Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ..16

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 17, 2016 8 Mins Read
20 Comments

 

ޖެލީ އަށް ގޮސް އެންމެން ޕިއްޒާ ކެއުމުގައި އުޅުނެވެ. ކިއާރާ މަޑުން އިނދެގެން ކެއެއްކަމަކު އެ މީހުން އެކު ވާހަކަތަށް ދައްކަމުންދިޔައެވެ. ކިއާރާ އިނީ ފޯނުން މެސެޖް ކޮށްލަކޮށްލައެވެ.. އޭނާ އިސްއުފުލާލާ ބަލައިލިވަގުތު ކުރިމަތީ އިން އަޔާން ފެނުނެވެ. އެއާއި އެކު މާޒީގެ ދުވަސްތަށް ލޮލުކުރިމައްޗަށް ސިފަވެގެން ދިޔައެވެ. ކިއާރާ އަށް އުނދަގޫވިއެވެ. އެތާ އިންނަން ބޭނުންނުވީ ކޮންމެ ވަގުތަކުވެސް އޭނާއަށް ރޮވިދާނެތީއެވެ. މިހާރުވެސް އެ އިންނަނީ ހަމަ އޭނާގެ ހިތްވަރުންނެވެ. ކިއާރާ ފަތުހީއަށް ގުޅާލިއެވެ. އަދި ހަމަ ރިންގްވުމާއި އެކު ކަނޑާލީ މިތަނުން ދެވޭނެ ފަސޭހަގޮތެއް ރާވަމުންނެވެ. ކިއާރާ ފޯނަށް ފަތުހީ ގުޅަންފެށިއެވެ. “ހަ..ހަލޯ…” ރުއިން މަތަކޮށްގެން އިން ކިއާރާއަށް ވާހަކަދެއްކުނީވެސް އުނދަގުލަކުންނެވެ. ހީވަނީ ދެންމެ ދެންމެ އޭނާ ފޮރުވައިގެން އުޅޭ އިހްސާސްތަށް ބޭރުވެދާނެހެންނެވެ. “ހަލޯ ބައްޕާ.. ލަ..ލައްބަ އެބަ ދަން….. ލައްބަ…” ކިއާރާ އެހެން ބުނެފައި ފޯނު ވަގުތުން ކަނޑާލިއެވެ. ފަތުހީ ކިޔާނެ އެއްޗެއް ނުބަލައެވެ. ޒާއިން ކިއާރާއަށް ބަލައިލީ އޭނަ ދާން ތައްޔާރުވާތީއެވެ.

“ޒާން.. މިދަނީ އިނގޭ ޑޭޑް އެ ގުޅީ މުހިންމު ކަމަކު….” ކިއާރާ ތެދުވަމުން ބުނެލިއެވެ.  “އެކަނި ދެވޭނެ؟ ގެ އިނގޭތަ؟” ޒާއިން އެެހިއެވެ. “ޔާ… ޓެކްސީއަކަށް އަރައިގެން ދެވޭނެ..” އެހެން ބުނެފައި ކިއާރާ އަޔާންއަށް ވައްކަޅިން ބަލައިލާ އަނާންއަށް ހިނިތުންވުމެއް ދީފައި ހިނގައިގަތެވެ. މަގުމައްޗަށް ދެވުމާއި އެކު ކިއާރާ ފަޅައިގެން ދިޔަ ކަހަލައެވެ. ކަރުނަތަށް ފޮހެމުން ފޮހެމުން ކިއާރާ ދިޔައީ ދެވޭ ނުދެވޭ ނޭނގޭ ހާލުގައެވެ. އެހިތަށް ވާ އުނދަގުލުން އެހެން އެއްޗެއް ދެނެގަނެވޭނެހެއްޔެވެ؟ ކިއާރާ ދެލޮލުގައިވާ އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. އެއާއި އެކު ރަތްވެފައި ވާ ލޮލާއި ކަރުނަތަށް ފާޅުވާން ފެށިއެވެ. ކިއާރާ އަނގަމަތީ އަތް އަޅާލީ މަގުމަތީ އުޅޭ މީހުންނަށް ބަލައިލުމެއްނެތިއެވެ. އޭނާ އަދިވެސް މަސައްކަތްކުރީ ނުރޮއެ ވޭތޯއެވެ. އަވަސް ނޭވާތަކެއް ލަމުން ކިއާރާ ދިޔައީ ހުރި ސީދަލަށެވެ. ވަކި ދާ ތަނެއް އިނގޭތީކީ ނޫނެވެ. ކޮންމެ ތާކަށް ދެވުނަސް އަނބުރާ ގެއަށް ދާނެ ގޮތް އޭނާއަށް އިނގެއެވެ. ކިއާރާ ކުއްލިއަކަށް ސިހުނީ އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައިފާ މީހަކު އޭނާ ފަހަތަށް ގެނައުމުންނެވެ.

