Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (4)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 4, 2017 7 Mins Read
15 Comments

އައިޒަން ފުން ނޭވައެއްލުމަށްފަހު ހުދު ވެލިގަނޑާއި ކުޅެން ގެންގުޅުނު ކުޑަ ދަނޑިބުރި އަތުކޮޅަށް ހޫރާލިއެވެ. އެއަށްފަހު ތެދުވެ ފަސްއެނބުރުމާއި އެކު ސިހުނީ 8 ވަރަކަށް ފޫޓު ދުރުގައި އިން ނައިނާ ފެނިފައެވެ. ނައިނާ ފަނޑު ހިނިތުންވުމެއް ދިނުމުން އައިޒަންވެސް ސިހުން ކަނޑުވާލާ ހިނިތުންވެލިއެވެ. އެއަށްފަހު މަޑުހިނގުމެއްގައި އައިސް ނައިނާ އާއި ތަންކޮޅެއް ކައިރި އިށީނދެލިއެވެ. ކައިރިއޭ ބުންޏަސް އިތުރު ދެމީހަކަށް އެދޭތެރޭ އިށީނދެވޭނެހާ ޖާގަ އޮތެވެ. “ހިއެއްނުކުރަން އަންނާނެކަމަކަށް..” ހިމޭންކަން ފޫ އަޅުވާލަމުން އައިޒަން އެހެން ބުންޏެވެ. ނައިނާ ހީލާފައި ވެލިގަނޑާއި ކުޅެލިއެވެ. “ހިއެއްނުކުރަން އަހަރެން ކަހަލަ މީހެއް ކައިރި އަންނާށޭ ބުނެފާނެކަމަކަށް…” ނައިނާ މަލާމާތުގެ ރާގަކަށް އެހެން ބުނުމުން އައިޒަން ހިތްހަމަނުޖެހުނެވެ.

“އަހަރެން އެހެން ބުނީމަ އަދިވެސް މާފެއް ނުކުރަންތަ؟ އަހަރެން ސޮރީ ބުނެފީމެއްނު… ކިތަށް ފަހަރު ބުނީމަތަ ކުރެވޭނީ؟ ބުނިވަރަކަށް އެދެފާނަން…” އައިޒަން ބޭނުންވީ ފުރަތަމަވެސް މާފެވެ. އައިޒަން އެހެން ބުނުމުން ނައިނާ ކުޑަކޮށް ހީލިއެވެ. އޭނާ ހުރީ އައިޒަންއަށް މާފުކުރަން ނިންމައިގެންނެވެ. މަންމަ ޒާހިދާވެސް ވަނީ އެކަމާއި ގުޅިގެން ނައިނާއަށް ވަރަށް ނަސޭހަތް ދީފައެވެ. މާފުކުރުމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅުއްވާ ކަމެއްކަން ނައިނާއަށް އިނގެއެވެ.

“ދެން މަޖާ ކުރަމުން ގޮސް އެހެން ބުނެވުނީއޭ.. އިނގެޔޭ ބުނެވުނީ ބުނަން ނުވާވަރު އެއްޗެއްކަން.. އެކަން އޭރު ނުވިސްނުނީ.. މިހާރު އަހަރެން ވަރަށް………………” “މާފުކޮށްފިން…” އައިޒަން ވާހަކަ ދައްކަ ދައްކާ ހުއްޓާ ނައިނާ އެހެން ބުނުމާއި އެކު އައިޒަން ނައިނާއަށް ބަލައިލީ ކުޑަކޮށް ސިހިފައެވެ. ޔަޤީންނުވެގެން އޭނާ އަނެއްކާވެސް ނައިނާ ކައިރި ހަމަ އަސްލުވެސް މާފުކުރީތޯ އެހިއެވެ. ނައިނާ ހހުމްމް އޭ ބުނުމުން އައިޒަން ހިނިގަނޑެއް ޖަހާލާފައި ޝުކުރު އަދާކުރިއެވެ. އެހާ އަވަހަށް އަންހެންކުއްޖަކު މާފުދިނުމުން އޭނާ ހައިރާންވެސްވިއެވެ. އޭނާއަށް އިނގޭގޮތުގައި އަންހެނުންނަކީ މިކަހަލަ ކަންތަށް ދަމާ މައްސަލަބޮޑުކުރާ ބައެކެވެ. އެންމެ ފަހުން ނުބައިވެސް ކުރަނީ ފިރިހެނުންނެވެ. ނަމަވެސް ނައިނާ…. މީ ތަފާތު ކުއްޖެއްތާއެވެ.

