Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ..11

Ryn
December 14, 2016
7 Mins Read
96 Views
27 Comments

މެލޭޝިޔާގައި ހުރި ގޭވަނީ ކުރީގައިވެސް ފަރުނީޗަރުތަށް ލާ ނިންމާފައި ކަމުން އެތަން ކިއާރާ އެދޭފަދަ ގޮތަކަށް ބަދަލުނުކުރެވުނެވެ. ބަދަލުކުރަންވެސް ބޭނުންނުވީއެވެ.

“ކިއާ ފުރަތަމަވެސް ކާން ނިކުމޭ.. އޭރަށްވާއިރަށް ޖަމީލް ފޮށިތަށް ލާނެ.. ކިއާ ފެންވަރަން ހަދައިފިއްޔާ ނިކުންނަ ގޮތަށް ނިދާނެކަން ބައްޕައަށް އިނގޭ… އެހެންވީމަ ކައިގެން ދޭ ފެންވަރަން އިނގޭ…”ފަތުހީ ބުނެލިއެވެ. އޭނާއަށް ކިއާރާގެ ކޮންމެ އާދައެއްވަނީ އިނގި ދަސްވެފައެވެ. ކިއާރާ ބޯޖަހާލައިފާ ކޮޓަރިން ނިކުމެލިއެވެ. “ޝާލީ…. ލަންޗް އިސް ރެޑީ ރައިޓް؟” ފަތުހީ ސިޑިން ފައިބަމުން ބުނެލީ ބަދިގެތެރޭ އުޅޭ މީހުންނަށް އިވޭނެހެންނެވެ. “ޔެސް ސަރ….” ޝާލީ ބުނެލި އަޑުއިވުނެވެ. ފަތުހީ އާއި ކިއާރާ ކާ ތަނުގައި އިށީނދެލިއެވެ. އެއީ ވެސް ހިތްހަމަޖެހޭފަދަ ގޮތަކަށް ހަދާފައިވާ ތަނެކެވެ. ދިގު މޭޒުގެ ކޮންމެ ފަޅިއަކަށް 5 ގޮނޑިއާއި ދެފަރާތަށް 2 ގޮނޑިލައިގެން ބަރާބަރު 12 ގޮނޑި އިނދެއެވެ. އެއްފަހަރާ ހިތްފަސޭހަމާއި އެކު 12 މީހުންނަށް ކެވޭގޮތަށް ހަދައިފާ ހުއްޓެވެ. ފަތުހީ ގޮސް އިނީ މެދަށް ވާ ގޮތަށް އެއް ފަރާތެއްގައެވެ. ފަތުހީގެ ފަޅިއަކަށް ވާ ގޮތަށް ކިއާރާ އިށީނދެލިއެވެ. ޝާލީމެން އެމީހުންނަށް ކާއެއްޗެހި ގާތްކޮށްލިއެވެ. އެމީހުން ދިވެހި ކެއުންތަށް ކައްކަން ދަސްކޮށްފައިވާކަން ހާމަވަނީ  އެ ކާއެއްޗެހިން އަރަމުންދިޔަ މީރު ދިވެހި ވަންތަ ވަހުންނެވެ.

ކިއާރާ ބަނޑު ފުރޭވަރަށް ކެއުމަށްފަހު ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެއަށްފަހު ޖަމީލް ގެނެއްސާ ބެހެއްޓި ފޮށިތަކުން ފޮށްޓެއް ހާވާލާފައި އޭނާގެ އާ ފިޔާތޮށި ކުލައިގެ ތުވާލި ނަގައި އަދި ޓީޝާޓަކާއި ކުރު ސޯޓެއް ނަގައިލުމަށްފަހު ފެންވަރަންވަދެލިއެވެ. މާ ގަނޑުން ފެންވަރާލީ ބާތު ޓަބަށް އެރެފިނަމަ އެ އޮތްގޮތަށް އޮއްވާ ނިދޭނަކަން ކިއާރާއަށް އިނގޭތީއެވެ. އޭނާ ދެލޮލުގައިވަނީ ވަރުބަލިކަމެވެ.

ފެންވަރާލާ ނެގި އެއްޗެހި ލުމަށްފަހު ބަންޑުން އެ އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ދެލޯ މެރި ފުން ނިންޖަކަށް އޭނާ ގެނބުނެވެ.

……..

