Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ… (28)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 3, 2016 7 Mins Read
13 Comments

 

ނީރާ ފާރުމަތީ ހަމަޖެހިލުމަށްފަހު އަތަށް ގިޓާ ހެޔޮވަރުކޮށްލިއެވެ.

“ދުނިޔެ މަށަށް އަނދިރިވީ…. ކުރެވުނު ކަމަކުން….

އުފަލެއް ހިތަށް ނުލިބުނީ….. އުޅެވުނު ގޮތަކުން…..

ލޯބިވާ…… ރޯންވީހޭ… ގިސްލާ ގިސްލާ މިހެން….

އާދޭސް ކުރާން.. މާފުދޭތޯ ކަލާ….

އާލާ ވާތީ އޭ ހަނދާން ލޯބި ދިން ރަން ޒަމާން….

ކޮށްދެވޭހޭ މަގޭ ހިތަށް ވާވަރު ބަޔާން..

މަގެ ހިތުގެ ރިހުން… ފޮހެދެވޭނީ ހިތުން..

މިހިތާމަ ތަކުން މިންޖްވީ….. ދުވަހަކުން…”

ނީރާ ފުންނޭވައެއް ދޫކޮށްލިއެވެ. އެ ހިތުގެ ހާލު ޝާއިންއާއި ހިއްސާކުރީ ލަވައިގެ ގޮތުގައެވެ. ނީރާ ގެ އަޑުގައިވާ ރިހުން ޝާއިންއަށް އިވިގެން ދިޔައެވެ. އެ އަޑު ހިތާއި ކުޅެލިއެވެ. ނަމަވެސް ދެން ޝާއިން ނީރާގެ ދަލަކު ނުޖެހޭނެއެވެ. ޝާއިން އިންގޮތަށް އިނެވެ. ނީރާ އެ އިންގޮތަށް އިނދެ އެތަށް ހިތާމަވެރި ލަވަތަކެއް ކިއެވެ. ނީރާ ދެރަވެފައި ކަން އަންގަންށެވެ. ޝާއިން އަށް އެ އަޑު އިވި ނީރާ ކައިރިއަށް އަންނާނެކަމަށެވެ.

ކޮންމެ މީހަކަށްވެސް އެ އަޑުއަހާފައި އަސަރު ކުރާނެކަން ޔަޤީނެވެ. ޝާއިންއަށް ވެސް ކުރިއެވެ. ނަމަވެސް ޝާއިން ކެތްކޮށްލައިގެން އިނީއެވެ.

ނީރާ ގިޓާ ލައްކޮށްލުމަށްފަަހު ރެއިލިންއާާއި ވީ ދިމާގައި ބުރަކަށި ވިއްދާލިއެވެ. އަދި ދެފައި ދަމާލިއެވެ. އެއަށްފަހުވެސް އޭނާ ލަވަ ކިޔަމުން ދިޔައެވެ.

“މަގޭ ހާލު ބުނެދެން މިތުރާއޭ… ޔާރުގެ ހިޔަނިން މަދަދު ލިބުން އެއީ އަޅުގެ…………..”

ނީރާ ލަވަ ކިޔާ އަޑު ހުއްޓުނެވެ. ޝާއިން ކޮޅަށް ތެދުވެލީ އެހިސާބުންނެވެ. ވީ ގޮތް ބަލަން ބޭނުންވިއެވެ. ނަމަވެސް އިރުކޮޅަކު މަޑުކޮށްލީ ނީރާ ޝާއިން ގެންނަން ކުރިކަމެއްހެން ހީވެގެންނެވެ. އެތަށް އިރެއްވީއިރުވެސް އެއަޑު ނީވުމުން ޝާއިން ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ފޫޅަށްވެސް ނީވޭހާ ވަރަށެވެ. ޝާއިންއަށް ފެނުނީ ނީރާ އަށް ނިދިފައި އިންތަނެވެ. އެ ހިތުގައި ނުބައި ގޮތަކަށް ރިއްސާލިއެވެ. ނީރާ ކައިރިއަށް ޝާއިންއަށް ދެވުނީ އިހްތިޔާރަކާއި ނުލައެވެ. ނީރާގެ އެ ފަން އިސްތަށިގަނޑުގައި ޝާއިން އަތްލިއެވެ. އެވަގުތު ޝާއިންއަށް ފެނުނީ ކަކުލުން ތިރިން ފެންނަން އޮތް ނީރާގެ ދޮން ފައެވެ. ޝާއިންގެ ހިތާއި ކުޅެލިއެވެ. ނަމަވެސް ޝާއިން ލޯމަރާލިއެވެ. އަދި އަމިއްލަ ނަފްސް ކޮންޓޮރޯލްކޮށްލިއެވެ. “އެސްކިޔުޒް މީ……. ހެލޯ…” ޝާއިން ނީރާގެ ކޮނޑުގައި އިނގިލިން ކޮށްޓާލިއެވެ. ނީރާ މިތާ އިނުން ރަނގަޅުނުވީމައެވެ. ނީރާއަށް ހޭލެވުނީ ކުއްލިއަކަށެވެ. ޝާއިންއާއި ދިމާ ބަލައިލެވުނީވެސް ހަމަ އެ ސިހުމުގައެވެ. ނީރާ އަވަސްއަވަހަށް ލޯ ތަޅުވާލިއެވެ. ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ.

