ރުއާން ކޮޓަރި ތެރޭގައި އިނދެގެން ވިސްނަމުން ދިޔައީ ކަންތައް ވަމުން ދާގޮތާ ދޭތެރޭގައެވެ. ތަގުދީރު ކުރަމުން މިދަނީ ކޮންކަހަލަ ސަމާސާއެއް ބާވައެވެ. ޒީކްއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރިއިރު އެއީ އޭނާގެ ކޮއްކޮއަކަށް ވެދާނެ ކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ. މީހެއްގެ ބަހަށް ހެއްލެވި ފައިސާގެ ދަހިވެތި ކަމުގައި ނޭނގި ނަމަވެސް ހުރިހާ ދެރައެއް މިދެވުނީ ހުރި ހަމައެކަނި ކޮއްކޮއަށް ކަމުގައި އަދިވެސް ގަބޫލުކުރަން ރުއާންއަށް އުނދަގޫ ވަނީއެވެ. ނަމަވެސް އެގޭތެރެއަށް ވަދެގެން ދިޔައިރު އިވިގެން އެދިޔަ […]
ޒީކްގެ ފަހަތުގައި ހުރެގެން އަލްޔަން ހިނގަމުންދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަލްޔަން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އެނދު ކައިރީގައި ހުރި ލަކުޑި ގޮނޑިއެއްގައި އަލްޔަން އިށީދެލިއެވެ. އެނދުމަތީގައި އިށީދެލައިގެން އިން ހަފީޒާ ފަރުވާތެރިކަމާއެކު ދެކުދިންގެ މޫނަށް ބަލައިލިއެވެ. މާމަގެ ހަރަކާތްތަކަށް ބަލަންހުރި ޒީކްގެ ހިތުގައި ސުވާލު މާކްތަކުން ފުނިޖެހެމުންދިޔައެވެ. ހުދު ޒީކްއަށްވެސް މާމަ ދައްކަން އެއުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގެއެވެ. “އަލްޔަން ހީކުރަން މިދައްކާ ވާހަކައާއި ދޭތެރޭ ވިސްނާނެ ކަމަށް” ހަފީޒާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައި ވަނީ […]
ސައިބުއިމުގެ ވަގުތު ފާއިތުވެގެން ދިޔައީ ހަމަހިމޭން ކަމާއެކުގައެވެ. އެހެން ދުވަސްދުވަހު ވާހަކަ ދައްކާ ހަފީޒާގެ އަނގައިން ބަހެއްވެސް މިއަދު އަޑުއިވިގެން ނުދެއެވެ. ޒީކް ދެފަހަރެއްގަ މަތިން ވާހަކަ ދައްކަން ފެށި ނަމަވެސް މާމަ ވާހަކަ ނުދެއްކުމުން އެންމެ ފަހުން މަޑުން އިނުމަށް މަޖުބޫރުވީއެވެ. “ޒީކް” ހަމަހިމޭންކަން ފޫއަޅުވާލީ އަލްޔަންގެ އަޑުންނެވެ. “ޒީކް މާމަ ރުޅި އައީމަތަ ތިހެން ތިއިންނަނީ. މާމަ ހަމަޖެހިދާނެޔޭ އިރުކޮޅަކުން” އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އެއީ އަލްޔަންގެ މާމައެއް ނޫނޭ. އެހެން ނޫނަސް […]
ޒީކް ދޮރުގައި ޓަކި ޖަހާލަމުން ދޮރު ހުޅުވާލިއެވެ. ހަމައެކަނި ސޯޓްބުރިއެއް ލައިގެންހުރި އަލްޔަން ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އަލްޔަންގެ ވަރުގަދަ ހަށިގަނޑާއި މަސްއަރާލާފައިވާ މުލައްދަނޑި ފެނުމުން ބުނަން އައި އެތިވެސް ހަނދާން ނެތުނު ކަހަލައެވެ. “ޒީކް ކަމަކުތަ؟” އަލްޔަން ޓީސާޓް ގަޔަށް މަހާލިއެވެ. “މާމަ އެބަހޯދާ. . . އަދިވެސް ނިދި ހަމަ ނުވަނީތަ؟ ގެއަށް އައީއްސުރެ ނިދަނީ ވިއްޔަ ތިޔަ” ޒީކް ހަމަޖެހިލަމުން ބުނެލިއެވެ. “ހިނގާ” އަލްޔަން ޒީކްގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. ދެމީހުން އެކުގައި […]
މާގަނޑުން އޮހެމުންދިޔަ ފެންތަކާއެކު އިޔާން ވިސްނަމުން ދިޔައީ ޒީކް ކައިރިއަސް ގޮސް ހަދާނެ ގޮތަކާ ދޭތެރޭގައެވެ. ފެންވަރައިގެން ނިކުމެ ކަޅުކުލައިގެ ޓީޝާޓަކީ ކަޅުކުލައިގެ ސޯޓެއް ލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެގެން ބޯ ރީތި ގޮތަކަށް ހަދަމުންދިޔައެވެ. ސެންޓްފުޅި ނަގައިގެން ޖަޔަށް ޖަހާލަމުން ލޯގަނޑު ކުރިމަތިން ދުރަށް ދިޔައީ އިޔާންއަސް ކަމުދާވަރަށް ތައްޔާރުވެވުމުން ކަމަށް ވެދާނެއެވެ. އަލަމާރި ހުޅުވާލަމުން ރަތްކުލައިގެ ކުޑަކުޑަ ފޮށްޓެއް ނެގިއެވެ. ފޮށި ހުޅުވާލެވުނުއިރު އިޔާންގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުންވުމެވެ. ހިތުގެ ބައްޓަމަށް […]
ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އަލްޔަންއާއި ޒީކްގެ ގުޅުން ބަދަހިވެފައިވިއެވެ. ދެރަހުމަތްތެރިންގެ ހައިސިއްޔަތުން ކަންކަމުގައި ހިޔާލު ބަދަލުކޮށްލާ ހަދަމުން ދެއެވެ. މިސައިބާގެ އަބަދުވެސް ޒީކް އަލްޔަންގެ ކައިރީގައި ބެހެއްޓޭތޯ މަސައްކަތް ކުރަމުން ދެއެވެ. އެކީގައި ތަންތަނަށް ކަންކަމުގައި ފޮނުވުމާއި އަލްޔަންގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ޒީކްއާ ވަނީ ހަވާލުކުރެވިފައެވެ. އެފަދަ ކޮންމެ ކަމަކުން ވިޔަސް ޒީކްގެ ހިތުން އަލްޔަންއަށް ޖާގައެއް ހޯދަދިނުމަށް މިސައިބާ ހުރީ ތައްޔާރަށެވެ. ޒީކް ހިތްހެޔޮކަމާއެކު ވާހަކަ […]
އެކުޑަކުޑަ ކޮޓަރީގެ ތެރޭގައި ހުނައިފްގެ އަތުނުޖެހި އުޅެވޭނެހެއްޔެވެ. ޒީކްއާ ކައިވަމުން ހުނައިފް ކުރިއަށް ޖެހެމުންދިޔަ ވަރަކަށް ޒީކަވެސް ފަހަތަށް ޖެހެމުންދިޔައެވެ. އެންމެފަހުން ފާރުގައި ގޮސް ޖެހުމުން ފަހަތަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ހުނައިފްގެ ނޭވާ ޒީކްގެ މޫނަށް އެޅޭހާ ކައިރިއަށް ހުއްޓިލަމުން ޒީކްގެ ކޮނޑުގައި ބާރަށް ހުނައިފް ހިފަހައްޓާލިއެވެ. އަދި މޫނާއި މޫނު ކައިރިކޮށްލިއެވެ. އެވަގުތު ނޭވާ ހާސްވާހެންހެންވެސް ޒީކްއަށް އިހްސާސްވިއެވެ. ތެޅިގަނެވުނެއް ކަމަކު ހުނައިފް ދޫކުރާނެ ހެއްޔެވެ. ކޮނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުގައިވިޔަސް […]
އެނދު މައްޗަށް އަލްޔަން ވެއްޓިގަނެފިއެވެ. އެހިނދު މަޑުމަޑުގެ އެނދުގެތެރެއަށް އޭނާ ގެނބިގެން ހިނގައްޖެއެވެ. އަލްޔަން ވަނީ ނުހަނު ބޮޑަށް މާޔޫސްވެފައެވެ. ޒީކްގެ ކުށްހީ ފިލުވަދޭން އޭނަ ހަދާނީ ކިހެނެއް ހެއްޔެވެ. ޒީކްދެކެ ލޯބިވާވަރު ހާމަކޮށްދޭން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އެނދުމަތީގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހިންގައި ލައިގެން އަލްޔަން އޮތްއިރު ހިތުގަ ތެރޭގައި އުތުރިއަރަމުންދިޔަ އުދާސްތައް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ހަމަހިމޭންކަމާއެކު ވަގުތުކޮޅަކަށް ފަހު އެނދުކައިރީގައި ހުރި މޭޒުގެ ވައްގަނޑު ދަމާލުމަށްފަހު އޭގެ ތެރެއިން ފޮޓޯގަނޑެއް ނަގައިފިއެވެ. […]
އަލްޔަން ވާހަކަ ދައްކަން ފެށުމުން ޒީކް ދެކަންފަތުގައި އަތް އަޅައިފިއެވެ. އަލްޔަންގެ އަޑު އިވުމުންވެސް ޒީކްއަށް އުނދަގޫވަނީ ކަންނޭގެއެވެ. ހަނދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އަލްޔަން ނިކުމެގެން ހިނގައްޖެއެވެ. ހުދު އަލްޔަންއަށް ވެސް މިކުރެވެނީ، މިދެވެނީ ކޮންތާކަށް ކަން ނޭނގޭ ކަހަލައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ހީކުރެވުނު ނަމަވެސް މިއަދު އޭނާ އަންނަން އެޖެހުނީ ހުސްއަތާއެވެ. ނިކަމެތި އަންހެން ކުއްޖެއް ހިތް ކާމިޔާބު ނުކުރެވިގެންނެވެ. ކޮޓަރިއަށް […]