ހާދަ ލޯބިންނޭ…. (29)
އޮފީސް ނިމޭގަޑީގައި ރާޙިލްއާއި ބައްދަލުކުރަންށެވެ. ނަމަވެސް ކަންތަށްވެގެން ދިޔައީ އެހެނެއްނޫނެވެ. ރާޙިލް ނީރާއަށް ވުރެ ކުރިން އޮފީހުން ނިކުމެގެން ދިޔައެވެ. ނީރާ ރާހިލް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އެވަގުތު ކުރިމައްޗަށް އެރި ރިޝާން ފެނި ނީރާއަށް ފަހަތަށް ޖެހިލެވުނީ ސިހިފައެވެ. ” ބުނީމެއްނު ކޮއްކޮ ގެންދަންޗޭ…. އޭނަ ކައިރި ބުނިން ނަސީބުގައި އިނިއްޔާ ވާންއުޅޭ ފަހަރި އާއި ބައްދަލުކުރަން މިއަދު އެގެއަށް ދާންވާނޭ… ރެޑީ ވަންޗޭ އޮފީހުން އަންނަން ވާއިރަށް.. އެކަމް ދެވޭވަރު ވާނީ ހަވީރު…” ރިޝާން ނީރާ އާއި އެއްވަރަށް ހިނގާލަމުން ބުނެލިއެވެ. “ހެހެހެ.. ސާބަސް. އޯކޭ އަންނަން ވާނެ.. އަހަރެންވެސް ގޮސް އަވަހަށް ރެޑީ ވާންވީ އޭ ދޯ…” ނީރާވެސް ހީލަމުން އެހެންބުނެލިއެވެ. ނީރާ ރިޝާންއަށް ޝާއިން އައި ވާހަކަ ފޮރުވިއެވެ.
ނީރާ އާއި ރިޝާންގެ ފަހަތުން އައި އަކުރަމްއަށް އެމީހުން ދެއްކި ވާހަކަ އަޑުއިވުނެވެ. އަދި ހިތާހިތުން ދުޢާ ކޮށްލީ ޝާއިންއަށް ނީރާ ނުލިބޭނަމަ ރިޝާންއަށް ނީރާ ލިބުމަށެވެ.. “ނީއްކޮ!! އާދޭ މިއަދު ބޭބެއާއި އެކު ދާން..” އަކުރަމް ނީރާމެންނާއި އެއް ހަމަޔަކަށް އަރަމުން ބުނެލިއެވެ. ނީރާ ބޯ ޖަހާލުމަށްފަހު އަކުރަމްގެ ފަހަތުން ދިޔައީ ރިޝާން ގެ ފަރާތުން އަންނާނެކަމުގެ ޔަޤީންކަން ހޯދުމަށްފަހުއެވެ. އަކުރަމް ކާރަށް ގޮސް އެރުމާއި އެކު ނީރާ ކާރުގެ ކުރީ ސީޓަށް އަރަ ހަމަޖެހިލިއެވެ.
އަކުރަމްއަށް އާޝިޔާ ހުރިހާ އެއްޗެއް ކިޔައިދިނުމުން އޭނާއަށް ނުލިބި ހުރި ސުވާލުތަކުގެ ޖަވާބުލިބުނެވެ. ނީރާ ދައްކާނެ ވާހަކަ ނެތިފައި އިންދާ އަކުރަމް ސުވާލުކޮށްލީ ޝާއިންއާއި ބެހޭގޮތުންނެވެ.
“ނީއްކޮ.. ޝާއިން ކައިރި ތެދު ބުނަންވީނު…”
ނީރާއަށް އިރުކޮޅަކު އަކުަރަމްއާއި ދިމާ ބަލައިލުމަށްފަހު ފުންނޫވައެއް ދޫކޮށްލިއެވެ. “އަޅުގަނޑަށް ޝައިން ފެނުނު ރޭގަ….. އަޅުގަނޑު ގޮވާލީމަވެސް ދިޔައީ…. ރުޅިއައިއްސަ ހުރީ…. އެކަމް އަޅުގަނޑު ޓްރައި ކުރާނަން…” ނީރާ މަޑު މަޑުން ބުނެލިއެވެ. “ވާހަކައެއް އަހަންތަ؟ ..” އަކުރަމް ބުނެލިއެވެ. މަގު މައްޗަށް ނަޒަރު ހިންގާލައިގެން ހުރެއެވެ. ނީރާ ލައްބައޭ ބުނެލިއެވެ.
“މިސާލަކަށް ޝާއިން އެހެން ދިރިއުޅުމެއް ފަށައިގެން އުޅެނީ.. ދެން ޝާއިންއަށް ތެދު ހާމަކުރާނަންތަ؟” އަކުރަމް އެހެން އަހާލީ މަގުމައްޗަށް އެއްފަހަރު އަދި އަނެއްފަހަރު ނިރާއާއި ދިމާ ބަލައިލަމުންނެވެ. އެސުވާލު ކުރުމާއި އެކު ނީރާގެ ލޯ ކަރުނުން ފުރުނެވެ. ނަމަވެސް އެކަން ނުދައްކަވޭތޯ މަސައްކަތްކުރިއެވެ. “އޭރަކުން ނުބުނާނަން.. އަޅުގަނޑަށް މުހިންމީ ޝާއިން ނިންމި ގޮތް.. ޝާއިން އެ ގޮތަށް ނިންމިނަމަ އަޅުގަނޑު އިތުރު ވާހަަކައެއް ވެސް ދެއްކުމެއްނެތި ތެދު ނުބުނެ އާ ދިރިއުޅުމެއް ފަށާނަން…. ބޭބެމެންވެސް ނުވާނެ ބުނެގެން…. އެއީ ޝައިން އަމިއްލައަށް ޗޫސް ކުރި ދިރިއުޅުން.. އަމިއްލަ އުފާ.. ޝައިންގެ އުފާތަށް ގެއްލުވާލަން ބޭބެމެން ނޭދޭނަމަ ނުބުނިއްޔާ ރަނގަޅީ…. ޝައިންވެސް އާ ދިރިއުޅުމެއް ފަށަންޏާ ފަށާނީ ވަރަށް ވިސްނާފައެއްނޫންތޯ…” ނީރާ އަކުރަމްއާއި ދިމާ ބަލައިލުމެއްނެތި ބުނެލިއެވެ. އަކުރަމް ނީރާގެ ނިންމުމައް އިހްތިރާމްކުރިއެވެ. ޝާއިން މިހާރު އެ އުޅެނީ އުފަލުގައެވެ. ނީރާވެސް ދެން އާ ދިރިއުޅުމެއް ފެށުން ރަނގަޅުވާނެއެވެ. “އެގޮތަށް ކަންވާނަމަ ބޭބެއަށް ރަނގަޅީ ނީރާ ރިޝާން އާއި އެކު ރަނގަޅު ދިރިއުޅުމެއް ފެށިއްޔާ…” އަކުރަމް ބުނެލުމާއި އެކު ނީރާ އާދެ އޭ ބުނެލީ އެއީ ނީރާވެސް ނިންމާފައިވާ ގޮތްކަމުގައިވާތީއެވެ.
