” މަންމަ އޭ؟؟؟؟” ނިކްއަށް އަހާލެވުނެވެ. ޔަޝްމީގެ ލޮލުން ފައިބަމުންދާ ކަރުނަތަކުންނާއި އޭނާ ގިސްލަމުންދާވަރުން އިތުރު ހެއްކެއް ނިކް ބޭނުމެއް ނުވިއެވެ. ޔަޝްމީގެ މޫނުމަތިންވެސް އެ މަޖުބޫރީ ފެނެއެވެ. އެއީ ފުރަތަމަ ޔަޝްމީއަށް ނިކް ފެނުމާއި އެކު އޭނާގެ މޫނު އުޖާލާވި ގޮތާއި ލޯބިން ފުރުވާލި ގޮތްގަނޑު ފަހުން ބަދަލުކޮއްލީ އެ މަޖުބޫރީގެ ސަބަބުންކަން ނިކްއަށް ފާހަގަކުރެވުނީ އަދި ކިރިޔާއެވެ. ” މިވަރުން ވާނެތަ؟ ކިހާ ވަރެއް އިތުރަށް ބޭނުމީ؟ ” ފަސްސަތޭކައިގެ ބޮނޑިއެއް މޭޒުމައްޗަށް ހޫރާލަމުން […]
ނާސިހާ ބޭރަށް ހިނގައިގަތުމާއި އެކު ހުއްޓުނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނުނެވެ. ނާސިހާގެ އަތް ފޮޅުވާލުމަށްފަހު ޖަމީލާވެސް ހުއްޓުނެވެ. ޝާނާ ބޭރަށް ބޯދިއްކޮއްލިއެވެ. އޭނާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީއެވެ. ފަހުދު މިޔަދު އަންނަކަން އޭނާއަށް އެނގެއެވެ. ދޮރާށި ހުޅުވާފައި އެހެރަ އަންނަނީ ފަހުދެވެ. ޝާނާ ދުވެފައި ގޮސް ފަހުދު ގައިގައި އޮޅުލައިގަތެވެ. އަދި ރޮމުން ރޮމުން ކުޓުވަން ފެށިއެވެ. “އަހަރެން ބުނީމެއްނު… މަންމަގެ ކަންކަން ހުރި ނެތް ގޮތް ބަލަން އަންނާށޭ.. މީހުން ގޮވައިގެން […]
ލަސްލަހުން އެސްފިޔަ ޖަހަމުން ބަލަހައްޓައިގެން ހުއްޓެވެ. ދެލޯ ބޮޑުވެފައެވެ. އަދި އޭނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ. ” ފަހުދު!؟ “ ދެމީހުންގެ މޫނަށް ބަލަން ހުރި ޝާނާ ރުޅިއައިސް ފުފުނެވެ. ފަހުދުގެ އަތުން ދޫކޮއްލުމަށްފަހު އޭނާ ބާރަށް ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ފަހުދު ޝާނާއަށް ބަލާލުމަށްފަހު އަނެއްކާވެސް ޔާނާގެ މޫނަށް ބަލާލިއެވެ. ފަހުދު އަވަސް އަވަހަށް ނުކުތެވެ. އޭރު ޝާނާ ލެކިޔުޓް ދޮރުމަތީގައި ހުއްޓެވެ. ފަހުދު ފެނުމާއި އެކު އޭނާ ދެބުމައިގައި ގޮއްޖެހިއެވެ. ” ހިނގާ އެހެން ޝޮޕަކަށް؟ […]
މިހާރަކަށް އައިސް ފަހުދުއަށް ބަދަލްތައް އަންނަކަން ޚުދް އޭނާއަށްވެސް ފާހަގަ ކުރެވެއެވެ. އާމިރު އާއި އެކު ކޮފީއަކަށް ގޮސް އެކަން ޝެއަރ ކުރުމަށް ފަހުދު ބޭނުންވިއެވެ. ” މަށަށްވެސް ވަރަސް ފާހަގަކުރެވޭ ތިކަން… ” އާމިރު ފޯނު މޭޒުމަތީ ބާއްވަމުން ބުނެލިއެވެ. ” އަސްލު މިހާރު މިލިބޭ އެއްޗަކުން ދެކޮޅެއްވެސް ނުޖެހޭ.. ޝާނާއަށް މަހަކު 5000ރުފިޔާ ފޮނުވިޔަސް އޮންނަނީ ދެކޮޅު ނުޖެހިފަ.. އަނެއްކާ ހާރަކަސް ތަރާވީހަކަސް މިޖެހެނީ މާލެއިން ގަނެފަ ފޮނުވަން.. ” ސިނގިރެޓެއް ރޯކޮއްލަމުން ފަހުދު […]
ރުޅިއައިސް ރަތްވެފައިހުރި ޝާހު ދުވެފައި އައިސް އަސްލަމުގެ ކަރުގައި ހިފާ ފާރަށް ތަރަ ކޮއްލިއެވެ. ” އަހަރެންގެ ލޯބިވެރިޔާގެ އަބުރަށް އަރަން ކަލެޔަށް އޮތީ ކޮން ޙައްޤެއް! ” އަސްލަމް ގަދަކަމުން ކަހަލަ ގޮތަކަށް ތެޅިގަތުމަށްފަހު، ގިރުވާން ރަނގަޅުކޮއްލިއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ވެއްޓިފައި އޮތް ނޫރީން މަޑުމަޑުން ތެދުވާތަން ފެނި ޝާހު އަވަސްއަވަހަށް ނޫރީންގާތަށް ދިޔައެވެ. އޭރުވެސް އަސްލަމު ކޮޅަށްޖެހިފައި ހުއްޓެވެ، މޫނުމަތިން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ. ” އަހަރެން ހިއެއް ނުކުރަން ތިއީ […]