ކިއާރާ އަށް ދެލޯ ބޮޑުކޮށްލެވުނީ ޒާއިން ފެނިފައެވެ. އޭނާގެ ކަރުނަތަށް މިފަހަރަކު ޒާއިންއަށް ނުފޮރުވުނެވެ. ކިއާރާ ވަގުތުން އިސްތަށިތަށް ލޮލު ކުރިމައްޗަށް ގެނެއްސާ ނޭފަތް ދަމާލިއެވެ. ޒާއިން ހަމަ އެ ހުރިގޮތަށް ހުއްޓެވެ. “ބައްޕަ ގުޅީ ؟؟” ޒާއިން އަހާލިއެވެ. ކިއާރާ ބޯ ޖަހާލިއެވެ. “ދެން ތިދަނީ ގެއަށް؟ ޓެކްސީއަކަށް ތިއަރަނީ؟” ޒާއިން އަހާލިއެވެ. ވާހަކަ ދެއްކިގޮތުންވެސް ހުރީ ހިތްހަމަނުޖެހިފައިކަން ކިއާރާއަށް އިނގުނެވެ. މިފަހަރު ކިއާރާ ރަނގަޅަށްވެސް ފަޅާއަރައިފިއެވެ. “އަނެއް. މި … ޓެކްސީއެއް.. ހޯ..ހޯދަންށޭ މިދަނީ..” ކިއާރާ ބުނެލިއެވެ. “އެހެންތަ… ކިޓީ ޕްލީސް.. ތި ދޮގުތަށް ނަހަދަފާނަންތަ؟ ދެންމެ އޭ ސަރ ގުޅާފަ ބުނީ ކިޓީ ކިހިނެއްވީހޯ؟ ކޮބައިހޯ؟ ވަގުތުން އިނގިއްޖެއޭ ވީގޮތް… ދެން ބުނޭ ކިހިނެއްވީ؟؟ ކީއްވެ ދާން ބޭނުންވީ؟” ޒާއިން ބުނެލިއެވެ. އެއަށްފަހު ކިއާރާގެ އިސްތަށިތަށް އެއްފަރާތްކުރިއެވެ.

“މީގެ ބޭނުން މިހާރު މި އިނގުނީ… ކިޓީ ކިހިނެއްވީތަ ޕްލީސް ބުނެބަ؟ ކީއްވެ ތަ ތި ރޮނީ؟” ޒާއިން ކިއާރާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ކިއާރާ އަށް ރޮއެގަނެވުނީ ދެނެވެ. މަގުމަތިން ދިޔަ މީހުން އެމީހުންނާއި ދިމާ ބަލާކަން ފާހަގަވުމުން ޒާއިން ގޯޅިއެއްގެ ތެރެއަށް ވަދެލިއެވެ. ކިއާރާ ލޮލުން ވެއްޓޭ ކަރުނަތިކި ފޮހެލަމުން ދިޔައީ އިސްޖަހާލައިގެން ހުރެއެވެ. “ކިޓީ ޖަވާބު ދޭން ބޭނުން ނޫނިއްޏާ ދޭ ގެއަށް..” އެތަށް އިރަކު ކިއާރާ ޖަވާބު ނުދީ ރޯން ހުރުމުން ޒާއިން އެހެން ބުނެލިއެވެ. އެއަށްފަހު ގޯޅިން ނުކުމެގައި ކާރެއް ހޯދާލިއެވެ. ކިއާރާގެ އަތުގައި ހިފައިގެން އޭނާ ކާރުގެ އެތެރެއަށް ވައްދާލުމަށްފަހު ޑްރައިވަރަށް ތަން ބުނެދިނެވެ. އެހުރިހާ އިރު ކިއާރާ އިނީ ޒާއިންއަށް ބަލަންށެވެ. ޒާއިން ހިތްހަމަނުޖެހުނީކަން ކިއާރާއަށް އިނގެއެވެ. ކިއާރާއަށް ބަލައިލުމެއްނެތި ޒާއިން ހިނގައިގަތެވެ. އަދި އަނެއްކާވެސް ޖެލީއަށް ވަދެ އެމީހުންނާއި ބައިވެރިވެލިއެވެ.

“ކޮބާ ކިޓީ ލައިފިންތަ ކާރަށް؟” މައިޝާ އަހާލިއެވެ. ޒާއިންވީ ކަންތަށް ފޮރުވަމުން ބޯޖަހާލިއެވެ. “މައިޝާ މިހާރު ޖާރނަލިސްޓަކަށް ވެއްޖެއިން ދޯ؟” އަޔާން އަހާލިއެވެ. ކުރީގެ ހަންދާންތަށް އާކޮށްލަމުންނެވެ. މައިޝާ ބޯޖަހާލިއެވެ. “މިހާރު ނުހުރެ އެހާ ބޮޑަކަށް ހަނދާނެއް ކުދިންގެ ސިފައެއްވެސް.. އެހެންނު ވާނީ ތިބޭނީ ބޮޑެތިވެފައެއްނު.. އެކަމް މައިޝާއާއި އެކު އުޅުނު… އާލިޔާ…ކޮބާ؟ ފަހުން ހަބަރެއް ވިތަ؟..” އަޔާން މަޑުޖައްސާލިއެވެ. އޭނާ ހަނދާންވަމުން ދިޔައީ އާލިޔާ އެންމެ ފަހުދުވަހު ވީ ކަންތަށްތަކެވެ.

