Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގާ ފޮރުވާލަދޭށޭ 4ވަނަ ބައި

Salaa Level 210 Stories100 Comments
February 17, 2014 9 Mins Read
12 Comments

ފަހުދާއި ޔާނާގެ ދެލޯ ބައްދަލުވި ހިނދު ވަކިނުވުމަށް އެދޭވަރު ހާމަވެއެވެ. ކުއްލިއަކަށް ފަހުދު ކުޑަދޮރު ލައްޕާލިއެވެ. ޔާނާ އަޑުގެ ކޮޅަށް ރޯންފެށީ ބިންމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެއެވެ.

ހިތައް ކުރި އަސަރެއްގެ ސަބަބުން ފަހުދު ހުރީ އޮށޯންނަންވެސް ނޭނގިފައެވެ. އެނދުކައިރީ އިށީނދެލައި އެނދުގައި ބޯޖަހާލީ ހިތް ފުރެންދެން ރޯލާށެވެ. އެހެނަސް ކަންފަތުގައި ޖެހުނު އަޑުން އޭނާއަށް ހިމޭނަކުން ނީނދެވުނެވެ. ފަހުދަށް ލޯ ހުޅުވާލެވުނީ ޔާނާގެ ވޭނީ އަޑާއިވެސް އެކުގައެވެ.ފަހުދު ކުޑަދޮރު ހުޅުވާލި އިރު ތުނިކޮށް ވިއްސާރަވެހެއެވެ. ޔާނާ ފެންނަންވެސް ނެތެވެ. ނަމަވެސް އޭނާއަށް އެ އިވުނީ ޔާނާގެ އަޑުކަން ޔަޤީނެވެ. އެއަޑުގައި ވޭނީ ރިހުމެއް އުފެދިފައިވެއެވެ. ކިތަންމެ ނަފްރަތު ކުރި ނަމަވެސް އަދިވެސް ހިތުގައިވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ.

 އޭރު ވެހެމުންދާ ވާރޭ ބޯކުރަމުންދެއެވެ. ފަހުދު އަވަސް އަވަހަށް ސިޓިންގރޫމުގެ ދޮރު ހުޅުވާލިއެވެ އޭރު ގޭގެ މައިދޮރު ކައިރިއަށް އެއްވަމުންދިޔަ ފެންގަނޑުގައި ހުރި ރަތްކުލަ ބޭރު ހޮޅިބުރި އަލިން ފަހުދަށް ފެނުނެވެ. ފަހުދު ބަލާލީ އެއީ ކޮންތަނަކުން އައިސްފައިވާ ކުލައެއްތޯއެވެ. ވަށާފާރުގެ ދޮރުގެ ތިރިން ރޮނގެއްހެން ލޭ ފޫދެމުން އައިސް ފެންގަނޑަށް އެޅެނީއެވެ. ފަހުދުގެ ފައި ތުރުތުރު އަޅަން ފެށިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް މަޑުމަޑުން ދޮރާށި ހުޅުވާލިއިރު ޔާނާގެ ބޮޑުވެފައިވާ ދެލޯފެނުނެވެ. އޭނާ ބަނޑުގައި އަތްއަޅައިގެން ދެލޯ ބޮޑުކޮއްފައި ހުރެ މަޑުމަޑުން ތިރިވަނީއެވެ. ބަނޑުން ލޭތައް ބޮކިޖަހާފައި ފައިބައެވެ. ޔާނާގެ ކުރިމަތީގައި ވަޅިއެއް ހިފައިގެން ހުރި އަންހެންމީހާގެ މޫނުމަތިން ބިރުވެރިކަމާއި ނަފްރަތު ފެންނަން ހުއްޓެވެ. ފަހުދު އަވަސް އަވަހަށް ބަލާލީ އެއީ ކާކުތޯއެވެ. ޤަބޫލުކުރަންވެސް ދަތިވެފައި ހުރި ފަހުދު ގަބުވެފައި ހުރެ ބުނެލިއެވެ.

” މަންމާ؟؟؟؟!!!!!” ޖަމީލާގެ އަތުން ވަޅި ދޫވިއެވެ.

           ފަތިސްނަމާދުގެ ބަންގީގެ އަޑާއި އެކު ފަހުދަށް ހޭލެވުނެވެ. އޭރުވެސް އޭނާ ތުރުތުރު އަޅައެވެ. ފެނުނު ހުވަފެނުގެ ނުބައިކަމާއި ބިރުވެރިކަން ހިތުގައި ހުއްޓައި ޖަހާލި ގުގުރިއާއި އެކު ވިއްސާރަ އޮއްސައިގަތުމުން އިތުރަށް ހާސްވިއެވެ. ޔާނާ މަތިން ހަނދާންވުމާއި އެކު ދުވެފައިގޮސް ބޭރަށް ނުކުތެވެ. ޔާނާ ހޯދަން ދިޔުމަށް ހިތައް އެރިއެވެ. ނަމަވެސް އޭނާގެ ހިޔާލުތައް ނަށައިގަތީ ޔާނާ ވީ ބޭފަވާއާއި އެކުއެވެ. ޔާނާ ހޯދަން ދިޔުމަށް ހިތްއެދުނު ނަމަވެސް އޭނާ ފުންކޮށް ވިސްނާލިއެވެ. ފަހުދުއާއި މެދު އެއްވެސް ކުލުނެތް ނެތް ގޮތަކަށް ޔާނާ ބޭވަފާ ވެ އޮޅުވާލާ ހެދުމުންވެސް އަދިވެސް ފަހަތުން ދާންވީހޭ ފަހުދުގެ ހިތަށް އެރިއެވެ.ފަހުދު ލޮލުން އައިސް ހުރި ކަރުނަ ފޮހެލުމަށްފަހު ގެއަށް އައިސް ވަނެވެ.

