Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރިން އެނގުނުނަމަ (ތިންވަނަ ބައި)

riya Level 2100 Comments10 Stories
January 18, 2018 3 Mins Read
9 Comments

ރޭގަނޑުގެ ވަގުތެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދަނީ ނިދީގެ މީރުކަން އެންމެ ފުރިހަމަ ގޮތުގައި ހޯދޭތޯއެވެ. ނަމަވެސް އިޔާންއަށް އޮތީ ނުނިދިފައެވެ. ލޯމަރާލާ އިރަށްވެސް ފެންނަނީ ޒީކްގެ މައުސޫމް މޫނެވެ. ރާޅުބާނި އިސްތަށި ގަނޑާއި ހިތްތައް ކަތިލާފަދަ އެ ފުރިހަމަ ހިނިތުންވުމެވެ. ހިނިތުންވެލާއިރު ފެންނަ ހުދުމުތީތަކެއްފަދަ ދަތްތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ފަސްފޫޓް ހަމަވާ އިސްކޮޅާއި އިސްކޮޅާއި ހަމައަށް ރޫފަހުރި ބަނިޔާދަން ހަށިގަނޑެކެވެ. އެބޮޑު ދެލޮލުން އިޔާންއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ބާރުގަދަ އަތުގެ ހިމާޔަތުގެ ދަށަށް ގެންދަން ބޭނުންވިއެވެ. ޒީކްގެ އެ މިއުޒިކީ ރީތި އަޑު އަހާލުމަށް ހިތް އެދެމުންދިޔައެވެ. އެ ހިޔާލުތަކުގައި އޮއްވާ އިޔާންއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ.

އާދުވަހެކެވެ. ޒީކް ކްލާހަށް ދިޔުމަށް ތައްޔާރުވަމުން ދިޔައިރު ވިސްނެމުން ދިޔައީ އިއްޔެގެ ހާދިސާއާ މެދުގައެވެ. އަލްޔަންގެ އެ ހަރުކަށި ބަސްތަކެވެ. އެކުލުނެއް ނުހުންނަ ރުޅިގަދަ ބޮޑާ ފިރިހެނާދެކެ ޒީކު ޖެހިލުންވެއެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްލާފަދަ ޖެހިލުންކުޑަ ކަމުގެ ސަބަބުން އޭނާ އުޅޭ ތަނަކަށްވެސް ކަމެއް ކުރަންޖެހުނަސް ނުގޮސް ފަރުޖެހޭތޯ ބަލައެވެ. ބޭރުފުށުން ކިތަންމެ ރީތި ސިފައެއް ލިބިފައިހުރި ކަމުގައިވިޔަސް އަލްޔަންގެ އެ މިޒާޖާ ނިކަމެތިންނާ ދޭތެރޭ ކަންތައްކުރާ ހަރުކަށި ގޮތް ޒީކްއަށް ކަމަކުނުދެއެވެ.

ނީލާއާއެކުގައި ކާރުގައި ކްލާހަށް ދިޔުމުން މިއަދު ގަޑި ނުޖެހި ދެވުނެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުންގޮސް އެންމެފަހުން އޮތި އިޔާންގެ ގަޑިއެވެ. ސަލާމް ގޮވާލުމަށްފަހު ވަކިވަކިން ކުދިންގެ މޫނުތަކަށް ނަޒަރުހިންގާލިއެވެ. އިޔާންގެ ނަޒަރުގޮސް ޒީކްއަށް ހުއްޓުމުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ޒީކު ލަދުން އިސްޖަހާލިއެވެ. ލަދުގަންނަވާލާފަދަ އެ ބެލުމުގައިވަނީ ހިތްތައްކަތިލާފަދަ ގޮތެކެވެ.

