Skip to content
އެސްފިޔަ

އެދުނީމޭ ލޯތްބާއި އުފާ 5

“ސުހައިލް  ކޮންތާކަށް ތި ދަނީ؟؟؟؟” ކުޑަ ފޮއްޓެއް ހިފައިގެން ސިޑިން ފައިބަމުން ދިޔަ ސުހައިލް  ފެނި ސިޓީންގްރޫމްގައި އިން ފަޒީލާ ބުނެލިއެވެ. ފަޒީލާ އިށީނދެ އިން ސޯފާއިން ތެދުވެލިއެވެ. ކައިރި އިން ސާނިޔާ އާއި އިސްރާ އަދި ޝާޒްވެސް ތެދުވެލީ ހައިރާންވެފައި ހުރެއެވެ. “މަންމާ.. މަންމާ…. އޭޝް.. ހޮ..ހޮސްޕިޓަލުގައި.. އަހަރެން އެބަޖެހޭ އެކޮޅަށް ދާން ވަރަށް އަވަހަށް.. މަންމާ އަހަރެން ދަނީމި.. ސާނިޔާ….. ” ސުހައިލް  އެންމެނާއި ހަމާލަށް އަރާލަމުން އެހެން ބުނެލާ ސާނިޔާއާއި ދިމާލަށް ބަލައިލިއެވެ. ސާނިޔާ ކިތަންމެ ރުޅިއައިކަމުގައިވިޔަސް އޭނާ ދާން މިވަގުތު މުހިންމެވެ. ސާނިޔާ އަނެއްފަރާތަށް މޫނު އަނބުރާލުމަށްފަހު އެތަނުން ދިޔައީ ސުހައިލް އާއި ދިމާ ބަލައިވެސްނުލައެވެ. ސުހައިލް  އިސްޖަހާލިއެވެ. ސާނިޔާއާއި ސުހައިލް ގެ ގުޅުން ރަނގަޅުކުރަން ފިޔަވަޅެއް އަޅާވަގުތު ކޮންމެވެސް ކަމެއް އޮންނަނީ ޖެހިފައެވެ. ސުހައިލް  މާ ބޮޑު ވިސްނުމެއް ނެތި އިސްރާއާއި ދިމާ ބަލައިލިއެވެ. އިސްރާގެ ހާސްވެފައި ވާ މޫނުން ސުހައިލް އަށް އޭނާ ދެރަވީވަރު އިނގުނެވެ. އިސްރާ އާޝާއަށް ވީގޮތާއިމެދު ސުވާލުކޮށް އޭނާ ދާންބޭނުންވާ ވާހަކަ ބުނެލިއެވެ. “ދަރިފުޅާ… ބައްޕައަކަށްވެސް ނޭނގެ މާ ބޮޑަކަށް… އެކޮޅުން އޭޝްގެ ރައްޓެއްސެއް ގުޅާފަ ބުނީ…. ވަރަށް ސީރިއަސްހެންހީވަނީ….. އިސްކޮ އެކަމް މަޑުކުރޭ… މަންމަ އެކަނިވާނެ… ބައްޕައަށް އާދެވުނުހާ އަވަހަކަށް އަންނާނަން… އެކަމް އޭޝް… މިގަޑީގަ..” “ޑޭޑް… އޯކޭ ދެން އަޅުގަނޑު ހުރެދާނަން.. އެކަމް ޑޭޑް ވާނުވާ އަންގަންޗޭ.. ޑޭޑް.. އޭޝް ކޮއްކޮ…….” އިސްރާ ވާހަކަ ދައްކަމުންގޮސް ފަޒީލާއާއި ދިމާލަށް ބަލައިލިއެވެ. އޭރު އޭނާ ލޯ އަޅާލައިގެންހުރިކަން އިސްރާއަށް ފާހަގަކުރެވުނެވެ. “އޭޝް… އޭޝްގެ ހަބަރުވެސް ބުނެލާތި.. ޓޭކް ކެއަރ..” އިސްރާ ރޮވިފައި ހުރެ އެހެން ބުނެ އޭނާގެ ޖުމްލަ ފުރިހަމަކޮށްލިއެވެ. ފަޒީލާވެސް މާ ބޮޑު އެއްޗެއް ނުބުނެ ސިޑީއައި ދިމާލަށް ދިޔައެވެ. ޝާޒް ސުހައިލް  އާއި ދިމާލަށް ބަލައިލުމަށްފަހު ބޯ ޖަހާލިއެވެ. އަދި އެނާވެސް ދިޔައީއެވެ.

އިސްރާ ސުހައިލް  ގެއިން ނިކުންނަންދެން އެތާ ހުރުމަށްފަހު ކޮޓަރިއައި ދިމާލަށް ދުވެފައި ދިޔައީ ރައްޓެއްސެއްކައިރި އަހައިގެން ނަމަވެސް އޭޝްއަށްވީގޮތް އިނގޭތޯ ބަލައިލުމަށެވެ.