“ރަނގަޅު ވާނީ ކޮޓަރީގައި ނިދަން އޮތުން ކަންނޭނގެ.. ބޮޑު ކޮޓަރިއަކާއި އެނދެއް ހުންނާނެ ދޯ..” ޝާއިން އެހެން ބުނެލުމަށްފަހު ނީރާއަށް ފަސްދީ ހިނގާފައި ގޮސް ކޮޓަރިއަށްވަނެވެ. ނީރާ ޝާއިން ދިޔަ ދިމާލަށް ބަލަން އިނުމަށްފަހު ތެދުވިއެވެ. އަދި ގިޓާ ހިފައިގެން ކޮޓަރިއަށް ވަނެވެ. ޝާއިން އެރޭ  ވިސްނަމުން ދިޔައީ ނީރާއާއި ދޭތެރޭއެވެ. އާޝިޔާއަށް ނީރާއާއި ބެހޭ އެއްވެސް އެއްޗެއް ނޭނގޭނެއެވެ. ނީރާ ޝާއިންއަށް ދޮގު ހެދިކަމެއްވެސް ނޭނގޭނެއެވެ. އާޝިޔާ އަށް އަދިވެސް ނީރާ ވަރެއް ނޯންނާނެކަން ޔަޤީނެވެ. ނީރާ މިގެއަށް ގެނައީވެސް އާޝިޔާ ކަންނޭނގެއެވެ. އަނެއްކާވެސް ރަޔާންގެ އުނދަގުލެއް ވީ ބާއެވެ؟ ނީރާ މިގޭއަށް ބަދަލުކުރުވީ އެހެންވެގެންހެއްޔެވެ؟ ޝާއިން ކަންބޮޑުވިއެވެ. އަދި ނީރާ މިގެއަށް އައި ސަބަބު ހޯދަން ބޭނުންވިއެވެ. އާޝިޔާ ނީރާ އުޅޭކަން ފޮރުވީ ކީއްވެބާއެވެ؟ ނީރާ މި ހުރިހާ އިރަކު ނުވެސް ފެނުނެވެ.

ނީރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝާއިންގެ ހިޔާލުތަކެވެ. އަކުރަމް މެން އެގޮތަށް ތިބީ އެހެންވެގެން ތާއެވެ. ނީރާ އަށް ސިފަވެގެން ދިޔައީ ޝާއިންގެ އެ ރުޅިގަދަ ސޫރައެވެ. ނީރާއަށް ލޯމަރާލެވުނެވެ. އޭރު މެރިފައިވާ ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. ނީރާ ޝަރާއަށް ގުޅާލިއެވެ. އަދި ޝަރާ ނުނިދާނެކަން އިނގޭތީއެވެ. ކަންވީވެސް ނީރާ ހިތަށް އެރިގޮތަށެވެ. ޝަރާ ވެސް އަދި ރާޙިލްވެސް ނުނިދައެވެ. މިހާރު އެދެމީހުން އިނދެގެން އުޅޭތާ މިވީ 1 އަހަރާއި ބައެވެ. ޝާއިން އެމީހުންގެ ކައިވެނި ޕާޓީއަށްވެސް ނައެވެ. އެމީހުންވެސް އެކަމާ މާ ބޮޑަށް އަޅައެއް ނުލައެވެ. ޝާއިން ވެސް އެކޮޅަށް ދިޔަފަހުން އެމީހުން ދުރުކޮށްލީއެވެ. އެހެންކަމުން އެމީހުންވެސް ކައިވެނި ކުރާ ވާހަކަ ބުނެލުން ފިޔަވައި އިތުރު ވާހަަކައެއް ޝާއިން ކައިރިއަކު ނުބުނެއެވެ.

“ހަ..ހަލޯ… ޝަ..ޝަރާ….” ޝަރާ ހަލޯ ބުނުމާއި އެކު ނީރާ އަށް ރޮއެގަނެވުނެވެ. ޝަރާ ކަންބޮޑުވިއެވެ. “ހޭ.. ބެލީ… ކިހިނެއްވީ؟؟ ހަލޯ؟؟؟؟” ޝަރާ ސުވާލުކުރަމުން ދިޔައެވެ. ނަމަވެސް ނީރާގެ ރުއިމުގެ އަޑު ނޫން އަޑެއް ނީވެއެވެ. “ރާހިލް…. ބެލީ….” އެނދުގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން ރާޙިލްއަށް ޝަރާ ގޮވާލިއެވެ. ރާހިލް އަޅައިގެން އިން އައިނު ނަގާ ޝަރާ އާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެއްވީ ބެލީއަށް..؟؟” ރާޙިލް ޝަރާ އަތުން ފޯނު ނަގަމުން ބުނެލިއެވެ. ޝަރާ ނޭނގޭ ބުނެލިއެވެ.

