“ނާއިލް ކީކޭތަ ބުނީ..” އީރަމް އަނގައިން ނުބުނެ ހުންނަން ފެެށުމުން ހަނާ އަހާލިއެވެ. އޭރު ހައިފާ ވެސް އިނީ ނާއިލް ބުނި އެއްޗެއްގެ ސަބަބުން އީރަމް އަށް އައި ކުއްލި ބަދަލުން ކަންބޮޑުވެފައެވެ. “ގެއަށް އަންނާށޯ..” އީރަމް ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އެހެން ބުނި އިރު ކުރިން އެ މޫނުމަތިން ފެނުނު އުފާވެރިކަމާއި މަޖާކަން ކެނޑި ފެންނަނީ ހާސްކަމެވެ. ނާއިލް އެވަރަކުން އޭނާ ގެއަށް ގެންދަން އެއުޅެނީ ކީއްކުރަންބާއެވެ. “އެއި ކީއްކުރަން..” ހައިފާ އީރަމް އަށް ބަލަހައްޓައިން އިނދެ އަހާލިއެވެ. “ނޭނގެ..” އީރަމް ދާން ހިނގައިގަތުމުން ހަނާ އިން ތަނުން ތެދުވެއްޖެއެވެ. “އީމް ދެން ނުކައި ހަމަ ދާންތަ ތިއުޅެނީ..” ހައިފާ އަހާލިއެވެ. “ޔާރ..ބޮޑުކަމެއް ވެގެން ކަންނޭނގެ ނާއިލް އެ ގުޅީ..” ގޮނޑިމަތީ އަޅުވާލެވިފައިވާ ކަޅު ބުރުގާ ބޮލަށް ހެޔޮވަރު ކޮއްލަމުން ހަނާ ހިނގައިގަތީ ނުކުންނަން ދިޔަ އީރަމްގެ ފަހަތުންނެވެ.
ދެކުދިން ބޭރަށް ނުކުމެވުމާއެކު ފާހަގަވީ މޫސުމް ބަދަލުވާންއުޅޭ ކަމެވެ. ވިއްސާރަ ދުވަސްކޮޅަކަށް ވުމުން ވާރޭ އޮއްސާލާނީ ކޮންވަގުތަކު ކަމެއް ނޭނގެއެވެ. ޖެހިލާ ވައިރޯޅި ތަކުގައި ފިނި ކަން ހިފާފައިވާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެނެވެ. މަގުމަތީގައި ކޮޅުކޮޅަށް ދުއްވާ އެއްޗެހީގެ އިތުރުން މީހުންވެސް ހަލުވި ކަމާއެކު އެމީހެއްގެ މިސްރާބަށް ވާސިލްވާން އުޅޭ ކަހަލައެވެ. ޓެކްސީ އެއް ލިބޭތޯ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އީރަމް އިރު އިރު ކޮޅާ ފޯނުން ގަޑި ބަލާލައެވެ. ލަސް ވާނަމަ ނާއިލް ގެ ރުޅީ އިންތިހާއަށް ގަދަ ވާނެކަން އީރަމްއަށް އިނގެއެވެ. “ދެން ކިހިނެއް ހަދާނީ.. ހިނގާލާފަ ދާންވީ ކަންނޭނގެ ދޯ..” އީރާމް މާޔޫސް ކަމާއެކު ހަނާއަށް ބަލާލަމުން ބުނެލިއެވެ. “އުނހޫ..އެކަނި ދާނެކަމެއް ނެތް.. މިހާރު އެ އޮތް އެގާރަ ޖަހަނީ..” ހަނާ ފޯނުން ގަޑި ބަލާލަމުން ބުނެލިއެވެ. “ލާމީ ކައިރީ ބުނަންވީނު އީމް ގެއަށް ލައިދޭން..” ހަނާ ހިޔާލު ފާޅިކުރިއެވެ. “ނޫން..މިގަޑީގަ ލާމީ އަށް އުނދަގޫވާނެ..” އީރަމް ވަގުތުން ދެކޮޅު ހެދިއެވެ. “ހިޔެއް ނުވޭ މިގަޑީގަ ޓެކްސީ އެއް ލިބޭނެހެން..އަނެއްކޮޅުން ވާރޭ އޮއްސާލައިފިއްޔާ ސައިކަލެއްްގަ ވެސް ތާކަށް ދާން ފަސޭހައެއް ނުވާނެ…އީމް އަށް ގުޅާފަ ބުނަން ނުކެރެންޏާ އަހަރެން ބުނަންތަ..” ހަނާ އެ ބުނީ ތެދެކެވެ. އިތުރު އެހެން ގޮތެއް ނެތްކަން އެނގުމާއެކު އީރަމް އާާއެކޭ ބުނެލިއެވެ.