 

 

……………

އިޒާން ހޮސްޕިޓަލަށް ވަންއިރު ހުރީ ފުންވިސްނުމެއްގައެވެ. އާޝާ އެކަން ކުރަން މެދުވެރިވި ސަބަބެއް އެނާ ވިސްނާ ވިސްނާވެސް ނޭނގުނެވެ. އާޝާ ހުރީ މުޅިން ހަމަޔަކަށް އެޅިފައެވެ. ނަމަވެސް ކޮޓަރިއަށް ވަތްފަހުން އޭނާގެ ސިކުނޑިއަށް އުނދަގޫވާކަހަލަ ކަމެއް ދިމާވީކަން ޔަޤީނެވެ. އެއްދުވަހަކު އެތަށް ފަހަރަކު އެކަހަލަ އެޓެކްސް ސިކުނޑިއަށް ލިބެންޏާ އެއަށްވެސް އެކަންތަށް ތަހައްމަލު ކުރަން އުނދަގޫވާނެއެވެ. ދެން ސިކުނޑި ހުޅުވައިދޭ ދޮރަކީ އަނބުރާ އައުމުގެ ރިސްކު ބޮޑު ދޮރެކެވެ.

އިޒާން އެ ވިސްނުމުގައި ހުރެ އާޝާ އޮތް ރޫމްއަށްވަނެވެ. އަދިވެސް އާޝާ އޮތީ ހަމަ އެގޮތަށެވެ. އެއްވެސް ބަދަލެއް އައިއްސައެއްނެތެވެ. އާޝާގެ އެ ދެދުވަހުގެ އެކުވެރިކަން އިޒާން ގެ ހިތުގެ އަޑިއާއި ކުޅެލާ ލޯތްބަށް ބަދަލުވެގެން ދިޔައިރުވެސް އޭނާއަކަށް ނޭނގުނެވެ. އެހާ އަވަހަށް އެފަދަ އިހްސާސްއެއް އާލާވެދާނެކަމަކަށް އޭނާ ގަބޫލެއްނުކުރެއެވެ. ހިތުގައި އުފެދެމުން އައި އެ ގޮތްނޭނގޭ ވައިރޯޅިތަށް ހިންދާލަނީ އެހެންވެގެންނެވެ. އާޝާގެ މައުސޫމްމޫނަށް ބަލަހައްޓައިގެން އިޒާން އިނީ ގޮނޑިއެއް ކައިރިކޮށްލައިގެންނެވެ. އެމޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ފިނިފެންމަލެއް މޯޅިވާފަދައިންނެވެ. އެހާވެސް ފުރިހަމަ ރީތި މޫނެކެވެ.

މިއުމުރުގެ ކުދިން ޑިޕްރެޝަންއަށް ދާން ފަށާލެއްއަވަސްވާނެއެވެ. ވިސްނަންޖެހޭ ކަންތަށްތަކުގެ އިތުރުން ދިމާވާ ކުދި ކުދި ކަންތަށް ސިކުނޑީގައި ބުރުޖަހަމުން ދާނެއެވެ.. އާޝާއަށް މިވަނީ ބޮޑު ކަންތައްގަނޑެއްވެފައެވެ. އިޒާން އެކަން ހޯދާނެއެވެ. އާޝާގެ ބައްޕަ ކައިރި އޮޅުން ފިލުވާން އޭނާ ވަރަށްވެސް ބޭނުމެވެ. އަދި މިކަމަށް ހައްލެއްވެސް ބޭނުންވެއެވެ. އާޝާ ހެޔޮހާލުގައި މި ދުނިޔެއަށް ލޯ ހުޅުވާލާނެ ދުވަހު ހުރިހާ ކަމެއް ރަނގަޅުވުމަށް އިޒާން ދުޢާ ކޮށްލިއެވެ.

