ހިތް އެކީ ދެވިއްޖޭ..18
ކިއާރާ ދެލޮލުން ކަރުނަ ފައިބާ ހާލު އެ ހުރިހާ ކަމަކާ ވިސްނަމުން ދިޔައެވެ.
އެ މަންމަ އަދިވެސް ހަމަ އެހާމެ އަމިއްލަ އެދުން ބޮޑެވެ. ދެންވެސް ކިއާރާ ގޮއްސިއްޔާ އޭގެ ބޭނުންހިފާނެއެވެ. ކިއާރާގެ ދެލޯ މެރި ފުން ނިންޖަކަށް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނާއި ރިއްސާ ބޮލުގެ ސަބަބުންނެވެ.
……..
ކިއާރާއަށް ހޭލެވުނީ ކުށްލިއަކަށަށެވެ. އޭރު އޭނާގެ ނިތްކުރިމަތީ ތެއް ރުމާލެއް އޮތެވެ. ދެލޯ ހުޅުވުނީ ކުޑަކޮށްކަމުން ކިއާރާ އަނެއްކާވެސް ދެލޯ މަރާލާ ހުޅުވާލިއެވެ. އެއާއި އެކު ކައިރި އިން ޒާއިން ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ކިއާރާ ދެލޮލުން ފެން އަންނަންފެށިއެވެ. އޭނާގެ ގައިގާ ރިއްސަންފެށިއެވެ. ބޮލުގައި ހީވަނީ އެތިގަނޑަކުން މީހަކު ޖަހާހެންނެވެ. ކިއާރާ އެނދުން ތެދުވަން އުޅުމުން ޒާއިން އެކަން ހުއްޓުވިއެވެ. “ކިޓީ ތިއޮތީ ހުން އައިއްސައޭ… ބަލާބަ..” ކިއާރާ އާއި ދިމާލަށް ޒާއިން ބުނެލިއެވެ. ކިއާރާ އަމިއްލަ ކަރުގައި އަތްޖައްސާލިއެވެ. ތެދެކެވެ. އޭނާ އޮތީ ހުން އައިސް ރަތްވެފައެވެ. އެއީ ވާރޭއާއި ތެމުމުގެ ސަބަބުންކަން ކިއާރާއަށް އިނގެއެވެ. އޭނާއަކީ އަވަހަށް ބަލިވާ ކުއްޖެކެވެ. ޒާއިން އިނީ ގޮނޑިގެނެސް އެނދުކައިރި އިށީނދެލައިގެންނެވެ. ކިއާރާ ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވުމުންނެވެ. އެއާއި އެކު ޓްރޭއެއް ހިފައިގެން އެތެރެއަށް ވަތް ފަތުހީ ފެނުނެވެ. ޓްރޭ އަށް ލައިގެން ގެނައި އެއްޗެއް އިނގި ކިއާރާ މޫނަށް ގޮތެއް ހަދާލިއެވެ.
ފަތުހީ ޓްރޭ ކަބަޑުމަތީ ބައިންދާލިއެވެ. “އަވަހަށް ތެދުވޭ ދަރިފުޅާ.. ބައްޕަގެ މެޖިކް ކަޕް މިގެނައީ..” ފަތުހީ ބުނެލީ އެ ހޫނު ތަށި ނަގަމުންނެވެ. އެއިން އާވިއަރަމުންދިޔައެވެ. ޒާއިން އިނީ ކިއާރާއަށް ވަމުންދާ ގޮތް ބަލަންށެވެ. ކިއާރާ ވާހަކަ ދައްކަން އުޅުނެއްކަމަކު އަރު ބެދުނެވެ. އޭނާ ބޯ ހޫރާލީ ނޫނެކޭ ބުނެލުމަށެވެ. “އަބަދުވެސް މި ކަޕް ބޯލީމަ ދަރިފުޅު ރަނގަޅުވެއެއްނު އިރާދަކުރެއްވިއްޔާ މިފަހަރުވެސް ރަނގަޅުވާނެޔޭ.. އަވަހަށް ތެދުވޭ.. އެއް ނޭވައިން ދަމާލައިގެންވެސް ހުސްކޮށްލިޔަސް އޯކޭ އެއް ބައްޕައަށް..” ފަތުހީ އެނދާއި ކައިރިވެލާފައި ބުނެލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލިއެވެ. އެއަށްފަހު ދެއަތް އެނދުގައި ވިއްދާލަމުން ތެދުވެލީ ރުމާ ނަގަމުންނެވެ. ފަތުހީ އައިސް ތަށި ދިއްކޮށްލުމުން ކިއާރާ ދެލޯ މަރާލާ ނޭފަތުގައި އަތް އެޅިއެވެ. އެއަށްފަހު އެއްނޭވައިން އެ ތަށި ހުސްކޮށްލާ ފަތުހީއަށް ދިއްކޮށްލިއެވެ. ކިއާރާ މޫނަށް ހަދާގޮތަކުން އެއީ ކިހާ ނުބައި އެއްޗެއްކަން ޒާއިންއަށް އިނގުނެވެ. ފަތުހީ އަވަސް އަވަހަށް ފެން ތަށި ދިއްކޮށްލުމުން ކިއާރާ ބޯލީ އަވަސް އަވަހަށެވެ. ހުމުގެ ސަބަބުން އޭނާގެ ދޮން މޫނުގައި ވަނީ ފަނޑު ރަތްކަމެކެވެ. އެ ދެލޯ ރަތްވެ ދުޅަވީ ރުއިމުގެ ސަބަބުންނެވެ. ނަމަވެސް ފަތުހީ ހީކުރީ އެއީ ހުމުގެ ސަބަބުން ކަމަށެވެ.
