Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ….12

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 14, 2016 8 Mins Read
21 Comments

ކިއާރާގެ ހާލުއެއަށްވުރެ ގޯހެވެ.އޭނާގެ ސިކުނޑިގައި އެނބުރުނީ އެންމެ ފަހުން އަޔާންއާއި ވާހަކަދެއްކުނު ދުވަސްތަށް މަތިންނެވެ. “އަޔާން… އަޔާންން!! ކީއްވެތަ މިހިތުން ނުގޮސްގެން ތިއުޅެނީ…” ކިއާރާ ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު މޫނު ފޮހެލާ އޭނާގެ އިސްތަށިތަށް ލޮލުގެ ކުރިމައްޗަށް ގެނައީ އޭނާ ރުއިކަން އިނގިއްޖެނަމަ ފަތުހީ ކަންބޮޑުވެދާނެތީއެވެ. ފިހާރައަކަށް ކާރު ހުއްޓާފައި ޖަމީލް ކާޑް ގަނެގެން އައިސް ކިއާރާއަށް ހަވާލުކުރިއެވެ. ކިއާރާ އެ ފޯނަށް އަޅާލަމުން ޑާޓާ އެކްޓިވޭޓްކޮށްލިއެވެ.

ގެއަށް ގޮސް ކާރު ހުއްޓުމާއި އެކު ކިއާރާ ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. އޭރު ނަސީބަކުން ފަތުހީ ފެންނަ ހިސާބަކު ނެތެވެ. ކިއާރާ އަވަސް އަވަހަށް ސިޑިން އަރައިގެން މައްޗަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލާފައި ދޮރުގައި ލައްގަނެލައިގެން ކިއާރާ ހުރީ އޭނަގެ ހިތާއި ވީ ދިމާލުގައި ހިފަހައްޓާލައިގެންނެވެ. އޭނާ އަށް އަޔާން ސިފަވަމުން ދިޔައެވެ. އަދިވެސް މޫނުމަތީ ވަނީ ޒުވާންކަމެވެ. އުމުރުން މިހާރު 29 އަހަރުވާނެއެވެ. އެ އިސްތަށިގަނޑު އަދިވެސް އެހާ ކަޅުކަން ގަދަވެފައި ރީއްޗެވެ. ކިއާރާ ދޮރު ބުޑުގައި އިށީނދެލާ ދެކަކޫ ގެނެސް މޭގައި ޖައްސާލިއެވެ. އެއަށްފަހު ބޯ އަޅާލައިގެން އޮތެވެ.

…..

ދޮރު ބުޑުގައި އިން ކިއާރާ ސިހުނީ މީހަކު ދޮރުގައި ޓަކި ދިނުމުންނެވެ. އޭނާ ސިހިފައި ބޯ ނަގައިލިއެވެ. އެއަށްފަހު މޫނު ގައި އަތްހާކަންފެށި ކަރުނަތަށް ފޮހެންށެވެ. ކިއާރާ ތެދުވެލިއެވެ. އެއަށްފަހު އިސްތަށިތަށް ލޮލު ކުރިމައްޗަށް ވައްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެ އިސްތަށިކޮޅުތަކުން ދެލޯ ވަނީ ފޮރުވިފައެވެ. ކިއާރާ ދޮރު ހުޅުވާލިއެވެ. “މޭމް.. ސަރ  ޓޯލްޑް ޓު ގެޓް ރެޑީ.. ސޯ ދެޓް ހީ ކޭން ޓޭކް ޔޫ ޓު ހިއިޒް އޮފީސް..” ޖެސިކާ ބުނެލިއެވެ. ކިއާރާ ނޭފަތް ދަމާލިއެވެ. “އޯކޭ ޖެސީ ތެންކްސް..” ކިއާރާ އެހެން ބުނެފައި ދޮރު ޖަހާލިއެވެ. އަދި އަވަސް އަވަހަށް އައިސް މޫނުމަތީގައި ފުއް ޖަހާ ރީތިވެލިއެވެ. އަދި ލޯގަނޑުން ދެލޯ ބަލައިލީ އިސްތަށިތަށް އެއްފަރާތްކޮށްލުމަށްފަހުއެވެ. ދެލޮލުގައި ވަނީ ފަނޑު ރަތްކަމެކެވެ. އެހެންކަމުން އަވަހަށް ލޯ ފޮރުވާލުމަށްފަހު ރެޑި ވެލިއެވެ. ގެންގުޅޭ ހޭންޑްބޭގްއާއި ފޯނު ހިފައިލަމުން ކިއާރާ ކޮޓަރިން ނިކުމެލިއެވެ. “ކިއާ ދަރިފުޅާ!!!” ދޮރުމަތީ ހުރި ފަތުހީ ގޮވާލިއަޑާއި އެކު ކިއާރާގެ ހިނގުން އަވަސްވިއެވެ.

ސިޑިންވެސް ފައިބަމުން ދިޔައީ އަވަސް އަވަހަށެވެ. “މިއައީ އޭ ޑޭޑް…” ކިއާރާ އެހެން ބުނެފައި ފަތުހީއާއި އެއްވަރުކޮށްލިއެވެ. ފަތުހީ ގޮސް ކާރުގެ ކުރީ ސީޓަށް އެރިއެވެ. ކިއާރާ ފަހަތު ސީޓަށް އަރާލިއެވެ. އެއަށްފަހު މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނެވެ. “ކިއާ ދަރިފުޅާ ތި އިސްތަށިތަށް ހުރީމަ އުނދަގުލެއް ނުވޭތަ ބަލާކަށް؟؟” ފަތުހީ ހެމުން ހެމުން ބުނެލިއެވެ. “ޔެސް ޑޭޑް މިހާރު އާދަވެއްޖޭ…” ކިއާރާވެސް ހީލާފައި ބުނެލިއެވެ. ފަތުހީ އަބަދުވެސް އުޅެނީ އެ އިސްތަށިކޮޅުތަކާއި ހެދި ކިއާރާއަށް އުނދަގޫވެސް ނުވާތީއެވެ. ހައިރާންވެސްވެއެވެ. ނަމަވެސް އާދަވެފައި ހުރިމީހަކަށް އަުނދަގުލެއް ނުވާނެތާއެވެ.

