Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ހަވަނަ ބައި)

riya Level 3100 Comments10 Stories
January 20, 2018 5 Mins Read
16 Comments

ޒީކް މިއަދުވެސް މަޑުކޮށްގެން ހުރީ ނީލާގެ އިންތިޒާރުގައެވެ. ނީލާ އަންނަ ގަޑި ޖެހުމުންވެސް ނައުމުން ހިނގާފައި ޔުނިވަރސިޓީއަށް ދެވުނުއިރު ގަޑި ޖެހިއްޖެއެވެ. އަދި ކްލާހަށް ދިޔައިރު ނީލާ ކްލާހުގައި އިންތަން ފެނުމުން ހައިރާންވިއެވެ. ނަމަވެސް ކިޔަވައި ދެމުންދާތީ އެވާހަކަ ފަހަށް ބޭއްވީއެވެ. ކްލާސް ނިމުމުން ޒީކް ނީލާއަށް ގޮވަގޮވާ ހުއްޓާ ނިކުމެގެން ދިޔައީއެވެ. ޒީކް ނީލާގެ ފަހަތުންގޮސް ނީލާގެ އަތުގައި ހިފިއެވެ.

“ތި މުޑުދާރު އަތުން އަހަރެންގެ ގައިގާ އަތްނުލާތި” ޒީކުގެ އަތް ނައްޓާލަމުން ނީލާ ބުނެލިއެވެ.

“ކިހެނެއްވީތަ؟” ޒީކް ހައިރާންވެފައި ހުރެ އަހާލިއެވެ.

“އުޅެވޭގޮތާއި ކުރެވޭ ކަންތައް ހަނދާނެއް ނުހުރޭދޯ. މީގެފަހުން މަށާ ވާހަކަ ދައްކަން ނޫޅޭތި. ތީ މަގޭ ރައްޓެއްސެއް ނޫން” ނީލާ ހިނގައި ގަންނަމުން ބުނެލިއެވެ. ރުއާން ހިނިއައިސްފައި ދުރުގައި ބަލަން ހުރީ ކާމިޔާބު ލިބުނީތީ އުފަލުންނެވެ.

 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. މިސައިބާ އުޅެނީ ބަގީޗާގެ ތެރޭގައެވެ. ގަސް ހެއްދުމަށް ޝައުގުވެރިކަން ހުންނަ މިސައިބާއަށް މިއަދު އާވައްތަރެއްގެ ގަސްތަކެއް ލިބުމުން ގަސްތައް އިންދުމުގެ މަސައްކަތުގައެވެ. އެވަގުތު އިޔާން ފޮށިހިފައިގެން އައިސް ވަންތަން ފެނުނެވެ.

“ދައްތަމެން ފުރީ ދޯ. ޒީކް ކައިރީގަ ބުނޭ ކޮޓަރި ތައްޔާރުކޮށްލަ ދޭށޭ. މަންމަ މިދަނީ މިގަސްތައް އިންދާލާފަ” މިސައިބާ ލޯތްބާއެކު ބުނެލިއެވެ.

ފޮށިގެންގޮސް ކޮޓަރިއަށް ލުމަށްފަހު ބަދިގެ ފަރާތައް މިސްރާބުޖެހީ ޒީކް ހޯދުމަށެވެ. ބަދިގެ ތެރެއިން ނުފެނުމުން ޒީކް އުޅޭ ކޮޓަރިއަށް ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. ހަބަރެއް ނުވުމުން ދޮރުހުޅުވާލާފައި އެތެރެ ބަލާލިއެވެ. ކުޑަ ދޮރު ހުޅުވާލައިގެން ދޮރަށް ފުރަގަސް ދީގެންހުރި ޒީކް ފެނުމުން އިޔާން އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ޖެހެމުންދިޔަ ވައި ރޯޅިގެ ސަބަބުން ޒީކްގެ ފަންއިސްތަށި ގަނޑަށް މިނިވަންކަން ލިބިފައިވާ ކަހަލައެވެ. އިޔާން ޒީކްއަށް ގޮވާލުމުން ހަބަރެއް ނުވިއެވެ. އަޑު ނީވުނީއެއް ކަމެއް ޖަވާބުދޭން ބޭނުން ނުވީއެއް ކަމެއް ނޭގެއެވެ.

