ޒާއިން މޭޒުމަތީ ބޯ އަޅާލިއެވެ. އޭނާގެ ހަނދާނަށް އަންނަންފެށީ ކުރީގެ އެ މަޖާ ކިއާރާއެވެ. މިހާރުގެ އެ މަޑުމައިތިރި ސީރިއަސް ގޮތެއް ހުންނަ ކިއާރާއެވެ. އެ ހިތުގައި އޮންނައެއްޗެއް ދުވަހަކުވެސް ޒާއިންއަށް ނޭނގުނަސް އެ ހިތުގައި އޮތް އެއްޗެއް ގުޅިފައިވަނީ އެންމެ މީހަކާއެވެ. އަޔާންއާއެވެ. އަޔާން ފެނުނަސް މިހާރު ޒާއިން އެހާ އަޅައެއް ނުލެވެއެވެ. އަޔާންވެސް މަޑުމައިތިރިކަމާއި އެކު ދުރަށް ނަޒަރު ހިންގާލައިގެން ދަނީއެވެ. ޒާއިން ހަނދާނަށް އައީ އަޔާންއާއި މުހާތަބުކޮށް ޒާއިން ވަރަށް ގޯސްކޮށް […]
ކިއާރާ ބަލިވިފަހުން އަޔާން އޮފީހަކަށް ނުދެއެވެ. ދިޔަޔަސް ވަކި އޭނާއަށް ފަރުވާތެރިކަމާއި އެކު ވަގުތެއް ހޭދައެއްނުކުރެވޭނެއެވެ. އެއީ ހަމްނާގެ އެދުމަކަށްވެސް އެކަން ވީތީވެ އޭނާ ކުޑަ ޗުއްޓީއެއް އޮފީހުން ނެގީއެވެ. ކިއާރާ ދެލޯ މެރެމުން ގޮސް އެކީ މެރުނީއެވެ. އެކަން ނޭނގި އިން އަޔާން ވާހަކަ ކިޔަމުން ދިޔައެވެ. އިރުކޮޅެއްނުވެ އޭނާ ކިއާރާއަށް ބަލައިލިއެވެ. އެވަގުތު ނިދިފައި އޮތްތަން ފެނި ރީތި ހިނިތުންވުމަކާއި އެކު އޭނާ ފޮތުގެ ގަނޑުކޮޅު ލަންބާލުމަށްފަހު ލެއްޕިއެވެ. ……………………. “މަންމާ!!!” ކިއާރާ ދެލޯ […]
އަޔާން ވަރަށް ބަލައިގެން ކިއާރާގެ އަތުގައި އެކި ވައްތަރުގެ މަލާއި ހިތާއި ރީތި ޑިޒައިންތަކެއް ކުރަހަންފެށިއެވެ. “100 ކިލޯ…” އޭ އަޔާން ވަކިން ޖަހާލުމުން ކިއާރާ ހޭންފެށިއެވެ. “ދެން ޖަހާ މިއަދުގެ ޑޭޓް އެން ތި ލިޔުނީކާކުކަންވެސް ލިޔަންޖެހޭނެ..” ކިއާރާ އެހެން ބުނެލީ އެ ޕްލާސްޓަރ ގަނޑުގައި އަޔާންގެ ނަން ޖަހަން ބޭނުންވާލެއް ބޮޑުކަމުންނެވެ. އަޔާން މައްސަލައެއްނެތޭ ބުނެފައި ޕްލާސްޓަރ ގައި އެދުވަހު ތާރީހް އާއި އަޔާންގެ ނަން ޖަހާލިއެވެ. “ވެ..ވެއިޓް…” ކިއާރާ އަތަށް ބަލާލާފައި ދެބުމަ […]
ހިޔާލުތަކުން ދުރުވާން އަޔާން އަމިއްލަ މޫނު ދެއަތް ތެރޭ ފޮރުވާލިއެވެ. އެވަގުތު އޭނާއަސް ސިފަވީ ކިއާރާއެވެ. އޭނާގެ ކުރިމަތީ ކިއާރާގެ އެކްސިޑެންޓް ވީ ގޮތެވެ. އަޔާން ވަގުތުން ދެއަތް މޫނުަމަތިން ނެގިއެވެ.. އެދެލޯ ކަރުނުން ފުރިއްޖެކަން އޭނާއަށް އިނގުނީދެނެވެ. އަޔާން ފުންނޭވައެއް ދޫކޮށްލާފައި ކިއާރާގެ މޫނަށް ބަލައިލިއެވެ. “ޑޯލް…!!! ޔޫ ސްޓިލް ލުކް ލައިކް އަ ޑޯލް.. އޭރުވެސް އަބަދުވެސް..” އަޔާން ބުނެލީ މާޒީއިން ސޮފްހާއެއް ހަނދާންކޮށްލަމުންނެވެ. ސުކޫލު ގައި އުޅުނުއިރުވެސް “އާލިޔާ” އާއި މެދު އޭނާއަށް […]
އެތަށްއިރަކު ކިއާރާ ޒާއިންއާއި ވާހަކަދެއްކިއެވެ. ޒާއިންވެސް ފަރުވާތެރިކަމާއި އެކު ވަރަށް ވިސްނައިގެން ކިއާރާއާއި ވާހަކަދެއްކީ ބުނެވޭނެ ބަހަކުންވެސް ކިއާރާއަށް އެއްޗެއް އެނގިދާނެތީއެވެ. ކިއާރާ ހިތްއެކީ ސާފްވިއެވެ. ހިތްހަމަޖެހުމާއި އެކު ފޯނު ސަމާހްއަށް ހަވާލުކުރީ ޝުކުރުދަންނަވަމުންނެވެ. ސަމާހް ތެދުވީ ކިއާރާގެ ހުސްވެފައިވާ ފެންފުޅި ފެނިފައި ފެންފުޅިއެއް ގަންނަން ދާންވެގެންނެވެ. ކިއާރާ ކައިރި އިނުމަށް ބުނެފައި އޭނާ ހިނގައިގަތީ ފުންވިސްނުމެއްގައި ހުރެފައެވެ. “އެހެންވީމަ ކިއާ އަކަށް ނޭނގޭނެ އަޔާން ކުރިކަންތަކެއް… ކިއާގެ މަންމަގެ ކަންތަށްވެސް ނޭނގޭނެ… އަދިވެސް […]