އެއަށްފަހު ގެއާއި ހަމާލަށް ދެވެންދެންވެސް އެއްވެސް ވާޙަކައެއް ނުދައްކައެވެ. ކާރު ހުއްޓުމާއި އެކު ނީރާ އެތެރެއަށް ވަދެގެން ދިޔައީ އަކުރަމްއަށް ޝުކުރުއަދާކުރުމަށްފަހުއެވެ. ނީރާ ގެއަށް ވަދެގެން އާއިރު ޝާއިން ކައިގެން ނިކުންނަނީއެވެ. “ހާދަ ލަހަކުން އެ ކެއީ ޕިސް އަދިވެސް ހަމަ އެ ގޮތްގަނޑު ބަދަލެއް ނުކުރެއޭ..” ނީރާ ޝާއިން އާއި ދިމާ ބަލައިލުމަށްފަހު ހިތާހިތުން ޝަކުވާކޮށްލިއެވެ. އަދި ސިޑިން އަރައިގެން ދިޔައެވެ. ޝާއިންވެސް ނީރާއާއި ދިމާ ބަލައިލުމަށްފަހު ސޯފާގައި އިށީނދެލިއެވެ. އާޝިޔާއަށް އެދެމީހުންގެ އެ ބަދަލުވި ބެލުންތަށް ފެނުނެވެ. އަކުރަމް އައުމާއި އެކު އާޝިޔާ އަކުރަމްގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
އަކުރަމް ނީރާ އާއި ދެއްކި ވާހަކަ އާޝިޔާއަށް ކިޔައިދިނެވެ. “އަކޫ…. އުޅޭ އެދެމީހުން ވާހަކަ ދައްކާނެ ގޮތެއް ހަދަން.. ނުގުޅުނަސް ކުރީގެ އެކުވެރިކަން ބޭއްވިދާނެއެއްނު. ނީއްކޮ ވެސް އުފާވާނެ ޝާއިން ވާހަަަކަދެއްކީމަ…” އާޝިޔާ ވިސްނާލުމަށްފަހު ބުނެލިއެވެ. އަކުރަމްވެސް އާއެކޭ ބުނެލުމަށްފަހު ފެންވަރަށް ވަދެލިއެވެ.
ނީރާ ފެންވަރައިގެން ނިކުމެވެސް ކޮޓަރީގެ އެނދުމަތީ އޮށޯވެލައިގެން އޮތީއެވެ. ބަނޑުހައިކަން އިހްސާސްވިއެއްކަމަކު ކާކަށް ބޭނުމެއްނުވިއެވެ. ވިސްނުމަކަށް ގެއްލިފައި އިންދާ ނީރާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއްއައުމުންނެވެ.
“ހޭ ނީއްކޮ… ހަވީރަކު ނެތް ދެވޭކަށް.. ސޮރީ.. އެކަމް މިރޭ ދާނަން އިރާދަކުރެއްވިއްޔާ.. ބީ ރެޑީ.. ސީ ޔޫ…” ނީރާ ހިތުން އެ މެސެޖް ކިޔާލިއެވެ. އެއީ ރިޝާންގެ މެސެޖެކެވެ. ނީރާ އޯކޭ އޭ ބުނެލުމަށްފަހު ރިޕްލައި ކޮށްލާ އަނެއްކާވެސް އޭނާ ވިސްނަމުން ދިޔަ ކަންތަކާއި ވިސްނިއެވެ. ޝާއިން އާ ދިރިއުޅުމެއް ފެށީބާއެވެ. ޝާއިން ނީރާގެ ވާހަކަ ގަބޫލުކުރާނެބާއެވެ.
ނީރާއަށް އެހެންއޮއްވާ ނިދުނީއެވެ. ރޭ ހަތަރު ދަމު ނުނިދާ އޮތުމުގެ ސަބަބުންނެވެ.
“ޝާއިން ދަރިފުޅާ ދޭބަލަ ނީއްކޮއަށް ގޮވާލަން…. ހާދަ ލަހެއްވެއްޖެޔޭ.. ނުވެސް ކައި އެ އުޅެނީ…” އާޝިޔާ ވަގުތުގެ ބޭނުން ހިފާލައި ސޯފައިގައި އިށީނދެ އިން ޝާއިން ކައިރި ބުނެލިއެވެ. ޝާއިންއަށް މިއީ އާޝިޔާގެ ރޭވުމެއް ކަމެއް ރޭކައިވެސްނުލައެވެ. ޝާއިން ތެދުވެލުމަށްފަހު ސިޑިން އަރައިގެން ދިޔައެވެ. ހިސާބަކަށް ނީރާ އާއި މެދު ކަންބޮޑުވެފައި ހުރެއެވެ. ނީރާ ނުކައި މިހާ ގިނައިރު އޮންނަން ޖެހޭނެހެއްޔެވެ؟ މިއީވެސް ޝާއިން ގެނުވަން ކުރާ ކަމެއްބާއެވެ. ނީރާއަށް ޝާއިން ގެނުވިދާނެއެވެ. ވާހަކަ ދެއްކުވިދާނެއެވެ. ނަމަވެސް ކުރީގެ އެ ގުޅުމެއް ނުބޭއްވޭނެއެވެ.