 

އިޔާން ގޮސް ޒީކްގެ ކޮނޑުގައި އަތް ޖައްސާލުމުން އެނބުރި ބަލާލައިފިއެވެ. އެވަގުތު އިޔާން ފެނުމުން އޭނާއަށް ފުރަގަސް ދެމުން ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލައިފިއެވެ.

“އިޔާން މިތާ ކީއްކުރަނީ” ޒީކް އަހާލިއެވެ.

“ކޮޓަރި ތައްޔާރު ކޮށްލަ ދޭށޭ ބުނަން… ކިހެނެއްވީ ތި ރޮނީ..” އިޔާންގެ އަޑުގައިވަނީ ހަމްދަރުދީއެވެ.

“އަހަރެން ނުރޮން..  އެހެން ނޫނަސް މިއީ އަހަރެންނަން ހުރި ގޮތް” ޒީކްގެ އަޑުގައި ވަނީ މާޔޫސީގެ އަސަރުތަކެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

“ޒީކް އަދިވެސް އަހަރެންނަށް ޖަވާބެއް ނުދެމެއްނު” އިޔާން ޒީކްގެ މަޑު އަތްތިލާގައި ހިފާލިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ” އިޔާން ޒީކްގެ ހިމަހޯލިތަކެއް ފަދަ އިނގިލިތަކާ ކުޅެމުން ބުނެލިއެވެ.   ޒީކް އިޔާންގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް އިސްޖަހާލިއެވެ.

“އަހަރެން މީ ކާކު އިޔާން ލޯބިވާން. އިޔާންއަށް އަހަރެންނަށްވުރެ މާރަނގަޅު ކުދިންވެސް ވާނެ. އަހަރެން ކަހަލަ ދެރަ ނިކަމެއްޗަކާއި އިޔާން އެކަށީގެންވާނީ ކިހެނެއް؟” ޒީކް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

“އަހަރެން ޒީކް ނޫން އެހެން މީހެއްގެ ލޯތްބެއް ބޭނުމެއްނޫން. މުޅި އުމުރު ދުވަހު މިހެން ހުންނަން ޖެހުނަސް ޒީކް ނޫން މީހަކަށް އަހަރެންގެ ހިތަކުންވެސް އަދި ހަޔާތުންވެސް ޖާގައެއް ނުލިބޭނެ” އިޔާންގެ އަޑުގައި ވަނީ ޔަގީންކަމެވެ. އިތުރަށް ޒީކްއަށް އިޔާންއާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އިޔާންގެ އެދުމާ ދެކޮޅުހަދައި އިތުރަށް އޭނާ ދެރަކުރާކަށް ބޭނުމެއްނުވިއެވެ. އިޔާން މަޑުމަޑުން ޒީކްއާ ކައިރިވެލިއެވެ. އަދި އޭނާގެ ދެއަތުން ޒީކްގެ ހަށިގަނޑު ވަށާލިއެވެ. ޒީކް މިފަހަރު ދުރަށްދާކަށް މަސައްކަތެއް ނުކުރެއެވެ. އެކަކު އަނެކަކުގެ ހޫނު އިހްސާސް ވަމުންދިޔައިރު ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހްސާސެކެވެ. އިޔާން މަޑުމަޑުން ޒީކްގެ އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. އަދި ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ޒީކްއަށް ލޯމަރާލެވުނެވުނެވެ.

އިޔާންގެ އަތުތެރޭގައި ޒީކްއަށް ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ދެމީހުން ސިއްސައިގެން ދިޔައީ އިޔާންގެ ފޯން ރިންގުވާން ފެށުމުންނެވެ. ޒީކް ތެޅިގެންފައި އިޔާންއާއި ދުރަށް ޖެހިލިއެވެ. އިޔާން ފޯނުން ވާހަކަ ދައްކަމުން ނިކުމެގެން ހިނގައްޖެއެވެ. އިޔާންގެ އަތުތެރޭގައި ހުރެވުނުގޮތް ހަނދާންވުމުން ޒީކްއަށް މޫނުގައި އަތްއެޅުނެވެ. ލަދުވެތިކަމުގެ އަސަރުތައް މޫނު މައްޗަށް ވެރިވެގެން ދެވުނެވެ.

