” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! އިންތިޒާރު ކުރުން އެދެމޭ ލޯބިވާ! ” އެ ޖުމުލަ ހަނދާންވުމާއި އެކު ބާރު ބާރަށް ރާޔާ ތެޅިގަތެވެ. އަދި ކައިރީގައި އޮތް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަނބުގައި ލައްވިއެވެ. އަދި ފުރަގަސް ދިނެވެ. ” އަހަންނަށް އިނގޭ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން……. އަހަންނަށް އެނގޭ އަހަރެންދެކެ ފަޔާ ލޯބިވާކަން…. އަހަންނަށް އެނގޭ އެންމެ ފަހުން ތިހިތުގަ ތިވާ […]
2013 މާރޗްގައި މިވާހަކަ އަރާމަގުގައި ވެސް ޕަބްލިޝްކުރެވިފައި ވާނެއެވެ. ******************************************* ބާރުދުވެލީގައި ދުއްވާފައިދިޔަ ކާރު މަޑުކޮއްލީ އަށްބުރީގެ އިމާރާތެއްގެ ދޮރުމައްޗަށެވެ. ފައިސާ ދެއްކުމަށްފަހު އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި އެއް ކޮނޑުގައި ހޭންޑް ބޭގް އަޅުވާލައިފައިވާއިރު ބުރަކަށީގައި ބޮޑު ގިޓައެއްވެސް އަޅުވާފައިވެއެވެ. މަޑުރީނދޫ ކުލައިގެ ޓޮޕަކާއި ކުރު ޖީންސް ބުރިއެއް ލައިގެން ފަންއިސްތަށިގަނޑު ހާމައަށް ދޫކޮއްލައިގެން ފަރި އަދި އަވަސް ހިނގުމެއްގައި ގޮސް ދޮރުން އެތެރެވިއެވެ. ލިފްޓާއި ހަމައަށް ދެވުނު އިރު ލިފްޓް ދޮރުމަތިވަނީ ފުރިބާރުވެފައެވެ. […]
” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ…” ރާޔާ އެ ކިޔާލުމަށްފަހު މެޔާލާ ބޮނޑިކޮއްލެވުނެވެ. *************** ޖެހިގެން އައި ދުވަހު އައިންތު އާއި ރާޔާ ތިބީ ޚަބަރު ބަލާށެވެ. އޭގެ އެއްވެސް ޚަބަރެއް ވޭތޯއެވެ. ދެމީހުންވެސް ތިބީ މާޔޫސްވެފައެވެ. ” ފިލައިގެން ދިޔަ ކުށްވެރިން އަތުލައިގަނެ ނިމިއްޖެ ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި ހުރި ހައި ސެކިޔުރިޓީގެ ޖަލަކަށް ހުރިހާ ޤައިދީން ފޮނުވާލާގޮތަށް ސަރުކާރުން ނިންމައިފި.. ހައި ސެކިޔުރިޓީ ޖަލުން ޕްލޭގްރައުންޑް […]
ހެނދުނު ރާޔާއަށް ހޭލެވުނު އިރު ކައިރީގައި މާޝާއެއް ނެތެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުތް އިރު އައިންތު އާއި އެކު ސައިބޯން އިނެވެ. ރާޔާއަށް އުފާވެރިކަމެއް ލިބުނެވެ. އެކުދިންނަށް އަޅާލާނެ އިތުރު މީހަކު ލިބުމުންނެވެ. ރާޔާ އެތެރެއަށް ވަނެވެ. ރިޔާޒް އޮފީހަށް ދާން ނުކުތްވަގުތު ރާޔާއަށްވެސް ކޮޓަރިން ނުކުމެވުނެވެ. ” ކޮއްކޯ… ދޮންތަ ގެންގޮސްދީބަލަ ދޮންތަބޭ ހުރިތަނަށް؟ “ ” ދޮންތާ… ދެން ކީއްކުރަންތަ؟ ” ރިޔާޒް ހިތްހަމަ ނުޖެހުމުން ރާޔާއަށް ރޮވުނެވެ. ” ކޮއްކޯ… ދޮންތަ […]
ރާޔާ ނަމާދުކޮއް ނިމިގެން މާނިޝްއަށް ބަލަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ނަމާދުކުރުމަށް ބުނުމަށެވެ. ނަމަވެސް އެކަން ކުރެވެން ނެތުމުން ރާޔާ ހުންނަނި ވަރަށް ދެރަވެފައެވެ. ރާޔާ ބަލަމުން ދަނީ ކީއްވެކަން މާނިޝްއަށް އެނގުނެވެ. މާޝާ އެނދުގައި ބޭއްވުމަށްފަހު މާނިޝް ރާޔާ ކައިރިއަށް ހިނގައިގަތްވަގުތު ފޯން ރިންގް ވިއެވެ. ” އޭ ބަޑީ… ރޫމަށް އައިސްބަލަ.. ސޯފީ ވަރަށް ސަކަރާތްވެގެން…….” ހާސްވެފައި ހުރެ ކަމާލް ބުނެލިއެވެ. ފޯން ބޭއްވުމަށްފަހު މާނިޝް ބަލާލީ ރާޔާއަށެވެ. އެ ލޯބިލޯބި މޫނުން ފެންނަމުންދަނީ […]
