ޒީކް މިއަދުވެސް މަޑުކޮށްގެން ހުރީ ނީލާގެ އިންތިޒާރުގައެވެ. ނީލާ އަންނަ ގަޑި ޖެހުމުންވެސް ނައުމުން ހިނގާފައި ޔުނިވަރސިޓީއަށް ދެވުނުއިރު ގަޑި ޖެހިއްޖެއެވެ. އަދި ކްލާހަށް ދިޔައިރު ނީލާ ކްލާހުގައި އިންތަން ފެނުމުން ހައިރާންވިއެވެ. ނަމަވެސް ކިޔަވައި ދެމުންދާތީ އެވާހަކަ ފަހަށް ބޭއްވީއެވެ. ކްލާސް ނިމުމުން ޒީކް ނީލާއަށް ގޮވަގޮވާ ހުއްޓާ ނިކުމެގެން ދިޔައީއެވެ. ޒީކް ނީލާގެ ފަހަތުންގޮސް ނީލާގެ އަތުގައި ހިފިއެވެ. “ތި މުޑުދާރު އަތުން އަހަރެންގެ ގައިގާ އަތްނުލާތި” ޒީކުގެ އަތް ނައްޓާލަމުން ނީލާ ބުނެލިއެވެ. […]
ކައިއާގެ ދަބަހުން ނެގި ދެދަޅު ކޮފީއިން އެއްދަޅު ކޮފީ ޔާނިސްއަށް އެއްލަމުން އޭނާގެ ސީޑީ ދިނުމަށް އެދުނެވެ. “މިމީހުން ކޮފީއަށް ޕްރޮމިސްކުރާ ގޮތްތަ؟” ޔާނިސް ބޭނުން ގޮތަށް ކަންތައް ނުވުމުން ހިތްހަމަނުޖެހިގެންހުރެ ބުނެލިއެވެ. ދެމީހުން ތިބީ އެކަނިކަން އެނގުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއް ޔާނިސް އަށް ވެގެންދިޔަ އެވެ، “އަހަރެންގެ އެއްޗެއް އަހަރެންނަށް ނުދީ މިތާގައި މަޑުކުރުވުމުގެ ބޭނުމަކީ ކޮބައިތަ؟” ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ބުނެލި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ […]
ޖެހިލުންވެފައި ހުރެގެން މަޑުހިނގުމެއްގައި ފަތާފެންގަނޑު ކައިރިއަށް ދެވުނުއިރު އަލްޔަން ނޫނީ ޒީކް ދަންނަ ޒުވާނަކު ނެތެވެ. ފެންގަނޑުގެ އެއްފަރާތެއްގައި ޖަހާފައިވާ ކުޑައިގެ ދަށުގައި ހުރި ހުދުކުލައިގެ މޭޒުމަތީގައި ތަބަށް ބެހެއްޓުމަށްފަހު ޒީކް އެތަނުން ދިއުމަށް އަވަސްވެގަތެވެ. ނަމަވެސް އެވަގުތު ނަދީމްގެ ފަހަތުން ދުވެފައި އައި އާހިލްއަށް ޒީކްގެ ގައިން ނުނެއްޓުވުނެވެ. އާހިލް އައީ ބާރަށް ދުވެފައި ކަމުން ޒީކްގެ ގައިގައި ޖެހުނުލެއް ބާރުކަމުން ޒީކް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ. ޒީކްއަކީ ފަތަން ދަންނަ ކުއްޖެއްނޫން ކަމުންނާއި އޭނާ […]
ހަވީރުގެ ވަގުތެވެ. ނީލާ ހުރީ ޓެރަސްމަތީގައި ހުރި ގަސްތަކަށް ބަލާށެވެ. ހަތްބުރިއަށް ނަގާފައިވާ އެ އިމާރާތުގައި ނީލާމެން ދިރިއުޅެމުންދަނީ އެންމެ މަތީ ބުރީގައި ކަމުން އެހެން ހުރިހާ ބައިތަކެއް ވަނީ ކުށްޔަށް ދީފައެވެ. އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ އެ އިމާރާތައް އެމަގުން ހިނގާ ކޮންމެ މީހަކުވެސް ބަލާލަނީ އެފަދަ އިމާރާތެއްގައި އުޅުމުގެ ނަސީބު ލިބޭނެނަމައޭ ހިތަށް އަރަމުންނެވެ. އެ އިމާރާތް ޑިޒައިންކޮށްފައިވާލެއް ފުރިހަމަ ކަމާއެއްވަރަށް ލާފައިވާ ވައިލެޓް ކުލައިގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސް […]
ރޭގަނޑުގެ ވަގުތެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ ނިދީގެ މީރުކަން އެންމެ ފުރިހަމަ ގޮތުގައި ހޯދޭތޯއެވެ. ނަމަވެސް އިޔާންއަށް އޮތީ ނުނިދިފައެވެ. ލޯމަރާލާ އިރަށްވެސް ފެންނަނީ ޒީކްގެ މައުސޫމް މޫނެވެ. ރާޅުބާނި އިސްތަށި ގަނޑާއި ހިތްތައް ކަތިލާފަދަ އެ ފުރިހަމަ ހިނިތުންވުމެވެ. ހިނިތުންވެލާއިރު ފެންނަ ހުދުމުތީތަކެއްފަދަ ދަތްތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ފަސްފޫޓް ހަމަވާ އިސްކޮޅާއި އިސްކޮޅާއި ހަމައަށް ރޫފަހުރި ބަނިޔާދަން ހަށިގަނޑެކެވެ. އެބޮޑު ދެލޮލުން އިޔާންއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ބާރުގަދަ އަތުގެ ހިމާޔަތުގެ […]