“ކޮން ނަމެއް ކިޔަނީ…؟” އައިޒަން އަހާލީ ކެތްމަދުވެފައެވެ. “ނައިނާ….” ރަކިގޮތަކަށް ހީލާފައި ނައިނާ އޭނާގެ ނަން ބުނެލިއެވެ. އައިޒަން ގެ އަނގައިން މަޑު އާހެއް ނިކުތީ އެ ގޮތް ނޭނގޭ ހިޔާލުތަށް އަންނަ ވެރި ފަރާތުގެ ނަން އިނގުމުންނެވެ. “ނޭނާ……!!” ފިލްމީ ރާގެއްގައި އައިޒަން އެހެން ބުނީ ލޯ މަރާލަމުންނެވެ. “ނައިނާ…!!!” ނައިނާ އެ ނަން ރަނގަޅުކޮށްދިނުމުން އައިޒަން ދެލޯ ހުޅުވާލާ ނައިނާއަށް ބަލައިލިއެވެ. “ނޭނާ ކިޔަން ވަރަށް ރީތި…” އައިޒަން ބުންޏެވެ. ނައިނާ ހުރީ އައިޒަންގެ ނަން އިނގެން ކެތްމަދުވެފައެވެ. ނަމަވެސް އަހާކަށް ނުކެރުނެވެ. އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. “މީ އައިޒަން…” އައިޒަން އަމިއްލައަށް ތައާރަފް ވެލިއެވެ. ނައިނާ އަށް ފުން ނޭވައެއް ދޫކުރެވުނެވެ. “އައިޒަން….” ހިތާހިތުން ނައިނާ އެހެން ކިޔާލީ އެ ހިތުގައި އެނަން ޖަހާލަމުންނެވެ. އަކުރަމް ބުނި ދެނަމުން އޭނާއަށް އެންމެ ރީތިވީވެސް އައިޒަން އެ ނަމެވެ.

“ހިއެއްނުކުރަން ތިހާ ރީތި ކުއްޖަކު މިކަހަލަ ތަނަކުން ފެނިދާނެއެކޭ…” އައިޒަން ދައްކާނެ ވާހަކައެއް ނޭނގިގެން އެންމެ ފަހުން އެހެން ބުނީ ނައިނާ އަށް ތައުރީފްކޮށްނުލާ ދޫނުކުރާށެވެ. ނައިނާ ލަދުން އިސްޖަހާލިއެވެ. “މާލޭ ކަހަލަ ބޮޑުތަނެއްގައި އެތަށް ސަތޭކަ ބައެއްގެ ތެރޭގައި އުޅެފައި އައިމީހަކު ތިހެން ބުނީމަ ހައިރާންވެއްޖެ..” ނައިނާ އެހެން ބުނުމާއި އެކު އައިޒަން ހޭންފެށިއެވެ. ނައިނާ އެއީ މޮޔައެއްހެއްޔެވެ؟ “އާނ.. އެތަކެއް ބައެއްގެ ގައިގައި ހޭކި އެތަށް ބަޔަކު ފެނި ބާވެއްޖެ… އެކަމް ތިވަރެއް އަދި ނުދެކެން…” އައިޒަން ސީދާ ނައިނާއަށް ބަލަހައްޓައިގެން އިނދެ ތައުރީފްކޮށްލިއެވެ.

އެތަށް އިރެއްވީއިރުވެސް އައިޒަންގެ ނަޒަރު ނައިނާއާއި ވަކިނުވުމުން ނައިނާއަށް އުނދަގޫވިއެވެ. ލަދުގަންނަ ގޮތްވިއެވެ. އެ ހިތް ހީވަނީ ނެގި ނެގިފައި ޖެހެނީހެންނެވެ. “ތިވަރަކަށް ތި ބަލަނީ ކީއްވެތަ؟؟” ނައިނާ އެންމެފަހުން ނީނދެވިގެން އެހެން އެހިއެވެ. އައިޒަން ފެންނަމުން ދިޔަ ތަރަފާލެއްފަދަ މޫދާއި އަނދިރިކުރަމުން ދިޔަ އުދަރެހަށް ބަލައިލިއެވެ. “ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނާގެ އާދައެއް… އަހަރެން އިންސާނަކަށްވެފައި، ކުރިމަތީ ފަތްމިނި ޕަރީއެއްހާ ރީތި އަންހެންކުއްޖަކު އިނުމުން ނުބަލާ އިނުމަކީ ފަހަރުގައި އަހަރެންނަށް ކުރެވޭނެ ކުށެއް ކަންނޭނގެ…” އައިޒަން އެހެން ބުނިއިރުވެސް ނަޒަރު ހުރީ ކުރިމަތިން ފެންނަ ކަނޑާއި ދިމާލަށެވެ. އޭނާގެ އަޑުގައި އޭނާގެ ކެރޭކަމާއި ސާބިތުކަން ފެންނަމުން ދިޔައިރު އައިޒަން އަކީ އެހެން މީހުންނާ އެތަށް ހާސް ތަފާތު މީހެއްކަން ނައިނާއަށް އިނގުނެވެ.