ވިކާޝްގެ ހުއްދަ ލިބުމުން ޝިކާ ވަރަށް އުފާކުރިއެވެ. ޝިކާގެ ބައްޕަ ޖީބުން ވޮލެޓް ނެގުމަށްފަހު ފައްސަތޭކައިގެ ނޫޓުތަކެއް ވިކާޝްއަށް ދިއްކޮއްލުމާއި އެކު ވިކާޝް ތެޅިގަތެވެ. ” ނޫނެ.. އަހަރެމެން ދެމަފިރިން އެއްވެސް އެއްޗެއް ބޭނުމެއްނޫން…” ވިކާޝް އެހެން ބުނުމުން ޝިކާ ހީލިއެވެ. އަދި ރަމީޒު އަތުގައި ހުރި ރުފިޔާތައް އަތުލާ ވިކާޝްގެ އަތަށް ކޮއްޕާލިއެވެ. ” އަހަރެންނަށްވެސް އެނގެޔޭ ބޭނުން ނުވާނެކަން. އެކަމު އެއީ ބައްޕަ ދިން ހަދިޔާއެއްނު… ނުހިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ..” ރަމީޒު ޝިކާ […]
” ދުރުވެވޭނެ…. ޕްލީޒްމާން…. އަހަންނަށްޓަކައި… މި ދަރީންނަށްޓަކައި… މާން ބޭނުންތަ އަހަރެމެން ނިކަމެތިވެ ބިކަވާން؟ މާން ބޭނުންތަ މި ކުޑަކުޑަ އާއިލާ ހިތާމައިގެ ކަނޑަކަށް ދޫކޮއްލަން………..” ރާޔާ މަސައްކަތްކުރީ ލޯތްބާއި އެކު ވިސްނައިދޭށެވެ. ” ނޫން……. އެގޮތެއް ދެން ބޭނުމެއް ނުވާނެ އެއްނު………….” މާނިޝް ހެވިފައި ބުނެލިއެވެ. ރާޔާ ދެރަވީ މާނިޝް ސީރިއަސް ނުވުމުންނެވެ. ” ރަނގަޅުވާން ބޭނުންތަ؟” ރާޔާ އެހިއެވެ. މާނިޝްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ. މާނިޝްއަށް ރާޔާގެ ލޮލަށް ބަލާލެވުނެވެ. އަދި ބޯޖަހާލިއެވެ. ރާޔާ […]
” ނޫން… ދުވަހަކުވެސް ދުވަހަކުވެސް ނުބުނާނެ އެއްޗެއް…. ރުޅި ބަހެއް ނުބުނާނެ މަށާ ދިމާލަށް ދުވަހަކުވެސް…” ސޯފީއަށް ބަލާލަމުން މާނިޝް ބުނެލިއެވެ. ” ހައްދާލާފަ ދޯ ބަހައްޓަނީ…. ލޯބި ނުވަނީއެ.. ލޯބިވާނަމަ އަހާ ސުވާލުކުރާނެ.. ކާކު ބޭނުންވާނީ އެހެން އަންހެނުން ގާތަށް ދާން… ކިހިނެތް އޭނައަށް އެނގެނީ މާޓިން އެހެން މިހެއްގާތަށް ނުދާކަން……” ސޯފީގެ ވާހަކަތަކުން މާނިޝްގެ ނާރުތައް ފުއްޕާލިއެވެ. ” އޭނަ އަހަންނަށް އިތުބާރު ކުރާނެ.. އެއީ އަޅުވެރި ދީންވެރި އަންހެންކުއްޖެއް،،، ” މާނިޝް ރާޔާއަށް […]
ރާޔާއަށް ހޭލެވުނު އިރު ދަންވަރު އެކެއްޖަހައިފިއެވެ. އަދިވެސް މާނިޝްއެއް ނާދެއެވެ. ރާޔާ ތައްޔާރުވެލީ ދަމުނަމާދުގެ ދެރަކުޢަތެއް ނަމަވެސް ކޮއްލުމަށެވެ. ދަރިންކޮޅު ހޭލާތީ ގިނަވަގުތު ރޭއަޅުކަމުގައިވެސް ހޭދައެއް ނުކުރެވެއެވެ.އެކަމަކު ވީވަރަކުން ކުރެވޭތޯ އޭނާ ބަލައެވެ. ނަމާދަށް އެރިތަނުން މިޝްއަލް ހޭލައިން ކުކުރަންފެށިއެވެ. ދެން ހޭލާނީ މީޝަމްކަން ރާޔާއަށް އެނގެއެވެ. މިޝްއަލްގެ އަޑުގަދަވާ ވަރަކުން މީޝަމް ހޭލުން ކައިރިވާނެއެވެ. ސަލާމްދިންތަނާހެން ދެކުދިން ހޭލިއެވެ. ރޯވަރުން މައިތިރި ނުކުރެވިގެން ރާޔާ އަވަސް އަވަހަށް ފޯންނަގާ މާނިޝްއަށް ގުޅިއެވެ. ” އުއްހޫ… ނުނަގައްޗޭ […]