“ހަލޯ.. ބެލީ.. ކިހިނެއްވީ؟؟” ރާހިލް އަހާލިއެވެ. ނީރާ އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަމުން ހިނގައި ދިޔަ ކަންތަށް ކިޔައިދިނެވެ. ރާޙިލްއަށްވެސް ނީރާ މާލޭގަ ހުރިކަން އިނގުނީ ނީރާ ބުނީމައެވެ. ރާޙިލްވެސް ހީކޮށްގެން ހުރީ ނީރާ އަންނާނީ 2 ދުވަސްފަހުން ކަމަށެވެ. “ވަޓް؟؟؟؟ ހީ އިސް ހިއަރ…ބެލީ… ޑޯންޓް ވޮރީ… ތެދު ބުނަން ޓްރައި ކުރޭ އަހަރެންނަށް ޔަޤީން އޭނާ އަޑުއަހާނެކަން… އޭނާ ރުޅިއައި ކަމަށް އެ ދެއްކީ.. އެކަމް އަދިވެސް އޭނާ ލޯބިވާނީ ހަމަ ބެލީ ދެކެއޭ.. ތިބުނީނު ރޫމްއަށްވެސް ފޮނުވާލިއޭ… މާ ބޮޑަށް ނުވިސްނާ ދެން ނިދާލާ…” ރާހިލް ވިސްނައިދެމުން ބުނެލިއެވެ. ޝަރާ އަށް އިވުނީ ރާހިލް ދެއްކި ވާހަކަތަށް އެކަނި ކަމުން އޭނާއަށް އިނދެވުނީ ވާނުވާގައެވެ. ރާހިލް ނީރާއަށް ވިސްނައިދިނުމަށްފަހު ފޯނު ކަނޑާލިއެވެ. އެއަށްފަހު ޝަރާ ކައިރި ވީ ގޮތް ކިޔައިދިނެވެ. ޝަރާ އުފާވިއެވެ. “ރާހިލް އަހަރެންނަށް ޔަޤީން ދެން އެމީހުން ގުޅޭނެކަން…” ޝަރާ އެހެން ބުނެލުމަށްފަހު ރާޙިލްގައިގާ ބައްދާލިއެވެ. ހިތާހިތުން ނީރާއަށް ދުޢާ ކޮށްލަމުންނެވެ.

ޝާއިންވެސް ނީރާވެސް ލޮލު ފިޔައެއް ޖަހައި ނުލާ އެރޭ ހަތަރު ދަމު ހޭދަކުރިއެވެ. ހެނދުނު އިރުއެރީވެސް އެދެމީހުން ހޭލައި ތިއްބައެވެ. ނީރާ ފެންވަރާލައިގެން އައިސް ނަމާދުކޮށްލާ މާތް ﷲއަށް ދުޢާ ކޮށްލީ ނީރާއަށް ހިތްވަރު ދިނުމަށެވެ. އަދި ނީރާގެ ގެއްލުނު ލޯބި ނީރާއަށް ލިބުމަށެވެ. ނީރާ އާންމުގޮތެއްގައި ކޮޓަރިން ނިކުންނަނީ 7 ޖެހީމައެވެ. އާޝިޔާމެން ވެސް ގޭތެރޭ އުޅޭނީ 7 ގެ ފަހުން ކަމަށްވާތީއެވެ.

ނަމަވެސް މިއަދު އާޝިޔާ އަދި ފާތުމަތުވެސް ތަންކޮޅެއް ކުރިން ނިކުމެގެން އުޅުނެވެ. އެދެމީހުންގެ ހިތުގައިވީ އެންމެ ކަމެކެވެ. އެދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ނުތަވަސްކަމެވެ. ނީރާއާއި ޝާއިންވެސް މިއަދު ކާ މޭޒުދޮށަށް އަންނާނެއެވެ. އެވަގުތު ވާނީ ކިހިނެއްބާއެވެ.. އެދެމީހުންވެސް އެކި ކަންކަމުގައި މަސްއޫލުވެގެން ތިއްބެއް ކަމަކު ސިކުނޑީގައި ވަނީ އެ ހިޔާލުތަކެވެ. ނީރާ ކޮޓަރިން ނިކުމެލީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. ސިޑިއާއި ދިމާލަށް ދެވޭނީ ޝާއިންގެ ކޮޓަރި ހުރަސްކޮށްފައި ކަމުން ނީރާ އެ ކޮޓަރި އާއި ހަމާލަށް އަރައި މަޑުކޮށްލިއެވެ. އަދި އެހެން ހުރުމަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފައިބައިގެން ދިޔައެވެ. ނީރާ އަންނަ އަޑަށް އާޝިޔާއަށް އަދި ފާތުމަތުއަށްވެސް އެދިމާ ބަލައިލެވުނެވެ. އަދި ޕްލާސްޓިކް ހިނިތުންވުމަކާއި އެކު ނީރާއާއި ބައްދަލުކުރިއެވެ. ނީރާ ވެސް ހީލިއެވެ. އަދި އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި ސައި ހެދުމަށް އެހީވެދިނެވެ. ނީރާގެ އެ ހިމޭންކަން އާޝިޔާއަށް އަދި ފާތުމަތުއަށްވެސް އުނދަގޫކުރުވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ތިބީއެވެ.

