ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ހުސެންގެ ފަރާތުން އީރަމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ހައިފާ ކައިރީ އެވާހަކަ ދައްކަން ރަނގަޅު ވަގުތަކާ ދިމާނުވަނިއްޔެވެ. ހައިފާ ކައިރީ އެވާހަކަ ދައްކާނެކަމުގެ ޔަގީންކަން ހުސެން ލާމިހްއައް ދިނެވެ. ލާމިހް އައް ހީވަނީ ދުވަސްތައް މާލަހުން ދާހެންނެވެ. ކެތްތެރިކަން ކުޑަ ވެފައިވާ މީހެއް ފަދައިން އެހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. ގޭގެ ޓެރަސްގައި ހުއްޓިހުރި ލާމިހް އައް ހިމަފޮދު ވާރޭ ވެހޭކަން އިހްސާސް ނުވާކަހަލައެވެ. މަގުމަތީ މީހުންތައް ވާރޭބޯކޮއްލަފާނެކަމައް […]
ދުވަހަކީ ހުކުރު ދުވަހެވެ. ރޭގަނޑު ލާމިހް އިނީ އާނާ އުނގައް ލައިން ވާހަކަ ފޮތެއް ކިޔައިދޭށެވެ. ކޮޓަރިން ނުކުތް ރާމިޒް އައިސް އިށީނުމާއިއެކު އާނާ ފޮތް ނަގާ ދިއްކޮށްލީ ރާމިޒް އަތަށެވެ. އާނާ އުރާލަމުން ރާމިޒް އާނާ ގައިގައި ބައްދާލިއެވެ.”ދޮންތަ އެބައުޅޭ މަންމަ މެންނައް ގުޅައިގެން…އަންނަ ހަފްތާގައި މާލެ އާދޭ. ލާމީގެ ކިޔެވުމުގެ ކަންތައް ނިމުނުހާ އަވަހަކަށް މަންްމަމެން މިކޮޅަށް އެއްކޮށް ގެންނަން މި ވިސްނަނީ”. ލާމިހް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމަމެން އެކަނި ރަށުގައި […]
އޮފީސް ކެބިންގައި އީރަމް އިނީ އެއްެވެސް މަސައްކަތެއް ކުރާހިތް ނުވެފައެވެ.ރޭ ޝޯ ނިންމާފައި ގެއައް ދިޔައިރުވެސް ނާާއިލް ގެއަކަށް ނާދެއެވެ. ފޯނުވެސް އޮތީ ނިވާލާފައެވެ. އިއްޔެ ނާއިލް އާއެއްކޮައް ފެނުނީ ކޮން އަންހެން ކުއްޖެއް ކަން ނޭނގޭތީ އެހިތް ވަނީ މާޔޫސްވެފައެވެ. ނާއިލް އާ ކުރިމަތި ލާނެހާ ހިތްވަރެއް އީރަމްގެ ނެތެވެ.ނަމަވެސް ނާއިލް ވީތަނެއް ނޭނގޭތީ ހިތް ބިރުގަންނަނީއެވެ.ފައިލް ތަކެއް ހިފައިގެން ކެބިން ކުރިމަތިން ހުރަސް ކޮއްލި ހަނާ އީރަމް އައް ގޮވާލިއެވެ.ކޮމްޕިއުޓަރ ސްކުރީނައް ބަަލަހައްޓައިން އިންއިރު […]
އީރަމް އައް ސިހިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ.ތެދުވެ ހަމަޖެހިލި އިރު ކުރިމަތީ ހުރި ނާއިލް ފެނުނެވެ.ތުވާލި އަނދެލައިން ހުރި އިރު ބޮލުގައި ހުރި ފެންތިކިތަކުން ދެންމެ ފެންވަރައިންް ނުކުތް ކަން އިނގެއެވެ.”ސޮރީ ފޯނު ވެއްޓުނީ”ބިންމަތީ އޮތް ފޯނު ނަގަމުން ނާއިލް ހިނގައިގަތީ އިސްތިރި ކޮށްފައި ހުރި ގަމީސް ތަކާ ދިމާލަށެވެ.”ނާއިލް ރޭގަ ގެއަކަށް ނާންނަމެންނު.ގުޅީމަ ފޯނެއް ވެސް ނުނަގާ.ކޮންތާކު އުޅުނީ”އީރަމް އެހެން އަހާލީ ނާއިލް ގެ ފަރާތުން ޖަވާބެއް ނުލިބޭނެ ކަން އެނގި ހުރެއެވެ.”އީރަމް […]
ނިދިފައި އޮތް އީރަމް އަށް ހޭލެވުނީ ފަތިހު ފޯނު އެލާމް ވާ އަޑަށެވެ.އެލާމް އޮފް ކޮއްލުމަށް ފަހު ތެދުވެ ބަލާލީ ނާއިލް ގެއައް އައިތޯއެވެ.ކައިރީ ނެތުމުން ދެން ހިނގައިގަތީ ބަދިގެެއަށެވެ.ރޭ ކާން ހެދި އެއްޗެހި ހުރީ ހުރި ގޮތަށެވެ.ނާއިލް އަންނާނެ ކަމަށް ވަރަށް އިރު އީރަމް މަޑު ކުރިއެވެ.ފަހުން ގުޅަން ވެސް ގުޅިއެވެ.ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.އެންމެ ފަހުން އިންތިޒާރުގައި އިނދެ ނިދި އަންނަ ގޮތް ވުމުން ޖައްސާލިތަނާ ނިދުނީއެވެ.ފާހަނާ އައް ވަތް އީރަމް ފެންވަރާ ތާޒާވެލައިން […]
ވެހެމުން ދިޔަ ބޯ ވާރޭއަައް ބަލަހައްޓައިގެން ހުރި އީރަމް ގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ.ވާރޭ އިން ހިޔާ ވުމަށް ވަދެ ހުރި މާ ވިއްކާ ފިހާރައިގަ ގިނައިީ އާ އަހަރު ފެށޭތީ އެ އުފާ މަލުން ލޯބިވާ ފަރާތް ތަކަށް ބަޔާން ކޮށްދޭން ބޭނުން ވާ މީހުންނެވެ. ނަމަވެސް ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭ ވަރަށް ވުރެ އީރަމް ގެ ހިތަށް ކޮށްފައިވާ އަސަރު މާ ފުނެވެ.ދަބަހުގައި އޮތް ފޯނު ރިންގް ވާން ފެށުމާއެކު އީރަމް އަައް […]