ޒީކް އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތެވެ. ދެލޮލުން އޮހޮރެމުންދިޔަ ހޫނު ކަރުނަތަކުން ބާލީސް ތެންމަމުންދިޔައެވެ. އަލްޔަން އެކޮޓަރިތެރެއަށް އައިސް ވަނީ ޒީކް އެގޮތަށް އޮއްވައެވެ. ޒީކްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔަންގެ ހިތްވެސް ރޮއްވާލިފަދަ އިހްސާސެއް ކުރެވިގެންދިޔައެވެ. “ޒީކް ކިހެނެއްވީ” ޒީކްގެ ބޮލުގައި ފިރުމާލަމުން ޒީކްގެ ކައިރީގައި އިށީދެލިއެވެ. އަލްޔަންގެ އަޑު އިވުމާއެކީ އޭނާގެ އަތް ފޮޅުވާލަމުން ޒީކް ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްޔަންއަށް ބަލަމުންދިޔައެވެ. “ޒީކް އަހަރެން ވާހަކައެއް […]
ދިއްލާފައި ހުރި ފަސްވޯޓް ބޮކީގެ އަލިކަމުގެ ތެރެއިން ލާނާގެ މޫނުނުމަތީގައި ހުރި އަސަރުތަކެއް އިޔާންއަށް ފާހަގައެއް ނުކުރެވުނެވެ. ކުއްލިޔަކަށް ކަރަންޓް ދިޔުމާއެކު ތަނަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުން ލާނާ ބިރުގަންނަގޮތްވިއެވެ. ކުއްލިޔަކަށް ގަސްތަކުގެ ތެރެއިން ބުޅަލެއް ކޯޅިގަތް އަޑާއެކު ލާނާއަށް އިޔާންގެ ގައިގައި ހިފައިގަނެވުނެވެ. ލާނާ ބިރުގަނެފައި ހުރިވަރު އިހްސާސް ކުރެވުމުން އިޔާންވެސް ލާނާ ގަޔާ ދުރުކުރާކަށް މަސައްކަތެއްނުކުރެއެވެ. “އިޔާން އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅިއަންނާނަންތަ” ލާނާ ހަމަޖެހިލަމުން ބުނެލިއެވެ. “ނޫނޭ ލާނާ އެއްޗެކޭ ބުނެގެން […]
ޒީކް ކާކޮޓަރިއަށް އައިސް ވަތްވަގުތު އަލްޔަންއާއި ނަދީމް ސައިބޮއި ނިންމާލުމަށްފަހު ނިކުންނަނީއެވެ. “ފަހަރި އަތުން ހެދި މަސްހުނި ވަރަށް މީރު” ނަދީމް ޒީކްއަށާއި އަލްޔަންއަށް ޖެއްސުންކޮށްލިއެވެ. ޒީކްއަށް އަލްޔަންއާއި ދިމާއަށް ބަލާލެވުނެވެ. ނަދީމް އެހެން އެބުނީ ކީއްވެގެންތޯ އަހާލާފަދަ ގޮތަކަށެވެ. ރުއާންއާއި ނީލާ ތިބީ ހުޅުމާލެ ފެރީގައެވެ. ޕިކްނިކް ހަދާލަން ރައްޓެހިކުދިންނާއެކުގައި ދަމުން ނީލާވެސް ގޮވައިގެން އައީއެވެ. “އަހަރެން އެނގެން ބޭނުން ބައިވަރު އެއްޗެހި އެބަހުރި” ނީލާ ރުއާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ނީލް ވަގުތު […]
އަހަން ނުވާވަރުގެ އެއްޗެއް އެހިއްޖެކަން ވިސްނުނީ ޒީކްގެ މޫނުމަތީގައި ހުރި ސީރިއަސްކަން ފެނުމުންނެވެ. އިތުރަށް ޒީކްއަސް އެންމެ އެތިކޮޅެއްވެސް ނުކެވުނެވެ. ތެދުވެގެން އެތަނުން ދުރަށްދާން ބޭނުންވިޔަސް މަޑުކޮށްގެން އިނީ އަލްޔަން ކައި ނިމެންދެނެވެ. “ޒީކް ނޫޑްލްސް މީރު ނޫނީތަ؟” ޒީކް ނުކައި އިންނަން ފެށުމުން އަލްޔަން ބޭނުންވީ ޒީކްގެ މޫޑް ބަދަލުކޮށްލާށެވެ. “ނޫޑްލްސް ނުކަންޏާ އެހެން އެއްޗެއް ހަދައިދެންތަ” ޒީކް އަނގައިންވެސް ނުބުނެ އިނުމުން އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ނޫނޭ ވަރަށް މީރު” ޒީކް ނޫޑްލްސް […]