           ވާރެޔާ ތެމިފޯވެގެން ޔާނާ ހިނގަމުންދެއެވެ. ދާނެ މަންޒިލެއް ނެތެވެ. ނާސިހާމަތިން ހަނދާންވުމުން އޭނާ އެގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ރަށަށް އެވާހަކަތައް ފެތުރޭކަށް ޔާނާ ބޭނުމެއް ނޫނެވެ. ޔާނާ އެޙާލުގައި ބޭރުގައި ހުއްޓާ ފެނިއްޖެނަމަ މީހުންނަށް އެނގޭނެއެވެ. އެހެންކަމުން އިރު އެރުމުގެ ކުރިން ޔާނާ ބޭނުންވީ މީހެއްގެ ހިމާޔަތުގެ ދަށަށް ދިޔުމަށެވެ. ނާސިހާމެންގޭގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމާއި އެކު ނާސިހާ ދޮރުކައިރިއަށް އައިސް ހުއްޓުނެވެ،

” ކާކު ؟ “

އެއަޑުން އޭނާ ބިރުން ހުރިކަން ޔާނާއަށް އެނގުނެވެ. ތުރުތުރުއަޅާ ޙާލު ޔާނާ އޭ ގޮވާލީ ވަރަށް ފޮނިއުއްމާީދާއި އެކުއެވެ. ނާސިހާ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ.

” ޔާނާ؟ ތެމިފޯވެގެން ކޮން ޙާލެއް ޖެހިފަ ތިހުރީ؟ ” ނާސިހާ ހުރީ ވާނުވާ ނޭނގޭފަދަ ގޮތެއްވެފައެވެ. އޭރު އިރުގެ އަލިކަން ފާޅުވަމުންދެއެވެ. މަގުގެ ދެފަރާތްބަލާލުމާއި އެކު ޔާނާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ.

” ޔާނާ؟ ކިހިނެތްތަވީ؟ ހަމަޖެހިފައި ވެގެން އުޅޭގޮތެއް ބުނެބަލަ! ” ހާސްވެފައިވާ ޔާނާ ފެނުމުން ނާސިހާ އިތުރަށް ސުވާލުކުރަން ފެށިއެވެ.

” އަހަރެން ގެއިން ނެރުނީ؟ ” ޔާނާ ދުރަށް ބަލާލަމުން ބުނެލިއެވެ.

” ކިހިނެތްވީ؟ ވަރިކުރީތަ؟ “

” ނޫން…….. ” ޔާނާ ކަންތައްވީ ގޮތް ނާސިހާއަށް ބުނެދިނެވެ. ނާސިހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ކިހިނެތް މާޒިންއަށް އެނގުނީ ބުރަކަށިގަ ލަކުނެއް އިންކަމެއް؟ ” ނާސިހާ ޔާނާ އަތުން ދަބަސް އަތުލަމުން ބުނެލިއެވެ.

” ނޭނގެ! އެދުވަހު ބުރަކަށީގައި ފޮޅުނެގި ކަން އެނގޭނީވެސް ނާސިހާއަށް އެކަނި… ” ހިތާމައިން ފުރިފައިވާ އަޑަކުން ޔާނާ ބުނެލިއެވެ.

” އާނ…. އެކަމަކު…. އަހަންނެއް ނުބުނަން މާޒިން ކައިރިއަކު………ޖަމިއްތަ ކައިރީގައި ބުނިން …….. ” ނާސިހާ ޔާނާގާތު ބުންޏެވެ.

” މަންމަކައިރީގައޭ؟ މަންމަ ނާދޭ އެކަމަކު އަހަރެން ކިހިނެތްތޯ ބަލާލަންވެސް……… ” ޔާނާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

” އަނެއްކާ؟…. މަންމަ….. ނޫން… މަންމައަކަށް ނުކެރޭނެ އެހެން ހަދާކަށެއް! ” ޔާނާ ވިސްނަން ފެށިއެވެ.

” އާނ ޖަމިއްތަ އެއީ އެހާ ނުބައި މީހެއްނޫން……… ” ނާސިހާވެސް ހުރީ ޖަމީލާ އެފަދަކަމެއް ކޮއްފާނެ ކަމަކަށް ވިސްނައިގެނެއް ނޫނެވެ.

” އެކަމަކު ކޮންމެވެސް ރޭވުމެއް އެބައުޅޭ! މާޒިން ބުނި ތިން ރޭ ވެއްޖޯ އަހަރެންގެ ކައިރިއަށް ވަންނަނީ…. އެއީވެސް ދޮގެއް! ނާސިހާ އަހަރެންނަށް މިވަރުގެ ބޮޑު ހިތާމައެއްދޭން ކޮންމެވެސް މީހަކު ވަރަށް މަސައްކަތްކުރޭ! ޔަޤީން އަހަންނަށް ޔަޤީން އެއީ ދުރުމީހަކަށް ނުވާނެ!” ޔާނާ ރޮވިފައި ބުންޏެވެ. ނާސިހާ ޔާނާގެ ބުރަކަށީގައި ފިރުމާލަމުން ނުރުޔުމަށް އެދުނެވެ.

********

” ދަރިފުޅު ބަލައިފިންތަ ޔާނާވީތަނެއް؟ ޔާނާ ދާނީ ވަކި ކޮންތާކަށް؟ ތިހެން ހަދާކަށް ނުވާނެ… ” އޯގާތެރިކަމާއި އެކު ޖަމީލާ ބުނެލިއެވެ.

” މަންމަދެން އޭނަޔާ ދޭތެރޭގައި ނުވިސްނަބަލަ! އޭނަ އަމިއްލައަށް ލިބިދިން ޙާލެއްނު އެއީ……… ” ފަހުދު ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންނެވެ. ފަހުދުގެ ހިތަށާއި ސިކުނޑިއަށް ވިސްނިފައި އެހުރީ ޔާނާއަކީ މަކަރުވެރި ބޭފަވާތެރިއެއް ކަމަށެވެ.

” މަންމާ! އަހަރެން މިޔަދު ފުރަން މިއުޅެނީ! އަހަންނަކަށް ދެން މިތާކު މަޑެއް ނުކުރެވޭނެ! “

” އެކަމަކު އޮފީސްވެސް ބަންދުކޮއްފައެއްނު ހުންނަނީ! ” ޖަމީލާ ސައިތަށި ފަހުދާއި ގާތްކޮއްލަމުން ބުނެލިއެވެ.

” އޮފީސްކުދިން ހިފައިގެން އުޅޭ އެޕާރޓްމަންޓްގައި އުޅޭނީ….. ” ފަހުދު ތެދުވިއެވެ.

” ދަރިފުޅު ޔާނާ ވަރިއެއް ނުކުރަންތަ؟ ” އޮޅުންފިލުވުމަށް ބޭނުންވެގެން ކެތްމަދުވެފައިވާ ސުވާލެއް ޖަމީލާ ވަގުތުގެ ބޭނުންހިފާ ބޭރުކޮއްލިއެވެ.

