” ޕްލީޒް ލޯބި.. ތި ގޮތްގަނޑު ދޫކޮއްލަބަ.. އަހަރެން ފޫހިވެދާނެ.. އަހަރެންނޭ ދިރިއުޅުމުގަ އިސްމީހަކަށްވާނީ.. ދީނާއެއް ނޫނޭ.. ” ވަރަށް މަޑުމައިތިރިކޮށް ނިކް ދީނާއަށް ވިސްނައިދެވޭތޯ އުޅުނެވެ. ” ހެޔޮ.. ހަމަ އަހަރެންދެކ ލޯބި ނުވަނީ.. އަހަރެން ބުނާގޮތް ހަދަން ބޭނުމެއްނުވާނެ.. އަބަދުވެސް މީނަ ބުނާގޮތް.. މީނަ ބޭނުންވާގޮތް.. ވަރަށް ފޫހިވޭ..” ދީނާ ސައިކަލުން ފޭބުމަށްފަހު ނިކްއަށް ފުރަގަސް ދިނެވެ. ” ސާބަހޭ.. މުސްކުޅިވީމަ އަދި މަށާ ދިމާއަށް އަނގަތަޅާލާނެ ދޯ…” ނިކް ސައިކަލަށް އަރާ ސްޓާޓް […]
ނިކް ނުކުމެގެން ދިޔުމުން ޔަޝްމީއަށް ރޮއިގަނެވުނެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ދިލަ ހޫނުގެ އަސަރު މެޔަށްވެސް ކޮއްފިއެވެ. ނިކްގެ ފަރާތުން އިވިގެން ދިޔައީ އޭނާ އަޑުއަހަން ބޭނުންވެފައިވާ ބަސްތަކެއް ނޫނެވެ. އެހެނަސް ނިކް އޭނާއަށް ނަފްރަތުކޮއްފިންކަން ޔަޝްމީއަށް އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން މޭގައި އަތްޖައްސާލަމުން އަވަސް އަވަހަށް އެތަނުން ނުކުތެވެ. އޭރު ނިކް ފެންނަންވެސް ނެތެވެ. ނިކް ދިޔަ ބާރުމިނުގައި ގޮސް ދީނާގެ ގެއަށް ވަނެވެ. އޭރު ދީނާ ހުރީ ސިޓިންގ ރޫމުގައެވެ. ޔަޝްމީ ދިޔަ ނުދިޔަ […]
އަހަރެންގެ ހިތަށް އަރަމުންދެއެވެ. މިއީ ހަމަ އަހަރެން ލޯބިވި ވިކާޝްބާވައެވެ؟ އަހަރެންނަށް އޭނާ އެހާބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ދުރަށްޖެހިލެވުނީ ބޭނުންވެގެންނެއް ނޫނެވެ. މަޑުމަޑުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އޭރު މަޣްރިބް ނަމާދު ބަންގީގެ އަޑު އިޢުލާންކުރަމުންދެއެވެ، ވިކާޝް އަހަންނަށް ބަލަންހުރީ ގޮތްހުސްވެފައިވާ ގޮތަކަށެވެ، ” ދެން މަރާލާނީ އަހަރެންކަންނޭނގެ.. ތިއީ ޤާތިލެއް. އަހަރެން އުއްމީދެއް ނުކުރަން ވިކާޝްތިއީ ތިޔަކަހަލަ ވިޔާނުދާކަމެއް ކޮއްފަހުރި މީހެއް ކަމަކަށް.. އަހަރެންގެ ވަފާތެރިކަމުގެ ބަދަލުގަ އޮޅުވާލުންތަ ދޭން […]
” އެހާ ކަމަކު ނުދޭ ތި ހެދުމެއް…” ދީނާ ބޭނުންވީ ޔަޝްމީ އެ ހެދުން ބަދަލު ކުރުވުމަށެވެ. އޭނާ ހަސަދަވެރިވީއެވެ. ދިނާ ތެދުވެ ވަށައިގެން ބަލަންފެށިއެވެ. ޔަޝްމީއަށް ހެވުނެވެ. ” އަސްލުގަވެސް ބޯ ހަދާފަ ހުރި ގޮތްވެސް ކަމަކު ނުދޭ… ” ދީނާ ހަމަ ރަނގަޅަށްވެސް ޖެލަސް ވެއްޖެއެވެ. ” އެކަމަކު ގަޑި ޖެހެނީ… ދެން ދާނީ މިރޭ މިހެން…” ޔަޝްމީ ހެދުމަށް ބަލާލަމުން ގިޓާ ނެގިއެވެ. ދީނާ ތުން ފިއްތާލިއެވެ. ޔަޝްމީ ނުކުތުމުން ދީނާގެ އަތުގައި […]