ކިއާރާ މޯޅިއަކަށް ދެމިލަމުން ތެދުވެލިއެވެ. އޭނާގެ ތުންފަތް މަތިން ފެނުނީ ރީތި ހިނިތުންވުމެކެވެ. ކިއާރާގެ ހަނދާނަށް އައީ މި މާލޭން އޭނާއަށް ލިބުނު އަނިޔާތަކެވެ. “ގެ… މަންމަ…. ދޮން..ދޮން ބައްޕަ… އެންމެން ކޮބާތަ؟ އައި ހޭވް ޓު ގޯ އެން ޗެކް…” ކިއާރާ ހިތާހިތުން ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ގައިދޮވެލައިގެން ލާފައި ހުރި އެއްޗެހި ބާލާ ރީތި އަތް ދިގު ޓޮޕް ކޮޅަކާއި ސްކާޓެއް ލިއެވެ. ގަޑި ބަލައިލުމަށްފަހު ނަމާދުކޮށްލައިގެން ކިއާރާ ނިކުމެލީ އިރު އޮއްސެން އަދި ވަގުތު އެބައޮތޭ ހިތާއެވެ. އޭރު ގަޑިން 5 ޖަހަނީއެވެ. ކިއާރާ ސްކާރޓްގައި ހިފައިހިއްލާލަމުން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފޭބިއެވެ. އޭރު ފަތުހީ ސިޓިންގްރޫމްގެ ބޮޑު ސޯފާއިން ސޯފާއެއްގައި އިށީނދެ އިން އިރު އޭނާގެ ދާދި ކައިރި އިތުރު މީހެއް އިނެވެ. ކިއާރާ އަށް އިތުރުމީހެއް އިންކަން އިނގުމުން ކުޑަކޮށް މަޑުން ހިނގާލައިފާ ސޯފާތަށް ކައިރިއަށް ޖެހިލިއެވެ. އޭނާ އަށް ފެނުނީ ދުވަހަކުވެސް ނުދަންނަ މީހެކެވެ. އޭނާގެ އުމުރުން 40 ވަރަކަށް އަހަރުވެދާނެއެވެ. އެމީހާ ކިއާރާއަށް ބަލައިލުމުން ކިއާރާ ހިނިތުންވެލިއެވެ. އަދި ފަތުހީ ކައިރިއަށް ޖެހިލިއެވެ. “އަނހަ ދަރިފުޅު.. އިށީނދެބަލަ މިތާނގަ..” ކިއާރާ ފެނިފައި ކުޑަކޮށް ސިހުނު ފަތުހީ އޭނާ ކައިރި ކިއާރާ ބޭންދިއެވެ.

“ކިއާ.. މީ ބައްޕަގެ ގާތް އެކުވެރިޔާ.. ބައްޕަ މެލޭގައި ބިޒްނަސްގެ ބޮޑުމީހާ ފަދައިން މީ މާލޭގެ ބިޒްނަސްގެ ބޮޑުމީހާ…. ޝަކޫރުބެ…” ކިއާރާ ޝަކޫރުއަށް ބަލައިލުމަށްފަހު ހިނިތުންވުމަކާއި އެކު ސަލާމްކޮށްލިއެވެ. “އެކޮއެ…. އެހެން ބުންޏަސް ގަބޫލުނުކުރާތި… މާލޭގެ ބިޒްނަސްގެވެސް ބޮޑުބައި އެކީ ހަމަ އެކޮއެ ގެ ބައްޕަގެ ބައި… ބޭބެ ބޮޑުކޮށް ހުއްޓަސް ބޭބެގެ ވެރިއަކަށް ވާނީ ހަމަ އެކޮއެގެ ބައްޕަ ޔަޤީނުންވެސް…” ޝަކޫރުބުނެލިއެވެ. ފަތުހީ ހިނިގަނޑެއް ޖަހާލިއެވެ. ކިއާރާވެސް ހީލިއެވެ. “ފަތުހީ މީތަ މެލޭޝިޔާގެ ނިޔާވި އެކުވެރިޔާގެ ދަރިއަކީ؟ ފަތުހީގެ ހިތްސާފްކަން އެހެން ކޮންކަމެއް….. މިހާރު އަމިއްލަ ދަރިއަށްވެސް މި މީހުން ބަލައިނުލާ ހަމަ ތެދެއް މިބުނަނީ… ވަރަށްފަހުންވެސް ހަބަރުގައި ކީ ވިހާފައި ކުއްޖެއް އެއްލާލާފައި އޮތް ވާހަކަ… އެއީ އަމިއްލަ ދަރިންނަށް ހަދާގޮތް މިހާރު އެކަމް ފަތުހީ އަމިއްލަ ދަރިއެއްގޮތުގައި މި ކުއްޖާ ފުޅު ތިބެލީ.. ފަތުހިއަކީ ހަމަ މިސާލެއް….” ޝުކޫރު ބުނެލިއެވެ. ފަތުހީ ކިއާރާއަށް ބަލައިލިއެވެ. ފަތުހީ ކިއާރާގެ އަސްލު ފޮރުވަލިގޮތް ކިތަންމެހާވެސް މޮޅެވެ. ތައުރީފް ހައްޤެވެ. ކިއާރާ ހިނިތުންވެލިއެވެ. “ޑޭޑް…. އަޅުގަނޑު ބޭނުން ބޭރު ބަލާލަން ދާން..” ކިއާރާ ބުނެލިއެވެ. “އެހެންތަ އާނ ދާންވާނެ… ޖަމީލް… ޖަމީލް!!… ދޭ ކިއާ ގޮވައިގެން އިނގޭ.. ކިއާ އަންނައްޗޭ… 7 ގެ ކުރިން އާދެވޭތޯ ބަލާތި…” ފަތުހީ ބުނެލީ ސިޓީންގް ރޫމްއަށް އައި ޖަމީލްއަށާއި ކައިރި އިން ކިއާރާއަށެވެ. ކިއާރާ އުފަލުން ފަތުހީ ގައިގާ ބައްދާލައިފާ ބޭރަށް ދާން ހިނގައިގަތެވެ. “ޖަމީލް… މަޑުކުރައްޗޭ.. ފޯނު ނުލާ މި އަންނަނީ އަދި… ޑެޑީ.. އަޅުގަނޑު ސިމްއެއްވެސް ގަންނަންޖެހޭ އެބަ.. އެކަންވެސް ކޮށްލަން މިދަނީ އިނގޭ..” ސިޑިން ދުވެފައި މައްޗަށް އަރަމުން ކިއާރާ ބުނެލިއެވެ.