“ދެން އިރުކޮޅަކު އޮވެލާ އިނގޭ ކިއާ.. ބައްޕަ ރޯސް އެބަ ފޮނުވަން ކާ އެއްޗެއް ދޭން.. މިއަދު ހާދަ މޫސުން ގޯހޭ ދޯ… އެލާރޓްވެސް ނެރެފި ބައެއް ރަށްތަކަށް..” ފަތުހީ ބުނެލީ ކުޑަދޮރުން ބޭރު ބަލާލަމުންނެވެ. އޭރުވެސް އުޑުމަތީވަނީ ބޯ ކަޅު ވިލާތަކެވެ. ކުރިއަށްވުރެ ވާރޭ ތުނިކޮށްލިއެއްކަމަކު ޖެހޭ ވައި ރޯޅި ބާރެވެ. ފަތުހީ ޓްރޭ ހިފައިގެން ނިކުމެލިއެވެ. ކިއާރާ އެ އިންގޮތަށް އިނދެ އަތުގެ އިނގިލިތަކާއި ކުޅެމުންދިޔައިރު ސިކުނޑިއަށް އަނެއްކާވެސް ހިޔާލުތަށް ފުނި ބާރުވިއެވެ. މަންމަގެ ހިޔާލުވަނެވެ. އެއާއި އެކު އެ ދެލޯ ކަރުނުން ފުރުނެވެ. ދެލޯ މަރާލުމާއި އެކު އެސްފިޔަތަށް ފޫ އަޅުވާލާ ކަރުނަތަށް ފައިބައިގެން ދިޔައެވެ. ފޯނާއި ކުޅެން އިން ޒާއިން ކިއާރާއަށް ބަލައިލި ވަގުތު އެ މަންޒަރު ފެނުނެވެ. “ހޭ.. ކިޓީ؟؟ ކިހިނެއްވީ؟” ޒާއިން ކިއާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކޮށްލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. އަދި ނޭފަތްދަމާލިއެވެ. އޭނާ ޖަވާބެއް ނުދިނުމުން ޒާއިން އަނެއްކާވެސް ފޯނަށް ނަޒަރު ހިންގާލިއެވެ. އިރުކޮޅެއްނުވެ ރޯސް ނޫޑްލްސް ތަށްޓެއް ހިފައިގެން އައިސް ކިއާރާއަށް ދިނެވެ. ކިއާރާ ބަސްއަހާ ކުޑަކުއްޖެއް ފަދައިން ނޫޑްލްސް ކޮޅު ކާލާ ހުސްކޮށްލިއެވެ. އަދި ފެންފޮދެއް ބޯލަމުން އެނދުގައި އޮށޯވެ ލޯމަރާލިއެވެ. އޭނާ އަށް އަނެއްކާވެސް ނިދުނެވެ. ޒާއިން ކިއާރާ ކައިރި އެތަށް އިރަކު އިނުމަށްފަހު އޭނާ ގެއަށް ދިޔައެވެ.
…..
ހެނދުނު ހޭލިއިރު ކިއާރަގެ ހުންމަޑެވެ. ނަމަވެސް ކެއްސާ ކެއްސާ އޭނާގެ އަޑު ބަދަލުވެ ގިނަ ފަހަރު އަޑު ނުވެސް އަންނަ ގޮތްވިއެވެ. އެކަމްވެސް އޭނާ އޮފީހަށް ދާންބޭނުންވިއެވެ. މިއަދު ކުޑަކޮށް ބުރަވާނެކަން ކިއާރާއަށް އިނގެއެވެ. އެހެންކަމުން ޒާއިންއަށް ހުރިހާ ކަމެއް ބަލަން އުނދަގޫވާނެއެވެ. ކިއާރާ ރެޑީވެލައިގެން ފޭބިއިރު ފަތުހީ އިނީ ކާންށެވެ. ކިއާރާގެ ކެއްސުން ރަނގަޅުވޭތޯ ޖިންޖަރ ޓީ އެއް ހަދާފައި ހުރުމުން އޭނާ އޯކަށް ދެމުނެވެ. ނަމަވެސް ފަތުހީގެ އެދުމަށް އެވެސް ބޯލައިގެން ކާލާ ހަދާލާފައި އޭނާ ފަތުހީއާއި އެކު ނިކުތެވެ. އޭނާ އަށް ވާހަކަ ނުދެއްކޭތީ އިނީ މަޑުންނެވެ. ކަރަށްވެސް ހުރީ އުނދަގޫވާވަރުވެފައެވެ. ހަމަ އެފަދައިން ނޭފަތް އިނީ ބެދިފައެވެ. އިރު އިރުކޮޅާ ނޭފަތް ދަމާލައެވެ.
ކިއާރާ ފަހަރަކު މުވައްޒިފަކަށް ބާއްޖަވެރި ހެނދުނަކަށް އެދެނީ ވައި އަޑުންނެވެ. “މޭމް.. ރޯގާ؟” ކިއާރާ ކައިރި ކުއްޖަކު އަހާލުމުން ކިއާރާ ބޯޖަހާލިއެވެ. “އަޅޭ ގެޓް ވެސް ސޫން މޭމް.. ރެސްޓްކޮށްލިނަމައެއްނު.. އަޅުގަނޑު ގެނެސްދެންތަ ހޫނު އެއްޗެއް ކެންޓިންއިން؟” އެ ކުއްޖާ ބުނެލިއެވެ. ކިއާރާ ނޫނެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އެއަށްފަހު ޒާއިން އަންނަންދެން ކެބިންގައި އިނެވެ. ޒާއިންއަށް ކިއާރާ ފެނުމާއި އެކު ދެބުމަ ގޮށްޖަހާލިއެވެ. “ހޭ ކީއްވެ ތިއައީ؟؟؟؟” ޒާއިން ބުނެލިއެވެ.
