“ހަމްމް.. ކޮބާ؟ ކިހިނެއްވަނީ ވިޔަފާރި؟ ރަނގަޅުތަ؟ ރަނގަޅު ނުވިއްޔާ ވިއްކާ ތަކެތި ރަނގަޅުކޮށްލާ..” އަނގަފުރާ ދުފާލައިގެން އިން މުނާ ވާހަކަދައްކަމުން ދިޔައީ ފޯނު ކަންފަތުގައި ޖަހައިގެން އިނދެއެވެ. ކެއުމަށްފަހު އާދަކޮށް ދުފާލެވޭ އެތިކޮޅު ހަފާލަ ހަފާލަ އެތަށް އިރަކު އޭނާއަށް އިނދެވެއެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކަށް ގެއްލިހުސްވެފައި އިން މުނާއަށް މީކާން ވަދެގެން އައިކަންވެސް އިނގުނީ އޭނާ ކުރިމައްޗަށް ހުއްޓި އަތުން އިޝާރާތްކޮށްލުމުންނެވެ. މީހާގެ ނޭވާ އެތެރެހަށީ ތާށިވީފަދައިން މުނާގެ ހަރަކާތްތަށް ހުއްޓި ސިހުނެވެ. ފޯނު […]
ހޫނުވެފައިވާ ޖައްވުތެރެއަށް ފިނި ވައިކޮޅެއް އައުމާއި އެކު މީކާންއާއި އެއްވަރަށް ގަސްތަކާއި ފަތްތަށް އުދުހިގަތެވެ. ހިތުގެ އަޑީން އެ ދުވަހާއި މެދު ތައުރީފު ކޮށްލެވުނެއްކަމަކު މޫނުމަތީ ވަނީ ސީރިއަސްކަމެވެ. އެމޫނުމަތިން ނުފިލާ ސީރިއަސްކަމަކީ އޭނާގެ ސްމާރޓުކަން އިތުރުކޮށްދޭ އެހެނަސް މީހުން އޭނާ ދެކެ ޖެހިލުންވާ އެއް ކަމެވެ. އާދައިގެ މަތިން ކެބިންއަށް ދެވޭ ހަނި ރާސްތާއިން ދިމާވާ ކޮންމެ މީހަކަށް ބަލައިލުމެއްނެތި ބޯޖަހާލާފައި ދަނީ އެމީހުންގެ އަނގައިން ހެނދުނުގެ ތަހުނިޔާ އިވުމާއި އެކުގައެވެ. އެއްވެސް ތަރުތީބެއް ނެތި […]
“އީއްކޮއަށް އިނގޭނެ އޭނާގެ މަންމައާއި ބައްޕައާއި އެއްކޮށް ނޫޅެވޭނެކަން.. އަހަރެން މިވީ އަހަރުތަކުގައިވެސް އައިނާ ބެލީ.. އެހެންވީމަ ދެންވެސް ބަލާނީ އަހަރެން…” ނައިނާ އެހެން ބުނެފައި ދާން ހިނގައިގަތެވެ. ނަމަވެސް އައިޒަން އެނބުރިލާފައި ނައިނާގެ އަތުގައި ހިފާ އޭނާއާއި ވީ ދިމާލަށް ދަމައިގަތެވެ. ނައިނާ ގޮސްޖެހުނީ އައިޒަންގެ ގައިގައެވެ. އައިޒަން ދެލޯ މަރާލާފައި އޭނާގެ ދެއަތުން ނައިނާގެ ހިމަހަށިގަނޑު ވަށާލިއެވެ. ނައިނާ ދުރަށްދާން އައިޒަން ކޮށްޕާލަން އުޅުނަސް އައިޒަންއަށް ކަމެއްވާހެންވެސް ހީނުވެއެވެ. ހުދު އޭނާވެސް ހުރީ އެ […]
އައިޒަން ކައިރި ހުރި ނައިނާއަށް ބަލައިލިއެވެ. އޭނާ އަމިއްލަ ނަފްސް އެތަކެއް ފަހަރު ކުށްވެރިކުރަމުންދިޔައެވެ. ނައިނާ އައިޒަންގެ އަތުން އޭނާގެ އަތް ދަމައިގަނެފައި ދާން އުޅުނެވެ. ނަމަވެސް އައިޒަން ނައިނާގެ އަތުގައި ހިފަހައްޓާ އޭނާއާއި ވީ ދިމާލަށް ދަމައިގަތެވެ. އަދި ބައްދާލިއެވެ. “މިހެން ބުނުމުގެ ހައްޤު ފަހަރެއްގައި އަހަރެންނަށް ނޯވެދާނެ އެކަމް އަހަރެންނަސް މާފުކުރޭ… އަހަރެންގެ ފިނޑިކަމަށްޓަކައި އަހަރެންނަށް މާފުކުރޭ… އަހަރެން ތި ލޯތްބަށްޓަކައި އިންތިޒާރު ނުކުރެވުނީތީ މާފުކުރޭ…” އައިޒަން އެހެން ބުންޏެވެ. އެވަގުތު، މިވީ […]