“ސަރ… ނޭނގެ.. އޭނާ ހަމަ ގެއްލުނީ…… ނޭނގެ އުޅޭކަމެއްވެސް ނޫޅޭކަމެއްވެސް…” މައިޝާ ބުނެލީ ފުން ނޭވައެއް ދޫކޮށްލާފައެވެ. “އޭނާ އަސްލު ކިހިނެއްވީތަ މައިޝާ؟ ގެއްލުނީ އޭ ތިބުނަނީ އެކަމް ކޮންތާކަށް؟ މައިޝާ ބުނީމެއްނު އަދި އޭރު ކިޔަންވެސް ކިއެއްނު ރާއްޖެތެރެއަށޭ ދިޔައީ… ދެން؟.” އަޔާން އަހާލިއެވެ. “ސަރ..އަޅުގަނޑަކަށް ވެސް ނޭނގެ… އަޅުގަނޑަށް ޔަޤީން ހަމަ، އެލީ ރާއްޖެތެރެއަށް ނުފޮނުވާލާކަން… އެއި ޔަޤީން ކަމެއް… ގެއްލިއްޖެކަން އެއީ ޔަޤީންކަމެއް.. އިތުރު އެއްޗެއް  ނުކެރޭނެ ކިޔައިދޭކަށް… އެއީ ކުރެވުނު ޕްރޮމިސް އެއް…” މައިޝާ ބުނެލިއެވެ. ޒާއިން އިނީ ވާނުވާގައި ކަމަކު އެމީހުން ދައްކާ ވާހަކަ ކަނުލާ އަޑުއަހަންށެވެ. “މައިޝާއަށް އިނގޭނެ ދޯ އެހެންވިއްޔާ އޭނާ ޔޫސް ކުރާކަން؟” އަޔާން އަހާލިއެވެ. އާލިޔާ ގެއްލުނު ފަހުން އެރޭގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކާ އަޔާން ހިއްސާނުކުރެއެވެ. މިއަދު ފުރުސަތު ލިބުމުން އޭނާ އަހާލިއެވެ. މައިޝާ ދެލޯބޮޑުކޮށްލާފައި އަޔާންއަށް ބަލައިލިއެވެ. “ސަރ.. ކުރަނީ ކި ނޫން.. ކުރުވަނީ..” މައިޝާ ބުނެލިއެވެ. “ވަޓް..؟؟؟؟؟؟” އަޔާން ބުނެލީ ކުއްލިއަކަށެވެ. “ސަރ.. ސޮރީ އެހެން ބުނެވުނީވެސް އޮޅިގެން އައި ކާންޓް ޝެއަރ..” މައިޝާ ބުނެލިއެވެ. އަނާންއަށްވެސް އެމީހުންގެ އަޑުއިވުނެއްކަމަކު އެހާ ސަމާލުކަމެއް ނުދީ އުޅުނީ ކެވޭތޯއެވެ.

 

އެމީހުންގެ ދޭތެރޭ އިތުރަށް މާބޮޑު ވާހަކަތަކެއް ނުދެކެވުނެވެ. އެންމެންވެސް އެކީ ނިކުމެލައިގެން ދިޔައީ ހިތްހަމަޖެހޭވަރަށް ކައިގެންނެވެ. “އަޔާން ގެއަށް ލައިދެންވީތަ؟” ޒާއިން ބުނެލިއެވެ. “ނޫނޭ ރަސްފަންނުއާއި ހަމާއަށް ޑްރޮޕް ކޮށްލަދީ… އެތާ އިންނާނެ ސައިކަލްވެސް..” އަޔާން ބުނެލިއެވެ. އެއަށްފަހު ޒާއިން ގެ ކާރަށް އަރާ ހަމަޖެހިލިއެވެ. ޒާއިން އެމީހުން ރަސްފަންނުއަށް ލުމަށްފަހު މައިޝާގެއަށް ލައިދިނެވެ. އަދި ދެން ދިޔައީ ކިއާރާ ކައިރިއަށް ގޮސް އޭނާއަށް ވީ ގޮތް އޮޅުންފިލުވަން އެ ގެއަށެވެ.

ޒާއިން ވަދެލިއިރު ފަތުހީ އިނީ ލެޕްޓޮޕު ހުޅުވައިގެން ސޯފާ ގައި ކަމެއް ކުރާށެވެ. އިރު އިރުކޮޅާ ކައިރި އޮތް ފޮތުގައި އެއްޗެއް ލިޔެލާފައި ލެޕްޓޮޕަށް ބަލައިލައެވެ. “ސަރ.. ކިޓީ އައިއްސިތަ؟” ޒާއިން އަހާލިއެވެ. “އާނ.. ދެންމެ އައިސް ވަދެއްޖެ.. އޭރު ކިހިނެއްމިވީ؟” ފަތުހީ އަހާލީ އަޅައިގެން ހުރި ނަމްބަރު އައިނު ތިރިކޮށްލަމުންނެވެ. “އެ ކުޑަ މޮޔަ ކަމެއް ވީ ކަންނޭނގެ.. އެބަ އަންނަން އިނގޭ..” ޒާއިން އެހެން ބުނެފައި ސިޑިން އަރައިގެން ދިޔައެވެ. އެއަށްފަހު ކިއާރާގެ ކޮޓަރި ދޮރުމައްޗަށް ހުއްޓުމަށްފަހު ޓަކި ޖަހާލިއެވެ. އެނދުމަތީ ބޯ އަޅާލައިގެން ރޯން އޮތް ކިއާރާ ދޮރާއި ދިމާލަށް ބަލައިލިއެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިތަކުން އެ ކަރުނަ ނުހިކޭ ދެލޯ ފޮރުވާލުމަށްފަހު ކަރުނައިގެ ރޮނގުތަށް ފޮހެލިއެވެ. ލޯ ގަނޑުން ކުޑަކޮށް މޫނު ބަލާލައިފާއި ގޮސް ދޮރު ހުޅުވާލިއެވެ.

ކުރިމަތީ ހުރި ޒާއިން ފެނި ކިއާރާއަށް ތެޅިގަނެވުނެވެ. ކިއާރާ ހިންދިރުވާލިއެވެ. އަދި ފަސް އެނބުރެމުން އެތެރެއަށް ވަދެލީ ޒާއިން ވަންނަން ތަންދެމުންނެވެ. އޭނާ އެއްޗެއް އަހާލުމުން ކިއާރާއަށް އޮޅުވައިލެވިދާނެއެވެ. އެކަމް ޒާއިން ނުވައްދައިފިއްޔާ ޝައްކުވުމުގެ ބައި ބޮޑެވެ.