މިސައިބާ މަޑު ހިނގުމެއްގައި ގޮސް އިޔާންގެ ކޮޓަރިގެ ދޮރު ހުޅުވާލިއިރު ފިހިގަނޑު ނަގައިގެން ކޮޓަރިތެރެ ފޮޅާ ސާފުކުރުމުގައި އުޅެއެވެ.

“އިޔާން އަކަށް ނުޖެހޭނެ ތިކަންތައްތައް ކުރާކަށް. އަމިއްލައަށް ކަންތައްތައް ކުރަންޏާ ކޮބާ ގޭގައި މަސައްކަތްކުރާނެ މީހުން ގެންގުޅުމުގެ ބޭނުމަކީ” މިސައިބާގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ޒީކްއަށް އެތަނަށް އާދެވުނެވެ.

“ޒީކް ކަމަކު ބުނީމަވެސް މިހާރު ވަގުތުގަ ކުރެވޭކަމަކަށް ނުވޭދޯ. ތިހާ ފަރުވާ ކުޑަ މީހުންނަން މިގެޔަކުން ޖާގައެއް ނުލިބޭނެ” މިސައިބާ ވާހަކަ ދެއްކީ ބާރަށެވެ.

“އަޅުގަނޑު …….” ޒީކްގެ ވާހަކަ ފުރިހަމަ ނުކުރެވެނިސް އިޔާން ވާހަކަ ދައްކަން ފެށިއެވެ.

“މިދެން އެހާވަރުގެ ކަމެއް ނޫނޭ… ޒީކް ހޯދަން ދިޔައިރު އެހެން ކަމެއް ކުރަންހުރީމަ އަހަރެން ބުނީއޭ ނިންމާލާފަ އަންނާށޭ. އެހެންވެ ކަންނޭގެ އެ ލަސްވީ” ޒީކްގެ ދިފާއުގައި އިޔާން ވާހަކަ ދެއްކިއެވެ. ޝުކުރުވެރި ކަމުގެ ނަޒަރަކުން ޒީކްއަށް އިޔާންއަށް ބަލާލެވުނެވެ.

“ޒީކް! އިޔާންއަކީ އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖެއް. އަލްޔަންއެކޭ އެއްފަދައިން އިޔާންގެ ކަންތައްތައް ވެސް ފުރިހަމަވެފައި ހުންނަން ޖެހޭނީ. ދެންވެސް ބަލަންނުހުރެ އަވަހަށް މިކަންތައްތައް ނިންމާލާ” މިސައިބާ އެހެން ބުނަމުން ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ. އަނެއްކާވެސް ޒީކް އާއި އިޔާން އެކަނިވީއެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ އިޔާންއެވެ.

“ޒީކް” އިޔާން އައިސް ޒީކް ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ޒީކް އިޔާން އަށް ބަލާލުމަށްފަހު ކޮޓަރިތެރެ ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށިއެވެ. ކޮޓަރިތެރެ ފޮޅާ ސާފުކޮށްލުމަށްފަހު މޮޕްއަޅައި ޓައިލްސްތަކުން އޮފް އެރުވިއެވެ. އަދި ދޮރުފޮތި ތަކާއި އެނދުގެ ކަވަރުތައް ބަދަލުކުރިއެވެ. ކޮންމެ ކަމެއްގަވެސް އިޔާންގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނެވެ. ޒީކް ހުރިހާ ކަމެއް ނިމުމުން ދާން ހިނގައިގަތް ވަގުތު އިޔާން ޒީކްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ޒީކް ލަދުގަތީމަ ވަރަށް ލޯބި” ޒީކްގެ މޫނަށް ވެރިވި ރަތްކުލަ ފެނުމުން އިޔާން އިތުރަށް ޒީކް ލަދުގަންނަވާލުމުގެ ބޭނުމުގައި ބުނެލިއެވެ. ޒީކް މީގެ ކުޑަ އިރުކޮޅެއްކުރިން އޭނާގެ އަތުތެރޭގައި ހުރީ ކިހާ ހަމަޖެހިފައި ހެއްޔެވެ. އެއްވެސް ޖެހިލުމެއްނެތި އޭނާގެ ކޮންމެ ކަމަކަށް ބޯލަނބައިގެން ހުރިއިރު އެލަދުވެތިކަން ދިޔައީ ކޮންތާކަށް ބާވައެވެ.