ފަހުދު ހުއްޓުނެވެ. އަދި ލޯބިވާ މަންމައާއި ދިމާއަށް ބަލާލިއެވެ.

” މަންމާ! އަހަރެން ބޭނުމެއް ނޫން ޔާނާއާއި އެކު އުޅޭކަށެއް! އެކަމަކު……. ވަރިކުރުމަށްވެސް މި ހިތެއް ނުކުޅެދުނު…. ޔާނާ އެއީ އެހެން މީހެއްގެ މިލްކަކަށް ވުމަށް މިހިތެއް ނޭދޭ! މަންމަގެ މިދަރިފުޅު ނިމިގެންދާނީވެސް އެހަނދާންތަކުގައި…..” ފަހުދު އަސަރާއި އެކު ބުނުމުން ޖަމީލާ އަވަސް އަވަހަށް ބުނެލިއެވެ.

” ތީދެން ކޮންކަމެއްތަ ދަރިފުޅާ! ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ފެށޭނެ ގޮތްތައް އެބަހުރި! ދަރިފުޅުގެ ދިރިއުޅުން ހަލާކުވެގެންދާތަން ދެކޭކަށް މަންމައަށް ކެތެއް ނުކުރެވޭނެ! ޔާނާގެ ކުށުގެ އަދަބު ލިބޭނީ ޔާނާއަކަށްނު! އޭނާ ވަރިކޮއްލާ! އޭރުން އޭނާއަށްވެސް ދުނިޔޭގައި އުޅުމުގެ މިނިވަންކަން ލިބޭނީ…. ވަރިނުކޮއްފިނަމަ ދަރިފުޅު އޭނާއަށް ޚަރަދުކޮށް އުޅޭނެތަނެއްވެސް ހޯދައިދޭންޖެހޭނެ! ތިވިސްނުމަކީ މަންމައަށް ފެންނަގޮތުގައި ރަނގަޅުވިސްނުމެއްނޫން…. ” ލޮލުން ކަރުނަ ބާލަމުން ޖަމީލާދެއްކި ބަހަނާގައި ފަހުދު ހައްޔަރު ވެއްޖެއެވެ.

” ތިއީވެސް ރަނގަޅު ވާހަކައެއް! މަންމަގެ ކޮންމެ ނިންމުމަކަށް އަހަރެން މަރުހަބާ ކިޔާނަން… މިޔަދު މަންމަ ނޫން އެއްވެސް މީހަކު އަހަރެންގެ ނެތް! އެހެންވިއްޔާ އަހަރެންދާނީ އެކަންތައް ނިންމާފައި! ” ފަހުދު އާދައިގެ ގޮތަކަށް ބުނެލިއެވެ.

” އަހަރެންގެ ދަރިފުޅު އަނބުރާލާނީ އަހަރެން ބޭނުންގޮތަކަށް؟ އަހަރެންގެ މިސްރާބު ހުރިދިމާ އަދި އެނގޭނެ މަންމަގެ ލޯބިވާ ދަރިފުޅާ! ” ކޮޓަރިއަށް ވަންނަމުންދިޔަ ފަހުދަށް އިޝާރާތްކޮށް ޖަމީލާ ހިތާހިތާ ބުނަމުންދިޔައެވެ.

ޔާނާ އިނީ ނާސިހާގެ ގޭގެ ޖޯލިފަތީގައެވެ، ކޯޓުގެ ޕިޔޯނު ވަރުބަލިކަމާއި އެކު އަންނަތަން ފެނި ނާސިހާ ހައިރާންކަމާއި އެކު ސުވާލުކުރިއެވެ،

” ފަހުދުގެ އަންހެނުން.. ޔާ..ނާ… ޔާނާ ދޯ ކިޔަނީ ..”

ޕިޔޯނު ޗިޓްކޮޅަށް ބަލާލަމުން ބުންޏެވެ. ޔާނާ ހިތްނުތަނަވަސް ކަމާއި އެކު ބޯޖަހާލީ ނާސިހާއަށް ބަލާލަމުންނެވެ،

” މިއައީ ތިގެއަށްވެސް ގޮއްސަ.. ބުނީ އެގޭގަ ނޫޅޭ ވާހަކަ.. އެހެންވެ ދެން މި ހިނގަނީ.. ނަސީބެއް ފެނުނުކަން.. އަން މީގަ ސޮއިކޮއްލާ..”

ކޯޓަށް ހާޟިރު ވުމުގެ އަމުރު ޔާނާއަށް ލިބިއްޖެއެވެ. ޔާނާގެ ދެލޮލުން ކަރުނަތައް ދުވަންފެށިއެވެ،

” ފަހުދު؟ ހާދަ ގޯހޭ… ” ނާސިހާއަށްވެސް ބުނެވުނީ އެހެންނެވެ.

” ހިނގާ މާޒިންގާތަށް! އެއީ ކީއްވެ އޭނާ ކުރިކަމެއްތޯބަލަން… ޕްލީޒް ނާސިހާ ހިނގާ! ވަގުތެއް ނެތް! ކޯޓަށް ދާންވާއިރަށްވެސް ހަޤީޤަތް ހާމަވެދާނެ! އަހަރެންގެ ދުޢާ އިޖާބަކުރައްވާނެ! ހިނގާބަލަ އަވަހަށް! ” ޔާނާގެ ހަރަކާތްތައް ފެނި ނާސިހާ އަޖައިބުވިއެވެ.

” އިހަށް މަޑުކޮއްބަލަ! ވިސްނާލަބަލަ! މާޒިންގާތަށް ދާތަން ފެނިއްޖެއްޔާ؟؟؟؟ “

” ހެޔޮ! މިހާރުވެސް ވެފައި އޮތްގޮތް ކުޑައީތަ؟ އެރެއަށްފަހު އަދި އަހަރެންގެ ލޮލުން ކަރުނަ ހުސްނުވޭ! އެރެއަށްފަހު އަދި އަހަރެންގެ މިހިތުން އާހެއް ފިލައިގެނެއް ނުދޭ! އެރެއަށްފަހު މިސިކުނޑި އޭނުން ކަމަކާމެދަކު ނުވިސްނާ! އަހަރެން މިޙާލުގައި އުޅޭނީ ކިހިނެތް؟ ” ޔާނާއަށް ރޮވުނެވެ.

” އަހަރެން ދާނަން! ” ދެރަވެލާފައި ނާސިހާ ބުނެލިއެވެ.

