ގެޔަށްގޮސް ފެންވަރާ ތާޒާވެލައިގެން އީރަމް އެނދުމައްޗަށް ފުންމާލީ ފޯނު ހުޅުވާލަމުންނެވެ. އެޔަށްފަހު ފަރިތަކަމާއި އެކު އަކުރުތަކުގައި އިނގިލިތަށް ހަރަކާތްކޮށްލަމުން މީކާންގެ ނަމްބަރަށް މެސެޖް ފޮނުވާލީ މީކާންގެ ހިތުގައިވި އުދާސްތަށް ފިލުވާލެވޭހާ ރަނަގަޅު ބަސްތަކަކާއި އުފާވެރި ޖަވާބަކާއި އެކުގައެވެ. މޭމަތީ ފޯނާއި އެކު ދެއަތް އަޅާލައިގެން އޭނާ އޮތްއިރު ސިފަކުރެވެމުންދިޔައީ އީރަމްގެ ފައިގައި ހުރި ވެލިތަށް މީކާން ފޮޅާލަދިންގޮތެވެ. އީރަމްއަށް އުނދަގޫކުރަމުންދިޔަ އިސްތަށިގަނޑު އެއްކޮށްފައި އޭގައި ހިފަހައްޓާލައިގެން އިންގޮތެވެ. އީރަމް ދެކޮޅުހެދުމުންވެސް މީކާންގެ ބޫޓުބާލާފައި އީރަމްގެ ފަޔަށް އެރުވިގޮތެވެ. […]
އީރަމްގެހިތުގައިވާ އެއްޗެއް މީކާންއަށް އެނގިގެންދިޔުމުން އިތުރަށް އީރަމް އެކަން ސިއްރުކުރާކަށް ނޭދެއެވެ. އޭނާ ދުލުގައި ބަސްތައް ތާށިވެފައި ހުއްޓެއްކަމަކު ހިތުގައިވާ އިހުސާސްތައް އެހިތުގައި ބާއްވާކަށް ނޭދެއެވެ. އެހެންކަމުން ނުހަނު ގާތުން ފެންނަމުންދިޔަ ރީތި ޒުވާނާގެ އަތުގައި އީރަމް ހިފަހައްޓާލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި އީރަމްއަށް ނަޒަރު ހުއްޓާލި މީކާންގެ ހިތްދިޔައީ ތެޅިގަނެގެންނެވެ. އެދެލޮލުން އެކަނިވެސް އޭނާ ބުނަން އުޅޭ އެއްޗެއް އެނގިގެންދިޔައެވެ. ނުހަނު ސާފުކޮށް އީރަމްގެ އިހުސާސްތަށް އެބޮޑުދެލޮލުން ދިޔައީ ފެންނަމުންނެވެ. ހައިރާންވެފައި އެދެލޮލަށް ބަލަހައްޓައިގެން […]
ދުވަސްތަށް ފާއިތުވެދިޔައީ އެފަދަގޮތަކަށެވެ. ނާޒީ ދިޔައީ އީރަމްގެ އިތުރު ޓެސްޓްތަކެއް ހަދާ ޑޮކްޓަރ ލަފާގެ މަތިން ކުރީގެ އެތަށް ރިޕޯޓުތަކެއްވެސް އެއްކުރަމުންނެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ނާޒީ ކުލިނިކުން ޗުއްޓީއެއް ނެގިއެވެ. އަދި އެއާއިލާތެރޭ ފޯރިގަދަކޮށް ރޭވިގެންދާ ކަންތަށްތަކުގައި އޭނާ ގެ ފުރިހަމަ އެއްބާރުލުން ދިޔައީ ދެމުންނެވެ. ދެދުވަހަށްވެފައިވާ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އެ ބޮޑު އާއިލާއަށް މީކާންގެ އެހީވެސްދިޔައީ ލިބެމުންނެވެ. އީރަމް ކައިރި އެވާހަކަ ނުބުނެ މީކާން ހުރީ އީރަމް އާއި ނާޒީ ބައްލަދުކުރުވަން ބޭނުންވާތީވެ […]