 

ރޭގަނޑުގެ ވަގުތެވެ. ޒީކް ކާންހެދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ރައުނާ ސެލެޑް ހެދުމުގެ މަސައްކަތުގައި ހުރިއިރު ހައްވަ ކައްކަން އުދާފައި ހުރި އެއްޗެހީގެ ރަހަ ހެޔޮވަރުކުރަމުން ދިޔައެވެ. ކާން ހަދައި ނިމުނު ތަނާހެން އާލިން އާއި މިސައިބާ އަދި އިޔާން އައިސް ކާމޭޒު ދޮށުގައި އިށީދެއްޖެއެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށިތަކަށް ފެންއަޅައި ނިންމާލުމަށް ފަހު ޒީކް އެތަނުން ދިޔުމަށް ހިގައިގަތް ވަގުތު މިސައިބާ ބުނެލި އަޑު އިވުނެވެ.

“އަލްޔަން އަށް ކާން ގޮވާބަލަ” ޒީކް އަލްޔަންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަދި ކޮޓަރީގެ ދޮރުގައި ތަކި ޖަހާލިއެވެ. އެތެރެއިން އެއްވެސް ހަބަރެއް ނުވުމުން ޒީކް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އަލްޔަން އެނދުމަތީގައި ހަމަޖެހިލައިގެން ޓީވީން އަންނަމުން ދިޔަ އިނގިރޭސި ފިލްމެއް ބަލަން ކުރު ސޯޓެއް ލައިގެން އޮތެވެ.

“ކާމޭޒު ދޮށުގައި އަލްޔަން އަންނަދެން އެންމެން މަޑުކޮށްގެން އެބަތިބި” ޒީކް ބުނެލިއެވެ. ނަމަވެސް އަލްޔަން އަދިވެސް އޮތްގޮތަށް އޮތޯއެވެ.

“ދައްތަ ބުނުއްވީ ކޭންބައްލަވަން ދުރުވާށޯ” ޒީކް ތަންކޮޅެއް ބާރަށް ބުންޏެވެ. އެވަގުތު އަލްޔަން ޒީކްއާއި ދިމާއަށް އައި ގޮތުން ޒީކްއަށް ބިރުން ފަހަތައް ދެތިން ފިޔަވަޅު އެޅުނެވެ. އަލްޔަން ޒީކްއާ ކައިރިވަމުން ދިޔަވަރަކަށް ޒީކް ފަހަތައް ޖެހެމުން ދިޔައެވެ. ފަހަތައް ޖެހެމުން ގޮސް އަލަމާރީގައި ޖެހުމުން ޒީކްއަށް ހަނދާނެގޮތް ހުސްވި ކަހަލައެވެ. އަލްޔަން އައިސް މަޑުކޮށްލީ ޒީކްގެ ގައިގާޖެހޭ ނުޖެހޭ ހިސާބުގައެވެ. އަލްޔަން ކޮށްޕާލުމަށް މަސައްކަތްކޮށްކޮށްހުރި ޒީކްގެ ދެއަތް އަލަމާރީގައި ޖައްސާ ބާރަށް ހިފަހައްޓާލިއެވެ. ޒީކްއަށް ވީތަދުން ދެލޮލުން ކަރުނައެވެ. ޒީކްގެ ހިތް މަރަށް ތެޅެމުންދާ ރޯމަހެއް ތެޅޭހެން ތެޅުމުންދިޔައެވެ. ބިރުގަނެފައި ހުރިވަރުން އަޑެއް ބޭރެއް ނުވިއެވެ.