ކިތަންމެ ރީތި އެއްޗެއްވިޔަސް އޭގެ އެތަށް އުނި ސިފައެއްވާނެ… ކޮންމެ އެއްޗަކީ ފުރިހަމަ އެއްޗެއްނޫން…” ނައިނާ އެބުނީ ވަރަށް ރަނގަޅުވާހަކައެކެވެ. އެއްވެސް އެއްޗަކީ ފުރިހަމަ އެއްޗެއް ނޫނެވެ. ކޮންމެ އެއްޗެއްގައިވެސް އުނިކަމެއްވާނެއެވެ. “ތިބުނީ ތެދެއް… އެއްވެސް އެއްޗަކީ ފުރިހަމަ އެއްޗެއް ނޫން.. އުނި އެތަށް ސިފައެއްވާނެ… އަހަރެން ގަބޫލުކުރާގޮތުގައި އެއްޗެއް ރީތި އެއްޗަކަށްވަނީ އެ އުނި ސިފަތަކުން.. އެ އެއްޗެހި ފުރިހަމަ ކުރަނީ އެ އުނި ސިފަތަށް… ޕާރފެކް އިޒް މޭޑް އަޕް އޮފް އިމްޕާފެކްޝަންސް…” އައިޒަން އެ ބުނި އެއްޗަކާއި މެދު ނައިނާ ވިސްނާލިއެވެ. އޭނާ ވާހަކަ ދައްކަނީ އެއްވެސް ފިކުރެއް ހިޔާލެއްނެތިއެވެ. ކުރިމަތީ މީނީ ނުވެސް ދަންނަ އަންހެންކުއްޖެކެވެ. ތައުރީފު ކުރަމުން އެދަނީ ވިސްނައިނުލެއްނެތިއެވެ. ނަމަވެސް އެއްވެސް ފޮނިކަމެއް އޭނާގެ ނެތެވެ. އެއްވެސް ބޮޑައިވުމެއް އޭނާގެ ކިބައަކުން ނައިނާއަކަށް ނުފެނުނެވެ. މަންމަ ބުނިގޮތަށް ތަފާތު މީހަކަށް އައިޒަން ވާނެބާއެވެ؟ މަންމަ އެ ބުނާ ތަފާތު މީހަކީ އައިޒަން ބާއެވެ؟

“މާލޭ މީހުން ހަމަ ހުރިހާކަމަކަށްވެސް މޮޅީތާ ދޯ؟ އެހާ މޮޅެތި ތައުރީފް…” ތުންފަތް ފިއްތާލަމުން ނައިނާ ބުނީ އިތުރަށް ބުނާނެ އެހެން އެއްޗެއް ބޮލަށް ނައުމުންނެވެ. “ނޫނޭ..! ރާއްޖެއައި މާލޭ މީހުންނާއި ތަފާތު ކުރުމުގެ ބޭނުމަކީ ކޮބާ؟ ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ޒާތުގައި އަނެކާއާއި ތަފާތު މީހެއް.. މާލޭގައިވެސް މޮޅު މީހުންނާއި ދަށްމީހުން ނިކަމެތިންނާއި މުއްސަނދިން އުޅޭނެ…………………..” އައިޒަން ދައްކަމުން ދިޔަ ވާހަކަ ފޫހިކަމެއް ނެތި ނައިނާ ދިޔައީ އަޑުއަހަމުންނެވެ. ނައިނާ ހީކުރިގޮތާއި ހިލާފަށް އައިޒަން އަކީ ވަރަށްވެސް ތަފާތު ކުއްޖެކެވެ. ތަފާތު ވިސްނުމެއް ގެންގުޅޭ ކުއްޖެކެވެ. އެހެންމީހުންނަށް އިހްތިރާމް ކުރާ ބޮޑައިވުން ކަހަލަ އެއްވެސް ގޯސްސިފައެއް ނެތް ކުއްޖެކެވެ.

……………..