“އަސްލު ބައްޕަ އުޅުނީ ގޮސްލަން އޮފީހަށް އެކަމް ހިތަށް އެރީ ދަރިފުޅުގޮވައިގެންނޭ ދާނީ.. ދައްކާލަން ޖެހޭނެއެއްނު..” ފަތުހީ ބުނެލިއެވެ. “ވާވް ވަރަށް ބަލާހިތްވޭ…” ކިއާރާ ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނާ ހުރީ އޮފީސް ބަލާލާހިތްވެފައެވެ.

އޮފީހުގެ ބޮޑު ބިއްލޫރި ދޮރާއި ހަމާއަށް އެރުމާއި އެކު ކާރު ހުއްޓުނެވެ. ކިއާރާ ކާރުން ފޭބުމާއި އެކު ފަތުހީވެސް ފޭބިއެވެ. ބިއްލޫރިގަނޑުގައި ވަނީ “ބްލޫސް” ޖަހާލައިފާ ރީތިގޮތަކަށް ޑިސައިންކޮށްފައެވެ.  “ހުސް ދިވެހިން ދޯ ތިބޭނީ ޑޭޑް..؟” ކިއާރާ ބުނެލީ އެ އިމާރާތަށް ބަލަންހުރެފައެވެ. “ހަހަ ޔެސް…. ވަރަށް އުނދަގޫވާނެ ދޯ.. ބައްޕައަށްވެސް ދެން ވަރަށް އުނދަގޫވާނެ ކަންނޭގެ ފުރަތަމަ ދުވަސްކޮޅު.. މުޅިން ބޭރުމީހުން ގެން ގުޅެގެން ވާ ކަންކަމޭ މީ… މިހުރިހާ އަހަރުގެވެސް މަހަކު އެއްފަހަރު އައިސް މިތާ އުޅުނެއްކަމަކު އާދައެއްނުވޭ އަދިވެސް ބައްޕަ އަކަށް..”  ފަތުހީ ބުނެލީ ހެމުންނެވެ. ކިއާރާވެސް ހޭންފެށިއެވެ. އެއަށްފަހު ބޮޑު ދޮރު ހުޅުވާލާ އެތެރެއަށް ވަނެވެ. “ވެލްކަމްބެކް ސަރ…” ކިއާރާގެ އިތުރުން ފަތުހީވެސް ސިހުނީ އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެހެން ކިޔުމުންނެވެ. އޮފީހުގެ މުވައްޒިފުން ވެގެން ފަތުހީއަށް އެ ސަޕްރައިޒް ދިނީ ފަތުހީ އަނބުރާ އެ އޮފީހަށް އެއްކޮށް އައުމުންނެވެ. އެކަމުގައި އިސްކޮށް އުޅުނީ ޝުކޫރުއާއި ޝުކޫރުގެ ފިރިހެން ދަރިފުޅު ޒާއިންއެވެ. ކިއާރާ ވަކި ވަކިން ކޮންމެ މީހަކަށް ބަލައިލިއެވެ. އަދި ފަތުހީއަށް ބަލައިލިއެވެ. އެންމެންވެސް އައިސް ފަތުހީގެ ގައިގާ ބައްދާލާ ހަދާލިއެވެ. އަންހެންކުދިން އައިސް ސަލާމްކޮށްލާ ހަދާލިއެވެ.

އެއިން ކޮންމެ މީހަކު ކިއާރާއަށްވެސް ބަލާލައެވެ. “ތެންކިޔު ސޯމަޗް…މީޓް މައި ޑޯޓަރ.. ކިއާރާ… ވަރަށް އަވަހަށް ވޯކް ކުރަން ފަށާނެ.” ކިއާރާގެ ކޮނޑުގައި އަތްއަޅާލަމުން ފަތުހީ ބުނެލިއެވެ. އެއާއި އެކު ކޮންމެ މުވައްޒިފެއްވެސް ކިއާރާއާއި ކައިރިވެލާ ސަލާމްކޮށްލައެވެ. “ހޭ ބިއުޓިފުލް ލޭޑީ..” ކިއާރާ ކުރިމައްޗަށް ހުއްޓުނު ޒުވާނަކު ސަލާމަށް އަތްދިއްކޮށްލަމުން ބުނެލިއެވެ. ކިއާރާ ހިނިތުންވެލާފައި ސަލާމްކޮށްލިއެވެ. “މައި ނޭމް އިޒް ޒާއިން…” ޒާއިން ބުނެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކިއާރާގެ ރީތި މޫނަށެވެ. ދެލޯ އިސްތަށިތަކު ތެރެއިން ސާފުކޮށްނުފެނުނެއްކަމަކު އެ ލޮލުގެ ވިދުންގަނޑު ފެނުނެވެ. “ކިއާރާ” ކިއާރާ ހިނިތުންވެލާފާ ބުނެލިއެވެ. ދެތިން އަންހެންކުއްޖަކު އައިސް ކިއާރާއާއި ބައްދަލުކޮށް ގުޅުން ބަދަހިކޮށްލިއެވެ.