ޝާއިން މަޑުމަޑުން ހިނގާލާފައި ގޮސް ނީރާގެ ކޮޓަރީގައި ޓަކިދިނެވެ. ދެތިންފަހަރު ދިނުމުންވެސް ނީރާގެ ހަބަރެއް ނުވުމުން ޝާއިން ދޮރު ހުޅުވާލިއެވެ. އެއާއިކު ޝާއިންގެ ހިތް ތެޅިލިއެވެ. ނީރާ މައުސޫމްގޮތަކަށް އެނދުގެ މެދުގައި އޮށޯވެ އޮތީ ނިދާފައެވެ. ދެފައި އޮތީ ކުރުކޮށްލައިގެންނެވެ. ޝާއިން ލަސްފިޔަވަޅުތަކެއްގައި ނީރާއާއި ކައިރިއަށް ޖެހިލިއެވެ. ނިދާފައި އޮންނައިރު ހާދަ މައުސޫމްއެވެ. ނަމަވެސް އެ މައުސޫމް މޫނުގެ ފަހަތުަގައި ވަނީ ކޮންފަދަ ނުބައި މަަކަރުގަދަ ކަމެއްހެއްޔެވެ؟ ޝާއިންއަށް އެތަށް އިރެއްވަންދެން ހުރެވުނީ ބަލާށެވެ. ހިޔާލީ ދުނިޔެއެއްގައެވެ. ނަމަވެސް ކުއްލިއަކަށް އެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އެ ދުނިޔޭގައި ނީރާ ކިތަންމެ ހާވެސް ރަނގަޅެވެ، ނަމަވެސް އަސްލު ދުނިޔޭގައި ދެކިބަލާށެވެ. ޝާއިންއަށް ޖެހޭނީ ނީރާއާއި އެކު އެފަދަ އުފާވެރި ވަގުތު ކޮޅެއްވެސް ހިޔާލެއްގައި ބިނާކުރަންހެއްޔެވެ؟ ޝާއިން ނީރާއަށް މަޑު މަޑުން ގޮވާލިއެވެ. ނީރާއަށް އެއަޑު ނުވެސް އިވޭނެހޭ މަޑުންނެވެ.
ޝާއިން މުޅި ކޮޓަރިއަށް ބަލައިލިއެވެ. އަދިވެސް ހުންނަނީ ފިޔާތޮށިކުލައިގެ ފަރނީޗަރތަކެވެ. ނީރާ އަދިވެސް ހަމަ ކުރީގެ ކުޑަކުދިންގެ އުސޫލް ގެންގުޅޭނެބާއެވެ. ޝާއިންއަށް ހިނިތުންވެވުނެވެ. ނަމަވެސް އަނެއްކާވެސް ދެފަރާތަށް ބޯ ހަލުވާލަމުން ނީރާއަށް ގޮވާލިއެވެ.
“ހެލޯ؟؟؟؟ އޭ….!! ތެދުވެބަލަ… ހެލޯ” ޝާއިން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ރުޅިވެރި ރާގަކަށެވެ. ނީރާއަށް ތެދުވެވުނީ ހަމަ ކުއްލިއަކަށެވެ. އެއާއި އެކު ދެލޯވެސް މަރައި ނުލާ ޝާއިންއާއި ދިމާލަށް ބަލަން އިނދެވުނީއެވެ. “މަމް ބުނީ ކާން އަންނާށޯ…” ޝާއިން އެހެން ބުނެލުމަށްފަހު ފަސް އެނބުރި ދާން ހިނގައިގަތެވެ. ނީރާއަށް އިތުރު ހަރަކާތެއް ނުކޮށް އިނދެވުނީއެވެ. “އަދި އެއްވާހަކަ… އަހަރެން ބޭނުމެއް ނުވޭ މަމް މެންނަކަށް މީހުންގެ ސިއްރުތަށް އަންގާކަން…. މަމް މެން ނޫނީ އިތުރު ބައެއް ތިބީކީވެސް ނޫން… ތެދު އިނގޭނަމަ މަމް މެން އެހާ ކެއަރ އެއް ނުކުރާނެ.. އަހަރެންވެސް ބޭނުމެއްނުވޭ މީހުން އެކަނިކުރުވާކަށް.. މިގޭގަ އުޅެންޏާ ރަނގަޅީ އަހަރެންނާއި ވެސް ވާހަކަ ދެއްކިޔާ އެކަމް މަމް މެން ކުރިމަތީ އެކަނި.. އެވެސް ކުރީގެ ގޮތަކަށް ނޫން… މިހެން މިހެދީ ހަމަ އެމީހަކަށް ރަނގަޅަށް މިއިން ވެސް ފައިދާއެއް ނަގަން މަސައްކަތް ނުކުރިއްޔާ ރަނގަޅީ…” ޝާއިން އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައީއެވެ. ނީރާ ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު މޫނު ދޮވެލައިގެން ކޮޓަރިން ނިކުމެލިއެވެ.