އެތަށް ދުވަހެއްގެ އެތަށް ވަގުތެއް ދެމީހުން އެގޮތުގައި ހޭދަކުރަމުން ދިޔައީ އެއްވެސް ފިކުރެއް ހިޔާލެއްނެތި އެކަކު އަނެކަކު ދަސްކުރުމުގަޔާއި އެކުވެރިކަން ބަދަހިކުރުމުގައެވެ. ދެމީހުންގެ ހިތުގެ އަޑުއަހުން ދެމީހުންގެ ކަންފަތަށް އިވި އެކަން ގަބޫލުވެސްކޮށްފިއެވެ. ވެވިފައިވަނީ ލޯބިކަން ޔަޤީންވާންފެށިނަމަވެސް އަނެކާ ކައިރި އެވާހަކަ ބުނަން ދެމީހުންވެސް ޖެހިލުންވެއެވެ. އައިޒަންއަށްވެސް ލޯބި ވެވިއްޖެކަން އިހްސާސްވާން ފެށީ މެދު ނުކެނޑި ޖިނާހް ދައްކާ އެއްވާހަކަތަކެއް އޭނާއަށް ގަބޫލުކުރެވެން ފެށުމުންނެވެ. ހަފްތާއަކަށް އައި އައިޒަންމެން ލަސްކުރަމުން ގޮސް އުނގޫފާރުގައި އުޅޭތާ މަހެއްވަނީއެވެ. އެމީހުން ކުރަން އައިކަންތަށް ނިމުމަކަށް ނައީއެވެ. އެކަން ވެގެން ދިޔައީ އެދެމީހުންނަށް ވެސް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

“ކޮބާ؟ އައުމުގެ ކުރިން އައިޒަން ބުނި ތިމަން ނޫޅެމޭ ކުއްޖެއް ހޯދާކަށް އަދި މިތަނުން ހާއްސަކޮށް.. ކިހިނެއްބާ މިވީ……” ލާނެއް ފާޑަކަށް ޖިނާހް އެހެން ބުނީ އައިޒަން ތައްޔާރުވަމުން އެ ދަނީ ނައިނާ އާއި ބައްދަލުކުރަން ދާންކަން އިނގުނީމައެވެ. އެއީ ކޮންމެދުވަހެއްގައިވެސް ދާ ގަޑިއެވެ.

“އަހަރެންނަށް މިހާރު ލޮތްބަކީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނިއްޖެ.. ލޮތްބަކީ ހުރިހާ އެއްޗެއްވެސް ބަދަލުކުރާ އިހްސާސްއެއް… އަހަރެންގެ ވިސްނުމާއި ރާއްޖެތެރޭ މީހުންނާއި މެދު އެ އޮންނަ ވިސްނުން ބަދަލުވީ މި އިހްސާސްއާއި ހެދިއެއްނޫންތަ؟” އައިޒަން ފަހުރުވެރިވާ ފަދަ ގޮތަކަށް އެހެން ބުނުމުން ޖިނާހް ހުމްމް ހުމްމް އޭ ބުނެލިއެވެ. “މާތް ﷲ އަށް ހަމްދުކުރަން މި ސޮރު ބޮލުގައި ނުރަ ނުޖަހަނިސް އެ އިހްސާސް ކޮށް ތިކަމެއް ވިސްނުނުކަން… މިހާރު ނައިނާ ކައިރި ބުނަންވެއްޖެއެއްނު.. އޭނާ ހުސްކަން އައިޒަންއަށް އިނގެއެއްނު.. އެހެންވީމަ ތިކަމައިގެން ކުރިއަށް ހަމަ..” ޖިނާހް ހިތްވަރު ލައިދިނެވެ. އެކުވެރިޔާގެ ދިރިއުޅުމަށް ލޯބިވާ ފަރާތެއް ގެނައުމަށް އޭނާ ވަރަށް ބޭނުންވެއެވެ. މިއަދު އެކަންވެސް އެވަނީއެވެ. އެވެސް އެހާ ރީތި އަދި އަހުލާޤު ރަނގަޅު ކުއްޖަކާއެވެ.

“އަހަރެންނަކަށް އޭނާ ހިތުގައި އޮތް އެއްޗެއް ނޭނގެ… އެހެންވެ ފަސްޖެހެވެނީ…” އައިޒަން ދެރަވެލާފައި އެހެން ބުންޏެވެ. “ބަލަ އައިޒަން.. އަންހެންކުއްޖަކު ހަމަ އެހެން ހުރެފައި ތިގޮތަށް ބައްދަލުކޮށް ވާހަކަ ދައްކާ ހަދާނެތަ؟ ކޮންމެވެސް ކަމެއް ވީމަތާދޯ އެފަކީރުވެސް އައިޒަން އާއި ވާހަކަ ދައްކާ ހަދާނީ… މިއަދު ބުނެބަލަ ލޯބިވާވަހަކަ..” ޖިނާހް ދެންވެސް ހިތްވަރުލައިދެމުން ދިޔައީ އައިޒަންގެ ހިތުގައިވާ އެއްޗެއް ނައިނާއަށް އަންގާށެވެ. ނައިނާ ހާސިލްކުރާށެވެ. އެލޯބި ނައިނާއަށް ފޯރުކޮށްދޭށެވެ. ނައިނާގެ ލޯބީގާ ދީވާނާ ވަމުން ދިޔަ އައިޒަންއަށް އޭނާގެ މަންމަ އެ ބަސްތަށް ހަނދާނަކަށް ނައެވެ. މަންމަގެ ނަފްރަތުމަތިން ހަނދުމައެއް ނުވިއެވެ. ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް އެހުރީ ލޯބިވެވިފައެވެ.