ފަތުހީ ކުރިމައްޗަށް އެރި ޝުކޫރު ފަތުހީގެ ގައިގާ ބައްދާލިއެވެ. އަދި ކައިރި ހުރި ޒާއިން ފަތުހީއަށް ދައްކާލިއެވެ. “މީ… ޒާއިން… ހުރި ހަމައެކަނި ދަރިފުޅު…” ޝުކޫރު ބުނެލިއެވެ. ފަތުހީ ޒާއިންއާއި ސަލާމްކޮށްލިއެވެ. “ސޯ ގާއިސް.. ކޮބާ ކޭކް… ދީމާ ދޭބަ ކޭކް ހިފައިގެން އަންނަން..” ޒާއިން ބުނެލީ އަންހެންކުއްޖަކަށް އިޝާރާތްކުރަމުންނެވެ. ކިއާރާ ކައިރި ހުރި ދީމާ އަވަހަށް ދިޔައެވެ. އަދި ކޭކް ހިފައިގެން އައިސް ޓޭބަލްއެއްގައި ބައިންދާލިއެވެ. އެ އެންމެން ވެގެން ފަތުހީ ގެނެސް ކޭކު ފަޅުވަން އުޅުނެވެ. “ކިއާ.. އާދޭ ދަރިފުޅާ…” ފަތުހީ ދުރުގައި ހުރި ކިއާރާ އަށް ގޮވާލިއެވެ. “ޑޭޑް… އިޓްސް ޔުއަރ ވެލްކަމްބެކް ޕާޓީ ސޯ ޑޭޑް އެއްނު ފަޅަން ޖެހޭނީ…..” ކިއާރާ ބުނެލީ ނުދާންވެގެން ހުރެފައެވެ. ނަމަވެސް ފަތުހީ ކިއާރާގެ އަތުގައި ހިފައިގެން ކޭކާއި ކައިރިވެލާ އޭނާ ލައްވުވާ ފެޅުވިއެވެ.

ކިއާރާ ސިހުނީ އޭނާއަށް ވައިބާއިން ކޯލެއް އައުމުންނެވެ. ކިއާރާ ނަމްބަރު ބަލާލިއިރު އެއީ އޭނާގެ މެލޭޝިޔާގެ އެކުވެރިއެއް ކަމަށްވާ އެއްނީއެވެ. ކިއާރާ ކުޑަކޮށް އެންމެންނާއި ދުރަށްޖެހިލާ ފޯނު ނަގައި ވާހަކަދައްކަމުންދިޔައެވެ. އޭނާ އޮފީހުގައި ހިނގަމުންދިޔަ ޕާޓީގެ ވާހަކަ ކިޔައިދެމުން ދިޔައީ މުވައްޒިފުންނާއި ވާހަކަ ދައްކަން ހުރި ފަތުހީއަށް އިރު އިރުކޮޅާ ބަލައިލުމަށްފަހުގައެވެ. ފޯނުން ވާހަކަ ދައްކަން ހުރި ކިއާރާ ސިހުނީ އޭނާގެ ފަހަތުން އައިސް މީހަކު ފޯނު ދަމައިގަތުމުންނެވެ. ކިއާރާ ދެލޯ ބޮޑުކޮށްލާފައި ފަހަތަށް ބަލާލިއިރު އެއީ ޒާއިންއެވެ. ޒާއިން ހޭންފެށިއެވެ. “މިގަޑީގައި އެންޖޮއި ދަ ޕާޓީ…” ޒާއިން ބުނެލިއެވެ. ކިއާރާ ދެބުމަ ގޮށްޖަހާލިއެވެ. “އައި ނީޑް ޓު ޓޯކް ޓު މައި ފްރެންޑް…” ކިއާރާ ބުނެލީ ޒާއިންގެ އަތުގައި އޮތް ފޯނު ދަމައިގަންނަން އުޅެމުންނެވެ. ނަމަވެސް ޒާއިން އަތުން އެ ފޯނު އަތުލެވޭކަމަކަށް ނުވިއެވެ.

“ހެލޯ…” ޒާއިން ފޯނު ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. “ހަލޯ ކިޓީ؟؟؟ ވަޓްސް ހެޕަނިންގް” އެއްނީ ބުނެލިއެވެ. ކިއާރަ އެންމެ ފަހުން ފޯނު އަތުނުލެވޭނެކަން އިނގޭތީ މަޑުން ހުރީ ޒާއިން ކިޔާ އެއްޗެއް އަޑުއަހަންށެވެ. “ކިޓީ؟؟ ދެއަރ އިޒް ނޯ ކިޓީ ހިއަރ..” ޒާއިން ބުނެލީ ހެމުންނެވެ. “ވަޓް؟؟ ހޫ އިސް ދިސް؟؟” އެއްނީ ބުނެލިއެވެ. “ހޫ އާރ ޔޫ….” ޒާއިން އެހެން ބުނެލި ގަޑީގައި ކިއާރާ ފޯނު ދަމައިގަތެވެ. އަދި ކަންފަތުގައި ޖަހާލިއެވެ. “ހޭ އޭން.. އައި ވިލް ކޯލް ޔޫ ލޭޓަރ އޯކޭ… ޔާ ޔާ އިޓްވޯސް އަ ސައިކޯ… ޝުއަރ.. ބައި… މިސް ޔާ..” ކިއާރާ ފޯނު ކަނޑާލިއެވެ. އަދި ދެލޯ ހަނިކޮށްލަމުން ޒާއިންއަށް ބަލައިލިއެވެ. ޒާއިން ހޭންފެށިއެވެ. “ސައިކޯ އޭ…” ޒާއިން އަހާލިއެވެ. “އާނ… ސައިކޯއޭ..” ކިއާރާ ތުން އަނބުރާލާފައި ޒާއިން ކައިރިން ދުރަށް ހިނގައިގަތެވެ. ޒާއިން ހޭންފެށިއެވެ.