“މި..މިއަދު ބިޒީ ވާނޭ.. ޒާން އަށް ބުރަވާނެ..” ކިއާރާ ކަރުގައި އަތްއަޅާލައިގެން އިނދެ ބުނެފައި ކެއްސަންފެށިއެވެ. “ވެއިޓް..” ޒާއިން އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. ކިއާރާ އޭނަގެ މަސައްކަތައިގެން އުޅެންފެށިއެވެ. އިރުކޮޅެއްނުވެ ޒާއިން ތަށްޓެއް ހިފައިގެން އައެވެ. އެއިން އާވި އަރަ އަރަ ހުރުމުން ކިއާރާ މޫނު ހަދާލިއެވެ. “މި ބޯންވީ…” ޒާއިން އެހެން ބުނެލިއެވެ. އެއީ ހޫނު ފެންތަށްޓެކެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލާފައި އެ ބޯންފެށިއެވެ. އިރު އިރުކޮޅާ އޭނާ ކޮމްޕިއުޓަރުގައި އެއްޗެއް ލިޔެލާފައި ފެންފޮދެއް ބޯލައެވެ. ކިއާރާ ގެ ދުވަސް ދިޔައީ އެހެންނެވެ. އުޅެންޖެހުނުލެއް ބުރަކަމުން އޭނާ އިނީ ހަމަ ނިދި އައިސްގެން ހަލާކުވާވަރުވެފައެވެ. ނަމަވެސް ކެންޓިންއަށް ގޮސް ކޮފީއެއް ބުއިމުން ކުޑަކޮށް ހަމަޔަކަށް އެޅުނެވެ.
ޒާއިންއާއި އެއްވަރަށް ކިއާރާ އޮފީހުން ނުކުމެލިއެވެ. އުޑުމަތީގެ އެއްފަޅީގައި ވަނީ ކަޅު ބޯ ވިލާގަނޑެކެވެ. ކުރިއަށްވުރެ މޫސުމްރަނގަޅެއްކަމަކު ދޭތެރެ ދޭތެރެއިން ތުނިކޮށް ވާރޭވެހެލައެވެ. ކިއާރާ ޖޫލިއަންއަށް ބަލައިލިއެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާ ރޯކަށް ބޭނުމެއްނޫނެވެ. އޭނާ ނިކަމެތި ވާކަށް ބޭނުމެއްނޫނެވެ. އެ ހިތަށް އިތުރު އަނިޔާއެއް ދޭކަށް ބޭނުމެއްނޫނެވެ. ޒާއިން އާއި އެކު ކާރަށް އަރަން ދަނިކޮށް އެމީހުންގެ ކުރިމައްޗަށް އެރުނީ އަޔާންއެވެ. އަޔާންގެވެސް ކާރު ޕާކު ކުރަނީ އެމީހުންނާއި އެއްތާކުއެވެ. އެވަގުތު ކިއާރާ ދިޔައީ ކެއްސަމުންނެވެ. ވަގުތުން ކެއްސުން ހުއްޓާލިއެވެ. ކިއާރާ ބޭނުންނުވަ ކަންތަށްވީއެވެ. އޭނާ ގޮސް ކާރަށް އަރައިލީ އަޔާން އާއި ކުރިމަތި ލާން ބޭނުންނުވާތީއެވެ.
“އޭ މޭން….. އޭނާ ބަލިވީތަ؟” އަޔާން އަހާލީ ޒާއިންގެ ކޮނޑުގައި ޖަހާލަމުންނެވެ. “އާނ..އިއްޔެ ވަރަށް ވާރޭ ވެހުނެއްނު… އޮފީހަށް އިއްޔެ ނާދެވުނީމަ ވީ ގޮތް އެއީ… އޭނާ ވާރޭއައި ތެމިގެން ހިނގައިނިކޮށް ފެނުނީ އެންމެހާ އެކޮޅުން..” ޒާއިން ބުނެލިއެވެ. އަޔާން އެހެންހޭ ބުނެފައި ދަނީއޭ ބުނެ ހިނގައިގަތެވެ. ހިސާބަކަށް އޭނާގެ މޫޑް ސަކަރާތްވިއެވެ. ޒާއިން އަޅައިނުލާ އައިސް ކާރަށް އަރައި ދުއްވާލިއެވެ.
….
ކިއާރާގެ ރޯގާ މުޅިންހެން ރަނގަޅުވީ އޭގެ 5 ދުވަސް ވަރު ފަހުންނެވެ. އޮފީސް ބަންދުވެ އަނެއްކާވެސް ފެށުނުތަނާއެވެ. މިއަދު މާ ގިނަ މަސައްކަތްތަށް ނެތުމުން ކިއާރާ މޭޒުމަތީ ބޯ އަޅާލައިގެން އޮތެވެ. އޭނާ މި ވީ 5 ދުވަސްތެރޭ ވަރަށް ބޮޑަށް އަޔާން އާއި ދުރުވެވިއްޖެއެވެ. އޭނާ ނުފެންނަތާވެސް މިހާރު އެވަރުވާނެއެވެ. ފެންނަ ހިސާބަށްވެސް ކިއާރާ ނާރަނީއެވެ. އޭނައަށް ހީވާގޮތުންނަމަ ކައިރިވީމާ އެ ހިތަށް ލިބެނީ ހިތްހަމަޖެހުމަށްވުރެ ބޮޑަށް އަނިޔާއެވެ. ކިއާރާ އެގޮތަށް އޮއްވާ ކެބިންގެ ދޮރުހުޅުވާލަމުން ވަނީ ޒާއިންއެވެ. އޭނާގެވެސް މަސައްކަތް ހިސާބަކަށް ނިމުނީއެވެ. ޒާއިން އައިސް އެއްފަޅީގައި ހުރި ބޮޑު ކަޅު ސޯފާ މަތީ އޮށޯވެލިއެވެ. “ފޫހި ވަނީ…” ކިއާރާ ބުނެލިއެވެ. “އުޅޭ ގޭމެއް ކުޅެން..” ޒާއިން ބުނެލިއެވެ. ކިއާރާ ނިތްއަރުވާލިއެވެ. ޒާއިން އައިސް ދެ އޭފޯ ސައިޒް ގަނޑު ނަގާފައި އެކަތި ކިއާރާއަށް ދިނެވެ.