އިޒާން އެގޮތަށް އިންތަނާ ނަރުހަކު އައިސް ވަނެވެ. އަދި މެޝިންތަކަށް ބަލައި ގަނޑަކު ލިޔެލުމަށްފަހު އާޝާގެ ކައިރިއަށް އައިސް ބަލަންފެށިއެވެ. “ސަރ ޑޫ ޔޫ ވޯންޓް އެނީތިން.. އައި ކޭން ސެންޑް ސަމްވަން…” ނަރުސްކުއްޖާ ބުނެލިއެވެ. އިޒާންއަކީ މިތާނގެ މުއައްޒިފަކަށް ވެފައި އެ ނަރުސްކުއްޖާއާއި ވާހަކަ ދެއްކެވިފައިވާތީ އިޒާން އިން ހާލާއިމެދު އޭނާ ކަންބޮޑުވީއެވެ. އޭނާ އިންގޮތުން އާޝާއަކީ އޭނާއަށްވަރަށް މުހިންމު ކުއްޖެއްކަން ނަރުސްކުއްޖާއަށް އިހްސާސްވިއެވެ. “ޔާ.. ޕްލީސް ސެންޑް ވިކާސް ހިއަރ..” އިޒާން ބުނެލިއެވެ. ވިކާސްއަކީ އިޒާންއާއި އެއްފަދައިން ދެން ތިބޭ ޑޮކްޓަރުންގެ ހިދުމަތުގައި ބަހައްޓާފައި ހުރި ފިރިހެން މުވައްޒިފެކެވެ. އެމީހަކު ބޭނުން އެއްޗެއް ބުނުމާއި އެކު ވިކާސް ކޭންޓީނުން އެ އެއްޗެއް ގެނެދޭނެއެވެ. ނަރުސްކުއްޖާ ބޯ ޖަހާލުމަށްފަހު ނިކުމެގެން ދިޔައެވެ.

ދާދި ކުޑަ ވަގުތު ކޮޅެއްތެރޭ ވިކާސްވެސް އައެވެ. އަދި އިޒާން ބޭނުންވާނެ އެއްޗެއް ގެނެސް ދިނުމަށް ރޫމްއިން ނުކުތީ ކޭންޓީނާއި ދިމާލަށެވެ. އިޒާން އޭނާގެ މޫނު ފޮރުވާލައިގެން އިރުކޮޅަކު އިނެވެ. ރޫމްގެ ތެރޭގައި ހުރި އިތުރު ކުޑަ އެނދެއްގައި ލައްގަނެލީ ބުރަކަށްޓަށް އަރާމެއްލިބޭތޯއެވެ. އެ އިން ކޮންމެ ވަގުތަކުވެސް އިޒާންއަށް ވިސްނެމުން ދިޔައީ އާޝާ އާއި މެދުގައެވެ. އެ ވައް އޮމާން މޫނެވެ. އެމޫނު ވަށާލައިފައިވާ ރީތި ފަން އިސްތަށިގަނޑެވެ. އެ ރީތި ހިނިތުންވުމެވެ. އެ މަޑު ޗޮކްލެޓަށް ދާ ދެލޮލެވެ. އެ ރީތި ތުންފަތެވެ. ހީލާއިރު ދެކޮލަށް އެޅޭ އަޑިކޮޅެވެ. ކޮންމެ ކަމެއްވެސް ނުލާހިކު ފުރިހަމައެވެ. ކޮންމެ އާދައެއްވެސް އެހާމެ ހައިރާންކުރުވައެވެ.

އިޒާން އެގޮތަށް މޫނު ފޮރުވާލައިގެން އިންތަނާ ވަދެގެން އައި ވިކާސް އިޒާންއަށް ގޮވާލީ ކުޑަ މޭޒުމަތީގައި އޭނާ ގެނައި ކޮފީއާއި ފިޝް ބަން ބަހައްޓާލުމަށްފަހުގައެވެ. އިޒާން ވިކާސް އަށް ޝުކުރުއަދާކުރުމަށްފަހު އާވިއަރަމުން ދިޔަ ކޮފީތަށިން ކޯވަރެއް ބޯލާ ބަހައްޓާލިއެވެ.

……..

ސުހައިލް އަށް ލަންކާއަށް އާދެވުނުއިރު ހުރީ ރޭގަނޑުވެފައެވެ. އެއާރޕޯޓަށް އަވަހަށް އެއްޗެއް ލިބޭނެކަމަށް ހީކޮށް ދިޔަ ކަމުގައިވިޔަސް ލިބުނީ ހަވީރުގެ ފްލައިޓުން ޓިކެޓެކެވެ. ލަންކާ ގަޑިން 30 8 ވިއިރު ސުހައިލް  ހުންނާނީ ލަންކާގައެވެ. ކުރަންޖެހޭ ކަންތަށް ކޮށް ނިންމާލާފައި ނިކުތްއިރު 9 ވެސް ޖަހާފާނެއެވެ. ސުހައިލް  އަވަސްއަވަހަށް އޭނާއަށް ގުޅި ނަމްބަރ ޑައިލްކޮށްލިއެވެ.

އިޒާން އެގޮތުގައި އެއްވެސް ތާކަށް ދިޔުމެއްނެތި އިންނަތާ އެތަށް އިރެއްވާނެއެވެ. އެ ދެލޯ ކުރިމަތިން އާޝާ ގެއްލޭކަށް އޭނާ ބޭނުންނުވާތީއެވެ. ބައެއްފަހަރު އާޝާ ގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ތަފާތު ވާހަކަ ދައްކާނެއެވެ. އަނެއްބައިފަހަރު ވަކިން އިން އެނދުގައި އިށިނދެ ނުވަތަ އޮށޯވެ އޮވެ ތަފާތުކަންކަމާ ވިސްނާނެއެވެ. އާޝާ ގެ ހާލާއި މެދުގައެވެ.