އެއަށްފަހު ގެންގުޅޭ ފޯނާއި ކުޑަ ހޭންޑް ބޭގް ހިފައިގެން އޭނާ ނިކުމެލީ ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕްސްޓިކްގެ އިތުރުން އެސްފިޔަތަކުގައި މަސްކަރަ އުނގުޅާލުމަށްފަހުގައެވެ. އެ ދިގު އެސްފިޔަތަށް ކަޅުވެފައި އިތުރަށް ރީތިވިކަހަލައެވެ.

“ޖަމީލް 4 ސީޓް ކާރު އެބައިންތަ؟” ޖަމީލް ގަރާޖުން ނެރުނު ބޮޑު ކާރު ފެނިފައި ކިއާރާ އަހާލިއެވެ. “ހުންނަނީ.. މަޑުކުރޭ..” ޖަމީލް އެހެން ބުނެފައި ނެރުނު ކާރު އެތެރެއަށް ވައްދާލިއެވެ. އަދި 4 ސީޓްގެ ކާރު ނެރެލިއެވެ. ކިއާރާ ސްކާރޓް ހިއްލާލުމަށްފަހު ފަހަތު ސީޓަށް އަރައި ހަމަޖެހިލިއެވެ. އަދި ލޯގަނޑު ތިރިކޮށްލިއެވެ. “މޭމް.. ކޮންތާކަށް ދަނީ؟” ޖަމީލް އަހާލިއެވެ. ކިއާރާ ހިންދިރުވާލިއެވެ. އަދި ދާން ވީ މަންޒިލް ބުނެލިއެވެ. “ޖަމީލް އަދިވެސް އެ މަގު އޮންނަނީ އެހެންތަ؟ އައި މީން……. ނެވަރ މައިންޑް..” ކިއާރާ އަހަން އުޅުނު ސުވާލު މެދުކަނޑާލިއެވެ. ޖަމީލްއަށް އިނގުނަސް ކިއާރާއަށް ބުނެދެވޭނީ ކިހިނެއްހެއްޔެވެ. ޖަމީލް އަޅަމުން ދިޔަ ކޮންމެ މަގަކާއި އެކު ކިއާރާއަށް މާޒީ ހަނދާންވެއެވެ. އޭނާ ލޯގަނޑު ތިރިކޮށްލައިގެން މަގުމައްޗަށް ބަލަން އިނީ ފެންކަޅިވެފައެވެ. އެމަގުތަކަށާއި އިމާރާތްތަކަށް އައިއްސާވާ ބަދަލު ބުނެވޭވަރަށްވުރެވެސް ބޮޑެވެ.

ކިއާރާ ގެ ހިތް ތެޅެންފެށި އޭނާގެ މަންޒިލް ކައިރިވަމުން ދިޔަވަރަކަށެވެ. “ޖަމީލް ސްޓޮޕް..” ކިއާރާ ކުއްލިއަކަށް ބުނެލިއެވެ. ޖަމީލް ހުއްޓީވެސް ހަމަ ކުއްލިއަކަށެވެ. “ކާރު ޕާކް ކުރޭ އިނގޭ އެބަ އަންނަން… އެން.. ބަލައްޗޭ މިގޯޅިއަށް.. މިގޯޅިން ނިކުންނާނަން އިރުކޮޅަކުން…ބަލާއްޗޭ އެން ހޯރން ކުރާތި އޭރުން ކިއާ އަށް އިނގޭނީ… މީ ނޯ ޕާކިން ޒޯންއެއް ކަންނޭނގެ…” ކިއާރާ އެހެން ބުނެފައި ކާރުން ފޭބިއެވެ. އަދި ސްކާރޓް ރީތިކޮށްލުމަށްފަހު ކުރިމަތިން ފެންނަން އޮތް ހިމަ ގޯޅިއަށް ބަލައިލިއެވެ. އެއީ އޭނާ ގެ ގެ ހުރި ގޯޅިއެވެ. ކިއާރާ ހިންދިރުވާލިއެވެ. ޖަމީލް ކާރު ގެންދާތަން ބަލާލުމަށްފަހު ކިއާރާ ގޯޅިތެރެއަށް ވަދެގެން ދިޔައެވެ. ގޯޅިތެރޭ ތިބި މީހުންގެ ނަޒަރު ހުރީ ކިއާރާއަށެވެ. އެއިން ކިއާރާއަށް އުނދަގޫވިއެވެ. ދަންނަ އެކަކުވެސް ނެތެވެ. ކިއާރާ އަޅާ ކޮންމެ ފިޔަވަޅާއި އެކު މާޒީގެ ކަނޑަށް ފުންމާލެވެއެވެ. އޭނާ ގޮސް ހުއްޓުނީ ބޮޑު އިމާރާތެއްގެ ދޮށަށެވެ. އެ އިމާރާތަށް ކިއާރާ ބަލައިލިއެވެ. އެއީ އޭނާ ގެ ގެ ހުރިތަނެވެ. އެކަމް މިހާރު އެ ކުޑަ ގޭގެ ބަދަލުގައި އެ ހުރި އިމާރާތެކެވެ. މީހެއް ކައިރިން ކިއާރާ އަހާލަން އުޅުނެވެ. “ދަ..ދައްތާ މި ކޮންއިރަކު އެޅި އިމަރާތެއް…؟” ތުރު ތުރުއަޅާ ހާލު ކިއާރާ އެ އިމާރާތް ދައްކާލީ މަގުމަތީ ހުރި އަންހެނަކަށެވެ. “މިހާރު ވެދާނެ 5 ވަރަކަށް 6 ވަރަކަށް އަހަރު..” އެ އަންހެން މީހާ ބުނެލިއެވެ. “އެހެންތަ..” ކިއާރާ އެހެން ބުނެފައި އިސްޖަހާލިއެވެ. “އެއީ އެޕާޓްމެންޓެއްތަ ނޫނީ ގެއެއްތަ މީހެއްގެ؟” ކިއާރާ އަނެއްކާވެސް އަހާލިއެވެ. “އެޕާޓްމެންޓެއް އެއީ..” އެ ދައްތަ ބުނެލިއެވެ. ކިއާރާ ހިނިތުންވެލާފައި ދާން ހިނގައިގަތެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އޭނާ މަސައްކަތްކުރި ފިހާރައެވެ. ކިއާރާ އެ މަގުގެ ތެރެއިން ވަދެވޭ އެހެން ގޯޅިއަކަށް ވަދެލިއެވެ. އަދި ފިހާރަ ކުރިން ހުރި ތަނަށް އައިސް ހުއްޓިލިއެވެ. މިހާރު އެ ހުރީ އެ ކުޑަ ފިހާރައިގެ ބަދަލުގައި ހުރީ ބޮޑު ސުޕަރމާކެޓެކެވެ.  މިއީ އެ ބޭބެގެ ފިހާރަބާއޭ ހިތާ ކިއާރާ އެތެރެއަށް ވަދެލިއެވެ.

