ހޮސްޕިޓަލްގެ ގޮނޑި ބަރީގައި އިން ޖަނާ އިރުއިރު ކޮޅާ ލޯ ފުހެލައެވެ. އެމްބިއުލާންސް އައިސް މަޑުކުރުމާއެކު ކަޔާން އެތެރެއަށް ވެއްދި ގޮތަށް އަދި އެއްވެސް ހަބަރެއް ނުވެއެވެ. އަތުގެ މަށައިގެން ވާ ތަންތަނުގައި ނަރުސްކުދިން ބޭސްއެޅީވެސް ޖަނާ އެކަމަށް ދެކޮޅުހަދަނިކޮށެވެ. ނަސީބަކުން އޭނާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ހޮސްޕިޓަލަށް ވަދެ ނުކުމެ ހަދާ މީހުންގެ ނަޒަރު ވެސް ޖަނާ އަށް ހުއްޓޭލެއް މަދެއް ނޫނެވެ. ކަރުނައިން ފުސްވެފައިވާ ލޯ އަނެއްކާ ވެސް ޖަނާ ފުހެލިއެވެ. […]
ރިންގުގެ އަޑު ކަނޑައިގެން ދިޔައިރުވެސް ލާމިހް އަށް ދަބަހާއި ދިމާއަށް ބަލަަހައްޓައިން ހުރެވުނީއެވެ. ހަމަ ގައިމުވެސް އެއީ އީރަމްގެ ދަބަހެވެ. އެ ދަބަސް އެތާ އޮތުމަށް ވުރެ ލާމިހް ހައިރާންވީ އެ ނަމްބަރު ބޭނުން ކުރަނީ އީރަމް ކަން އެނގުނީމައެވެ. އަދިވެސް އެއްފަހަރު ޔަގީން ކުރުމުގެ ގޮތުން ލާމިހް ނަމްބަރަށް ޑައިލް ކޮއްލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު އަވަސް ހަރަކާތަކާއެކު ދަބަހުގެ ޒިބު ހުޅުވާލިއިރު ހިތުގެ ވިންދު އަވަސް ވެފައިވާމިންވަރު އަމިއްލަ މީހާއަށް ވެސް އިހްސާސްވިއެވެ. އީރަމް […]
އެ މެސެޖުން ނަގަންވީ މާނައެއް ލާމިހް އަކަށް ނޭނގުނެވެ. ނުވެސް ދަންނަ ނަމްބަރަކުން އޭނާ އަށް މެސެޖްކުރާނީ ކާކުހެއްޔެވެ. އޭނާ ދަންނަ މީހަކު ސަމާސާ ކުރަނީ ކަމުގައި ލާމިހް ނިންމިއެވެ. އިތުުރަށް ވިސްނަން ނުހަދާ އެ މެސެޖްގެ ޖަވާބުގައި ލާމިހް ވެސް ހިތެއް ފޮނުވައިލައިފިއެވެ. އިތުރު މެސެޖެއް އަންނާނެ ކަމުގައި އުއްމީދުގައި އިރުކޮޅަކު މަޑުކޮއްލިއެވެ. ޖަވާބެއް ނައުމުން އެއްޗެހި ބައްދަލުކޮއްލައިން ލާމިހް އޮށޯވެލިއެވެ. ހަމަ އެއާއި އެކު އަނެއްކާ ވެސް ފޯނުން މެސެެޖެއް ލިއެލިއެވެ. އުއްމީދުނުކޮށް […]
ޖެހިގެން އައިދުވަހު ސްކޫލުން ކަޔާން އާއި ވާހަކަދެއްކޭ ގޮތް ނުވުމުން އީރަމް މާޔޫސްވިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފެންނައިރު ޒާހިރު ދެއްކި ވާހަކަ ސިކުނޑީގައި ހަރުލާފައިވެއެވެ. ރޭގައި ހަމަ ނިދި ނުލިބުމުގެ ސަބަބުން ބޮލުގައި ރިހުމެއް ހުއްޓެވެ. ކަޔާން ގެ މޫނުމަތިން ނުވަތަ ހަރަކާތްތަކުން ވެސް ތަފާތެއް ނުފެނުމުން ޒާހިރު ދެއްކި ވާހަކަތަށް ކަޔާން އާއި ހަމައަށް ނުފޯރާކަން އީރަމް އަށް އެނގުނެވެ. ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ވެސް އީރަމް ހުރީ ވިސްނުމެއްގައެވެ. ގެއަށް […]
ބައްދަލުވުމަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮއްލަމުން ލާމިހް އަޅައިގެން ހުރި ގަދަ ރަތް ކުލައިގެ ޓައި ރަނގަޅުކޮއްލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ގަމީހާއި އޮފީސް ފަޓުލޫނުގެ އިތުރުން އޮފް އަރުވާލާފައިވާ ބޫޓުން އެއީ ކިހާ މުހިއްމު ބައްދަލުވުމެއްކަން މީހަކު ބަލާލައިފިނަމަ އިނގޭނެއެވެ. ލާމިހްގެ މޫނުމަތިން ތާޒާ ކަން ފެންނައިރު ކުރިންސުރެ ތައްޔާރުވެގެން ހުރިކަން ހާމަވެއެވެ. ހުރިހާ ކަމެއްވެސް ބޭނުންވާ ގޮތަށް ނިމުމަށް ދުއާ ކޮއްލަމުން ލާމިހް ދޮރު ހުޅުވާލިއެވެ. ބޮޑު މޭޒު ވަށައިގެން […]
ދޮރު ލައްޕާލަމުން އީރަމް ދެލޯ މަރާ ބާރުކޮއްލިއެވެ. ހިފަހައްޓައިން ހުރި ނޭވާ ދޫކޮއްލަމުން ދޮރުގައި ލެނގިލިއިރު އެ ހިތުގެ ތެޅުން އަވަސް ވެފައިވާވަރު އިހްސާސްކޮއްލެވުނެވެ. ފިނިވެފައިވާ ދެއަތް ތިލައިން ހެދުމުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހޭލާ ހުއްޓާ ފެނުނު ހުވަފެނެއްހެއްޔެވެ. ލާމިހް އެގެޔަށް އެޔައީ ކީއްކުރަންހެއްޔެވެ. ޖަނާ ދެއްކި ވާހަކަތަށް ހަނދާންވުމާއެކު އީރަމް ބިރުގަތެވެ. ލާމިހް އޭނާ އަށް ފާރަލަމުން އޭނާ ހޯދަން އެގެއަށް އައީހެއްޔެވެ. ދޮރު ލެއްޕުުމުން އީރަމް ހީކުރީ ލާމިހް އެނބުރި ދާނެކަމަށެވެ. އެކަމަކު ހީކުރި […]
ދޮރުމައްޗަށް ނުކުމެ ހުއްޓުނީ ޖަނާއެވެ. މާ ބޮޑު ބަދަލެއް އައިސްފައި ނުވުމުން ލާމިހް އަށް އެއި ޖަނާ ކަން އިނގެން މާ ގިނަ އިރެއް ނުނެގިއެވެ. އެ ގޭގައި ޖަނާ އުޅޭނަމަ އީރަމް ވެސް އުޅޭނެ ކަމުގައި ލާމިހް ނިންމިއެވެ. ޖަނާ ނުކުމެ ލާމިހް އިން ދިމާއަށް އަންނަން ފެށުމުން ސައިކަލް ދުއްވާލީ ނުފެނި ދިޔުމުގެ ބޭނުމުގައެވެ. ޖަނާ އަށް އޭނާ އެތާ އިންދާ ފެނިއްޖެނަމަ ވާހަކަ ދައްކާނެ ކަން ޔަގީނެވެ. އަނެއްކޮޅުން އީރަމް ގެ ކަންފަތާ […]
(3 އަހަރު ފަސް) އެއާޕޯޓުން ނުކުތް ޒުވާނާ ހުއްޓި ވަށައިގެން ހޯދާލީ ކޮންމެވެސް ބަޔަކު ހޯދަން އުޅޭ ފަދަ ގޮތަކަށެވެ. ލައިގެން ހުރި އަތް ދިގު މަޑު ބްރައުން ކުލައިގެ ޓީޝާޓު ހަށިގަނޑަށް ހިފާފައިވާއިރު ބައިމަތީގެ ފުޅާކަން ހާމަވެއެވެ. ދެއަތުގެ މަސްތަށް އަރާފައިވާ ގޮތުން ގަވާއިދުން ކަސްރަތު ކުރާކަން އިނގެއެވެ. ލައިގެން ހުރި ނޫ ޖީންސް އާއި ބޫޓުން އެކަނި ވެސް މީހާގެ ހަރުދަނާކަން އިނގެއެވެ. މީހުން ތަކުތެރެއިން މަގުމައްޗަށް ނުކުމެވުމާއެކު ޖީންސް ގެ ޖީބުގައި އަޅުވާލެވިފައިވާ […]
އީރަމް އަށް ގެއަށް އާދެވުނު އިރު ހަގަޑި ބައިވަނީއެވެ. ކާރުން ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއަށް އައިސް ވަތް އިރު ކާ ގޭގައި ޖަނާ އާއި ސަލްމާ ވާހަކަ އެއްގައި ތިބި ތަން ފެނުނެވެ. އީރަމް ފެނުމާއެކު ދައްކަން ތިބި ވާހަކަ އަށް ހުއްޓުމެއް އައިކަން އޭނާ އަށް އިހްސާސްވިއެވެ. ޖަނާ މޫނު އަނބުރާލި ގޮތުން އަދިވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އީރަމް އަށް އެނގުނެވެ. ޖަނާ ލައިގެން ހުރި ކަކުލާ ހިސާބަށް އަރާ ރަތް ކުލައިގެ […]