“މަސައްކަތް ލަހުން ދާކަމީ ތިދެމީހުންގެ ނަސީބު އެކަކު އަނެކަކާއި އެކު ވަގުތު ހޭދަކުރަން ލިބިއްޖެއެއްނު އެކަމް އައިއްޓޭ.. މަ ބުނީ…. ޝާމިރާ މޭމް ގެ ގޮތް އިނގޭނު.. ނައިނާއަށް އޯކޭ ވާނެތަ؟؟” ޖިނާހް ފުން ވިސްނުމެއްގައި ހުރެ އެހެން އަހާލުމާއި އެކު އައިޒަން ގެ ހަނދާން އާވާންފެށިއެވެ. މަންމަ އޭނާ އައުމުގެ ކުރިން ބުނާ އެއްޗެއްސެވެ. މަންމަ ކުރާ ނަފްރަތެވެ. އޭނާއަށް ފުން ނޭވައެއް ލެވުނީ އޭނާއަށް އެ ސުވާލުގެ ޖަވާބު ނޭނގުނީމައެވެ. އެންމެ ފަހުން މި ދަތުރު ނިމިގެން މިދަނީ ޝާމިރާ ވާނޭ ބުނި ކަންތަށް ވެގެންނެވެ. ޝާމިރާ ނުވާނެކަމަށް އުއްމީދުކޮށް އައިޒަން އަށް އިތުބާރުކޮށްފައި ފޮނުވި ކަންތަށް މިއޮށްވީއެވެ.. ދެން ކުރާނީ ކީއްހެއްޔެވެ؟

“ނޫން… ޖިނާ.. އަހަރެން މަންމަ އަހަރެން ދެކެ ވަރަށް ލޯބިވެ… އެކަން އިނގެއެއްނު ޖިނާ އަށްވެސް.. އަހަރެންގެ އުފާ މަންމައަށް މުހިންމުވާނެ މަންމަގެ އިގޯއަށްވުރެ… މަންމަ އެއްބަސްވާނެ..” އައިޒަން އޭނާގެ މަންމައަށް ކުރާ އިތުބާރު ޖިނާހް އަށް ހާމަކޮށްލިއެވެ. ކޮންމެ މަޔަކުވެސް އެދޭނީ ދަރިފުޅުގެ އުފަލެއްނޫންހެއްޔެވެ؟ ވީމާ އައިޒަންގެ މަންމަ އެކަމަށް ނުރުހުން ވާނެހެއްޔެވެ؟ އެހެން ނޫނަސް ނައިނާ އަކީ ރަނގަޅު ހެޔޮލަފާ ކުއްޖެކެވެ. މަންމަ ބުނާކަހަލަ އެއްވެސް ސިފައެއް ނައިނާގެވެސް އޭނާގެ އެކުވެރިންގެވެސް ނެތެވެ. ނަމަވެސް އައިޒަންގެ ހިތް ބިރުގަނެއެވެ. މަންމަ އެއްބަސްނުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ކޮންމެއަކަސް އައިޒަންގެ ލޮތްބެއް އެ މަންމައަކަށްވުރެ މުހިންމެއް ނުވާނެއެވެ. އެއީ އެކަނިމާ އެކަނި އައިޒަން އާއި އައިޝަމް ބަލާބޮޑުކުރި ބައްޕައެއްގެ ލޯބިދިން ލޯބިވާ މަންމައެވެ.

…………………………

“ދެން ނާ..! އޭނާ ކައިރި ބުނެބަލަ ލޯބިވެޔޭ.. ތިހެން މީހާ އާވާރާވެގެން އުޅުމަށްވުރެ ރަނގަޅުވާނެ ދޯ ހަމަ ލޯބިވަމޭ ބުނިއްޔާ….” އެކުވެރި ޒުހާ މަސައްކަތް ކުރަމުން ދިޔައީ ނައިނާގެ ސިކުނޑިއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ. “އަހަރެންނަކީ އޭނާއާއި އަޅާ ބަލާފައި ނިކަމެއްޗެއް… މަންމަ އަށް ހެދިހެން އޭނާ އަހަރެންނަށް ހެދިއްޔާއޯ؟ މަންމައަށް މީހުން ކުރި މަލާމާތް އިނގޭ ދޯ ޒުހާއަށް.. މިފަހަރު ހަމަ އެކަން ތަކުރާރުވެއްޖެނަމަ އެންމެންވެސް މަލާމާތްކުރާނީ މަންމައަށް.. އެންމެންނަށްވެސް ބައްޕަ ފިލައިގެން ދިޔައީ މަންމަގެ ސަބަބުންނޭ މަންމައަށް ބައްޕަ ކަންތަށް ދެއްކިޔޭ ލާރިއާއި ހެދިއޭ އެ ހުރިހާ ކަމެއް އެންމެންގެ ދުލުކުރީ އޮތް.. އެކަމް އެ ބައްޕަ ކުރި ކަންތަށް އެކަކަށްވެސް ނޭނގެ.. ކީއްވެ؟ އެއީ މުއްސަނދި މީހެއްވީމަ.. އަދި އަހަރެމެން ނިކަމެތިވީމަ.. އަނބުރާ އެކަހަލަ ދުވަސްދެކޭކަށް އަހަރެން ބޭނުމެއް ނޫން..” ނައިނާ ކުޑަކޮށް ހިތްހަމަނުޖެހިފައި އެހެން ބުނީ އޭނާގެ ތަޖުރިބާއިންނެވެ. ދެކުނު ހިތި ދުވަސްތަކުގެ ސަބަބުންނެވެ.