“ސޯ ހަދަންވީ ގޮތަކީ… ހިތުގައި އޮތިއްޔާ އޮތްހާ އެއްޗެއް މީގައި ލިޔަންވީ އިނގޭ… އެކަމް ނަން ނުލިޔާތި… ފުރަތަމަ.. ސީކްރެޓްސް ވިޔަސް ކޮންމެ އެއްޗެއްވިޔަސް ލިޔަންވީ… އެކަމް އެއީ ކާކުލިޔަ އެއްޗެއްކަން ނޭނގޭނެހެން.. ވީ ޝުޑް ނޮޓް ނޯ ވަޓް ވީ ރޯޓް އޯކޭ..” ޒާއިން ބުނެލިއެވެ. ކިއާރާ ބޯޖަހާލުމަށްފަހު އޭނާގެ ގަނޑުގައި ލިޔަންފެށިއެވެ. ޒާއިންވެސް ލިޔަންފެށިއެވެ.
ކިއާރާ ލިޔުނު އެތި އަލުން ހިތުން ކިޔާލިއެވެ. “އައި އެމް އާލިޔާ… އެން އައި ލަވް އަޔާން.. އަލޮޓް އަލޮޓް އެން އަލޮޓް….” އެއީ އޭނާގެ އެންމެ ބޮޑު އަސްލެވެ. ސިއްރެވެ. ކިއާރާ ޒާއިން ނިމެންދެން އިނެވެ. ޒާއިން ނިންމާލިއެވެ. “ދެން މީގެ ތިރީގައި ލިޔަންވީ މި ޕޭޕަރ ލިބުނު މީހަކު މި ހިފައިގެން މިރޭ އާރޓިފިޝަލް ބީޗަށް އަންނާށޭ.. އެން ބުނާނީ ލައިގެން ހުންނަންޖެހޭނީ ވައިޓް އެއްޗެކޭ.. އޯކޭ އެއްނު.. އެން ނައު ލިޔެ ނިންމާފަ ޕޭޕަރ ޕްލޭން އެއް ހަދާ..” ޒާއިން ބުނެލުމުން ކިއާރާ ހެމުން ހެމުން ޒާއިން ބުނި އެއްޗެހި ލިޔުމަށްފަހު ބޯޓެއް ހަދާލިއެވެ. ޒާއިން ގޮސް ކުޑަދޮރު ހުޅުވާލުމުން ކިއާރާ އެތަނަށް ދިޔައެވެ.
ޒާއިން އޭނާގެ ގަނޑު ފޮނުވާލިއެވެ. ކިއާރާ ބިސްމިން ކިޔާފާ އޭނާގެ ގަނޑުވެސް ފޮނުވާލިއެވެ. “އެކަމް އޭރުން އެ ސީކްރެޓް އިނގޭނެނު.. އައި މީން ކާކުކަން އެ ފޮނުވީ އައި މީން ދެން ސިއްރު އެމީހަކަށް އިނގޭނީނު އޯ ގޯޑް” ކިއާރާ ބުނެލީ ވިސްނާލާފައެވެ. ކުރެވުނު ކަންތަށްހިތަށް އަރާލުމުން ދާ ހިތްލަން ފެށިއެވެ. “އޯ ކާމް ޑައުން ކިޓީ.. ކާކަށް އިނގޭނީ އެއީ ކިޓީ ގެ އެއްޗެއްކަން.. ވީ ޝުޑް ވޮޗް ކާކުކަން ބީޗްއަށް އަންނަނީ.. އެކަމް ނުވާނެ ބުނެގެން ދެޓް އިޓް ވޯސް އަސް އޭ.. ހަމައެކަނި ބަލަން ހުންނަން ޖެހޭނީ އެމީހަކު އާދޭތޯ ހަމަ… ހަހަހަހަ” ޒާއިން ހެމުން ކިއާރާގެ އަތަށް ޓަޗެއް ދިނެވެ. “ކޫލްލް.. އޭރުން ވަރަށް މަޖާވާނެ….” ކިއާރާވެސް ހަމަޖެހުނީ ދެނެވެ. އޭނާ އެ ގަނޑު ލިބޭނެ މީހެއް ބަލަން ކެތްމަދުވިއެވެ.
……….
