ހިތް އެކީ ދެވިއްޖޭ… 14
އޭނާ ހަނދާންވީ އަނާން އޭނާގެ ކޮނޑަށް އަރުވައިގެން ހިނގި ދުވަހެވެ. އަނާން އޭނާއަށް ދޮންތިކިޔާ ދުވަސްތަކެވެ. “ނޯ އިޓްސް އޯކޭ ސިސް….” އަނާން އެހެން ބުނުމުން ކިއާރާ އަނާންގެ މޫނަށް ބަލައިލިއެވެ.
“ސިސް… އައި ތިންކް އައި ނޯ ޔޫ..” އަނާން ބުނެލުމުން ކިއާރާ ދެލޯ ބޮޑުކޮށްލާފައި ހިން ދިރުވާލިއެވެ. އަނާން ކިއާރާގެ ލޮލު ކުރިމައްޗަށް ވައްޓާލައިފައިވާ އިސްތަށިތަށް އެއްފަރާތް ކޮށްލަން އުޅުނެވެ. ކިއާރާ ވަގުތުން އިސްޖަހާލިއެވެ. “ނޯ… ނޯ.. ޔޫ ޑޯންޓް ނޯ މީ…” ކިއާރާ ބުނެލިއެވެ. އަނާން ދެބުމަ ގޮށްޖަހާލިއެވެ. “އޯކޭ…” އަނާން ބުނެފައި އޮފީސްއަށް ވަންނަން ދިމާކޮށްލިއެވެ. އެވަގުތު އެ ދޮރު ހުޅުވިގެން ނިކުތީ އަޔާންއެވެ. ކިއާރާ އަޔާންއަށް ބަލައިލިއެވެ. އެއާއި އެކު ހުއްޓުން އަރާފައި ހުރެވުނީއެވެ. އެ ދޮން މޫނު ފެންނަލެއް ހިތްގައިމެވެ. ކަސްރަތީ ހަށިގަނޑަށް ފިޓްވެފައި ހުރި ކަޅު ގަމިސް ފެންނަލެއް ވަރަށް ރީއްޗެވެ. އަދިވެސް އެހާ ރީއްޗެވެ. ސްމާރޓެވެ. އަނާން ހުރިތާ ހުއްޓެވެ. އެމީހުންނާއި އަޔާން ކައިރިވެލާފައި އަޅައިގެން ހުރި އަވި އައިނު ތިރިކޮށްލިއެވެ. އަދި ކިއާރާއަށް ބަލައިލިއެވެ. އެއަށްފަހު އަނާންއަށް ބަލައިލިއެވެ.
“އަނާ ކިހިނެއްވެފަ ؟” އަޔާން ބުނެލިއެވެ. އެ ހިތްގައިމު އަޑުން ކިއާރާގެ ހިތްތެޅި ލޯލިތަށް ކޮޅަށްޖެހުނެވެ. އަނާން ކިއާރާއަށް ބަލައިލިއެވެ. ކިއާރަ ބަލަހައްޓައިގެން ހުރީ އަޔާންއަށް ކަން އަނާންއަށް އިނގުނެވެ. “ކަމެއްނުވެ.. ކުޑޭ އަންނަންދެން…” އަނާން ބުނެލިއެވެ. “ސިސް ދަނީ އިނގޭ….” އަނާން ކިއާރާކައިރި ބުނެލިއެވެ. “ސިސް؟” އަޔާން ކިއާރާއަށް ބަލައިލާފައި ސުވާލުކޮށްލީ އަނާންއާއެވެ. ކިއާރާއަށް އޭރުވެސް ގަނޑުވެފައި ހުރެވުނީއެވެ. “ކުޑޭ އަށް އިނގޭތަ ދެންމެ ދެމީހުން އެކްސިޑެންޓެއްވިއޭ…” އަނާން ބުނެލީ ހެމުންނެވެ. “ދެން އެކްސިޑެންޓެއްވާ ކޮންމެ މީހަކީ ސިސް ތަ؟” އަޔާން ބުނެލީ ނުރުހުން ފާޅުކުރަމުންނެވެ. ދެންމެ އައި ރުޅިގަނޑު ބޭލުނީ ނުދަންނަ އަންހެންކުއްޖަކަށެވެ. ކިއާރާއަށް ހިންދިރުވާލެވުނެވެ. ދެލޯ ކަރުނުން ފުރުނެވެ. ދެލޯ ފޮރުވިފައިނުވާނެނަމަ އޭނާ މިއަދު ބޭޒާރުވީހެވެ. “ނޯ ކުޑޭ.. އައި މީން….” “ހިނގާ ދާން…. ބުނަމެއްނު ނުދަންނަ މީހުންނާއި ވާހަކަ ނުދައްކާށޭ…” އަނާން ދައްކާ ވާހަކަ މެދުކަނޑާލަމުން އަޔާން އެހެން ބުނެފައި ހިނގައިގަތެވެ. އަނާން ކިއާރާއަށް ބަލައިލިއެވެ. އަދި އަތުން ހަނާ އަޅާލާފައި އަޔާންއާއި އެއްވަރުކޮށްލިއެވެ.
