އެެދުނީމޭ ލޯތްބާއި އުފާ 8
ސުހައިލް ތިރިއަށް ފައިބައިގެން ދިޔައެވެ. އޭނާގެ މިޝްރާބް ހުރީ ބަދިގެއާއި ދިމާލަށެވެ. ދިޔަ ބާރު މިނުގައި ގޮސް އޭނާ ހުއްޓުނީ ފަޒީލާއާއި ސާނިޔާގެ ކުރިމައްޗަށެވެ. “މަންމަވެސް އަދި ސާނިޔާވެސް އަޑުއަހާތި… އާޝާ ގެ މަންމައަކީ އެހެން މީހެއް ކަމުގައި ވިއެއްކަމަކު އެއީ އަހަރެންގެ ދަރިއެއް.. މިގެއަށް އުފަން.. ތި މަންމަގެ ބަނޑުން ވިހޭ… މިގޭގެ ދޮށީ ދަރިފުޅުގެ… އެހެންވީމަ އޭނާއަށް ވެސް އޮންނާނެ މިގޭގަ އުޅުމުގެ ހައްޤު.. މިހާރުވެސް ކަމެއް ކުރަން އުޅޭއިރު އެ ހުންނަނީ ބިރުން ފިއް ކަނޑައިގެން ދާ ވަރުވެފަ.. އެވަރު ވަނީ ކީއްވެކަން އިނގޭތަ؟ އެއީ 20 އަހަރު ވެފައި ހުރި ކުއްޖެކޭ.. އެކަމް ބަލާބަލަ އަމިއްލަ މިނިވަންކަމެއް ނޯވެ އަމިއްލަ ގޭގައި އުޅެލެވޭނެވެސް… އަދި ބުނަން…. ސާނިޔާ…!! މިހުރިހާ ދުވަހު އަހަރެން ބުނިން އެތަކެއް ފަހަރު ޔަޤީންކަން ދިނިން އާޝާ އެއީ އަހަރެންގެ ދަރިއެއް ނޫންކަން.. ސާނިޔާ ގަބޫލުނުކޮށް ތިހުރީނު ދޯ… ދެން އަހަރެން ނޫޅެން ސާބިތެއްވެސް ކޮށްދޭކަށް.. އިތުރު މީހަކަށް ޔަޤީނެއްވެސް ކުރުވާކަށް… ހަމަ ތެދަށް މި ބުނަނީ މިހާރު އެއީ ހަމަ އަހަރެންގެ ދަރިއެއް… އެކަމް ދެންއަހަރެންނަށް ހެޔޮ… ދެން އިތުރަކަށް އަހަރެން ބޭނުމެއްނޫން މި ގުޅުމަކަށް ކުޑަވެސް އުއްމީދެއް ކުރާކަށް.. މިހުރިހާ ދުވަހު ކެތްކޮށްލިން… ސާނިޔާ ރަނގަޅު އަނބިއަކަށް ނުވެވުނުތާނގައި ރަނގަޅު އަންހެނަކަށްވެސް ނުވެވުނު.. ކޮންމެ ތަނަކުން އައި ކުއްޖެއްވިޔަސް.. ފިރިމީހާގެ ދަރިއެއްކަމުގައި ވިޔަސް.. އެފަކީރު ގެ ކުށަކީ ކޮބާތަ؟؟؟ އޭނާ އެންމެ ތުއްތުއިރުންސުރެ ތި ވައްތަރުތަށް ތި ޖައްސަނީ.. ބުނަން ސާނިޔާ… ދެން ކަމެއް ވިޔަސް.. އަހަރެންގެ ދަރިފުޅާއި ދިމާލަށް އެއްޗެއް ބުންޏަސް، ވަރީގެ ލަފްޒް ބޭނުންކުރާނީ ސާނިޔާއެއްނޫން އަހަރެން..” ފަޒީލާއަށާއި ސާނިޔާއާއި ދިމާލަށް ރުޅިއައިސްގެން ބަލަން ހުރި ސުހައިލް އެތަނުން ނިކުމެގެން ދިޔައެވެ.