އޭރު ޝާއިން އަދި އާޝިޔާ އާއި އަކުރަމް ބޭރުގައި ތިއްބެވެ. ނީރާ ކުޑަ ހިނިތުންވުމެއް ދިނުމަށްފަހު ކާގެއަށް ވަނެވެ. “ދައްތާ… ފާތު އެއް ނެތްތަ؟؟” ނީރާ އަށް އަދިވެސް އެކަނި އިނދެގެން ކާން އުނދަގުލެވެ. އެހެންކަމުން ނީރާ ކާން އިންނަނީ ފާތުމަތު ކައިރީގައި ބައިންދައިގެންނެވެ. ނީރާ އެހެން އަހާލީ ފާތުމަތު ފެންނަން ނެތުމުންނެވެ. “ވެއްޖެ ވިޔަފާރި ކޮށްލަން ގޮސް…!!! ދަރިފުޅާ ޝާއިން ދޭ ނީރާ ކައިރިއަށް.. މަންމައަށް ޔަގީން ފާތު އެ ހޯދަނީ އެކަނި ކާން އިނީމަ ކަމަށް..” އާޝިޔާ ނީރާއަށް ތަންކޮޅެއް ބާރަށް ޖަވާބު ދިނުމަށްފަހު ޝާއިންއާއި ވާހަކަ ދެއްކީ މަޑުންނެވެ. ޝާއިން ބޯ ޖަހާލުމަށްފަހު ސޯފާއިން ތެދުވެގެން ކާގެއާއި ދިމާލަށް ދިޔައެވެ. އާޝިޔާ އަކުރަމްއާއި ދިމާ ބަލައިލިއެވެ. މިފަހަރުވެސް އޭނާ ފުރުސަތުގެ ބޭނުން އެ ހިފީ އެންމެ ރަނގަޅުގޮތަށެވެ.
ޝާއިން ވަދެގެން އަންނަތަން ފެނުމާއި އެކު ނީރާ އަޅަ އަޅާ ހުރި ބަތްތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް ހަމަޖެހިލުމަށްފަހު ބަތްކޮޅެއް އަޅައިގެން އައިސް އިށީނދެލިއެވެ. ޝާއިންވެސް ގޮނޑިއެއްގައި އިށީނދެލައި ފޯނުނެގިއެވެ. އަދި ފޯނަށް ބަލަހައްޓައިގެން އިނީއެވެ. ނީރާ މަޑުމައިތިރިކަމާއި އެކު ކާންއިނެވެ. ޝާއިން ހިތާހިތުން ނީރާ ކާލެއް މަދުކަމާއި މެދު ޝަކުވާކުރިއެވެ. ނީރާ ޝާއިން ކައިރި ކިތަންމެ ވާހަކައެއް ދައްކަންވެފައި ހުއްޓެވެ. ނަމަވެސް ނުކެރެނީއެވެ.
“ސޯ…….” ޝާއިން އެ އިންގޮތަށް އިނދެ ބުނެލިއެވެ. ނީރާ ޝާއިންއާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “އަދިވެސް ބޮޑު ނުވަނީތަ؟؟” ޝާއިން ކުރަން އުޅުނީ އެހެން ސުވާލެކެވެ. ނަމަވެސް ސުވާލު ބަދަލުކޮށްލީ ނިރާގެ ޒާތީ ކަންތަކާއި ޝާއިން ބެހިގެން ނުވާނޭ ހިތާ ހިތުން ކިޔާލަމުންނެވެ. ނީރާ އަށް އެ ބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ. ޖަވާބެއް ނުދެވި އިނދެވުނީ އެހެންވެއެވެ. “އައި މީން ސްޓިލް ޕިންކިޝް ވެފަ އެން ސްޓިލް މުށެއްހާ ބަތްކޮޅެއް….. އަދި ނިމުނީކީ ނޫނޭ… އަދިވެސް ފެންތަށި ނަގާކަށް ހަނދާނެއް ނުހުރެ… އިސްތަށިގަނޑު ނިތްކުރިމަތިން އަދިވެސް ކޮށާފަ… ބޮޑު ނުވަނީތަ؟؟ އައި މީން ނައު ޔޫ އާރ 26..ރައިޓް.” ޝާއިން ނީރާއާއި ދިމާ ބަލައިވެސް ނުލާ އެ ހުރިހާއެއްޗެއް ކިޔާލިއެވެ. ނީރާއަށް އޭނާގެ ވާތުފަޅި ބަލާލެވުނެވެ. މިއަދުވެސް އޭނާ ފެންތަށި ނަގާކަށް ހަނދާން ނުހުއްޓެވެ. އެހެން ދުވަސްދުވަހު ފާތުަމަތު ފެން އަޅާއިދެއެވެ. މިއަދަކު ފާތުމަތު އެއް ނެތްތާއެވެ. ނީރާ ތުން ދަމާލުމަށްފަހު ތެދުވެލިއެވެ. އަދި ވާއަތުން ފްރިޖް ހުޅުވާލުމަށްފަހު ފައިން ފުރިޖްގެ ދޮރުގައި ހިފަހައްޓާލައިފައި ފެން ފުޅިއެއް ނަގާލިއެވެ. އެއަށްފަހު ދޮރު ފައިން ލައްޕާލުމަށްފަހު މޭޒުމަތީ ފެންފުޅި ބަހައްޓާލީ ތަންކޮޅެއް ބާރަށެވެ. ޝާއިން އެހެންބުނުމުން ނީރާ ރުޅިއައީއެވެ. ނީރާ ފެންފުޅީގެ މަތިގަނޑު ވާއަތުން އަނބުރާ އަނބުރާވެސް މަތިގަނޑެއް ނޭނބުރުނެވެ. އެނބުރެނީ ފެންފުޅިއެވެ. އިތުރަށް ރުޅި ގަދަވެފައި ނީރާ ޝާއިންއާއި ދިމާލަށް ބަލައިލިއެވެ. ޝާއިން އަޅައިވެސް ނުލާ އެ އިންތާ އިނެވެ. ނީރާ އެންމެ ފަހުން ރުޅިއައިއްސާ ޒިންކާއި ދިމާލަށް ދިޔައީ އަތްދޮންނާށެވެ. “އަދިވެސް ހަމަ އެ ސިނގު ރުޅި.. އޯ ގޯޑް.. ސްޓިސް ޝީ އިޒް ދަ ސޭމް… ސްޓިލް ދެޓް ބޭބީ ނީރާ… ގޯޑް.. އައި ޖަސްޓް ލަވް ހާރ..” ޝާއިންއަށް ހިނިތުންވެވުނީ ހިތަށް އެރި އެއްޗަކުންނެވެ. ނީރާއާއި ދިމާ ބަލަން ނުއިނަސް ނީރާ ކުރާނުކުރާ ޝާއިން ބަލައެވެ. ނީރާ ޒިންކާއި ދިމާލަށް ގޮސް ހުއްޓުނު ވަގުތު ފަހަތަށް ބަލައިލެވުނީ ޝާއިން ތަށްޓައް ފެންއަޅާ އަޑު އިވިގެންނެވެ.