އަޔާން އަށް ކިއާރާގެ މޫނު ފެނުމާއި އެކު ހަނދާންވީ އެރެއެވެ. އެއީ ހަމަ އެ ކުއްޖާކަން ޔަޤީނެވެ. އާލިޔާގެ ހަނދާންކޮށްދޭ އެ ކުއްޖާ އެވެ.. ހައްތަހާ ރުޅި ވީ ގަދައެވެ. އެކުއްޖާ ސަބަބުން ހަނދާންވަނީ އާލިޔާއެވެ. އާލިޔާގެ ސަބަބުން ހަނދާންވަނީ ޝާހީނާއެވެ.
ކިއާރާ އިސްޖަހާލި ވަގުތު ކަރުނަތަށް ފައިބައިގެން ދިޔައެވެ. އޭނާގެ ހިތުގައި ޖެހުނެވެ. އަޔާންއަކީ ކުރިން އެކަހަލަ މީހެއްނޫންކަން ކިއާރާއަށް އިނގެއެވެ. މިހާރު ކިހިނެއްވީހެއްޔެވެ؟ ކިއާރާ ތުންފަތުގައި ދަތްއަޅާލިއެވެ. އެނާ އެނބުރުނުފަދައެވެ. ދާނެ ދިމާލެއް ނޭނގުނުފަދައެވެ. އޭނާ ޖޫލިއަން އިމާރާތުގެ ފާރުގައި އަތްޖައްސާލިއެވެ. އެއަށްފަހު ދެލޮލުން ފޭބިކަރުނަތަށް ފޮހެލާ އެ އިމާރާތަށް ބަލައިލިއެވެ. އޭނާއަށް ހީވީ ހިތް ކުދި ކުދި ވީހެންނެވެ. މަޑު އާހެއް އަނގައިން ނިކުތެވެ. “ނުދަންނަ މީހުންނާ ވާހަކަ ނުދައްކާށޭ!! ނުދަންނަ މީހުންނާ ވާހަކަ ނުދައްކާށޭ!!” ކިއާރާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ޖުމްލައެވެ.
ކިއާރާ ދެލޯ މަރާލައިފައި ހިނގައިގަތެވެ. އިރު އިރުކޮޅާ ނޭފަތް ދަމާލައެވެ. ކަރުނަތަށް ފައިބައިގެން ދާ ކޮންމެ ފަހަރަކު ފޮހެލައެވެ. “ކިޓީ!!!” ކިއާރަ ސިހުނީ ފަހަތުން އައި ޒާއިން ކިއާރާގެ އަތުގައި ހިފައިފާ ދަމައިގަތުމުންނެވެ. ކިއާރާ އަށް އެ ކުއްލިން ގޮސް ޖެހުނީ ޒާއިންގެ ގައިގައެވެ. އޭނާގެ އިސްތަށިތަށް ވެސް އެވަގުތު ރީތިގޮތަކަށް ވިހުރެލިއެވެ. “ކޮންތާކަށް ދާންހިތާ ތިއުޅެނީ؟؟” ޒާއިން ބުނެލީ ކިއާރާ ދުރަށް ޖައްސާލާފައެވެ. އަޑުގައިވަނީ ހާސްކަމެވެ. ކިއާރާ އިސްޖަހާލިއެވެ. “ގެ..ގެއަށް..” ކިއާރާ ބުނެލިއެވެ. “ގެ އޮންނަނީ މަގުމަތިތަ؟ މަގުމައްޗާއި ދިމާލަށް ދާން ތިއުޅުނީ؟” ކިއާރާ އަށް މަގުމަތި ދައްކާލަމުން ޒާއިން ބުނެލީ ހާސްވެފައެވެ. ކުޑަ ތަންކޮޅެއް ލަސްވިނަމަ މަގުމަތިން ދިޔަ ޕިކަޕްގައި ޖެހި ކިއާރާ އަށް އަނިޔާލިބުނީހެވެ. ކިއަރާވެސް ދެލޯ ބޮޑުކޮށްލަމުން މަގުމައްޗަށް ބަލައިލިއެވެ. ހިޔާލުތަކަށް ގެއްލެވުނު ވަރުން ދެވުނު ދިމާވެސް ނޭނގުނީއެވެ.
ކިއާރާ އެއްޗެއް ނުބުނެ ހުރުމުން ޒާއިން ކުރިމަތީ ހުރި ޖޫލިއަން އިމާރާތަށް ބަލައިލިއެވެ. ޔަޤީނުންވެސް މިތަނާއި ކިއާރާ އާއި ގުޅުމެއް އެބައޮތެވެ. ޒާއިން ކިއާރާގެ އަތުގައި ހިފައިފާ ހިނގައިގަތީ ބްލޫސް އިމާރާތުގެ ކައިރި އޮތް ޕާކް އޭރިއާއަށެވެ. އެތަނުން ކާރަކަށް އެރުމަށްފަހު ޒާއިން ކިއާރާ ކައިރި އެރުމަށް ބުނެލިއެވެ. ކިއާރާ ކާރަށް އެރިއެވެ. “މޮޔަވީތަ؟ އެހެންވެ ކަންނޭނގެ ސަރ އެހާ ހާސްވެފައި ހުރީ އެކަހަލަ މޮޔަ ކަމެއް ވެދާނެތީ.. މި މެލޭ އެއްނޫނޭ މީ މާލެ ކިއާރާ… މިތަނާއި އެތަން ހާސްތަފާތު ވާނެ… މިތާކު އެކަކު އަނެކަކަށް ނުބަލާނެ މީހުންނެއް….” ޒާއިން ބުނެލިއެވެ. އެއަށްފަހު ކާރު ސްޓާރޓްކޮށްލިއެވެ. ކިއާރާ އެއްޗެއް ނުބުނެ ލޯގަނޑުން ބޭރުބަލަން އިނެވެ. އޭނާގެ ސިކުނޑިގައި އެނބުރުނީ ހަމައެކަނި އަޔާންއެވެ. އެ ބަސްތަކެވެ.
