Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…17

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 18, 2016 7 Mins Read
33 Comments

އަޔާން މީހަކާއި އިނދެގެން އުޅޭ ވާހަކަ އިވުމުން ވެސް ކިއާރާ ރުއިވަރު އޭނާއަށް އިނގެއެވެ. އަޔާންގެ އަނބިމީހާ އެހެންމީހަކާއި ގުޅުން ބާއްވާ ލާރިއާއި ހެދި މޮޔަވާ ކަން އިނގުމުން އެ ހިތަށް ކުރާނެ އަސަރު އަންދާޒާވެސް ނުކޮށްލެވޭނެއެވެ. ކިއާރާ މޫނުމަތީ އަތްއަޅާލަމުން ރޯންފެށީ ކުއްލިއަކަށެވެ. އަޔާންއާއި މެދުވިސްނާލެވުނީމައެވެ. އެ މަޖާ ކޫލް ދިރިއުޅުން ބަދަލުވި ސަބަބު އިނގުމުންނެވެ. ލިބުނު ފުރުސަތުގައިވެސް އޭނާޣެ ހިތްބަލިކަމުން މި ޖެހުނީ ރޯށެވެ. ޒާއިން ކާރު ހުއްޓަމުން ކިއާރާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “ކިޓީ؟؟ ކިހިނެއްވީ؟؟” ޒާއިން ކިއާރާގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. “ތަ..ތަދުވީ….” ކިއާރާ ބުނެލިއެވެ. “ކޮންތާކަށް އަތަށް ދޯ… އަވަހަށް ހިނގާ ފުރަތަމަ ކްލިނިކަކަށް ދާން…” ޒާއިން ބުނެލިއެވެ. އެއަށްފަހު ކާރު އަނބުރާލަމުން ކްލިނިކަށް ދާން ދުއްވާލިއެވެ. ކިއަރާ ތަދުވާވާހަކަ ބުނީ އޭނާ ގެ ހިތަށް އިޝާރާތްކުރަމުންނެވެ. އޭނާ ދާޏްޖެހޭނީ ކްލިނިކަކަށް ނޫނެވެ. އަޔާން ކައިރިއަށެވެ. އަޔާންގެ ދެއަތުގެ ތެރެއަށެވެ. މަޑު އާހެއް ކިއާރާގެ އަނގައިން ނުކުތެވެ.

އޭނާ ނިންމީ އަޔާންގެ ދިރިއުޅުން އަނބުރާ އަޔާންއަށް ގެނެސްދިނުމަށެވެ. ލޯބިވެރިޔާގެ ދިރިއުޅުން އުޖާލާކުރާށެވެ. އެކަމުން ކިއާރާގެ ހިތަށް އަނިޔާވިޔަސްހެވެވެ. އޭނާ އެކަން ކުރާނީ އަޔާން ހާސިލްކުރާކަށްނޫނެވެ. އަޔާންއަށް ޓަކައެވެ. ހިތުގައި އަޒުމްތަކެއް ކަނޑައެޅި ކިއާރާ ދެލޮލުން ކަރުނަ ފޮހެލިއެވެ. ޒާއިން ކްލިނިކަށް ދިޔައެވެ. ކިއަރާގެ ވިދުނު އިނގިލީގައި އުނގުޅާނެ ބޭސް އެއްޗެހި ޑޮކްޓަރު ދެއްވީ ކަށިގަނޑަށް މާ ބޮޑުވަރެއްނުވޭ ބުނެފައެވެ.

ކިއާރާ ހިތާއި ސިކުނޑިން އެތަކެއް ރޭވުންތަކެއް ރޭވިއެވެ. އެއީ އަޔާންއަށް ޓަކައެވެ. ގެއަށް ގޮސްވެސް އޭނާ ވިސްނީ އެކަންތަކާއެވެ. އެކަމް އޭނާ ކުރާނީ ކިހިނެއްހެއްޔެވެ؟ “ކިއާރާ” އަކީ އަޔާން އާއި އެއްވެސް ގުޅުމެއް ހުރި މީހެއްނޫންތާއެވެ. ވާނެގޮތެއް ވެދާނެއެވެ. އޭނާއަށް މަސައްކަތްކުރެވިދާނެ ނޫންހެއްޔެވެ؟ މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ.

އޭގެ އަނެއްދުވަހެވެ. ކިއާރާ އާދައިގެ މަތިން ފަތުހީއާއި އެކު އޮފީހަށް ދިޔައެވެ. އެދުވަހު ކިއާރާ މުޅި ދުވަސް ހޭދަކުރީ އެކަނިންނެވެ. ޒާއިން އޮފީހަށް ނާންނަކަން އިނގުމާއި އެކު ކިއާރާ ފޫހިވާންފެށީއެވެ. ބްރޭކް ގަޑީގައި އާދައިގެ މަތިން ގޮސް ކޭންޓީންގަ އިނދެ ކިއާރާ ޒާއިންއަށް ގުޅާލިއެވެ. “ހޭ ޒާން ކީއްވެ ނައީ އަމް ސޯ ބޯރޑް..” ކިއާރާ ބުނެލި އިރު އޭނާ ވެފައިވާ ފޫހި އަޑުންވެސް ފާހަގަވެއެވެ. “ހެހެ ސޮރީ ކިޓީ ވީ ގޮތަކީ ހުޅުމާލެއަށް އަންނަންޖެހުނީ އޭ… އެކަމް ދާނަން އިނގޭ އޮފީސް ނިމޭގަޑިއަށް އިން ޝާ ﷲ..” ޒާއިން ބުނެލިއެވެ. “އޯކޭ….” ކިއާރާ ބުނެފައި ފޯނު ކަނޑާލިއެވެ. އެކަނި މާ އެކަނި ކަމުން ދިޔައީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. “ހެލޯ މޭމް… ޒާން ސަރ ނާދޭތަ؟” ކިއާރާގެ ކައިރި އިންނަމުން ދީމާ އަހާލިއެވެ. “ޔާ ނާދެ..” ކިއާރާ ހިނިތުންވެލާފައި ބުނެލިއެވެ. ކިއާރާ ކެންޓިންގައި އިން އިރު އޭނާގެ ފޫހި ފިލީ ދީމާގެ ސަބަބުންނެވެ. އޭނާއަކީ އަނގަ ގަދަ މަޖާ މިޒާޖެއްގެ ކުއްޖެއްކަމުން އޭނާގެ ވާހަކައިގައި ޖެހިފައި ކިއާރާއަށްވެސް އިނދެވުނީއެވެ.