“ދެން ނައިނާ… ދަރިފުޅާ! ހުރިހާ މީހުން އެއްގޮތެއް ނުވާނެ… މަންމަ ބުނީމެއްނު ގޯސް އެތަށް ބައެއްގެ ތެރޭގައި ރަނގަޅު މީހުންވެސް ތިބޭނެ..” ނައިނާ އާއި ޒުހާ ސިހުނީ ފަހަތުން އައި ޒާހިދާ އެހެން ބުނުމާއި އެކުގައެވެ. ޒާހިދާ ނައިނާގެ ހިތުގައިވީ ޝަކުވާތަށް އަޑުއަހައިފިއެވެ. ނަމަވެސް އެ ދަރިފުޅުގެ ހިތުގައިވާ ލޮތްބަށްވުރެ ބޮޑަށް އެ ހިތުގައިވާ ބިރުވެރިކަން ބޮޑުވިޔަކަ ޒާހިދާ ނުދޭނެއެވެ. “ދަރިފުޅާ!” ލޮތްބާއި އެކު ޒާހިދާ އެހެން ބުނެލުމަށްފަހު ނައިނާގެ ބޮލުގައި ފިރުމާލިއެވެ. “ދުނިޔޭގައި އުޅެނީ ހަމައެކަނި ބައްޕަ އުޅޭހެން އުޅޭ މީހުންނެއް ނޫނޭ… މަންމަ އަދި ތި ކުއްޖަކާއި ބައްދަލެއް ނުކުރަން އެކަމް ނައިނާ ދެއްކި ހުރިހާ ވާހަކަތަކަކުންވެސް އިނގޭ އެ ކުއްޖަކީ ކިހާ ރަނގަޅު ކުއްޖެއްކަން….. އޭނާގެ ގޯސްކަމާއި ރަނގަޅުކަމެއް އިނގޭނީ ފުރުސަތެއް ދިނީމަ… އޭނާ އަކީ ކިހާވަރެއްގެ މީހެއްތޯ ބަލާބަ ނައިނާ.. މިއަދު އޭނާއަށް ނައިނާގެ މާޒީ ކިޔައިދީ. ނައިނާގެ ބައްޕަ ނައިނާއަށް ހެދި ގޮތް.. ތި ހިތުގައިވި ޝަކުވާ.. އޭނާއަށް އިއްވާ……” ޒާހިދާ އެހެން ބުނުމާއި އެކު ނައިނާ ފުން ނޭވައެއް ލިއެވެ.

ނައިނާ އެ ގަންނަ ބިރަކީ އާދައިގެ ބިރެއްނޫނެވެ. ދުނިޔޭގެ އުނދަގޫތަކުން ސަލާމަތްކުރާނެ އެ ބައްޕަގެ ދެއަތް ނައިނާއަށްޓަކައި ވީ އަނިޔދޭ ބާރުގަދަ އަތަކަށެވެ. އެ ބައްޕަގެ ލޯބިން މަހުރޫމްވި ނައިނާއަށްވަނީ ފިރިހެނެއްގެ އެންމެ ނުބައިކަން އެންމެ ކުޑައިރުންސުރެ ފެނިފައެވެ. އަނިޔާ ލިބި އެ ކުޑަކުޑަ ހަށިގަނޑު ރޯމަހެއްހެން ތެޅޭއިރު އޭނާގެ ބައްޕަ ހުންނަނީ ހެވި ދިއްލިފައެވެ. ލޯބިން އެ ދަރިފުޅުގައިގާ ފިރުމާލާ ލޯބިދޭ އެ ދެއަތް ވީ ނައިނާއަށް ބޮޑު ބިރަކަށެވެ. މަދުބަޔަކަށް ނޫނީ  ނޭނގޭ ޒާހިދާއާއި ނައިނާގެ އެ މާޒީ އައިޒަންއަށް ހިއްސާކުރަން ޒާހިދާ އެދުނީ ހަމަ ނައިނާއަށްޓަކައެވެ.