ކިއާރާ ގޮސް ފަތުހީ ކައިރި ހުއްޓިލަމުން ކަތި ނަޒަރަކުން ޒާއިން އަށް ބަލައިލިއެވެ. “ކިއާ… އެއީ ޝުކޫރުބޭގެ ހުރި ހަމައެކަނި ދަރިފުޅު…” ފަތުހީ ބުނެލިއެވެ. އޭނާއަށް ކިއާރާ އާއި ޒާއިން އާއި ދެމެދު ހިނގި ކަންތަށް ފެނުނެވެ. “ހަހް…” ކިއާރާ ބުނެލީ ހަށަންބަނދެލަމުންނެވެ. އިރުކޮޅަކު އޮފީހުގައި ތިބުމަށްފަހު ފަތުހީމެން ދާން ހިނގައިގަތެވެ. “ކިޓީ؟؟؟؟” ފަތުހީއާއި ކިއާރާ ސިހުނީ އެހެން ގޮވާލިއަޑަށެވެ. ފަސް އެނބުރުނު އިރު އެމީހުންނާއި ދިމާލަށް ހެވިފައި ހުރި ޒާއިން އަންނަތަން ފެނި ކިއާރާ މޫނު ހަދާލިއެވެ. ފަތުހީ ހޭންފެށިއެވެ. “ފަސްޓް އޮފް އޯލް ޑޯންޓް ކޯލް މީ ކިޓީ…” އެމީހުންނާއި ކައިރިވެފައި ޒާއިން އެއްޗެއް ބުނަން ވާއިރަށް ކިއާރާ ބުނެލީ އިނގިލި ދިއްކޮށްލަމުންނެވެ. “ސަރ… އެހެރި ރޫޑް ކަން….. އަޅުގަނޑު ވަރަށް ރީތިކޮށް ގޮވާލީވެސް..” ޒާއިން ބުނެލީ ފަތުހީއަށެވެ. “ކިއާ.. ދަރިފުޅާ ދެން އެހާ ރުޅި ނާދެބަލަ.. އެއީ އެހެން އުޅޭ ކުއްޖެއް އަބަދުވެސް..” ފަތުހީ ބުނެލިއެވެ. ކިއާރާ ދެލޯ ހަނިކޮށްލުމަށްފަހު އޭނާގެ ނަޒަރު ޒާއިން އިން ވަކިކޮށްލިއެވެ.

“ސަރ އަޅުގަނޑު ޖެހޭނީ މިކަހަލަ މެޑަމް އެއްގެ ގެ ދަށުންތޯ މަސައްކަތްކުރަން؟” ޒާއިން ބުނެލީ ހެމުންނެވެ. “ހަހަހަ.. ނޫނޭ…………” “ޑޭޑް ވެއިޓް.. މިކަހަ މެޑަމް އެއީ ކޮންކަހަލަ މެޑަމް އެއް؟” ޒާއިންއަށް ޖަވާބު ދޭން އުޅުނު ފަތުހީގެ ޖަވާބު ފުރިހަމަ ނުވަނިސް ކިއާރާ ހުއްޓުވާލިއެވެ. “އެރޮގެންޓް..އަބަދު ރުޅިއަންނަ… ރޫޑް…. ބޭބިޝް..” ޒާއިން ބުނެލީ ފަތުހީއާއި ދިމާ ބަލައިލަމުންނެވެ. ކިއާރާ އޭނާގެ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. އަދި ދެލޮލުން އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް ލޮލު ކުރިމައްޗަށް ވެއްޓުނެވެ. “ދެކުދިން ޖެހޭނީ ވަރަށް އެކުވެރިކޮށް އުޅެން.. ދެމިހުންގެ މަޤާމަކީވެސް އެކައްޗެއް.. އޯކޭ އެއްނު.. އޭރުން އެކަކުވެސް ބޮޑު މީހަކަށް ނުވާނެ..” ފަތުހީ ބުނެލިއެވެ. ޒާއިން ހޭންފެށިއެވެ. “ޑޭޑް ލެޓްސް ޖަސްޓް ގޯ..” ކިއާރާ ބުނެފައި ބޭރަށް ހިނގައިގަތެވެ. ނަމަވެސް ފަތުހީ ހުރީއެވެ. “ސޮރީ ސަރ… އޭނާ ރުޅި އަންނާތީ ރުޅިއަރުވާލެވުނީ..” ޒާއިން ބުނެލިއެވެ. ފަތުހީ ޒާއިންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “އެ މައްސަލައެއްނޫނޭ… އަބަދުވެސް އެކަހަލަ ރުޅި މޫނު ހަދާނެ… އެނީވޭ އަމް ގޮއިން…. މާދަމާ ސަރ ޖޮއިން ކުރާނަން އިނގޭ… ކިއާ ނޭނގެ ޖޮއިން ވާނެކަމެއް އެހާ އަވަހަކަށް..” ފަތުހީ ބުނެލިއެވެ. “އޯކޭ ސަރ… ބުނާނަން ކެބިން ރެޑިކޮށްލާށޭ ސަރގެ… ބައި.. ގުޑް ނައިޓް..” ޒާއިން ބުނެފައި ފަތުހީއާއި ސަލާމްކޮށްލިއެވެ.