ނާސިހާ އާއި ޔާނާ މާޒިންގެ ގެއަށް އަރާ ހަމަވި ވަގުތު މާޒިންއަށް ގެއިން ނުކުމެވުނެވެ.

” މާޒިން! ” ކުރަކިވެފައިވާ އަޑަކުން ޔާނާ ގޮވާލިއެވެ.

” ކިހިނެތްވީ ސްވިޓީ؟ ” މާޒިން ލަދުކުޑަގޮތަކަށް ބަލާލިއެވެ.

” އެނގޭދޯ އަހަރެންގެ ހަޔާތް ހަލާކުވެއްޖެކަން؟ އެނގޭދޯ އަހަރެންނާމެދު ތިޔަ ކަންތައްކުރެވުނީ ވަރަށް ބޭއިންސާފުވެރިގޮތަކަށްކަން؟ އެނގޭދޯ އަހަރެން މާޒިންއާއި ދެކޮޅަށް ދައްކާނެ އިތުރު ހެއްކެއް ނެތްކަން؟ ދެން ކީއްވެ އެގޮތަށް ކަންތައް ކުރީ؟ އަހަރެން މާޒިންއަށް ކޮން އަނިޔާއެއް ދީގެން! އަހަރެން މާޒިންގެ ދިރިއުޅުމަށް ކުރީ ކޮން އުނދަގުލެއް؟ އަހަރެން ނިކަމެތި ކޮއްލުމަށް މާޒިންއަށް ލިބިފައިވަނީ ކޮންބާރެއް؟ ” ޔާނާ ގިސްލަމުން ވާހަކަދެއްކިއެވެ. ނާސިހާގެ ލޮލުން ކަރުނަ ވިދަންފެށިއެވެ.

މާޒިންއަށް އަސަރުކުރިކަން މާޒިންގެ ލޮލުންވެސް ހާމަވެއްޖެއެވެ.

” އަހަންނަށް ނޭނގިގެނެއް ނޫން… ” މާޒިން ދިން ޖަވާބުން އުއްމީދުގެ ބައްތީގައި ހުޅުކޮޅު ރޯކޮއްލީ ޔާނާއެވެ.

” އަހަރެން ޔާނާ ބޭނުންވާތީ! “

” ދޮގު! ތީ ދޮގު! އެރޭ ނޫނީ ދުވަހަކުވެސް މާޒިންއަކަށް އަހަރެން ފެނިފައެއް ނޯންނާނެ! ” ޔާނާ ރުޅިއަންނަގޮތްވިއެވެ.

” ބުނަންތަ؟ ބުނަންތަ؟ އަހަރެންގާތު އެއްވެސް ސުވާލެއް ނުކުރާތި! އަހަރެންމިއީ އެގޮތަށް މީހެއް. އެކަކު ކައިރިއަށް ވަދެ ، އަނެކަކު ކައިރިއަށް ވަދެ ، އެއްމަލުން ފޮނިބޯލާ، އަނެއްމަލުން ވަސްބަލާލާ އުޅޭމީހެއް! އަހަރެން ކުރާ ކަންކަމަކީ އެއްވެސް ގޮތަކަށް ވިސްނާފައި ކުރާ ކަންކަމެއް ނޫން.. އޯކޭ ” މާޒިން ސިގިރޭޓެއް ރޯކޮއްލިއެވެ.

މާޒިންގެ ފަރާތުން އައްޔެއްނުވިލޭނެކަން އެނގުމުން އުއްމީދުކަނޑާލުމަށްފަހު ޔާނާ އިސްޖަހާލިއެވެ. ” ހިނގާދާން…. ” ނާސިހާ ޔާނާގެ އަތުގައި ހިފުމުން ޔާނާ ރޮމުން ބުނެލިއެވެ.

” ހަޤީޤަތް ހާމަވާނެދޯ އަދި! “

” އާނ ! އެދުވަހަކުން އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް ހުންނާނެ! ” ނާސިހާ ޔާނާ ގޮވައިގެން ހިނގައިގަތެވެ.

*********

 ޔާނާ ކޯޓަށް އައި އިރު ފަހުދުއިނެވެ. އޭރު އަދި އެތެރެއަށް ވަންނާކަށް އަމުރެއް ނުލިބެއެވެ. ފަހުދާއި ޖެހިގެން އިން ގޮނޑީގައި ޔާނާ އިށީނީ ފަހުދުގެ މޫނަށް ބަލާލަމުންނެވެ. ފަހުދު އިސްޖަހައިގެންއިނެވެ. އޭނާއަށް އެތަނުގައި ޔާނާ އިންކަން ނޭނގޭފަދައެވެ.

” ލޯބިވާއެވެ. އަހަރެންގެ ހިތް ފުނޑުކޮށްނުލާށެވެ. އަހަރެންގެ ލޯބި ބޭކާރު ނުކުރާށެވެ. އެދުވަހު ލޯބިން ތިޔަ ހިތުގައި އަހަރެން ފޮރުވާލަދޭން އައިސް މިޔަދު ތިއައީ ތި ހިތުން އަހަރެން ނެރެލާން ހެއްޔެވެ؟ އަހަރެން އަދިވެސް ލޯބިވަމެވެ،”

ޔާނާ އާއި ފަހުދު އެކަކު އަނެކަކަށް ލޯބިން ވާހަކަ ދައްކާފަދައިން ޔާނާ ހިތާމައިން ފޯވެފައި އިނދެ މަޑުމަޑުން ބުނަމުންދިޔައެވެ، ފަހުދުގެ ހިތަށް އަސަރު ކުރުވާށެވެ.

” ސްޓޮޕްއިޓް!! ސްޓޮޕް އިޓް! “

އަސަރުކުރީ ހަމައެކަނި ފަހުދުގެ ހިތަކަށް ނޫނެވެ. އޭނާގެ މުޅި ހަށިގަނޑަށްވެސް އަސަރުކުރިއެވެ. އޭނާގެ އނެްމެ ލޯބިވާ ޔާނާ އެފަދައިން ހިތާމަވެރި އަޑަކުން ވާހަކަ ދައްކާ އަޑުއަހަން އެ ހިތަކަށް ކެތެއް ނުވިއެވެ، ފަހުދު ޔާނާގެ އަޑުއަހަންވެސް ބޭނުން ނުވާހެން ޔާނާއަށް ހީވިއެވެ.