“ކިޓީ؟ ބުނެބަ ކިހިނެއްވީތަ؟” ދޮރު ލައްޕާލަމުން ޒާއިން ބުނެލީ އެނދުމަތީ އިށިނދެ ފޯނު ހުޅުވާލި ކިއާރާއަށެވެ. “ކަމެއްވިތަ ޒާން.؟” ކިއާރާ ހިނިތުންވެލާފައި ބުނެލިއެވެ. އަޑަށް ހުރީ ބަދަލުއައިއްސައެވެ. “ކަމެއްވީމަ ނު އެގޮތަށް އަންނާނީ….” ޒާއިން ބުނެލީ ޑްރެސިންގް ޓޭބަލް ކައިރި އިން ދުއްވޭ ގޮނޑީގައި އިށިނދެލަމުންނެވެ. އޭނާ ގެ ނަޒަރު ހުއްޓިފައި ހުރީ ކިއާރާއަށެވެ. “އެ ކުޑަކޮށް އޮފް ވީ ވަގުތެއްވީމަ.. ސޮރީ އިނގޭ..” ކިއާރާ ބުނެލީ ނޭފަތް ދަމާލަމުންނެވެ. “ސޮރީ އިސް ނޮޓް އިނަފް… މިހާރު ބުނޭ ކިހިނެއްވީ ކިޓީ؟؟” ޒާއިން ބުނެލިއެވެ. އަޑުގައިވަނީ ނުރުހުމެވެ. ނަމަވެސް ކިއާރާ އިހްތިޔާރުކުރީ ހިމޭންކަމެވެ. “މިބުނީނު ޒާން… ކުޑަކޮށް މޫޑް އޮފް ވާ ކަމެއް ހަނދާންވެގެން އެތަނުން ދާން ބޭނުންވީ..” ކިއާރާ ބުނެލިއެވެ.

“ކޮންކަމެއް ހަނދާންވީއޯ؟” ޒާއިން އަހާލިއެވެ. ކިއާރާ އިސްއުފުލާލިއެވެ. އަދި ފުން ނޭވައެއްދޫކޮށްލިއެވެ. “ކުރީގެ ކަމެއް ހަމަ….” ކިއާރާ ބުނެލިއެވެ. “އޯކޭ…. ދެން ކިޓީ ޝެއަރ އެއް ނުކުރާނަންތަ އެ ކޮންކަމެއްކަން؟ ވީ އާރ ބެސްޓީސް ކިޓީ.. ކަމޯން..” ޒާއިން ބުނެލިއެވެ. “ޔާ ޔާ ޒާން… އެކަމް ޕާސްޓްގެ ވާހަކަ ދައްކަން ކިއާ ބޭނުމެއްނުވެޔޭ.. އެހެންވެ….” ކިއާރާ ބުނެލިއެވެ. “ޕާސްޓް ގަ ކޮންކަމެއް ހިނގީތަ؟” ޒާއިން އަހާލިއެވެ. ކިއާރާ ޖަވާބުނުދީ ފޯނަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެ ހިތް ދިޔައީ ތެޅެމުންނެވެ. ބޭރުފުށުން ހަމަޖެހިފައި އިނެއްކަމަކު އޭނާގެ ސިކުނޑި ހީވަނީ ގޮވާފާނެހެންނެވެ. ކިއާރާ ގެ އަސްލު ޒާއިން އަށް އިނގިދާނެތީ އޭނާ ބިރުގަންނަނީއެވެ.

“ކިޓީ…. ބުނަންވީ؟ އެހެންނޫނީ ތެދު ހޯދޭނެ އިނގޭ ….” ޒާއިން ބުނެލިއެވެ. ކިއާރާ ޒާއިންއަށް ބަލައިލީ ދެލޯބޮޑުކޮށްލަމުންނެވެ. އެއަށްފަހުވެސް އޭނާ ޖަވާބު ނުދީ ފޯނަށް ބަލައިލިއެވެ. ކިއާރާގެ ހަޤީޤަތް އިނގޭނެ މީހަކަށް ހުންނާނީ ހަމައެކަނި ފަތުހީއެވެ. ފަތުހި ނުބުނާނެކަން ކިއާރާއަށް އިނގެއެވެ. ޒާއިން ކުއްލިއަކަށް ތެދުވެލިއެވެ. “ފައިން ކިއާރާ… އެކުވެރިއަކަށް ދެކެން ބޭނުންނުވާތީނު ދޯ ތިހެން ހަދަނީ އޯކޭ އޭ.. ޤަބޫލުކުރަމޭ…..”ޒާއިން ބުނެލީ ދެރަވެލާފައެވެ. އެއަށްފަހު އޭނާ ދާން ހިނގައިގަތެވެ. “ނޯ.. ޒާން… އެހެނެއްނޫނޭ…” ކިއާރާ ތެދުވެލާފައި ޒާއިންގެ އަތުގައި ހިފައިލިއެވެ. “ނޯ ކިޓީ…. އިޓްސް ކޭ އޭ.. އިނގޭ ކިޓީއަށް މީ އެހާ މުހިންމު ފްރެންޑެއްނޫންކަން ޓްރަސްޓް ނުކުރާކަން…” ޒާއިން ބުނެލީ އަތް ނައްޓުވާލަމުންނެވެ. “ޕްލީސް ޒާން ހެޔޮނުވާނެ ތިކަހަލަ އެއްޗެއް ވިސްނަން.. ޕްލީސް ތިހެން ނުބުނެބަ..” ކިއާރާ ގެ ލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. ޒާއިން އަށް އެ ފެނި ހާސްވިއެވެ. އޭނާ އެ އެކްޓް ޖެއްސީ ކިއާރާ ތެދުބުނާނެކަމަށެވެ. އޭނާ ރޯންފަށާނެކަމަކަށް ނޫނެވެ. “ހޭ ކިޓީ.. ރިލޭކްސް…” ޒާއިން ކިއާރާ ގައިގާ ބައްދާލަމުން ބުނެލިއެވެ. ކިއާރާ ރަނގަޅަށް ރޯންފެށުނީ ދެނެވެ. އޭނާ ހިފެހެއްޓި ކަރުނަތަކާއި އިހްސާސްތަށް ބަންޑުންވިއެވެ. ޒާއިން ކިއާރާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ކިޓީ… ނުރޮއެބަ.. އެހެން ނުވިސްނަމޭ… ސީރިއަސްކޮށް.. ސޮރި ދެން އެހެނެއް ނުބުނާނަމޭ..” ޒާއިން ބުނަމުން ދިޔައެވެ. އަޑުގައިވަނީ މާޔޫސީއެވެ.