ސާނިޔާއަށް ލިބުނު ހައިރާންކަމުގައި ސުހައިލް ދިޔަ ދިމާ ބަލަން ހުރެވުނީއެވެ. ފަޒީލާ ސާނިޔާ ހަމަޔަކަށް އަޅުވާލީ ސުހައިލް އެހެން ބުންޏަސް އެކަހަލަ ކަމެއް ނުކުރާނޭ ބުނެފައެވެ. އަދި އެމީހުން ރޭވުމައިގެން ކުރިއަށް ދިއުމަށެވެ. އާޝާ ފެންވަރައިގެން ނިކުމެ ފުން ވިސްނުމެއްގައި ހުރީ އިޝާ އާއި އިސްރާ ވީތަން ނޭނގޭތީއެވެ. އެމީހުންނަށް އަޝާ އަންނަކަން އިނގިހުރެވެސް ހަބަރެއް ނުވެއެވެ. އާޝާ އެ ވިސްނުމުގައި ހުއްޓާ ލޮލުގައި އަޅައިގަތީ ގެނެއްސްފައި ހުރި ލަގެޖްތަކެވެ. އާޝާ އެއްޗެހިތަށް ލަގެޖް ތަކުން ނަގާލާ އަލަމާރިއަށާއި ކަބަޑުތަކަށް އަޅާލަން ފެށިއެވެ. އޭނާއަށް އެކޮޓަރި ހުރީ އާވެފައެވެ. ނަމަވެސް އޭނާއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.
އާޝާ ލަގެޖްތަށް އެއްފަރާތަކަށް ޖައްސާލުމަށްފަހު އެނދުމަތީ އިށީނދެލިއެވެ. އެވަގުތު ދޮރު ހުޅުވާލި އަޑަށް އާޝާ ކުރިމަތި ބަލައިލިއެވެ. އެއީ ސުހައިލްއެވެ. އާޝާ ސުހައިލްއަށް ހިނިތުންވެލިއެވެ. ސުހައިލް އާޝާ ކައިރި ކާން އައުމަށް ބުނެލިއެވެ. އާޝާ އެކަމަށް އެއްބަސް ނުވީ އެންމެ ފުރަތަމަވެސް ގެއަށް ވަތްތަނުން ފެނުނު މަންޒަރުހިތަށް އެރުމުންނެވެ. “ޑޭޑް ޕްލީސް ނުދާނަމޭ….. އެނީވޭ ޑޭޑް ކޮބާތަ އިސްކޮ؟ އެން އިޝާ؟؟” އާޝާ އަހާލިއެވެ. ސުހައިލް ހިނިތުންވެލިއެވެ. “އާދޭ…” ސުހައިލް އާޝާގެ އަތުގައި ހިފާލައިފައި ކޮޓަރިން ނިކުމެލިއެވެ. އާޝާ ހީކުރީ އެ ގެންދަނީ ކާންކަމަށް ހީކޮށް ތުންދަމާލިނަމަވެސް ސުހައިލްގެ ފަހަތުން ދިޔައެވެ. ނަމަވެސް ސިޑި ހުރަސްކޮށް ކުރިމައްޗަށް ދާންފެށުމުން އާޝާގެ ހިތުގައި ސުވާލު އުފެދުނެވެ. “ޑޭޑް.. ކޮންތާކަށް؟” އާޝާ އަހާލިއެވެ. “ވެއިޓް…” ސުހައިލް ބުނެލިއެވެ. އެއަށްފަހުގޮސް ކޮޓަރިއެއްގެ ދޮރުމަތީ ހުއްޓެލިއެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން އެ ކޮޓަރިން ދޮރު ހުޅުވުނެވެ. އަރީފް އާޝާ ގޮވައިގެން އެތެރެއަށް ދެމިގަތެވެ. އާޝާ ވަނުމާއި އެކު ކަނު އަނދިރިއަށްވެފައި އޮތް އެ ކޮޓަރި ދިއްލުނެވެ. އެއާއި އެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިނެވެ. މުޅި ތަޅުންގަނޑުމަތީ ވަނީ ހުސް ފުއްޕާހަމެވެ. ކުރިމަތީ ހުރި އިސްރާއަށާއި އިޝާއަށް އަދި އިޒާންއަށްވެސް އާޝާއަށް ބަލައިލެވުނީ އެ ސިހުމުގައެވެ. އިސްރާއާއި އިޝާ ދެވަނަ ސިކުންތުގައި ފެނުނީ އާޝާގެ ގައިގާ ބައްދާލައިގެން ތިއްބައެވެ. ސުހައިލް ހިތްހަމަޖެހުނީ އާޝާއަށް އަޅާލަން އެ ދެމީހުންނަމަވެސް ތިބުމުންނެވެ. އިޒާން އަށް ހިނިތުންވެލުމަށްފަހު އަނެއްކާވެސް ސުހައިލް އެ ތިންކުދިންނަށް ބަލައިލިއެވެ.
