“އަނބިގަބޫލްކޮށްފިން…” ސުހައިލް ބުނެލިއެވެ. އަދި ކައިރި އިން ސާނިޔާގެ އަތަށް ފިތާލިއެވެ. އޭގެ އިރުކޮޅެއްފަހުން ސަނީމް ގެ އަޑުއިވުނެވެ. “އަނބި ގަބޫލްކޮށްފިން.”. ހިނިތުންވުމަކާއި އެކު ސަނީމް ޝާޒްއަށް ބަލާލިއެވެ. ކައިވެންޏަކީ ހަމައެކަނި ދެމީހަކު ގުޅުމެއްނޫނެވެ. ދެއާއިލާވެސް ގުޅުމެވެ. ސުހައިލް އާއި ސަނީމްއަކީ އެއްބަނޑުއެއްބަފާދެކުދިންނެވެ. ހަމައެހެންމެ ސާނިޔާ އަދި ޝާޒް އަކީވެސް އެއްބަނޑުއެއްބަފާ ދެކުދިންނެވެ. ދެއާއިލާގެ ރަހުމަތްތެރިކަން އިތުރުވެގެން ދިޔައީ ދެގޭގެ ދެކުދިންވެސް އެއްގެޔަކާއި ގުޅިލާމެހުމުންނެވެ. ދެއާއިލާ އެއްއާއިލާއަކަށްވެ ނިމިގެން ދިޔުމުންނެވެ. ދުވަސްވީ ރަހުމަތްތެރިންގެ ގުޅުން އިތުރަށް […]
“ސުހައިލް … ހަމަ މިހާރު މީނަ މިގެއިން ނެރޭ… ސުހައިލް މީނަ ބަލަންޏާ ބަލާ އެހެން ގެއެއްގަ ބަހައްޓައިގެން… އަހަރެން ބޭނުމެއްނުވޭ ސުހައިލް ގެ ނަހަލާލު ދަރިން ގެއަށް ވައްދައިގެން ބަލާކަށް.. އަދި އަހަރެންގެ އިސްރާއަށް އެއިން ނޭދެވޭ އަސަރެއްވާކަށް.. މާދަމާވެސް ނޭނގެ އަނެއްކާ އަނެއްދަރިއެއް ގޮވައިގެން ނާންނާނެކަމެއް..ވަރަށް ކެތްކޮށްފިން.. އެކަމް ދެނެއް ނުވާނެ….. މީނަ މިއަދުވެސް ފެނުނީ އަހަރެން އިސްރާއަށް ހެދި ޖޫސްތަށި ބޮނިކޮން… މިއީ ހަމަ ސުހައިލް ގެ އުޅުން.. ވަގުވަގަށް ކަންތަށް ކުރުން.. […]
“ނޯ… ނޯ ރިޝް….” ސުމާ ގޮވަންފެށިއެވެ. ނަމަވެސް އެ އަޑެއްނުނިކުތެވެ. އޭނާގެ އަނގައިގައި ރިޝްފާން ހުރީ ވަރަށް ބާރަށް ހިފަހައްޓާފައެވެ. ރިޝްފާ ދޫކޮށްލަން އުޅުނު ޒިންގެ ހަށިގަނޑުގައި ހިފައި މީހަކު ދަމައިގަތީ ހަމަކުށްލިއަކަށެވެ. ފަހަތުގައި ތިބި ސުމާއާއި ރިޝްފާންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒިން ހިމާޔަތްކުރަމުން ޒިންގައިގާ އޮޅުލައިގަތް މާޒިން ފެނި ސުމާގެ ހަށިގަނޑަށް ނޭވައެއް ލެވުނުކަހަލައެވެ. މާޒިން ރިޝްފާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ރިޝްފާގެ ގައިގާ ޖަހާލީ އައި ރުޅިއެއްގެ ސަބަބުންނެވެ. ރިޝްފާ ތިރިއަށް […]
ނިކުމެގެން ދިޔަ މާޒިން އަށް ލޮލުގައި އަޅައިގަތީ ދުރުން ނިކުންނަން ދިޔަ ރިޝްފާއެވެ. ހިސާބަކަށް އޭނާއަށް ވީގޮތް އިނގުނުފަދައެވެ. ރިޝްފާ މިގަޑީގައި މިތާ ހުރުމާއި ދޮރު ލެއްޕުނު އަޑުން ހިސާބަކަށް އޭނާއަށް ވީގޮތް އޮޅުންފިލިއެވެ. އެހެންކަމުން ދުވެލާފައި ދިޔައީ ރިޝްފާ އާއި ހަމަކުރެވޭތޯއެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. ރިޝްފާ ކާރަކަށް އަރައިގެން އެތަނުން ދިޔައީ ފަސްއެނބުރި ބަލައިވެސްނުލައެވެ. މާޒިން މާ ބޮޑުކަމަކަށް އެކަން ނުހެދި ނަމަވެސް އޭނާއަށް ކުށެއް ކުރެވިއްޖެކަން އިނގެއެވެ. އެހެންކަމުން ރިޝްފާއަށް ގުޅާލިއެވެ. […]