ޒާއިން ކާރު ގޮސް ކިއާރާގެ ގޭގެ ތެރެއަށް ވައްދާލީ ބޮޑު ގޭޓް ހުޅުވުމާއި އެކުގައެވެ. އެއަށްފަހު ދޮރު މައްޗަށް ކާރު ހުއްޓައިލިއެވެ. ކިއާރާ މަޑުމައިތިރިކަމާއެކި އެތެރެއަށް ވަދެގެން ދިޔައެވެ. ޒާއިން އެ ދިމާ ބަލަން ހުރެފައި އޮފީހަށް ދާން ކާރު ދުއްވާލިއެވެ. އޮފީހަށް ގޮސް ޒާއިން ހުރިހާ ވާހަކައެއް ފަތުހީއަށް ކިޔައިދިނެވެ. ފަތުހީވެސް ކުޑަކޮށް ހާސްވިއެވެ. އަދި ކިއާރާއަށް ގުޅައިދީފައި ވިސްނައިދީ ޒާއިން އަށް ޝުކުރުވެރިވިއެވެ.
……..
ކިއާރާ އޮފީހަށް ދާން އޮތްދުވަހެވެ. އޭނާ ކުރީބައިގާ ތެދުވެގެން ފެންވަރާ ރީތިވެލިއެވެ. އަދި އަތް ދަބަހަށް މުހިންމު އެއްޗެހި ލުމަށްފަހު ލޯގަނޑުން އަމިއްލަ ސުރަ ބަލައިލިއެވެ. ރީތި ކަޅު ގަމިހަކާއި ނޫ ކުލައިގެ ސްކްނީއެއްގައި ކިއާރާ ފެންނަނީ ވަރަށް ރީތިގޮތަކަށެވެ. އެހިމަ ތޮޅި ހަށިގަނޑާއި ނުލާހިކު ގުޅެއެވެ. އިސްތަށިގަނޑު ވަނީ އާދައިގެ މަތިން ހާވާލާފައެވެ. އަދި ކުރިމައްޗަށް ހުންނަ ކުރު އިސްތަށިތަށް އެއްފަރާތަކަށް ގެނެސް ދަތި ޖަހާފައެވެ. އެހެން ހުންނައިރު އޭނާގެ މޫނު ރީއްޗަށް އިނގެއެވެ. އެ މޫނުމަތިން އޭނާއަށް ސިފަވީ މައުސޫމްކަމުން ފުރިގެންވާ އާލިޔާއެވެ. އާލިޔަގެ ދިރިއުޅުމެވެ. ކިއާރާ އަވަސް އަވަހަށް ހިޔާލުން ބޭރުވެ ހިނގައިގަތީ ތިރިއަށް ފައިބަންށެވެ. އޭރު ފަތުހީ ކާ މޭޒުދޮށުގައި އިނީ ކިއާރާގެ އިންތިޒާރުގައެވެ.
ކިއާރާ އައުމާއި އެކު ޖެސިކާ މެން ކާ އެއްޗެހި ކައިރިކޮށްދިނެވެ. “ކިއާ ދަރިފުޅާ ބައްޕައަށް އިނގޭ އެ ދުވަހު ވީގޮތް.. ކީއްވެކަން އެހެން ކަންތަށް ވީ.. އެކަމް ކިއާއަށް ރަނގަޅަކަށް މި ބުނަނީ އިނގޭ.. ބައްޕަ މައްސަލައެއްނެތް އަޔާން އާއި ވާހަކަދެއްކިޔަސް އެތަނަށް ދިޔަޔަސް.. އެކަމް ހަޤީޤަތާއި ކުރިމަތި ލާން އިނގެންޖެހޭނެ… އަމިއްލަ ނަފްސަށް ވިސްނައިދޭން ޖެހޭނެ އަޔާން އަކީ މީހެއްގެ ފިރިއެއްކަން… އޯކޭއެއްނު؟ އަދި ބުނަން.. ބައްޕަ ހަޤީޤަތުގައި ބޭނުމެއްނުވޭ ކިއާ ތިގޮތަށް ދިރިއުޅުން ހަލާކުކުރާކަށް… އަޔާންގެ އިންތިޒާރުގައި .. އެކަމް ދުޢާ ކުރަނީވެސް އުއްމީދުކުރަނީވެސް ދަރިފުޅުގެ ތި ސާފް ލޯބި އިނގޭތީ…. ދަރިފުޅުގެ އުފާތަކަކީ އޭނަކަން އިނގޭތީ… އެކަމް ދަރިފުޅުގެ ދުވަސްތަށް ތިހެން އެކީ ނިމޭކަން ބައްޕަ ނޭދެން… ދަރިފުޅަށް ވިސްނެންދެން މިހުންނަނީ….” ފަތުހީ ބުނެލިއެވެ. ކިއާރާ އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.