“މަށަކަށް ނުބުނެވޭތަ އަހަރެން ފެންނަ ހިސާބަށް ނާންނާށެކޭ. މާރީތި ސިފައެއް ލިބިފައި ހުރެގެން އަބަދުވެސް މީހުންނަށް ތުއި ދައްކާއިރު ތިސޫރަ ފެނުނީމަ މަށަށް އުނދަގުވާކަމެއް ނޭގޭތަ؟” އަލްޔަންގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ހިތުގައިވާ އެއްޗެހިތައް ގޮވާލަން ފުރުސަތެއް ނުލިބިފައިވާ ކަހަލައެވެ. އިޔާން އަށް އެތަނަން އާދެވުން އެއީ ޒީކްގެ ނަސީބެވެ. ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަޔާންގެ ހިތް ހުއްޓުނު ކަހަލައެވެ. ދޮރުހުޅުވުނު އަޑާއެކު އަލްޔަން ޒީކްގެ އަތުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ. ޒީކްއަށް ދުވެފައި އައިސް އިޔާންގެ ފުރަގަހަށް ވަދެވުނެވެ. އިޔާން ޒީކް ގޮވައިގެން އެތަނުން ދާން ހިނގައިގަތްއިރު އޭނާ އެތަނަށް ދިޔަ ބޭނުން ހަނދާން ނެތް ކަހަލައެވެ.

 

އާދުވަހަކަށް އިރުއެރީ ޒީކް ބަގީޗާތެރޭގައި އުޅެނިކޮށެވެ. ސަރުކާރު ބަންދު ދުވަހަކަށް ވުމުން ޔުނިވަރސިޓީއަށް ދާކަށް ނުޖެހެއެވެ. ޒީކް ރީނދޫ ފިނިފެންމާ ގަސްތަކަށް ބަލަންހުރީ އެތަނުން ދުރަށް ދާން ބޭނުންނުވެފައެވެ. ރައުނާތްތަގެ އަޑު އިވުމާއެކީ ޒީކް އެދިމާލަށް ދިއުމަށް ދުއަވައިގަތެވެ. ޒީކްއަށް އަށް ބަދިގެތެރެއަށް ދެވުނުއިރު ރައުނާއްތަ ހުރީ ރޮށި ފިހާށެވެ.

“ހައްވައްތަ ކުޑަކޮށް ބަލިވެ މިއަދު އުޅެނީ. ދޭބަލަ އަލްޔަންގެ ކޮޓަރި ސާފުކޮށްލާފަ ބެޑްޝީޓް ބަދަލުކޮށްލާފަ ދޮންނަން ހުރި އެއްޗެހިތައް ހިފައިގެން އަންނަން. ރޭގަ ބޭރަށް ދިޔަގޮތަށް އަލްޔަން އަދި ގެއަށް އައި ހެނެއް ހިޔެއްނުވޭ” ރޭގެ ހާދިސާ އެނގިފައިނުވާ ރައުނާއްތަ ރޮށިދަމަމުން ވާހަކަ ދެއްކިއެވެ.

 