އެހެންއިންދާ އޭނާ ސިއްސައިގެން ދިޔައީ ފޯނަށް ކޯލެއް އައުމުންނެވެ. އެއީ ލަންކާ ނަމްބަރެއްކަމަކު ހިސާބަކަށް އިޒާންއަށް އެއީ ސުހައިލް  ކަން ނަގައިގަނެވުނެވެ. “ހަލޯ.. އާދެ… ލަންކާ ހޮސްޕިޓަލް.. ލައްބަ.. ހައިވޭއިން ނައްޓާލާފަ އަޅުގަނޑަށް ކޯލެއް ކޮށްލަންވީނުންތޯ… އަޅުގަނޑު ނިކުމެލާނަން.. އާދެ ލައްބަ..” އެ ހުރިހާ އިރު ނޭވައިނުލާ ހުރި އިޒާން ފުން ނޭވައެއް ދޫކޮށްލީ ސުހައިލް  ފޯނު ކަނޑާލުމާއި އެކުގައެވެ. އެއަށްފަހު އާޝާއާއި ދިމާ ބަލައިލިއެވެ. “ޔުއަރ ޑޭޑް އިސް ކަމިންގް..” އާޝާ ކައިރި އިށީނދެލަމުން އިޒާން ބުނެލިއެވެ. “އައި ހޮޕް ޔޫއަރ ހެޕީ… ޕްލީސް ކަމްބެކް އޭޝް… ޑޭޑް ވިލް ބީ ހެޕީ.. ހީ ވޯސް ސޯ ވޮރިޑް..” އިޒާން އާޝާގެ އަތުތެރެއަށް އިޒާންގެ އަތް ލަމުން ބުނެލިއެވެ. އާޝާ އެ އޮތް ހާލަތު ކިތައްމެ ދަށްކަމުގައި ވިޔަސް އާޝާއަށް އިޒާން ކިޔާ އެއްޗެހި އަޑުއިވޭނެއެވެ. އިހްސާސްވާނެއެވެ. ނަމަވެސް ހަރަކާތެއް ނުކުރެވޭނެއެވެ. އިޒާން އާޝާއާއި ތަފާތު ވާހަކަ ދައްކަނީ އެހެންވެގެންނެވެ. ޑޮކްޓަރަކަށްވުމުން އެކަންކަންވެސް އިނގޭނެތާއެވެ.

ލަންކާ ހޮސްޕިޓަލު އިންނަނީ ހައިވޭ އާއި ކުޑަކޮށް ކައިރީގައި ކަމުން ހައިވޭ އިން ސަލާމަތްވެ ޖެހުނު ފުރަތަމަ ޓްރެފިކް ލައިޓާއި އެކު ސުހައިލް  އިޒާންއަށް ގުޅާލިއެވެ. އެއިންވެސް އެނާ ކެތްމަދުވެފައި ވާ ވަރު އިނގެއެވެ. ހުދު އޭނާވެސް އެކަން ފާހަގަކުރަމުން ކެތްކޮށްލުމަށް ހިތާ ހިތުން ބުނެލިއެވެ. އިޒާން މި ނިކުމެލަނީކަމަށް ބުނުމުން ސުހައިލް  ފޯނު ކަނޑާލިއެވެ.

ކާރު ލަންކާ ހޮސްޕިޓަލު ތެރެއަށް ވަނުމާއި އެކު ސުހައިލް  ނިކުމެލިއެވެ. އަދި ދޭންޖެހޭވަރަށް ފައިސާ ދިނުމާށްފަހު އަނެއްކާވެސް އިޒާންއަށް ގުޅާލިއެވެ. “ހަލޯ.. ބޭބެ މިހާރު މިހިރީ އެމަރޖެންސީ…….. އާނ ރަނގަޅު ފެނިއްޖެ..” ސުހައިލް  ހުރިތަން ބުނެލުމާއި އެކު އޭނާއަށް އިޒާން ފެނުނެވެ. އޭނައަށް އެއީ އިޒާންކަން ޔަޤިންވީ އޭނާއަށް ދިވެހިން ފާހަގަވާތީއާއި އިޒާން ފޯނުގައި ހުރިތަން ފެނުމުންނެވެ. “އައްސަލާމް އަލައިކުމް” ސުހައިލް  ފެނުމާއި އެކު އިޒާން ސަލާމަށް އަތްދިއްކޮށްލިއެވެ. ސުހައިލް  ސަލާމް ބަލައިގަނެ އިޒާންގެ އަތުގައި ހިފާލިއެވެ.