އޮފީސް ނިމުމާއި އެކު ކިއާރާ އޮފީހުން ނުކުމެލިއެވެ. ފޯނާއި ދަބަހަށްލަމުން މަގުމައްޗަށް ނިކުމެލީ ޒާއިން އަންނާނެ އިރަކަށެވެ. އުޑުމަތި ވަނީ ބަނަކޮށްލާފައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ޖެހޭ މަޑު ވައިރޯޅި އިރު އިރުކޮޅާ ގަދަވާއިރު ގަސްތަށް ތެޅިލައެވެ. ހަށިގަނޑަށް ފިނިވެއެވެ. އުޑަށް ބަލައިލަމުން އަނެއްކާވެސް މަގުމައްޗަށް ބަލައިލީ ވާރޭ ވެހުމުގެ ކުރިން ޒާއިން އާދޭތޯ ދުޢާ ކުރަމުންނެވެ. ކިއާރާ ޖޫލިއަން އިމާރާތަށް ބަލާލެވުނެވެ.. އެއަށްފަހު އަނެއްފަރާތަށް އެނބުރިލީ އޭނާގެ ދާދި ކައިރިން މީހަކު ހިނގާލުމުގެ އިހްސާސްވެގެންނެވެ. އެވަގުތު އެ މީހެއްގެ ގައިގާ ކިއާރާގެ އިސްތަށިގަނޑު ޖެހުނުކަން އޭނާއަށް އިނގުނެވެ. އެމީހާގެ އަތުގައި އޮތް ކޮތަޅު ވެއްޓުނީ ކިއާރާ އެނބުރުނު ގަޑީގައި ޖެހުނު އަތުންނެވެ. ކިއާރާ އެމީހަކަށް ބަލައިލުމެއްނެތި އަވަސް އަވަހަށް ވެއްޓުނު ކޮތަޅު ނަގައި ދީ ތެދުވެ އޭނާއަށް ބަލައިލިއެވެ. އެވަގުތު ކިއާރާގެ ދެލޯ ބޮޑުވިއެވެ. ހިތް ހީވީ ހަމަ އެވަގުތު ނިކުމެދާނެހެންނެވެ. ކިއާރާ ހިންދިރުވާލިއެވެ. ކުރިމަތީ ހުރީ ސައީދާއެވެ. އޭނާ ބަނޑުއަޅާ ވިހޭ މަންމައެވެ. ކިއާރާ އޭނާގެ މޫނަށް ބަލަން ހުއްޓާ ސައީދާ މޫނު ހަދާލާފައި ކިއާރާ އަތުން ކޮތަޅު ޖަހައިގަތެވެ. އެވަގުތު ކިއާރާ ސިހިފައި އޭނާގެ އަތަށް ބަލައިލިއެވެ. އަނެއްކާވެސް ސައީދާއަށް ބަލައިލިއެވެ.

“ކަލެއަށް މަގޭގައިގަ ނޫނީ ޖެހެން ނޭނގުނު ދޯ… ނިކަން ބަލާބަލަ މީގަ ހުރިއްޔާ ހުރި އެއްޗެހި އެ ޗިސްވީ…. މަގޭ މީ މަހުޖަނެއްނޫނޭ އަނެއްފަހަރު ގޮސް ގަންނާކަށް..” ސައީދާގެ ބަސްތަށް ދިޔައީ ކިއާރާގެ ހިތް ކޮށާ ކުދި ކުރަމުންނެވެ. ކިއާރާ ގެ ދެލޯ ކަރުނުންފުރުނެވެ. “ސޮ..ސޮރީ..” ކިއާރާއަށް ބުނެވުނީވެސް އުނދަގުލަކުންނެވެ. ދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަށް ހުރީ ކިއާރާގެ އިޝާރާތަކަށެވެ. “ސޮރީ އޭ؟ ސޮރީ ބުނީމަ މި އެއްޗެހި އަލުން ރަނގަޅުވޭތަ؟؟” ސައީދާ ބުނީ ވަރަށް ބާރަށެވެ. ބަލާ ބެލުމަށް މުއްސަނދި ވައްތަރު ޖަހާ މި ކުއްޖާގެ އަތުން ލާރި ގަނޑެއް ދަމައިގަނެވޭނޭ ސައީދާގެ ހިތް ބުނަމުންދިޔައެވެ، އެހެންކަމުން އެކަން ބޮޑުކޮށްލީއެވެ. މަގުމަތިން ހިނގައިފާ ދިޔައިއްޔާ ދިޔަ މީހަކު އެމީހުންނާއި ދިމާ ބަލާލައެވެ. ކިއާރާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އަޅަންފެށީ އޭނާ ކޮންޓްރޯލް ކުރިލެއް ބޮޑުވެގެންނެވެ. ކިއާރާ ކަރުނަތަށް ލޮލުން ފައިބާ ހާލު ދަބަހުން  1000 ނަގާފައި ސައީދާއަށް ދިނެވެ. ސައީދާ ތުން އަނބުރާލާފައި އެ ވެސް ޖަހައިގަތީއެވެ. އެއަށްފަހު އެތަނުން ހިނގައިގަތެވެ. ކިއާރާ ހިންދިރުވާލިއެވެ.