ފިހާރާގެ ގިނަބައެއްގެ ލޯ އަމާޒު ވީ ކިއާރާއަށެވެ. އެހެންކަމުން ކިއާރާ އަވަހަށް އެތަނުން ނިކުމެލިއެވެ. އަދި އެ ގޯޅިން ނިކުމެލާފައި އަނެއްކާވެސް އޭނާގެ ހުރި ދިމާލަށް ބަލައިލިއެވެ. ލޮލުން ފައިބައިގެން ދިޔަ ކަރުނަތަށް ފޮހެލުމަށްފަހު ކިއާރާ ގޯޅިން ނިކުމެލަން ދިޔައެވެ. ގޯޅި ނިމޭތާ ކިއާރާ މަޑުކޮށްލުމަށްފަހު ޖަމީލް ދިޔަ ދިމާލަށް ނަޒަރު ހިންގާލިއެވެ. ކިއާރާ ނިކުމޭތޯ ބަލަ ބަލަ އިން ޖަމީލް ހޯރން އަޅާލިއެވެ. ކިއާރާ އެ ދިމާ ބަލައިލިއެވެ. އެއަށްފަހު ޖަމީލްއަށް އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. މަގުމަތީގައި ދުއްވަމުން ދިޔަ ވެހިކަލްތަކަށް ކިއާރާ ބަލައިލިއެވެ. އެއަށްފަހު މަގުމަތީ ހިނގަމުން ދިޔަ މީހުންނަށް ބަލައިލިއެވެ. އޭނާއަށް ކުރީ ތަފާތު އިހްސާސްއެކެވެ. “ޖަމީލް ހިނގާބަލަ މިބުނާ މަގަށް…” ކިއާރާ އެހެން ބުނެފައި ޖަމީލްއަށް ދާންވީ މަގު ކިޔައިދިނެވެ. އޭނާ މިފަހަރު އެދަނީ މައިޝާ އުޅޭ ގެ ބަލާލާށެވެ.

އެ މަގަށް އެޅުމުން ކިއާރާ އެދުނީ މަޑުން ދުއްވާލުމަށެވެ.  ގެ އިންނަ ފަޅިއަށް ޖެހިލުމަށްފަހު ކިއާރާ ލޯގަނޑު ތިރިކޮށްލާ ބަލައިލިއެވެ. އޭނާއަށް ފެނުނީ މައިޝާ ކުރިން އުޅުނު 3 ބުރި ގޭގެ ބަދަލުގައި 6 ބުރި ގެއެވެ. އެ އިމާރާތަށް ބަލަމުން ގޮސް އެ އިމާރާތް ލޮލު ކޮޅަށް ގެއްލުނެވެ. ކިއާރާ ނޭވައެއް ދޫކޮށްލިއެވެ. ހާދަ ގިނަ ބަދަލުތަކެއް އައިއްސިއެވެ.

“އާނ.. ޖަމީލް… ހިނގާބަލަ އަވަހަށް ދިރާގަށް…..” ދެއަތުން މޫނު ފޮރުވާލަމުން ކިއާރާ ބުނެލިއެވެ. ޖަމީލް ދިރާގު ކައިރިއަށް ކާރު ޕާކްކޮށްލިއެވެ. ކިއާރާ ފައިބައިގެން ގޮސް ދިރާގު އޮފީސް ތެރެއަށް ވަދެލިއެވެ. އަދި ސިމްއެއް ނެގުމުގައި އުޅުނެވެ. ލިބުނު ފޯމުގައި ފަތުހީގެ މައުލޫމާތުތަށް ލިޔެ ފަތުހީގެ ނަމުގައި ނެގިއެވެ. އޭނާ އައިޑީކާޑެއްވެސް ޖެހޭނީ ހައްދާށެވެ. އާލިޔާގެ ނަމުގައި ކުރިން އިން އައި ޑީ ކާޑް ވީ ތަނެއްވެސް އޭނާއަކަށް ނޭނގެއެވެ. އެ ވާނީ އެގޭގައެވެ. އޭނާގެ ހުރިހާ އެއްޗެހި ހުރި އެގޭގައެވެ.