ނައިނާ ވަކި އެއްޗެއް ބުނުމެއް ނެތި އެތެރެއަށް ވަދެގެން ދިޔައީ ތައްޔަރުވާށެވެ. މިއަދު އޭނާ އައިޒަން އާއި ބައްދަލުކުރަން ނޭދުނަސް އައިޒަން އޭނާ ކައިރި އައުމަށް އެދިފައިވީތީ އިންކާރު ކުރަން ބޭނުންނުވީއެވެ. އޭނާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. ބައްޕަ ފަދައިން އައިޒަންވެސް އެގޮތަށް ހެދިއްޔާ ވާނީ ކީއްހެއްޔެވެ؟ ރަނގަޅު ކަމަށް ވެގެން އެ ދައްކަނީ ދަޅައަކަށް ވެއްޖެޔާ ވާނީ ކީއްބާއެވެ؟ ނަމަވެސް އައިޒަންގެ ހިތުގައި ނައިނާއަށްޓަކައި ކޮންމެވެސް އެއްޗެއް ވާކަން އޭނާގެ ހިތަށް ބައެއްފަހަރު އަރައެވެ. އެހެނީ ނައިނާ އާއި އެކު އައިޒަން ހޭދަކުރާ ގަޑިއަކީ ވަރަށް ވެސް މަޖާ ވަގުތުކޮޅުތަކެކެވެ.

ނައިނާ އަންނަންވާއިރަށް އައިޒަން އަތިރިމައްޗަށް ދިޔައީ ނައިނާއަށް ލޯބި ހުށައަޅާނީ ކިހިނެއްތޯ ވިސްނަމުންނެވެ. މިއީ މާލެނަމަތާއެވެ. ރީތި ހަދިޔާއެއް ގަނެވުނީހެވެ. އައިޒަން ވިސްނުމާއި އެއްގޮތަށް އެދެމީހުން އާންމުކޮށް ތިބޭތަނާ ދުރަށް ގޮސް ވެލިގަނޑުމަތީ ދަނޑިކޮޅަކުން އެއްޗެއް ލިޔެލިއެވެ. ލިޔެ ނިމުނުއިރު އެ ދެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. “މިއީ ދެން ކުރެވޭނެ އެންމެ ފަސޭހަ ކަމަކީ…” އައިޒަން ހިތާހިތުން އެހެން ބުންޏެވެ. މި ކުރަމުން ދާ ތަޖުރިބާ ތަކަކީ އާ ތަޖުރިބާތަކެކެވެ. މި އިހްސާސްތަކާއި އެ ލިބޭ އުފާވެރިކަމަކީ މުޅިން އާ ކަންތަށްތަކެވެ.

ނައިނާ އަތިރިމައްޗަށް ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. ފޫހިގޮތަކަށް ނޭވައެއް ދޫކޮށްލުމަށްފަހު އޭނާ އިށީނދެލިއެވެ. އިށީންކަމެއް ނޭނގެ ފަހަތުން މީހަކު އައިސް ނައިނާގެ ދެލޮލުގައި އަތް އެޅިއެވެ. ނައިނާ ސިހިފައި އެ ދެއަތް ނައްޓުވަން އުޅުނެވެ. “އެއްޗެއް ދައްކަންވެގެން…” އައިޒަންގެ ފިރިހެންވަންތަ އަޑު އިވުމާއި އެކު ނައިނާގެ އަވަސްވެފައިވާ ހިތް ލަސްވެގެން ގޮސް ބިރު ފިލައިގެން ދިޔައެވެ. “އެކަމް…. ޒަން… އަހަރެން ވާހަކައެއް ބުނަން ބޭނުންވެފައި މިހުރީ…” އައިޒަން ދައްކަން އުޅޭ އެއްޗެއް އިނގުމުގެ ޝައުގުވެރިކަން އޮތެއްކަމަކު ނައިނާ ބޭނުންވީ އެންމެ ފުރަތަމަވެސް އޭނާގެ ވާހަކަ އައިޒަންއަށް ހިއްސާކުރުމަށެވެ. “އަހަރެންވެސް ބޭނުންވެޔޭ… ހިނގާބަލަ….” އައިޒަން ނައިނާގެ ދެލޮލުން އަތް ނެގުމެއް ނެތި އެހެން ބުނުމުން ނައިނާ ހަތިޔާރު ބަހައްޓާފައި ތެދުވިއެވެ. “ކޯޗެއްތަ އަޅެ؟” ނައިނާ ސުވާލުކޮށްލިއެވެ. އައިޒަން ހިނގާށޭ ބުނުމުން ނައިނާ ހިނގައިގަތެވެ. އޭނާ ހިނގަމުން ދިޔައީ އައިޒަން ބުނާ ދިމާލަކަށެވެ. ދެލޮލުގައި އަތް އަޅާފައިވުމުން އޭނާ ހިނގީ ވަރަށް ލަސްލަހުންނެވެ. “ތިހެން އުޅެފަ އަނެއްކާ މޫދަކަށް ނޫން އިނގޭ އެއްލާލާނީ..” ސަމާސާކޮށްލާފައި ނައިނާ އެހެން ބުނީ އައިޒަންގެ ފަރާތުން އެކުރަން އުޅޭކަމެއްގެ ކުޑަ ހިލަމެއްވެސް ލިބޭތޯއެވެ.