އޭނާ ބޭނުންވަނީ އޭނާއަށްޓަކައި އަނިޔާވެރިވި މިދުނިޔެއިން އޭނާގެ ވަސްވެސް ފިލުވާލުމަށެވެ. ޔާނާ ފުންމާލަން ތައްޔާރުވީ ވަގުތު މޫނަށް އެޅުނު އައްޔަކުން ސިހިފައި ވެއްޓެން ދިޔަވަގުތު އޭނާއަށް ބިރުންނާއި އެކު ހަޅޭއްލަވައިގަނެވުނެވެ. ބާރުދުވެލީގައި އައި ސައިކަލް މަޑުކުރުމަށްފަހު އޭގައި އިން ޒުވާނާ ދުއްވައިގަތެވެ. ވަގުތު ދިގުކުރަން ނުހުރެ އޭނާ ފުންމާލިއެވެ. އޭރު ޔާނާ އަޑިއަށް ދަނީއެވެ. އޭނާގެ އެއް އަތް ހިއްލާލިތަން މޫދަށް ފުންމާލި ކުއްޖާއަށް ފެނުނެވެ. ޒުވާނާ ޔާނާގެނެސް އޭނާގެ މޭގައި ލައްކޮއްލުމަށްފަހު އޮޅުލަމުން ކަހަލަ ގޮތަކަށް […]
ގެއަށް އައިސް ވަނުމަށްފަހު ޝަޒާ ފާރުގައި ލެނގިލިއެވެ. އޭނާއަށް ފުންނޭވާތަކެއް ދޫކުރެވެމުންދެއެވެ. އެކަނިމާއެކަނި ހުރެ ހިނިތުންވެވެމުންދެއެވެ، އިފާޒް އޭނާއަށް ބަލާލުމުން އެހިތަށް އަސަރު ކުރިވަރު އޭނާއަށް އެނގިއްޖެއެވެ. ލޯބިވާވަރު އިހުސާސްކުރެވިއްޖެއެވެ. ޝަޒާ ނުކުތީ ބޭރަށެވެ. މިކަމަށް ޙައްލެއް ގެންނަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ކިހިނެތްހެއްޔެވ؟ އޭނާގެ ލޯބި އިފާޒްގެ ކުރިމަތީގައި ހާމަކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ލޯތްބަށް އެދި އެދި ހުއްޓާ ދެން ފެންނާނީ އެހެންމީހެއްގެ ޙައްޤަކަށް އިފާޒް ވާތަންކަން ގައިމެވެ. އެހެންވާކަށް ޝަޒާގެ ހިތެއް […]
” އޯހ… އެހެންތަ؟ މަރުހަބާ! ” ނާސިހާ ޝާނާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އިތުރަށް ވާހަކަ ދައްކާކަށް ނަހަދައެވެ. ފިހާރައަށް ވަނެވެ. އެވަގުތު ޔާނާމަތިން ހަނދާންވުމުން އަވަސް އަވަހަށް ޔާނާއަށް ގުޅިއެވެ. ” ނާސިހާ.. ތިހުރީމާލޭގައޭ… ” ޔާނާ ހުރީ އުފަލުން ފޮޅިފައެވެ. ” އާނ…. އަޅެ ޔާނާ މަގޭ ކައިރިއަށް އަންނަންވީނު… ” ނާސިހާ އެދުނެވެ. އޭނާވެސް އެކަނި ހުންނާތީއެވެ. ” ކިހިނެތް ދާނީ… ނާސިހާ ދުވަސްކޮޅަކު މާލޭގަ ހުރެފަ ދާނެ ރަށަށް… ” ޔާނާ އެނދުމަތީ […]
ދުވަސްތައް މާޒީވަމުން ދެއެވެ. ޖަމީލާގެ ބަލިޙާލަތު ބޮޑުވަމުންދެއެވެ. އެކަނި ޙާލަތަށް އުޅެން އުނދަގުލެވެ. ޖަމީލާގެ ފައިގެ ރިހުން ގަދަވެގެން އުޅެއެވެ. އަޅާލާނޭ މީހަކު ނެތުމުން އޭނާ ވަރަށް ރޮޔެވެ. ” އަހަރެން އެކަނި މިޙާލަތަށް ދޫކޮއްނުލާ! ” ފަހުދު ގުޅުމުން ޖަމީލާ ރޯންފެށިއެވެ. ފަހުދުގެ ހިތައް ވަރަށް އަސަރުކުރިއެވެ. މަންމައަށް އެހީވާނޭ ކުއްޖަކު އޭނާ ހޯދަން ބޭނުމެވެ. ނަމަވެސް އޭނާ އަދިވެސް އެކަމަށް ވަގުތު ބޭނުމެވެ. ” މަންމާ! ވަރަށް އަވަހަށް މަންމަގެ އެދުން ފުރިހަމަ ކޮއްދޭނަން! […]