” ޕްލީޒް އަހަންނަށް ތިހާ ބޭއިންސާފަށް ކަންތައް ނުކުރޭ.. އަހަރެން އާދޭސްކުރަން.. އަހަރެން ތި ޙަޔާތާ ވަކި ނުކުރޭ..” އަނެއްކާވެސް ޔާނާ ބުނެލިއެވެ.

ފަހުދު ޔާނާއާއި ދިމާއަށް ބަލާވެސް ނުލައެވެ. އޭނާގެ ހިތާމަތައް ދައްކަން ބޭނުން ނުވަނީއެވެ. ޔާނާގެ ހިތް ހަނގުރާމަ ކުރަމުންދަނީ ހިތާމަތަކާއެވެ. ފަހުދުގެ ހިތުގެ ޙާލަކީ ކޮބައިތޯއެވެ؟ ނަފްރަތުން ފުރެނީއެވެ. ހިތާމައާއިވެސް އެކުއެވެ. ކުއްލިއަކަށް އެތެރެއަށް ވަނުމަށް ގޮވާލި އަޑުއިވުނެވެ. ޔާނާ އަށްވުރެން ކުރިން ފަހުދު ތެދުވިއެވެ. ޔާނާ އިށީނދެ އިނދެ ފަހުދުގެ އަތުގައި ހިފިއެވެ. ފަހުދަށް ލޯ މަރާލެވުނެވެ،

” ނޫން.. އަހަރެން ވަރި ނުކުރާތި… ނޫން.. ފަހުދު ނޫން.. އަހަރެންނަށް ތިހެން ނަހަދާ.. އަހަރެން ބޭނުން ފަހުދު ޕްލީޒް އަހަރެންނަށް ތިހާ އިހާނެތި ނުވޭ.. ފަހުދު ނޫން..”

ޔާނާ އޭރު ތުރުތުރުލައެވެ. ލޯބިވާ ފަހުދުގެ ޙަޔާތުގައި އޭނާ ހުރުމަށް ބާކީ އޮތީ ކިތައް މިނެޓްކަމެއްވެސް ނޭނގެއެވެ.  ފަހުދު ޔާނާގެ އަތް އޭނާގެ އަތުން ނައްޓުވާލިއެވެ. އަދި އެތެރެއަށް ވަނެވެ،

*******************************

ވަރިކުރުމަށް ބޭނުންވާ ސަބަބު ބަޔާން ކުރުމަށް ފަހުދު ވަގުތުކޮޅެއް ނެގިއެވެ. ޔާނާ އިނީ ފަހުދު ދޭނެ ޖަވާބެއް ނޭނގޭތީ ޖެހިލުންވެފައެވެ.

” އުޅެންބޭނުން ނުވާތީ! ” އާދައިގެ ޖަވާބެއް ދިނެވެ. އަލުން ދިރިއުޅުން އާރާސްތު ކުރަން ބޭނުން ނުވާކަމުގައިވެސް ފަހުދު ބުންޏެވެ. އެހެންކަމުން ޔާނާ އެދުނު ކަމުގައިވިޔަސް އެކަން ނުވާނެޔޭ ޔާނާގެ ހިތައްއެރިއެވެ.

ތިން އަހަރުގެ ކައިވެނީގެ ގޮށް މޮހާލުމަށްފަހު ޔާނާ އާއި ފަހުދު ބޭރަށް ނުކުތެވެ. ފަހުދު ޔާނާ ގާތަށް އަންނަން ފެށުމުން ޔާނާއަށް ހުއްޓެވުނެވެ.

” ވީބޭފަވާއަށް ޝުކުރިއްޔާ! ހީނުކުރައްޗޭ ކަލޭގެ ހަނދާނުގަ އުމުރު ނަގާލާނެޔޭ! ވަރަށް އަވަހަށް ކައިވެންޏެއް ކުރާނަން! ” ފަހުދުގެ ޖުމުލަ އާއި އެކު އޭނާ ދިޔައެވެ.  އިތުރަށް މަޑުވެސް ނުކުރެއެވެ. ފަހުދާއި ދިމާލަށް ބަލަހައްޓައިގެން ޔާނާ ހުރީއެވެ. އެ ޖުމުލައަކީ ދުވަހަކުވެސް ޔާނާ އަހަން ބޭނުންވާ ޖުމުލައެއް ނޫނެވެ. އެންމެ ވަގުތު ކޮޅަކުވެސް އެރަށުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. މިޔަދު ފުރާ ބޯޓުން މާލެދާން ނިންމުނެވެ.

ގެއަށް އައިސް ވަތްގޮތަށް ޔާނާ ރޮނީއެވެ. ނާސިހާ ޔާނާއަށް ހިތްވަރު ދެމުން ދިޔަޔަސް ޔާނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ.

 ” ނާސިހާގެ ހިތްހެޔޮކަން އަބަދުވެސް ހަނދާންކުރާނަން! ” ޔާނާ ނާސިހާގައިގައި ބައްދާލިއެވެ.

” ދެން އިތުރަށް ނުވިސްނާތި! ” ނާސިހާ ޔާނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަދިނެވެ.

” އަހަރެންދެން މިރަށް މަތިންވެސް ހަނދާން ނައްތާލާނަން! އަހަރެން އިތުރަށް އެކަންތައް ޖާސޫސްކުރާކަށް ބޭނުމެއްނޫން. ހުރިހާކަމެއް ވެ ނިމިއްޖެ! މިއީ އަހަރެންގެ ތަޤްދީރު! އަހަރެންގެ ދިރިއުޅުމުގައި ވާނޭގޮތް ކިހިނެތް އެނގޭނީ! ” ޔާނާ މަތި ބަލާލަމުން ބުނެލިއެވެ.

ޔާނާ އިނީ މާލެދާން ފުރާ ބޯޓުގައެވެ. ލޯމަތީން ރަށް ގެއްލޭންދެން އޭނާ ބެލިއެވެ/ އެރަށުގައި އޭނާގެ ކައިވެނީގެ ހަނދާންތައް ވަޅުލިއެވެ. އެރަށުން އޭނާއަށް ލިބުނު ބަދުނާމާއި  އޭނާއަށް ލިބުނު ހިތާމަތަކުގެ ލަކުނު ހިތުން ފޮހެލެވޭނެބާވައެވެ؟

***************

މާލެދެވުމާއި އެކު ޔާނާ ބޯޓުން ފޭބިއެވެ. އަދި ކާރަކަށް އެރުމަށްފަހު ” ރަތްވިލާމަންޒިލް” އަށް ދިޔުމަށް އެދުނެވެ. އެއީ މާލޭގައި އޭނާ ކިޔަވަން ހުރިގެއެވެ. އެގޭ ދައްތަ ޔާނާދެކެ ވަރަށް ލޯބިވާނެއެވެ. އޭނާ ޔާނާ ދުރުނުކުރާނޭކަން ޔަޤީންވެއެވެ.