ޝާއިން ފެންތަށްޓަށް ފެން އަޅައިދިނުމަށްފަހު ނީރާ ކާން އިން ތަށްޓާއި ކައިރިކޮށްލަދިނެވެ. އެއަށްފަހު އޭނާވެސް އިންތަނުގައި އިށީނދެލީ ފެންފުޅިވެސް މަތި ނުޖަހާ ތަށްޓާއި ކައިރިކޮށްލުމަށްފަހުއެވެ. ނީރާއަސް އޭރުން އެކަނި ފެންއެޅޭނެތާއެވެ. ނީރާއަށް ކުޑަ ބަތްތައްޓެއްވެސް ހުސްވަނީ 3 ތަށި ފެން ބޮއެގެންކަން ޝާއިންއަށް އިނގެއެވެ. ނީރާ ދެލޯ ހަނިކޮށްލުމަށްފަހު ޝާއިންއާއި ދިމާލަށް ތުން އަނބުރާލިއެވެ. “އައި ސޯ ދެޓް..” ޝާއިން އެ އިންގޮތަށް އިނދެ އެހެން ބުނެލުމާއި އެކު ނީރާ “އަރގްގް” ކިޔާފައި އައިސް އިށީނދެލިއެވެ. އަދި އަނެއްކާވެސް ކާންފެށިއެވެ. އިރު އިރުކޮޅާ ނީރާ ޝާއިންއާއި ދިމާލަށް ވައްކަޅިން ބަލާލައެވެ. ޝާއިން އެއުޅެނީ ކީއްވެގެންހެއްޔެވެ؟ ހިތާހިތުން ޝާއިންއާއި ދިމާލަށް އެއްޗެހި ކިޔާލިއެވެ. “އައި ހޭޓް ޔޫ” ނީރާ އަބަދުވެސް ރުޅިއައީމާ ބޭނުންކުރާ ބަސްކޮޅު ބޭނުންކޮށްލިއެވެ. އެއީ ނީރާގެ އާދައެކެވެ. ނީރާ ހިތުން އޭނައަށް ބުނެވުނީ ވަރަށް މަޑުންނެވެ. ނަމަވެސް ޝާއިންއަށް އެއަޑު އިވުނެވެ.
ނީރާ ފެންތަށި ބޯންފެށިއެވެ. “އައި ލަވް ޔޫ ޓޫ..” ޝާއިންއަށް އެހެން ބުނެވުނީ އިހްތިޔާރަކާއި ނުލައެވެ. ނީރާ އަބަދުވެސް “އައި ހޭޓް ޔޫ” ބުނާއިރަށް ޝާއިން ފަހަތުން “އައި ލަވް ޔޫ ޓޫ” ބުނެއެވެ. އެތަށް އަހަަރެެއް ފާއިތުވިއެއްކަމަކު އަދިވެސް އެއާދަ ދެމީހުންގެ ގައިގާ ވަނީ ހަރުލާފައެވެ. ނީރާ ބޯން އިންފެންތަށިވެސް ބުރައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ ކޮށި އެރިއެވެ. އަދި ކެއްސަންފެށިއެވެ. ކެއްސަމުންވެސް ނީރާ ބަލައިލީ ޝާއިންއާއި ދިމާލަށެވެ. ޝާއިންއަށް އެއަޑު އިވުނީއެވެ. ކަންފަތްވެސް ތޫނެވެ.
ޝާއިން އަމިއްލަ ނަފްސް ކުށްވެރިކުރިއެވެ. އަދިވެސް ހަމަ އެއާދަ ނުފިލަނީހެއްޔެވެ؟ ޝާއިން ނީރާ ކެއްސަމުން ދިޔުމުން ނީރާއާއި ދިމާލަށް ބަލައިލީ ކަންބޮޑުވެފައި ހުރެއެވެ. ނީރާގެ ލޮލުން ފެން އަންނަން ފެށިއެވެ. ނީރާ ފެންވެސް ބުޔެވެ. ނަމަވެސް ކެއްސުން ރަނގަޅެއް ނުވިއެވެ. ނީރާ އެ ހުރިހާ ކަމަކަށް ކުއްވެރި ކުރީ ޝާއިންއެެވެ. ޝާއިން އެ ހުރިހާ ކަމެއްކޮށްފައިވެސް ހިރިލާންނޭނގިފައި އެ އިނީއެވެ. ހާދަ ފޫހިވެއެވެ. ނީރާ އެންމެ ފަހުން އަނެއް ފެންތަށިވެސް އަޅާލިއެވެ. އެ ފެންތަށި ބޮއެ ހުސްވިއިރުވެސް ކެއްސުމެއް ނުފިލިއެވެ. އެންމެފަހުން ނީރަ ޒިންކާއި ދިމާލަށް ދިޔައެވެ. ޝާއިން ކަންބޮޑުވެފައި އިނީ ކުރާނެ ކަމެއް ނޭނގިފައެވެ. ކުޑަ ހަރަކާތަކުންވެސް ނީރާ ދެެކެ ޝާއިން ލޯބިވާކަން އަންގާކަށް ބޭނުމެއްނުވެއެވެ. ނީރާ އޯކަށް ދެމެންފެށިއެވެ. ޝާއިން ދަތްކުނޑި ވިކާލުމަށްފަހު ގޮނޑިން ތެދުވެ ނީރާ ކައިރިއަށް ދިޔައެވެ. އަދި ނީރާގެ ބުރަކަށީގައި މަޑު މަޑުން ތަޅާލިއެވެ. ދެމީހުންނަށްވެސް ކަރަންޓް އެރިކަހަލައެވެ. ނީރާ ކޮށި ފިލީ އޭގެ އިރުކޮޅެއްފަހުންނެވެ. ނިރާ އަތްދޮވެލިއެވެ. ނޭފަތަށް އަރާފައިހުރި ދިލަ ގަނޑު ރަނގަޅު ކުރެވޭތޯ މޫނުގައި ދެއަތުން ފެން ހޭކުމުގެ ބޭނުމުގައެވެ.
