ކާރު އައިސް ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއެކު އެއިން ފޭބި ޖަނާ ހުރީ ފުސް މޫނު ހަދައިންނެވެ. ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު އީރަމް ފޭބުމާއެކު އެމީހުންގެ ފޮށިތަށް ޑްރައިވަރު ދޮރުމަތީ ބަހައްޓާލަދިނެވެ.ޖަނާ އޭނާގެ ފޮށި ހިފައިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. “ޖަނާ.. މަޑުކޮއްބަލަ..” އީރަމް ބުނި އެއްޗެއް އަޑު ނީވޭ ކަމަށް ހަދަމުން ގޮސް ޖަނާ ގޭގެ ތެރެއަށް ވަނެވެ. އީރަމް ދައްކާ ބޭކާރު ވާހަކަ އަޑުއަހާ ހިތެއް އޭނާ ނެތެވެ. ޖަނާ ގެ ފަހަތުން އަވަސް […]
ޖަނާ އެތަނަށް އައި އެކަހަލަ މަންޒަރެއް ފެނިދާނެކަމަށް އުއްމީދު ކޮއްގެނެއް ނޫނެވެ. މޫދުގައި އޮތްއިރު އީރަމް ދުވެފައިދިޔަ ތަނާއެކު ލާމިހް އީރަމް ފަހަތުން ހިނގައިގަތުމުން ޖަނާ ވެސް ލާމިހް ފަހަތުން އައި ވެގެން އުޅޭ ގޮތް އޮޅުންފިލުވާށެވެ. ހެދިފައި ހުރި ގަހުގެ ފަހަތަށް ވަދެ ޖަނާ ނިވާވެލިގޮތުން އޭނާ އެތާ ހުރި ކަން އީރަމްއަށް އަންގަން ބޭނުންނުވާކަން އިނގެއެވެ. ކުރެވެނީ ގޯސް ކަމެއްކަން އެނގިހުރެވެސް ޖަނާ އީރަމް މެން އިތުރު ވާހަކައެއް ދައްކާތޯ މަޑުކޮއްލިއެވެ. ލާމިހް […]
އީރަމް ވަދެގެންއައިސް ޖަނާގެ ކުރިމައްޗަށް ވާހެން އިށީނުމާއެކު މޫނުގެ ކުލަވަރު ބަދަލުކޮއްލަމުން ޖަނާ ހިނިތުންވެލިއެވެ. ” ހާދަ އަވަހަކަށް ގެއަށް ތިއައީ..ޝޯ ނިމުނީތަ؟..” އީރަމް އަށް ބަލާލަމުން ޖަނާ އަހާލިއެވެ. ” ނޫން..ޖަނާ މެންވެސް ގެއަށް އައިމަ މިއައީ ދެން.. ލާމީ ކޮބާާ.. ” އީރަމް ލާމިހް ފެންނަން ނެތުމުން އަހާލިއެވެ. ހަގީގަތުގައި ބޭނުމަކަށްވީ ލާމިހްގެ ހާލު އޮޅުންފިލުވުމެވެ. ” ބޭސް ކައިގެން ނިދަން ވަދެއްޖެ..” އީރަމް ގެ މޫނުން ކަމެއް ދެނެގަންނަން އުޅޭ މީހެއް ފަދައިން […]
ހަނާ އެ ޒުވާނާގެ ފަހަތުން ދުވުން ހުއްޓާލީ އަތުނުވާނެކަން އެނގުމުންނެވެ. އުނަގަނޑުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލިއިރު މޫނުމަތިން ވަަރުބަލިކަން ފެނެވެ. ހަށިގަނޑު ސީދާ ކޮއްލަމުން ދުރުގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ފަޒަލް..” ހަނާ އެނަން ކިޔާލުމާއެކު އެ ކުއްޖާ އައިސް ހަނާ ގެ ކުރިމަތީ ހުއްޓިއްޖެއެވެ. “މިހާރު ޔަގީންވެއްޖެ ތީ އަންހެންކުއްޖެއްކަން.. ކުޑަ އިރު އަސްލައްވެސް އަހަރެން ހީކުރީ ތީ ފިރިހެން ކުއްޖެއްކޭ..” ހިނިތުންވެލަމުން ފަޒަލް […]
އެއްވެސް ތަރުތީބެއް ނެތި އެނދުމައްޗަށް އުކާލެވިފައި ހުރި ހެދުންތަކަށް ބަލާލަމުން އީރަމް ގަޑިއަށް ބަލާލިއެވެ. ހަނާ އަންނަން ބުނި ވަގުތު ފާއިތުވެދިޔަތާ ބަރާބަރު އެއް ގަޑި އިރު ވީއެވެ. އީދު ވިލޭރޭ އަށް ވުމުން މާދަން ހަނާ މެން ރަށަށް ދާނަމަ ކޮންމެހެން ވެސް މިރޭ ހެދުންތަށް ފޮއްޓަށް އަޅާ ތައްޔާރު ކުރަން ޖެހޭނެއެވެ. ހެނދުނު ހޭލައިން ކުރަން ވެއްޖެނަމަ އެކަން ވެސް އޮންނާނީ ނުވެފައެވެ. ހަފްތާ އަކަށް ދާ އިރު ހެދުންތަށް ގިނަކަމުން ގެންދަންވީ ހެދުންތައް […]