ހަމައެވަގުތެވެ. ކުއްލިއަކަށް ވާރޭ އޮއްސައިގަތީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. މަގުމަތީ އުޅުނު މަދު މީސްކޮޅުތަށް އެކި ތަންތަނަށް ދުއްވައިގަތީ އެ ގަދަ ވާރޭގައި ތެމެން ނޭދޭތީއެވެ. ދެމިނެޓް ތެރޭ އެ ވާރޭ ބޯކޮށްލިއެވެ. އޭރުވެސް ކިއާރާ އެ ހުރިތާހުރެވުނީއެވެ. ދެލޮލުން ކަރުނަ ފައިބާ ހާލު އޭނާ ބަލަން ހުރީ ސައީދާ ދިޔަ މަގާއި ދިމާލަށެވެ. އޭނާ އަށް ސިފަވަމުން ދިޔައީ ސައީދާގެ އަނިޔާތެކެވެ. ސައީދާ ހެދިގޮތްތަކެވެ. ކިއާރާގެ ހަށިގަނޑުގެ ބޭނުންހިފާލިގޮތެވެ. މަންމައަކަށް އޭނާގެ ދަރިފުޅު ނޭންގޭނީ ކިހާ ވަރަކަށް އެ ކުއްޖާ ބަދަލުވީމަހެއްޔެވެ؟ ނޫނީ އެ މަންމަގެ ހިތުގައި ކުޑަވެސް މައިވަންތަކަމުގެ ލޯބި ނެތީއެވެ. ކިއާރާ އަނގައިން މަޑު އާހެއް ނިކުތެވެ. ސައީދާ ހޯދަން ބޭނުންވިއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ މަންމައެވެ. ކިއަރާ މި ހުރިހާ އަހަރުތަކުގައި އޭނާ ކުރި ވައުދުތަކާއި ކަނޑައެޅި އަޒުމްތަށް އެވަގުތުން އެވަގުތަށް ހަނދާން ނެތުނެވެ. ކިއާރާ ދުއްވައިގަތެވެ.

ދެލޮލުން ފައިބާ ކަރުނަތަކާއި އެއްވެގެން ވާރޭ ތިކިތަށްވެސް އެ ދޮން މޫނުން ފައިބައިގެން ދެއެވެ. ދިގު އެސްފިޔަތަށް އިތުރަށް ރީތިކުރަން އަޅާލެވިފައިވާ މަސްކަރަ ވެސް ފޭދިގެން ފައިބަމުން އައެވެ. “މަންމާ!!!” ކިއާރާ އަށް ބުނެލެވުނެވެ. “މަންމާ.. ޕްލީސް… މަންމާ..!!!!” ކިއާރާ ދުވަމުން ގޮވަމުން ދިޔައެވެ. އޭނާއަށް ދެން ވާނެ ގޮތެއް އަންދާޒާވެސް ނުކޮށްލެވުނެވެ. އެ ބޯ ވާރޭގައި މަގުތަށްވެސް ރަނގަޅަށް ނުފެނެއެވެ. ދުރުވަނީ ނުސާފުވެފައެވެ. “މަންމާ!!” ކިއާރާ މަގުމައްޗަށް ވެއްޓިގަތެވެ. ދެލޮލުން ފައިބާ ކަރުނަތަށް އޭނާ ފޮހެލިއެވެ. ދުވާރުގައި ހެދެމުން ދިޔަ ކޯރުން ކިއާރާ ވަށައިގެން ފެންހަދާލިއެވެ. ކިއާރާ އިރު އިރުކޮޅާ ކަރުނަތަށް ފޮހެލައެވެ. ރީތި އިސްތަށިގަނޑުގެ އިތުރުން ލައިގެން ހުރި ހެދުންވެސް އެކީ ތެމުނެވެ. ހެދުން އެ ތުނި ލޫޅާފަތި ހަށިގަނޑުގައި ތަތްލާފައި ހުރުމުން އެ ހަށިގަނޑުގެ ރީތިކަން ފާޅުވާން ހުއްޓެވެ.

ކިއާރާ މޫނުމަތީ އަތްއަޅާލިއެވެ. “މަންމާ!!!” ކިއާރާ ގޮވާލިއެވެ. ވާރޭގެ އަޑާއި އެކުވެގެން އޭނާގެ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް ކިއާރާ ސިހުނީ އޭނާގެ ދެކޮނޑުގައި މީހަކު ހިފި އިހްސާސްވެގެންނެވެ. އޭނާ ރަތްވެފައިވާ ދެލޮލުން އިސްއުފުލާލާ ބަލައިލިއެވެ. އޭނާއަށް ފެނުނީ އަޔާންއެވެ. އޭނާގެ އަޔާންއެވެ. އެ ހިތުގެ ވިންދެވެ. އަޔާން ވެސް ދިޔައީ ތެމެމުންނެވެ. ކިއާރާއަށް ދެން ރޭކާލީ އޭނާއަށް ހުރެވުނީ ޖޫލިއަންގެ ކުރިމަތީ ކަމެވެ. ދެލޯ ބޮޑުކޮށްލާފައި ކިއާރާ އަޔާންއަށް ބަލަން ހުރެވުނީއެވެ. އަޔާން ހުރީ ދެބުމަ ގޮށްޖަހާލެވިފައެވެ. އޭނާ ގެ ރީތި އިސްތަށިގަނޑު ތެތްކުރަމުން ފައިބަމުން ދިޔަ ވާރޭތިކިތަށް މޫނުމަތިން ލާފައި ފައިބައިގެންދެއެވެ. އެ ފެންތިކިތަކަކީ ކިއަރާ ނަމައެވެ. އަޔާން ކިއާރާ ނެގުވިއެވެ. އަދި ކުރިމަތީ ހުރި ޖޫލިއަންގެ ސިޑިމައްޗާއި ހަމާއަށް ގެނައީ ކިއާރާގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އެ ހުރިހާ އިރު ކިއާރާ ހުރީ އަޔާންގެ މޫނަށް ބަލަންށެވެ. އޭނާގެ ގައިގާ ހިނގާނެހާ ހިތްވަރުވެސް ނެތްފަދައެވެ. އަޔާން ގޮސް ކިއާރަ ސިޑިމަތީ ބޭންދިއެވެ. އޭނާ ކިއާރާ ބޭންދުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކިއާރާ އަށް ދެލޯ މަރާލެވުނެވެ. ކަރުނަތަށް ދެލޮލުން ފައިބައިގެން ދިޔައެވެ.