ކައި ނިންމާލުމަށްފަހު ފަތުހީ ކިއާރާ ގޮވައިގެން ކާރަށް އެރިއެވެ. އަދި އޮފީހަށް ދިޔައެވެ. ކިއާރާ އޮފީހަށް ވަދެ ރެޝިޕްޝަނުގައި ތިބި ކުދިންނާއި ބައްދަލުކޮށްލިއެވެ. އެމީހުން ފަތުހީއަށާއި ކިއާރާއަށް ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. ކިއާރާ ހިނިތުންވެލާފައި ފަތުހީގެ ފަހަތުން ހިނގައިގަތެވެ. ފަތުހީ ގޮސް ކިއާރާއާއި އެކު ޒާއިން އިން ކެބިންއަށް ވަދެލިއެވެ. އެތަން ވަނީ ބަދަލުކޮށްފައެވެ. ދެމީހުންނަށް ތިބެވޭނެހެން ދެ ޓޭބަލްގެ އިތުރުން ކޮމްޕިއުޓަރަކާއި ފައިލްތަށް ބަހައްޓާނެ ކަބަޑެއްވެސް ކިއާރާ އިންނަ ދިމާލުގައި ހުއްޓެވެ. “ގުޑް މޯނިން ސަރ..” ޒާއިން ބުނެލީ ކޮޅަށް ތެދުވެލަމުންނެވެ. ފަތުހީ ބޯޖަހާލީ ހިނިތުންވަމުންނެވެ.
ކިއާރާ ކަޅި ދެފަރާތަށް ހިންގާލިއެވެ. “ކިއާ… ކިއާގެވެސް އަދި ޒާއިންގެ ވެސް މަސައްކަތެއް އެއީ ޑައުން ފްލޯރ އަށް ގޮސް މުވައްޒިފުންގެ ކަންތަށް ބެލުން.. އަދި އަމިއްލަ ކަންތަށްތަށްވެސް ކުރުން..ޒާއިން މި ވަޒީފާ ވަރަށް ރަނގަޅަށް އަދާކުރޭ.. ހީކުރަން ކިއާވެސް… ޒާއިން ފަދައިން އެކްޓިވް މީހަކަށް ވާނެކަމަށް.. ދެމީހުންވެސް ގުޅިގެން މި ކުންފުނީގެ ކަންތަށް ބަލަހައްޓަންވާނެ… އަދި ގުޅިގެން އުޅެންވާނެ..” ފަތުހީ ދެމީހުންނާއި ދިމާ ބަލައިލަމުން ބުނެލީ ވިސްނައިދޭފަދަ ގޮތަކަށެވެ. “އޯކޭ ޑޭޑް..” ކިއާރާ ބުނެލިއެވެ. އެއަށްފަހު އޭނާ އިށީންނަންވީތާ ހަމަޖެހިލިއެވެ. ފަތުހީ ދިޔައީ ޒާއިން ކައިރި ކިއާރާ ކުރަންވީ ކަންތަށް ބުނަށްޗޭ ދަސްކޮށްދެށްޗޭ ބުނެފައެވެ.
“ހެލޯ ކިޓީ.. ގުޑް މޯނިން..” ޒާއިން ބުނެލިއެވެ. ކިއާރާ މިއަދު ހުރީ އެއްވެސް ވަރަކަށް ރުޅިއައިސް ދެމީހުންގެ މެދުގައި ކުދި ކުދި ފައިޓްތަށް ހިންގާކަހަލަ މޫޑެއްގައެއްނުނެވެ. އެހެންކަމުން ހިނިތުންވެލާފައި “ގުޑް މޯނިން” އޭ ބުނެލިއެވެ.
“ހިނގާ އަވަހަށް ޑައުންއަށް…” ޒާއިން ތެދުވަމުން ބުނެލިއެވެ. ކިއާރާވެސް ބޯޖަހާލަމުން ތެދުވެ ހިނގައިގަތެވެ. އެތަނުގައި ހުރި ބައެއް ގޮޅިތަށް ހުހެވެ. މީހުން އަދިވެސް ހަމަ ނުވެއެވެ. ދެމީހުން ފެނިފައި އައިސް ތިބި މުވައްޒިފުން ތެދުވެލިއެވެ. “ގުޑްމޯނިން ސަރ އެން މޭމް” މުވައްޒިފުން އެކީ ކަހަލަ ގޮތަކަށް ބުނުމުން ކިއަރާ އާއި ޒާއިންވެސް އެމީހުންނަށް ރައްދުދިނެވެ. އެއަށްފަހު ޒާއިން އުޅުނީ ކިއާރާއަށް ކަންތަށްތަށް ކުރާނެ ގޮތާއި އޭނާ ކުރާގޮތާއި އެއްޗެހި ބުނެދިނުމުގައެވެ. ކިއާރާ ދަސްކުރާލެއްއަވަހެވެ. ޒާއިން އަށް މާގިނަ ފަހަރަކު ބުނާކަށް ނުޖެހުނެވެ.