ފަތުހީ ޕާކްކޮށްފައި އޮތް ކާރު ދޮށަށް އާއިރު ކިއާރާ އެތެރޭ އިންތަން ފެނުނެވެ. ކުރީ ސީޓަށް އެރުމުގެ ބަދަލުގައި އޭނާ ފަހަތު ސީޓަށް އެރިއެވެ. ޖަމީލް އެއާއި އެކު ކާރު ސްޓާރޓްކޮށްލިއެވެ. “ކިއާ… ބައްޕަ ބުނީމެއްނު އެއީ ވަރަށް މަޖާ މިޒާޖެއްގެ ކުއްޖެއް… އެކަމް ވަރަށް ރަނގަޅުވާނެ…” ކިއާރާ އިންގޮތުން ފަތުހީ ބުނެލިއެވެ. ކިއާރާ ފަތުހީގެ ކޮނޑުމަތީ ބޯ އަޅާލަމުން ފަތުހީގެ އަތުގައި ހިފަހައްޓާލިއެވެ. “ޑޭޑް.. ވާހަކައެއް ބުނަންތަ؟” ކިއާރާ އަހާލިއެވެ. އޭރު އޭނާގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. ފަތުހީ އަށްކުޑަކޮށް އުނދަގޫވިއެވެ. އެ އަޑުން ކަމެއް ވެއްޖެކަން އިހްސާސްވިއެވެ. ކިއާރާގެ އަތުގައި ހިފަހައްޓާލީ ބުނާށޭ ބުނަމުންނެވެ. “ޑޭޑް… މިއަދު އަޔާން ފެނުނީ………” ކިއާރާ ހިފެހެއްޓި ކަރުނަތަށް ފައިބައިގެން ދިޔައެވެ. “ވަޓް؟ ކިހިނެއް؟” ފަތުހީ އަހާލީ ސިހިފައެވެ. ކިއާރާ އެ އޮތްގޮތަށް އޮވެ ވީ ގޮތް ކިޔައިދިނެވެ. “އިނގޭތަ އެ ވާ ގޮތް ކިއާ އަށް؟” ފަތުހީ އަހާލީ ކިއާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުންނެވެ. ކިއާރާ ދެކޮޅަށް ބޯ ހޫރާލިއެވެ.

“ދަރިފުޅު އަޔާން އާއި ދިމާވާން މަޑުކޮށްފަވެސް ބޭނުންނުވެ ހިނގައިގަތީމަ ނު ދިމާވީ.. އެއަށް ކިޔާނީ ތަޤުދީރު.. ތަޤުދީރުގައި ލިޔެވިފައި އޮތީ ކަންނޭނގެ ދަރިފުޅާއި އަޔާން ދިމާވުން.. ބައްޕަގެ ދުޢާ އަކީވެސް އެއީ.. މި ހުރިހާ އަހަރުތަކު ދެގޮތެއް ނުވެ އޮތް ލޯބި ފުރިހަމަވުން…” ފަތުހީ ބުނެލިއެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެއީ އޭނާގެވެސް ދުޢާ އެވެ. ނަމަވެސް މި ހުރިހާ އަހަރު ވީ އިރު އޭނާ އެ ލޮތްބަށް ކުރާ އުއްމީދު ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ.

ކިއާރާ އެހެން އޮވެ އޭނާ މިއަދު ދިޔަ ތަންތަން ކިޔައިދިނެވެ. އަދި އައިސްފައިވާ ބަދަލުތަށް ބުނެދިނެވެ. “ޑޭޑް.. އަދިވެސް އަޅުގަނޑު ބިރުގަނޭ… މީހުންނަށް ފާހަގަވެދާނެއެއްނު…” ކިއާރާ ބުނެލިއެވެ. “ކިއާ.. ފާހަގަވާވަރަށްވުރެ ބޮޑެތި ބަދަލުތަކެކޭ ކިއާއަށް އައިއްސާހުރީ.. 15 އަހަރާއި 22 އަހަރު އެއީ ބޮޑު ފަރަޤެއް.. ތަފާތު ވާނެ ވަރަށް ބޮޑަށް…. ބައްޕަ ކުރިން ވެސް ބުނިހެން… މީހުންނަށް ޝައްކުވިޔަސް ނުބުނެވޭނެއޭ ތީ އާލިޔާކަމެއް…. ދަރިފުޅު ނުބުނާހާ ހިނދަކު އެ ސިއްރު އޮންނާނީ ހަމަ އެހެން…” ފަތުހީ ބުނެލީ ވިސްނައިދޭފަދަ ގޮތަކަށެވެ. އިރުކޮޅެއްނުވެ ގޭގެ ދޮރުމައްޗަށް ކާރު ހުއްޓުނުވެ. ކިއާރާ ފަތުހީއާއި އެކު ކާރުން ފޭބިއެވެ. އެއަށްފަހު ބެލްޖަހާލައިފައި އިރުކޮޅަކު ތިބީ ހުޅުވެންދެންނެވެ. ރޯސް އައިސް ދޮރު ހުޅުވީ ރީތި ހިނިތުންވުމާއި އެކުގައެވެ. “ސަރ މޭމް… ޑިނަރ އިޒް ރެޑީ..” ރޯސް ބުނެލިއެވެ. ފަތުހީއާއި ކިއާރާ ކާ މޭޒުމައްޗަށް އެރުމުގެ ކުރިން އަތް ދޮވެލާ ހަދާލިއެވެ. އެއަށްފަހު ކާން އަރައިލިއެވެ.

“ދަރިފުޅު ބައްޕަ ވިސްނަނީ މި މާދަމާ އޮފީހަށް ދާން… ދަރިފުޅު ކޮން އިރަކުން ދަނީ؟ ނޫނީ ދަރިފުޅު ބޭނުމިއްޔާ ލިބިދާނެ ބޮޑު ޗުއްޓީއެއްވެސް.. ދަރިފުޅު ކިތަށް އަހަރު ތި ހޭދަކުރީ އެއްވެސް ޗުއްޓިއެއް ނެތި ކިޔެވުމުގައި.. ބައްޕަ މައްސަލައެއްނެތް ދުވަސްކޮޅަކު ރެސްޓް ނަގައިލިޔަސް..” ކާން އިނދެފައި ފަތުހީ ބުނެލިއެވެ. “ނޯ ޑޭޑް.. އަޅުގަނޑު ބޭނުން ނެކްސްޓް ވީކް ގަ ފަށަން…” ކިއާރާ ބުނެލީ އޭނާގެ ބަތް ތަށްޓަށް ނަޒަރު ހިންގާލައިގެން އިނދެއެވެ. އެއަށްފަހު ކާންފެށިއެވެ.

