ވިކާޝްގެ މޫނުމަތިން ތާޒާކަމާއި ލޯބިވެތިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ” އަހަރެން ކައިގެން އޮށޯތީ ނިދަން.. ވަރަށް ގޮވިން ވިކާޝްއަށް.. އަހަރެން ހިއެއް ނުކުރަން އަސްލު މިރޭ.. ވިކް ނިދާނެކަމަށް.. ” އަހަރެން އާދައިގެ ރާގަކަށް ބުނެލީމެވެ. ވިކާޝް އަނެއްކާވެސް ހޭންފެށީ އަހަރެން ދައްކާ ވާހަކަ އޮޅުން ނުފިލާތީކަން އަހަންނަށް އެނގުނެވެ، ” އަހަރެން މިބުނީނު އަހަރެން އޮތީ ހޭލައިގެން،، ޝަނޫ އައިސް ގޮވީމަ އަހަރެން ހޭލީ.. އޭރު ކުރިމަތީގައި ހުރީ އަހަރެންގެ މިހިތުގެ ރާނީ ޝަނޫ… […]
އެއީ ކަޅުފޮއި އަނދިރި ރެއެކެވެ.އެރޭގެ އަނދިރިކަމާއި އެކު ވަށައިގެން އިވެމުންދިޔަ އަޑުތައް އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމަމުންދާހެން އަހަންނަށް ހީވެއެވެ. ބިންދައިގެންދިޔަ ގަހާއި އެކު އިވުނު ބިރުވެރި ރުޔުމުގެ އަޑު އަބަދުމެ އިވޭހެން އަހަންނަށް ހީވެއެވެ. ގުގުރާލާ ކޮންމެ ފަހަރަކު ވިދާލައެވެ. ވިދުވަރުގެ އަލިން އަހަންނަށް ތަންތަން ވަކިކުރަން އެނގެއެވެ. ބިންމަތީގައި ހެދިފައިވާ ޗަކަތަކާއި އެކު އަހަރެން ދެމެމުން ދިޔަ މަންޒަރު ލޯމަތިން ސިފަވަމުންދެއެވެ. އަޑިއަށް ގޮސްފައިވާ އަހަރެންގެ އެއްފައިގައި އޭރު އެޅިވޭން މިހާރުވެސް އަޅާހެން ހީވެއެވެ. […]
ކިޔާދޭން މިއުޅެނީ އުމުރުން 23 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ. އެހެން މީހުން ފަދައިން އޭނާވެސް ކުއްޖަކު ދެކެ ލޯބިވިއެވެލ އަދި ވަރަށްގިނަ ހަރުފަތްތައް ގިރާކުރަމުންގޮސް އޭނާގެ އަތްބަކަށް އެ އަންހެން ކުއްޖާ ހެދީ، ވަރަށް ގިނަ އުއްމީދުތަކަކާއި ހުވަފެންތަކަކާއި އެކުއެވެ. އެހާ ޅަ އުމުރުގައި ޒަވާޖީ ޙަޔާތެއް ފެށީ އަނބިމީހާއަށް ކުރާ އިތުބާރުގެ ބޮޑުކަމުންނާއި ދިރިއުޅުން އާރާސްތު ކުރެވޭނެކަމުގެ ޔަޤީންކަން ހިތުގައި ވާތީއެވެ. މިއަހަރުގެ ރަމަޟާންމަހުގެ އުމުރާގެ މާތް އަޅުކަމާއިގެން ފުރައިގެންދިޔައީ، އެނބުރި އަންނައިރު އޭނާގެ ދަރިޔަކަށް […]