ސުހައިލް ތިރިއަށް ފައިބައިގެން ދިޔައެވެ. އޭނާގެ މިޝްރާބް ހުރީ ބަދިގެއާއި ދިމާލަށެވެ. ދިޔަ ބާރު މިނުގައި ގޮސް އޭނާ ހުއްޓުނީ ފަޒީލާއާއި ސާނިޔާގެ ކުރިމައްޗަށެވެ. “މަންމަވެސް އަދި ސާނިޔާވެސް އަޑުއަހާތި… އާޝާ ގެ މަންމައަކީ އެހެން މީހެއް ކަމުގައި ވިއެއްކަމަކު އެއީ އަހަރެންގެ ދަރިއެއް.. މިގެއަށް އުފަން.. ތި މަންމަގެ ބަނޑުން ވިހޭ… މިގޭގެ ދޮށީ ދަރިފުޅުގެ… އެހެންވީމަ އޭނާއަށް ވެސް އޮންނާނެ މިގޭގަ އުޅުމުގެ ހައްޤު.. މިހާރުވެސް ކަމެއް ކުރަން އުޅޭއިރު އެ ހުންނަނީ ބިރުން […]
“ތެންކިޔު…” އާޝާ އަނެއްކާވެސް އިޒާންއަށް ޝުކުރު އަދާކުރިއެވެ. އިޒާން ބޯޖަހާލީ ހިނިތުންވެލަމުންނެވެ. އިރުކޮޅެއްނުވެ ވިކާސް އައެވެ. އިޒާން އާޝާގެ އެނދު އުސްކޮށްލަ ދިނެވެ. އަދި ޕެކެޓް އާޝާއަށް ދިނެވެ. އާޝާ ޕެކެޓް ބޯން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ލުއިކަމެއް އައީ ދެނެވެ. “އަދި އޮންނާނެ އިނގޭ ކެއުން އިރުކޮޅަކުން” އިޒާން ބުނެލިއެވެ. އާޝާ ބޯ ޖަހާލިއެވެ. “އި..ޒާން… ގިޓާ ޖަހަން ހާދަ މޮޅޭ ލަވަ ކިޔާފަ…ނުވެސް ބުނަމެއްނު ގިޓާ ޖަހާވާހަކައެއް” އާޝާ ބުނެލުމުން އިޒާން ދެލޯ ބޮޑުކޮށްލިއެވެ. […]
…….. “މަން… ޔާޔާމެން ބޮޑު ވީމަ ވާނެ މެރީ ކުރަން ދޯ..” ކުޑަ ކުޑަ 6 އަހަރުގެ ލާޔާ ބުނެލީ އޭނާއާއި އެކު ކުޅެން އިން ސިމަން ކައިރިއެވެ. އޭރު ސިކުނޑިއަކަށް އެ ދެއްކެނީ ކޮންކަހަލަ ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.. ކައިވެންޏަކީ ކިހާ ބޮޑު ޒިންމާއެއް ކަމެއް އެ ކުޑަ ކުޑަ ސިކުނޑިއަކަށް ނަގައެއްނުގަނެވެއެވެ. އޭނާއަށް އެ ބަސްވެސް އިނގުނީ ކައިރި އުޅޭ މީހުން “މެރީ” ކުރަނީއޭ ބުނެ ބޮޑެތި ޕާޓީތަކާއި އެއްޗެހި ބާއްވާތިއެވެ. […]
“އެންމެންވެސް ވަރަށް ރުޅިއާދޭ އޭޝް ދެކެ… އެ ސިއްރު ހާމަވިޔަސް އޭނާ ބަލައިގަންނާނެ މީހެއްނުހުންނާނެ.. ކޮންމެ ގޮތެއްވިޔަސް އެއްތާކު ދޯ ޖެހޭނީ… އެހެންވެ އެއީ ބޭކަރު ކަމެއް އެހެންނޫނަސް ބޭބެ ބޭނުމެއް ނުވޭ އެ ސިއްރު އިނގޭކަށް ސޯ އިޒާން.. އަމް ޓްރަސްޓިން ޔޫ އަލޮޓް ވިތު އިޓް އިނގޭ…. އޭޝް އެންމެ ދެރަވަނީ އަސްލު އެހެންވެގެން… ސާނިޔާ. ބޭބެގެ ވައިފް.. އަސްލު އޭޝްއަށް ވަރަށް އެއްޗެހި ކިޔާފައި ހުރޭ.. މިހާރުވެސް ކިޔާ.. ސާނިޔާއާއި ދެކޮޅަށް އެއްޗެއް […]
“ސުހައިލް ކޮންތާކަށް ތި ދަނީ؟؟؟؟” ކުޑަ ފޮއްޓެއް ހިފައިގެން ސިޑިން ފައިބަމުން ދިޔަ ސުހައިލް ފެނި ސިޓީންގްރޫމްގައި އިން ފަޒީލާ ބުނެލިއެވެ. ފަޒީލާ އިށީނދެ އިން ސޯފާއިން ތެދުވެލިއެވެ. ކައިރި އިން ސާނިޔާ އާއި އިސްރާ އަދި ޝާޒްވެސް ތެދުވެލީ ހައިރާންވެފައި ހުރެއެވެ. “މަންމާ.. މަންމާ…. އޭޝް.. ހޮ..ހޮސްޕިޓަލުގައި.. އަހަރެން އެބަޖެހޭ އެކޮޅަށް ދާން ވަރަށް އަވަހަށް.. މަންމާ އަހަރެން ދަނީމި.. ސާނިޔާ….. ” ސުހައިލް އެންމެނާއި ހަމާލަށް އަރާލަމުން އެހެން ބުނެލާ ސާނިޔާއާއި ދިމާލަށް ބަލައިލިއެވެ. […]