އިޔާން ކިޔަވައިދެމުންދަނީ އިންފޮރމޭޝަން ސިސްޓަމް ފޯރ ބިޒްނަސްގެ ގަޑި ކަމުން ކްލާސް ކުރިއަސް ދިޔައީ ކޮމްޕިއުޓަރ ލެބެއްގެ ތެރޭގައެވެ. ކުރަންވީ މަސައްކަތްތައް ކިޔައިދީ ނިންމުމަށްފަހު ކުދިން ކުރާ މަސައްކަތްތައް ބަލަންފެށިއެވެ. “އަޅޭ … މިއަށް މިވީ ކިހެނެއްތަ. ކިހެނެއްތަ ދެން ހަދާނީވެސް. ސަރ އަށް ގޮވާލާކަށްވެސް ނުކެރޭނެ” ޒީކް އަމިއްލައަށް ވާހަކަ ދެއްކިއެވެ.  އެއީ އިޔާން އަށް އެހިސާބަށް އާދެވުނު ވަގުތުކަމުން އެހުރިހާ އެއްޗެއްވެސް އިޔާންއަށް ސާފުކޮށް އިވުނެވެ. ޒީކް މައުސްގައި ހިފަހައްޓާލައިގެން ހަދާނެ ނުހަދާނެ ގޮތެް ނޭގިފައި ސްކްރީނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. އިޔާން ޒީކްގެ ފަހަތުން ކައިރިވެލިއެވެ. އަދި ޒީކްގެ އަތާއެކު މައުސްގައި ހިފާލިއެވެ. އިޔާން އޮތީ ކުޑަކޮށް ގުދުވެލައިގެން ކަމުން ޒީކް ސިއްސައިގެން ގޮސްފައި އެނބުރިލި ވަގުތު އިޔާންގެ ކޮލުގައި ޒީކްގެ ތުންފަތް ޖެހިގެން ދިޔައެވެ. ބޭއިހްތިޔާރުގައި އިޔާންއަށް ލޯމަރާލެވުނެވެ. އަދި އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ހިންދިރުވާލިއެވެ. އަދި ޒީކްގެ މޫނަށް ބަލާލިއެވެ. އެކުޑަ އެކްސިޑެންޓްގެ ސަބަބުން ޒީކު ހާދަ ބޮޑަށް ލަދުގަނެއްޖެއެވެ. ރަތްދޮންކުލައިގެ މޫނަން މަޑު ރަތްކުލައެއް ވެރިވެފައިވީ ހިނދު އެއީ މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައި އިން ތަސްވީރެއް ނޫންބާވައޭ ހިތައްއެރިއެވެ. ޒީކްއޭނާގެ އަތްދަމައި ގަންނަން ކުރި މަސައްކަތްވީ ބޭކާރެވެ. އިޔާން މައުސްއާއި އެކުގައި އޭނާގެ އަތުގައި ހިފަހައްޓާފައި ހުރީ އެއަށްވުރެ ބާރަށެވެ. އިޔާންގެ އެ ބީހިލުމުން އެހެންޏާ ނުކުރެވޭ ފޮނި އިހްސާސްއެއް ޒީކްއަށް ކުރެވެމުންދިޔައެވެ.

“ސަރ! ރަނގަޅުތޯ ބަލާލަބަލަ” ރުއާންގެ ގޮވާލިއެވެ. ޒީކްގެ ކޮމްޕިއުޓަރ ރަނގަޅުކޮށްދީފައި އިޔާން ހިނގައިގަތީ ރުއާން އާއި ދިމާލަށެވެ. އެފަދަ ރީތި ވަގުތުކޮޅެއް މެދު ކެނޑުނީތީ ހިތްހަމަނުޖެހިފައި ހުރެގެނެވެ. ނަމަވެސް އޭނާގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. މިއުޅެވެނީ ކްލާސް ރޫމެއްގައިކަން އަބަދުވެސް އޭނާ ހަނދާންހުރެއެވެ. ޒީކްއަކީ އޭނާގެ ދަރިވަރެއްކަން އެނގޭ އިރުވެސް އޭނާގެ ހިތަށް ބާރުނުފޯރުވެނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. މިނޫނަސް އަންހެން ކުދިންނާ ދިމާވެއެވެ. މިފަދަ އަސަރުތަކެއް އޭނާއަށް ކުރުވިމީ ފުރަތަމަ ފަހަރެވެ.

ކްލާސް ނިމުމުން ހުރިހާ ކުދިންތައް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ޒީކް އާއި ނީލާވެސް އެކީގައި ހިނގަމުންދިޔައީ ކްލާހުގެ ވާހަކަ ދައްކަމުންނެވެ. “ނީލާ .. ނީލާ” ރުއާން ނީލާއަށް ގޮވަމުން ފަހަތުން އައިސް އެމީހުންނާއި އަރާ ހަމަކޮށްފިއެވެ. “ނީލާ .. އަހަރެން ބޭނުން ވާހަކަ ދައްކާލަން. ކޮފީއަކަށް ދެވޭނެތަ މިރޭ؟” ރުއާންގެ އަޑުގައި ވަނީ ކެރޭކަމެވެ. ނީލާ ފުރަތަމަ ފަހަރަށް ރުއާންއަށް ފުން ނަޒަރަކުން ބަލާލިއެވެ. ކަންފަތުގެ ފޫޅުގަނޑާ ހަމައަށް ދިގުކޮށްފައިވާ އިސްތަށިގަނޑެކެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. އަޅިކުލައިގެ ފުން ދެލޮލެވެ. އަތްދިގު ކަޅުގަމީހަކާއި މުށިކުލައިގެ ފަޓުލޫނެއްގައި ހުރިއިރު ރުއާންގެ ބަދަން ކުލައިގެ ހަށިގަނޑާ ވަރަށް ގުޅެއެވެ. “ނޫން….ނުދެވޭނެ” ނީލާ ހިނގުން ބާރުކޮށްލަމުން ރުއާންއަށް ބުނެލިއެވެ.