ސިމް ކާޑު ކަނޑާލުމަށްފަހު ފޯނަށް ލައްވާލިއެވެ. އަދި ފޯނު ހުޅުވާލަމުން ކާރު ތެރެއަށް ވަދެލިއެވެ. “ޖަމީލް ހިނގާބަ ރާޅުގަނޑު ސަރަހައްދަށް…” ފޯނު ހުޅުވުމުގައި އުޅުނު ކިއާރާ ބުނެލިއެވެ. ފޯނު ހުޅުވިގެން ދިޔައެވެ. ކިއާރާ ފޯނަށް ނަޒަރު ހިންގާލައިގެން އިނެވެ. ވައިބާއަށް ވަދެ މެލޭޝިއާގެ އެކުވެރިންނާއި ވާހަކަދައްކަންވެސް ޖެހޭނީ ޑާޓާ އަޅާށެވެ. އެކަން ފަހުން ކޮށްލާނީ އޭ ހިތާ ކިއާރާ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ކާރު ގޮސް ކިއާރާ ބުނިތަނަށް ހުއްޓުމުން ކިއާރާ ފޭބީ ޖަމާލްގެ ނަމްބަރުނަގާފައެވެ. އޭރު ރޭގަނޑުގެ އަނދިރިކަމުން ޖައްވު ވަށާލެވިއްޖެއެވެ. ހިނގާ ބިނގާވެ އުޅޭ މީހުން މަދެއްނުވިއެއްކަމަކު މަގުމަތިން ފެންނަ ކުޑަކުދިން މަދުވެއްޖެއެވެ. ކިއާރާ ރާޅުތަކަށް ނަޒަރު ހިންގާލާފައި އިމާރާތްތަކަށް ބަލައިލިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނު ތަނެއްގެ ސަބަބުން އޭނާ ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އެ ހުރިގޮތަށް ހުރެވުނީއެވެ. “ޖަ..ޖަމީލް…. ދޭ ގެއަށް.. ކިއާ ގުޅާނަން އަންނަންވީމަ…” ކިއާރާ އެ އިމާރާތަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. ޖަމީލް ކާރު ދުއްވާލީ ކިއާރާގެ ބަހަށް ކިޔަމަންވަމުންނެވެ.

ކިއާރާ ގެ ދެލޯ ކަރުނުން ފުރި ހިތް ތެޅިލިއެވެ. “ޖޫލިއަން ލިމިޓެޑް” ވައިއަޑަކުން ކިއާރާ ކިޔައިލިއެވެ. އެއީ އޭނާގެ އަޔާން ގެވެސް ހިއްސާއެއް އޮންނާނެ އޮފީހެވެ. އަޔާންގެ ބައްޕަ އަނީލްގެ ކޮމްޕެނީއެވެ. ކިއާރާ އެހެން ހުރެލުމަށްފަހު ކްރޮސިންއެއް ހޯދާލީ އެ އިމާރާތްކައިރިއަށް ދާށެވެ. ކްރޮސްކޮށްލި ކިއާރާ އަޅާ ކޮންމެ ފިޔަވަޅާއި އެކު ހިތް އެތަށް ގުނައަކަށް ތެޅެމުންދިޔައެވެ. ކިއާރާ ގޮސް އެ އިމާރާތުގެ ކުރިމައްޗަށް ހުއްޓުނެވެ. ބޮޑު ބިއްލޫރި ދޮރަކުން ހުޅުވާލެވޭ ދޮރާއި ހަމާއަށް ދެވޭނީ 5 ވަރަކަށް ސިޑިއަށް އަރާލާފައެވެ. އެ ދޮރުގައި ޖޫލިއަން ކޮމްޕެނީގެ ލޯގޯ ނޫކުލައިން ލިޔެލާފައި އިނެވެ. އެ އިމާރާތް ހުރީ 6 ބުރިއަށް ނަގާފައެވެ. ކިއާރާ އެ އިމާރާތުގައި އަތް ޖައްސާލިއެވެ. ދެލޮލުން ކަރުނަ އަންނަންފެށި އެޔެއް މިއެއް ބަލާފައެއްނޫނެވެ. މަގުމަތިން ދާހާ މީހަކު ކިއާރާއަށް ބަލައިލައެވެ. ނަމަވެސް އޭނާއަށް އެކަން އިނގުމަށް ސިކުނޑިތަނެއް ނުދެއެވެ.