“ކޮ..ކޮބާ އޭޝް..؟؟” އިޒާން ކައިރި ފުރަތަމަވެސް ސުހައިލް  އަހާލިއެވެ. އިޒާން އެތެރޭގައި އޭ ބުނެލިއެވެ. ސުހައިލް  ވީ ގޮތް ސުވާލުކުރިއެވެ. އިޒާން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާއަށް ފެނުނު ހުރިހާ ކަމެއް ކިޔައިދިނެވެ. އަދި އިޒާން އާއި އާޝާ ދިމާވި ގޮތްވެސް ކިޔައިދިނެވެ. އާޝާ ކުރަން އުޅުނު ކަންތަށްވެސްމެއެވެ. ދިމާވި ކަންތަކެވެ. ސުހައިލް  ހުރީ ހައިރާންވެފައެވެ. ހަމައެހެންމެ ފެންކަޅިވެ އިންތިހާއަށް ދެރަވެފައެވެ. އޭނާގެ ސަބަބުން އޭނާގެ ދަރިފުޅު ހަލާކަކަށް ވެއްޓިގެން ދިޔައީއެވެ. އޭނާއަށް އެދެވޭވަރަށް ވަގުތު ނުދެވޭތީއެވެ. އަޅާލުން ނުދެވޭތީއެވެ. އާޝާ އަށް ދިމާވި ހިތާމަވެރި ދުވަހުގައި ވެސް ސުހައިލް އަށް ޖެހުނީ އޭނާއާއި ދުރުގައި ހުންނާށެވެ. ސުހައިލް  ހުރީ ހަޅޭލަވައިގަންނަން ބޭނުންވެފައެވެ. އަމިއްލަ ނަފްސުގައިގާ ޖަހާލަން ބޭނުންވެފައެވެ. އެހާ ނުބައި ބައްޕައެއް މީހަކަށް ލިބިދާނެހެއްޔެވެ؟ އާއިލާއާއި އަނބި މީހާ އާޝާދެކެ ރުޅިއައޭ ކިޔާފައި އެނާ އެމީހުން އާޝާއާއި މެދު ދެކޭގޮތް ބަދަލުކުރާކަށް ނޫޅުނެވެ. މަސައްކަތްކުރިނަމަ އެކަން ވީސްއެވެ. އާޝާއަށް އެންމެ ބޭނުންވި އާއިލާގެ ލޯތްބާއި އަޅާލުމުންވެސް މަހުރޫމްކުރީ ހުދު ސުހައިލް އެވެ. އެންމެ ކުޑައިރުން ފަށައިގެންވެސް އާޝާ އެހެން ގެއަކަށް ލީއެވެ. އޭނާއަށް އިސްކަން ދެވުނީ  އޭނާގެ އާއިލާއަށެވެ. އޭނާ އާޝާގެ ޒިންމާ ނެގީކީ މިކަހަލަ ދުވަހެއް އާޝާއަށް ކުރިމަތިކުރުވާކަށްނޫނެވެ. ސުހައިލް އަށް ގުޑައިނުލާ ހުރިތާ ހުރެވުނެވެ. ވީ ދެރައިން ކުރާނެ ނުކުރާނެ ކަމެއް ނޭނގުނެވެ. އިޒާން ހުރީ ސުހައިލް އަށް ވަގުތު ދޭށެވެ. ސުހައިލް ގެ މޫނަށް ބަލައިފާ އެނާ ވިސްނަމުން ދާ ކަންތަށް ހިސާބަކަށް އިޒާންއަށް އިނގެއެވެ.

“ޝީ އިޒް ނައު އިން ކޯމާ…. ޝީ ވިލް ބީ ފައިން އިން ޝާ ﷲ.. އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއް… ބޭބޭ!! އޭޝްވެސް…. ހަމަގައިމުވެސް އަޅުގަނޑު ކުރިމަތީ ވަރަށް ހިތްވަރު ކުރި.. އެކަމް ނޭނގެ ވީ ގޮތެއް.. ކުއްލިއަކަށް ކޮޓަރިއަށް ދިޔަ ފަހުން….. ބޭބޭ އަޅުގަނޑަށް މާފު ކުރާނަންތޯ.. އަޅުގަނޑަށް މާ ފަހުން……” އިޒާން ބުނެލިއެވެ. ސުހައިލް  އިޒާންގެ ކޮނޑުގައި ފިރުމާލިއެވެ. އެއްޗެކޭ ބުނެވޭވަރަށްވުރެ އޭނާ ހާލުދެރައެވެ.

“އޭޝް… އޭނާ ކައިރިއަށް…” އިޒާންއާއި ދިމާ ބަލައިލަމުން ސުހައިލް  އެހެން ބުނެލިއެވެ. އިޒާން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އަދި ސުހައިލް އާއި އެއްވަރަށް ހިނގާފައި ދިޔައެވެ.