އޭނާ ދެކަކޫގައި އަތް އަޅާލުމަށްފަހު ބޯ އަޅާލިއެވެ. އޭނާ ގެ ލޯ ކުރިމަތީ ފިލްމެއްފަދައިން ކުޅެވެމުން ދިޔައީ އޭނާގެ މާޒީއެވެ. ލޯބިވާ މަންމަ ނުބައި އަންހެނަކަށް ބަދަލުވިގޮތެވެ. ކޮންމެގޮތެއްވިޔަސް އޭނާގެ ހިތުގައި އެ މަންމައަށްޓަކައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. “މަންމާ!!..” ވޭނުން ފުރިގެންވާ އަޑަކުން ކިއާރާއަށް ބުނެލެވުނެވެ. “މަންމާ ހަނދާން ނުވަނީތަ…؟ ހަމަ ނޭނގޭތަ.؟ ހިތަށް އިހްސާސްވެސް ނުވޭތަ؟ މަންމާ.. ޕްލީސް… ހަމަ ނޭނގޭތަ މީ ކާކުކަމެއް؟؟” ކިއާރާ ރޮމުން ބުނެލެވުނީ އިހްތިޔާރަކާއި ނުލައެވެ. އޭނާގެ ހިތުތެރޭ ޝަކުވާތަކެއް ފުރިގެން ބަންޑުންވާފަދައެވެ. ޖެހޭ ވައިރޯޅިން ކިއާރާގެ ހަށިގަނޑު ތުރު ތުރުއަޅައިގަތެވެ. އޭނާ ލައިގެން ހުރި ހެދުމުން ސިޑިމަތި ތެމެމުން ދިޔައެވެ.

ކިއާރާ ސިހިފައި ބޯ ނަގައިލިއެވެ. އަދި ކަނާއަތަށް އެނބުރިލީ އޭނާގެ ދާދި ކައިރީގައި މީހަކު ހުރެލުމުންނެވެ. ކިއާރާ ފައިން ފަށައިގެން މައްޗަށް ބަލަމުން ގޮސް އޭނާގެ މޫނުފެނުނެވެ. އެއީ އަޔާންއެވެ. ކިއާރަ އަވަސް އަވަހަށް އިސްޖަހާލިއެވެ. އަދި ވެހެމުން ދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އަޔާން ކިއާރާ ކައިރި އިށީނދެލިއެވެ. އޭނާވެސް ހުރީ ތެމިފައެވެ.

“ދެންމެ ކިހިނެއްވީ؟” އަޔާން އަހާލިއެވެ. އޭނާގެ އަޑުގައި އެއްވެސް އިހްސާސްއެއްނެތެވެ. ހީވަނީ ހަމްދަރުދީވެގެން ވެސް މަޖުބޫރުވެގެން އަހާލާހެންނެވެ. ކިއާރައަށް އަޔާންގެ ފަރާތުން ލިބެން އޮތް އެއްޗަކަށް އޮތީ ހަމްދަރުދީއަށްވާނަމަ އޭނާއެޔެއް ބޭނުމެއްނޫނެވެ. އޭނާ ދެލޯ ފަދައިން ލޯބިވާ އަޔާންއަކީ މިހާރު ހިތްހަރު އެއްވެސް އިހްސާސްއެއްނެތް އިންސާނެކެވެ. ދިރިއުޅެނީވެސް ނޭވާލެވޭތީ އެވެ. އަނެއްދުވަހަށް އިރު އަރާތީއެވެ.

ކިއާރާ ޖަވާބެއް ނުދީ އިނެވެ. އޭނާއަށް ދާދި ކައިރި އަޔާން އިނުމުން ކުރީތަފާތު އިހްސާސްއެކެވެ. ހީވީ ވައިރޯޅިއެއް ހަށިގަނޑުތެރެއަށް ވަތްހެންނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި އަދި ސިކުނޑީގައި އެނބުރެމުން ދިޔައީ މަންމައެވެ. އޭނާގެ ލޯބިވާ މަންމައެވެ.

ކިއާރާ މޫނުމަތީ އަތްއަޅާލީ އަނެއްކާވެސް އެ ހިތަށް ކުޅާދާނަނުވެގެންނެވެ. އެ ލިބުނު ވޭނާއި ތަދު އިހްސާސްކޮށްލުމާއި އެކު އޭނާގެ ހަށިގަނޑަށް ރޫރޫ އަރައިގަތެވެ. ކިއާރާ އަޑުން އަޑުނަގާ ރޮއެގަނެވުނީ ކައިރި އިން އަޔާންކަން ހަނދާންނެތިފައި ހުރިހާލުގައެވެ. ކިތަންމެ ވަރަކަށް ކޮންޓްރޯލްކުރިޔަސް ކިއާރާއަކަށް މިއަދު އެކަމެއް ނުވާނެއެވެ. އެ ހިތުގައި ފޮރުވާލާ އިހްސާސްތަށް ކަރުނައިގެ ސިފައިގައި ފައިބަމުން ދިޔައެވެ. އެ ހުރިހާ ދުވަހު ފޮރުވާލި އިހްސާސް މިއަދުން މިއަދަށް ބޭރުކޮށްލަން ބޭނުންވާފަދައެވެ. ކައިރި އަޔާންއަށް އިތުރަށް އުނދަގޫވިއެވެ. “ހޭ…. ކިހިނެއްވީތަ؟” އަޔާން ބުނެލިއެވެ. މިވަގުތު އެ އަޑުގައިވަނީ ކިއާރާ އެދޭ ފަދަ އިހްސާސްއެކެވެ. އެދޭ ލޯތްބާއި އަޅާލުމެކެވެ. ނަމަވެސް އެ ކަން އިހްސާސް ވާވަރަށްވުރެ ކިއާރާގެ ހާލު ބޮޑެވެ. އަޔާން ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަން އަތް ނަގައިލެވުނީ އިހްތިޔާރަކާ ނުލައެވެ. އެ އަތަށް އަޔާން ބަލަހައްޓައިގެން އިނެވެ. އަންހެންކުއްޖަކު ހަމަޖައްސާލުމަކީ މައްސަލައެއްނޫނެވެ. އިންސާނިއްޔަތުކަމަށްޓަކައި މިކަން ކުރެވިދާނެއެވެ. އަޔާން އެހެން ހިތަށް އަރާ ހާލު އެ އަތް ކިއާރާގެ ކޮނޑުގައި ބައިންދާލިއެވެ.