އޭރު އޭނާގެ ލޮލުން ރަނގަޅަށްވެސް ހުރީ ފެން އައިއްސައެވެ. ނީރާ ޝާއިންއާއި ދިމާލަށް ބަލާލިއެވެ. ޝާއިން ދުރަށްޖެހިލީ އިތުރު އެއްޗެއް ނުބުނެއެވެ. ނީރާ އަނެއްކާވެސް ކާން އިށީނެވެ. އައިއްސާ ހުރި ރުޅީގެ ސަބަބުން ނީރާއަށް ކެވުނީވެސް ވަރަށް އަވަސްއަވަހަށެވެ. ޝާއިންވެސް އެއްޗެއް ނުބުނެ މަޑުން އިނެވެ. ނީރާ ކައި ނިމިގެން ތަށި ދޮވެލުމަށްފަހު ޝާއިންއާއި ދިމާލަށް ލޯ އަޅާލަމުން ކާ ކޮޓަރިން ނިކުމެލިއެވެ. އަދި މަޑުކުރުމެއްނެތި ކޮޓަރިއަށް ދިޔަައެވެ. ޝާއިން އަށް ހިނިތުންވެވުނެވެ. ނީރާވެސް އުޅޭ ގޮތެކެވެ. ޝާއިން އެހެން އިނދެލުމަށްފަހު ރައިނާއަށް ގުޅާލިއެވެ. މިހުރިހާއިރު ރައިނާ ގުޅިއިރު ޝާއިން ދިޔައީ ބިޒީކުރަމުންނެވެ. ނީރާ އިންދާ އެ ފޯނު ނުނަގަންށެވެ. ސަބަބެއް ހުދު ޝާއިންއަކަށްވެސް ނޭނގުނެވެ. ރައިނާއަކީ އެހާ ކަންތަށް ބޮޑުކޮށްގެން މައްސަލަ ބޮޑުކުރާ ހިތްވާކުއްޖެއްނޫނެވެ. މިހާރުގެ ކުދިން ގެ ބަހުންނަމަ ވަރަށް “ކޫލް” ކުއްޖެކެވެ. ޝާއިން ރައިނާ ކައިރި ނީރާގެ ވާހަކަ ފޮރުވިއެވެ. ނީރާ މިގޭގައި އުޅޭވާހަކަވެސްމެއެވެ. ޝާއިން ހީކުރާގޮތުންނަމަ ބޭކާރުމީހުންގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނޯންނާނެއެވެ. ޝާއިން ރައިނާ ކައިރި ގެއަށް އައުމަށް ދައުވަތު ދިނުމުން ރައިނާ އެހެން ދުވަހަކުންނޭ ބުނެލީ ރައިނާގެ އިތުރު ރޭވުމެއް އެބައޮތޭ ބުނެފައެވެ. ޝާއިން މައްސަލައެއްނެތޭ ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި ސިޓިންގްރޫމްއަށް ނިކުމެލިއެވެ.
ނީރާ ކޮޓަރިއަށްވަދެ ދޮރުލެއްޕީވެސް ބަންކިޔާފައެވެ. “އަރގްގްްގް.. ކިހިނެއްވެގެންތަ އޭނަ އެ އުޅެނީ ހާދަ ފޫހިވޭ…. ހިތަށް އަރާ… އަރގްގް… އަހަރެން ހީކުރީ ދައްތަ ކުރިމަތީ އެކަނި ކަމަށް ޓޯކް ކުރާނީ ހަހް…. މިހެން ފޮނިވަންޏާ ލޯބިވާވާހަކަ ނުވެސް ބުނާނަން…. ޝައިން އެ އުޅެނީ އަހަރެން ލައްވާ އެހެން ބުނުއްވަން ކަންނޭނގެ.. އަނެއްކާ ރާޙިލް ކީބާ… ޕިސް.. ވެދާނެ.. އެހެންނޫންނަމަ ޝައިން މިހެން އުޅެންވީ ކީއްކުރަން…. ނޯ… ރާޙިލް އެއް ނުބުނާނެ… އެ ހަމަ އަހަރެން ރުޅި އަރުވަންވެގެން… އެކަމް ނީރާ… ޝައިން ކައިރި ތެދުބުނެބަ ދެން… ގޯޑް…. ލަސްނުކޮށް ބުނަންވީ….އެކަމް ކިހިނެއްތަ ބުނާނީވެސް… މިރޭ.. ޔެސް މިރޭ ބުނާނީ…” ނީރާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަންފެށިއެވެ. އަދި ޝާއިންއާއި މިރޭ ވާހަކަ ދައްކަން ނިންމިއެވެ.
…….
