” އަހަރެންނަށް އަސްލު ހަޤީޤަތެއް ނުވެސް އެނގޭ! މަށަށް ޝައްކުވެގެން މި ބުނެލީ… އެކަމަކު ިހާރު އެނގިއްޖެ ހުރިހާ ކަމެއްވެސް… ދެން އަހަރެން ކަންތައް ކުރާނެގޮތް ބަލަންހުންނާތި! ” ނާސިހާ ހިނިތުންވެލަމުން ހިނގައިގަތެވެ. ޖަމީލާހުރީ ބިރުގަނެފައެވެ. އޭނާގެ އަމިއްލަ އަނގައިން ހުރިހާ ކަމެއް ބޭޒާރުވީތީއެވެ. ” ނާސިހާ!….. ” ޖަމީލާ ގޮވާލިއެވެ. ” ނަ ނަ…. އަހަރެން ފަހުދު ގާތަކު ނުބުނާނަމޭ! އަހަރެން ބުނާނީ އަހަރެންގެ އެކުވެރިޔާ ގާތު… އެއީ ޔާނާ…ދެން ޔާނާ އަށް އެނގޭނީ ކަންތައް […]
ޝޮޕިންއަށް ދާ ކޮންމެ ރެޔަކުވެސް ، މަޖީދީމަގުގެ ވަކި ހިސާބަކަށް އަންނަތަނުން ބަނޑުހައިވާގޮތްވާނެއެވެ. ހުއްޓެވޭނެއެވެ. ކުޑަކުއްޖެއްފަދައިން ތުންވެސް ދަމާލެވޭނެއެވެ. އެވަރު ނުފުދިގެން ހުއްޓި ކުސްވެސް ތެޅޭނެއެވެ. އަތުގައި ހިފާ ޕްލީޒްއޭވެސް ބުނެވޭނެއެވެ. ” ހޫމް.. ހިނގާ ހިނގާ!! އެހެންނެއްނު ތި ކިޔަނީ “ އަކްރަމް ، ހަނާގެ އަތުގައި ހިފާ ހަނާ ބޭނުންވާތަނާއި ދިމާއަށް ހިނގައިގަތެވެ. ހަނާ ހިނިއަންނަމުން ރަޔާންގެ ގައިގައި ކޮނޑުންޖަހާލިއެވެ، ” މީ ފުރަތަމަ ރެއެއް ނޫނޭ އެކްޓް ދައްކާކަށް.. މިހާރު އަހަންނަށް އެނގޭނެ […]
ފަހުދާއި ޔާނާގެ ދެލޯ ބައްދަލުވި ހިނދު ވަކިނުވުމަށް އެދޭވަރު ހާމަވެއެވެ. ކުއްލިއަކަށް ފަހުދު ކުޑަދޮރު ލައްޕާލިއެވެ. ޔާނާ އަޑުގެ ކޮޅަށް ރޯންފެށީ ބިންމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެއެވެ. ހިތައް ކުރި އަސަރެއްގެ ސަބަބުން ފަހުދު ހުރީ އޮށޯންނަންވެސް ނޭނގިފައެވެ. އެނދުކައިރީ އިށީނދެލައި އެނދުގައި ބޯޖަހާލީ ހިތް ފުރެންދެން ރޯލާށެވެ. އެހެނަސް ކަންފަތުގައި ޖެހުނު އަޑުން އޭނާއަށް ހިމޭނަކުން ނީނދެވުނެވެ. ފަހުދަށް ލޯ ހުޅުވާލެވުނީ ޔާނާގެ ވޭނީ އަޑާއިވެސް އެކުގައެވެ.ފަހުދު ކުޑަދޮރު ހުޅުވާލި އިރު ތުނިކޮށް ވިއްސާރަވެހެއެވެ. ޔާނާ […]
ޔާނާ އުޅެނީ ބަދިގޭގައެވެ. ދާދި ދެންމެ ބޯވާދިލަމެހި ވިއްކަން މީހަކު އައުމުން އޭނާ އެ ގަތީ ފަހުދުއަށް ވަރަށް މީރުމަހެކޭ ފަހުދު ބުނާތީއެވެ. ޔާނާ ބޭނުންވީ އެމަސް ރަހަބަލާލާށެވެ. ބޯވާދިލަމެއްސަކީ ތެޔޮގަނޑަށް އެޅުމުން ބަޑިޖަހާ އެއްޗެއްކަން ޔާނާއަށް ނޭނގުނީ އޭނާ މީގެ ކުރިން ދުވަހަކުވެސް ދިލަމެހި ތެލުނުލާތީއެވެ. މަސްތަކުގައި މިރުސްލުމަށްފަހު، ހޫނުވެފައިވާ ތެޔޮތާހަށް މަސްތައް އޮއްސާލީވެސް އެއްފަހަރާއެވެ. އުދުޅި ނެގުމަށްފަހު މަސްތައް ހާކާލީ އަވަސް އަވަހަށެވެ. މާ ލަސްތަކެއްނުވެ ތެޔޮގަނޑު ބަޑިޖެހުމުން ޔާނާއަށް ފުރަގަސްދެވުނެވެ. ތެޔޮތައް ބުރީ […]