ޒީކް މަޑުމަޑުން އަލްޔަންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ޖެހިލުންވެފައި ހުރެގެންނެވެ. އަލްޔަންގެ ކޮޓަރިތެރެ އަބަދުވެސް ސާފުކުރާނީ ރައުނާއްތަކަމުން ޒީކްއަށް މަދުފަހަރެއްގައި ނޫނީ އެކޮޓަރިއަށް ވަންނާކަށް ނުޖެހެއެވެ. ކޮޓަރި ދޮރުހުޅުވާލުމާއެކީ ދޮވީ މަޑުމަޑު މީރުވަހެކެވެ. އިއްޔެ ހަވީރު މާޓުކުރިއަށް ޖަހާފައިވާ މާތައް އަދިވެސް ހުރީ ހަމަ ތާޒާކޮށެވެ. ޒީކް ކޮޓަރި ތެރެއަށް ވަދެ އެނދުގައިވާ ބެޑް ޝީޓް ނެގައި ކޮޓަރިތެރެ ފޮޅާ ސާފުކޮށްލިއެވެ އަދި މޮޕްލައި ނިންމާލުމަށްފަހު އެނދުގައި އެޅުމަށް ބެޑް ޝީޓެއް ނެގުމަށްޓަކައި އަލަމާރީގެ ހުޅުވާލިއެވެ. ބެޑްޝީޓްތައް ބަހައްޓާފައިހުރީ އަލަމާރީގެ އެންމެ މަތީ ވަތްގަނޑުގައި ކަމުން ޒީކްގެ އަތް ރަނގަޅަކަށް ނުފޯރައެވެ. ސްޓަޑީ މޭޒުކައިރީގައި އިން ފުރޮޅުލީ ގޮނޑި ގެނެސް އަލަމާރި ކައިރީގައި ބެހެއްޓުމަށްފަހު ފުރޮޅުތައް ހައްޔަރު ކޮށްލިއެވެ. އަދި ގޮނޑި މައްޗަށް އެރުމަށްފަހު ނޫކުލައިގެ ބެޑް ޝީޓަކާއި އެއާއި ގުޅޭ ކްއިލްޓްގެ ކަވަރުނެގިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޒީކް ސިއްސައިގެން ދިޔައެވެ. އަލްޔަން ކޮޓަރި ތެރެއަށް ވަދެގެން އަންނަތަން ފެނުނު ވަގުތު ޒީކް ތުރުތުރު އަޅައިގެން ދިޔައެވެ.   އަދި އަވަސް އަރުވާލާފައި ފައިބަން އުޅުމުގެ ތެރޭގައި ހަށިގަނޑު ބެލެންސް ނުކުރެވުމުގެ ސަބަބުން ވެއްޓެން ދިޔައެވެ. ނަމަވެސް އަލްޔަންގެ ހުށިހާރުކަމުން ދުވެފައި އައިސް ޒީކް ވެއްޓުނަ ނުދީ ސަލާމަތް ކޮށްދީފިއެވެ. އެވަގުތު އަލްޔަން ޒީކްގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން ހީވީ އަލަށް ފެނުނު އެއްޗަކަށް ބަލަމުންދާހެނެވެ. ޒީކްގެ ގައިން ދޫކޮށްލަމުން ތިރީގައި ބެހެއްޓިއެވެ. ޒީކްވެސް އަވަހަށް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަލްޔަން ޒީކްގެ ކޮންމެ ހަރަކާތެއް ވަކިވަކިން ބަލަމުން ދިޔައެވެ. ފަރުވާތެރިކަމާއެކުގައެވެ. މިހާރު އެއީ ރޭގައި ޒީކްއާއި އެކޮޓަރިން ދިމާވި އަލްޔަން އެކޭ ނުބުނާނެއެވެ. އަލްޔަންގެ ހަރުކަށިކަމާއި ބޮޑާކަން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.

 

ޒީކް ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައިރު އިޔާން ޒީކް ފެންނަ ހިސާބުގައި އަބަދުވެސް އުޅެމުން ދިޔައެވެ. މީހަކު ފެންނަ ހިސާބުގައި ނެތިއްޔާ ޒީކްގެ މަސައްކަތްތަކުގައި އެހީތެރިވަމުން ދިޔައެވެ.

“ޒީކް އެންމެ ފަހުން ދިން އެސައިމެންޓް ނިމިއްޖެތަ؟” އިޔާން ޒީކްގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ.

“ނޫން.. ބަންދު ދުވަސްދުވަހު ކިހެނެއް އެސައިމަންޓް ހަދާނީ. ލެބަށް ދެވުނީމަ ހަދަން ފެށޭނީވެސް” ޒީކް މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

“ހެލްޕެއް ބޭނުންތަ؟ އަހަރެން ލެޕް ދީފާނަން. އޭރުން ގޭގައި ހަމަޖެހިލައިގެން ހަދާލެވޭނެއެއްނު” އިޔާން އެހެން ބުނެލީ ޒީކްއަށް އެހީތެރިވެދޭން ވެގެންނެވެ. ގޭގައި ކޮންޕިއުޓަރެއް ނެތި އެސައިމަންޓްތައް ނިންމުމަކީ ކިހާ އުނދަގޫ ކަމެއްކަން އިހްސާސްކުރެވޭތީއެވެ.