އާޝާ އަށް ރޮވޭގޮތް ވިއެވެ. ނަމަވެސް އެ ކަރުނަތަށް ފޭބުމުގެ ކުރިން އިސްރާ ފޮހެލަދީ އެމީހުން ތައްޔާރު ކުރި ކޭކު އާޝާއަށް ދައްކާލިއެވެ. އެތަށް އިރަކު އެ މަޖަލުގައި ތިބުމަށްފަހު ކާން އެންމެންވެސް ފޭބިއެވެ. އިޒާން ފަހުން ދާނެކަމަށް ބުނެ ކޮޓަރިއަށް ވަދެލީ އަރާމުކުރުމުގެ ގޮތުންނެވެ.
ސުހައިލްގެ ފަހަތުގައި ސުހައިލްގެ އަތުގައި ހިފައިގެން ފައިބަމުން ދިޔަ އާޝާއާއި މެދު ފަހަތުން ފައިބަމުން ދިޔަ އިޝާއަށާއި އިސްރާގެ ހިތުގައި ހަމްދަރުދީކަން އުދެފުނެވެ. އާޝާ ހުރީ އިސްޖަހައިގެންނެވެ. ފިޔަވަޅުތަށް ކުރިއަށް އެޅޭވަރަކަށް އޭނާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. މޭޒާއި ހަމާލަށް ދެވެންދެންވެސް އާޝާ ހުރީ އެގޮތުގައެވެ. ސުހައިލް އާޝާ ބޭންދުމަށްފަހު އާޝާ ކައިރި އިށީނދެލިއެވެ. އިޝާއާއި އިސްރާވެސް އިށީނދެލިއެވެ. ބޭރުން ބައެއް ސާމާނު ގަނެގެން ބަދިގެއާއި ދިމާލަށް ދިޔަ ސާޒްއަށް އާޝާ ފެނުމާއި އެކު ހުރިތަނަށް ގަނޑުވެވުނެވެ. އަދި ސުހައިލްއާއި ދިމާލަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން ހުއްޓާ އޭނާ ސިއްސައިގެން ދިޔައީ ފަޒީލާ ގޮވާލުމުންނެވެ. “މަ..މަން..މަންމާ….އެ..އެއީ އާޝާ؟؟” ސާޒް އަހާލިއެވެ. ފަޒީލާ ފޫހިގޮތަކަށް އާއެކޭ ބުނެލުމަށްފަހު މޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައި އުޅުނެވެ. ސާޒް އަނެއްކާވެސް އާޝާއާއި ދިމާލަށް ބަލައިލުމަށްފަހު އެތެރެއަށް ވަނެވެ. “ބައްޕާ ކޫބެއްތަ އަކަށްވެސް ނޭނގެ؟؟” ސާޒްގެ އެ ހަރަކާތް ސިއްރުން ބަލަން އިން އާޝާ މަޑު މަޑުން އަހާލިއެވެ. ސުހައިލް ކޮނޑު ހިއްލާލިއެވެ.
ފަޒީލާ ތުން ތަޅުވަމުން އައިސް ގެނައި ރިހަ އެތި މޭޒުމަތީ ބެހެއްޓިއެވެ. “ސާޒް.. ސާނިމް އަށްވެސް ގޮވާބަލަ އެބައިން ސްޓަޑީ ރޫމްގައި…..” އެތާ މަޑުކޮށްލާފައި ފަޒީލާ ބުނެލީ ސާޒްއަށް އިވޭވަރަށް ތަންކޮޅެއް ބާރަށެވެ. އާޝާ އިނީ އިސްޖަހާލައިގެންނެވެ. ސާޒްއާއެކޭ ބުނެލުމަށްފަހު ބަދިގެއިން ނިކުމެލިއެވެ. ނިކުންނަމުންވެސް ސާޒް އާޝާއަށް ބަލައިލިއެވެ.