ގެއަށް ދާ ވަގުތު އައިސް ޖެހުމުން އެންމެންނާ ވަކިވެ ދުރަށް ހިނގައިގަތް އީރަމް އާއި ޖަނާ އަށް ބަލަހައްޓައިން ހުރި ލާމިހް ބޮލުގައި އަތް ފުނާ އަޅާލިއެވެ. ޖަނާ ނައިނަމަ އީރަމް ގެއަށް ލައިދޭނެ ފުރުސަތު ލާމިހް އަށް ލިބުނީސްއެވެ. ޖަނާ އަށް ބަލަހައްޓައިން ހުރެ މޫނަށް ފޫހި ވައްތަރެއް ޖައްސާލިތަން ހުސެން އަށް ފެނުނެވެ. “ކިހިނެއްވީ..؟” ހިނިއައިސް ހުރެ ހުސެން އެހެން އަހާލުމުން ލާމިހް ހުސެން އަށް ބަލާލިއެވެ. ” ކަމެއް ނުވޭ..” ލާމިހް އެހެން […]
ހުކުރު ދުވަހެއް ކަމަކު ކޮޓަރީގައި ތިބި ތިން އަންހެންކުދިންވެސްެ ބޭރަށް ނުކުންނަ ހިޔާލެއްނެތެވެ. އީރަމްގެ ސަބަބަކަށް ވީ ހުކުރު ދުވަހު އާދަޔާ ހިލާފަށް ބޭރުގަޔާއި މީހުން ހިތްހަމަޖައްސާލަން ދާ ތަންތަނުގައި މީހުން ގިނަވުމެވެ. އެކަމާއި ހަނާ އާއި ހައިފާ ވެސް އެއްބަސްވިއެވެ. އެނދުމަތީގައި ހުރި ބާލިސްތަށް ފާރުގައި ޖައްސާލައިން އިން ހައިފާގެ ދެފަރާތުގައި އީރަމް އާއި ހަނާ ތިއްބެވެ. ހައިފާގެ އުނގުމަތީ އިން ލެޕްޓޮޕުން ތިން ކުދިންވެސް އެކި އެކި ވެޑިންގް ޑްރެސްގެ ފޮޓޯ ބަލަމުންދިޔަ އިރު […]
ލާމިހް މެން އުޅޭ ބަޔަށް ލިފްޓް މަޑުކޮއްލުމާއެކު ތިން މީހުން ނުކުތެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލާމިހް އީރަމް އާއި ހަނާއަށް ބަލާލިއެވެ. “އެތެރެއަތް ވަންނަންވީނުން..” ލާމިހް އެހެން ބުނުމާއެކު ހަނާ ބަލާލީ އީރަމްއަށެވެ. “އެހެން ފަހަރަކުން ދޯ..” އީރަމް ހިނިތުންވެލަމުން އެހެން ބުނުމާއެކު ހަނާ ވެސް އެއްބަސްވެލިއެވެ. “އޯކޭ..މިތާ މަޑުކޮއްލައްޗޭ..އެބަ އަންނަން..ވަރަށް އަވަސްވާނެ..” ލާމިހް ދޮރު ހުޅުވާލި އަޑަށް ސޯފާގައި އިން ލޫނާ ބޯ އަރިކޮއްލާ ބޭރު ބަލާލިއެވެ. ދެ އަންހެން ކުދިން ތިބި އިރު […]
ދުވަހަކަށް ފަހު ދުވަހެއް ނިމިގޮސް މަސްތަކެއް ފާއިތުވެދިޔައިރު އީރަމްއަށް ނާއިލް އާއި ނުލާ އުޅެން އާދަވެއްޖެއެވެ. ބައެއް ވަގުތު ތަކުގައި ނާއިލް މަތިން ހަނދާންވިނަމަވެސް އީރަމް ބަލަނީ އެ ހަނދާންތަކާ ދުރުވެވޭތޯއެވެ. އީރަމްގެ އަޒުމަކީ އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ އަށް އުފާވެރި ދިރިއުޅުމެއް ހޯދުމެވެ. އެންމެ ލޯބިވާ ކަމަށް ބުނެ އުމުރަށް އެކީ އުޅެން ވައުދުވާ މީހާ ވެސް ފަހުވަގުތު ކަންތައްކުރާނެ ގޮތެއް ނޭނގޭނެކަން އީރަމް އަށް ދަސްވެއްޖެއެވެ. ގާތް ރައްޓެހިންނާއި އޮފީސް މީހުން އީރަމް ފެނިއްޖެ […]