ބަނޑުފުރޭވަރަސް ކައިގެން ކޮޓަރިއަށް ވަތް ކިއާރާ ފެންވަރައި ތާޒާ ވެލިއެވެ. އަދި ނައިޓީއެއް ލައިގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ސިކުނޑީގައި އަދި ހިތުގައި އެނބުރެމުން ދިޔައީ އަޔާންއެވެ. އެ ސޫރައެވެ. ނުވިސްނަން އޮތަސް އޭނާއަށް ވިސްނެނީއެވެ. ކިތަންމެ ފަހަރަކު އެއީ މީހެއްގެ ހައްޤެކޭ ބުނެ ހިތަށް ވިސްނައިދިނެވެ. ނަމަވެސް ހިތުގައި ހަރުލާފައިވާ ސޫރައަކާއި މެދު ނުވިސްނާ އެ ހިތް މަޑުން އޮންނާނެހެއްޔެވެ؟ ކިއާރާ ފޯނު ހުޅުވާލިއެވެ. އަދިވެސް ހިތުގައި ހަރުލާފައި އިން އަޔާންގެ ކުރީގެ ނަމްބަރ ފޯނުގައި ލިޔެލިއެވެ. ކިއާރާ އެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ފަހަރަށް ރިންގް ވުމާއި އެކު ފޯނު އެކޮޅުން ނެގިއެވެ. ކިއާރާ ނޭވާ ހުއްޓުނު ފަދައެވެ. އެނދުންތެދުވެލީ އަވަސް އަވަހަށެވެ. “ހަލޯ؟؟” އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. ކިއާރާ ތުންފަތުގައި ދަތްއަޅާލިއެވެ. “ކޮ..ކޮން ބޭފުޅެއްތޯ؟” ކިއާރާ އަހާލީ މާތްކޮށެވެ. “..ފަރުޒާނާ.. ކިހިނެއްވީތޯ؟..” އެކޮޅުން ސުވާލުކޮށްލިއެވެ. “ސޮރީ އޮޅިގެން ގުޅުނީ..” ކިއާރަ އެހެން ބުނެފައި ވަގުތުން ފޯނު ކަނޑައިލިއެވެ. އޭނާގެ ނަމްބަރު ބަދަލުކުރީކަންނޭނގެއެވެ. ނޫންނަމަ ކޮންމެވެސް މީހަކަށް ދިނީ ކަންނޭނގެއެވެ.

ކިއާރާއަނެއްކާވެސް އެނދުގައި އޮވެލާފައި ލޯ މަރާލިއެވެ. އެއާއި އެކު ލޯ ކުރިމައްޗަށް ސިފަވީ އޭނާގެ ގާތްއެކުވެރިޔާ މައިޝާއެވެ. ދެމީހުން އެކީ އުޅުނު ދުވަސްކޮޅެވެ. މައިޝާ ހިތްވަރުލައިދީ ކިއާރާގެ ހިތަށް ފިނިކަން ގެނެސްދޭ ގޮތެވެ. އެފަދަ މާތް އެކުވެރިއަކު ދުވަހަކުވެސް އޭނާއަކަށް ނުލިބެއެވެ. ކިއަރާ އަނެއްކާވެސް ފޯނު ހުޅުވާލިއެވެ. އޭނާ އިންނާނީ މައިޝާގެ ކުރީގެ ނަމްބަރު އެ ފޯނަށް ސޭވްކޮށްފައެވެ. ވައިބާގައި އިންނަ ފޮޓޯގަނޑުގައި ހުންނަނީ އެހެން މީހެކެވެ. މައިޝާވެސް ނަމްބަރު ބަދަލުކުރީކަން ކިއާރާއަށް އިނގުނެވެ. މައިޝާވެސް މިހާރު ކިއާރާ ގޮތަށް ހުންނާނީ ބޮޑުވެފައެވެ. ބަދަލުވެފައެވެ. އެހެން އޮއްވާ ކިއާރާއަށް ނިދުނެވެ

ދުވަސްތަށް ދަނީ އެފަދަ ގޮތަކަށެވެ. ކިއާރާއަކަށް އޭގެ ފަހަކުން އަޔާންއެއް ނުފެނެއެވެ. ހަޤީޤަތުގައި އޭގެފަހުން އޭނާ ބޭރަށް ދާން ބޭނުމެއްނުވިއެވެ. އަބަދު ގޭގައި ކޮންމެވެސް ކަމެއް ކޮށްލަ ކޮށްލަ އޭނާ އިންނަނީއެވެ. ފަތުހީ އޮފީހަށް ދާންފެށުމުން ކިއާރާވެސް ދާންބޭނުންވިއެވެ. ނަމަވެސް އޭނާ ފަށަން ބޭނުމީ ފެށޭ ހަފްތާގައިއެވެ. އޭގެ ކުރިން އޮފީހަށް ގޮސް ކުޑަކޮށް ކަންކަމާ އުޅެލަން ބޭނުންވީ އޭނާއަށް ފުރަތަމަ ދުވަހު އެކަންތަކުގައި އުޅެން އާވާނެކަމަށް ހިތާއެވެ. ކިއާރާ މިއަދު އޮފީހަށް ދާން ގަސްތުކުރިއެވެ. ނަމަވެސް މުވައްޒިފެއް ގޮތަކު ނޫނެވެ. ރަސްމީކޮށް އޭނާ އޮފީހަށް އަންނަން ފަށާނީ ފުރަތަމަ ގިނަ ކަންތަށް ދަސްކޮށްފައެވެ. މެލޭޝިޔާގެ އޮފީހުގައި އޭނާ އުޅުނެއްކަމަކު މިތަނާއި ތަފާތުވާނެތާއެވެ.