ސާނިޔާ ބަދިގެއިން ތަށިތަކާއި އެއްޗެހި ނެރުނެވެ. ބަތް ތަށްޓާއި ފިނިފެނާއި ފެން ބޯ ތަށިތަށް މޭޒުމައްޗަށް ކައިރިކޮށްލިއެވެ. ސާނިޔާ ވެސް ހުރީ ހިތްހަމަނުޖެހިފައެވެ. އިސްރާވެސް އިނީ އާޝާއާއި ޖެހިގެންނެވެ. އެހެންކަމުން އިތުރަށް އޭނާ ރުޅިއައެވެ. “އިސްރާ!!! މިހާރު ތީ ބޮޑު އަންހެނެކޭ… ބަދިގޭގަ އަހަރެމެން އުޅޭ އިރު އެހީވާންވެސް ހިތަކަށް ނާރާތަ؟؟ ގޮސް ކޮޓަރީގައި އޮންނާކަށް؟” ސާނިޔާ ބުނެލިއެވެ. އިސްރާ އެއްޗެއް ނުބުނެއެވެ. “މިއަދު އެކަނި ނުކުރުމުން ނުކުރެއެކޭ ނުބުނެވޭނެ ދޯ އިސްކޮ… އޭނާ އަބަދުވެސް އުޅެނީ ބަދިގެތެރެއަކު ނޫންތަ މި ހުރިހާ ދުވަހު..” ސުހައިލް ޖަވާބު ދިނެވެ. ހުރީ ހިތްހަމަނުޖެހިފައި ކަމަކު އޭނާ ހަމަޔަކަށް އަޅުވާލިއެވެ. “އަނހަ!! އަންހެނަކަށް ނޯންނާނެ މިއަދެއް އިއްޔެއެއް.. ޖެހޭނީ ކަންތަށް ކުރަން ކޮންމެ ކަމެއްވިޔަސް.. މިގޭގައި އަންހެންކުދިން ކާންހަދާ އެއްޗެއް ކަންޏާ ޖެހޭނެ އެ ހަދަން އެހީވެދެން.. ގޮސް ކޮޓަރިއަކު ނޫން އޮންނާނީކީ… ބޮޑުވީވަރަކަށް ކަންނެތް ވާކަށް ނޫންޖެހޭނީ…. ބަދިގޭގައި އުޅުން ގިނަ ކުރަންޖެހޭނީ… ދެން މިއަދަށްފަހު އިސްރާ ޖެހޭނެ އެހީވާން އިނގިއްޖެއެއްނު.. އިސްރާ އެކަންޏެއްނޫން.. ދެން ތިބި މީހުންވެސް… އިޝާ އަށްވެސް ވާވަރަކުން އެހީވެދެން ޖެހޭނެ…” ސާނިޔާ އެ ހުރިހާ އެއްޗެއް ކިޔާލުމަށްފަހި ބަދިގެއާއި ދިމާލަށް ދިޔައެވެ. ސުހައިލް ދެފަރާތަށް ބޯ ހަރަކާތްކޮށްލިއެވެ. އެއީ އާޝާ ލައްވުވާ މަސައްކަތްކުރުވަން ކަން ރަނގަޅަށްވެސް ސުހައިލްއަށް އިނގުނެވެ.
އިޝާއާއި އިސްރާ ތަށްޓަށް ބަތް އަޅަމުން ދިޔައެވެ. ނަމަވެސް އާޝާ އިނީ އެއްވެސް ކަމެއް ނުކޮށެވެ. ސާނިޔާއާއި ފަޒީލާވެސް އެމީހުންނާއި ބައިވެރިވުމުގެ ގޮތުން އިށީނދެލިއެވެ. އަދި ބަތް އަޅަންފެށިއެވެ. ސުހައިލް އާޝާއާއި ދިމާލަށް ބަލައިލުމަށްފަހު އާޝާއަށް ބަތް އަޅާން އުޅުނެވެ. “ޑޭޑް… ކޫބެއާއި ކޫބެއްތައެއް ނާދެއެއްނު އަދިއެއް.. ކާ…ކާފަ ވެސް…” އާޝާ އަތުން ނާޅަން ހަރަކާތްކޮށްލަމުން ބުނެލިއެވެ. ސުހައިލް އާޝާއާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އަދި އަޅަން އުޅުނު ބަތް ކޮޅު ނާޅާ ބެހެއްޓިއެވެ. އާޝާގެ ކުރިމަތީ ފަޒީލާ އިނުމުން އޭނާ ހުރީ ބިރުގަނެފައެވެ.