ކިއާރާގެ ހިތުގެ ވިންދުއަވަސްވިއެވެ. އެ ކަރުނުން ފުރިފައިވާ ލޮލުން އަޔާންއަށް ބަލައިލީ ދެއަތް މޫނުމަތިން ނަގާލާފައެވެ. އަޔާން އެވަގުތު އިނީ ކިއާރާއަށް ބަލަންށެވެ. ކިއާރާ ކުއްލިއަކަށް އަޔާންގެ ގައިގާ އޮޅުލައިގަތެވެ. އަޔާން ދެއަތް ކިއާރާގެ ހަށިގަނޑުގައި ވަށާލުމެއްނެތި ސިޑިމަތީ ބައިންދާލިއެވެ. ކިއާރާ ދެއަތުން އެ ކަސްރަތީ ވަރުގަދަ ހަށިގަނޑުގައި ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. “މަ..މަންމަ އަޔާން.. އަޔާން މަންމަ..” ކިއާރާ ބޭރަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އޭނާ އަމިއްލައަށް ބޭޒާރުވެވެނީކަމުގެ އިހްސާސްއޭނާއަކަށް ނުވެއެވެ. ކިއާރާ އަކީ ކުރިން ދުވަހަކު ފެނުނު ކުއްޖެކެވެ. ނަމަވެސް ކުރިންސުރެ ދަންނަ އިހްސާސްއެއް އަޔާންއަށް ކުރީ ކީއްވެކަމެއް ނޭނގެއެވެ. އެކަމް ކިއާރާ އަކީ މެލޭޝިޔާގައި އުޅެ ބޮޑުވި ކުއްޖެކެވެ. އަޔާން ކިއާރާގެ ކޮނޑުގައި ހިފައިފާ ދުރަށްލިއެވެ. އޭނާއަށް އުނދަގޫވިއެވެ. އޭނާގެ ހަށިގަނޑުގައި އެހެން އަންހެނަކު ބީހެން އޭނާ ބޭނުމެއްނުވެއެވެ. އެއީ ކިތަންމެ މަޖުބޫރުވެގެން ވިޔަސް ހެވެވެ. އެ އަންހެން ކުއްޖާއަށް ވުރެ ބޮޑަށް އޭނާގެ ހިތުގެ ހާލު ގޯހެވެ. ކިއާރާ އަޔާންއަށް ބަލައިލީ އެ ބޮޑު ދެލޮލުންނެވެ. އަޔާން ސިޑިމަތިން ތެދުވެލިއެވެ. އެއަށްފަހު ބޭރަށް ހިނގައިގަތެވެ. އެ ބޯ ވާރޭއަށް ފަރުވާލެއްނެތި އޭނާ ދިޔައީ ކިއާރާ އާއި ދުރުވާންށެވެ. ކިއާރާ އެނބުރިފައި އަޔާން ދިޔަ ދިމާލަށް ބަލައިލިއެވެ. އޭނާ ހަމަ ދިޔައީއެވެ. ކިއާރާ އެކަނިކޮށްލާފައި ދިޔައީއެވެ. އެންމެންވެސް އޭނާ އެކަނިކޮށްލާނެއެވެ.

ކިއާރާ ހިތް އިތުރަށް ފަޅިވެގެން ދިޔައެވެ. އަޔާން އާއި ކައިރިވެވުނަސް އޭނާއަށް ލިބެނީ އަނިޔާއެވެ. ދުރުގައި ހުރެގެން އެގޮތުގައި ލޯބިވުންވެސް މާ ރަނގަޅެވެ. އަޔާން އާއި ކައިރިވުމުން ލިބޭ އަނިޔާއަށްވުރެ ދުރުގައި ހުރުމުގެ އަނިޔާ ބޮޑެއްނުވާނެއެވެ. ކިއާރާ ތެދުވެލީ ދެލޮލުން ފައިބަމުން ދާ ކަރުނަތަށް ފޮހެލާފައެވެ. ކޮނޑުގައި އަޅުވާފައި އިން ދަބަސް އޭރު އޮތީ ސިޑިމަތީގައެވެ. އެ ކޮނޑުގައި އަޅާލުމަށްފަހު ކިއާރާ ތެދުވެލިއެވެ. އެއަށްފަހު ފަހަރަކު ސިޑިއަކަށް ފައިބަމުން ގޮސް އެ ބޯ ވާރޭތެރެއަށް ނިކުމެލިއެވެ. ދުރާ ދުރުންވެސް ފެންނަނީ އެ ވާރޭއެވެ. ދުރުވަނީ ފުސްވެފައެވެ. އުޑު އެކީގައި ވަނީ އަޅިކުލައިގައެވެ. ކިއާރާ އަޔާން ދިޔަ ދިމާލަށް ބަލައިލުމަށްފަހު އޭނާވެސް ހިނގައިގަތެވެ. ވަކި ދާނެ ތަނެއް އިނގިގެންނެއްނޫނެވެ. ދެލޮލުގައިވާ ކަރުނަތަށް އަދިވެސް ނުހުއްޓެއެވެ. ރަތްވެ ދުޅަވާންފަށިއެއްކަމަކު ކިއާރާއަށް ހުއްޓާލެވޭނީ އެ ހިތް އެކީ ބަންޑުންވެގެންނެވެ. ކިއާރާ މަގުމައްޗަށް ބަލައިލީ މީހަކު މާ ބާރަށް ހޯރން އަޅާތީއެވެ. އެއީ ޒާއިންގެ ކާރެވެ. ކިއާރާ އިސްޖަހާލިއެވެ. އަދި ހިނގައިގަތެވެ. އޭނާ ބޭނުންވީ ހަމަ މިކަމުގައި ނިމިދިޔުމެވެ. މަންމަވެސް އޭނާ ދޫކޮށްލިއެވެ. އަޔާންވެސް ދޫކޮށްލިއެވެ. އޭނާ ލޯބިވާ އެންމެން އޭނާ ދޫކޮށްލައެވެ. އޭނާ ދެން އެކަނިން އުޅޭނީ ކިހިނެއްހެއްޔެވެ؟ ޒާއިން ކިއާރާއަށް ގޮވަމުން ކާރު މަޑުން ދުއްވަމުން ދިޔައެވެ. އެންމެ ފަހުން ކިއާރާ ގެ ހިނގުން އަވަސްވުމުން ޒާއިން ކާރު ތާކު ޕާކްކުރިއެވެ.