އިޝާ ނަމާދުކޮށްލައިގެން ނީރާ ކޮޓަރިން ނިކުމެލީ ދުވެފައެވެ. ކުއްލިއަކަށް ރިޝާންމެން އަންނާނެކަން ހަނދާންވެގެންނެވެ. ރިޝާން އަންނަން ވާއިރަށް ރަނގަޅު ކާއެއްޗެއްވެސް ހަދަން ޖެހޭނެތާއެވެ. ނީރާ ދުވެފައި ދިޔަތަނާ ކުއްލިއަކަށް ވެއްޓުނީ ކޮޓަރިން ނިކުމެ ނިކުމެ ހުރި ޝާއިންގެ ގައިގާ ޖެހިފައެވެ. ޝާއިންއަށް އަމިއްލަ ނަފްސް ބެލެންސްކުރެވުނެއް ކަމަކު ނީރާ ގޮސް ވެއްޓުނީއެވެ. “އާހްހް!!…. ބަލައިގެން ހިނގަން ނޭންގެންޏާ ނުހިނގަބަލަ..” ނީރާ ތެދުވެލަމުން ބުނެލީ ރުޅިއައިއްސާ ހުރެއެވެ. ޝާއިންގެ މޭމަތީގައި އޭނާގެ ނޭފަތް ޖެހުނީ ބާރަށްކަމުން ނޭފަތުގައި ނިރާ ފިރުމާލިއެވެ. “ދުވަން ނޭންގެންޏާ ނުދުވެބަލަ” ޝާއިންވެސް ރައްދު ދިނީ ރުޅިވެރިކަމާއި އެކުގައެވެ. ނީރާއައިސް ޖެހުނު ގޮތުން އޭނާއަށްވެސް ތަދުވިއެވެ. “ހަހް އަމިއްލައަކަށް ދެލޯ ކަނުކޮށްގެން ކޮޓަރިން ނިކުމެފަ އެހެންމީހުންނަށް އެބަކިޔައެއްނު.” ނީރާވެސް ދޫ ދޭކަށެއް ބޭނުމެއްނުވިއެވެ.
“އާޗާ!! އެނގޭނު އެބަ ކަނު މީހުން… ބަލަ އަހަރެން ނިކުމެ ނިކުމެ ހުއްޓައޭ ތި ޖެހިގަތީ ދުވެފައި އައިސް… އަމިއްލަ ދެލޮލެއްނު އެހެންވީމަ ކަނީ..” ޝާއިން ރައްދު ދިނެވެ.
” އަޅެފަހެ އަހަރެންނަށް އިނގޭނެތަ ދެލޯ އަނދިރިކޮށްގެން މީހަކު ކޮޓަރިން ނިކުންނަ ކަމެއް..ރީއްޗެއްނު… ތިމީހާ ދޮރުން ނިކުންނަނީ ދެލޯ މަރައިގެން ހުރެ ވިއްޔަ… އަހަރެން ދަނިކޮށޭ ނިކުތީ.. ނޭނގެ މިހާރު ތަނެއް ބިންދައިގެންވެސް ނުދާކަމެއް..” ނީރާ ޝާއިންއަށް ރުޅި ބޭލީ މިއަދު ހަވީރު ހިނގާދިޔަ ކަންތަކާއި އެކީގައިވެސްމެއެވެ. ނީރާ ދެބުމަ ގޮށްޖަހާލައިގެން ހުރީ ކުޑަކުއްޖެއްފަދައިންނެވެ.
“ދެން ވަކި އަހަރެންނަށް އިނގޭނެތަ ދެލޯ ކަނުކޮށްގެން މީހަކު ކޮޓަރި ކުރިމަތިން ދުވެފައި ދާނެކަމެއް.. ދެންވެސް ދެލޯ ހުޅުވައިގެން ދާތި.. ދުވެފައެއްނޫން މީހުން އުޅޭނީކީ.. ހިނގާފަ.. ދެންމެ މިއޮށް ސިޑިން ވެއްޓުނު ނަމައޯ… ސިޑި އެތާ އޮތީމަ އެ ދޯ ކުށްވެރިކުރާނީ.. ތިމާ ކުށުގައި ނުބެދޭތޯ އަބަދުވެސް ބަލާތި އިނގޭ.. ދެން އަހަރެންނަށް ދުވެފައި ދަނިކޮށް ފެނިއްޖެއްޔާއޭ ބުނާނީ…” ޝާއިން ސިޑިއަށް އިޝާރާތްކޮށްލުމަށްފަހު ނީރާއާއި ދިމާލަށް އެހެން ބުނެލީ އިންޒާރެއް ދިންފަދަގޮތަކަށެވެ. ހަޤީޤަތުގައި އޭނާ ކަންބޮޑުވީއެވެ. އެކަން ނުދައްކަން ރުޅި އިސްކުރީއެވެ. ނީރާ އައިސް ޖެހުނު ގޮތުން އޭނާގެ މޫނަށް ވެސް ތަދުވާނެކަން ޔަޤީނެވެ.
ނީރާ “ހަހް” އޭ ބުނެލުމަށްފަހު ޝާއިންއާއި ދިމާލަށް ލޯ އަޅާލަމުން ސިޑި އާއި ދިމާލަށް ދިޔައީ ހިނގާފައެވެ.
ޝާއިން ހިތާއި ދިމާލުގައި އަތްއަޅާލިއެވެ. އަދިވެސް ނީރާގެ ކޮންމެ އާދައެއް އޭނާގެ ހިތާއި ކުޅެލައެވެ.
-ނުނިމޭ…
9044 Comments
Comments are closed.
hey guys…. hre is the nxt prt.. hwp lyk vaane kamah.. thnkx fr readin.. n miadhah fahu i will reply to the cmmnts….kurin dhe dhuhu i ws bxy. sry fr thth.. n thnkx fr the cmmnts e prt thakah…. n in sha allah nxt prt vx tmrw… enjoy 😉
Ehrrr kuru..
Dhn dhwww miyoh dhemeehunneh..
Dhn bunebr nee lwbivaa vaahaka..
Edhemeehun gulhuveemr vaahaka reethi vrnee. I love this story :-*
hehe… lts c dhww… n thnkxx ☺?❤
alhe this is soooo nice.
thnkywww ☺❤
Alhe v reythi Inge. Ryn alhe plx neera n shaain gulhuva . eyrun v rythi vaane. Keep it up…
hehe wait lst prt ah… ? n thnkxx.. enjoy tc ☺❤
Awwwwww….wow.l love it….vvvvvvv rethi…thanxxx.keep it up
hehe thnkyww… n my plesure ☺❤
Ryn… a story is really nice ? alhe dhn maidhu aneh 2 parts vx up kohdhybrr.. ? cnt waitttt…. ?