އާދައިގެ ދުވަހެވެ. އިރު އޮއްސިގެން ދަނީ ޖައްވުގައިވާ ރީތި ކުލައަށް އޮރެންޖް ކުލައެއް ގެނުވާ އަނދިރިކޮށްލަމުންނެވެ. ބޭރުގައި އުޅުނިއްޔާ އުޅުނުބައެއްގެ މިޝްރާބް ހުރީ އެމީހެއްގެ ގެއަށެވެ. އިރު އޮއްސޭއިރު ކުޑަކުދިން ގެއަށް ވައްދާ އާދަ އަދިވެސް ވަނީ ހަރުލާފައެވެ. އެހެންނަމަ މި މަގުމަތިތަށް މިހާ ހިމޭނެއްނުވާނެއެވެ. ކުޑަކުދިން ކުޅެ ދުވާ އަޑު ނޫންއަޑެއް ނީވޭނެއެވެ. އަހަރެން ގެއްލިފައި އިނީ އޮއްސެމުންދިޔަ އިރަށެވެ. މާތް ﷲ އަށް ހަމްދު ކުރާ ކަންތަކުގެ ތެރޭ އެންމެ ހަމްދު ކުރެވެނީ […]
……………. “ސާނި… ހަނދާންވޭތަ މި ކޮޓަރިތެރޭ އަހަރެމެން އާ ދިރިއުޅުމެއްގެ ބިންގާ އެޅި ހަނދާން.. މި އެނދުގައި އޮވެ އެތަށް ރެއަކު އެކަކު އަނެކަކުގެ އަތު ތެރޭ ނިދިކަން…. ލޯބި ލޯބި އިސްކޮ މި ކޮޓަރިއަށް ގެނައި ދުވަސް؟ ހަނދާންވޭތަ؟” ސުހައިލް އެނދުމަތީ އިށީނދެލަމުން ބުނެލިއެވެ. ސާނިޔާއާއި އޭނާ ވާހަކަދައްކާ އެ ގެއްލުނު އިތުބާރު ހޯދަން ބޭނުންވެއެވެ. އަދިވެސް މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. ރޭގަނޑު މާލެ ލަފާ ގެއަށް އައިގޮތަށް މާ ބޮޑު ކަމެއް ނުވަތަ ވާހަކައެއްވެސް […]
އާޝާ ހެނދުނު ހެނދުނާއި ތެދުވެ ސައި ހަދަ ތައްޔާރުކޮށްލިއެވެ. އެކަނި އުޅެން އާދަވެފައި ވާތީ ހުރިހާ ކަމެއްވެސް ހަލުވިކަމާއިއެކު ކޮށްލުމަކީ އޭނާއަށް އުނދަގޫކަމެއްނޫނެވެ. އާޝާ ގެ ގޭ ފޯނު ރިންގްވާންފެށީ އޭނާ ސައިހަދާ ނިމި ކޮފީއެއް ބޯން އިންތަނާއެވެ. ތަށި ހިފައިގެން ދުވެފައި އާޝާ އައިސް ފޯނުނެގިއެވެ. “ހަލޯ…. ދަރިފުޅާ ކޮބާ ފޯނު؟ މިހާރު ކޮން އިރެއް ގުޅާތާ ފޯނަށް…” ސުހައިލް ފުރަތަމަވެސް ކުރީ ޝަކުވާއެވެ. “އަޅެ ސޮރީ ޑޭޑް ކޮޓަރީގަވީ…. އެބަ ގުޅަން ވައިބަރ އިން….” […]
“އުމްމް…” އެ ޒުވާނާ އެއްޗެއް ބުނަން އުޅުމުން އާޝާ އޭނާގެ ސަމާލުކަން އެ ޒުވާނާއަށް ހުއްޓާލިއެވެ. “އަސްލު ސޮރީ އެވަގުތު މޮޔައެކޭ ބުނެވުނީމަ.. އެން ރޫޑްކޮށް ވާހަކަ ދެއްކުނީމަ.. ކުޑަކޮށް ހަސްވީ ދޯ…. އަދި ވަކިން ދިވެއްސެއްކަން އިނގުނީމަ.. ފުރަތަމައަކު ނޭނގޭ ދޯ އެކަމް ފޯނެއްގައި ހުރެގެން ދިވެހިން ވާހަކަދެއްކި އަޑު އިވުނު އެހެންވެ… އަނެއްހެން ފެންނަގޮތުން ހީވަނީ ލަންކާ ކުއްޖެއްހެންވިއްޔަ.. ހެހެ އެ ދޮގެއް ބަލާލާފައިވެސް އިނގޭ ދެން ރާއްޖެ ކުއްޖެއްކަން” އެ ޒުވާނާ އެއްފަހަރު […]