“އަޅެ ކީއްވެތަ ތިމަންނަ ހަދައި ދެންހޭ ނުބުނީ” ޒީކްގެ މޫނު މައްޗަށް ވެރިވެފައީ ލާނެއް ހިނިތުންވުމެކެވެ.

“ޒީކް ބުނެފިއްޔާ ތިކަންވެސް ކޮށްދޭންތާ ދޯ ޖެހޭނީ…. ލޯބިވޭ ވިއްޔާ” އިޔާން ޒީކްގެ ފުރަގަހަށް ހުއްޓެމުން ޒީކްގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި އިޔާންއާ ކައިރިއަށް ދަމާލިއެވެ. ޒީކް ތެޅިގެންފައި ދުރަށްޖެހިލަން މަސައްކަތް ކުރިއެވެ. އެކަމަކު ބާރުގަދަ ފިރިހެނަކު ހިފެއްހެއްޓުމުން އަންހެން ކުއްޖަކަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ.

“މީހަކަށް ފެނިދާނެ…. އިޔާ ޕްލީޒް ދޫކޮށްލަބަލަ؟” ޒީކް ކުޑަކޮށް ރުޅިއަންނަ ގޮތް ދައްކާލިއެވެ.

“ޒީކް ރުޅިއައިސްފިއްޔާ އަހަރެންގެ ހިތްހުއްޓިދާނެ” އިޔާން މޭގައި އަތްޖައްސާލަމުން މަޖާވެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ލޯބި އަހަރެނަވާނަމޭ (ކިޔުނަތެރިންނަށް)

Next

ބަދަލު

Next
January 21, 2018

ބަދަލު

Previews
January 20, 2018

ލޯބި އަހަރެނަވާނަމޭ (ކިޔުނަތެރިންނަށް)

16 Comments!

  1. riya says:
    January 20, 2018 at 4:48 pm

    މިބައި ވެސް ތިޔަ ލޮބުވެތި ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން.. ތިޔަ ކިޔުންތެރިންގެ ހިޔާލާއި ފާޑު ކިޔުމަކީ އިތުރަށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށް ވާނެ ކަން ޔަގީން…. ބާއްޖަވެރި ރޭގަނޑަކަށް އެދެން

  2. Xxxx says:
    January 21, 2018 at 1:20 am

    ?nice

    1. riya says:
      January 21, 2018 at 10:41 am

      thank u XXXX

  3. maroon says:
    January 21, 2018 at 7:37 am

    V reethi hurihaa baeh ves ?

    1. riya says:
      January 21, 2018 at 10:41 am

      thank u maroon

  4. Lily says:
    January 21, 2018 at 8:49 am

    Varah reethi…but miah vure dhigu khla dhybaa…dhnn in part avahah up koladheh cheyy?????

    1. riya says:
      January 21, 2018 at 10:42 am

      thank u lily…

  5. Firoo says:
    January 21, 2018 at 10:17 am

    It’s awesome. .. keep it up riya ????

    1. riya says:
      January 21, 2018 at 10:43 am

      thank u firoo

  6. Pinky shifoo says:
    January 21, 2018 at 11:51 am

    Varah varah reethi mi part vx ????.. Waiting for next part ??…

    1. riya says:
      January 22, 2018 at 4:13 pm

      Thank u shifoo

  7. Sana says:
    January 21, 2018 at 2:10 pm

    Varah reethi waiting when next part?

    1. riya says:
      January 22, 2018 at 4:17 pm

      thank u sana

  8. laya says:
    January 21, 2018 at 10:35 pm

    vaahaka vvvvvvv rythi…..riya avahan up kondhenchey igey

    1. riya says:
      January 22, 2018 at 4:19 pm

      thank u laya

  9. Mizoo says:
    December 27, 2018 at 12:19 am

    When next part up kurany

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ހަތްވަނަ ބައި)←


All Right Reserved!