ކާން ހެދުމަށްފަހު ނީރާ ކޮޓަރިއަށް ވަނީ އޮފީހަށް ދާން ރެޑީވާށެވެ. އެއީ ކޮންމެދުވަހަކުވެސް ނީރާ ކަންތަށް ކުރާ ގޮތެވެ. ކާ މޭޒަށް ޝާއިން އަރާނެކަން ނީރާއަސް ޔަގީނެވެ. އެހެންކަމުން އޭނާ ތައްޔާރުވަމުން ދިޔައީވެސް ނުތަވަސްވެފައި ހުރެގެންނެވެ. ފަހު ފަހަރަށް ލޯގަނޑާއި ދިމާ ބަލައިލުމަށްފަހު ދަބަސް އަޅުވާލައިގެން ނީރާ ނިކުމެލިއެވެ. އޭރު ޝާއިން ސިޑިން ފައިބައިގެން ދާ އަޑު އިވުނެވެ. ނީރާ ބެލީ ވީހާވެސް ލަސްފިޔަވަޅުތަކެއް އެޅުމަށެވެ. ނީރާ ސިޑިއާއި ހަމާލަށް އެރިއިރު ޝާއިން ފެންނާކަށް ނެތެވެ. އޭނާ ކާން އެރީކަން ޔަގީނެވެ. ނީރާ އާދައިގެ މަތިން ފުރަތަމަ ސޯފާ ކައިރިއަށް ދިޔައެވެ. އަދި ދަބަސް ބޭންދުމަށްފަހު ކާގެއާއި ދިމާލަށް މިޝްރާބުޖެހިއެވެ. އޭރު އަކުރަމް ތިރިއަށް ފައިބައިގެން އަންނަނީއެވެ. ނީރާ ގޮސް ދޮރުމައްޗަށް އެރުމާއި އެކު އާޝިޔާ އަދި ފާތުމަތުވެސް ނީރާއާއި ދިމާލަށް ބަލައިލިއެވެ. ޝާއިން އެ އިންގޮތަށް އިނީއެވެ. ޝާއިން އިނީވެސް ނީރާ އިންނަ ގޮނޑީގެ ކުރިމަތީގައެވެ. ނީރާ އެކަމާ އެތަކެއް ޝަކުވާ ކުރިއެވެ. ޝާއިން އާއި ކުރިމަތި ލާނެ ހިތްވަރެއް އަދިވެސް ނެތެވެ. ނީރާ ކާ އެއްޗެހިތަށް އެތުރުމަށް އެހީވެދިނެވެ. ޝާއިންއަށް ބަލައިލުމެއްނެތިއެވެ. ފާތުމަތު އާއި އާޝިޔާއަށް ތިބެވުނީ ބަލާށެވެ. އެދެމީހުންގެ މޫނުމަތިން އެއްވެސް ސިހުމެއް ފެންނަން ނެތުމުންނެވެ. ނީރާ އަށް ޝާއިން އަންނަކަން އިނގުނީބާއެވެ؟ ނުވަތަ ދެމީހުންނަށް އެކަކު އަނެކަކު ފެނުނީބާއެވެ.؟