ކާން އައި ސަނީމްއަށާއި ސާޒްއަށް އާޝާ ގެ އެ ޖުމްލަ އަޑު އިވުމުން އެކަކު އަނެކަކާއި ދިމާ ބަލައިލެވުނެވެ. ސާނިޔާއާއި ފަޒީލާވެސް ބަތް އެޅިގޮތަށް އާޝާއާއި ދިމާލަށް ބަލަން ތިބެވުނެވެ. ސާނިޔާ ކިތަންމެ ރުޅިއައި ކަމުގައި ވިޔަސް އާޝާގެ އުޅުން ވަރަށް ކަމުދެއެވެ. 10 އަހަރު ވަންދެން އޭނާ ދަސްކޮށްދިން އަދި ދިން ތަރުބިއްޔަތު ރަނގަޅަށްވެސް އާޝާގެ ގައިގައި ވަނީ ހިފާފައެވެ. އެކަމަކު މި ހުރިހާ އަހަރުތަކު އެކީ ކައިރި އުޅުނު އިސްރާއަށް އެ ކަންތަށް އަދިވެސް ނޭނގެއެވެ. އަވަހަށް ކާންވެސް އެފެށީތާއެވެ. ފަޒީލާ އާއި ސާނިޔާ އެކަކު އަނެކަކާއި ދިމާ ބަލައިލުމަށްފަހު އެމީހުން ކެއުމައިގެން ކުރިއަށް ދިޔައެވެ.
“ކާފަ ވީ މުހިންމު ކަމަކު ރަށަކަށް ގޮސް… އެހެންވެ ދެން އޮތް 2 މަސް ވަރު ވަންދެން ކާފަ އެއް ނާންނާނެ…. ” ސުހައިލް ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އިށީނދެލި ސަނީމްއަށާއި ސާޒްއަށެވެ. ސާޒް ސަނީމްއަށް ބަތް އަޅައިދިނުމަށްފަހު ކާން ތައްޔާރުކޮށްލަދިނެވެ. އާޝާވެސް ކާންފެށީ ދެނެވެ. އެންމެން އެއްވަރަކަށް ކައި ނިންމާލިއެވެ. އާޝާ އޭނާގެ ތަށީގެ އިތުރުން ސުހައިލްގެ ތަށި ހިފައިގެން ބަދިގެ ތެރެއަށް ވަނީ އެ ދޮއެލުމަށްޓަކައެވެ. އޭރު އެންމެންހެން ކާ ނިމިއްޖެއެވެ. ސާނިޔާ ފުރުސަތުގެ ބޭނުންހިފައި އެތެރެއަށް ދެމިގަތީ ސުހައިލް ދިޔުމުންނެވެ. “އާޝާ ބުނަން.. މިތާ އުޅެންޏާ ޖެހޭނެ މި ހުރިހާ ކަމެއްވެސް ކުރަން.. ހީކުރަން ދެން ފެންނާނެ ކަމަށް މަސައްކަތްކުރާތަން… އެހެންނޫނީ ކާކަށް ނުލިބޭނެ.. އަމިއްލައަށް ހަދައިގެން ކާންޖެހޭނީ.. އަހަރެން ބުނާ ކަންތަށްވެސް ކުރަންޖެހޭނެ… ކޮންމެހެން ހީނުކުރާތި މިގޭގަ އުޅެވޭތީވެސް އިސްރާއާއި ކައިރިވެވޭނޭ… އަދި ސުހައިލްއާއި އަހަރެންގެ މެދަކަށް ވަދެވޭނޭ.. ދުވަސްކޮޅަކުން އާޝާ ޖެހޭނީ ދާން… މިގެއިންވެސް… ތީ މިގެއަށް ނިސްބަތްވާ ކުއްޖެއްނޫން.. އިނގިއްޖެ އެއްނު..؟” ސާނިޔާ އެހެން ބުނެލިއެވެ. އާޝާ ހުރީ ސާނިޔާއާއި ދިމާލަށް ފެންކަޅިވެފައި ހުރި ހާލު ބަލަންށެވެ. “އިނގިއްޖެއެއްނު؟” ސާނިޔާ ތަކުރާރުކޮށްލިއެވެ. އާޝާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ސާނިޔާ ވިހަ ގޮތަކަށް ހިނިތުންވެލުމަށްފަހު ފަސްއެނބުރުނީ ދާންށެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ސާޒްއަށެވެ. މާ ބޮޑު ކަމަކަށް ނުހަދާ ސާނިޔާ ސާޒްއަށް ފަހުރުވެރި ހިނިތުންވެލުމަށްފަހު ހިނގައިގަތެވެ.