އައިޒަން ބުނިތަނަށް ނައިނާ ހުއްޓުމުންވެސް އޭނާގެ ދެލޯ ހުޅުވިޔަކަ ނުދިނެވެ. އައިޒަން ކުޑަކޮށް ތައްޔާރިވެލާފައި ފުން ނޭވައެއްލިއެވެ. އެއަށްފަހު މަޑުމަޑުން އެ ދެލޮލުން ދެއަތް ނަގައިލިއެވެ. ލަސްލަހުން އެސްފިޔަތަށް ތަޅުވާލަމުން ނައިނާ އެ ދެލޯ ހުޅުވާލިއެވެ. ހުޅުވާލިއިރު އޭނާއަށް ފެނުނީ ހިކި ދޮން ވެލިގަނޑުމަތީ ވަރަށް ބޮޑުކޮށް “އައި ލަވް ޔޫ” ޖަހާފައި އިން ތަނެވެ. ނައިނާ ކޮއްޅަށް ހުރީ ހިތުގެ ބައްޓަމަށް ކުރަހާފައި އިންތާއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ފަހަތުގައި ހުރި އައިޒަން އަށް ބަލައިލިއެވެ. އައިޒަން ކުޑަކޮށް ހިތްއަވަސްވެފައި ހުއްޓެއްކަމަކު ބޯ ޖަހާލީ ޔަޤީންކުރާށޭ ބުނާފަދަ ގޮތަކަށެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތިޔަ ދިން އުފާ 8

Next

އަވްލީން (5 ވަނަ ބައި)

Next
September 4, 2017

އަވްލީން (5 ވަނަ ބައި)

Previews
September 4, 2017

ތިޔަ ދިން އުފާ 8

15 Comments!

  1. Ryn says:
    September 4, 2017 at 9:33 am

    Morning guys ?❤
    Hope everyone is enjoying Eid ?
    Miss ya ?❤
    Take a good care ?
    Thankyu for the support. ❤

  2. ainsyn says:
    September 4, 2017 at 9:43 am

    Me first dho…varah salhi mi bai ves…love u

  3. mill says:
    September 4, 2017 at 9:44 am

    Me second dhw

  4. Tunnets says:
    September 4, 2017 at 9:50 am

    Wow. Varah reethi.. good luck

  5. Raii handi says:
    September 4, 2017 at 10:27 am

    Aww ?
    Varah reethi ❤
    Waiting for next part

  6. Hudha says:
    September 4, 2017 at 10:39 am

    Nice.. But thankolheh dhigu koh upload kureveynama..

  7. aloo says:
    September 4, 2017 at 11:31 am

    wooooooooooooooooooooooooow

  8. Xxxx says:
    September 4, 2017 at 12:04 pm

    Woooooowww ?

  9. Hafeez says:
    September 4, 2017 at 1:01 pm

    Wow varah salhi waiting for next. Dhen faharakun dhigu koh upload kohlachchey

  10. Naaanu says:
    September 4, 2017 at 2:57 pm

    yayyyyyyy.SO HAPPYYY….AAAAND THAAAANKS nainaa ge nick name akah NAA keema.love you rynnn.vaahaka loabi varah ??❤

  11. boabi says:
    September 4, 2017 at 5:45 pm

    boring v.v

  12. ??? says:
    September 4, 2017 at 7:57 pm

    Vvvv rythi???

  13. aysha says:
    September 5, 2017 at 4:25 pm

    ލޯބި މބަސް ލިޔާއިރު ޮ ފިލި ޖަހަނީ ކީއްވެބާ؟

  14. shaee says:
    September 7, 2017 at 7:54 pm

    Myge anhbbai maaa lahun ahnnany kivve tha? Btw varah rythi❤

  15. Ruway says:
    December 5, 2017 at 11:57 pm

    Nice

Comments are closed.


All Right Reserved!