މަގުމަތިން އަވަސް ހިނގުމެއްގައި ހިނގައިފާ ދިޔަ ފައުޒާން ގެ ބޮލުގައި ޖެހުނީ ޕޭޕަރ ޕްލޭންއެކެވެ. ފައުޒާން އެ ނިއުޅާލަން އުޅެނިކޮށް ސިހުނީ ފޯނެއް އައިސްގެންނެވެ. އަތުގައި އޮތް ފައިލްތެރެއަށް އެ ގަނޑު ލުމަށްފަހު ފައުޒާން ފޯނު ނަގާލިއެވެ. “އާނ އާނ އެބަ ދަމޭ.. ހަމަ މިދަނީ..” ފައުޒާން އެހެން ބުނެލާފައި އޭނާގެ ހިނގުން އެއަށްވުރެ ބާރުކޮށްލިއެވެ. އަދި އަވަސް އަވަހަށް ގޮސް ޖޫލިއަންއަށް ވަދެލިއެވެ. އޭނާގެ އިންތިޒާރުގައި ހުރި އަޔާން އަށް ގޮސް އެ ފައިލް ދެވުނުއިރު އޭނާ ހުރީ ދެވަރުން އެއްވަރުވެފައެވެ. އަޔާން ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އަދި ފައިލް ހުޅުވާލިއެވެ. އެއާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ޕޭޕަރ ޕްލޭންއެކެވެ. ދެބުމަ ގޮށްޖަހާލަމުން އަޔާން އެ ހުޅުވާލިއެވެ. “އައި އެމް އާލިޔާ… އެން އައި ލަވް އަޔާން.. އަލޮޓް އަލޮޓް އެން އަލޮޓް……………………. ވަޓް.. އާލިޔާ.؟؟….” އަޔާންއަށް ލިބުނީ ސިހުމެކެވެ. އޭނާ އަދިވެސް ޔަޤީންކޮށްލަން ކިޔާލިއެވެ. އެއާއި އެކު ލޮލުގައި އަޅައިގަތީ ދެން އިން ތަންކޮޅެވެ. “މި ދިމާވާނީ ކާކަށް ކަމެއް ނޭނގެ ބަޓް އިޓްސް އަ ގޭމް.. ޖެހޭނީ އެމީހެއްގެ ހިތުގައި ފޮރުވިފައި އޮތް ސިއްރެއް ނުވަތަ ކޮންމެވެސް ކަހަލަ ތެދެއް ލިޔެފައި ފޮނުވާލަން އެން ސޯ އައި ޑިޑް.. އެން މި ދިމާވި ކުއްޖަކު އޯރ މީހަކު ވިޔަސް މިރޭ 8 ގަ އާރޓިފިޝަލް ބީޗްއަށް ވައިޓް އެއްޗެއްގައި އައުން އެދެން މި ގަނޑުކޮޅު ހިފައިގެން… ތެންކިޔު..” އަޔާންގެ ހިތްތެޅިގަތެވެ. އެ ގަނޑުކޮޅު އެ ލިބުނީވެސް ހަމަ އޭނާއަށެވެ. އެކަމް މި ގަނޑުކޮޅުން އާލިޔާ އެއީ ކާކުކަން އެނގިދާނެއެވެ. އަޔާން ފައުޒާންއަށް ގޮވާލިއެވެ.
ފައުޒާން އަވަސް އަވަހަށް އައެވެ. “މި ކޯޗެއް؟” އަޔާން ގަނޑު ދައްކާލަމުން އަހާލިއެވެ. ފައުޒާން ބޮލުގައި ޖަހާލިއެވެ. “ސޮރީ ސަރ.. މަތިން ވެއްޓުނު ގަނޑުކޮޅެއް ދެން އަޅުގަނޑު ސަރ ގުޅަނިކޮށް ފޯނު ނަގަން ވެގެން ގަނޑުކޮޅު ލެވުނީ ފައިލްތެރެއަށް އަމް ސޯ ސޮރީ ސަރ.. ދައްކަ އެއްލާލަން..” ފައުޒާން ވީ ގޮތް ކިޔައިދިނެވެ. ” ނޯ އިޓްސް އޯކޭ ޔޫ ކޭން ގޯ..” އަޔަން ބުނެލުމުން ފައުޒާން ދިޔައެވެ. “އެހެންވީމަ މިއީ ގަސްތުގައި ފޮނުވި އެއްޗެއްނޫން… ސޯ މި ފޮނުވި އާލިޔާއަކަށް ނޭނގޭނެ ދެޓް އައި ގޮޓް ދިސް އެން ސޯ ޓުނައިޓް އިނގޭނެ ކޮބައިކަން އާލިޔާ.. ހޮޕް އިޓްސް ދަ ސޭމް އާލިޔާ..” އަޔާން ބުނެފައި އަނެއްކާވެސް ގަނޑުކިޔާލިއެވެ. އެއަށްފަހު އެ ޖީބަށްލިއެވެ. އާލިޔާ ފެންނާނެ ކަމުގެ އުއްމީދު ބޮޑުވުމުގެ ސަބަބުން އޭގައި ލިޔެފައި އިން ފަހު ހިސާބާއި މެދު އެވަގުތު ވިސްނައެއްނުލެވުނެވެ.
….
ކިއާރާއާއި ޒާއިން އިންތިޒާރުކުރަމުން ދިޔައީ މިރެއަށެވެ. ދެމީހުން ހީހީފައި މިރޭ ވާނެގޮތް ކިޔަމުންދިޔައެވެ. “ޒާން ގެ ގަނޑުކޮޅު ލިބިގެން އަންނާނީ މުސްކުޅިއެއް ކަންނޭނގެ.. ހަހަހަހަ” ކިއާރާ ބުނެލިއެވެ. “ހަހަހަ އެހެންވިއްޔާ ކިޓީގެ ގަނޑުކޮޅު ކިޔައިގެން ބަންގާޅިއެއް އަންނާނީ..” ޒާއިން ބުނެލުމުން ކިއާރާ އައްޗީޑިއޭ ބުނެލިއެވެ. ދެމީހުން އޮފީސް ގަޑި ނިމުމާއި އެކު ގެއަށް ދާން ދިޔައެވެ. ” ސޯ މިރޭ 45 7 ގަ އަންނާތި އިނގޭ.. އޯ ގޯޑް.. އަމް ސޯ އެކްސައިޓެޑް..” ކިއާރާ ބުނެލީ ދެއަތް ޖޯޑްކޮށްލަމުންނެވެ. ކާރު ސްޓާރޓް ކުރަނިކޮށް ކިއާރާގެ ލޮލުގައި އަޅައިގަތީ ޕާކްކޮށްފައި އިން ސައިކަލެއްމަތީ އިން ޕޭޕަރ ޕްލޭންއެކެވެ. ކިއާރާ ކާރުން ނިކުމެފައި އެ ސައިކަލު ކައިރިއަށް ދިޔުމުން ޒާއިންވެސް ދިޔައެވެ. “ތި މަޖާވާނެ ކިޓީގެ އެތި ވިއްޔާ..” ޒާއިން ބުނެލިއެވެ. ކިއާރާ ސިއްރުން އެ ގަނޑުކޮޅު ހުޅުވާލިއެވެ. އެއާއި އެކު ހިތްހަމަޖެހުމުގެ ނޭވާއެއްލީ އެއީ އޭނާގެ އެތި ނޫންވީމައެވެ. އޭނާ އެ ކިޔަންފެށިއެވެ.