އޮފީހުގެ ފުރަތަމަ ދުވަސް ނިމުނީ ކިއާރާވެސް ހީކުރިފަދައިން ވަރަށް ރަނގަޅަށެވެ. އަނެއްދުވަހު އެކަނި ކުރެވޭނެ ވަރަށް މިއަދު ދަސްކޮށްފިއެވެ. ޒާއިންވެސް ހުރީ އޭނާގެ މަސައްކަތް ކިއާރާ ފަދަ އެކަމަށް ޤާބިލް ކުއްޖަކާއި ހިއްސާކުރަން ޖެހުމުން ހިތްހަމަޖެހިފައެވެ. ދެމީހުންގެ މެދުގައި ކުޑަކޮށް ނަމަވެސް އެކުވެރިކަން އުފެދުނެވެ. ޒާއިންވެސް ކިއާރާއަށް ޖެއްސުމަށް އެއްޗެހި ބުނާލެއް މަދެވެ. ބުންޏަސް ކިއާރާ ރުޅި އައުމުގެ ބަދަލުގައި ފަށަނީ ހޭންށެވެ.
އޮފީސް ނިމުމާއި އެކު ކިއާރާ އާއި ޒާއިން ދިޔައީ ކޭންޓީންއަށެވެ. ދިޔަމަގުމަތީ ފަތުހީއާއި ޝުކޫރު ކޭންޓީން އިން ނިކުންނަނިކޮށް އެމީހުންނަށް ފެނުނެވެ. “އަނހަ ކިއާ.. ބައްޕަ މިއުޅެނީ ދާންކަމަށް….” ފަތުހީ ބުނެލިއެވެ. ކިއާރަ ޒާއިންއަށް ބަލައިލިއެވެ. “އެހެންވިއްޔާ އަޅުގަނޑުވެސް ދާނީ…” ކިއާރާ ބުނެލިއެވެ. “އުނހު.. ސަރ އަޅުގަނޑު ގެންގޮސްދޭނަން ގެއަށް.. އެންމެ ރަނގަޅެއްނު..” ޒާއިން ބުނެލިއެވެ. ފަތުހީ ކިއާރާއަށް ބަލައިލާފާ އެންމެ ރަނގަޅޭ ބުނެފައި ޝުކޫރު އާއި ދެމީހުން ހިނގައިގަތެވެ. ކިއާރާ ޒާއިން އާއި އެކު ގޮސް ކޭންޓީންއަށް ވަދެ އޭނާ ބޭނުންވާ އެއްޗެހި ނަގައިގެން އައިސް މޭޒުގައި އިށީނދެލިއެވެ. އެވަގުތު ތިބި މުވައްޒިފުންތަކަށް ކިއާރާ ހިނިތުންވެލިއެވެ. “ގުޑް ބައި މޭމް އެން ސަރ… ހޭވް އަ ނައިސް ޑޭ..” ކިއާރާ އަށާއި ޒާއިންއަށް ބަލާލަމުން ދެތިން ކުއްޖަކު އެހެން ބުނީ ކޭންޓިންއިން ނިކުންނަމުންނެވެ. ކިއާރާ ފޯނުން އޭނާގެ އެކުވެރިއަކަށް މެސެޖް ކުރަން އިނދެމުން ކަމުން ދިޔައެވެ. ޒާއިންވެސް އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކިޓީ.. ރާއްޖޭގައި އުޅެފަތަ ދިޔައީ އެކޮޅަށް؟؟” ޒާއިން އަހާލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލީއެވެ. މިއަދު އެކަމާއި ގުޅޭގޮތުން ޒާއިން ވަރަށް ސުވާލުކޮށްފިއެވެ. އެއިން ކޮންމެ ފަހަރަކު ކިއާރާ ކުޑަކޮށް ފަސްޖެހެވެއެވެ. އަދި ދޮގުހެދެއެވެ. އަސްލު ފޮރުވެއެވެ. އޭނާ އެ ބޮޑު ދެލޮލުގައިވާ ވިދުން ޒާއިންއަށް ފެނުނެވެ. ކިއާރާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. “ހަނދާން ހުންނަ އިރުންސުރެ އުޅެނީ އެކޮޅުގައި..” ކިއާރާ ބުނެލިއެވެ. އެއީ ފަތުހީ އެކަހަލަ ސުވާލެއް ކުރިމަތި ވުމުން ޖަވާބަކަށް އެހެން ބުނާށޭ ބުނެފައި އޮތީމައެވެ. ޒާއިން ސިހުނީ އޭނާގެ ފޯނަށް ކޯލެއް އައުމުންނެވެ. އޭނާ ހިނިތުންވުމަކާއި އެކު ފޯނު ނަގައިލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލާފައި އަނެއްކާވެސް ފޯނަށް ނަޒަރު ހިންގާލިއެވެ.