ދިހަ ވަރަކަށް މިނެޓް ފަހުން ސައިކަލުގައި އައިސް މަޑުކޮއްލި ލާމިހް ހަނާއާއި އީރަމްގެ ލޮލުގައި އަޅައިގަތެވެ. އާންމު ކޮށް ލައި އުޅޭ ކަހަލަ އަތްދިގު ޓީޝާޓަކާ އެކު ސޯޓެއް ލައިން އިން އިރު ފެންނަނީ އާދައިގެ ގޮތަކަށެވެ. ހަނާ ކައިރީ ދަނީ ކަމުގައި ބުނެ އީރަމް ހިނގައިގަތީ ލާމިހް ކައިރިއަށެވެ. އީރަމް އައިސް ކައިރީ ހުއްޓިލުމާއެކު ލާމިހް ގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އީރަމް ގެ މޫނުމަތިން ފެނުނު ހާސްކަމުން ކަމެއް ވެގެން އުޅޭކަން ލާމިހް އަށް ނަގައިގަނެވުނެވެ. “ޔޫ އޯކޭ..؟” ލާމިހް އީރަމްއަށް ސައިކަލަށް އެރޭނެހެން ސައިކަލު މަގުމައްޗަށް ނެރެލަމުން އަހާލިއެވެ. މޫނުމަތިން ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރަމުން އީރަމް އާއެކޭ ބުނެލިއެވެ. އީރަމް ފަހަތުގައި އިށީނުމާއެކު ލާމިހްގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އެހާ ކައިރީ އިންނަން ވުމުން އީރަމް އަށް އުނދަގޫވާކަން އިރުއިރު ކޮޅާ ފަހަތަށް ޖެހިލާ ގޮތުން ލާމިހް އަށް އެނގުނެވެ. އެކަން އެނގުމާއެކު ލާމިހް ސައިކަލް ދުއްވީ ވަރަށް މަޑުންނެވެ. އޮފީހުގެ ވާހަަކައިން ފެށިގެން އެކި އެކި ވާހަކަ ދެއްކި އިރުވެސް އީރަމްގެ ފަރާތުން ލިބެމުން ދިޔައީ ވީހާވެސް ކުރު ޖަވާބުތަކެކެވެ. ގެއާއި ކައިރިވުމުން އީރަމް އެދުނީ ލާމިހް ކައިރިން ގެ އިންނަ ގޯޅި ކަންމައްޗަށް ސައިކަލް މަޑުކޮއްލަދިނުމަށެވެ. އިތުރު ސުވާލެއް ކުރަން ނުހަދާ ލާމިހް އެގޮތަށް އެއްބަސް ވިއެވެ. ނާއިލް އަށް ދެވަނަ ފަހަރަށް އީރަމް އޭނާ އާއި އެކު ވާތަން ފެންނަން ލާމިހް ވެސް ބޭނުމެއް ނޫނެވެ. އޭނާގެ ފަރާތުން އީރަމްގެ ދިރިއުޅުމުގައި މައްސަލައެއް ޖެހިގެން ނުވާނެއެވެ. ވިސްނުމުގައި އިނދެ އީރަމް މެން ގެ ކައިރިއަށް ސައިކަލު މަޑުކޮއްލުމާއެކު ލާމިހް އަށް ޝުކުރު އަދާކޮއްލަމުން އީރަމް ހިނގައިގަތީ ގެއަށް ވަންނާށެވެ. “ދަނީތަ..” ލާމިހްގެ އަޑު އިވުމާއެކު އީރަމް ހުއްޓިއްޖެއެވެ. “ކިހިނެއްވީ..” އީރަމް ލާމިހް އަށް ބަލާލަމުން އަހާލިއެވެ. “ކަމެއްނުވޭ..” އަތުން ބޮލުގެ ފުއް ކިބައިގައި އަތް ކާއްތާލަމުން ލާމިހް ބުނެލިއެވެ. އަތުގައި އޮތް ފޯނަށް ނާއިލް ގުޅަން ފެށުމާއެކު އީރަމް އަށް ތެޅިގަނެވުނުވެ. ހިމަފޮދު ވާރޭ ވެހެންފެށުމާއެކު ލާމިހް އުޑުމައްޗަށް ބަލާލިއެވެ. އެ ވާރޭ ތިކިތަށްވެސް އީރަމް އާއި ލާމިހްގެ ހިތަށް ފިނިކަންގެނެސްދޭން މަސައްކަތް ކުރާ ކަހަލައެވެ. “ލާމީ..