ސާޒް އެ ހުރިގޮތަށް ތަށިތަށް ހިފައިގެން ހުރީ އާޝާ ގެ ހަރަކާތްތަކަށް ބަލާށެވެ. ސާނިޔާ ދެއްކި ވާހަކަތަށް ރަނގަޅަށް އޭނާއަށް އިވުނެވެ. އަންހެނަކު ނުބައި ވެވޭނީ އެވަރަކަށެވެ. ކައި ނިމިގެން ދިޔަ އެންމެންގެ ތަށިތަށް ހިފައިގެން ސާޒް އައީއެވެ.
އާޝާ ކަރުނަތަށް ފޮހެލި މަންޒަރު ސާޒްއަށް ފެނުނެވެ. “މަންމާ… ކީއްވެތަ އޭޝް ވެސް ނުގެންދިޔައީ.. މަންމައާއި އެކީ މަރުވެވުނު ނަމަ މާ ރަނގަޅުވިސް..” ރޮމުން ދިޔަ އާޝާ އަށް އެހެން ބުނެލެވުނެވެ. އޭނާއަށް ކުރާ އަސަރު އެ އަޑު އަހާލި ކޮންމެ މީހަކަށްވެސް އިހްސާސްވާނެއެވެ. އާޝާ އިރުކޮޅަކު ދެއަތް ވިއްދާލައިގެން ހުރުމަށްފަހު ނޭފަތް ދަމާލާ ތަށިތަށް ދޮވެލިއެވެ. ސާޒް ހުރީ ފެންކަޅިވެފައެވެ. އާޝާއާއި މެދު އޭނާ ހަމްދަރުދީވެވުނެވެ. މީ އޭނާގެ ދޮންތަގެ ދިރިއުޅުން ބަރުބާދުކޮށްލި ހަމައެކަނި ސަބަބުކަން ސާޒްއަށް އިނގުނަސް އެއީ އެފަކީރުގެ ކުށެއްނޫނެވެ. އޭނާއަށް އެ އަދަބު ލިބޭކަށް ނުޖެހޭނެއެވެ. ދިރިއުޅުމުގެ ހައްޤު އޮންނާނެއެވެ. އާޝާ ތަށިތަށް ދޮވެލުމަށްފަހު ފަސް އެނބުރުމާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. އިތުރު ފިޔަވަޅެއްވެސް އަޅަން ނުކެރި އެ ހުރިގޮތަށް ހުރެވުނެވެ. ސާޒްއަށް އާޝާ އެހާ ކައިރިން މި ފެނުނީ އަލަށެވެ. ހީވަނީ އިޝާ ހެންނެވެ. އެހާވެސް އިޝާއާއި ވައްތަރެވެ. އެ ކަހަލަ ރީތި ބޯ އިސްތަށިގަނޑެކެވެ. ބޮޑު ދެލޮލާއި އެކަހަލަ ނޭފަތެކެވެ. ސާޒްއަށް އިރުކޮޅަކު އެހެން ބަލަން ހުރެވުނެވެ.
އާޝާ އަވަސް އަވަހަށް އިސްޖަހާލުމަށްފަހު ދާން ހިނގައިގަތެވެ. ސާޒް އާޝާ ދިޔަތަން ބަލަން ހުރުމަށްފަހު އޭނާވެސް ތަށިތަށް ދޮވެލުމައިގެން އުޅުނެވެ.