ނައިނާ އައިޒަންއަށް ނުބަލަންވެގެން ފުރަގަސްދީގެން އިނެއްކަމަކު ލަސްވާތީވެ އަނެއްކާވެސް ބޯދިއްކޮށްލިއެވެ. ލައިގެން ހުރި ކަޅު ބުރުގާގެ މަތިން ދެލޯ ފެންނަވަރަށް ކަޅު ފޮތިގަނޑެއް އޮޅާލީ އޭނާގެ މޫނު އެކަކަށްވެސް ފާހަގަވާން ނޭދޭތީއެވެ. ނައިނާގެ ފެންނަމުން ދިޔައީ ދެލޯ އެކަންޏެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ދޮރާއި ކައިރިވެފައި އައިޒަން ކޮބައިތޯ ބަލާލިއިރު އައިޒަން ރެއިލިން ކައިރި ކޮއްޅަށް ހުއްޓެވެ. ކުރީގައި އޭނާގެ މަންޒިލަކީ އައިޒަންއެވެ. ދިރިއުޅުމަކީ އައިޒަންއެވެ. ނަމަވެސް މިއަދު އެ އައިޒަން އަކީ އޭނާގެ އެކައްޗެއްވެސް ނޫނެވެ. […]
އިބްތިޝާމްގެ އެހީގައި ނައިނާގެ އިތުރަށް ލީޝާވެސް އެނބުރި މާލެއައީ އެހެން ނަމެއްގައެވެ. އެހެން އާ މީހަކަށްވެގެންނެވެ. އިބްތިޝާމް އޭނާގެ އަމިއްލަ އެޕާޓްމެންޓަށް ނައިނާއާއި ލީޝާ ގެންގޮސް ދެމީހުންނަށްވެސް ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ނައިނާ ފެންވަރާލައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. މިހާރުވެސް ދެލޮލަށް ސިފަވަމުން ދަނީ މަރަށް ތެޅެމުންދާ ޝާމިރާއެވެ. މާރިޔާއަށް އެ ދިން އަނިޔާއަށްވުރެ އިތުރަށް އަނިޔާ ޝާމިރާއަށް ލިބެންޖެހޭނެއެވެ. ނައިނާ އެ ދުވަހު މަރާ ނުލާ ދޫކޮށްލިފަދައިން ޝާމިރާވެސް އެހާ އަވަހަށް މަރުވިޔަކަ ނުދޭނެއެވެ. […]
“ތީ އަސްލުވެސް އީއްކޮގެ މާމަތަ؟؟” ކާރުގައި އިށީނދެ އިން އައިނާ މައުސޫމްގޮތަކަށް އެ ސުވާލުކުރީ އޭނާއާއި ޖެހިގެން އިން ޝާމިރާއެވެ. ޝާމިރާ ހީލާފައި އައިނާގެ ބޮލުގައި ފިރުމާލިއެވެ. އަދި އާއެކޭ ބުންޏެވެ. ނައިނާ ދެކެ ކިތަންމެ ރުޅިއަޔަސް އޭގެ ބަދަލު އައިނާއަށް ދޭން ބޭނުންނުވަނީ އައިނާގެ ބޭނުން ހިފައިގެން ނޫނީ ނައިނާ އާއި އައިޒަންގެ ދެމެދުގައި އޮތް އެ ގުޅުން ނުކެނޑޭނެކަން އިނގޭތީއެވެ. އައިނާ މަންމަ ކޮބައިތޯ ސުވާލުކުރުމުން ޝާމިރާ ބުނީ މަންމަ އައިނާ ބައްޕި […]
އަނެއްދުވަހު ޝާމިރާ މާލެ ދޫކޮށްފައި ދިޔައީ އޮފީސް ދަތުރެއްގައި ރިސޯޓަކަށް ދަނީއޭ ބުނެފައެވެ. އައިޒަންއަށް އެކަމުން ޝައްކުނުވީ ޝާމިރާގެ މޮޅު ރޭވުންގަނޑުގެ ސަބަބުންނެވެ. ޝާމިރާ ދަމުން ދިޔައީ އިނާ އާއި އައިޝަމް އުޅޭލެއް ދުރުކަމުން ދެރަވާވަހަކަ ބުނެފައެވެ. އަދި އެކަމުންވެސް ހަމަޖެހުމެއްލިބޭނީ މާލޭ ބޭރުގައި އުޅެލީމައޭ ބުނުމުން އައިޒަން ފަސޭހައިން އެކަން ގަބޫލުކުރިއެވެ. މަންމަ ފުރުވާލާފައި އައިސް އޭނާ ގޭތެރެއަށް ވަނީ ހިތާހިތުން އައިޝަމްއަށް ކުދިކިޔަމުންނެވެ. ގޭތެރެއަށް ވަތްގޮތަށް އަޑަށް ބާރުލާފައި އައިޝަމްއަށް ގޮވުމުން އައިޝަމް ބޭރަށް […]
ފަތިހު ފުރި ލޯންޗު ނައިނާމެންނާއި އެކު އުނގޫފާރަށް ޖެއްސީ 9 ޖަހަނިކޮށެވެ. އަމާން ދަތުރަކަށްފަހު ނައިނާ ލޯންޗުން ފައިބާ އަމިއްލަ ރަށުގައި ފައިޖައްސާލުމާއި އެކު ކުރީ ތަފާތު އިހްސާސްއެކެވެ. ރައްކާތެރިކަން ލިބިއްޖެކަމަށް ހީކުރެވުނެވެ. ނައިނާ މުޅި ދިމާލަށް ބަލައިލިއެވެ. ބަދަލުތަކެއް ރަށަށް އައިސްފާވާއިރު ފެންނަނީ ތިން ހަތަރު ބުރިއަށް ހިއްލާފައި ހުރި އިމާރާތްތަކެވެ. އެއީ އޮފީސްތަށްކަން އިނގެނީ ނަންބޯޑު ބޮޑުއަކުން ލިޔެފައި ހުރުމުންނެވެ. ލޯންޗުގެ ކައްޕި ގުޅި ކާރު އައިސް އެމީހުންނާއި ކައިރިކޮށްލުމުން މާރިޔާއާއި ނައިނާއަދި އައިނާ […]