“އައްސަލާމް ޢަލައިކުމް! ” ޔާނާ މަޑުމަޑުން ގޮވާލިއެވެ. ބޯދިއްކޮއްލީ ކުޑަކުޑަ ކުއްޖެކެވެ.

” ކާކު ހޯދަން! ” އެކުއްޖާ ބޮޑުމީހެއް ފަދައިން ސުވާލުކުރިއެވެ.

” ސީމާދައްތަ އުޅޭތަ؟ ” ޔާނާ ކުޑަކޮށް ގުދުވެލާފައި އަހާލިއެވެ. އޭރު އެތެރެއިން މުނާ އޭ ކިޔާގޮވަމުން ސީމާ ނުކުތެވެ. ސީމާއަށް ޔާނާ ފެނުމާއި އެކު ހުއްޓުން އެރިއެވެ. 7 އަހަރަށްފަހު ޔާނާ ފެނުމުން އޭނާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” މަންމާ މީ ކޮންދައްތައެއް؟ ” 5 އަހަރުގެ މުނާ ސުވާލުކުރިއެވެ.

” ޔާނާ؟؟؟ ” ސީމާ އަވަސް އަވަހަށް ޔާނާގެ ދަބަސް އަތުލިއެވެ.

ޔާނާ ބޯޖަހާލިއެވެ. ” އާދޭ އެތެރެއަށް ” ސީމާ ލޯތްބާއި އެކު ބުނެލިއެވެ.

” ނާދޭތަ އިތުރު މީހަކު؟ ” ސީމާ އެއްސެވެ.ޔާނާ އެކަނި އަންނާނެހެން ހީނުވެގެންނެވެ،

” ހޫމް…. އެކަނި މިއައީ؟ ” ޔާނާ ބުނެލިއެވެ.

” މާލެ އަޔަސް މިގެއަށް ނުވެއް އަންނާނެ! ބަލާބަލަ ބޮޑުވެފައި ހުރިވަރު؟ ” އަދިވެސް ސީމާ ވާހަކަދައްކަނީ ޔާނާ ވަރަށް ޅަ ކޮއްގެންނެވެ.

” މީހަކާވެސް ނީންނަންދޯ އަދި؟ ” ސީމާ އެސުވާލުކުރާނެ ވަގުތަކަށް ޔާނާއިނީ ސިހިސިހިއެވެ.ދޮގުހަދާކަށް އޭނާ ބޭނުމެއްނޫނެވެ.

” އުނހު….. ” ޔާނާ އެހެން ބުނުމުން ސީމާ ހީލިއެވެ.

” ކޮބާ ފިރިމީހާ؟ ނާދޭތަ؟ މިހާރު ހާދަ ބީރައްޓެއްސޭ؟ ތިހެން އިނީމަ ދައްތަ ވަރަށް ދެރަވާނެ…. ވާހަކަ ދައްކަބަލަ! ” ސީމާ ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ.

” ދައްތާ! ” ޔާނާ ރޯންފަށައި ސީމާގެ ބަނޑުގައި ބައްދައިގަތެވެ. ކަންކަން ގޯސްވެފައިވާކަން ސީމާ ދެނެގަތެވެ.

” މުނާ ވަދޭ ކޮޓަރިއަށް! ” ދެރަވެފައި އިން މުނާފެނި ސީމާ ބުނެލިއެވެ. މުނާ ދިޔުމާއި އެކު ޔާނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

” ދެން މަންމަމެނަށް ގުޅަންވީނު؟ ” ސީމާ ލަފާދިނެވެ.

” ނޫން…. މަންމަމެން އަޅައެއް ނުލާނެ! މަންމަމެން ރުޅިވެސް އަންނާނެ….. ” ޔާނާގެ ހިތައް ވަރަށް އަސަރުކޮއްފައިވާކަން އެނގެއެވެ.

” ޔާނާ ބޭނުންވާހާ ދުވަހަކު ދައްތަ ޔާނާ ގެންގުޅޭނަން! “

” ދައްތަގެ ދަރިއެއްތަ މުނާ އަކީ؟ ” ޔާނާ ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން ބުނެލިއެވެ.

” އާނ… އަދި ހުރީ މުނާ އެކަނި؟ “ސީމާ ހިނިތުންވެލިއެވެ.

” ބޭބެ ކޮބާ؟ ” ޔާނާ ވަށައިގެން ހޯދާލަމުން އެއްސެވެ.

” ބޭބެ ވީ އޮފީހުގަ! އަންނާނެ އިރުކޮޅަކުން…. ” ސީމާ ކޮޓަރިއަކާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޔާނާވެސް ދިޔައެވެ.

” މިހާރު މަތީ ދެބުރި އެހުރީ ކުއްޔަށްދީފަ! ގްރައުންޑް ފްލޯގައި ދައްތަމެން މިއުޅެނީ…. ޔާނާ އުޅޭނީ މި ކޮޓަރީގަ އިނގޭ! މުނާ އާއި އެކު ރަނގަޅުވާނެއްނު ދޯ! ދެން މިހުރީ ދައްތަގެ ފިރެހެން ކޮއްކޮގެ ކޮޓަރި…. އޭނަވެސް ވެއްޖެ އޮފީހުގަ ބޭބެޔާއެކު… ” ސީމާ ނުކުންނަމުން ބުނެލިއެވެ.

ސީމާ ނުކުތުމުން ޔާނާ ހަމަޖެހިލިއެވެ. ފެންވަރާލުމަށްފަހު އޮށޯވެލީ އަރާމުކޮއްލުމަށްޓަކައެވެ.

*******

” ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެންނަށް އެއްވެސް އަގަކާ ނުލާ އެވަރުގެ ކަމެއް ކޮއްދިންކަމަށްޓަކައި…. ” ޖަމީލާ ވާހަކަދެއްކީ މާޒިން އާއި އެވެ. ފޯނުންނެވެ.