ނީރާ ތަށިތަށް އަތުރާލަމުން ގޮސް ޝާއިން ގެ ކައިރިއަށް ތަށި ކައިރިކޮށްލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އާދައިގެ މަތިން ނީރާ އިންނަތާ އިށީނދެލިއެވެ. އޭރު އަކުރަމްވެސް އައިސް އިށީނދެލިއެވެ. އަކުރަމްއަށްވެސް ނީރާމެންގެ މޫނުމަތިން ފެންނާނެކަމަށް ހީވި ސިހުން ނުފެނުމުން އާޝިޔާއާއި ދިމާލަށް ބަލައިލިއެވެ. ނަމަވެސް އާޝިޔާ ހުރިގޮތުން އޭނާއަށްވެސް ވާނުވާ ނޭނގޭކަން އިނގުނެވެ. އާޝިޔާ ކާން އިށީނދެލިއެވެ. ފާތުމަތުއަށް ހުރެވުނީއެވެ. “ފާތު… ސައިބޯން އިށީނދެބަލަ..” ޝާއިންއަށާއި ނީރާއަށް އެއްފަހަރާ އެކަކު އަނެކަކާއި ދިމާ ބަލައިލެވުނީ އެއްފަހަރާ އެކައްޗެއް ބުނެވެމުންނެވެ. ނަމަވެސް ޝާއިން އަވަސް އަވަހަށް އިސްޖަހާލިއެވެ. ނީރާ އާޝިޔާއަށް ބަލައިލިއެވެ. އަދި އިސްޖަހާލައިގެން ކާންފެށިއެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނު ރީތިކޮށް ފެނުނީ އެވަގުތުއެވެ. އަދިވެސް ޝާއިންގެ ހަށިގަނޑު ކުރީގެ ފަދައިން ވަރަށް ކަސްރަތީވެފައި ރީއްޗެވެ. ކުރިއަށްވުރެ މޫނު އައްޔެވެ. ނީރާވެސް ކުރިއަށްވުރެ ބޮޑަށް ރީތިވިހެން ހީވިއެވެ. ކުޑަކޮށް ފަލަހެންވެސް ހީވެއެވެ. ފާތުމަތު ކާން އިށީނދެލިއެވެ. ކައި ނިމެންދެންވެސް އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. ނީރާ ރޭގައި ނުނިދައި ރުއިމުގެ ސަބަބުން ލޯ ކައިރި ހުރީ ވަޅުޖެހިފައެވެ. އެކަން ފާހަގަނުވާނެހެން ނީރާ މޭކަޕްކޮށްލިއެވެ. ގިނަދުވަސްދުވަހު އޭނާ ކުރާކަމަކީ އެއީއެވެ. އެކަކަށްވެސް ނީރާ ރުއިކަން ނާންގަން މަޑު މޭކަޕްއެއް ކޮށްލާ އެކަން ފޮރުވާލައެވެ. ނީރާ އަމިއްލަ އިހްސާސްތަށް ފޮރުވުމަށް މިހާރު މާހިރުވެއްޖެއެވެ.

ޝާއިން އަށް ވުރެ ކުރިން ނީރާ ކައި ނިންމާލުމަށްފަހު ތަށިދޮވެލިއެވެ.

“ދައްތާ…. އަޅުގަނޑު މިދަ..ނީ އޮ…ފީ..ހަށް…” އަބަދުވެސް ކާގެއިން ނިކުންނަމުން ނީރާ އެހެން ބުނާތީ މިފަހަރުވެސް އެހެން ބުނެވުނެވެ. ތަންކޮޅެއްބާރަށެވެ. ނަމަވެސް ޝާއިންގެ މޫނު ފެނުމާއި އެކު އޭނާ ތުރު ތުރުއަޅައިގެން ދިޔައެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔައީއެވެ. ނީރާ ދިޔުމާއި އެކު ޝާއިންވެސް ކައި ނިންމާލިއެވެ. އަދި މަޑުކުރުމެއްނެތި ކޮޓަރިއަށް ވަނީ މިއަދު ރާޙިލްއާއި ބައްދަލުކުރަން ބޭނުންވެފައި ވާތީއެވެ. ރާޙިލް ނީރާ އެގެއަށް ބަދަލުވި ވާހަކަވެސް ނުބުނެއެވެ. ފަހުން ފަހުން އައިސް ޝާއިންވެސް ނީރާގެ ވާހަކަނާހާތީ ރާޙިލްވެސް ނުބުނީކަންނޭނގެއެވެ. ނަމަވެސް މިއަދު ނީރާގެ ވާހަކަ އޭނާ އެނގެން ބޭނުންވިއެވެ. ޝާއިން ރާހިލްއަށް ގުޅާލިއެވެ. ޝާއިން މިކޮޅުގައި އުޅޭކަން ރާޙިލްއަށް އިނގުނުކަމަށް ނުހަދައި ސިހިފައި އަސްލުވެސްހޭ އަވަހަށް އަންނާށޭ ބުނެލިއެވެ. ޝާއިން ފޯނުކަނޑާލީ ދާންވީތަނާ ގަޑި ރާވާލުމަށްފަހުގައެވެ. ޝާއިންގެ ފޯނު ކެނޑުމާއި އެކު ރާޙިލް ގުޅީ އާޝިޔާއަށެވެ. އާޝިޔާ ކަންތަށް ވީގޮތް ކިޔައިދިނެވެ. އަދި ރައިނާގެ ވާހަކަވެސް ބުންޏެވެ. ރާހިލް ބުނި ގޮތުގައި ރާޙިލް ކައިރި ޝާއިން ރައިނާގެ ވާހަކަ ދެއްކިއެވެ. ނަމަވެސް ރައްޓެހިވި ވާހަކައެއް ނުބުނެއެވެ. ރާހިލްވެސް ރޭގައި ނީރާ ދެއްކި ވާހަކަތަށް އާޝިޔާއަށް ކިޔައިދިނެވެ. އާޝިޔާއަށް ވީގޮތް އެނގިގެންދިޔައެވެ. އެތަކެއް އިރުވަންދެން ވާހަކަ ދެއްކުމަށްފަހު ދެމީހުން ފޯނު ކަނޑާލީ އިތުރަށް ނީރާ ކައިރި އެވާހަކަ ނުދެއްކުމަށެވެ. ޝާއިން ބުނަންދެން މަޑުކުރުމަށެވެ.