އާޝާ ކޮޓަރިއާއި ދިމާލަށް ދިޔުމުގެ ކުރިން ވަނީ އިޒާން ކޮބައިތޯ ބަލައިލާށެވެ. އިޒާންއަށް އޭނާ ހިއްސާކޮށްލަން ބޭނުންވީ އަނެއްކާވެސް އެކަހަލަ ކަތިފިޔަވަޅެއް އޭނާއަށް އެޅިދާނެތީއެވެ. ބައްޕަ ކައިރި ސާނިޔާގެ ވާހަކަ ދައްކައިގެން މައްސަލަތަށް ބޮޑުވުން ނޫންކަމެއްނުވާނެއެވެ. އާޝާ ކޮޓަރީގައި ދެފަހަރު ޓަކި ޖަހާލުމަށްފަހު ދޮރުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އާޝާ ފުރަތަމަވެސް ބޯ ދިއްކޮށްލީއެވެ. އޭރު އިޒާން އޮތީ ނިދިފައެވެ. ރިންގް ވަމުން ދިޔަ އޭނާގެ ފޯނުން ވަނީ ކޮޓަރީގައި އަޑު ހިފާލާފައެވެ. ނަމަވެސް އިޒާންއަށް އެއަޑު އިވިގެން ނުވެސް ހޭލެވުނެވެ. އިޝާ އެތެރެއަށް ވަނުމަށްފަހު އިޒާންގެ ފޯނު ބަލައިލިއެވެ. ގުޅަނީ އިޒާންގެ މަންމައެވެ. އާޝާ ފޯނު ނަގާލިއެވެ. އަދި އިޒާންގެ މަންމައައި ވާހަކަ ދައްކަން ފެށިއެވެ.
ކޮޓަރިއާއި ދިމާލަށް ދިޔަ ސަނީމްއަށް އާޝާ އިޒާންގެ ކޮޓަރިއަށް ވަތް ތަން ފެނުމުން ބޯ ދިއްކޮށްލިއެވެ. އޭނާއަށް އާޝާ އަންނަކަމެއް ނޭނގެއެވެ. ގޭގެ އެކަކުވެސް ނުވެސް ބުނެއެވެ. އާޝާގެ ފަހު ހަބަރަކަސްވެސް އޭނާއަށް ލިބުނީ އާޝާ ރަނގަޅު ވި ވާހަކައެކަންޏެވެ. އިޒާންއާއި ދިމާލަށް ސަނީމް ބަލައިލީ އެއީ ކާކުކަން ނޭނގޭތީއެވެ. އާޝާ ހެވިފައި ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައެއް ކަމަކު އެ މޫނުމަތީ ވަނީ ހިތާމައެވެ. ދެލޮލުގައި ވަނީ ކަރުނައެވެ. ސަނީމް އެހެން ހުރެލުމަށްފަހު ފަސް އެނބުރި ބަލައިލީ މީހެއްގެ ހިލަމެއް ވުމުންނެވެ. ފަހަތުން ހިނގައިފައި އައި ސުހައިލް ފެނުމުން ވަގުތުން ސަނީމް ދޮރު ކައިރިކޮށްލާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ހިތާހިތުން ސުހައިލްއަށް އެ މަންޒަރު ނުފެންނާނެކަމަށް ދުޢާ ކުރަމުންނެވެ.
ނަމަވެސް ސަނީމްއަށް ނޭނގޭ ކަމަކީ ސުހައިލް ސަނީމްގެ ހަރަކާތްތަކަށް ބަލަން ހުރިތާ އެތަށް އިރެއް ވެއްޖެކަމެވެ.. ސުހައިލް އައިސް އިޒާންގެ ކޮޓަރިއަށް ވަނެވެ. އޭނާއަށްވެސް އާޝާގެ މޫނުމަތިން ފެނުނީ ހިތާމައެވެ. އެ ސަބަބު ހޯދަން ވަގުތުން އޭނާ ބޭނުންވިއެވެ. ނަމަވެސް އޭނާ ހުރީ ފޯނެއްގައެވެ. އިޒާން ހަމަޖެހިލާފައި ނިދާފައި އޮތެވެ. އާޝާ ފޯނު ކަނޑާލުމަށްފަހު އިޒާން ގެ ކައިރި ފޯނު ބާއްވާލިއެވެ. ސުހައިލް ގެ ފަހަތުން އާޝާ ވެސް ނިކުމެލިއެވެ. އޭނާ ކުޑަކޮށް ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި ހިތާމައިގެ މޫނުމައްޗަށް އުފާވެރިކަން ގެނުވިއެވެ. ސުހައިލް އާޝާ ގޮވައިގެން އާޝާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ސިއްރުން އެ މަންޒަރު ބަލަން ކޮޓަރި ދޮރުމަތީ ފިލާ ހުރި ސަނީމް އޭނާގެ ކޮޓަރިތެރެއަށް ވަދެލިއެވެ. އަދި ބެލްކަނިއަށް ނިކުމެލީ އެމީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ބޭނުމުގައެވެ. ސަނީމްގެ ކޮޓަރިއާއި އާޝާ މިހާރު އުޅޭ ކޮޓަރީގެ އިތުރުން ސަނީމްގެ ކޮޓަރީގެ އެކޮޅަށް ހުރި އިޝާގެ ކޮޓަރި ވަނީ އެއް ބެލްކަނިއަކުން ގުޅާލެވިފައެވެ. އެހެންކަމުން ފަސޭހަކަމާއި އެކު އެ ކޮޓަރިން ދައްކާ ވާހަކަ ސަނީމްއަށް އިވޭނެއެވެ. އޭނާ އެ ކޮޓަރިއާއި ތަންކޮޅެއް ބޮޑަށް ކައިރިވެލިއެވެ.