“ބޭބޭ…  ޝީ ކެން ހިއަރ އެން ފީލް.. އެހެންވެ ދެރަނުވެ ރީތިކޮށް ވާހަކަ ދައްކަންޗޭ..” އެތެރެއަށް ވަންނަމުން އިޒާން އެހެންބުނެލިއެވެ. ސުހައިލް  ބޯޖަހާލިއެވެ.

ހޮޅިތަކުން ގުޅާލައިފައިވާ އަދި މެޝިންތަކުގެ އެހީގައި އޮތް އާޝާ ގެ މޫނަށް ސުހައިލް  ބަލައިލިއެވެ. އޭނާ ފެންކަޅިވެ ރޮވޭ ގޮތްވިއެވެ. ގޮނޑީގައި އިށީނދެލާ އާޝާގެ އަތުގައި ހިފާލިއެވެ. “ބޭބީ ގާލް.. ހިއަރ އައި އެމް… އޭޝް ވަރަށް ރުޅި އަންނާނެކަން އިނގޭ ބައްޕަ އައީމަ އެކޮޅުގައި ހުރެފަ….. އަބަދު އެމީހުންނަށް ޓަކައި އޭޝް ދުރުކުރެވިއްޖެ އެކަމް މިއަދަކު ދެނެއް ނުވާނެ..އަމް ބެކް ޓު ޔޫ… ޕްލީސް ކަމް ބެކް ޓު މީ ޕްރިންސަސް..” އާޝާގެ އިސްތަށިގަނޑުގައި ފިރުމަމުން ސުހައިލް  ބުނެލިއެވެ. އިޒާން ސުހައިލް  އެނދު ކައިރި ބެހެއްޓި ދަބަސް ނަގައި ވަކިން އިން އެނދުގައި ބާއްވާލިއެވެ. އަދި އޭނާވެސް އެތާ އިށީނދެލިއެވެ.

“ބޭބެ އެއްޗެއް ގެނެސްދެންތަ؟ ކޭންޓީންއިން؟” އިޒާން ސުވާލުކޮށްލިއެވެ. ސުހައިލް  ނޫނެކޭ ބުނެލިއެވެ. ނަމަވެސް އިޒާން ބުނި ބުނުމަށް ސުހައިލް  ކޮފީއެއް ބޭނުމޭ ބުނެލިއެވެ. އިޒާން އަންނާނަމޭ ބުނެ ނިކުމެގެން ދިޔައެވެ. “އޭޝް… އިޒާން ދޯ ކިޔަނީ އެނާއަށް… ހީ އިޒް ސޯ ގުޑް… ވަރަށް ރަނގަޅު… ހީވަނީ ހީ ލައިކްސް ޔޫ ހެން… އައި ކޭން ރީޑް ހިއިޒް އައީސް.. ހެހެހެ..” އިޒާން ދިޔަ ދިމާލަށް ބަލަންހުރުމަށްފަހު ސުހައިލް  ބުނެލީ އާޝާގެ އަތަށް ފިތާލަމުންނެވެ. އިޒާންގެ ހާސްކަމާއި ކޮޓަރިއަށް ވަދެ ފުރަތަމަވެސް އާޝާއަށް ދިން ނަޒަރުން ސުހައިލް އަށް އެކަން އިހްސާސްވިއެވެ. “އެކަމް ބޭބީ ގާލް ކީއްވެ އެގޮތަށް؟؟ އެންމެ ފަހަރަކުވެސް ޝެއަރ ކޮށްލިނަމަ… އައި ވިލް ނެވަރ ފީލް ބޭޑް.. ޔޫ ކޭން ޝޭއަރ އެނީތިން ވިތް މީ..” ސުހައިލް  އަށް ބުނެލެވުނެވެ. އަދި އާޝާގެ އަތް ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

އިރުކޮޅެއްނުވެ އިޒާން ކޮފީ އެއް ހިފައިގެން އައެވެ. ސުހައިލް  ކުޑަކޮށް އެނދާއި ދުރަށްޖެހިލަމުން ކަރުދާހުން ހަދާފައި އިން ކޮފީތަށީގައި ހިފާލިއެވެ. އެއިން ދިޔައީ އާވިއަރަމުންނެވެ.