އެއަށްފަހު ކާރުން ފައިބައިގެން ކިއާރާ އާއި ދިމާލަށް އައީ އެ ބޯ ވާރޭގައި އެއްވެސް ހިޔާކެމެއް ނެތިއެވެ. ކިއާރާއާއި ހަމާއަށް އާއިރު ޒާއިން ވެސް ހުރީ ތެމި ފޯވެފައެވެ. ޖައްވުތެރޭ ވަނީ މަޑު މިޔުޒިކެވެ. ފަތްތަށް ވަޔާ ހެލިލާ އަޑާއި އެކު ވާރޭ ތިކިތަށް ތަންތަނުގައި ޖެހޭ އަޑެވެ. ކިއާރާ ކުރިމައްޗަށް ޒާއިން ހުއްޓުމުން ކިއާރާ ޒާއިންއަށް ބަލައިލިއެވެ.

ޒާއިންއަށް ކިއާރާ ފެނިފައި މީހަކު މޫނުމަތީ ޖެހިކަހަލަ އިހްސާސްއެއްވިއެވެ. އެ ދެލޮލާއި މޫނުމަތީ ވާ ރަތްކަން އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އަންގައިދީފިއެވެ. ކިއާރާގެ ތުންފަތް ތެޅެމުންދިޔައީ ފިނިވެގެންނެވެ. އޭނާގެ އަތް މެއާއި ލާ ހުރަސްކޮށްލާފައި ހުއްޓެވެ. “ކިޓީ ކިހިނެއްވީ؟” ޒާއިން ކިއާރާގެ ކޮނޑުގައި ހިފާލަމުންބުނެލިއެވެ. ކިއާރާ އެއްޗެއް ނުބުނެއެވެ. ޒާއިން ކިއާރާގެ އަތުގައި ހިފައި ބާރުކޮށްލަމުން ދުއްވައިގަތީ ކާރާއި ދިމާލަށެވެ. އޭނާ ގެންދާއިރު ހީވަނި އެއްވެސް ވަރެއްނެތް މީހަކު ގެންދާހެންނެވެ. ޒާއިން ކިއާރާ ގެންގޮސް ކާރަށް އަރުވާލިއެވެ. އެއަށްފަހު އޭނާވެސް އަރާލިއެވެ. ދެމީހުން ތިބި ސީޓް ވަގުތުން ތެމިފޯވިއެވެ. ކިއާރާ ބޭރަށް ނަޒަރު ހިންގާލިއެވެ. ޒާއިން ކިއާރާއަށް ބަލައިލުމަށްފަހު ކާރު ސްޓާރޓްކޮށްލިއެވެ. ކާރުގެ ކުރިމަތީ ލޯގަނޑަށް ވެރެމުން ދިޔަ ތިކިތަށް ފޮހެވުނެއްކަމަކު އަނެއްކާވެސް ގިނަވެއެވެ. ޒާއިން އޭސީވެސް އޮފްކޮށްލީ ކާރުގައި ހިފައިފާ ފިނިކަމުން އޭނާއަށްވެސް ކުޅަދާނަނުވެގެންނެވެ. ކިއާރާއަށްވެސް ނުވާނެކަން އޭނާއަށް އިނގެއެވެ. ޒާއިން ގޮސް ކާރު ކިއާރާގެ ގޭގެ ކުރިމައްޗަށް ހުއްޓާލިއެވެ. ކިއާރާ އަށް އެކަން ރޭކައިވެސް ނުލައެވެ. “ކިޓީ.. ގެ..” ޒާއިން ބުނެލުމުން ކިއާރާ ތެޅިގަތެވެ.

އަދި ދޮރު ހުޅުވާލަމުން ކިއާރާ ނިކުމެލިއެވެ. ޒާއިން ކާރު ސްޓާރޓްކޮށްލުމަށްފަހު އެތަނުން ގެއަށް ދާން ނިންމީ ފަހުން އަންނަންކަމަށެވެ. އޭނާވެސް ތެތް އެއްޗެހި ބަދަލުކޮށްލަން ޖެހޭނެތާއެވެ. ކިއާރާ ހުޅުވާފައިވާ ބޮޑު ދެދޮރުން ވަދެގެން އާއިރު އޭނާގެ ފަހަތުން ފެންކޯރު ހެދެމުން އައެވެ. ކިއާރާ އެ ފެން ތިކިތަކަށް ބަލައިލަމުން ދުއްވައިގަތެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް އޭނާ ގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު މަޑުކުރުމެއްނެތި ކިއާރާ ފާހަނައަށް ވަދެލިއެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް އެ ބޮޑު ފާހަނައިގާ ވަކިން ހުރި ކަބަޑެއް މަތީ ބާއްވާލިއެވެ. އެއަށްފަހު އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. ހުރި ތަނަށް ތިރިވެވުނީ އެ ބޮލުގައި ރިއްސާލިލެއް ބޮޑުވެގެންނެވެ. ކިއާރާ ރޮއެގަތެވެ. އެތަށްއިރަކު އެހެން އިނުމަށްފަހު ކިއާރާ ފެންވަރާލިއެވެ. ކަބަޑުމަތީ އޮތް ތެތް ދަބަސް ތެރޭ ހުރި އެއްޗެހިތަށް ވަކި ކުރިއެވެ. ނަސީބަކުން ދަބަހުގެ އެތެރޭގައި ހުރި އެއްޗެހި މާ ބޮޑަކަށް ތެތްވެފައެއް ނެތެވެ. ކިއާރާ ފޯނުގައި ފެން ހުއްޓެއްކަމަކު މާ ބޮޑުވަރެއް ނުވެއެވެ. ކިއާރާ ދަބަސް ހިކޭނެހެން ބެލްކަނީގައި ހުރި ހަރުގަނޑުގައި ދަބަސް ބައިންދާލީ ވެހޭ ވާރޭ ނުވިއްސާނެފަދައިންނެވެ. އެއަށްފަހު ކިއާރާ އައިސް ރީތިވެލައި ޓީސާޓާކާއި ކުރު ޓައިޓެއް ލިއެވެ.

