ. ފޯނަށް ބަލަހައްޓައިން ލާމިހް އިނީ ވިސްނުމެއްގައެވެ. ހަނާ އޭނާ އާއި ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ. ކިޔައިދޭނަން ކަމުގައި އެބުނި ހުރިހާ ވާހަކައަކީ ކޮން ވާހަކަތަކެއް ހެއްޔެވެ. އަނެއްކާ ލާމިހް ގެ ނަމްބަރު ހޯދީ ކިހިނެއްހެއްޔެވެ. ހަނާ އާއި ދިމާވުމުން އެ ސުވާލުގެ ޖަވާބުހޯދަން ނިންމައިން ލާމިހް ޖައްސާލީ ނިދޭތޯއެވެ.

 

ސައިކަލު ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއެކު ފަހަތުގައި އިން އީރަމް ފޭބިއެވެ. “މިރޭ ދާނަންދޯ..” އީރަމް ހަނާ ގާތު އަހާލިއެވެ. “ކޮންތާކަށް..” ހަނާ ޖަވާބުދިނުމުގެ ބަދަލުގައި ކޮއްލީ ސުވާލެކެވެ. “ބުނީމެއްނު ކުރިންދުވަހު ފިހާރައެއްގަ އިން ވަރަށް ރީތަ ޓޮޕް ކޮޅެއްގެ  ވާހަކަ..އެ ގަންނަން މިރޭ ދާނަމޭ ބުނީމަ..މަ ވެސް އެބަ ޖެހޭ އެއްޗެއް ގަނެލަން..” ހަނާ ކުއްލިއަކަށް ހަނދާންވީ ލާމިހް އާއި ބައްދަލުކުރަން ޖެހޭ ކަމެވެ.. “މިރެއޭތަ ބުނެވުނީ..މާދަން ދޯ ދާނީ.. މިރޭ ނެތް އެއްވެސް ތާކަށް ދާ ހިތެއް..” ހަނާ އެހެން ބުނުމުން އީރަމް އެންމެ ރަނގަޅުކަމަށް ބުނެލިއެވެ. ގޭގެ ސިޑިން މައްޗައް އަރަމުން ނާއިލް މަންމަމެންގެ އެޕާޓްމަންޓްގެ ދޮރު ހުޅުވާފައި ހުރުމުން އީރަމް އެތެރެއަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އީރަމް އާއި ކުޑަކޮއްނަމަވެސް ވާހަކަދައްކާ ހަދާލަނީ ނާއިލްގެ ކޮއްކޮ ނައިރާއެވެ. އީރަމް އެގެއަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނައިން އީރަމްމެންގެ ބަޔަށް އައިސްއުޅެއެވެ. ފަހުން ނާއިލްގެ ކަންތައްތައް އިނގެން ފެށި ހިސާބުން އައުން ހުއްޓުނީއެވެ. ނާއިލްގެ މަންމަ އާއި ބައްޕަވެސް އީރަމް ފެނިއްޖެނަމަ ގޮވާލާ ހަދައެވެ. މާ ގާތް ގުޅުމެއް އެމީހުން އީރަމް އަކާ ނުބާއްވާއެވެ. ހުޅުވިފައި ވާ ދޮރު ލައްޕާލުމައްފަހު ކުރިމައްޗައް ހުރި ދޮރު އީރަމް ހުޅުވާލިއެވެ. ނާއިލް ގެޔަކު ނެތެވެ. އެއްޗެހި ބަދަލުކޮއްލައިން އީރަމް އޮޝޯވެލީ ކުޑަކޮށް ނިދާލުމަށެވެ.

 