ނަމަވެސް ސުމާގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ؟ މާޒިން އެހެން ސުމާ ގެންދިޔުމުގެ ބޭނުމެވެ. ސުމާ އަށް އަނެއްކާވެސް ދެރައެއްދޭންބާއެވެ. ސުމާގެ ކަންތަށް ކޮށްދޭ ކަމަށް ވާންހެއްޔެވެ؟ ރަނގަޅުމީހެއްކަން ދައްކަންހެއްޔެވެ؟ މާޒިން ސުމާގެ އަތުގައި ހިފައިގެން ހިނގައިގަތީ ސުމާ މަާޒިން ބުނެފިއްޔާ އޭނާގެ ފަހަތުން ނާންނާނެކަން އިނގޭތީއެވެ. މިވަގުތު އެދެމީހުންގެ މެދުގައި އޮތް ހަމަޖެހުމަށްވުރެ ކުޑަކުއްޖެއްގެ ފުރާނަ މުހިންމެވެ. ޒިން މުހިންމެވެ. މާޒިން ހިތްބިރުގަތީ މިހާރު ފެތުރިގެން އުޅޭ ޑެންގީ ހުމަށް ވެދާނެތީއެވެ. އަވަސް ފަރުވާއެއް […]
އަނެއްދުވަހު އިރު އެރީވެސް މާޒިންއަށް ނުނިދި ބެލްކަނީގައި އޮއްވައެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު ގައިވެސް ބެލްކަނީގައި އޭނާ އޮތީ ހިތްވަރެއް ލިބޭތޯއެވެ. ސުމާގެ ކުރިމައްޗަށް އަރާއިރު އޭނާގެ ހިތް ކޮންޓްރޯލް ނުވެދާނެތީއެވެ. ރޭގައިވެސް އައި ރުޅީގައި ސުމާއާއި ދިމާލަށް ވަޅި ދިއްކޮށްލެވުނެވެ. މާޒިން އެކަމާވެސް ވަރަށް ވިސްނިއެވެ. އެއީ އޭނާ ކޮށްގެންނުވާނެކަމެކެވެ. ކުރިމަތީ އޭނާ ކިތަންމެ ރުޅިއަންނަ މީހަކު ވިޔަސްހެވެވެ. ސުމާ ހެނދުނާއި ތެދުވެލުމަށްފަހު ފަތިސް ނަމާދުކޮށްލާ ނިދާފައި އޮތް ޒިންއަށް ގޮވާލިއެވެ. ޒިން ހުންނާނީ ބަނޑުހައިވެފައި […]
ބެލްޖަހާ ޖަހާ ދޮރު ނުހުޅުވުމުން މިޝްޔާ ދޮރުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އެހެންކަމުން މިޝްޔާ އެތެރެއަށް ވަނެވެ. އޭނާގެ މިޝްރާބް ހުރީ ބަދިގެއާއި ދިމާލަށެވެ. މިގަޑީގައި ސުމާ އެތާ ހުންނާނެކަން އިނގޭތީއެވެ. އޭނާ ސުމާ ކައިރިއަށް އެއައީ ކެއްކުމުގައި އެހީވެދޭށެވެ. ސުމާއަށް މީހަކު އައިހެނެއްވެސް ހިއެއްނުވެއެވެ. އެއަށްވުރެ ބޮޑަށް ސިކުނޑިގައި އުފެދެމުން ދާ ހައިޖާނުގަޑު ބޮޑެވެ. އެވަރަށް ބެލްޖެހިއިރުވެސް އެފަކީރަށް ނޭނގުނީ އެހެންވެއެވެ. “ޔޯ ސުމް… މި އައީ ހެލްޕް ވާންވެގެން މިރޭގެ ކެއް……..ސުމް؟؟؟ […]
ލިފްޓް ސުމާގެ ބަޔަށް އައިސް ހުއްޓުމާއި އެކު ތިން މީހުން ނިކުތެވެ. ސުމާ ގެ ހިތް ތެޅެމުން ދިޔައީ އެތަކެއް ދުވަސްތަކެއް….. ނޫނެކެވެ. އެތަށް އަހަރުތަކެއް ފަހުން މާޒިން އެގެއަށް ވަންނާނެތީއެވެ. މާޒިން ސުމާއާއި ވާހަކަ ދައްކާނެނަމައެވެ. ހާލުއަހާލާނެނަމައެވެ. މާޒިންވެސް ހުރީ ނުތަވަސްވެފައެވެ. އެތަކެއް ހަނދާންތަކެއް ގައިދުވެފައިވާ އެގެއަށް އަނެއްކާވެސް މިދަނީ ވަންނާށެވެ. ސުމާ ދޮރުމައްޗަށް އެރުމާއި އެކު ސުމާގެ ފޯނު ރިންގުވިއެވެ. ސުމާ ޒިންއަށް ބަލާލުމަށްފަހު ފޯނުނެގިއެވެ. އަދި ދަބަހުން ތަޅުދަނޑި ހޯދަންފެށީ ފޯނު […]
“އެކަމް ޒިން… އޭނާ 2 ގަ ސުކޫލް އޮންނާނެ އޯކޭ ސޯ އައި ވިލް ކަމް ހިއަރ.. އެން ޒިން ގޮވައިގެން ގޮސް އަނެއްކާ ހޮސްޕިޓަލަށް ވަންނާނީ.. އެގޮތް ރަނގަޅުވާނެދޯ…. ސަރ ކައިރި ވާހަކަ ދައްކާލަން ޖެހޭނީ.. އޯ ގޯޑް..” ސުމާ ނިތްކުރިމަތީ އަތް އަޅައިގެން ހުރެ އެހެން ބުނެލީ ހާސްވެފައެވެ. ޒިން އެކަނި ކުރާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. “ތިގޮތްވެސް ރަނގަޅޭ…. ސުމް އަށް ނާދެވެންޏާ މިޝްމެންނަށް ގުޅާލާ.. އޭރުން ދާނަން ބަލައި.. ނުދެވެންޏާ ރިލޭ ހުންނާނެއެއްނު.. […]