ބަދިގެ ތެރޭގައި ރައުނާ އާއި ހައްވަ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެއެވެ. ރައުނާ ސެލެޑް ހެދުމަށްޓަކައި ކެބެޖު ކޮށަން ހުރިއިރު ހައްވަ ކޮންމެވެސް ކަހަލަ ރިހައެއް ކެއްކުމުގައި މަސްއޫލުވެގެން އުޅެއެވެ. މިސައިބާ ބަދިގެތެރެއަށް އައިސް ވަނީ އެވަގުތުއެވެ. “އަލްޔަން ގޭގައި އެބަ އުޅޭތަ؟” މިސައިބާ އެމީހުން ކުރަން ތިބި މަސައްކަތްތައް ބަލާލަމުން އަހާލިއެވެ. “ޒީކްގެ ކޮޓަރީގަހެން ހީވަނީ” ޖެހިލުންވެފައި ހުރެ ރައުނާ ބުނެލިއެވެ. “ޒީކްގެ ކޮޓަރީގަ އަލްޔަން” މިސައިބާއަށް ރައުނާ ބުނި އެއްޗެއް ގަބޫލުނުކުރެވުމުން ތަކުރާރުކޮށްލިއެވެ. […]
އަލްޔަން އޮފީހުގައި އިނދެފައި ގެއަށް އައީ ޒީކްގެ ހާލުބަލާނުލައި ކެތްނުކުރެވިގެންނެވެ. ފޯނުކޮށްގެން ޒީކްގެ ހާލުބަލާލަން ކިތަންމެ ފަހަރަކު ހިތަށްއެރި ނަމަވެސް އެކަން ކުރުމަށް ފަސްޖެހެވުނު ވަރުންނެވެ. ޒީކްގެ ކޮޓަރި ދޮރުހުޅުވާލިއިރު ވެއްޓެމުން ދިޔަ ޒީކް ފެނުމުން އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ޒީކް އެނދުގައި ބާއްވާލަމުން ޒީކްގެ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ. ތުނިތުނި ހެދުމުގެ ތެރެއިން ފާޅުކަންބޮޑު ގޮތެއްގައި ޒީކްގެ ދޮންހަށިގަނޑު ފެންނަމުންދިޔައެވެ. ފުރިހަމަ ވަނާތަކާއެކު އައިބެއް ނެތް އެހަށިގަނޑު ފެނުމުން އަލްޔަންގެ ހިތުގެ ހިނގުންވެސް މަޑުޖެހިގެން […]
ޒީކް އެތެރެއަށް ހިނގައިގަތްތަނުން ބޭރު ދޮރު ލެއްޕިއަޑަށް އެނދުރި ބަލާލެވުނެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އަންނަ އަލްޔަން ފެނިފައި ޒީކްއަށް ހުއްޓެވުނެވެ. ކްރީމް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު ވަރަށް އޮފިސިއަލް ގޮތެއް ދައްކައެވެ. ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ މޮޑެލް ހިނގުމެއްގައި އަންނަ އިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ފަރުވާލެއް ނެތްކަހަލައެވެ. އަލްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޓިންގރޫމް ތެރޭގައި ބުދެއްހެން ހުއްޓިގެން ހުރި ޒީކް ފެނިފައެވެ. އެވަގުތު ޒީކްގެ […]
ޒީކް އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން ރައުނާއްތަވެސް މިއަދު އޭނާ ހޯދާކަށް ނާދެއެވެ. ޒީކް ވިސްނަމުން ދިޔައީ ރުއާން އާއި ދޭތެރޭގައެވެ. ރުއާން އެއީ ކާކު ހެއްޔެވެ؟ ރުއާންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާ ބޭނުންވެގެން އެއުޅެނީ ކޮންއެއްޗެއް ހެއްޔެވެ؟ ރުއާންއަށް އޭނާއަށް ކުރެވުނު ވަރު އަދިވެސް ކުޑައީ ހެއްޔެވެ؟ ލިބުނު އެކުވެރިޔާވެސް އޭނާގެ އަތުން ފޭރިގަނެފިއެވެ. އޭނާގެ ނަން މުޅި ޔުނިވަރސިޓީގެ ތެރޭގައި ބަދުނާމް ކުރެވުމުންވެސް […]
އާލިން ބޭރުގައި އުޅުމަށްފަހު ގެއަށް އައި ވަގުތެވެ. މިސައިބާ ސިޓިންގ ރޫމުގައި ހިންދީ ޑްރާމާ ސީރީޒްގެ ތެރެއަށް ގެއްލިފައި އިނެވެ. އާލިން ގެއަށް އައިސް ވަން ކަމެއް މިސައިބާ އެގުނު ހެނެއް ހިޔެއް ނުވެއެވެ. “އަލްޔަން ކޮބައިތަ؟” އާލިންގެ އަޑަށް މިސައިބާ ބަލާލިއިރު އާލިން އައިސް ސޯފާގައި އިށީންނަނީއެވެ. “ކޮޓަރީގައި. ރޭގަވެސް ގެޔަކަށް ނާދޭ. ހެނދުނު ގެއަށް އައިގޮތަށް ނިދާފަ އަދި ނުހޭލާ” މިސައިބާ ސީރީޒް ބަލަމުން ވާހަކަ ދެއްކިއެވެ. “އޮފީހަށް ނުދާތާގައި ރަނގަޅަށް އުޅޭނަމަ އެއްކަމެއްނު.. […]