ދަނީ އިނގޭ..ވަރަށް ލަސްވޭ އެބަ..ވާރޭ ބޯ ކޮއްނުލަނީސް އަވަހަށް ގެއަށް ދެވޭތޯ ބަލާތި..” އީރަމް ލާމިހް އަށް ފަނޑު ހިނިތުންވުމެއް ދެމުން ހިނގައިގަތީ ގެއަށް ވަންނާށެވެ. އީރަމް ގޮސް ވަނުމާއެކު ކަހަލަ ގޮތަކަށް ވާރޭ ބޯކޮއްލީ ކުއްލިއަކަށެވެ. ސައިކަލު ޕާކް ކޮއްލަމުން ލާމިހް ހިޔާވުމަށް ގޮސް ވަނީ އީރަމް މެންގޭގޭ ކުރިމަތީ ހުރި ފިހާރައިގެ އަސްކަނި ދަށަށެވެ.
ސިޑިން ދުވަމުން ކަހަލަ ގޮތަކަށް މައްޗަށް އެރި އީރަމް ދޮރު ތަޅުގައި ހިފާ އަނބުރާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ސިޓިންގް ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނާއިލް ހުއްޓި އީރަމް އާއި ދިމާލަށް ބަލާލިއިރު މޫނުމަތިން ފޫހިކަން ފާޅުވެއެވެ. “އާދެވިއްޖެ ދޯ..” ރުޅިވެރިކަމާާއެކު ވާހަކަދައްކަމުން ނާއިލް ގޮސް އިށީނީ ސޯފާގައެވެ. “ކިހިނެއްވީ..” އީރަމް ދޮރު ލައްޕާލަމުން އެތެރެއަށް ވަނެވެ. “ގޮސް ފޮއްޓަށް އެއްޗެހި އަޅާ..” ނާއިލް އީރަމް އަށް ބަލާލަމުން ބުނެލިއެވެ. “ކީއްކުރަން.. ކޮންތާކަށް ދާން.. ” އީރަމް އަހާލިއެވެ. “ދާނެ ތަނެއް އިނގޭނީ އީރަމްއަށް..މިވަގުތުން ފެށިގެން އީރަމް ތީ މަށާ ބެހޭ މީހެއް ނޫން..ތިހިރީ ވަރިކޮއްފަ..” ނާއިލް ގެ ޖުމްލަ އާއެކު އީރަމް އަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގެއްހެންނެވެ. ކައިރީ ހުރި ގޮނޑީގައި ހިފަހައްޓާލެވުމާއެކު ނާއިލް އަށް ބަލާލި ކަރުނުން ފުރިފައިވި ދެލޮލުންނެވެ. އެ ދެލޮލުގައިވި ވޭން މިފަަހަރު ނާއިލް އަކަށް ވެސް ސިއްރެއްނުވިއެވެ. ނާއިލް މޫނު އަނބުރާލުމާއެކު ގައިގައި ނެތް ހިތްވަރު ލަމުން އީރަމް ހިނގައިގަތީ ކޮޓަރިއަށެވެ. އެތެރެއަށް ވަދެވުމާއެކު ނާއިލް އާއި އެކީ ހޭދަކުރި އުފާވެރި ދުވަސްތަށް ލޯ ކުރިމަތީ ސިފަވެގެން ދިޔައެވެ. ލޮލުން ފައިބާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން ކަބަޑުގެ އެއްފަރާތުގައި އިން ފޮށި ނެރެލިއެެވެ. އަވަސް ހަރަކާތްތަކަކާއެކު އީރަމް އޭނާގެ އެއްޗެހި ފޮއްޓަށް އަޅާލިއެވެ. ފޮށި ދަމަމުން ނުކުތް އިރު ނާއިލް އެއިން ތާ އިނެވެ. “ނާއިލް..ދިއުމުގެ ކުރިން އެންމެ ސުވާލެއް..