ޒާއިން ކިއާރާ ދުރަށްލަމުން އޭނާ އެނދުމަތީ ބައިންދާލިއެވެ. އަދި އޭނާ ތިރީގައި އިށީނދެލިއެވެ. ކިއާރާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. “ކިޓީ.. ސޮރީއޭ.. ބަލާބަ މި ދިމާ ބަލާބަ…” ކިއާރާ ޒާއިންއާއި ދިމާ ބަލައިލުމަށް އެދުނެވެ. ކިއާރާ އޭނާގެ އިސްތަށިތަށް އެއްފަރާތްކޮށްލިއެވެ. އެވަގުތު ޒާއިންއަށް ކިއާރާ ގެ ދެލޮލުގައިވާ ރިހުން ފެނުނެވެ. އެ ވޭން އިހްސާސްކޮށްލެވުނެވެ. ކިއާރާ ދުރަށް ނަޒަރު ހިންގާލިއެވެ. “ކިއާ ސޮރީ އޭ ޕްލީސް..” ޒާއިން ބުނެލިއެވެ. “އޯ..އޯކޭ..” ކިއާރާ ބުނެލިއެވެ. “އެކަމް ޒާން ދެން ޕްރޮމިސް ކުރޭ އެހެން ނުބުނާނެކަމަށް…. އައި ކާންޓް ލޫސް ޔޫ އޯކޭ…. ލިބުނު އެންމެ ގާތް އެކުވެރިޔާ ގެއްލުނު… ދެން ޒާން ގެއްލޭކަށް ނޭދެން..” ކިއާރާ ބުނެލީ ޒާއިންއަށް ބަލައިލަމުންނެވެ. “ޕްރޮމިސް..” ޒާއިން ބުނެލިއެވެ. “ދެން ނުބުނާނަންތަ ވީ ގޮތެއްވެސް؟” ޒާއިން އަހާލިއެވެ. ކިއާރާ އިސްޖަހާލިއެވެ. “ޒާން… އެއީ ކިއާގެ ޕާސްޓް.. އައި ޑޯންޓް ޝެއަރ އިޓް ވިދް އެނީވަން.. އެކަމް އެހެން ކޮންމެއެއްޗެއް ވިޔަސް އަހާ.. ޖަވާބު ދޭނަން ތެދައް.. ޕާސްޓާއި ނުގުޅެންޏާ” ކިއާރާ ބުނެލިއެވެ. ޒާއިން އިސްތަށިގަނޑުގައި އަތު ފުނާ އަޅާލިއެވެ.

“ނެވަރ މައިންޑް.. އޯކޭ ދެން މާދަން ދިމާވާނެ ނު އޮފީހުން. ސޯ ސީ ޔޫ..” ޒާއިން ނުކުމެލަމުން ބުނެލިއެވެ. ކިއާރާ ބޯޖަހާލިއެވެ. އެއަށްފަހު އަތުން ބައި ކިޔާފައި ޒާއިން ލެއްޕި ދޮރު ތަޅުއެވެ. “އަޔާން އަޔާން އަޔާން…. އަޔާން އާއި ދިމާ ވާއިރަށް ހީވަނީ ދެން ތެދު ބުނެވިދާނެހެން…. ކަމޯން ކިއާ ޔޫ ހޭވް ޓު ފޯކަސް… ކިތަންމެ ވަރެއްވިޔަސް ރިއެކްޓް ނުކޮށް ކޫލްކޮށް އުޅެވޭތޯ ބަލާނީ ހަމަ ޒާން މެންހެން ޓޯކް ކޮށް މަޖާކޮށް.. އެހެންނޫނީ އެކަހަލަ ސުވާލުހަމަ ކުރާނެ… އަދި މައި… އޭނާއަށް އިނގިދާނެ…” ކިއާރާ އަމިއްލަ ނަފްސަށް ވިސްނައިދެމުންދިޔައެވެ.

 

އަނެއްދުވަހުގެ އޮފީސް ފެށިގެން ދިޔައީ ހަމަ އާދައިގެ ގޮތަކަށެވެ. ކިއާރާމެން އެމީހުންގެ މަސައްކަތައިގެން އުޅެންފެށިއެވެ. ޒާއިންވެސް ކިއާރާއާއި އެކު އުޅުނެވެ. ބްރެކް އެއް ލިބުމާއި އެކު ކިއާރާއާއި ޒާއިން ކެންޓީންއަށް ދިޔައެވެ. ކިއާރާ ކާން އިނދެ ފޯނާއި ކުޅެމުން ދިޔައިރު ޒާއިން އިނީ ފޯނުން މައިޝާއާއި ވާހަކަދައްކަންށެވެ. “އޭ… ޒާން ބަލާބަ މިއޮއް ކަމެއް. އޯ ގޯޑް.. ހަހަހަހަހަ” ކިއާރާ ފޯނުން ފެނުނު އެއްޗަކަށް ހެމުން ހެމުން ޒާއިންއަށް ދައްކާލިއެވެ. “ވަޓްޓް ހަހަހަހަހަ ސީރިއަސްލީ… ސޯ ޓުރޫ އިނގޭ ސޯ  ޓުރޫ..” ޒާއިން ބުނެލިއެވެ. އެކޮޅުން މައިޝާ ވީގޮތް އަހާލިއެވެ. “މައި އަށް އިނގޭތަ މިތާ އުޅޭ ކުދިން ހީކުރަނީ ކިޓީ އިސް މައި ގީއެފްކަމަށް.. އަނެއްހެން ވީ ޑޯންޓް އިވެން ކެއަރ ދޯ ކިޓީ… ދެން ދެންމެ ޕޯސްޓެއް ފެނުނީ އިނގޭ… އޭގަ އިނީ އަބަދުވެސް އެކީ އުޅޭ ގާލް އެން ބޯއި ބެސްޓްފްރެންޑް އަކީ ރިލޭޝަންގައި އުޅޭ ދެކުދިންކަމަށް ދުނިޔޭގެ އެންމެން ދެކޭނެޔޯ.. ހަހަހަ..” ޒާއިން ހެމުން ހެމުން ކިޔާލިއެވެ. ކިއާރާވެސް ހެވުނު ވަރުން ދެލޮލުން ފެން އައިއްސާހުރިއެވެ. އެހާ ވަރަށް ދެމީހުންނަށްވެސް ހެވުނީ އެ ޕޯސްޓް ކިޔުމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި ހިނގި ވަރަށް މަޖާ ކަމެއް ހަނދާންވުމުންނެވެ. އެކޮޅުން ފޯނުން ވާހަކަ ދައްކަމުން ދިޔަ މައިޝާވެސް ހޭންފެށިއެވެ.

“އާނ ފުރަތަމަ މައިވެސް ހީކުރީ ހަމަ އެހެންނު ދޯ ކިޓީ..” ޒާއިން ބުނެލިއެވެ. ކިއާރާ ހުމް ބުނެލީ ފެންފުޅިން ކޯވަރެއް ބޯލަމުންނެވެ.

….

އޮފީސް ނިމިގެން ދެމީހުން އެކީ ނިކުންނަން ދިޔަ ވަގުތެވެ. ކިއާރާ ރިޝެޕްޝަނުގައި ހުރި ޒާއިން ހިފަހައްޓައިގެން ހުރި ކޯޓް އޭނާ އަތުން ދަމައިގަންނަމުން ދުއްވައިގަތެވެ. ޒާއިން ސިހިފައި ފަހަތަށް އެނބުރި ކިއާރާ ފަހަތުން ދުއްވައިގަތެވެ. ކިއާރާ ދޮރު ހުޅުވާފައި ނުކުމެ ގޯޅިއަށް ލަނބާލީ ޒާއިން އާދޭތޯ ފަހަތަށް ބަލަމުންނެވެ. ކުއްލިއަކަށް ކިއާރާ ގޮސް ޖެހުނީ މީހެއްގެ ގައިގައެވެ. ހިފަހައްޓާނުލެވިގެން ގޮސް ކިއާރާ ވެއްޓުނެވެ. އޭނާގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓުނެވެ. ފަހަތުން އައި ޒާއިން ދުވެފައި އައިސް ފަހަތުން ކިއާރާ ނަގައިލިއެވެ. އެއާއި އެކު ކުރިމަތީ އަދިވެސް ދެލޯ ބޮޑުކޮށްލައިގެން ހުރި އަޔާން ފެނުނެވެ. ކިއާރާ އިސްތަށިގަނޑު އެއްފަރާތްކުރަމުން ކުރިމަތި ބަލާލުމާއި އެކު އޭނާގެވެސް ދެލޯ ބޮޑުވިއެވެ. އޭނާ އަބަދުވެސް މިޖެހެނީ އަޔާން ގެ ގައިގައެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ ދުރަށް ދާން އުޅުނުވަރަކަށް އެ ވަނީ ކައިރިއެވެ. ކިއަރާ އެހެން ބަލަން ހުރުމުން އަޔާން ޒާއިންއަށް ބަލައިލިއެވެ. “ކިޓީ؟؟ ތަދުވިތަ؟؟ ދައްކަބަ އަތް؟” ޒާއިން ކިއާރާގެ އަތް ބަލަމުން ބުނެލިއެވެ. އަޔާން އޭރުވެސް ހުރިގޮތަށް ހުރީއެވެ.

ކިއާރާ އެ މޫނުމައްޗަށް ބަލަން ހުރުމުން ޒާއިން އެހި ސުވާލުގެ ޖަވާބު ނުވެސް ދެވުނެވެ. ހަޤީޤަތުގައި އޭނާއަށް އަޔާން ނޫން މީހެއްނުވެސް ފެނެއެވެ. އަޔާން ކިއާރާގެ ލޯކުރިމަތީ ފުއްޓަތްކެއް ގޮއްވާލުމުން ކިއާރާ ސިހުނެވެ. އެއަށްފަހު ކައިރި ހުރި ޒާއިންއަށް ބަލައިލިއެވެ. “އައުޗް..” ކިއާރާ އަތުގަ ހިފަހައްޓާލިއެވެ. އޭނާއަށް ތަދު އިހްސާސްކުރެވުނީ ދެނެވެ. ކިއާރާގެ ދޮން އޮމާން ހަންގަނޑުން މަށާގެން ގޮއްސާ ހުރި ތަނުން ލޭ އާދެއެވެ. އޭގެ އިތުރުން އިނގިލި ޖެހުނު ގޮތުން ވިދި ދުޅަވާންފަށައިފިއެވެ. “ކިޓީ ބަލައިގެން އުޅެބަލަ..” ޒާއިން ކިއާރާގެ އަތަށް ފުމެލަމުން ބުނެލިއެވެ. “ކޮންމެވެސް ގޮތަކުން އެބަ އަޔާންގެ ކުރިމައްޗަށް އަރައޭ ކިޓީ..” ޒާއިން އަޔާންއާއި ދިމާ ބަލައިލަމުން ބުނެލިއެވެ. އަޔާން ހިނިތުންވެލި އިރު އޭގައި އެއްވެސް އުފާވެރިކަމެއްނެތެވެ. މީހަކު ގަދަކަމުން ކުރުވިކަމެއްހެން ހީވިއެވެ. “މޭން… ސޮރީ އިނގޭ.. ޓޭކް ކެއަރ އޮފް ހަރ..” އަޔާން ކިއާރާއާއި ދިމާ ބަލައިލާފައި ޒާއިންގެ ކޮނޑުގައި ޖަހާލިއެވެ. އެއަށްފަހު ހިނގައިގަތެވެ.

“ކިޓީ ހިނގާ އަވަހަށް ގެއަށް.. އެހެންނޭ ވާނީ ދުވަންޏާ..” ކިއާރާ އަޔާން ދިޔަ ދިމާލަށް އެނބުރި އެ ހުރިގޮތަށް ހުރީ އަޔާން ލޮލުކޮޅަށް ގޮސް އޮބާލަންދެންނެވެ. އޭނާ ކިއާރައާއި ވާހަކަނުދައްކަނީ ކީއްވެބާއެވެ؟ މާފަށް އެދުނީވެސް ޒާއިން ކައިރިއެވެ. ކިއާރާއާއި އޮތީ ކޮން ދުޝްމަނީއެއްހެއްޔެވެ.؟ ކިއާރާ އަތުގައި ހިފަހައްޓާލައިގެން ހިނގައިގަތެވެ. އޭނާ މަރުދޭ މީހަކު އޭނާއާއި ދިމާ ރަނގަޅަށް ބަލައިނުލާ ތާނގާ ވާހަކަވެސް ދައްކަނީ މަޖުބޫރުވެގެން ކުރާކަހަލަ ކަމެއްހެންނެވެ. ކިއާރާ ދެލޮލުތެރޭ ފެން ގިނަވިއެވެ. ޒާއިން ކިއާރާއެކޭ އެއްވަރަށް ހިނގަމުން ގޮސް  އޭނަ ކާރަށް އަރުވާލިއެވެ.

“އޭނާ ކީއްވެ އެހެން ހަދަނީ؟؟ ވަރަށް ބޮޑަށް އިގްނޯރ ކުރަނީ؟” ކިއާރާ ބުނެލިއެވެ. “ކިޓީ… އެހެންވާނެނު.. އަންހެނުންނަށް ކުރާ އިތުބާރު ގެއްލިފައި ހުރި މީހަކަށް..” ޒާއިން ފުން ނޭވައެއް ލަމުން ބުނެލިއެވެ. “ވަޓް؟” ކިއާރާއަށް އެ ބުނި އެއްޗެއް ނޭނގިގެން އަހާލިއެވެ. “މިބުނީ އޭނާ ލޯބިވާ ކުއްޖާ.. އޭނާގެ އެކްސް ވައިފް ޝާހީނާ.. އެ ޝާހީނާ ވީ އަޔާންގެ ލާރިގަނޑު ކާން ބޭނުންވި ލޯތްބަށް ކުޑަނަމަވެސް އިހްތިރާމް ނުދޭ ކުއްޖަކަށް.. އެކަހަލަ މީހުންނަށް އެކީ ނުވެސް އުޅެވޭނެނު… އޭނާ މެރީކޮށްގެން އުޅެމުން އެހެން މީހަކާއި ރިލޭޝަންއެއް އޮތް.. މީހުން ކައިރިއަށް އެވަރަށް ވަދޭ..އެކަން އިނގިގެންވެސް އަޔާން އޭނާއަށް ދެވަނަ ފުރުސަތު ދިނީ އެކަމް ވެސް އެ ޝާހީނާ ރަނގަޅެއްނުވި އެންމެފަހުން އަޔާން އޭނާ ވަރިކުރީ… އެއަށްފަހު އޭނާ އެހާ ބޮޑަށް ޗޭންގްވީ.. ކުރިން އޭނާ އެހެނެއް ނޫޅޭނެ.. ހަމަ ވަރަށް އެކުވެރިވާނެ.. ވަރިވީ މީގެ 3 އަހަރު ކުރިން…. ހިތަށް އަރާ އެހާ  ރަނގަޅު ހޭންޑްސަމް މީހަކަށް އެހެން ހަދަންވެސް ނުވާނޭ… އެކަމް މިހާރު ގެ ކުދިންގެ އުޅުން.. ކީކޭ ބުނާނީ….” ޒާއިން ބުނެލީ މަގުމައްޗަށް ނަޒަރު ހިންގާލައިގެން ހުރެއެވެ. “ވަޓް؟؟؟ ސީރިއަސްލީ އޯ ގޯޑް.. ދެޓް ޝާހީނާ… ހިތަށް އަރާ…. އޭނާ…. ޑޭމް.. އާރގްގް..” ކިއާރާ ގޮށް މުއްކަވާލިއެވެ. މުއްކަވާލި ގޮތުން އޭނާ ވިދުނު އިނގިއްޔަށްވެސް ތަދުވިއެވެ. “ހޭ ރިލެކްސް.. މިހާރު އޭނާއާއި އަޔާންއާއި އެއްވެސް ގުޅުމެއްނޯވޭ އެ ނިމުނީނު..” ޒާއިން ބުނެލިއެވެ. ކިއާރާ އިތުރަށް އެއްޗެއް ނުބުނިއެއްކަމަކު ހިތުގައި އަނދަމުން ދިޔަ އަލިފާން ނިއްވައެއްނުލެވުނެވެ. މިއީ އޭނާއަށް ލިިބުނު ރަނުގެ ފުރުސަތެއް ކަމަކު އަޔާންއަށް ދެރައެއް ލިބޭފަދަ ކަމެއް ވެއްޖެނަމަ އޭނާ އަށް އެކަން ކުޅަދާނައެއްނުވާނެއެވެ. އަޔާން ދެރަވާނެ ވަރު އޭނާ އަށް އިނގެއެވެ. ގާތް މީހެއްގެ ފަރާތުން ދޯކާ ލިބި ލޯބިވާ މީހަކަށް ކުރި އިތުބާރު ގެއްލުމަކީ ކޮބައިކަން ކިއާރާއަށް ވަނީ ވަރަށް ކުޑައިރު ދަސްވެފައެވެ.

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޢަޞްރު (އަށާރަވަނަ ބައި)

Next

އައިޝާ 16

Next
December 17, 2016

އައިޝާ 16

Previews
December 17, 2016

ޢަޞްރު (އަށާރަވަނަ ބައި)

20 Comments!

  1. Ryn says:
    December 17, 2016 at 9:07 pm

    Hey guys…! Im so sorry late v ma. Was in the hospital mihurihaa iru and I didnt even check rythikh just up khly mathi mathin kiyaalaafa.. Tc and Sorry once again .. See u guys tomorrow morning In sha Allah 😉

  2. Alyaa says:
    December 17, 2016 at 9:15 pm

    rynnnn. please mirey adhi eh part up kohhdheebaaaaa

    1. Alyaa says:
      December 17, 2016 at 9:22 pm

      story varah salhi
      me first

  3. umee says:
    December 17, 2016 at 9:17 pm

    varah reethi waiting 4 next part

  4. Kylie says:
    December 17, 2016 at 9:30 pm

    Story vrh intrestng bwt foohi kiaa hunnany abadhu roi roi… ei dhn boduvaru… ayaan arreky maaginadhuhu ulhunyky vxnun dhn evaru vaanjeheythr.. 7yrs dhuruga ulhuny dhnvx ulheveynu vrh foohivey bwt amazing story n i luv yur storyz

  5. ?mixoo says:
    December 17, 2016 at 9:33 pm

    Ryn baleetha??
    mibaives vvv salhi

  6. Brainless says:
    December 17, 2016 at 9:45 pm

    Alheyy haadha salhi eyy…??
    Waiting eagerly for next part…

  7. Faathee says:
    December 17, 2016 at 9:52 pm

    Just wow. Next part kiyaa hithun neynge Lola nidhi annaane kan ves. Hehehe.

  8. Malaa says:
    December 17, 2016 at 9:59 pm

    Ryn plx adhi mirey 1 part up kohdhy. Plx plx plx v nice story

  9. Ryn says:
    December 17, 2016 at 10:04 pm

    Guys. Tomorrow I will try to up three parts as tonignt I can’t, I really want to do it.. But I’m sorry. Tc. Nights. And thank you ❤❤❤?

  10. Hooooo. says:
    December 17, 2016 at 10:07 pm

    Varah salhi. Next part kiyan beynumi.

  11. Jee says:
    December 17, 2016 at 10:11 pm

    Story very nice…
    3 parts up kohdhechey
    I just love this story
    Dhen emmen ah angaba eii Aaliya kan..
    Eyrun dhen Ayaan ves hama jehigen ulheveynee

  12. xaf says:
    December 17, 2016 at 11:15 pm

    varah kiyaa hithun huhta eh nimuny…
    ryn next part avahaa up kohdhehchey plx…
    this is an awesome story…

  13. Afar says:
    December 17, 2016 at 11:18 pm

    Ayaan mihaaru kiya aa like vx nuvanytha? Varah dheravey ayaan ehaaaaaa careless v ma.. bt story hama habeys… keep going.. luv yuh ryn..

  14. Shammi Butterphlai says:
    December 18, 2016 at 12:27 am

    Wow

  15. Someone says:
    December 18, 2016 at 12:29 am

    Wow maadhama 3 part ey… Im so happy thanks ryn

  16. Fin says:
    December 18, 2016 at 4:07 am

    Varah salhi mi part vxx

  17. Afar says:
    December 18, 2016 at 7:27 am

    Kon iraku up kuraany…….

  18. shara says:
    December 18, 2016 at 7:47 am

    vv.salhi

  19. Faxoo says:
    December 18, 2016 at 8:49 am

    Ryyn mi baives vrh reethi ingey 😀

Comments are closed.


All Right Reserved!