އޭނާގެ މޫނުމަތިން އަދިވެސް ފާޅުވާން ހުރި ރަތްކަމާއި އެ ދެލޮލުގައި ހުރި ވޭން އެކަކަށްވެސް ނުފޮރުވޭނެއެވެ. ކިއާރާ ހިތާހިތުން ތިރިއަށް ނުފައިބާން ނިންމާ އެނދުމަތީ އޮވެލިއެވެ. އެއާއި އެކު އޭނާއަށް ސިފަވަމުން ދިޔައީ އޭނާގެ މަންމައެވެ. ކުރީގެ އެ ރީތި ހަށިގަނޑަށް މިހާރު ވަނީ އެތަކެއް ބަދަލުތަކެއް އައިއްސައެވެ. މޫނުމަތީ ކުދި ރޫ ހުރި އިރު ހަށިގަނޑު ފަލަވެއްޖެއެވެ. އޭނަގެ މަންމަ މުސްކުޅިވަނީއެވެ. ދަރިއަކަށް މަޔަކު އެންމެ ބޭނުންވާނީ މުސްކުޅިވީމައެވެ. ނަމަވެސް ކިއާރާ އަކަށް އެއްވެސް އެހީއެއް ވެދެވޭހެއްޔެވެ؟ އެ މަންމަ މުސްކުޅިވުމުން އެ މަންމަގެ ދިރިއުޅުން ބާއްޖަވެރިކުރުމަކީ ދަރިއެއްގެ ވާޖިބެކެވެ. ކިއާރާ ދާން ބޭނުންނުވާ ދިރިއުޅުމަށް ދާންބޭނުންވިއެވެ. އާލިޔާއަށް ވާން ބޭނުންވިއެވެ. އެ މަންމައަށްޓަކައެވެ. ނަމަވެސް ސިކުނޑި އެކަން ގަބޫލެއްނުކުރިއެވެ. އާލިޔާ މިހާރު މިދުނިޔެއިން ނެތިއްޖެއެވެ. މިހާރު މިއީ ކިއާރާއެވެ. ފަތުހީގެ އަންހެން ދަރިފުޅެވެ. ހުރިހާ ގޮތަކުން ބެލިޔަސް މިހާރު ފަތުހީއަކީ އޭނާގެ ބައްޕައެވެ. ލޭގެ ގުޅުން ފިޔަވައެވެ. ކިއާރާ ދެލޮލުން ކަރުނަ ފައިބާ ހާލު އެ ހުރިހާ ކަމަކާ ވިސްނަމުން ދިޔައެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަނދިރިވި މިހަޔާތް- ( 1 ވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ..18

Next
December 18, 2016

ހިތް އެކީ ދެވިއްޖޭ..18

Previews
December 18, 2016

އަނދިރިވި މިހަޔާތް- ( 1 ވަނަ ބައި)

33 Comments!

  1. Ryn says:
    December 18, 2016 at 8:01 am

    Morning guys!! So i hve to up 3 parts dhw.. Okay so c u guys afternoon ga i wil try my best to up it as soon as i can, Bye tc

  2. Andhu says:
    December 18, 2016 at 8:07 am

    Run vaahaka v reethi… U r one of the best… Alhugandu first… Hehe

    1. Bad girl says:
      December 18, 2016 at 12:17 pm

      Ryn*?

  3. xaf says:
    December 18, 2016 at 8:28 am

    varah salhi stry….
    hehehehe…. afternoon ah varah wait kurevey eba ryn……

  4. Ikan says:
    December 18, 2016 at 8:41 am

    Maa drama bai bodu kamah lafaakureveny!! Ryn avahah kiara ge hageegaiyh ayaan ah haaama kohdhyba.

  5. ?mixoo says:
    December 18, 2016 at 8:44 am

    best hama

  6. Almaa says:
    December 18, 2016 at 8:45 am

    Haadha reechey mi part vx next part ah v v inthixaaru ga thanks ryn

  7. Maaz says:
    December 18, 2016 at 8:46 am

    Ryn. This stiry is getting so vai nw. Kiyara zain n ayan ah mihen mivanee last 4 varakah parts ga. Last part ga mamma fenunu kan ekani. Nothing new. Aslu interest gehleyy haasaru gina v ma. Very sorry to say this. Plz dont take this as a negative comment

    1. alya says:
      December 18, 2016 at 12:05 pm

      asluves varah bodah ebbas vevey maaz ge vaahaka ah. ekamaku evves haaleggai liyuntheriyaa ah buna negative comment eh noon mee akee eh. ekamaku abadhu eh vaahakaeh thakuraaruvaathee, ehkkameh thakuraaruvaathee ehenve aslu. dhen abadhu kiara ruin noonkameh nei. mihaa dhuvas vaairu hunnanvaanee meehaa ah amilla nafusah ithubaarukurevey keitherikamaaeku ihusaasthakah baarufoaruvey kanthathakaai amilla ah kurimatilevey varuvefai. kithanmme rangalhu dhariakas amilla mamma thimaa ah dhin aniyaa handhaan nathaalaafai egothah ulhun e ee varah qaboolunukurevet kameh. dhen hama kurin ves bunihen eh kameh mulhin thakuraaruvanee. eggothakah ves negative koh buni ehcheh noon. ryn ge hurihaa vaahakathakeh ves kiyaa kiyuntheriegge haisiyyathu hama fennagotheh bunelee.