ޑިޑް އައި ރުއިން އަވަރ މެރިއޭޖް..” އީރަމް ވޭނުން ފުރިފައިވި އަޑުން އެހެން އަހާލިއެވެ. އީރަމްގެ ސުވާލަށް ދޭނެ ޖަވާބެއް ނެތުމުން ނާއިލް އިން ތަނުން ތެދުވެއްޖެއެވެ. އީރަމް އަށް ދެން ވީ ގޮތެއް ނޭނގުނެއެވެ. ހިތާމައާ ވޭނާއެކުވެގެން ނާއިލް ދެކޭ އާދެވުނީ ރުޅިއެވެ. ދިޔަ ގޮތަށް ގޮސް ނާއިލް ގެ ކުރިމައްޗަށް އަރަމުން ގަމީސް އަތަށް ބޮނޑިކޮއްލިއެވެ. “ބުނޭ..އަހަންނާ ހެދިތަ..އަހަންނާ މެރީ ކުރީ ފަހުން ވަރިކޮއްލަންތަ..އުފަލުގަ ގެންގުޅޭނަމޭ ލޯބިވެޔޭ ބުނީ ފަހުން މިހެން ހަދަންތަ..” ރުއިމުގެ ތެރެއިން އީރަމް ހިތުގައިވާ ޝަކުވާތަށް ނާއިލް އާއި ކޮއްލިއެވެ. އީރަމް ގެ އަތް ގަމީހުން ނައްޓުވަމުން ނާއިލް ޖެހިލީ ދުރަށެވެ. އެ ކަރުނައިން އެ ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. “ނުކުމޭ..” ނާއިލް ދޮރަަށް އިޝާރާތް ކޮއްލަމުން ބުނެލީ މަޑުންނެވެ. އީރަމް ހަރަކާތެއް ކޮއްނުލާ ހުންނަން ފެށުމުން ނާއިލް އައި ރުޅިއެވެ. “ރީތި ގޮތުގަ ނުކުމެގެންދާށޭ ބުނީމަ ވެސް ތިހުންނަނީ ނުދާންވެގެންތަ..” ނާއިލް ރުޅިވެރިކަމާއެކު އީރަމް ކައިރިއަށް ޖެހިގަންނަމުން ބުނެލިއެވެ. “ނާއިލް ޕްލީސް..ޑޯންޓް ޑޫ ދިސް…” އީރަމް ކަރުނުން ފުރިފައިވި ލޮލުން ނާއިލްއަށް ބަލާލަމުން އާދޭހާ އެކު ބުނެލިއެވެ. ނާއިލް ގޮސް ފޮށީގައި ހިފަަމުން އަނެއް އަތުން ހިފީ އީރަމްގެ އަތުގައެވެ. ނާއިލް ގެ ބާރު ކުރިމަތީ ގަދަ ހަދަމުން ދިޔަ އީރަމް އަށް ކާމޭޒުމަތީ އަތް އަޅާލެވުނު ގޮތަކުން މޭޒުމަތީ އިން ބިއްލޫރި ތަށި ވެއްޓި ތަޅައިން ދިޔައި ފައި ކައިރިއަށެވެ. ބިއްލޫރި ކޮޅުތަށް ފަޔަށް ހެރިގެން ދިޔައިރު އެ ތަދުވެސް އީރަމް އަށް އިހްސާސް ނުވާކަހަލައެވެ. އީރަމްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެޕާރޓްމަންޓުން ނާއިލް ނުކުތް އިރު އަޑުގަދަވެގެން ނާއިލްގެ މަންމަ އާއި ނައިރާ ތިބީ ނުކުމެއެވެ. ނާއިލް އީރަމްގެ އަތުގައި ހިފައިން ނެރުނު މަންޒަރު ފެނުމާއެކު ނާއިލް މަންމަގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ނާއިލް..ހަމަ މިހާރު އީރަމް އަތުން ދޫކޮއްލާ..” “މަންމަމެންނާ ބެހޭކަމެއް ނޫން މީ..” ސިޓިން ފައިބަމުން ދިޔައިރު ފަހަތުން އައި އީރަމް އަށް އޭރު ގިސްލެވެއެވެ. ބޭރު މަގުމައްޗަށް ނުކުމެވުމާއެކު ވެހެމުންދިޔަ ވާރޭގެ އަޑާއެކު އީރަމްގެ ރުއިމުގެ އަޑު ދިޔައީ އެކުވެގެންނެވެ. “ނާއިލް..” އީރަމްގެ އަތުން ދޫކޮއްލަމުން އެތެރެއަށް ހިނގައިގަތް ނާއިލް އީރަމް އަށް ދިނީ ބީރުކަންފަތެކެވެ.