ރޭގަނޑު ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި ވަނިކޮއް ލާމިހްގެ ފޯނަށް ހަނާ ގުޅިއެވެ. އިރުކޮޅަކުން މި ދަނީ ކަމަށް ބުނެ ލާމިހް ފޯނު ބޭއްވިއެވެ. ލައިގެންހުރި ގަދަ ނޫ ކުލައިގެ ޖީންސް މަތިން އަޅިކުލައިގެ އަތްދިގު ޓީޝާޓެއް ލަމުން ލޯގަނޑުކުރިމައްޗައް ހުއްޓުނެވެ. އެ ފަން އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. ދިގުވާންފަށައިފައިވާ ތުބުޅީގައި އަތްކާއްތާލަމުން ގަޔަށް ސެންޓު ބުރުވާލިއެވެ. ބޭރަށް ނުކުމެ ހަދީޖާ ކައިރީ ރައްޓެހިކުއްޖަކާ އެކީ ބޭރަށް ދަނީ ކަމުގައި ބުނެލިއެވެ. ސީހައުސްގެ ތެރެއަށް ވަދެގެން އައި ލާމިހް އަށް އެތާ ތިބި އަންހެންކުދިންގެ ނަޒަރުު ހުއްޓެމުންދިޔައެވެ. ނަމަވެސް އެކަން ލާމިހްއަށް ފާހަގަ ނުވާކަހަލައެވެ. ވަދެގެން އަންނަ ލާމިހް ފެނުމާއެކު ހަނާ ލާމިހް އަށް ފެންނާނެހެން އަތުން އިޝާރާތެއް ކޮއްލިއެވެ. ލާމިހް ހިނިތުންވެލަމުން ހަނާގެ ކުރިމަތީ އިން ހުސް ގޮނޑީގައި އިށީނެވެ. “ލާމީއަށް ކޯއްޗެއް ގެންނަންވީ..” ހަނާ އަތުގައި އޮތް މެނޫއަށް ބަލާލަމުން އަހާލިއެވެ. ލާމީހް މޭޒުމަތީ ފޯނު ބާއްވަމުން ކޮފީއެއް ރަނގަޅުވާނެ ކަމުގައި ބުނެލިއެވެ. “ކިހިނެއް އަހަރެންގެ ނަމްބަރު ހޯދީ..” ލާމިހް ހަނާ އަށް ބަލާލަމުން އަހާލިއެވެ. ” ދޮންތަ ކައިރީ ބުނެގެން… ހުސެން ނަމްބަރު ދިނީ..” ހަނާ ތަށްޓައް ފެން އަޅަމުން ޖަވާބުދިނެވެ. ” ކޮންވާހަކައެއް ދައްކަން އަހަރެންއެހާ މުހިއްމުވީ..” ސަމާސާ ރާގަކަށް ލާމިހް އަހާލިއެވެ. “ލާމީ އީމް ދެކެ ލައިކް ވޭދޯ…” ހަނާ ސީދާ މައުލޫއަށް ދިޔައެވެ. ލާމިހް ސިހުނީ ހަނާ އަށް އެކަން އެނގުމުންނެވެ. ހުސެން ނޫން މީހެއް ކައިރީ އެވާހަކަ ހަމަގައިމުވެސް އޭނާ ނުދައްކައެވެ. އެވަގުތު ލާމިހް އަށް ނަގައިގަނެވުނީ ހުސެންގެ ފަރާތުން އެވާހަކަ ހައިފާ އާއި ހަނާ އަށް މިހާރު އެނގިދާނެކަމެވެ. ހަނާ އެ ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ހަނާ ވެސް ދައްކަން އެއުޅެނީ ހުސެން ދެއްކި ވާހަކަ ކަންނޭނގެއެވެ. “ހަނާ..ލުކް.. އަހަންނަށް އިނގޭ އީރަމް އެއީ މީހެއްގެ އަންބެއްކަން..އެކަން އެނގިހުރެ އަހަރެން ބޭނުމެއް ނޫން މެރީޑް ކަޕްލްއެއްގެ ލައިފް ހަލާކުކޮއްލަން..” ލާމިހްގެ މޫނުމަތިން ފެންނަމުންދިޔައީ ސީރިއަސް ކަމެވެ. “އެކަމަކު ވެސް ލާމީ އީމް ދެކެ ލައިކްވެޔެއްނު.. ” ހަނާ ކޮއްލި ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން ލާމިހް ބޯޖަހާލިއެވެ. “ހަނާ މިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ..” ލާމިހް އަހާލިއެވެ. އެވަގުތު ވެއިޓަރަކު އައިސް އެމީހުންގެ އޯޑަރ ނެގިއެވެ. އެމީހާ ދިޔުމާއެކު ހަނާ ފަރުވާތެރިކަމާއެކު ލާމިހްއަށް ބަލާލިއެވެ. “އީމްގެ ލައިފް ހެޕީއެއް ނޫނޭ ބުނެފިއްޔާ ލާމީ ކިިހިނެއް ހަދާނީ..” ހަނާ ކޮއްލި ސުވާލުން ލާމިހް އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހަނާ އެބުނި ޖުމްލައިން ނަގަންވީ ކޮން މާނައެއް ކަމެށް ލާމިހްއަކަށް ނުވިސްނުނެވެ. “ދައްކަން މިއުޅެނީ އީމްގެ ލައިފްއާ ބެހޭ ވާހަކައެއް.. މި ވާހަކަ ލާމީ އަށް ކިޔައިދީގެން ފަހުން އީމްއަށް އިނގޭ ދުވަހަކުން އަހަންނާ ވަހަކަވެސް ނުދައްކާނެ ކަންނޭނގެ.. އެކަމަކުވެސް ޝީ އިޒް މައި ބެސްޓްފްރެންްޑް.. އީމްގެ ޕާރސަނަލް ކަންތައްތައް ވަރަށް މީހުންނަށް ކިޔައިނުދޭނެ.. އީމް މެރީޑް.. އެކަމަކު ޝީ އިޒް ނޮޓް ހެޕީ..” ހަނާގެ މޫނުމަތިން ހިތާމާއިގެ އަސަރު ފެނުނެވެ. ލާމިހްގެ ހިތް ތެޅިލީ ހަނާ އެދައްކަން އުޅޭ ވާހަކައިން އީރަމް އާ ބެހޭ ބޮޑު ކަމެއް އިނގެންއުޅޭތީއެވެ. ފުންނޭވާއެއްލަމުން ހަނާ އީރަމް އާއި ނާއިލްގެ ވާހަކަ ލާމިހް އަށް ކިޔައިދިނެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ސަތާރަ ވަނަ ބައި)