” އަސްލު ބޭނުންވި ކަމެއް ނުކުރެވުނޭ!! މަށަކަށް ނޭނގެ ފަހުދު އަންނާނެކަމެއް!! ” މާޒިން ބުނެލިއެވެ.

” މަށަށް އެނގެޔޭ! މަ އެހެންވެ ރޭވީވެސް އެގޮތަށް! ދެން މައްސަލައެއް ނެތޭ! ކަލެއަށް މަގުފަހި ކޮއްދިނުމަށް އެކޮޓަރި ކުޑަދޮރުގެ ތަންޑުވެސް ނެއްޓީ މަށޭ!!!! މަ އޭރުވެސް ބުނީމެއްނު ފަޅައެއް ނާރާނެޔޭ! ބުރަކަށީގައި އިން ލަކުނުގެ ވާހަކަ ބުނީމަ މަށަށް އޭރުވެސް އެނގޭ ފަނިވާނެކަން….” ޖަމީލާ ފޮނިރާގެއްގައި ބުނެލިއެވެ.

” ހޫމް ދެންހެވޭ! ބޭއްވީ އިނގޭ!!! މަ މިދަނީ ބޯޅަ ކުޅެން. ދެން އެވާހަކަ ނުދައްކާތި! ” މާޒިން ފޯނުކަނޑާލިއެވެ.

ޖަމީލާ ފޯނު ކަނޑާލުމަށްފަހު އެނބުރުނުވަގުތު ސިހިގެންދިޔައެވެ. ކުރިމަތީގައި ހުރީ ފަހުދުއެވެ. ބަލަހައްޓައިގެން ހުރީ ނުސީދާގޮތަކަށެވެ. ޖަމީލާ ހާސްވިއެވެ. ދާހިއްލަންފެށިއެވެ. ފަހުދުގެ ކޮނޑުގައި ދަބަސް އޮތުމުން އޭނާ ފުރަންދާން ތައްޔާރުވެގެން ހުރިކަން ޖަމީލާއަށް އެނގުނެވެ. ޖަމީލާ ހުރީ ފަހުދު ބުނާނެ އެއްޗެއް ނޭންގޭތީ ބިރުންނެވެ.

” ކީކޭ ތިކިޔަނި؟ ކޮންފަންޏެއްގެ ވާހަކަ…. ” ފަހުދުގެ ޖުމުލައާއި އެކު ޖަމީލާގެ ހިތައް ހަމަޖެހުން ލިބުނެވެ.

” ފަންޏޭ! ؟ މަންމަ މިގުޅީ ނާސިހާއަށް މިޔަދުގިރާލާ ސާގުފަނގަނޑުވެސް މީރު ފަންޏަކަށް ހަދާލަންވާނެޔޭ މިބުނީ…. “ ޖަމީލާ ހަމަޖެހޭގޮތް ދެއްކިއެވެ. ފަހުދު ހީލިއެވެ.

” މަންމާ ލޯންޗް އަތުވެއްޖެޔޯ! ދަނީ އިނގޭ… ” ފަހުދު އާދައިގެ ގޮތަކަށް ބުނެ ހިނގައިގަތެވެ.

ޖަމީލާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ.އޭނާ ބޭނުންވާ ކަންތައް ކުރެވުނީތީ އޭނާ ހުރީ ހިތުގެ އަޑިން އުފާކޮއްލަ ކޮއްލައެވެ.

ފަހުދު ދިޔަ މަގުމަތިން ނާސިހާ އާއި ބައްދަލުވިއެވެ. ނާސިހާ އަނގައިން ނުބުނުމުން ފަހުދު ގޮވާލިއެވެ.

” އަހަރެންގެ މަންމަ ބަލާލަދޭތި އިނގޭ! މިހާރު ދެން މަންމަ އުޅޭނީވެސް އެކަނި.. ބައްޔެއްވިޔަސް އަޅާލާނެ މީހަކު ނުހުންނާނެ މިހާރު.. ނާސިހާ އެކަނި އުޅޭތީ އަހަރެން މި ބުނެލީ. ” ފަހުދު ދެރަވެލާފައި އެހެން ބުނި ގޮތުން  ނާސިހާ ހުއްޓި ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ.

” އަހަންނަށް ހީވަނީ އަހަރެން ނުބެލިޔަސް ޖަމިއްތައަށް އުޅެވޭނެހެން… ޔާނާ ފުރައިފި މާލެދާން! ފަހުދަށް މުހިއްމު ހަބަރަކަށް ނުވިޔަސް އަހަރެންވެސް މި ބުނެލީ! “

” އާނ ތެދަށް ތިބުނީ؟ އަހަންނަށް މުހިއްމު ޚަބަރެއް ނޫންތިއީ…. ” ފަހުދު ހިނގައިގަތެވެ. ނާސިހާވެސް ހިނގައިގަތެވެ. ނާސިހާ ވާހަކަ ދެއްކިގޮތުން އޭނާ ކޮންމެވެސް ވަރަކަށް ނުރުހުންވެފައި ހުރިހެން ފަހުދަށް ހީވިއެވެ.

” އޭ މަންމަ ދެންމެ ގުޅިއެއްނު ސާގުފަނި ކައްކަން…. ” ފަހުދު ބުނެލިއެވެ. ފަހުދު އުޅުނީ ނާސިހާ ފިނިކޮއްލާށެވެ.

” އޭނ… މަށަށް؟ މަށަކަށް ނުގުޅާނެއްނު… ޔާނާ މަގޭ ކައިރީ ބެހެއްޓި ފަހުން ޖަމިއްތަ މަށަކާ އަނގައިނެއް ނުބުނޭ…. ” ނާސިހާ ނުރުހުމާއި އެކު ބުނެލުމުން ފަހުދު ހައިރާންވިއެވެ. މަންމަ ދޮގުހެދީ ކީއްވެބާވައެވެ. ފަހުދަށް ނާސިހާއޭ ބުނީހެން ހީވީއޭ ހީކޮއްލުމަށްފަހު ފަހުދުގެ ހިނގުން ބާރުކޮއްލިއެވެ.

***********

ނާސިހާ ދިޔައީ ގެއަކަށް ނޫނެވެ. ޖަމީލާގެ ގެއަށެވެ.

” މިއައީ ސާގުފަނި ގިރަން… ” މަލާމާތުގެ ރާގަކަށް ނާސިހާ ބުނެލިއެވެ.