އާޝާ ގޮވައިގެން އައި ސުހައިލް އާޝާ އެނދުމަތީ ބޭންދިއެވެ. އަދި އޭނާ އާއި ޖެހިގެން އިށީނދެލިއެވެ. “ޕްރިންސެސް.. ކިހިނެއްވެފައި؟ ދޮގު ނުހަދަންޗޭ… ބައްޕައަށް އިނގޭ ކަމެއް ވެއްޖެކަން.. މީހަކު އެއްޗެކޭ ބުނީތަ؟ ދައްތަ އެއްޗެއް ބުނީތަ؟” ސުހައިލް ބުނެލީ އާޝާގެ މޫނަށް ބަލަން އިނދެއެވެ. އާޝާ ވަގުތުން ދެފަރާތަށް ބޯ ހޫރާލިއެވެ. “ދެން ބައްޕަ ކައިރި ބުނެބަލަ ވީ ގޮތް.. ކީއްވެފަ ތިހުރީ؟ ހީނުކުރަންޗޭ ބައްޕައަށް ފޮރުވޭނޭ އިނގޭ.. ބައްޕައަށް ބައްޕަގެ ޕްރިންސެސް ރަނގަޅަށްވެސް ހުރީ ދަސްވެފައި.” ސުހައިލް ބުނެލިއެވެ.
ނުނިމޭ
6017 Comments
Comments are closed.
hey guys… hope mi part vx rythi vaane kamah n yeah there may b mistakes as i didnt check this one n hama up mi khly… but dhn up kuraa parts kiyaafa mistakes rangalhu khfa i will upload in sha Allah.. thnkyw so much for the comments.. n keep reading love n miss ????
Nice… Waiting for next part. U r the best ryn.. I luv ur stories…
Nice
V v v v v v v salhi anenpart avahah up kolla dheebala
Yaa baeh mistakes ebahuri …”anbiakah ” rangalhu gothaky ainbakah hen hyvany btw mi part vx v rythi n ash ge hageegaii ingeyny kn irakuntha? ???
Nice
V reeeethi…ekam haadha lahun thi up kuranee?…
Vaahaka hama obi?
vv reethi..??
Vaahaka hama awesome
Next part avahah up kohdhehchey ryn
i guess aashaa is saneem’s daughter…?
nice
Keehve tha ehaa lahun up kuranee.. Las nukoh up kohla dhecehy pls
Mi story ge name kiyaairah kiyeny mihn… Edhunymey loehbaa ufaa..fenifaa yaar ufaa…loehbbey yaar ufaa…lol aslu sng aa story ge name aa gulhumeh vs neh..ekamuvs hama kiyeny ehen…btw story hama vvvv habbu.. Ekam avahah up kollaathi ingey..maa las -_- tc & yes..ily ryn❤❤❤??
Alifu sukun jahan jehey thanthaaga noony sukun jahaafa ebahuri, anekkaa baeh bas beynun kurewifa hury rangalhakah noon. Dhen faharakun check kohfa up kurahchey ingey. Ehen noony kiyairu v undhagoo wey
Sorry noonu sukun
varah riythi…..avahah up kohlahchey…varah kiyaahiyvey………….