  8. aish says:
    December 18, 2016 at 8:54 am

    Varah reethi

  9. Faathee says:
    December 18, 2016 at 8:58 am

    Ur the best ryn. Keep going girl ?.

  10. Faxoo says:
    December 18, 2016 at 9:01 am

    Ryyn vrh reethi mibaives. hama rovijje.. poor Kiyara.. mom haadha goahey adhi ves.. but fahun ok vaane dhw/
    yuh’re the best Ryyn. keep it up 😀

  11. Neel says:
    December 18, 2016 at 9:47 am

    Alhe ryn story v reethi ekm liutheri kamuge gawaidhun balaanama v fen varu dhah thankolheh bodah gawaidhu dhas kohlanikoh ragalhuwaane waahaka v reethi v kiyaa hiy vx vey ekm liun gadu hunna gothun v udagu baeh faharu hithah araa mer hama dhivehi bas baaey vx..

  12. vaahaka kiyaa kuhjjaa says:
    December 18, 2016 at 10:33 am

    abadh roe roe hunna kuhjjeh tha ? ayaan fenunas rovenee , meehaku fenunas rovenee , ehcheh fenunas rovifa ……….. mivaahaa mihaaru foohi vaan fashaifi ,
    dhe part kiyunu iru es ayaan gaiga jehi jehi , rovi rovi , konmmes meeheh kaireega huri ihusaas vegen .. dhiulhi dhigu nukoh liyebala

  13. Sweetie says:
    December 18, 2016 at 10:45 am

    Kiara…… dherabey…… rovey……. abadhu abadhu mije…. heevanee enoon ehcheh neiyjen. Haasaru ginavaahen heevanee ehen kiyssleh ginakamun. ……
    Vaahaka reethi. But…. mikahala undhagoo gotheh ebahurey.

    1. zaain says:
      December 18, 2016 at 12:07 pm

      varah bodah ebbas Sweetie ge vaahaka ah. v

    2. LOL says:
      December 18, 2016 at 12:20 pm

      Sweetie ge name maisha ah chng kuran v nu? ???????

  14. Anonymous says:
    December 18, 2016 at 10:49 am

    Ayaan ge vaahaka naanna nee kyhvetha?? Mibunyy ayaan geah gossa kuraa kanthah thah… Hama ekani office ge baaithah hunnaathi v foohi.. Ginain dhimaavanee office kairin dhw

    1. ainy says:
      December 18, 2016 at 12:08 pm

      asluves varah bodah

  15. princess shaal says:
    December 18, 2016 at 11:00 am

    hey avahah up koh dhyba plxxxx

  16. thoo says:
    December 18, 2016 at 11:09 am

    Mi part vx v reethi.. Ur the best ryn….. waiting for the next part
    Thank you so much for updating three part, ?

  17. haako says:
    December 18, 2016 at 11:24 am

    Story is very nice.. Run avahah story up kohbala

    1. Bad girl says:
      December 18, 2016 at 12:22 pm

      Its RYN.. not RUN?

  18. Mi says:
    December 18, 2016 at 12:00 pm

    Reen aslu mivaahaka miah vure interest kon geneven vaane…abadhu ruin noon kameh nukurevey…
    N saeedha ah maafu kuraakan nufeney…
    Thankolheh gut vegen kiaaraa eyna ah jehunu gothuge badhalu hifaabala..

    1. maisha says:
      December 18, 2016 at 12:06 pm

      varah bodah ebbas mi ge vaahaka ah. varah bodah shauguverikan gelley hisaabah gossa miothee mihaaru.

  19. midhu says:
    December 18, 2016 at 12:14 pm

    Story v reethi. but story mihaaru gossa in gothun heevany saeedha ah aliya forgive koh saeedha ah help vaanehen. forgive kuriyas okay but i really hope aliya won’t go back to being aliya just because of her mom. saeedha eiy aliya ge mom ah viyas what she did to her in her past makes it clear that she never treated her as her own kid and honestly i think saeedha should actually be punished for what she did. maybe maeesha, ayaan and his sister and also zaain should know sooner or later that she actually is aliya. and please stop making her cry all the time. just my suggestion. but since this is ur story u should know how to continue it. really appreciate that u update every day. waiting for the next part 🙂

  20. Fint says:
    December 18, 2016 at 12:30 pm

    Varah salhi mi part vxx.. Kn irakun upkurany

  21. Xoxo says:
    December 18, 2016 at 12:34 pm

    Full of drama….. So borin

    Ryn….make this lil interesting

    Itxxx so boring

  22. Brainless says:
    December 18, 2016 at 12:46 pm

    Kiyara kyhkurantha saeedhaa kairiah ahh dhaan evixnany…
    I dnt think that she should go back to her previous life…
    Saeedha eiee manma ahh viax I dnt think she should go back to that life again..
    And yes kiyara ge e ruinn gandu thankolheh maithiri kurann v..
    Story is very nice…
    I luv ur strys…

  23. Booooo says:
    December 18, 2016 at 1:05 pm

    Dhigu vaahakaeh veemaa ayan ge dhiriulhunves genesdheyn jehey. Aliya ulhunu iru ebaives ai. Ekamaku Kiara ai hisaabun ehen emmenge dhiriulhun nudhakkai hama ekani kiara. Fahareggai kiara aai eku kiyuntherinnahvves angan kamah vedhaane. Ekamaku ehen genaimaa shauguverikan kudavey.

  24. axu says:
    December 18, 2016 at 10:08 pm

    foohi varah..abadhu loluga fengina vaahaka..vaahakaiga neh ehves kahala asareh..koosani bai maabodeee

  25. Nish says:
    December 19, 2016 at 1:02 am

    Huriha part ga eggotheh mihaaru vany foohi

  26. ?shi? says:
    March 22, 2017 at 12:09 pm

    kuda mistake eh ebainn ehves meehakah faahaga nuveema mibunlee…. kiaraa ge bag cidi mathyga baahvaafa eyna beyranikuthee Bt zain aaehkon geah car ga gossa toilet ga bag beyndhivaahaka ves ebainn bunefa.. dhw Bt v reethi stry

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ..18←


All Right Reserved!