އޮޕެރޭޝަން ތިއޭޓަރަށް ކިއާރާ ގެންދިޔައީ އޭގެ 30 މިނެޓް ފަހުންނެވެ. އަޔާން ސަމާހް އާއި ފަތުހީއާއި އެކު ތިއޭޓަރ ކައިރިއަށް އައިސް އިށީނެވެ.. އޭނާ ހުރީ ކުރާނެކަމެއް ނެތިފައެވެ. މިތާ ހުރުން ރަނގަޅެއްވެސް ނޫނެވެ. ހުންނާނީ ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނާ އިށީނދެ އިން ގޮނޑިން ތެދުވެލުމުން ފަތުހީއާއި ސަމާހް ބަލާލިއެވެ. “ފަތުހީބެ… ކިއާރާ ކައިރި ނުބުނާތި އަޅުގަނޑު އެއްވެސް އެހީއެއް ވެދިން ވާހަކަ…. އަޅުގަނޑަށް އަންގާލާތި ކަންތަށް ގޯސްވަންޏާ… ލޭ ބޭނުންވިޔަސް.. […]
ރޭގަނޑެވެ. އިޝާ ނަމާދުކޮށްލައިގެން ކިއާރާ ތައްޔާރުވަމުން ދިޔައީ ހަމްނާގެ ގެއަށް ދާށެވެ. މިހާރު ދެތިން ފަހަރަކު އަނާން ގުޅައިގެން ކިއާރާ ހަމަ އާދޭތޯ ޔަޤީންވެސްކޮށްފިއެވެ. ކިއާރާ ލޯގަނޑުން ފެނުނު އަމިއްލަ މޫނަށް ބަލައިލަމުން ހިނިތުންވިއެވެ. މިހާރު އެ ފެންނަ ކިއާރާ ވަރަށް ތަފާތުކަން ހުދު އެނާއަށްވެސް އިނގުނެވެ. މިއީ ސަމާހްގެ ކިއާރާއެވެ. ހިތްވަރުގަދަ ކެރޭ ކިއާރާއެވެ. ވައްޓާލެވިފައިވާ އިސްތަށިކޮޅުތަށް ހުރީއެއްފަޅިއަކަށެވެ. ބޮޑު ދެލޯ ރީއްޗަށް ފެނެއެވެ. ލާފައި ހުރި ސްކާރޓްއާއި ޓޮޕްކޮޅުގައި ހިފަހައްޓާލައިފައި ކިއާރާ ދަބަސް […]
“މޭމް ދަނީތޯ؟” ދީމާ އަހާލުމުން ކިއަރާ ހުމް އޭ ބުންޏެވެ. “މުހިންމު ކަމެއް އޮތިއްޔާ ފަތުހީ ސަރ އާއި ވާހަކަދައްކާލާ…. އެން ކޮމްޕް ގައި އިންނާނެ ޑޮކިއުމެންޓެއް ނިންމާލި… އޭތި ޕްރިންޓްކޮށްލަދެއްޗޭ ޕްލީސް. އެން ކަބަޑުތެރެއަށް ލާފަ ބައިންދާ… މިދަނީ ކުޑަކޮށް ބޮލުގަ ރިއްސާތީވެ..” ކިއާރާ އަމިއްލަ ބޮލުގައި އަތްލަމުން ބުންޏެވެ.. “އޯކޭ މޭމް.. ޝުއަރ… ޓޭކް ކެއަރ..” ދީމާ އެހެން ބުނެފައި ހިނގައިގަތީ ފަތުހީ ގެ ކެބިންއަށެވެ. ކިއާރާ ވެސް ދާން ހިނގައިގަތެވެ. ގޮސް އެންމެ […]
އޮފީހުން ގެއަށް އަޔާން ދިޔައީ ތަންކޮޅެއްކުރިންނެވެ. ބޮލުގައި ރިއްސާތީއާއި މަސައްކަތަށް ފަރުވާ ނުބެހެއްޓޭތީއެވެ. ފެންވަރައިގެން ނިކުތް އަޔާންއަށް ހަމްނާ އޭނަގެ ކޮޓަރީގައި އިންތަން ފެނުނެވެ. “ކިހިނެއްވީ މަމް؟ ކަމަކުތަ؟” އަޔާން އެހީ ހަމްނާ އައީ ސަބަބަކާއި ލައިގެންހެން އަޔާންއަށް ހީވުމުންނެވެ. “ދަރިފުޅު ކިއާރާ ދަންނަންތަ؟” އަޔާން އަލަމާރި ކައިރި އަށް ހުއްޓުމުން ހަމްނާ އަހާލުމުން އަޔާން ދެބުމަގޮށްޖަހާލާފައި ހަމްނާއަށް ބަލައިލިއެވެ. އަދި އާއެކޭ ބުންޏެވެ. “ވަރަށް ރަނގަޅު ކުއްޖެއް ދޯ އެއީ… މިއަދު މަންމަ […]