އޭރު އަހަރެންގެ އުމުރަކީ އެންމެ ހަ އަހަރެވެ. އަހަރެންގެ ތަޢުލީމީ ޙަޔާތް ޔޫކޭޖީ އިން ފެށީވެސް ހަމަ އެހަރުގައެވެ. އަހަރެންނާއި އެކުވެރި ދެތިން ކުއްޖަކު ކުޅެން އުޅުނީމެވެ. ގޭ މަގުމަތީގައެވެ. އަހަރެމެން ދުވެ ދުވެ އުޅެނިކޮށް ގޭދަށަށް މާގިނަ މީހުން އެއްވާތަން ފެނި އަހަރެން ބަލަން ހުރީމެވެ. ވަނީ ކީއްކަމެއް ނޭނގި ހުރެ ދުވެފައި ދިޔައީ ގެއަށެވެ. ކާގެ ދޮރުހުޅުވާފައި ހުރުމުން ކާގެއަށް ބޯދިއްކޮއްލި އިރު މޭޒުމަތީގައި ކުދިބިސްކޯދު ތައްޓަކާއި ޖޫސް ޖަގެއް ހުއްޓެވެ. އަދިވެސް މީހުންތައް […]
” އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ނުވިދޯ ބަނޑުބޮޑެއް ! މަ އޭރުވެސް ހިތަށް އެރި އެހެންނޭ ވާނީ” ޖަމީލާ އެހެން ބުނި ރާގުން ފަހުދު ކައިރިއަށް ވަރަށް ރުޅިއައެވެ. ނަމަވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ” ޔާނާ އަވަހަށް ފޮނުވާތި ! ” ޖަމީލާ ބާރަށް ގޮވާލިއެވެ. ފަހުދު ބަލާވެސް ނުލާދިޔައީ މަންމަގެ ބަހުރުވަ ހުރި ގޮތުން ހިތްހަމަ ނުޖެހިގެންނެވެ. މާލެގޮސް ހަމަޖެހެލެވުމާއި އެކު ބަނޑުހައިވާކަން ފަހުދަށް އިހުސާސްކުރެވުނެވެ. އޭރު ޔާނާ ހުރީ އިސްތިރި […]
ޖެހެމުންދާ ގަދަ ވަޔާއި ވެހެމުންދާ ބޯ ވާރޭގެ ތެރެއިން ” މެޒަރިން ބޯޓް” ހއ ކެލާ ފަޅަށް ވަނެވެ. މާސިންގާ ބޮޑުކަނޑުގައި އެހާމެ ގަދައިގައި ދަތުރުކޮއްފައި މާލެއިން ރަށަށް އާދެވުނުއިރުގައި ރަށަށްވެސް އެހާމެ ވިއްސާރައެވެ. ވިދާ ގުގުރައެވެ. ބޯޓުން ނުފޭބިފައި މީހުންތައް ތިއްބެވެ. އިރ އޮއްސެންގާތްވާތީ ބައެއް މީހުން ބޯޓުން ފައިބަން އަވަސްވެގަތެވެ. ކުޑައަޅައިގެންވެސް ދެވޭނެހެނެއް ހިއެއް ނުވެއެވެ. ވައިގަދަކަމުންނެވެ. އޭނާ އަންނާނޭކަން ޔަޤީނެވެ. ކޮންމެވެސް ތަނެއްގައި ފިލާހުންނާނޭކަން ގައިމެވެ. ފަހުދުގެ ސިކުނޑި ހުއްޓިފައިވަނީ އެ ޚިޔާލުތަކަށެވެ. […]
” އަހަރެންނަށް އަސްލުވެސް ލޯބިވެވިއްޖެ.. ޔޭސް.. އައި އެމް އިން ލަވް… އައި ލަވްޔޫ ޔަޝްމީ،،،،،،،،،” ހުރިހާ އެންމެން ސިހިގެންދާވަރަށް ނިކް އަޑުގެ ކޮޅަށް ގޮވާލިއެވެ. ********************* ޔަޝްމީއަތުން ދޫވެގެން ދިޔައީ އޭނާގެ އޭނާގެ ލިޕްސްޓިކެވެ. ” ދެން.. ފިސްވިތަ އަޅޭ.. މަގޭ ލިޕްސްޓިކް…” ޔަޝްމީ ގުދުވެލާފައި އެ ނަގަމުން ބުނެލިއެވެ. އޭނާ ލޯގަނޑަށް ބަލާލި އިރު މޫނުމަތި އެހާ ފުރިހަމަ ހެނެއް ހިއެއް ނުވެއެވެ. ” ދެން ނުކުރާނަން… ” ޔަޝްމީ ފޫހިގޮތަކަށް ފުނާއަޅަން އިނެވެ، […]
ޔަޝްމީ ކާރުން ފޭބުމާއި އެކު މުއާޒް އައިސް ހުއްޓުނެވެ. އިމްރާން އަވަހަށް ކާރު ދުއްވާލިއެވެ. ” ސިސް… ވަރަށް ވަރަށް ވަރަށް އޮބި އިނގޭ….” މުއާޒް ޔަޝްމީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަނދިރީގެ ތެރެއިން ޔަޝްމީގެ މޫނެއް މުޢާޒަކަށް ނުފެނުނެވެ. އެއީ ނަސީބެކޭ އޭނާގެ ހިތައް އެރިއެވެ. ” ވަރަށް ޓަޔަރޑް. ނިދާލަން ދާނީ އިނގޭ..” ޔަޝްމީގެ އަޑުގައިވާ މަޑުމޮޅިކަން މުޢާޒަށް ފާހަގަވިއެވެ. އެހެނަސް އޭނާ އެހާ ބޮޑަށް އަޅާ ނުލީ ވަރުބަލިވެފައިވާކަން އެނގޭނތީއެވެ. ************ ކޮޓަރިއަށް […]