ރޭގަނޑެވެ. އުނގޫފާރު ފަޅަށް ވަތް ލޯންޗުގެ އިންތިޒާރުގައި އީމާން އިނެވެ. އައިޒަން ވާޓަރު މައްޗަށް ފުންމާލުމާއި އެކު ސައިކަލުގައި އީމާން އެތަނާއި ކައިރިވިއެވެ. “ކޮންގްރޭޓް އިނގޭ.” އައިޒަންގެ ގައިގާ ބައްދާލަމުން އީމާން އެނާއަށް މަރުހަބާ ކީ ނައިނާ ބަނޑުބޮޑުކަން އެނގިގެންނެވެ. އައިޒަން ޝުކުރު އަދާކުރަމުން ފޮށްޓާއި އެކު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ބަނދަރުމަތި ވަނީ އޮރެންޖް ލައިޓްތަކުން ދިއްލާލެވިފައެވެ. މަގުތަށް ހަމަހިމޭންވެފައި ވާއިރު ހަނދު ވަނީ މިރޭ ދުނިޔެއާއި ފިލާފައެވެ. “އަހަރެން އަންނަ ހަފްތާ އާދިއްތާގަ ދާނަން […]
“ޒަންން!! ވަރަށް މުހިންމު ވާހަކައެއް ބުނަން.. ސީރިއަސްކޮށް… ދެން ނުހުރެވޭނެ ނުބުނެއެއް..” ނައިނާ ފޮނުވި މެސެޖް ހިތުން ކިޔާލި އައިޒަންގެ ހިތުގައި ސުވާލުއުފެދުނެވެ. ކޮންކަމެއްބާއެވެ. އެހާ ކެތްމަދުވެފައި ނައިނާ ހުންނަންޏާ ޔަޤީނުންވެސް ވާނީ ބޮޑުވާހަކައަކަށެވެ. އައިޒަން އަށް މީޓިން ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. އައިޒަން މީޓިންގް ރޫމްގައި ތިބި އެންމެންނަށް ބަލައިލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަރިމައްޗަށް އެޅުވިފައިވާ ސްކްރީންއިން ދައްކަމުން ދިޔަ ގްރާފް އަކަށެވެ. ޝާމިރާ މެދުގައި ހުރެ ވާހަކަތަކެއް ދައްކަމުން ދިޔަ ނަމަވެސް އެ […]
“ނާ!! އަދިވެސް އޯކޭ ނުވޭތަ؟ ހިނގާ ޑޮކްޓަރަށް ދައްކާލަން ދާން… މިހާރު ކޮން އިރެއް ތިހެން ސަކަރާތްވާތާ؟” ކަންބޮޑުވެފައިވާ ލަހުފާ އެހެން ބުނީ އޯގާތެރިކަމާއި އެކު އެނދުގައި އޮށޯވެ އޮތް ނައިނާއަށެވެ. ނައިނާ ދެކޮޅު ހަދަމުން ރަނގަޅުވާނޭ ބުނީ އެހާ ކުދި ކުދި ކަންތަށްތަކަށް ޑޮކްޓަރުގެ ފަރުވާ ހޯދަން ބޭނުންނުވާތީއެވެ. “މަށަށް އިނގެޔޭ ތިވާގޮތް… އައިޒަން މަތިން މާ ބޮޑަށް މިސްވަނީ ދޯ؟ މި ދުވަސްކޮޅު އޭނާއަށް ޓައިމްއެއްވެސް ވަނީ ރޭގަނޑޭ އައިޒަން ބުނި… އެހެންނު ވާނީ […]
“އަހަރެމެންގެ ނައިނާ ހާދަ އުފާވެފައޭ ދޯ….. ފިރިމީހާ އައީމަތަ؟؟” ޒުހާ ފުރަތަމަވެސް އައިސް ހީވީ ނައިނާ ނޮޅާ ކާލަފާނެހެންނެވެ. އެކި އެކި ވާހަކަދައްކަމުން ދިޔައީ އައިޒަން އާއި ނައިނާ ގުޅުވައިގެންނެވެ. “ދެން ޒުހާ…..” ތުން އޫކޮށްލާފައި ނައިނާ އެހެން ބުނުމުން އެންމެންވެސް ހޭންފެށިއެވެ. ސިޓިންގްރޫމްގައި ހަތަރު މީހުން މަޖާނަގަމުން ދިޔައެވެ. ޒާހިދާ އެމީހުން ކާލާނެ އެއްޗެއްވެސް ގެނެސްދިނެވެ. އެންމެންގެ މެދުގައި ދެކެވެމުން ދިޔައީ އޮފީސް ހުޅުވުމާއި ބެހޭ ވާހަކަތަކެވެ. އައިޒަން ޒުހާއަށާއި ނައިނާއަށްވެސް އެތަނުން ވަޒީފާ އަދާކުރުމުގެ […]