މޮޅަށް ކިޔަވައިގެން ބޮޑެތި މަގާމުތައް ފުރަމުންއަންނަ މީހުންގެ ފަރާތުން އަންހެންކުދިންނަށް ކެހި ލިބޭ ވާހަކަވެސް އަހަރެން އަޑުއަހައެވެ. ނަމަވެސް އެއީ އެކުދިންގެ މޮޔަކަން ކަމުގައި އަހަރެން އައީ އަބަދުވެސް ގަބޫލު ކުރަމުންނެވެ. މީހެއްގެ ފަރާތުން ކެއްސެއް ލިބިދާނެތީ ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްވެސް އަޅުމުން ދިޔައީ ވަރަށް ވިސްނައި ދެކޮޅު ހޯދައި ބަލަމުންނެވެ. ދާއިންއަކީ އަހަރެންނާއި އެއް ހިސާބު ގަނޑެއްގައި އުޅޭ ކުއްޖެކެވެ. އަހަރެން ސުކޫލަށް ގޮސް އައިސް ވާއިރު ފެނިދެނިވާ މޫނެކެވެ. އެހެން ރަށަކަށް ނިސްބަތްވާ، […]
ހަވީރުގެ ވަގުތެވެ. ޒީކް މަސައްކަތް ކުރަމުންދިޔައީ ބަގީޗާގައިވާ ގަސްތަކަށް ފެންޖެހުމަށެވެ. މަޑުމަޑުން ލަވައެއްކިޔަމުން ގަސްތަކަށް ފެންދެމުން ދިޔައިރު ދުނިޔެމަތީގެ އެއްވެސް ފިކުރެއް ހިޔާލެއް ޒީކްގެ ނެތެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިހުރެ އަމިއްލަ ކަންތައްތަކާ ދޭތެރޭ ވިސްނަމުން ދިޔައެވެ. ކުއްލިޔަކަށް ޒީކް ސިއްސައިގެން ދިޔައީ ޒީކްގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ސިއްސައިގެން ދިޔަލެއް ބޮޑު ކަމުން ޖަހަމުންދިޔަ ފެން ހޮޅިއާއެކީ އަނެއް ފަރާތައް އެނބުރެވުނެވެ. އެއާއެކު ‘އޯ. ނޯ’ މީހަކު ބުނެލިއަޑު އިވުނެވެ. ޒީކްއަށް ރަނގަޅަށް ހޭވެރިކަން ވެގެން […]
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ސުކޫލުތަކަށް ދާ ކުދިންނާއި ކޮލެޖު އަދި ޔުނިވާސިޓީއަށް ކިޔަވަންދާ ކުދިންތަކުންނާއި އޮފީހަށް ދާ މީހުންތަކުން މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައެވެ. ދުއްވާ އެއްޗެހި އާދަޔާ ހިލާފަށް ގިނަ މަގުތައް މަތިން ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ގަޑި ނުޖެހި އެމީހެއްގެ މަންޒިލާއި ހަމައަށް ވާސިލް ވެވޭތޯއެވެ. ބިދޭސީ މަސައްކަތު މީހުންވެސް އެމީހުންގެ ވަޒީފާތަކަށް ދިޔުމަށް ނިކުމެ އެމީހުންގެ އެކުވެރިން އަދި ހަމަނުވާތީވެސް ކަންނޭނގެއެވެ. ޕޭމެންޓްމަތީގައި ކޯޅިކޯޅިއަށާއި ބައިގަނޑު ބައިގަނޑަށް ހުއްޓި ލައިގެން ތިބުމުގެ […]
މެންދުރުފަހު ތިނެއް ޖެހިއިރު އޮފީސް ނިންމާފަ ޔާނިސް ގެއަށް ދިޔައީ ޝަހުދުއާއެކު ކާރުގައެވެ. ކާރުގައި އިންއިރުވެސް ކައިއާގެ ހިޔާލުތަކުން ޔާނިސް ވަނީ ވަށާލައިފައެވެ. ކޮފީއަށް ދިޔުމަށް އެއްބަސްވިއެއް ކަމަކު ޔާނިސްއަށް އެކަން އެގޮތަށް ހިނގާފާނެ ކަމަކަށް އެއްވެސް ޔަގީން ކަމެއް ނެތެވެ. އެއީ އޭނާގެ ކުށް ކަމުގައި އަބަދުވެސް ދިޔައީ ގަބޫލުކުރެވެމުންނެވެ. ކުރެވުނު އެންމެ ބެޓެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަތުވެދާނެ ކަމަށް އެއްފަހަރުވެސް ވިސްނާލެވިފައިވެސް ނެތުމާއެކުގައެވެ. ކޮމްޕިއުޓަރ ކައިރީގައި ކަންބޮޑުވެފައި ކައިއާ އިނެވެ. […]