ވިކާޝްގެ ޝަރުތު ކިތަންމެހާވެސް ފުރިހަމައަށް ޝިކާއަށް އިވިއްޖެއެވެ. އޭނާ އިސްޖަހާލައިގެން ހުރުމުން ވިކާޝް ވާހަކަދެއްކިއެވެ. ” އެއްބަސް ނުވަންޏާ އަހަރެންނަށް ބުނެވޭނީ ނޫނެކޭ! ދެން ޝިކާ ދޭ މިގޭން.. އަހަންނަށް ވަރިހަމަ ތިޔަ ދަރިފުޅު ވައްޓާލިޔަސް.. ތިހާ ބޮޑު މުއްސަންޖަކަށް ތިޔަކުއްޖާ ވައްޓާލާ މަރާނުލެވޭންވީ ކީއްވެ؟ “ ވިކާޝް އެހެން ބުނީ ޝިކާގެ ހިތަށް އަސަރުކުރުވަން ވެގެންނެވެ. ޝިކާއަށް އިތުރަށް ރޮވުނެވެ. އޭނާ ދެލޮލުން ކަރުނަ ފުހެލުމަށްފަހު ބާރުލާފައި ބުނެލިއެވެ. ” އަހަރެންގެ ހަށީގައި ފުރާނަހުރި ހިނދަކު […]
” އަހަރެން ބުނެފީމެއްނު އަހަރެން އެހާ ހިތްހަމައެއް ނުޖެހެޔޭ ނިކް އާއި ދޭތެރޭގައެއް.. ” ދީނާއަށް އެހެން ބުނެވުނު ވަގުތު ތައްޔާރުވެގެން އިމްރާން ނުކުތްތަން އެމީހުންނަށް ފެނުނެވެ. ގަމީހުގެ އަތުކުރި އޮޅަމުން އޮޅަމުން އިމްރާން އާދެއެވެ. ޔަޝްމީގެ މޫނުމަތި އުދާސްވިއެވެ. ” ދޮންބޭ…. އަހަރެން މިއުޅެނީ ބޮލަށް އެނބުރުން އަރާތީ.. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެން…” ކުއްލިއަކަށް ދީނާ ބުނެލި ޖުމުލައިން ޔަޝްމީގެ މޫނުމަތި އުޖާލާވެގަތެވެ. އިމްރާން އައިސް ދީނާ އާއ ޖެހިގެން ހުރި ސޯފާގޮނޑީގައި އިށީނެވެ. […]
” މީ ތެދު. އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި އިންނަން.” ވަރަށް ސީރިއަސްވެ ވިކާޝް އެހެން ބުނުމުން އާނިޔާ ހިމޭންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ، އާނިޔާ އޮތީ އެއްވެސް ބަހެއް ނުބުނެއެވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ، ވިކާޝް އާއި އިނދެގެން އޭނާ އެގެއަށް އައީ ނުހަނު ފޮނި އުއްމީދުތަކާއި އެކުއެވެ. ” އަހަރެން އެންމެ ފަހު ފަހަރަށް މި އަހަނީ ތީ ހަމަ ވިކާޝްގެ ނިންމުން ހޭ ؟” އާނިޔާ މަޑުމަޑުން ސުވާލުކުރިއެވެ. […]
” ރެއިންގެ ފޮޓޯއެއް ފޮނުވި ނަމަ އަހަރެން ހާދަ އުފާވީހޭ.. ވަރަށް ދެކިލާހިތްވޭ… ހިތައް އަރަނީ މިތަނުން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ؟” ދެރަވެފައި މާނިޝް ބުނަމުން ދިޔައެވެ. ******************** މާނިޝް އެ ސިޓީގައި ބޮސްދިނެވެ. މާނިޝްގެ ހިތް ތެންމަމުންދެއެވެ. ބޭނުންވަނީ ކޮންމެވެސް ގޮތަކަށް ނަމަވެސް އޭނާގެ ކުޑަކުޑަ ދުނިޔެއަށް އެނބުރި ދިޔުމަށެވެ. އޭނާ ވިސްނަން ފެށިއެވެ. ޖަލުގައި އުޅޭތާ މިހާރު ކިހާ ދުވަހެއް ހެއްޔެވެ؟ ރާޔާ ކިހާ އެކަނި ވާނެ ހެއްޔެވެ؟ ރާޔާ އަދިވެސް ހުރީ މާނިޝްއަށް ޓަކާކަން […]
” ހޫމ… މިއީ ދޮންބެގެ ވެސް އެޕާރޓްމަންޓެކޭ… އެހެންވީމަ ދޮންބެ އުޅޭނީ މިތާނގައެއްނު… ޔަޝް ހިތްހަމަ ނުޖެހުނީތަ؟ ” ދީނާ ފާޑަކަށް އަހާލިއެވެ. ” ނޫން… އެހެނެއް ނޫން.. ކީއްވެ ހިތްހަމަ ނުޖެހެންވީ؟ އަހަރެން މިދަނީ ގިޓާ ޕްރެކްޓިސްކޮއްލަން… ” އަވަސް އަވަހަށް ޔަޝްމީ ކާ ކޮޓަރިން ނުކުތެވެ. ސައިތައްޔާރު ކުރުމަށްފަހު ދީނާ އިމްރާންގާތަށް ދިޔައެވެ. ” ދޮންބޭ.. ހިނގާ ސައިބޯން ދަމާ… ” ދީނާގެ ޖުމުލަ އާއި އެކު ކައިރީގައި ހުރި މޭޒުގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު […]