މަޑުމަޑު ރާގެއް އަޅުވާލައިގެން ގެއަށް ވަދެގެންދިޔަ ޔާނިސްގެ މޫނުމަތީގައިވީ އުފާވެރިކަމެވެ. ކަންނެތްގޮތަކަށް ބޮޑުކޮޓަރީގެ ސޯފާއަށް ވެއްޓިގަނެވުނުއިރު އެތާގައި އެހެން މީހަކު އިންކަންވެސް ޔާނިސްއަކަށް ނޭނގެއެވެ. ޔާނިސްގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމާއި އުފާވެރިމޫނަށް ޔާނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޔާނިސް ލޯމަރާލުމާއެކު ސޯފާގައި ހަށިގަނޑު ދަމާލަމުން ހަމަޖެހިލިއެވެ. ނަދީމާ ވަދެގެންއައީވެސް ޔާނިސް އެއޮތްގޮތަށް އޮށްވައެވެ. “ދަރިފުޅާ އަދިވެސް ނުނިދަނީތަ؟” އަތުކުރީގައި އޮތް ހިމަ ރިހިކުލައިގެ ގަޑިއަށް ބަލާލަމުން ނަދީމާބުނެލިއެވެ. އޮފީސް ހެދުމުގައި ނަދީމާ އަދިވެސް ފެންނަނީ ނުހަނު ލޫޅާފަތިކޮށެވެ. އެމޫނުމަތިން […]
ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ޔުނިވަރސިޓީއިން ކައިއާ ފެނުމުން ޔާނިސް ދުރުގައި ބަލަންހުރެއެވެ. ކައިއާ ނުރުހޭތީ ކައިރިއަށްގޮސް ވާހަކަ ދައްކާކަށް މަސައްކަތެއްނުކުރެއެވެ. ޔާނިސް ކްލާސްތަކަށް ދިޔަނަމަވެސް ފިލާވަޅަށް ދޭންވާ ސަމާލުކަންވެސް ނުދެވެއެވެ. ނަވީންމެން ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލުމަށް ބުނި ނަމަވެސް އިއްޔެވީ ކަމެއްހެން ޔާނިސްއަށް އެކަން އުނދަގޫކުރަމުންދިއައެވެ. ޔާނިސްގެ މިޒާޖަށްއައި ބަދަލާއެކު ނަވީންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ އެކަމަކީ އޭނާގެ ހިޔާލުގެ މަތިން ކުރިކަމަކަށްވާތީއެވެ. ރާއިން އާއި ލޫތުއަށް ނޭނގުނަސް، އެކަމުގެ ހަގީގަތް […]
ކޮޓަރީގެ އެކިދިމަދިމާއިންއަންނައުނުތައް ނަގައިގެން ފާހާނާއަށް ކައިއާ ވަންއިރުވެސް ޔާނިސްއަށް ހަދާނެގޮތެއް ނޭނގިފައި ހުރެވުނީއެވެ. ކައިއާގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑާއި ހިނގުމަށް އުނދަގޫވެގެން އުޅުނު މަންޒަރު ފެނުމާއެކީ އަމިއްލަ ނަފްސް ކުށްވެރިކުރެވުނީވެސް ވަކިވަރަކަށްނޫނެވެ. ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ކައިއާ ފާހާނާއިން ނުނިކުތުމުން ޔާނިސް ދެފަރަކު ދޮރުގައި ޖަހާލިއެވެ. ކައިއާގެ ހަބަރެއްނުވުމުން ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތެވެ. ފެންމާގަނޑުން ފެންތައް އޮހެރެމުންދާ އަޑުފިޔަވައި އެއްވެސް އަޑެއްނީވުމުން ޔާނިސްއަށް ހަދާނެ ގޮތް ބޮޑުވިއެވެ. ކައިއާއަށް ވެދާނެ ގޮތަކާމެދު އެނޫނީ ވިސްނުނު ވަގުތެއް […]
“ޖަސްޓް އެންޖޯއި ދިސް ނައިޓް….. ގުޑް ލަކް….” ނަވީން ބުނެލިއަޑު އިވުނެވެ. “ދިސް އިސް ނޮޓް ފަނީ…. އޯޕަން ދި ޑޯ” ޔާނިސްއަށް އެމީހުންގެ ސަމާސާ ކަމަކު ނުދިޔައެވެ. ޔާނިސްގެ ވާހަކަތަކަށް ސަމާލުކަން ނުދިނުމުގެ ގޮތުން ޖަހަމުންދިޔަ ލަވައިގެ އަޑު އިތުރަށް ގަދަ ކޮށްލިއެވެ. ޔާނިސް ހިމޭންވީ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އެމީހުންނަށް ނީވޭނެކަން ޔަގީންވީމައެވެ. “ލެޓްސް ގޯ…. މިހާރުވެސް މާ ލަސްވެއްޖެ…” ފާހާނާގެ ދޮރު ލައްޕާލަމުން ކައިއާ ބުނެލިއެވެ. “ވަޓްސް ރޯންގް” ޔާނިސް އެއްވެސް […]