“ވަޓް ޒާން.. ޔޫ ޑިޑް ވަޓް ހަހަހަހަހަ” ކިއާރާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒާއިން ދެލޯ ބޮޑުކޮށްލާފައި ގަނޑު ދަމައިގަތެވެ. ކިއާރާ ދިޔައީ ހެމުންނެވެ. ޒާއިން ގަނޑު އިރާލާފައި އެއްލާލިއެވެ. “ހަހަހަ ޒާން ކުޑައިރު ބޯ ތާށިވިއްޔޭ ދަޅެއް ތެރޭ.. އޯ ގޯޑް.. ޒާން ަހަހަހަހަހަ” ކިއާރާ ދެލޮލުން ފެން އަންނަންފެށިއިރުވެސް ހުނުން ހުއްޓައިނުލައެވެ. “ޔާ..ޔާ ވެރީ ފަނީ…” ޒާއިން އެހެން ބުނެފައި ކާރަށް އަރަން ދިޔައެވެ. ކިއާރާ ބަނޑުގައި އަތް އަޅާލައިގެން ގޮސް ކާރަށް އަރާލިއެވެ. އޭނާ ޒާއިންއަށް ބަލާލި ކޮންމެފަހަރަކު ހިނިގަނޑު ފަޅައިގެން ދެއެވެ. “ދަޅު ތެރެއަށް ބޯ ބާނާނީ ކޯޗެއް ހޯދަންބާ.. ހަހަހ..” ކިއާރާ ބުނެލިއެވެ. ޒާއިން އެއްޗެއްނުބުނެ ކާރު ދުއްވަމުން ދިޔައެއްކަމަކު އޭނާވެސް އިނީ ހިނިގަނޑުމަތަކޮށްލައިގެންނެވެ. “އޭ ޒާން އެހެންވީމަ ކިއާ ޖެހޭނީ ވައިޓް އެއްޗެއް ލައިގެން ދާން އެކަމް ގަނޑޮކޮޅު އިރާލީނު ތި؟’ ކިއާރާ ހިނިގަނޑު އޮއްބާލަމުން ބުނެލިއެވެ. “ހެވޭ ހެވޭ.. އުޅެބަ ކާކުތޯ ކިޓީގެ ގަނޑުކޮޅު ހިފައިގެން އަންނަނީ ބަލަން….” ޒާއިން ބުނެލިއެވެ. “ޔާ ޔާ އެކަމް ޒާންގެ ގަނޑުކޮޅު އެހެން ކުއްޖަކަށް ލިބުނުނަމަ ވަގުތުން އިނގޭނެ އެ ކާކުކަން ހަމަ.. އައި މީން ބީޗް ގަ..” ކިއާރާ ބުނެލިއެވެ. “އެ ކިހިނެއް؟” ޒާއިން އަހާލިއެވެ.
“އޭނާ އަންނާނީ ކޮންމެޔަކަސް ހެމުން ހެމުންތާ ނޭނގެ ނުގޮވާނެ ކަމެއް ދަޅުބޭބޭ ކޮބާހޭ.. ހަހަހަހަ… އޭނާ ވެސް ހުންނާނީ ދަޅު ތެރެއަށް ބޯ ކޮށްޕާލީ ކާކުކަން އިނގެން ބޭނުންވެފަ..” ކިއާރާ ބުނެލިއެވެ. ޒާއިން ހޭންފެށިއެވެ.
ކިއާރާ އިންތިޒާރު ކުރަމުންދިޔަ ވަގުތު ޖެހުނެވެ. އޭނާ ލައިގެން ހުރި ދިގު ސްކާރޓްއާއި އަތް ކުރު ޓޮޕްކޮޅަށް ބަލައިލުމަށްފަހު ފޯނު ހިފައިގެން އަވަސް އަވަހަށް ފޭބިއެވެ. “ޝާލް.. ވެން ޑޭޑް އައި ވިލް ބީ ބެކް ސޫން.. ޒާއިން އާއި އެކު ބޭރަށް ދަނީއޭ” ކިއަރާ އެހެން ބުނެފައި ނިކުތެވެ. ޒާއިންގެ ކާރަށް އަރާލުމާއި އެކު ކިއާރާއަށް މައިޝާ ފެނުނެވެ. “ހޭ.. މައި..” ކިއާރާ ބުނެލިއެވެ. މައިޝާ ހީލިއެވެ. ކިއާރާއަށް ޒާއިން ފެނިފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. މައިޝާވެސް ހޭންފެށިއެވެ. “މައި އަށް އިނގޭތަ.. ޒާން……؟” ކިއާރާ ފުރިހަމަ ނުކޮށް ޒާއިންއަށް ބަލައިލިއެވެ.. “އާނ އާނ އިނގެޔޭ ކިޓީ އެކަމް ދޯ އެ އެހެން މީހަކަށް ނުލިބުނުކަން ނަސީބު.. ހަހަހަހަ” މައިޝާ ބުނެލިއެވެ. އެއަށްފަހު ކިއާރާއަށް ޓަޗެއް ދޭން އަތް ދިއްކޮށްލިއެވެ. ކިއާރާ މައިޝާއަށް ބަލައިލާ އެ އަތަށް ބަލައިލިއެވެ. ހިނދުކޮޅަކަށް “އާލިޔާ-މައިޝާ” ގެ ގުޅުން ސިފަވެގެން ދިޔައެވެ. ކިއާރާ ފުޅާ ހިނިތުންވުމަކާއި އެކު ޓަޗެއް ދިނެވެ.. ޒާއިން އެއްޗެއް ނުބުނެ އިނެވެ.
“މިހާރު މި ބަލަނީ ކިޓީގެ މީހަކީ ކާކުތޯ” ޒާއިން ބުނެލިއެވެ. “އެ ކޮންމެމީހަކަސް ހަމަގައިމުވެސް ކަޑަ އެއްޗެއް ނޯންނާނެ ލިޔެފައެއް” ކިއާރާ ބުނެލިއެވެ. ޒާއިން އަނގަޔަށް ގޮތެއް ހަދާލިއެވެ. އާރިޓިފިޝަލް ބީޗް ކައިރި ކާރު ޕާކް ކުރުމަށްފަހު ތިން މީހުން އައިސް ހިލަ ގޮނޑިއެއްގައި އިށީނދެލިއެވެ. ކިއާރާ ވަށައިގެން ބަލައިލިއެވެ. މަދުމީސްކޮޅު ތެރޭގައިވެސް ފާހަގަ ވާކަހަލަ މީހެއް ނެތެވެ. ކިއާރާ އާއި ޒާއިން އަދި މައިޝާ ވާހަކައިގައި ތިއްބާ އޭނާގެ މައިޝާ ފޯނެއް އައިސްގެން ދުރަށްޖެހިލިއެވެ. “އޭ އެބަ އަންނަން މިތާ ކައިރި އުޅޭ ކުއްޖެއް ބުނެފި އަންނާށޭ… ގުޅާލާފަ ބުނާނަން ލަސްވަންޏާ އޯރ ނާދެވެންޏާ މިތަނަށް އިނގޭ..” މައިޝާ ބުނެލިއެވެ. “ލާން ދާންވީތަ؟” މައިޝާ ކައިރި ޒާއިން ބުނެލިއެވެ. “ނޯ ދާނަމޭ.. ތި މީހުން ގޭމް ކޮންޓިނިއު ކުރޭ..” މައިޝާ ބުނެފައި ހިނގައިގަތެވެ.
“ކިޓީ ބީ އެފް އެއް ނުހުރޭ ދޯ..؟” ޒާއިން އަހާލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލިއެވެ. “ޔެސް.. ސިންގަލް ލައިފް ރޮކްސް..” ކިއާރަ ބުނެލީ ހުރިހާ ދަތްތަށް ފެންނަވަރަށް ހީލަމުންނެވެ. “ދެން ލޯބިވާ ކުއްޖެއްވެސް ނުހުރޭ؟” ޒާއިން އަހާލިއެވެ. ކިއާރާ ކުޑަކޮށް ހިމޭންވިއެވެ. ނަމަވެސް ދުރު ދުރުން ކުޑަކޮށް ކިޔައިދޭން ނިންމިއެވެ.. ޒާއިން އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. “އަމްމް.. ހުރޭ ލޯބިވާ ކުއްޖެއް.. ވަރަށް ވަރަށް ލޯބިވާ.. އެކަމް އޭނަ ދުވަހަކުވެސް ނޭނގެ ލިބޭނެކަމެއް.. އެން ޓްރައިވެސް ކުރުން ހުއްޓާލައިފިން މިހާރު އޭނާ ނުލިބޭނެތީ..” ކިއާރާ ބުނެލިއެވެ. “އެ ކާކު ދެން؟” ޒާއިން އަހާލިއެވެ. “ޒާންއަށް އިނގުނަސް ވާނެ ކަމެއް ނޯންނާނެ ދޯ. އެހެންނޫނަސް ރަނގަޅުވާނީ އޭނާ ގެ ވާހަކަ ނުދެއްކިއްޔާ.. އައި ތިންކް އޭނާއަށް ވުރެ ރަނގަޅު މީހަކު ވާނެހެން ވާނަމަ… ބުނެއެއްނު… ކޮންމެވެސް މީހަކު ވާނޭ… ދެން އެ މީހަކަށް މި ވެއިޓްކުރަނީ… ހިތަށް އަރާ އެ ރައިޓް ޕާސަން އައީމަ މި ހިތް ބަދަލުވާނެބާއޭ… މި ހިތުގެ ވެރިފަރާތަކީ އެންމެ މީހެއް…. ދުޢާ ކުރެވެނީ އެ ރައިޓް ޕާސަން އަކީވެސް ލޯބިވާ ކުއްޖާކަމަށް ވުން..” ކިއާރާ ބުނެލީ ތިރި ބަލަން އިނދެފައެވެ. “ޑޯންޓް ވޮރީ.. ލިބޭ މީހަކު ލިބޭނެ..” ޒާއިން ބުނެލީ ކިއާރާގެ ގެ ކޮނޑަށް އަތް ވައްޓާލާ އޭނާއާއި ކައިރިކޮށްލަމުންނެވެ..
ދެމީހުންވެސް ބަލަމުން ދިޔައީ ހުދު ކުލައިގެ އެއްޗެއް ލައިގެން އިން މީހަކު ފެނޭތޯއެވެ. ނަމަވެސް ނުފެނެއެވެ. ކިއާރާ އެންމެ ފަހުން ތެދުވެލާ މޫދުކައިރި ގޮސް ހުއްޓެލިއެވެ. ކުދި ރާޅުތަށް އައިސް ކިއާރާގެ ފައިގައި ބީހިލާފައި ދެއެވެ. ކިއާރާ ސްކާރޓް ހިއްލާލައިގެން ހުއްޓެވެ.
ޒާއިން އެހެން އިންދާ ސިހުނީ އޭނާ ކައިރި އައިސް އިށީނދެލި އަޔާން ފެނިފައެވެ. “ހެއި..” އަޔާން ބުނެލީ މޫދުކައިރި ހުރި ކިއާރާއަށް ބަލައިލަމުންނެވެ. “އަނހަ.. މިތާ ކިހިނެއްވީ؟” ޒާއިން ބުނެލިއެވެ. “އާނ ކަމެއް ވެގެންނޭ..” އަޔާން ބުނެލިއެވެ. ކިއާރާ ފަސް އެނބުރި އަންނަނިކޮށް ލޮލުގައި އަޅައިގަތީ އަޔާންއެވެ. އޭނާ ކީއްކުރަނީބާއޭ ހިތާ ކިއާރާ ޒާއިން އާއި ފަޅިއަށް ގޮސް ހުއްޓިލިއެވެ. އަޔާން ތެދުވަން އުޅުމުން ކިއާރާ އިޓްސް އޯކޭ އޭ ބުނެލިއެވެ. އަޔާން ލައިގެން ހުރީ އޮރެންޖް ކުލައިގެން ޓީޝާޓަކާއި ސޯޓެކެވެ. ކިއާރާ އިސްޖަހާލިއެވެ. އޭނާ މި އިހްސާސްތަށް ބޭރުވިޔަކަ ނުދޭނެއެވެ. “ކޮން ކަމެއް ވެގެންނޭ؟” ޒާއިން ބުނެލިއެވެ. “ކުއްޖެއް ހޯދަން..” އަޔާން ބުނެލިއެވެ. “ހަހަހ ކާކު އަނެއްކާ؟” ޒާއިން ބުނެލީ އަޔާންގެ ކޮނޑުގައި ޖަހާލަމުންނެވެ. ޒާއިން ކިއާރާއަށް ތަން ދެމުން އެކޮޅަށް ޖެހިލިއެވެ. ކިއާރާ ޒާއިން ކައިރި އިށީނދެލިއެވެ.
އަޔާންވެސް ހޭންފެށިއެވެ. “މޮޔަ ކަމެއް ކަންނޭނގެ މީ.. އެކަމް މި ގަނޑުކޮޅު…” އަޔާން ޖީބުން ގަނޑުކޮޅެއް ނަގާލިއެވެ. ކިއާރާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. މޭގަނޑު އަތަށް އައެވެ. ކިއާރާ ހިންދިރުވާލިއެވެ. ނަމަވެސް އޭނާއަށް ކުޑަނަމަވެސް އިޝާރާތެއް ކުރިވިއްޖެ ނަމަ އޭނާ ބޭޒަރުވާނެއެވެ. އެކަމް މި ތަޤުދީރު މި ކުޅެނީ ކޮންފަދަ ކުޅިވަރެއްހެއްޔެވެ؟ އެ ގަނޑު މިއޮށް ހާ މީހުންގެ ތެރެއިންވެސް އެ ލިބުނީ އަޔާންއަށެވެ. އެ ގަނޑު ލިބެންނުޖެހޭ މީހާއަށެވެ. ޒާއިން ކިއާރާއަށް ބަލައިލިއެވެ. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ. ޒާއިން އަޔާންއަށް ބަލައިލިއެވެ. ކިއާރާއަށް ފޯނެއް އައީ އެވަގުތުއެވެ. އޭނާ ތުރު ތުރުއަޅާހާލު އެތަނުން ދުރަށް ޖެހިލާ ރާޅު ޖެހޭ ހިސާބުގައި ހުއްޓެުނެވެ.. ޒާއިންއަށް ނުވަތަ އަޔާންއަށް ނުވަތަ އެ ދެމީހުންނަށްވެސް މިއަދު އޭނާގެ ސިއްރު ފަޅާއަރާފާނޭ ކިއާރާ ހިތަށް އަރަމުންދިޔައެވެ. ކިއާރާ ބިރުގަތީ އެހެންވެއެވެ އޭނާ އެހާ އަވަހަށް އެ ވާހަކަ ބުނަން ނޭދޭއިރު މިކަހަލަ ގޮތަކަށް އެވާހަކަ އިނގިއްޖެ ނަަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.






Wow.. Comment kuran varah.. Ekm comment publish kohffa indhakaa nufeney.. Neynge mi coment ves ryn ah fennaane kameh
Oh my god. So excited. Next part v avas. Plx. V v v v reethi
Me 2nd.. Vvvv salhi mi part
V reethi bt dhen buneba knmes ekeh kairi
Alhe.. Dhen Kihineh ba vany!! So interesting
Alhey dhn ayaaan ah igey nama dhw.. Waiting
wow.v v v lobe eingey ryn???
Wow vv reethi..waiting for the next part ?
next part kon iraku up kurany. v. nice… ..
Wow.. Dhen kihineh baa dhw vaani. Ryn ulhey dhw ehkoh story up koh ninmaalan. Lol… Eyrun eh faharun kiyaalan. Hehe. Mihaaru abadhu visnenee story aa medhu. I guess I’m in love with this story. Lol
Jumla thakuge nimun ragalhu kohlanveen. Kaarah araalieve. Badhalugai kaarah erieve. Mihaaru laaamu beynun kuran nujehey than thanugai laamu beynun kurevenee
alhey, when is the next part??? cant wait
V. Interesting.
Thankolheh drama gandu madhu kuran feney… kiyara phsyco tha? Eyna doc ah dhahkaakah noon tha v… mihaa zamaan v iru ves ulhey vahtharu ehehry
wow.. hus coincidence dhw Ryyn 😀 so excited to read the next part! mirey dhw dhn next part up kurany? 🙂 this stry rocks!
Dhen avahah engen v ehnu foohi
adhivex hama heveny xaain ah v gothun….
dhn mirey dhw nxt part othy…..
waitin waitin ryn…..
oooh… soo exited to knw whats going to happen next?
Neyva hifahattaalaigen hama mireah mi wait kurany.
Mirey aneh bai up kohdhehchey….pls pls v bodah kiyaa hiy vanee ….??
i think zain n ayaan ah kiyaa aslu anganvy hn dhen….. vaahaka v v v reethi:) waiting foŕ next part……❤❤? ☆☆☆☆
Avahah up kohdhyba ryn.. <3
Ryn. Can’t wait for next part. Story is awesome ?