ރާހިލް އޮފީހަށް ދިޔައިރު ނީރާ ބޯ ޖަހާލައިގެން އޭނާގެ މޭޒުމަތީ އޮތެވެ. އޭނާގެ ކައިރީގައި ރިޝާން ހުއްޓެވެ. ރިޝާން ނީރާއާއި މެދު ދެކޭ ގޮތް ރާހިލްއަށްވެސް އިނގެއެވެ. ނަމަވެސް އޭނާ އަށް އެކަމާއި މެދު އެއްޗެއް ބުނެވޭކަށެއް ނޯންނާނެއެވެ.. ހިނިތުންވެލަމުން ރާހިލް އެދެމީހުންނާއި ކައިރިވެލިއެވެ. “ހެލޯ ޔޫ ބޯތް. މޯރނިން… ބެލީ އަދިވެސް ނުހޭލަނީތަ..؟” ރާހިލް ނީރާ އާއި ސަމާސާކޮށްލިއެވެ. ނީރާ ބޯ ހިއްލާލުމާއި އެކު ރާހިލްގެ ހިތުގައި ނުބައި ގޮތަކަށް ރިއްސާލިއެވެ. އޭނާގެ އެކުވެރިޔާގެ ހާލު ފެނިފައެވެ. ނީރާ ގެ ލޮލުގައި އަދިވެސް ވަނީ ތާޒާ ކަރުނައެވެ. އޭނާ ހިންދަން މަސައްކަތްކުރި ކަރުނަތަކެވެ. މޭކްޕްއިން ފޮރުވާފައިވާ ނީރާގެ އަސްލު މޫނު ރާހިލްއަށް ފެނުނެވެ. ރިޝާންއަށްވެސް ކަމެއްގޯސްވެއްޖެކަން ރޭކާލީ ނީރާގެ މޫނުފެނިފައެވެ. ނީރާ ޓިޝޫއަކުން މޫނު ސާފުކޮށްލިއެވެ. އަދި ހިނިތުންވެލީ ގަދަކަމުންނެވެ. ހުރިހާ މަސައްކަތެއްކުރިއެއް ކަމަކު ނީރާގެ ސިކުނޑި އިންނަނީ އެހެންދިމާލެއްގައެވެ. ގިނަފަހަރު އޭނާ ކުރާކަމެއް އަލުން ކުރަންޖެހެއެވެ.

…..

ރާހިލް ގަޑިއަށް ބަލާލުމަށްފަހު އޮފީހުން ނިކުމެގެން ދިޔައީ ޝާއިންއާއި ބައްދަލުކުރާށެވެ. ޝާއިން އިން ކެފޭއަށް އައިސް ރާހިލް  ޝާއިންއަށް ގުޅާލިއެވެ. ޝާއިން އެތެރޭގައޭ ބުނުމުން ރާހިލް އެތެރެއަށް ވަނެވެ. ދުރުގައި ވަކިން އިން ޓޭބަލްއެއްގައި ޝާއިން އިށީނދެ އިންތަން ރާޙިލްއަށް ފެނުމާއިއެކު އަވަސް ހިނގުމެއްގައި އޭނާ ކައިރިއަށް ދިޔައެވެ. ޝާއިންއަށް ރާހިލް ފެނުމާއި އެކު ކޮޅަށް ތެދުވެ ކުޑަކޮށް ބައްދާލިއެވެ. އަދި ދެމީހުންވެސް އިށީނދެލިއެވެ.

“އަހަރެން ވިސްނަނީ މި އޮފީސް ޖޮއިން ކުރަން….” އެކޮޅުގެ ބައެއް  ވާހަކަތަށް ދައްކަމުން ގޮސް ޝާއިން ބުނެލިއެވެ. “ސަޅިވާނެ… ބެލީވެސް…….” ރާހިލް ޝާއިންއާއި ދިމާ ބަލައިލިއެވެ. ނަމަވެސް ޝާއިންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ. އެއީ ނީރާގެ އިންތިޒާރުގެ ނިމުމުގެ ފެށުންބާއެވެ. “އޭނަ ކީއްވެ އަހަރެމެންގޭގައި އުޅެނީ އެގެން..؟ ރަޔާން އަނެއްކާވެސް؟؟؟” ޝާއިން ކޮފީތަށްޓަށް ބަލަން އިނދެ އެހެން ބުނެލިއެވެ.