އޮފީހަށްވަތްގޮތަށް މީޓިންއަކަށް ތައްޔާރުވެލުމަށް އެދި ހަމްދާ ފޮނުވާލާފައި މީކާން ގާތްވެލީ އީރަމްގެ މައުސޫމް ސޫރަ ފެންނަ ދިމާ ބިއްލޫރިގަނޑާއެވެ. އަވަދިނެތި އޮފީހުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށް އޭނާ މިއަދު ރާވާފައި އޮތްކަމެއްގެ ވާހަކަ ބުނެފިނަމަ ގަބޫލުވެސް ނުކުރެވޭނެކަންނޭނގެއެވެ. އީރަމް ފައިލުތަކަށްފަހު ފައިލެއް ނަގާ ހަމަޖައްސަން އުޅުނުއިރު އޭނާގެ ހަރަކާތްތަށް އަވަހެވެ. މީކާން ބިއްލޫރިގަނޑުގައި ޖަހާލުމާއި އެކު އީރަމްގެ ހަރަކާތްތަށް ހުއްޓި އަޑުއައިދިމާލަށް ބަލައިލީ މީކާން ފެންނާނެކަން އެނގިހުރެއެވެ. “ނޫކުލަ އީރަމްއާއި ވަރަށް ގުޅޭ…” މީކާންގެ އަތުން ކޮށްލި ހަރަކާތުގެ […]
ފުންވިސްނުންތަކަކުން ބަންޑުންވަމުންދިޔަ ސިކުނޑި ހުއްޓުމަކަށް ނައެވެ. އީރަމް ގެ ފިޔަވަޅުތަށް ލަސްވެފައި ކުރެވެ. ދިޔަމަގުމަތީ އީރަމް މީހެއްގެ ގައިގައި ޖެހި އަރިއަޅާލަންދިޔައެވެ. ނަމަވެސް އޭނާގެ ދެއަތުގައި ހިފާ ދަމައިގަތުމާއި އެކު އެމީހެއްގެ ގައިގާ ގޮސް އޭނާ ލައްވިއެވެ. އީރަމް ވަގުތުން ދުރަށް ޖެހިފައި އެމީހާއާއި ކުރިމަތިލިއެވެ. އީރަމްއާއި އެއްވަރަށް ސިހިފައި ހުރި ނާޒީ ފެނިފައި އީރަމް މައާފަށް އެދުނެވެ. ނާޒީ ކައިރި ބިޔަކޮށް ހުރި ފިރިހެނަކާއި ދިމާ އީރަމް ބަލައިލީ ބޯ ހިއްލާލާފައެވެ. “އީރަމް… ކިރިޔާއެއްނު.. އަބަދުވެސް […]
އީރަމް އެދުވަހުގެ ކުލާސް ނިންމާލުމަށްފަހު އޭނާ ކުއްޔަށް ހިފައިފާ ހުރި އެޕާޓްމެންޓަށް ދިޔައެވެ. އެއްކޮޓަރިއާއި އާދައިގެ ކުޑަ ސިޓިންރޫމްއަކާއި އެކު ބަދިގެ ހުރިއިރު އެކަކަށް ހިތްހަމަޖެހިލައިގެން އުޅެވޭހާ ރީތިވެފައި ސާފުތާހިރެވެ. އީރަމް ގެޔަށް އާއިރު މޭޒުމަތީ ކޮތަޅެއް ހުރިތަން ފެނި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮންމަންމައާއި ދުރުގައި އުޅޭއިރުވެސް ދޮންމަންމަ، ނަޒީރާ، ނެތްކަމުގެ އިހުސާސެއްނުކުރެވެއެވެ. އީރަމް އޮފީސް ނިންމާގޮތަށް ގެޔަށް ނައިސް ތެރަޕީ ކުލާސްތަކަށް ދާތީ ދޮންމަންމަ ނުހަނު ހިތްހަމަނުޖެހިފައި ހުންނަނީ ކެއުމެއް ބުއިމެއް ނެތި އެގޮތަށް […]