ދެމީހުން ނައިނާއަށް ގޮވަމުން ކުރިއަށް ފިޔަވަޅުތަށް އަޅަމުން ދިޔައެވެ. ޖިނާހް އާއި އައިޒަން ހިތްވަރު އެލުވާލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަނަމަވެސް ދާނެ ވަކި މަންޒިލެއް އެމީހުންނަކަށް ނޭނގެއެވެ. ގަސްބޯ މި ޖަންގަލީގެ ތެރޭގައި ނައިނާ ވެއްޖެއްޔާ އުޅޭނީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟ އެހެން ހިތަށް އެރިއަސް އައިޒަންގެ ގައިން ހީބިހި ނަގައިގެންދެއެވެ. ހިތުގައި ވޭން އަޅައެވެ. އައިޒަން ހިސާބަކަށް ގޮސް ހުއްޓުން އެރީ ހިކި ފަތްތަށް މައްޗަށް ވެއްޓި އޮތް ނައިނާ ފެނިފައެވެ. ވަރަށް ދުރުން ފެނުނެއްކަމަކު އެއީ […]
“އައްދެ ތިވަރަކުން ކިހިނެއްވާނީ؟ މީހަކު ނައިނާ ކޮށްޕާލިޔަސް ސަލާމަތެއް ނުވާނެއްނު…” އެހެން ބުނިއަޑަށް ނައިނާ ފަހަތުގައި ހުރި ހުދާ އަށް ބަލައިލިއެވެ. ނައިނާ އެއްޗެއް ނުބުނެ ކުޑަ ހިނިތުންވުމެއް ދިނެވެ. ހުދާ ތަންކޮޅެއް ދުރަށް ދިޔުމުން ލަހުފާ ފާޑަކަށް ހުދާ އަށް ބަލައިލިއެވެ. “ހާދަ ފާޑަކަށް އެހެން އެބުނީ؟ ކާކުތަ އެއީ..” ހުދާ ގެ އަޑުން ތަފާތުކަމެއް ދެނެގަތް ލަހުފާ ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. “އެއީ ހަނާގެ ކަޒިންއެއް… އިނގޭތަ ހަނާ އާއި ޒުހާ އަކީ އަބަދުވެސް އެންމެ […]
ކައިވެންޏަށް ގާޒީ އާއި ދެ ހެކިވެރިންނާއި އެހެނިހެން މީހުން އެއްވިއިރުވެސް ނައިނާ އާއި އައިޒަންއަށް ވަކިން ވާހަކަ ދައްކާލެވޭނެ ވަގުތެއްވެސް ނުލިބުނެވެ. ގާތް ގާތުގައި ބަހައްޓާފައިވާ ދެ ގޮނޑިގައި ދެމީހުން އިށިނދެ އެކަކު އަނެކަކަށް ބަލައިލިއެވެ. އެހާ ގާތުން ނައިނާގެ މޫނު ފެނުމުން އައިޒަންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އެންމެ ފުރަތަމަ ނައިނާ ފެނުނު ދުވަސް ހިތަށް އަރާ ހެވެންވެސް ހެވުނެވެ. ނައިނާގެ ވަލީވެރިއެއްގެ މަގާމުގައި މީހަކު ނެތުމުން ގާޒީ ވަލީދިނެވެ. އަނބިގަބޫލުކޮށްފީމޭ އައިޒަން ބުނި […]
ނަމަވެސް އައިޒަންގެ ހިތުގައި އޮތް އެއްޗެއް ނައިނާއަށް އިނގޭނެހެއްޔެވެ؟ މުއްސަނދި ދިރިއުޅުމެއްގައި އުޅެ ބޮޑުވި ކުއްޖަކު މިހާ އާދައިގެ ދިރިއުޅުމަކަށް ވަންނަން މަސައްކަތް ކުރާނީ ކިހާ ބޮޑަށް ލޯބިވާތީހެއްޔެވެ؟ ނައިނާ އާއި ގުޅުނުފަހުން އައިޒަން މުޅިންވެސް ކަނީ މިގެއިންނެވެ. ގިނަވަގުތު ހުސްކުރަނީ ޒާހިދާ އާއި ނައިނާއަށްޓަކައެވެ. އެގެ ފެންވަރުގައި ހަދައިފައި ނެތެއްކަމަކު އޭނާ ގިނަވަގުތު ހޭދަކުރަނީ ޝަކުވާއެއްވެސް ކޮށްނުލާ ވަރަށްވެސް ހަމަޖެހިގެންނެވެ. ކޮންފަދަ ލޮތްބެއްހެއްޔެވެ؟ ނައިނާ ބަލަން އިންކަން ފާހަގަވުމުން އައިޒަން ހަމަ ގަސްތުގައި ނައިނާއާއި ހަތަރު […]
ރޭގަނޑު ގަޑިން 7 ޖެހިއިރު އޭނާ ހުރީ އުނގޫފާރު ބަނދަރުގައެވެ. ބަލައި އީމާން އައިސް ހުރިއިރު އައިޒަންގެ ހިތްވަނީ އަވަސްވެފައެވެ. ނައިނާ ދެރަކުރެވުނީތީ އޭނާ ވެސް ހުރީ ވަރަށް ދެރަވެފައެވެ. ނަމާދުކޮށްލިއިރު އެ ހިތުގައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. ވެރި ރައްބަށް ދުޢާ ކުރަމުން ދިޔައީ އޭނާގެ ދިރިއުޅުމުން ނައިނާ ވަކިވެގެން ނުދިޔުމަށެވެ. އެލޯބި އަބަދުމެ އަބަދަށް ދެ ދުނިޔޭގައިވެސް ލިބުމަށެވެ. “އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިނގޭ..” ދެރަވެލާފައިނަމަވެސް އީމާން އައިޒަން އަށް […]