The****
hehehe thnkyw so mch… n may b tmrw lst two prts up kurevidhaane if rydrs wnt to… hehe. anyways thnkxx fr rydin tc ☺❤
Wow vrh reethi rynn mi prt vx keep it up
thnkywww ☺?❤
Rynnnn vrh vrh salhi mi prt vx..uhun vrh majaaa..heeheehee..hama heveny…haadha majaleydhw nee n shine ge fights..haahahaha….nee vx emme thankolheh dhoonukyreyey dhw…best hama ehnvyma…..bt rynn dhn nee ah dhera eh nudhehchey ingey….hop ny n shine avahah gulheyne kmh..I wnt see both of thm together…eyrah adhi maa fight Gina vaane dhw..:-P..hahahaha…..waiting fr nxt prt…miss u n luv u…tgc..
haha ehnthr inathhxx ? n ur also hama heeheehee??? ?? tht churail type laugh ina vx dhaskury dhww… hehehe n yrh dhww vrh fyts gina vaane ?.. n happy to knw tht u enjoyd ☺… miss u mre n mre n luv u too… ??❤☺
==Konmes Kuhjeh==
Rainaa aky rishaan ge kohko hen heevany…waiting 4 the nxt prt…v reethi mi prt vs
owwh lts c dhw… thnkyww kyp waitin ☺❤
Hahahahha mioh kameh… e bby nee aa shyn aa haha… saabas dhemyhunnah vs.. ekm rynooooo…… ny aa rishaan aa nugulhuvaathi inge… e dhemyhun nugulhey 😉
nee n shyn hama bst ♡♡♡♡♡
Cant wait fr tmrw… n onething iyye cmnt eh nukurevunu faadehge error eh araafa stuk v.. sry fr tht n e part vs v habbu waitin anrh part ah miss u mreeeeeee n tc 🙂 😀
hahahaha okkayy meri maa ?? rishan r nugulhuva ehn myhakaa dhw gulhuvan v ?? sam gwthah vrh arrgnt dhww shine vx ?? hehehe. n haan its k.. miss u too tc… ??❤☺
Hey ryn kithan part vi story ga innane… vvvvvv reethi mi part ves…. nee nd shain gulhuvadhehchey ingey… mee varah reethi varah salhi story eh gud luck ryn
aww thnkyw…. n lts c wht happns.. 😉 thnkyw.. n enjoy n mi stry ga ihnaany 31 prts
Alhey haadha kurey akam reethi
kuru??? ? its 1800+ wrds… hehe maa kiyaa hithun kyma kahneynge.. anyway thnkyw fr the cmmnt.. enjoy tc☺❤
Alhe dhemyhun gulhuvaba please….. shine ah neera nulibihja dhen ryn ge ehves vaahaka eh nukiyaanan..e dogu v nice story keep it up
hahaha alhey…. ryn dhn kykeythr bunaanyvx… jxt wait n watch wht happns… hehehe thnkx fr the cmmnt… 😉
V v rythi ..mi story
thnkyw 😉
Alhe woah haadha reehcheyy….n majaami part …. Dhn avhah ea demeehun gulhuvabala rynuuuuuuu….. Waiting for the next part ?????
hehehe thnkyw emy.. happy to knw tht u enjoyd.. n yess dhn vrh avahah gulheyne gulhen vaane kudhin hehehe.. thnkx.. kyp waitn.. enjoy 😉
Ryyyyyynnnnnnnn gandaaaaa…e dhe myhun gulhuvaaba dho dhen.mibuny shine and nee ge vaahaka ingey..?..alheyyyyyy..aneh bai kiyaahiyy vanings ….varah intrsting mi part ves
hahahaha dhn gulheyney gulhn v kudhin naanu gandaaa…. hehehe…. aneh prt up kuraahiyy vanings 😛 bt stil tmrw ah kei khlany mi… hehehe.. lst two prt tmrw up khlan eba visnan…. thnkyw… enjoy 😉
Aachaaa.. buneli gothun hama heveny.. heevany shine kuri mathy fennan huri hen… dhemeehun ge childish goi gandu loa mathin sifa vegen e dhiyaee.. aneh bayah mi wait kurany… keep it up ryn
hahaha ehnthr..thnkyw.. n vrh happy vi enjoy kuryma…. n yrh kyp waitin… thnkx.. enjoy 😉
V. Nice story. Luv it. Keep it up ryn… mi vaahaka kiyaafa bunaane ehcheh neygunu. V. Reethi.
thnkhyww….. hehehe…. enjoy tc 😉
Jst wow.. cnt wait for tomorrw.. ryn plx plx thankolheh avahah aneh 2 part kiyaalan libeyne gotheh nehtha 🙁
thnkyw anju… n nxt two prt hama tmrw up khla dheynan in sha allah ingey…… tc enjoy.. n kyp waitin fr tmrw.. 😉
Alhe ryyyn dhooyya mi vaahaka varah reethi varah salhi ingey… nee nd shine gulhuvaabala…. noony dhemeehun ves vvvv dhera vaane….. ryn dhooni bunela dhy ba mi vaahakaiga innani kithah part tha… kon dhuvahaku next part genes dheyni mihaaru ves inthixaaru kureven fashaifi ey
hehehehe thnkyw ainii…. lts c dhw wht happns… n stry ga ihnaany 31 prts.. tmrw lst two prts up kuran eba visnan hehehe…. thnkyw n kyp waitin.. enjoy 😉
Next two part tomorrow genshdheebr plxx
okay dear… m thinkin to do tht.. n in sha allah i wil up kuranings.. heheh thnkyw.. 😉
Plxx mirey up kohbala. . Mihaaru kiyaa hithun nuvxxnidhunn… plxx plxx
Keehveh vaahaka nuhfehnahneeh