ރުއާންއަކީ ހަމައެކަނި މި ސެމިސްޓަރގައި ކިޔަވަން އަންނަން ފެށި ކުއްޖެއްކަމުން ރުއާންއާއި ބެހޭ އެއްވެސް މައުލޫމާތެއް ނީލާއަށްވެސް އަދި ޒީކްއަށްވެސް އެނގިފައިނުވުމާއެކު ރުއާންއާ ވާހަކަ ދައްކަން ނީލާ ބޭނުން ނުވީއެވެ. ގެއަށް ދިޔަ މަގުމަތީގައި އެދެމީހުން ދިޔައީ ރުއާންގެ ވާހަކަ ދައްކަމުންނެވެ.

“އޭ ނީލް … ރުއާން އެއީ އެހެން ކުދިންނާއި ވަރަށް ތަފާތު ކުއްޖެއްހެން ހީވަނީ. ނީލްދެކެ ލައިކް ވަނީ ކަންނޭގެ ދޯ” ޒީކް ހީލަމުން ބުންޏެވެ.

“ކިތަންމެ ތަފާތަސް މީހެއްގެ ގޮތެއް ކިހެނެއް ބަލާލާފަ އެނގޭނީ. އެހެން ނޫނަސް މިހާރުގެ ފިރިހެން ކުދިން ވަރަށް މަކަރުވެރިވާނެ. އަހަރެން ހައިރާންވަނީ ޒީކް ހުއްޓާ އަހަރެން ކައިރިއަށް އައީމަ” ނީލާ ޒީކްއަށް ބަލާލިއެވެ.

“އޭނައަށް ކަމުދާ މީހަކު ކައިރިއަށް ދޯ އޭނަވެސް ދާނީ. އެހެން ނޫނަސް ބަލާލަން ކިހާ ރީތި. ލޯބި ގޮތެއްވެސް ހުރޭ” ނީލާއަށް ޖެއްސުން ކޮށްލުމުގެ ގޮތުން ޒީކު ބުނެލިއެވެ.

“އާން! ޒީ އަށް އޭނަ ލޯބިވާނެ އެއްނު.. ޒީގެ ދެލޯކަހަލަ އަޅިކުލައިގެ ދެލޮލާއި ތިކަހަލަ ބުޅި އިސްތަށިގަނޑެއް  ވިއްޔާ” ނީލާވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

އެކަނި ވެރި ކަން 2

Next

ހިތާ ފުރާނައިން… (11)

Next
January 18, 2018

ހިތާ ފުރާނައިން… (11)

Previews
January 18, 2018

އެކަނި ވެރި ކަން 2

9 Comments!

  1. Anaa says:
    January 18, 2018 at 5:56 am

    V reethi next part avahaa up kohladhehchey dear

    1. riya says:
      January 18, 2018 at 6:13 pm

      thank u so much anaa, maadhamaa aa baeh upload kuraanan

  2. Lily says:
    January 18, 2018 at 8:11 am

    Varah varah reethi….next part knirakun upp khdheynii????❤❤

    1. riya says:
      January 18, 2018 at 6:17 pm

      thank u thank u so much lily, maadhamaa aa baeh upload kuraanan

  3. Pinky shifoo says:
    January 18, 2018 at 9:26 am

    Wow … Superb ??.. Varah varah reethi ❤️❤️??… Next part avahah genesdhehchey riya ❤️❤️.. Keep it up.. Waiting for next part

    1. riya says:
      January 18, 2018 at 6:18 pm

      thank u so much shifoo for the lovely comment, maadhamaa aa baeh upload kuraanan

  4. Shaa says:
    January 18, 2018 at 9:40 am

    V reethi next part thankolheh dhigukolla dhehchey

    1. riya says:
      January 18, 2018 at 6:19 pm

      thank u so much shaa

  5. Kate says:
    January 26, 2018 at 11:55 pm

    Like it?

Comments are closed.


All Right Reserved!