“ނޫން… އެކަހަލަ ކަމެއްނޫން.. ދައްތަ ގެންދިޔައީ…..” ރާހިލް ހަމަޖެހިލާފައި ބުނެލިއެވެ. “ދެން ކީއްވެ އަހަރެން ކައިރި ނުބުނީ؟” ޝާއިން ސީދާ ރާޙިލްގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. ” އޭނާގެ ވާހަކަ ނާހާ ހިނދަކު އަހަރެންނަކަށް ނުބުނެވޭނެ ދޯ.. އަނެއްކާ ފަހުން ހަބަރެއްވެސް ވާންފެށީ މަހަކު އެއްފަހަރަ ދެފަހަރު..” ރާހިލް މިފަހަރުވެސް ޖަވާބު ދިނީ ހަމަޖެހިލާފައެވެ. ޝާއިންގެ މޫނުމަތިން ފެންނަނީ ނުތަވަސްކަމެވެ. “ހުމްމް.. އެން…. އަހަރެން މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން…. ރައިނާ… ރާހިލް ކައިރި ބުނީމެއްނު.. ރައިނާ އާއި ރައްޓެހިވީ 2 މަންތްސް ކުރިން.. އޭނާ ކިޔަވާ ނިމޭއިރަށް މިކޮޅަށް ޗޭންގްވީ މެރީ ކުރަންށާ އެކީ…. އޭރުން ކޮންމެހެން ނުޖެހޭނެއެއްނު އެހެންމީހުން އުޅޭ ނޫޅޭ ގޮތެއް ބަލާކަށް.. އޭރުން  އެހެންމީހުންނަށް އިނގޭނެއެއްނު އަހަރެންނަށްވެސް އުޅެވޭނެކަން.. ހެޕީކޮށް” ޝާއިން ފޫހިގޮތެއް މޫނަށްވެރިކުރަމުން އެހެންބުނެލީ ހިތުގެ އަޑިން ރޮމުންނެވެ. ރާހިލްއަށް ލިބުނީ ޝޮކެެކެވެ. “އެެހެންމީހުންނޭ” ކިޔާ އެ މުހާތަބު ކުރީ ނީރާއަށްކަން ރާޙިލްއަށް އިނގުނެވެ.

ޖަވާބެއް ނުދެވި ޝާއިންއާއި ދިމާލަށް ރާޙިލްއަށް އިނދެވުނީ ބަލަންށެވެ. “އާރ ޔޫ ސީރިއަސް.؟؟؟؟ ޝާއިން ތިހާ ބޮޑު ބަދަލެއް އަންނާނެކަމަށް އަހަރެންނަކަށް ނޭނގެ.. ކުރިން…. ކުރިން ކޮންމެ ކަމެއް ކުރުމުގެ ކުރިން ލަފާ ހޯދާ މީހަކަށް މިހާރު ކަންތަށް ރާވާ ނިންމާފަ އަންގާލަނީ.. ޝާއިން އަހަރެންނަށް ހަވާލު ކުރި އަމާނާތޯ؟؟؟؟ އަހަރެން މި ހުރިހާ ދުވަހު އެއަށް ރައްކާތެރިވެގެން ހުރީ.. އެންމެ ފަހަރަކުވެސް ބުނެލިނަމަ މިހާރު އެއީ ޝާއިންގެ އަމާނާތެއް ނޫނޭ….. އޭނާ ދެން ނުބަލާށޭ…. ބުނެލިނަމަ މިހާރު ކިތަންމެ ދިރިއުޅުމެއް އުފާވެރި ކަމާއި އެކު އުޅުނިސް ކަންނޭނގެ…. އަހަރެން އަމާނާތަށް ހިޔާނާތެއް ނުވަން އެކަމް ގަޓްވެލާފަ އެ އަމާނާތް ހަވާލު ކުރި މީހާ ބޭވަފާތެރިވީ… އަހަރެންނަށްވެސް އެ އަމާނާތަށްވެސް..  ޝާއިން ކުރިން ބުނެލިނަމަ.. މިއަދު.. މިއަދު ނުޖެހޭނެ މިހެން ވާކަށެއް…. މިއަދާއި ޖެހެންދެންވެސް އެތަށް ދެމީހެއްގެ ދިރިއުޅުން ބަރުބާދެއް ނުވިސް…….” ރާޙިލް އައި ރުޅީގައި ޝާއިންއާއި ދިމާލަށް އެއްޗެހި ކިޔެވެ. އޭނާ މިވަގުތު ވިސްނަމުން ދިޔައީ ހަމައެކަނި ނީރާއާއި މެދުގައެވެ. ޝާއިން މިހާބޮޑު ކަމެއްކޮށްފާނެ ކަމަކަށް ރާޙިލް ހިއެއްނުކުރެއެވެ. ރާޙިލް ބުނި ކޮންމެ ޖުމްލަައަކީ މާނަ ފުން ޖުމްލަތަކަކަށް ވުމުން ޝާއިންއަށް ނަގަންވީ މާނައެއް ނޭންގުނެވެ. އެހެންނަމަވެސް އެ ދެއްކީ ނީރާގެ ވާހަކަ ކަން ރަނގަޅަށް އިނގެއެވެ.