“އާ ޔޫ އޯކޭ” ކައިއާގެ މޫނަށް އަލިކޮށްލަމުން ޔާނިސްއަހާލިއެވެ. ފޯނުން އެޅިގެންދިޔަ ފަނޑުއަލީގައި ކައިއާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ތުރުތުރު ލަމުންދިޔަ ކައިއާގެ ތުންފަތް ފެނުނު ހިނދު އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ކައިއާގެ ކޯތާފަތުގައި ޔާނިސްގެ އިނގިލިތައް ބީހިލުމާއެކު ކައިއާއަށް ލޯމަރާލެވުނެވެ. އަދި ޔާނިސްގެ ޓީޝާޓުގައި ކައިއާއަށް ހިފާލެވުނެވެ. ޔާނިސް ކައިއާގެ ތުންފަތުގައި ބޮސްދިނެވެ. ޔާނިސްގެ ފޯން ރިންގުވި އަޑަށް ދެމީހުންނަށްވެސް ސިހުންގެނުވިއެވެ. ޔާނިސް ކައިއާއާއި ދުރަށް […]
“ޔާނު ބަލާބަލަ އެހެރަކަމެއް….” ނަވީން ބުނެލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ދޮރުން ވަދެގެންއައި ކައިއާއަށް ހުއްޓިއްޖެއެވެ. ޔާނިސްއަށް ކައިއާ ފެނުމާއެކު އޭނާގެ ރީތިކަމަށް ހިތާއިހިތުން ތައުރީފުކުރިއެވެ. ކައިއާއަށް ލިބިފައިވަނީ ދިގު އިސްކޮޅާއި ފަށުވި ކޮޅެއްފަދަ ފަން އިސްތަށިގަނޑާއި ތުނިތުނި، އަންހެންވަންތަ ހަށިގަނޑެކެވެ. ދިގުދިގު އެސްފިޔަތަކާއި ފުން ދެލޮލެވެ. ޒުވާނުންގެ ހިތްތައް އޭނާގެ މައްޗަށް ލަންބުވާލާ ފަރިފަރި ހިނިތުންވުމެކެވެ. “ޔާނުއަށް ވަރެއްވެއްޖެދޯ؟ ހެހެހެހެ….” ޔާނިސްއަށް ކައިއާ ދިޔައިރުވެސް ނޭނގުމުން ރާއިން ބުނެލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެއަޑާއި ޔާނިސްއާއި ދިމާކުރުމުގެ […]
“ދެއަރ ޝީ އިޒް… އަހަރެންގެ ފްޓޯގްރަފާ” އެނބުރި އެތަނުން ދިއުމަށް ހިނގައިގަތް ކައިއާއަށް އެތަނުގައި މަޑުކުރަން މަޖުބޫރުވީ ޔާނާގެ އަޑުންނެވެ. ޔާނިސްގެ އަތުގައި ހިފައިގެންހުރި ޔާނާ ފެނުމާއެކު ކައިއާކުރިއަށް ލަމުން އައި ނޭވާތައްވެސް ހީވީ ތާށިވީހެންނެވެ. މޭގައި ދެފަހަރު އަތުން ފިރުމާލަމުން ޔާނާއާއި ދިމާއަށް އެނބުރިލިއެވެ. “ކޮންކަހަލަ ފޮޓޯއެއްތޯ ޝޫޓް ކުރަން ބޭނުންވަނީ؟” ކައިއާގެ އަޑުގައިވަނީ މަޑުތުރުތުރެއް އުފެދިފައެވެ. އެހެން މީހަކަށް އެކަމެއްފާހަގަކުރެވުނު ހެނެއް ހިޔެއްނުވެއެވެ. “އަލަށް ހުޅުވާ އައިނު ފިހާރައިގެ އިސްތިހާރު ޖެހުމަށް؟ މިކޮޅުން އިސްތިހާރު […]
ލާންޗް މާލޭގެ ފަޅުން ވަނުމާއެކު، ބަނދަރުމައްޗަށް މަޑުކޮށްލާފައިއޮތް ލެކްސަސް ކާރުކައިރީ ހުރި ޝަހުދު ޔާނިސްގެ ލޮލުގައި އަޅައިގަތެވެ. ލާންޗް މަޑުކޮށްލުމާއެކު ޔާނިސް ފައިބަން އަވަސްވެގަތެވެ. ޝަހުދު ދިއްކޮށްލި އަތުގައި ހިފައި ތޮށިގަނޑު މައްޗަށް ފުންމައިގެންއެރިއެވެ. “ދަތުރު ކިހެނެއްތޯ” ޝަހުދު ޔާނިސްގެ ގައިގާ ބައްދާލަމުން އަހާލިއެވެ. “ރަނގަޅު، ކީއްވެތޯ މަންމަ ނުދުރުވީ؟” ޔާނިސް އުއްމީދުކުރީ މަންމަ ނަދީމާ އޭނާ ބަލައި އަންނާނެ ކަމަށެވެ. ޔާނިސްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ކާރުގެ ޝަހުދު ކާރުގެ ދޮރު ހުޅުވާލަދިނެވެ. “މަންމައަށް އަބަދުވެސް […]