ކިއަރާ އަލަމާރިން ކުރު ޓޮޕް ކޮޅެއްނެގިއެވެ. އެއަށްފަހު ސްކިނީއެއް ލާ ރެޑިވާންފެށިއެވެ. “ހަލޯ ޑޭޑް…. އަޅުގަނޑު މިއަދު ދިޔަސް އޯކޭ ދޯ އޮފީސްއަށް…. ނޫނޭ ވިލް ސްޓާރޓް ސަންޑޭގަ އެކަމް މިއަދު ބޭނުން ކުޑަކޮށް އުޅެލަން އޭރުން ސަންޑޭގައި އުނދަގޫނުވާނެ..” ކިއާރާ ފޯނުން ފަތުހީއަށް ގުޅާލިއެވެ. ފަތުހީ އެކަމަށް އެއްބަސްވުމުން ކިއާރާ އަވަހަށް ހޭންޑްބޭގްއެއް އަޅުވާލައިގެން ނިކުތެވެ. “މެޑަމް…. ކޮންތާކަށް ދަނީ؟” ޝާލީ އަހާލީ ބަދިގޭގައި ހުރެފައެވެ. އޭނާ ދިވެހިން ބުނެލި ގޮތުން ކިއާރާ ހޭންފެށިއެވެ. އެއީ އޭނާގެ މެލޭޝިޔާ އެކުވެރިންވެސް ދިވެހިން ވާހަކަދައްކަން އުޅޭއިރު ދެއްކޭ ރާގެވެ. “އޮފީސް އަށް…” ކިއާރާ ޖަވާބު ދިނެވެ. “ކޮބާ ޖަމީލް؟” ކިއާރާ އަހާލިއެވެ. “ކާރ ވޮޝް ކުރަނި..” ޝާލީ ބުނެލުމުން ކިއާރާ ބޭރަށްނިކުމެލިއެވެ.

އޭރު ޖަމީލް އުޅެނީ ކާރު ރިތިކުރުމުގައެވެ. “ޖަމީލް ޑްރޮޕް ކޮށްދީބަ އޮފީހަށް…” ކިއާރާ ބުނެލިއެވެ. ޖަމީލް އަވަސް އަވަހަށް އެ ކާރު ދޮވެލާފައި ގަރާޖް ތެރޭ އޮތް ކާރަށް އަރާ ނެރެލިއެވެ. ކިއާރާ އޭގައި އިށީނދެލިއެވެ. “ޖަމީލް އޯކޭ މަޑުނުކުރިޔަސް ޑޭޑް ދިޔަ ކާރުގައި އާދެވޭނެ…” ކިއަރާ ބުނެލިއެވެ.

ގިނައިރުތަކެއް ނުވެ ކާރުގޮސް އޮފީސް ދޮރުމައްޗަށް ހުއްޓުމުން ކިއާރާ ފޭބިއެވެ. އަދި ޖަމީލް ދަންދެން ހުރުމަށްފަހު އެތެރެއަށް ވަދެލިއެވެ. ތިރީބައިގާ މަސައްކަތުގައި ތިބެންޏާ ތިބީ ރިސެޕްޝަނުގައި ތިބި ކުދިންނެވެ. ތިރީގައި ހުންނަނީ ރެޝިޕްޝަނާއި ވެއިޓިން ބައެވެ. އެތާނގައި ރީތި ކާޕެޓްއެއް އަޅާލެވިފައިވާއިރު ބޮޑު ސޯފާ ސެޓެއް ހުރެއެވެ. އަދި ބިއްލޫރި މޭޒުމަތީ ނޫސްއާއި މެގަޒިންތަށް ހުއްޓެވެ. އޭގެ އިތުރުން ކަނަކަށްވާ ގޮތަށް ބިއްލޫރިތަކުން ފޮރުވާލެވިފައިވާ ކެބިންއެއްވެސް އިނެވެ. ކިއާރާ ރެޝިޕްޝަނަށް ގޮސް ހުއްޓެލިއެވެ. އެތާ ތިބި އަންހެންކުދިންނަށް ކިއާރާ އިނގެއެވެ. އެހެންކަމުން ހިނިތުންވެލަމުން ކިއާރާ އަށް ބޭނުންވަނީ ކޮން އެހިއެއްތޯ އެއްސެވިއެވެ. “ފަސްޓް ފްލޯރ ގަ ދޯ މުވައްޒިފުން ތިބެނީ؟ އެން ކެބިންސް އޯ؟ މިތާ އިންނަނީ ކާކު؟” ކިއާރާ އަހާލީ ވަކިން އިން ކެބިންނަށް އިޝާރާތްކުރަމުންނެވެ. “ޔެސް މޭމް… ފަސްޓް ފްލޯރގައި ތިބޭނީ މުވައްޒިފުން.. އެން އެއީ ހެޑް ރެސިޕްޝެނިސްޓް ގެ ކެބިން… އެން  ސެކްނޑް ފްލޯރ ގަ ކެބިންސްތަށް.. ދެން ތާރޑް ގައި މީޓީންގް ރޫމް ޕްރެޒެންޓޭޝަން އެން އޯލް އެކަމަށް ހާއްސަ ފްލޯރ އެއީ…ފޯތު ގައި ކޭންޓީން.. ފިފްތް ގަ ހުންނާނީ ރެސްޓިންގް ރޫމް އެން ސަރ ގެ ސްޓަޑީ ރޫމްގެ އިތުރުން ދެތިން ރޫމްސް ވެސް ހުންނާނެ… 6 ފްލޯރ އެއީ ލާސްޓް ފްލޯރ… އެތާނގަ ހުސް ހުންނާނީ ރޫމްސް. އެއީ ކްލައިންޓްސް އިންނަށް ހާއްސަކޮށް ހުރި ރޫމްސްތަށް…” ރެޝިޕްޝަނުގައި އިން ކުއްޖަކު ކިޔައިދިނެވެ