“އަޔާން….” ލޯ މަރާލަމުން ކިއާރާ ބުނެލިއެވެ. “އަޔާން!!!!!” ކިއާރާ ސިހުނީ މީހަކު އެހެން ގޮވާލިއަޑަށެވެ. ސިހިފައި އޭނާ އިމާރާތުގެ ފާރުގައި ޖެހިގަނެފާ އެ އަޑު އައި ދިމާލަށް ބަލައިލިއެވެ. ސިޑިން މީހަކު ތިރިއަށް ފައިބާ އަޑު ކިއާރާއަށް އިވުނެވެ. “އަޔާން!!” ކިއާރާގެ ހިތް ދެގުނައަށް ތެޅިގަތެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުރީ އެއީ ކާކުތޯ ބަލަންށެވެ. “އަޔާން… އަޔާން!! އާނ އެބަ އަޑުއިވޭ.. ތިކޮޅަށް އެބަ އިވޭތަ؟” ސިޑިން ފައިބައިގެން އައި އިޝާން ފޯނުން ވާހަކަދައްކަމުން ބުނެލިއެވެ. ކިއަރާ އިޝާންއަށް ބަލައިލިއެވެ. އޭނާއަށް އިޝާންގެ މޫނެއްނުފެނުނެވެ. އޭގެ ކުރިން އިޝާން ކިއާރާއަށް ފުރަގަސްދީފިއެވެ. ކިއާރާ އިޝާންގެ ފަހަތުން ހިނގައިގަތީ ކިޔާ އެއްޗެއް އަޑުއަހަންށެވެ. “އަޔާން.. އާނ…. ދޮންބެ ބުނީ އަނާ އެކްސްޓްރާ ކުލާސް އަށް ލާން ދާންވެއްޖެ… އަންނަންވީނު މިތަނަށް… އާނ އިނގޭ ތި ބިލްޑިންގައިކަން ތި އުޅެނީ އެކަމް މިތަނަށް އާދެވިދާނެނު…. އެބައޮތޭ ކުޑަކަމެއް… ދޮންބެ އަނާ ލާފަ އަންނަންވާއިރަށް އަންނާތި…” އިޝާން ބުނެލި އަޑު އިޝާންގެ ދާދި ފަހަތުން ހިނގައިފައި އައި ކިއާރާއަށް އިވުނެވެ. “ވަޓް އަޔާން އަންނަނީ…. އައި ހޭވް ޓު ސްޓޭ ހިއަރ..” ހިތާހިތުން ކިއާރާ އެހެން ބުނެލިއެވެ.

އެއަށްފަހު އިޝާން އާއި ފަސްދީ ހިނގައިފައި އޮފީސް ގެ ފާރުގައި ލައްގަނެލައިގެން ހުއްޓެވެ. މަގުމަތިން ދާ މީހުން ކިއާރާ ކައިރިން ހުރަސްކޮށްލަނީ އޭނާއާއި ދިމާ ބަލައިލާފައެވެ. އިޝާން ކާރަށް އަރައިގެން ދިޔަދިމާލަށް ކިއާރާ ބަލައިލިއެވެ. އެއަށްފަހު ފޯނު ހުޅުވާލައިފާ އެއާއި ކުޅެން ހުރެލިއެވެ. ފޯނުގެ އަލިން އެ މޫނު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

ކިއާރާ ސިއްސައިގެން ގޮސް މަގުމައްޗަށް ބަލައިލެވުނީ ހުއްޓުނު ކާރެއްގެ އަޑަށެވެ. އޭނާގެ ހިތްތެޅެމުންދިޔައީ އެއީ އަޔާންކަމަށްވެދާނެތީއެވެ. އެ ކާރުން މީހަކު ނުފައިބާ އަނެއްކާވެސް ދުއްވާލިއެވެ. ކިއާރާ އިސްޖަހާލިއެވެ. އޭނާއަށް މިކުރެވެނީ މޮޔަކަމެކެވެ. އަޔާން އަކީ މީހެއްގެ ހައްޤެކެވެ. މިހާރު ބައްޕައަކަށް ނުވާކަމެއްވެސް ނޭނގެއެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. .އެއަށްފަހު ކަރުނަ ފުރިފައިވާ ދެލޯ  ހިންދާލަން މަސައްކަތްކުރަމުން ހިނގައިގަތެވެ.

ފޯނަށް ބަލަހައްޓައިގެން ހުރުމުން އޭގެ އަލިން ދެލޮލުގައިވާ ކަރުނަތަށް ވިދަންފެށިއެވެ. ކިއާރާ ޖަމީލްގެ ނަމްބަރ ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ ޖަމީލް….” އެކޮޅުން ފޯނު ނެގުމުން ކިއާރާ ބުނެލިއެވެ. “އާ..ދޭ ރާޅުގަނޑު… ސަރަހައްދަށް…” ކިއާރާ އެހެން ބުނެފައި ފޯނު ބާއްވަން އުޅެނިކޮށް ކުއްލިއަކަށް ސިހުނީ އޭނާގެ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. އިސްއުފުލާލުމެއްނެތި ކަނާއަތަށް އަޅާލި ވަގުތު އޭނާވެސް ކަނާއަތަށް އަޅާލިއެވެ. އެއަށްފަހު ފޯނު ޖީބަށް ލަމުން ކިއާރާ އަނެއްކާވެސް ވާއަތަށް އަޅާލިވަގުތު އޭނާވެސް ވާތަށް އަޅާލިއެވެ. ކިއާރާ ލޮލުމައްޗަށް ވައްޓާލާފައި ހުރި އިސްތަށިކޮޅުތަށް އެއްފަރާތްކުރަމުން އިސްއުފުލާ ބަލައިލީ ދެނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ބޮޑުކޮށްލެވުނު ވަރުން އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގެން ދިޔައެވެ. ކުރިމަތީ ހުރީ އިތުރު ދެވަނަ މީހެއް ނޫނެވެ. އަޔާންއެވެ. އޭނާގެ އަޔާންއެވެ. އަޔާންގެ ދެބުމަ ވަނީ ގޮށްޖަހާލެވިފައެވެ. އަދިވެސް އެހާމެ ރީއްޗެވެ. ސްމާރޓެވެ. ކިއާރާ ހިތްތެޅިގަތެވެ. އަޔާންވެސް ހުރީ ކިއާރާގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާއަށް އެ ދެލޮލުން ފެނުނު ކަރުނަތިކިން އުނދަގޫވިއެވެ. އެހެންކަމުން އިސްޖަހާލައިފައި ކިއާރާއަށް އަށް ތަންދައްކަން އެއްފަރާތަށް ޖެހިލިއެވެ.