Next

ތި ލޯތްބަށްޓަކައި (4)

Next
September 4, 2017

ތި ލޯތްބަށްޓަކައި (4)

Previews
September 4, 2017

ލޯބިން އަންނާށޭ ކަލާ (ސަތާރަ ވަނަ ބައި)

14 Comments!

  1. seym says:
    September 4, 2017 at 2:55 am

    So here is part 8. Hope mi bai vx kiyaahiyy vaa gothah genesdhevunu kamah.. If you like the story please leave a comment.. ? Goodnight ♥️?

  2. Eenas says:
    September 4, 2017 at 3:35 am

    Mash allah ?

  3. Rifu says:
    September 4, 2017 at 3:36 am

    Haadha kurey ?

  4. Eenas says:
    September 4, 2017 at 3:36 am

    Masha allah vvv reethi?*

  5. khajja says:
    September 4, 2017 at 5:55 am

    Masha allah stry v habeys ekam haadha kurey whn nxt prt avahah up kolla dhechchey v v rythi mistry plx avaskolladhybala ????❤❤❤❤???????

  6. Chum says:
    September 4, 2017 at 7:35 am

    Vaahaka rythi
    Ekam nameh alhivaalaafa mi iny
    Mihaa kurukoh genesdhinyma hagygathugaves kamaku nudhey

  7. ??? says:
    September 4, 2017 at 7:48 am

    Vvvvv rythi

  8. warah vaahaka says:
    September 4, 2017 at 9:11 am

    thiwarun wahaka liyun huhtaalabala

  9. Petite says:
    September 4, 2017 at 10:09 am

    V v v reeethi ??❤?

  10. Mine says:
    September 4, 2017 at 10:17 am

    Thiyahaaa kurukoh liyanya liyaaane kamen nei..

  11. pink? says:
    September 4, 2017 at 10:25 am

    Vaahaka v reethi ekm maa kury

  12. Liu? says:
    September 4, 2017 at 9:59 pm

    Waahaka eh liyunyma nimuny eh noon thihen liyunyma heewany namakah ehcheh liyaahen.waahaka kithamehaawes reethi ekam wehjje ehnu dhen thankolheh dhigukoh liyah.thihen liyahyaa nuliyunas maa rangalhu.liyaameehaa kiyunterinnah wes kohnes warakah balaalaanama.????

  13. Axu kelaa says:
    September 5, 2017 at 12:22 am

    Hobby egge gothun kuriyas adhi ehn gothakun kuriyas bayakaa hamayah thigenna vaahaka kiyan ethah bayaku ebathibi. Mi site ga mi noon ves kithahme liyintheri aku vaahaka liye myhunge shauguverikan hoadhaa emmenge loabi emyhunnah libey. Mi vaahaka ves Rythi ekam balaiganna varah vure kurukan faahaga kurevey. Daily koh up nukuraa story maa kuruvyma e ecchakah nuvaane. Eheneh noon daily koh up kuraa Nama mivaru ok vaane

  14. Navya says:
    September 5, 2017 at 9:42 am

    Mi vaahaka avahah up kohbalaa. .arun dhw kiuntherin ufaavaani

Comments are closed.


All Right Reserved!