“ބޭބޭ.. އަމް އަ ސައިކާޓްރީސްޓް… އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގުނު އޭޝް އަށް ވާނުވާ… އޭޝް ނުބުންޏަސް….. އަޅުގަނޑު ބުނިން އެހީއެއް ވެދެވިދާނޭ އޭޝް އެކަމަށް ގަބޫލެއްނުވި އެކަމް އަޅުގަނޑު ހުރީ އޭޝް ދޫކޮށްލާކަށްނޫން.. ފަރުވާކުރަން.. އެއްގޮތަކުންނަމަވެސް އަނެއްގޮތަކުން.. އޭޝް ހުރި ސްޓޭޖްގެ ގޮތުން އަވަސް ފަރުވާއެއް ބޭނުންވާތީވެ.. ކަންތަށް ވެދިޔައީ ވަރަށް އަވަހަށް.. އަޅުގަނޑަކަށްވެސް ނޭނގެ އެކަހަލަ ކަމެއް ވެދާނެކަމަކަށް.. ޝީ ވޯސް ޓޯޓަލީ ފައިން ކޮޓަރިއަށް ދިޔައިރު…. ދެން އިވެން ފެށީ އަޑުތަކެއް.. އަޅުގަނޑަށް ލަސްވީ ދެވުނު ލެއް.. އެހެންނޫންނަމަ އޭޝް ސޭފް ވިސް..އަމް ސޮރީ.. އިޓްވޯސް އޯލް މައި ފޯލްޓް.. އައި ވޯސް ޓޫ ލޭޓް.. އޭޝް ހުރި ހާލު އިނގުމުންވެސް އެކަމަށް އަވަސް ފަރުވާއެއްވެސް ނުދެވުނު.. ޑޮކްޓަރެއްގެ ގޮތުންވެސް ފްރެންޑެއްގެ ގޮތުންވެސް އެއްވެސް އެހީއެއް ނުދެވުނު..އަމް ސޮރީ..” އިޒާން އިސްޖަހާލައިގެން ހުރެ ބުނަމުން ދިޔައެވެ. އޭނާ ދިޔައީ އަމިއްލަ ނަފްސް ކުށްވެރިކުރަމުންނެވެ. “އިޒާން..އެއީ އެއްވެސް މީހެއްގެ ކުށެއްނޫން.. އޭޝްގެއެއްވެސް ނޫން…. އޭޝް ގެ ސިކުނޑި ހުރި ހާލަތުގެ ސަބަބުން އެހެންވީ.. ހަމަހޭގައި ހުރެގެން އޭޝް އެކަހަލަ ފިޔަވަޅެއް ނާޅާނެ.. ދުވަހަކުވެސް…” އިޒާންގެ ކޮނޑުގައި ޖަހާލަމުން ސުހައިލް  އެހެން ބުނެލީ އޭނާގެ ކުށެއް ނެތްކަން ގަބޫލުކުރަމުންނެވެ.

“ބޭބޭ އަޅުގަނޑު ވަރަށް ބޭނުންވޭ އިނގެން ހުރިހާ ކަމެއް.. އިފް ޔޫ ޑޯންޓް މައިންޑް..އޭޝް އަށް ވީގޮތް އަޅުގަނޑަށް އިނގެންޖެހޭނެކަމަށް ބޭބެ އަށް ގަބޫލުކުރެވެންޏާ ޕްލީސް…” އިޒާން އަހާލިއެވެ. ސުހައިލް  ކުޑަކޮށް ފަސްޖެހުނެވެ. ސިހުނެވެ. ނަމަވެސް މިއަދު އޭނާ ބޭނުންވީ ހުރިހާ ކަމެއް ކިޔައިދޭށެވެ. އާޝާ ގެ އެކުވެރިއެއްގެ އިތުރު އޭނާ އަކީ ޑޮކްޓަރެކެވެ. ސުހައިލް  އާޝާއާއި ދިމާލަށް ބަލައިލިގޮތުން އިޒާންއަށް ވީ ގޮތް އިނގުނެވެ. “ބޭބެ އަންނަންވީނު ކޭންޓީންއަށް.. ކާންށާއި އެކު…. މިކޮޅުގައި އަންނަން ދެން ނަރުސްކުއްޖެއް ބައިންދާލާނަން..” އިޒާން ތެދުވެލަމުން އެހެން ބުނެލިއެވެ. ސުހައިލް  ކޮފީތަށި ހިފައިގެން ތެދުވެލިއެވެ. އަދި އިޒާންގެ ފަހަތުން ދިޔައެވެ. ރިޝެޕްޝަނަށް ގޮސް އޭނާގެ ގާތް އަދި ބަރޯސާ ކުރެވޭ އެއް ނަރުހެއް ކަމަށްވާ ޖާންސީ އަށް އިޒާން ގޮވާލިއެވެ. އަދި އިރުކޮޅަކަށް އެތާ އިނދެލުމަށް އެދި ސުހައިލް  ގޮވައިގެން ދާން ހިނގައިގަތެވެ. އިޒާން ގޮސް އޯޑަރ ކޮށްލުމަށްފަހު އެއަށް ލާރި ދައްކާ ތަށިތަށް ހިފައިގެން މޭޒެއްގެ ދޮށުގައި އިށީނދެލިއެވެ. ސުހައިލް  ދިން ލާރީގައި އިޒާން ނުހިފުމުން ސުހައިލް  ވޮލެޓް ޖީބަށް ލުމަށްފަހު ގޮނޑިގައި ހަމަޖެހިލިއެވެ. އިޒާން އިންގޮތުން ސުހައިލް  ދައްކާ ވާހަކަ އަޑުއަހަން ކެތްމަދުވެފައި ކަން ސުހައިލް އަށް އިނގުނެވެ.