ކިއާރާ އަޔާންގެ މޫނަށް ބަލައިލާފައި ލަސްފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އަޔާންއަށް އޭނަގެ މޫނު ފާހަގައެއްނުވާކަން ޔަޤީނެވެ. ވާނީވެސް އެހެންތާއެވެ. ހަނދާނުގައި ބެހެއްޓޭނީ ކިއާރާ ފަދައިން ލޯބިވެވިފައި އަދި ދީވާނާވެފައިވާ މީހަކަށްނޫންހެއްޔެވެ؟ އަޔާން ލޯބިވާނީ އޭނާގެ އަންހެނުންދެކެއެއް ނޫންހެއްޔެވެ؟ ކިއާރާ ހިނގައިގަތުމާއި އެކު އަޔާން ފަސްއެނބުރި ބަލައިލުމަށްފަހު އޭނާވެސް ހިނގައިގަތެވެ. ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެ މޫނު ފެނިފައި މީގެ އަހަރުތަކެއް ކުރީގެ އާލިޔާގެ ހަނދާނެއް އޭނާއަށް އައީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. .

ކިއާރާ ދެއަތުން މޭގައި ހިފަހައްޓާލިއެވެ. އަދި ދެލޯ މަރާލިއެވެ. ކަރުނަތަށް ފައިބައިގެން ދިޔައީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. ގިސްލެވޭ ހާލު ކިއާރާ ހިނގަމުން ދިޔައީ ދާނެ ވަކި ދިމާލެއް ނެތިފައެވެ. އޭނާގެ މަންޒިލް އޭނާއަށް އޮޅިއްޖެއެވެ. ދިރިއުޅުމުގެ ނައުގެ ކަފި ގެއްލިއެއްޖެއެވެ. މަގުމަތިން ދާހާ މީހަކު ކިއާރާއަށް ބަލާކަން އޭނާއަށް ފާހަގަވިއެވެ. އެހެންކަމުން ދެލޮލުން ފައިބާ ކަރުނަތަށް ފޮހެލުމަށްފަހު މަގުމައްޗަށް ނަޒަރު ހިންގާލައިގެން ހުރީ ޖަމީލް އަންނަންދެންނެވެ. މާ ގިނައިރެއްނުވެ ޖަމީލް ގެ ކޯލެއް އައެވެ. “ހަލޯ މެޑަމް.. އަހަރެން މިތާ ހުންނަނީ މެޑަމް ކޮބާ؟” ޖަމީލް ބުނެލިއެވެ. “ކުޑަކޮށް ކުރިއަށް އާދެބަ…. ކިއާ އަށް ފެނިއްޖެ މި އިޝާރާތްކޮށްލަނީ…” ކިއާރާ މަގުމައްޗަށް އަތް ހަރަކާތްކޮށްލުމުން ޖަމީލް އެތަނަށް އައިސް ހުއްޓިއެވެ. ކިއާރާ ކާރަށް އަރައިފާ ވަގުތުން މޫނު ދެއަތް ތެރޭ ފޮރުވާލިއެވެ. “މެޑަމް ގެއަށް ދަނި؟” ޖަމީލް އަހާލިއެވެ. “ޖަމީލް… 500 އަށް ވާވަރަށް ކާޑެއް ގަނެދީބަ ފޯނަށް އަޅަން..އެއަށްފަހު ގެއަށް ދާނީ..” ކިއާރާ ބުނެލީ ރުފިޔާ ޖަމީލްއަތަށް ދެމުންނެވެ. އޭނާއަސް ވިސްނެމުންދިޔައީ އަޔާން އާއި މެދުގައެވެ.

……

އަޔާން ދޮރުމަތީ އެ ކުއްޖާ އެރި ކާރަށް ބަލަހައްޓައިގެން ހުރެފައި އެތެރެއަށް ވަދެލިއެވެ. އެ ކޮންމެ ކުއްޖެއްކަމުގައި ވިޔަސް އެކުއްޖާގެ ދެލޮލުގައިވާ ކަރުނައިން އަޔާން އަށް މާޒީ ހަނދާންވެގެންދިޔައެވެ. ހަމައެކަހަލަ ކުއްޖެކެވެ. ހަމައެގޮަތަށް ލޮލުން ވެއްޓުނު ކަރުނަތިކިތަކެކެވެ. އެ ހަނދާންތަކާއި އެކުވެގެން ދެން ހަނދާންވީ ދުވަހަކުވެސް ހަނދާންކުރަން ބޭނުންނުވާ އޭނާގެ މާޒީއެވެ. އަޔާން ދަތްކުނޑި ވިކާލިއެވެ. ކީއްވެހެއްޔެވެ؟ ތަނަކުން މީހަކު ފެންނައިރަށް މިވަރު ވާންޖެހޭ ހެއްޔެވެ؟