ޝާއިން އެއްޗެކޭ ބުނަން ވާއިރަށް ރާޙިލް ގޮނޑިން ތެދުވެލިއެވެ. “ޝާއިން…. ވަރަށް ބޮޑަށް ޗޭންގް ވެއްޖެ.. ޔޫ އާރ ނޮޓް ދެޓް ޝާއިން ހޫ އޯލްވޭސް ތިންކް އަބައުޓް އަދަރސް… ޔޫއަރ ނޮޓް ދެޓް ޝާއިން ހޫ ވޯސް މައި ފްރެންޑް… .” ރާހިލް މޭޒުމަތީ ދެއަތް ވިއްދާލައިގެން ހުރެ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ. ރާޙިލްގެ ސިކުނޑި ފުރިބާރުވެގެން ދިޔައެވެ. އާޝިޔާއަށް ގުޅާލީ އެކަމަށް އަވަހަށް ހައްލެއް ހޯދޭނީ އާޝިޔާއަށް ކަން އިނގޭތީއެވެ. އާޝިޔާގެ ބޮލުގައި ނުބައިގޮތަކަށް ރިއްސާލިއެވެ. އަދި ލަފާ ދިނީ ނީރާވެސް އާ ދިރިއުޅުމެއް ފަށަން ހިތްވަރު ދިނުމަށެވެ. ނީރާ ގެއަށް އައުމުން އެވާހަކަ ދައްކާނެކަމަށް ބުނެ އާާޝިޔާ ފޯނުކަނޑާލިއެވެ.

ޝާއިން ރާޙިލް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ބިލްދައްކާ އެތަނުން ނިކުމެގެން ދިޔައެވެ. ރައިނާއާއި ބައްދަލުކުރުމުގެ ނިޔަތުގައެވެ.

ރާހިލް އޮފީހަށް ވަދެގެން އައިގޮތުންވެސް ނީރާއަށް ކަމެއް ވެއްޖެކަމުގެ ސިގްނަލް ލިބުނެެވެ. ނަމަވެސް ކުރަންހުރި ކަންތަށް ދޫކޮށްލާފައި ދެވެން ނެތުމުން ނީރާ ރާހިލް ދިޔަދިމާލަށް ބަލަން ހުރީއެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 3 ވަނަ ބައި

Next

އޭނާ

Next
April 3, 2016

އޭނާ

Previews
April 3, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 3 ވަނަ ބައި

13 Comments!

  1. Ryn says:
    April 3, 2016 at 9:43 am

    hellw guys… hre is the nxt prt hykuran lyk vaane kamah…. n lily miss u.. tc ☺? n thnkxx fr readin… enjoy.. nxt prt vx in sha allah tmrw… n sry lst prt thakah reply nukurevunyma… ws bxy… n thre r 4 mre prts.. 31 prt ihnaane…??

  2. Anonymous says:
    April 3, 2016 at 10:05 am

    alhe dhn nee ah ehn nuhadhabala…..i jst hope nee n shaain we will be together at the end… btw story is really amazing…. this one is mine favorite…..

  3. shaai says:
    April 3, 2016 at 10:07 am

    Me vrh habeys vaahaka eh mihaathanah kiunu vaahaka thaku thereyn enme salhi eh vaahaka

  4. naina says:
    April 3, 2016 at 10:09 am

    mihaaru mivaahaka maa dhigudhanmmah hedhyma vaahaka hadivany heevany gadhakamun vaahaka dhigukuran ulheyhen genna gothu anyway thanks for fast upload

  5. princess says:
    April 3, 2016 at 10:12 am

    Woww ryn…vrh vrh rythi…..waiting for nxt prt.,.tgc

  6. Emy says:
    April 3, 2016 at 12:24 pm

    Salhi salhi salhi salhi ….

  7. Maalu says:
    April 3, 2016 at 1:08 pm

    wow wow wow wow wow wow wow wow wow wow wow wow
    ????????????

  8. ina says:
    April 3, 2016 at 1:09 pm

    Wowww rynn vrh rythi…ekm dhn shine kyve thr nee ah ehn e hadhany…dhn avahah dheyba nee gaathah…nee ehaa rythikoh lava kymavx..:-P heeheehee …..tht 2 sngs vrh nyc….n stry hama best….rynn miss u..tgc…salam..

  9. Mannhaa says:
    April 3, 2016 at 1:14 pm

    Ryn mi prt vx vvvv reethi best of luck Ryn…

  10. gulhabajiyaa says:
    April 3, 2016 at 9:57 pm

    haadha reechey mi bai ves……..im in a shock after learning tht only 4 more parts baaky iny..pls ehaa kuru nukohba..maa avahah keiima full raha eh nulaane ennu…and pls cn u tell mikahala ehen reethi vaahaka eh?

  11. adhyan says:
    April 3, 2016 at 10:07 pm

    hello ive neva red a dhiveh stry online b4 ..n this is a SUPER start 4 me..mi stry feshi fahun ive also started listening to haadha loabinney song..its really gud. old IS gold ..so thnx ryn..btw my kokko is also a ryn..hop u enjoyed reading this..

  12. foreveretwilight says:
    April 3, 2016 at 10:09 pm

    well igot motivated to read this story after seeing the picture of the love of my life nd the name is pretty attracting too

  13. noo says:
    April 3, 2016 at 10:27 pm

    Salhi …. Dhen neee n shain gulhuvaaaa . adhi e seen v romantic kohlaathi.. Heski salhi v obi habeys….

Comments are closed.

Next Episodeހާދަ ލޯބިންނޭ…. (29)←


All Right Reserved!