ޖެހޭ ބާރު ވަޔާ އެކު ލާމިހް ގަޔަށް ވާރޭ ތިކިތަށް ވިއްސަންފެށުމާއެކު ބޮޑަށް އެތެރެއަށް ޖެހިލިއެވެ. ކުއްލިއަކަށް އީރަމް މެންގޭގެ ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާމިހްގެ ހިތުގެ ހިނގުން މަޑުޖެހިލިކަން ގައިމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.




Nice ?
V salhi ekamaku ves haadha kurey
Mibaii vess rythi ekamaku Alhefahe haadha kurey mibaiii thann kolheh dhigu koh nerebala plx???
Mi haadha inthizaaru kurevey vaahaka ekey❤ vv reethi mi vaahaka. .bt adhi mi part nukiyan…hehe. .thnx upkohlyma??
Dhen mi ah vure dhigukoh upload nukurevenetha
Wow v salhi..
Haadha kurey..Mirey adhi eh part upkohdheebala..
Mi story varah reethi mihaaru
Alhe haadha kurey? next part up kohdhyba Seym. .pls pls pls
pleesu next party varah avahah ip kohdheeba!! ??cnt be patience for next part any more..
Salaam loves ❤️
Alhey mi bai vs hama ehaa kurutha.. ☹️ Vrh bx koh ulhemun liyevunu varu mee.. mirey adhi eh part up kohdheveytho will try my best. If not will upload the next part tomorrow.. ?
Seym aslu vaa gothaky vaahaka kiyaa hithun keiiy madhuvefa hunnany. Kiyumuge foari enme gadha vaa hisaaabun nimeny. Hehe. Eagrly waiting fr the next part. ???
pls adhi eh part genesdeeba v nice mi story???????????????????????????????
Wow? ufaavvehjje mirey ehpart up kuraa vaahaka buneema.. Thanks
Ok vv salhi ingey
Vara salhi mirey adhi up kodhehche plz
This is the best story in this site..keep updating regular koh..i love reading this..and Ma Sha Allah u are so talented..
haadha kureyyyyy…. ekam ves mi part v v nice….
Pls pls pls pls pls mirey eh part seym.. Pls ehen noony nuves nidheyne.. And pls thankolheh dhigu Kon.. Pls plz
Vvvv foohi kuruveema thankolheh dhigukollaadheeba pls pls. …………..SEYM
V v v reeeeethi ❤❤❤
Kury kuru namakah noon. Varah foohi mihaa kuru vyma. Vaahaka rycchas maakuruvyma kada. Seym ragalhu vaany mi site ga thibi kiyuntheringe loabi hoadhaafaivaa liyuntheringe vaahakathah kiyan
Asslu vess mibaiii hyve maakuru henn hyvaniii ehme lafzeh bunihenn e nimuniii
Thihen ulheythi ey writers foohi vegen huttalany… Knme myhaku vx bxy vane.. Ehnvyma liyeveyleh kuruvedhane it’s not a problem.. Kudakoh avahah upkurannaa ma rangalhennu
.. N ehen writers aa alhaa kiyakah nujehey everyone has their own style.. GOT IT!!!
Kudakoh viyas *
Seym kobaa next part? hama kiyaahiyvaavarun ahaali…hehe