ކޫލް…. މެލޭގެ ގޮތަށް ހަމަ މިތަންވެސް… ނޮޓް ބޭޑް..” ނިތް އަރުވާލަމުން ކިއާރަ ބުނެލީ އަމިއްލަ ނަފްސަށެވެ. “އަމްމް ސަރ ގެ ކެބިން އިންނަތަން ބުނެލަދޭންވީނު….” ކިއާރާ ބުނެލިއެވެ. “ލިފްޓުން އަރަންޏާ ސެކަންޑް ފްލޯރ އަށް ގޮސް ހުއްޓޭ ހިސާބުން ކަނާއަތަށް އަޅާނީ އެތަނުން ތިންވަނައަށް އިންނާނީ ސަރ ގެ ކެބިން..” ހިނިތުންވުމަކާއި އެކު އެ ކުއްޖާ ބުނެލުމުން ކިއާރާ ޝުކުރު އަދާކޮށްފައި ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. ލިފްޓްއަށް އަރާފައި 2 ވަނަ ނަމްބަރަށް ފިތާލިއެވެ. ފުރަތަމަ ފްލޯރ އިން ލިފްޓް ހުއްޓުމާއި އެކު ކިއާރާ ފޫހިގޮތަކަށް މޫނު ހަދާލިއެވެ. ލިފްޓް ހުޅުވުމާއި އެކު އޭނާއަށް ފެނުނީ ޒާއިންއެވެ. ކިއާރާ ގެ މޫނަށް އިތުރަށް ފޫހިވެރިކަން ވެރިވިއެވެ. ޒާއިން ސިހިފައި ހުރި ގޮތަކަށް ލިފްޓް ތެރެއަށް ވަދެލިއެވެ. އަދި 2 ކަށް ފިތާލިއެވެ. ކިއާރާ ޒާއިން އާއި ދުރަށް ނަޒަރު ހުއްޓާލައިގެން ހުރިއެވެ. ޒާއިން ކައިރިއަށް އައީ ހިންޏެވެ.

…. ނުނިމޭ….

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތާޝާ (25ވަނަ ބައި)

Next

ހުރީ ވެވިފާ ބާކީ… (ނުވަވަނަ ބައި)

Next
December 14, 2016

ހުރީ ވެވިފާ ބާކީ… (ނުވަވަނަ ބައި)

Previews
December 14, 2016

ތާޝާ (25ވަނަ ބައި)

21 Comments!

  1. Ryn says:
    December 14, 2016 at 7:22 pm

    Here it goes…Tc… Vrh love and miss.. ??

  2. Faathee says:
    December 14, 2016 at 7:34 pm

    I miss ayaan. Avaha ayaan n kiyaa meet vaane gothaka story dhaane nama. Ayaan ge hithuga kiyaa (aliya) ah ehves feeling eh othiyaa oi kan ves kiyuntherinaa hama avaha genesla dheebaa. Eyrun boda reethi vaani

  3. luloona says:
    December 14, 2016 at 7:34 pm

    varah reethi story hama speecheless

    1. luloona says:
      December 14, 2016 at 7:36 pm

      me and faathee first dhw

  4. naaanu says:
    December 14, 2016 at 7:39 pm

    Eyyyyn?????kaaku miaee .zaain ekey.huh.eyna dhen kiyaa fahathun nunetteyne kanne ???kobaatha ayaan.ayaan mathin miss vanings ❤❤❤zaain aa kiya nugulhuvaathi .zaain gandu go away ??

  5. sherhiee says:
    December 14, 2016 at 7:42 pm

    Wow…!!! Mi part wex warah reethiii….
    Next part kiyrrr hithun mihaar hurewenie eh noon…. Keep it up Ryn… ??

  6. Malaa says:
    December 14, 2016 at 7:48 pm

    Reethi v ma sha allaah, keep it up,, gd nit

  7. Nafu says:
    December 14, 2016 at 7:52 pm

    This part is also gud tc and much luv

  8. xum says:
    December 14, 2016 at 8:01 pm

    V v reethi

  9. Fin says:
    December 14, 2016 at 8:05 pm

    V vv salhi..

  10. Mop says:
    December 14, 2016 at 8:06 pm

    Varah Varah reethi.. Waiting for next part

  11. Almaa says:
    December 14, 2016 at 8:12 pm

    Wow haadha reechey mi part vx thanks ryn avavahah up kndheythy

  12. Brainless says:
    December 14, 2016 at 8:35 pm

    Wowwwwww…
    Haadha reehcheyy…
    Xaain and kiyaa nugulhuvahcheyy plx plx plx…

  13. silver shine says:
    December 14, 2016 at 9:30 pm

    Kon zaain eahtha mi ai, ayaan aa dhimaakuruva bala,

  14. fau says:
    December 14, 2016 at 9:43 pm

    Varah nice.. But not zaain and kiyaa.. Eyrun veryyyy angry… ?????? ? love and nights

  15. Lily says:
    December 14, 2016 at 10:18 pm

    Liumugai varah kuh gina kan faahaga kurevey. Office ah nuliyaane ofeehah liyaaanee and jumla thakuge fashuvikan rangalhu kollaifinama mi story v nice vaanekamah feney

  16. Pop says:
    December 14, 2016 at 11:42 pm

    So perfect… Good job ryn 🙂 gudnyt :-*

  17. Azuna says:
    December 15, 2016 at 1:57 am

    V reethi but Ayaan ge bai nethy ma.

  18. pinker says:
    December 15, 2016 at 6:29 am

    Nice?

  19. Faxoo says:
    December 15, 2016 at 2:35 pm

    vrh reeethi mi part ves. hama office there eh vrh reethi koh sifa koddhyfy 😉 Ryyn ulheny mihaaru office ehga tha 😀

  20. Ma says:
    December 24, 2016 at 3:37 pm

    Is it just me or that fathuhy guy doesn’t sound like a father to me at all. dhen maa Ginain English words use kohfa hunna kan faahaga kurevey.. sifa kohdhinun ves kamaku nudhey..kury part eh ga oiy aaliya ge ID card v male’ ga ulhunu geyga kamah Ehen vehjeya eyna Malaysia ah dhiyaee kihine baa kon nameh ga baa?… I know it’s a story Ekam suvaalu ufedheythy ahaaly..

Comments are closed.


All Right Reserved!