“ހޭ ކިއުޓީ ޕައި… ޔަޕް ނިމިއްޖެ… ކޮބާ ކިހިނެއްތަ ކަމަނަ؟” ޒާއިން އެހެން ބުނެލުމާއި އެކު ކާން އިން ކިއާރާ ކޮށި އަރައިގަތެވެ. ޒާއިން ކައިރި އިން ފެންފުޅި ގާތްކޮށްލުމުން ކިއާރާ ފެން ބޯންފެށިއެވެ. “ހެހެ ނޫނޭ ބިޓެއް ނޫން.. ދެން ބިޓެއް ނުލިބިގެން އުޅޭނަމަ ހެޔޮ… މިހާރުވެސް މި ގެންގުޅޭ ބިޓުން ފުދެއޭ.. ހަހަހަ ޔާ އެއީ އެއްކަލަ ސަރ ގެ ދަރިފުޅު.. އޭނާގެ ޒިންމާ އޮންނަނީ ސަރ ހަވާލުކޮށްފައޭ އަހަރެންނާއި.. ކެއުމާއި ބުއިމާއި މަސައްކަތާއި އެވަރު ނުވެގެން ކެބިންވެސް ޖެހުނީ ޝެއަރ ކުރަން…” ޒާއިން ބުނެލީ ކިއާރާއަށް ބަލައިލާފައެވެ. ކިއާރާ އަނގަ ހުޅުވާލަމުން ލޯ ހަނިކޮށްލިއެވެ. “. ދެން އިނގޭނު ދެޓް އައި ލަވް ޔޫ ކަން.. އެން ބިޓެއްނެތްނަމަ ހެވޭ.. ކަމަނައިން ފުއްދާލެވެޔޭ ހުރިހާ ކަމެއް… ދެން މާ ބޮޑަށް ނުވިސްނާ ވީއަރ ޖަސްޓް ފްރެންޑްސް ދޯ ކިޓީ؟” ޒާއިން ބުނެލިއެވެ. ކިއާރާ ހެމުން ހެމުން ބޯ ޖަހާލިއެވެ. “ބޯ ޖަހާލިޔަކަސް އޭނާއަކަށް ނުފެންނާނޭ… އަނގައިން ބުނެބަ ދޯ.. ވީއަރ ފްރެންޑްސް އެއްނު؟” ޒާއިން ބުނެލިއެވެ. ކިއާރާ އަށް އިތުރަށް ހެވުނެވެ. “ތެދެއް.. ވީ އަރ ޖަސްޓް ފްރެންޑްސް އިނގޭ.. އެން މިއަށް ވުރެ މިކަން އިތުރު ނުވެސްވެވޭނެ…..” ކިއާރާ އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. ޒާއިން އެ ވާހަކަދައްކާ ކުއްޖާއަށް އިވޭނެހެންނެވެ. “އަސްލުވެސް އެ ބުނީ ތެދެއް..” ޒާއިންވެސް ހޭންފެށިއެވެ.
“ވާނެ އެއްފަހަރުން މީޓްކޮށްލަން ދޯ ކިޓީ؟” ކިއާރާ ކައިރި ޒާއިން ބުނެލިއެވެ. ކިއާރާ ބޯޖަހާލިއެވެ. “އޭ ކިޓީ ބަލާބަ މިއޮށް ކިޔާ އެއްޗެއް ވެއިޓް އިނގޭ…” ޒާއިން އެހެން ބުނެފައި ފޯނު މޭޒުމަތީ ބާއްވާލިއެވެ އަދި ސްޕީކަރަށް ލިއެވެ.
އެކޮޅުން ހޭންފެށިއަޑު އިވުނެވެ. ކިއާރާ އިނީ އެ ކުއްޖާ ބުނާނެ އެއްޗެއް ނޭނގޭތީ ކަނުލާ އަޑުއަހަންށެވެ. “އައި ޑޯންޓް ނޯ އިނގޭ ނޮޓް ޝުއަރ.. އެކަމް އެ އަޑުން ވަރަށް ކްލޯސް ކުއްޖެއްހެން ހީވީ…” އެކޮޅުން ބުނެލިއެވެ. ކިއާރަ ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ހިންދިރުވާލިއެވެ. އޭނާއަށް ވެސް އެ ކުއްޖާގެ އަޑު ހިސާބަކަށް އިވުނު އަޑެއްހެން ހީވިއެވެ. މައިޝާ ބާއެވެ؟ ކިއާރާ ހޭން އިން ޒާއިންއަށް ބަލައިލިއެވެ. ޒާއިންއަށް ނޭނގުނަސް ކިއާރާ އަކީ މިތާ އުޅުނު ކުއްޖެކެވެ. އޭނާ ދަންނަ ކުއްޖަކަށްވެސް އެ ކުއްޖާ ވެދާނެއެވެ. ބިރުގަތީ އެހެންވެއެވެ. “މައިޝާ ފުޅާ ކިޓީ ރާއްޖޭގައެއް އަދި ނުވެސް އުޅޭ…. ކިރިޔާ އެ އައީ ދެން ކިހިނެއް ތި ދެމީހުން ވާހަކަވެސް ދައްކާނީ އަޑު ވައްތަރުވާކަށް…” ޒާއިން ބުނެލިއެވެ. ކިއާރާއަށް ޒާއިން ބުނި އެއްޗަކުން ނޭވާ ކޮޅަށް ޖެހުނެވެ. “މަ..މައިޝާ؟؟” ކިއާރާއަށް އަހާލެވުނެވެ. އެކޮޅުން އާނއެކޭ ބުނެލިއަޑުއިވުނެވެ. ކިއާރާގެ ހިތް ތެޅިގަތެވެ. ޒާއިންއަށް ކިއާރާގެ އެ ސިހުން ފެނި ހެވުން ހުއްޓުނެވެ. “ކިޓީ އަނެއްކާ އިނގެނީތަ މައިޝާ؟” ޒާއިން އަހާލިއެވެ. ކިއާރާ އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ހާސްކަން ޒާއިންއަށް ނަގައިގަތެވެ. “ޒާއިން އޭނާގެ އަސްލުނަމަކީ ކޮބާތަ؟” މައިޝާ ބުނެލިއެވެ. ކިއާރާ ފޯނަށް ބަލައިލިއެވެ.