125
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އުމުރަށް ކަލާ – 2

Next

ތާޝާ (25ވަނަ ބައި)

Next
December 14, 2016

ތާޝާ (25ވަނަ ބައި)

Previews
December 13, 2016

އުމުރަށް ކަލާ – 2

27 Comments

  1. Ryn says:
    December 14, 2016 at 9:30 am

    Oh! Damn! Here comes Mr. Ayaan. Ryn vx knme part eh kiyaafa up kuraairu asluvx curious vey dhn huri part thah up kuran i feel like im a reader ekey of my own stories lol. Its been days since i havent read first parts of the story so im like vrh new vefa like u guys i didnt even know it will go like this ey… So im also curious like u ppl but ryn ah vx kiyeny up kuran v ma.. Anyway tc enjoy 😉 c u ppl tonight with a new part 😉

  2. Aisha says:
    December 14, 2016 at 9:38 am

    V reethi

  3. thoo says:
    December 14, 2016 at 9:56 am

    Alhey…mi part vx v reethi…. ?
    Hama best story… Mi story mind ga abadhu innany..hehe… Waiting for next part

  4. wishy says:
    December 14, 2016 at 10:01 am

    Ohh wow… V salhi ingey

  5. Kiyaa says:
    December 14, 2016 at 10:07 am

    V v v reethi

  6. Cutee says:
    December 14, 2016 at 10:17 am

    Vvvvv rythi…next part v avahah up kohdhey thi plxx mihaaru kiyaa hithun kehmadhuvefa …v loabi vey ryn ???❤?☺

  7. elu says:
    December 14, 2016 at 10:19 am

    Beynunvany ehkoh kiyaa ninmaalan. So curious to see whats gona happen next. Waiting for the next part. 🙂

  8. Fin says:
    December 14, 2016 at 11:01 am

    Vvvv salhi..

  9. Ana says:
    December 14, 2016 at 11:16 am

    Varah loabi vaahka eh. Komme dhuhu hendhunu ofeehah aissa ves emme furathama check kureveni vaahaka upload vefa in tho ? dhen reygandu vaairah anehka ves avas avahah esfiya check kurevey upload vejje tho balan ?
    Ryn you’re great. I love your stories. ❤

  10. Malaa says:
    December 14, 2016 at 11:17 am

    Vvv reethi ingey nimey iru ayaan ah aaliyaa libeyne dho

  11. be says:
    December 14, 2016 at 11:40 am

    baeh thanthamum bappa aneh bai faharu dad… dhn in bai ga mam ikiyaafa nethiyya rangalhu…. lol…. nice story gurl 🙂

  12. Thaathi says:
    December 14, 2016 at 11:41 am

    Wow wow wowwwwwwwwwwwwwwwww haadha reechchey ayan dhen aaliyaa gelluneema kihinehbaa v gaimu e phone call ge sababun ayaan visnaanwthr

  13. shahu says:
    December 14, 2016 at 11:42 am

    Alheyy…. ayaan ah aaliyaa kan engununama… story haadha reechey.

  14. Faathee says:
    December 14, 2016 at 11:48 am

    V reethi ?. Ayaan ah ves loabi ve vifa kan neynge dhw e heree aliya dheke

  15. Almaa says:
    December 14, 2016 at 11:57 am

    V Nice mi part vx next part ge inthixaaru ga

  16. Gorgeous says:
    December 14, 2016 at 12:28 pm

    Varah salhi mi part vxx

  17. Appy says:
    December 14, 2016 at 2:11 pm

    Wow next part kiyaahiyyvehje v vvvvvvvvvvvvvvvvvvvvvvvvvvvv bodah

  18. čhïű says:
    December 14, 2016 at 2:13 pm

    masha allah vaahaka vvv reethi

  19. Faxoo says:
    December 14, 2016 at 2:22 pm

    vrh reethi mibaives ryyyn desperately waiting fr the next part! 😀

  20. Hooooo. says:
    December 14, 2016 at 2:46 pm

    Alhey. Aneykaa ayaan ge kalhu maazee aki kobaaha. So curious.
    Can’t wait for next part

  21. Mal says:
    December 14, 2016 at 3:47 pm

    Damn!! For me, this story is like medicine which should eat 2 times per day.. Totally addicted to this ?

  22. shaa says:
    December 14, 2016 at 5:18 pm

    v reethi. waiting fr the next part. v kiyaahithvy avahah up kurathi

  23. niher says:
    December 14, 2016 at 5:27 pm

    i am curious about wat maai and ayaan did when alia did not come to school….. wondering whether maai told wats happening with alia to ayaan when she did not come to school and lost all contacts

  24. Hooooo. says:
    December 14, 2016 at 6:38 pm

    RYN. Mihaaru ves kithanme faharaku check kureyvijje up vejje thoh balan. ???

  25. Ana says:
    December 14, 2016 at 7:23 pm

    I don’t know how many times I have checked this site to see the next episode is uploaded or not? ?
    Totally addicted ?

  26. Ram says:
    December 14, 2016 at 10:36 pm

    Dhn ehaavarah rovey iru neyfathun feneh nufaibaatha?

  27. Parharny says:
    December 29, 2016 at 3:14 am

    Kobaa 10 vana part??, dhen kon kiyaara eh aaliya ge badhalu ?????????????????

Comments are closed.

All Right Reserved!