މީކާން އެދުވަހު އެނބުރި ގެޔަށްދިޔައީ ނާޒީ އާއި އެކު އިނގިރޭސި އަކުރުތަކަށް ހުންނަ ސައިންތަކާއި އަމިއްލަ ތައާރަފް ދޭނެ ގޮތް ދަސްކޮށް އަދި އޭގެ ޗާރޓެއްވެސް ހިފައިގެންނެވެ. އެތަށްއިރަކު މީކާން އަންނަންދެން ސިޓިންގރޫމްގައި އިށީނދެ އިން މުނާ އިނީ ކަންތަށްބޮޑުވެފައެވެ. މީކާންއަކީ އޮފީހުން އަންނަގޮތަށް ގެއިން ބޭރަށް މަދުފަހަރަކު ދާމީހަކަށްވެފައި ދާއިރުވެސް ދާނީ މުނާ ކައިރި ބުނެފައިކަމުން މިއަދު އޭނާއަށް ނާންގާ އެދިޔަތަނެއް ބަލަން މުނާ ހުރީ ބޭނުންވެފައެވެ. މީކާން ގެ އުމުރުން ސައުވީސް އަހަރުވީއިރުވެސް މުނާގެ […]
މީކާން ނިކުންނަމުން ހަމްދާގެ ކެބިންއަށް ލޯ ދިއްކޮށްލީއިރު އެދެމީހުން ބުރަމަސައްކަތެއްގައި ތިބިތަން ފެނި އެމީހުންކައިރިއަށް ދިޔައެވެ. ހަމްދާ އެމީހުން މިއަދު ނިމޭލެއް ލަސްވާނެކަމަށް ބުނުމުން މީކާން އެދުނީ އަޞުރުނަމާދުކުރިން ނިންމާލުމަށާއި އޭނާ ނަމާދުކޮށްގެން އައިސް އޮފީސް ތަޅުލާނެކަމަށެވެ. ހަމްދާއެކަމަށް އެއްބަސްވިއެވެ. އޮފީހުގައި ދެމީހުން އެކަނި ތިބެ މަސައްކަތްކުރަމުންދިޔައިރު ކޭންޓީންގައި ކުރެވެމުންދިޔަ މަސައްކަތްވެސް ހުއްޓިއްޖެކަން ޔަޤީންވީ އިވެމުންދިޔަ އަޑުތަށް ކެނޑުމުންނެވެ. އޮފީހުގައި ތިބިއްޔާ ތިބި ބަޔަކު ނިކުމެއްޖެކަން ޔަޤީންވިއެވެ. ހަމައެހިނދު ހަމްދާއަށް އައީ ފޯނެކެވެ. އޭނާ ފޯނު ކަންފަތުގައި […]
ކުރީގެ ހަނދާންތަކުން މީކާންގެ ސިކުނޑި ހަލާކުކުރަމުންދިޔައެވެ. ދިމާވި އެންމެ ހާދިސާއެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް މި ލިބުނު ހިތްދަތިކަމުން ސަލާމަތްނުވެވުމީ އޭނާގެ ބަލިކަށިކަމުންކަން އޭނާއަށް ގަބޫލުކުރެވެއެވެ. ލަމްޔާގެ އަނގައިން ނިކުތް ކޮންމެބަހެއް އަދިއަދަށްދާންދެންވެސް އެ ކަންފަތްތެރޭ ގުގުމަމުންދިޔައެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯބީގައި މި ލިބުނީ ކިހާ ބޮޑު ނާކާމިޔާބީއެއްހެއްޔެވެ؟ ހިތުގެ ހާލު ނުވެސް އަނގަނިސް އޭނާ އެރަނިކަމަނާ ކައިރިން ދުރުވެވުނީ ހާލަތު ކަންދިމާކުރިގޮތުންނެވެ. މިއަދާއި ޖެހެންދެންވެސް އެ ހިތުގައި ލަމްޔާ ނޫން ފަރާތެއް ނުވާކަން އޭނާއަށް […]