އޭރު ދެލޮލުގައި ވަނީ ކަރުނައެވެ. އޭނާ އިނީ ވަރަށް ކޮންޓްރޯލްކޮށްގެންނެވެ. ހިތާމަވެރި ސޫރައަށް އުފާވެރިކަންގެނައުމުގައި އޭނަ ކާމިޔާބުވިއެވެ. އޭނާގެ އަސްލު އެއްވެސް މީހަކަށް އެނގެން އޭނާ ބޭނުމެއްނޫނެވެ. “ކިއާރާ ކިޔަނީ.. މައި ދަންނަންތަ؟” ޒާއިން އަހާލިއެވެ. “ކިއާރާ… ހުމްމް.. ނޮޕް ނުދަންނަން.. ވެދާނެ އަޑު ވައްތަރީކަމަށް އެހެން ކުއްޖަކާ… ހެހެ..” މައިޝާ ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާގެ މޫޑް އޮފް ވެއްޖެކަން ޒާއިންއަށް ނަގައިގަނެވުނެވެ. “މައި…. ކާކާ އަޑު ވައްތަރުވެގެން ތިހާ އޮފް ވީ؟” ޒާއިން އަހާލިއެވެ. ކިއާރާ ހިންދިރުވާލިއެވެ. އަދި މައިޝާގެ ޖަވާބަކަށް އިނީ ހިތްތެޅޭހާލުގައެވެ. “އައި ޑޯން ނޯ.. ނައު އިޓްސް އަބައުޓް 7 އިޔާސް… އެކަމް އަދިވެސް އެ އަޑު ހަނދާން އެބަހުރި… ނޭނގެ ކީއްވެކަމެއް ކިއާރާގެ އަޑު އިވުނީމަ އޭނާ މަތިން ހަނދާންވީ… އޭނާ ވީތަނެއް އުޅޭ ތަނެއް އެއްވެސް އެއްޗެއް މިހާރަކު ނޭނގެ… އެކަމް ތި އަޑުން ހަމަ…. މިހާރު ކިތަށް އަހަރު މިވީ … އެ އަޑު ހަނދާން ހުރީމަވެސް އެބަ ހައިރާންވޭ….” މައިޝާ ބުނެލިއެވެ. އަޑުގައިވަނީ މަޑުމައިތިރިކަމެކެވެ. ކިއާރާ އިސްޖަހާލިއެވެ. އެދައްކަނީ އޭނާގެ ވާހަކަން އޭނާއަށް އިނގެއެވެ. “ކާކުތަ؟” ޒާއިން ބުނެލީ ކިއާރާއަށް ބަލައިލަމުންނެވެ. މައިޝާ ފުން ނޭވައެއް ދޫކޮށްލި އަޑުއިވުނެވެ. “އާލިޔާ….” މައިޝާ ބުނެލިއެވެ. ކިއާރާ އިސްއުފުލާލާ ފޯނަށް ބަލައިލިއެވެ
އާލިޔާ ބަޓް ކަންނޭނގެ… ދެން ތިހެން އޮފް ނުވޭ… ދޯ ކިޓީ…” ޒާއިން ބުނެލީ މަޖާވެލާފައެވެ.. ކިއާރާގެވެސް މޫޑް އޮފް ވިކަން ޒާއިންއަށް އިނގުނެވެ. “ތެދެއް…. ދެން އަޑު ޗޭންޖެއް ނުކުރެވޭނެނު ދޯ މައި….” ކިއާރާ ބުނެލީ އޭނާގެ ހާސްކަން ކަނޑުވާލަމުންނެވެ. ނަމަވެސް މައިޝާ ވަނީ ހިމޭންވެފައެވެ. “ދެން ތިމީހުން އަމިއްލަ ވާހަކައިގަ.. އިވެން އަމް ހިއަރ އޯކޭ…” ޒާއިން ބުނެލިއެވެ. މައިޝާ ހޭންފެށިއަޑު އިވުނެވެ. ކިއާރާއަށްވެސް ހެވުނެވެ. އޭނާ އެ ވާހަކަ ދައްކަނީ އޭނާގެ އެންމެ ގާތްއެކުވެރިޔާއާއެވެ. ތަޤުދީރުގެ ކުޅިގަނޑު ނިކަން ދެކިބަލާށެވެ. އޭނާއަށް ގެއްލުނު އެންމެންނާއި ކޮންމެވެސް ގޮތަކަށް ކައިރިވެވިއްޖެއެވެ.
“މި އަންހެނުން ޖެހިއްޖެއްޔާ ވާނެ މިހެން…” ޒާއިން ބުނެލިއެވެ. އެގޮތުގައި އެދެމީހުންގެ ކެއުން ނިމިގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް މައިޝާއާއި ކިއާރާއާތް ގާތްވެވުނެވެ. މައިޝާއަށް އާލިޔާގެ އަޑު އަދިވެސް ފާހަގަވާކަން އިނގުމުން ކިއާރާއަށް ހިނިތުންވެވުނެވެ. އުފާވެވުނެވެ. ނަމަވެސް ދެރައީ އޭނާ އެއީ މައިޝާގެ އެކުވެރި އާލިޔާކަން ބުނަން ނުކެރުމެވެ.