” އޭނ…. ” ޖަމީލާ ރުޅިމޫނު ދައްކާލިއެވެ.

” މަށަށް ގުޅީމެއް ނޫންތަ؟ ހިނގާ! އަވަސް ކުރޭ އަވަސްކުރޭ…. ” ނާސިހާ ތެއްޔެއް ނަގާ ބުނެލިއެވެ.

” ލަދެއް ނުގަނޭތަ ކުޑަކުޑަ އެއްޗެކޭ މިއުޅެނީ މަށާޖައްސާލައިގެން…. ” ޖަމީލާ ނާސިހާ އަތުން ތެލި ޖަހައިގަންނަމުން ބުނެލިއެވެ.

” ބަލަ ފަހުދު ގާތު ބުނީމެއްނޫންތަ އެހެން! ” ނާސިހާ ޖަމީލާ އަތުން ވަރަށް މަޑުމަޑުން ތެލި އަތުލަމުން ބުނެލިއެވެ.

” އާނ ބުނިން…. ކީއްތަ؟ ކީއް ކުރެވޭނީ؟ މިހާރު އެއޮތީ ވާނެ އެތި ވެ ނިމިފަ..!” ކޮނޑު އަރުވާލަމުން ޖަމީލާ ބުނެލިއެވެ.

” އާނ… ޖަމިއްތަގެ ފަހުދަށް ހީވާނެ ޖަމިއްތަ ބުނާ އެއްޗަކީ ތެދު ހަޤީޤަތޭ! އެކަމަކު…. މަށެއް ގަބޫލެއް ނުކުރާނަން! މަށަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެ! “

” ކޮންހުރިހާ ކަމެއް؟ ” ޖަމީލާ ނާސިހާއަށް ފުރަގަސް ދިނުމާއި އެކު ނާސިހާގޮސް އޭނާގެ ކުރިމައްޗަށް އެރިއެވެ.

” ޔާނާއާއި ފަހުދުގެ ދިރިއުޅުމަށް ޒަހަރުލީ ޖަމިއްތަކަން! މާޒިން ލައްވާ އެހުރިހާ ކަމެއްކުރުވީ ޖަމިއްތަކަން…. ” ނާސިހާގެ ބާރު އަޑާއި އެކު ޖަމީލާގެ ރުޅި އިތުރުވިއެވެ.

” ކާކު ދެއްކި ވާހަކައެއް؟”

” މާޒިން…. ދެން ކާކު؟ “ނާސިހާ ކޮނޑުއަރުވާލިއެވެ.

” ތީ ހަޤީޤަތެއް ނޫން…….. ! ޖަމީލާ ރެކެން އުޅުނެވެ.

” ހަޤީޤަތަކީ އެއީ….. ” ނާސިހާގެ އަޑު ބާރުވިއެވެ.

” އާނ! އެއީ ހަޤީޤަތް! އަހަރެން އެހުރިހާ ކަމެއްވެސް ރޭވީ…. ދެން ކީއް ކުރެވޭނީ…. އެއޮތީ އެ ގުޅުމުގަ ހުޅުޖަހާފަ…. ” ޖަމީލާގެ ޖުމްލައިން ނާސިހާ ހޭންފެށިއެވެ.

” އަހަރެންނަށް އަސްލު ހަޤީޤަތެއް ނުވެސް އެނގޭ! މަށަށް ޝައްކުވެގެން މި ބުނެލީ… އެކަމަކު ިހާރު އެނގިއްޖެ ހުރިހާ ކަމެއްވެސް… ދެން އަހަރެން ކަންތައް ކުރާނެގޮތް ބަލަންހުންނާތި! ” ނާސިހާ ހިނިތުންވެލަމުން ހިނގައިގަތެވެ. ޖަމީލާހުރީ ބިރުގަނެފައެވެ. އޭނާގެ އަމިއްލަ އަނގައިން ހުރިހާ ކަމެއް ބޭޒާރުވީތީއެވެ.

” ނާސިހާ!….. ” ޖަމީލާ ގޮވާލިއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

HITHUGE THELHUN
Previous

ހިތުގެ ތެޅުން (2ވަނަ ބައި)

Next

އެކުގައިވާން އެދެމޭ… 7

Next
February 18, 2014

އެކުގައިވާން އެދެމޭ… 7

Previews
February 17, 2014

ހިތުގެ ތެޅުން (2ވަނަ ބައި)

HITHUGE THELHUN

12 Comments!

  1. err says:
    February 18, 2014 at 9:01 am

    Kujjaku bunedheeba free koh video downaload kureveyne goyy plx plx plx

    1. sheyn says:
      February 18, 2014 at 5:04 pm

      Tube mate download kohbaa

  2. err says:
    February 18, 2014 at 9:01 am

    Kommes kujjeh bunedheeba video free koh downalod kureveyne goyy plx plx plx

    1. ainy says:
      February 18, 2014 at 1:15 pm

      free koh vedio dowload kureveyne
      but you have to download the internet download manager first
      than you have to install it
      and finally you can download vedios free
      hope this will help you ERR
      🙂

    2. err says:
      February 18, 2014 at 3:50 pm

      Thanks… bt ma meege kurin e use kurin 30 days vandhen. ehnve e ah aranee dhen free koh use eh nukurevey. jehenee kommes gothakah hadhan email aa ehchis jahaigen kommes ehcheh hadhan.. so i don’t know 🙁 30 days ennu innanee eah :'(

    3. lady gaagaa says:
      February 18, 2014 at 4:28 pm

      play store in ” mobogenie” instoll koba eyrah download vaane

    4. ainaa says:
      February 18, 2014 at 5:09 pm

      download kobba tube mate ERR

    5. err says:
      February 18, 2014 at 9:25 pm

      Thanks all.. i will try 🙂 Thanks a lot

  3. lady gaagaa says:
    February 18, 2014 at 10:12 am

    dhen next part haadha kiyaa hiveye

  4. mary says:
    February 18, 2014 at 11:01 am

    v v v v v nice vahah up kohdhehchey salaa..plz plz pleeeeeezzzzz..

  5. shaf says:
    February 18, 2014 at 8:53 pm

    Vvvvvvvvvvvvv reethi mi baivx waiting 4the nxt

  6. na says:
    February 18, 2014 at 9:47 pm

    salaa waiting for next part…..salaa story haadha reechey…Mwwwwahhhh….

Comments are closed.


All Right Reserved!