އެހެންކަމުން އެ އާއިލާ ތެރޭގައި އޮތް އެންމެ ބޮޑު ސިއްރު އިޒާންގެ ކުރިމަތީ ބޭޒަރުކޮށްލިއެވެ.   އިޒާން އަށް ދެލޯ ބޮޑުކޮށްލާފައި ސުހައިލް އާއި ދިމާލަށް ބަލައިލެވުނެވެ. ސުހައިލް  އެ ދެއްކި ކޮންމެ ވާހަކައަކީ ތެދެއްކަން އިޒާންއަށް އިނގުނީ އެކަލަ އެއްޗެއް އޭނާއަށް ކުރިންވެސް ހީވެފައި ވުމުންނެވެ. ނަމަވެސް އެވާހަކަ ތެދުވެދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. sabeeha

    v reethi…?

  2. Ryn

    hey guys… sorry for a late update… esfiya akah nuvadhevun when i tried past two days ga n miadhu class ga indhaa e v lol anyway tc enjoy n hope u ppl will like it ????

    1. mishk
      Ryn

      a mistake i noticed frm the bgnin of the story..
      “dhahkanchey” eh nun..ethaa noon sukuneh nun innaanee…
      dnt mind

    2. Aanaa
      Ryn

      Aslu. Mee too noticed that mistake. Pls correct kollabala. And suhail emmen naa hamaalah araa vaahaka ves eyothee nun. Rangalhu gothakee emmen naa hamayah. Mistakes hureema kiyan undhagoo. Rangalhu kollachey.
      But story v nice. I like all ur stories

    3. Any
      Ryn

      Asluves Ryn ge hurihaa story eh ga ves ethankolhu e gothah inna kan faahaga kurevey. Hope you will correct it next time

  3. Shaai

    Nice …

  4. Afy

    V v v reethi next part avahah up kohdheebala

  5. Sweet

    Haadha kurey

  6. Aishaaa

    I think shuhail is aasha’s uncle

    1. Aanaa
      Aishaaa

      Think eh noon. Story feshun iru ekan ingunennu. Adhi ves vaa nuvaa ga tha! Saabas

  7. xenn

    Maa kuryyyy….thankolheh dhigu koh genesdhehchey dhn faharakun….varh rythi story…

  8. Meera

    vvv reethi…. thankolheh kuru dho…… next time dhigu kohlahchey….

  9. Shaalee

    I need 2 say something to admin… what i should do

    1. Admin
      Shaalee

      call me or viber me on 7997991

  10. Shaalee

    I need to say smething to admin… what should i do

    1. Admin
      Shaalee

      call me or viber me on 7997991

  11. Marsh

    V reethi

  12. reiify

    Alhe aharumn kudhinnah vx trust kohfa sirru kiyaidheeba dhw….

  13. Afa

    Vvv reethi

  14. Faathee

    Alhe thankolhe dhigu koh gensdheebaa. Story vara habeys. V reethi

  15. Reem

    Vrh reethi. Pls avahah up kohdhehchey!

  16. thui

    anneh bai avahah upkohdechey

  17. ken?

    annanchey…
    dhanchey…
    kiyanchey…
    havaalukohlanchey….
    heelaafa hunnanchey…
    gulhanchey….
    “noonu” skunuge badhaluga aslu innaannee “shaviyani” skunei noontha…i think so…wat abt u ryn…??
    btw stry hama best..ekam v dheravejje aharemen readers ah trust nukuryma…izaan kairyga viyya thi sirru falhaa aruvaaleee..??

  18. Sharu

    V v Salhi mivaahaka next part avahah genes dhehchay.

  19. Shiny

    V v salhi..

  20. Vishaaa

    Next part when….vara reeethi keep it up

  21. Zee

    Jumla thah nimmairu “hifalieve. Dialkollieve. Bahattalieve. Bahattaalumah fahu’ i think liumugai huriha thanaku ‘laam’ migothah beynumeh nukuraane. Ragalhu gothakee Behettumah fahu. Hope u will correct it. Keep it up ?

  22. Aashi

    Vaahaka varah varah reethi waiting for next part plx avahah up kurahchey

  23. vishaa

    when next part

Comments are closed.