10733 Comments
Comments are closed.
Vvvvvv reethi
Hey guys. Tomorrow I may not b able to upload in the morning and I’ll b free evening ga.. So evening ga khlaanan but I’ll try my best to upload around 7. So story morning ga up nuvihya dhn see u evening ga guys.. Bye tc nights. ☺?? and hope understand vaanekamah. Hopefully will upload 7 haairu. If not evening and dhn night ga. Sorry in advance late vany r. Lots love. ????
ooooh soo nice…
waiting eagerly..
Yeyyyy me first dhw
Haadha kurey heevi gothehtha kiyaa hithun ovva anyway v reethi
Magey hih ves eky dhevijje… V rythi mi vaahaka
Ma sha allaah vvvvv habeys keep it up .
Me first haadha salhiey mi part vx bt maakury thanks ryn next part ge inthixaaru ga
Lol.. cngrts aluu..
P.S sry for the nick name if you dont like?
Guyssss bad news.!!! ???? won’t b able to upload tomorrow and even night ga vx. As tomorrow is the only holiday I’m getting to spend with my dad, after that my class will interrupt and he will go soon. he want go out and want to spend the night their itself so I can’t take my Lap as I won’t get good wifi and plus won’t have a small min ehvx to check and up the story. I wish I can check and up phone in but esfiya update v fahun I can’t read my posts I mean save khfahuri from my phone eyrunthaa mistakes vx balaafa rangalhu kureveyny but e vx nukureve and I better not up without checking cx mistakes huredhaane and dhn huri parts will need a lil bit update too so phone akun nuvaane.. I thought we will b back evening ga tomorrow but sadly no.. ??? I’m really sorry…. So will c u guys Saturday ga and as soon as I b back enme first vx story up kuraany ingey in sha Allah… Once again sorry.. Good bye and tc and c u Saturday ga hopefully.. Vrh miss and love. ???? nights and sweet dreams. ??
:'( sad news.. if so, yu should upload 3 parts on Saturday..
V salhi mi part vxx..
Varah salhii. Mihaaru nengey kithah faharukamey check kureyvuni up vejje kamey.
Waiting for next part. ❤️
Woww v salhi..waiting 4 the next part .. luv u ??❤
Ryn dhuvaalaku 3 part up kohdhen v nu ??
Aslu wess?? uhun 5 part dhuwaalaku. E e 5 namaadhah?
Story nimen dhen 1faharun kiyaaleveyne nama dhw
Ryyyynnn.. dhn mai kairi buneba e e aaliyaa ey.. only mai kairi.. plllllllxxxxx.. ehn nahadhabala dhw mai ah?? Bsties ehnu?? Dhn avahah mai ekani kairi buneyyhh.. uhuuunnn.. mai ekahyehnuunn anrn kairi wes.. anrn nubunaane yw eh wes myheh kairiii..
Haadha dhera habarekey ryn thi dhinee. Waitin waitin.
It’s ok ryn. Vaahaka hama habeys. Masha Allah. Vara furihama. Waiting for Saturday
Yah ryn please buneba maai and anaan kaireega….. puleeeeezzzz
Btw i love this story this is the best…
I am waiting for the next part
No nubunaathi. Nubune dhemeehun close frnd innah hedheemaa salhivaane. Dhen kiara thankolheh hivvaru gadhavaanvee.
Dhn bst frnd ge adu neygi eh nuhunnaaney nun…vrh vrh reethi..mai ah hurihaa vaahaka eh kiyaidheebr..eyrun stry vrh reethi vaane…sirru abadhaku nueh hife hehteyyne….
Waiting for saturdayyy…
Sad news ehnoon good news. ….. spending time with dad dhw….. it’s good…. we will b waiting…. dhn Mai kaireega buney mi aaliya ey… Ayaan and aaliya , Mai and zaain mee rangalhu dhe joadu , and also me and ryn hehe… just joking. … waiting for next part ingey… gud nyt ryn and others
spend a quality time with dad Ryyn 🙂 mi story ei Ryyn ge life story tha 😛 vrh reethi, and sifa kollevey Kiyara ulhey goi 😛 yuhr personality very much included 😀 😛
Yeah me ah vx v hyvey miee ryn ge lyf story henn ehn nubunan m hury but…
Ehn Mooky Eha rangalhah emotion thah nuganeweyne new writter akah
Ryn e e new writer eh thr? I dnt think its her life stry. Cox she is good to write stry.. kindda exprt. ??
Alhey v dhera vejje miadhu part up nuvyma.. Maadhaama story up vaane kamah vvvv unmeedhukuran….
Vvvv salhi mi part vxx… Waiting for tomorrow..
Madhan upkoh dheche… :-*
Ohh ryn.. its Saturday a.. mihaaru 7 ge fahun abt 5 times check kurevijje.. whn are u going to up the next part.???
Alheyyyy…if only she could tell MAISHA only…?
varah reethi.. ALIYA BHATT part varah majaa… hehehe..