……………………………………ރިހާ އެކިފަހަރު އެކި ކަބަޑް ހާވަމުން ފައިލްތަށް ބަލާތަން ބަލަން ހުރެފަ ޒީޝާން “ރިހާ” އޭ ކިޔާފަ ގޮވާލިއެވެ. ޒީޝާންގެ އަޑު އިވުމުން ހާސްވިވަރުން ރިހާގެ އަތުގަ އޮތްފައިލް ރިހާގެ އަތުން ދޫވެގެން ވެއްޓުނުއިރު ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ރިހާ ކުރަން ހުރި ކަންތައް ޒީޝާންއަށް ފެނުމުންނެވެ. ޒީޝާންއާޢި ދިމާލަށް އެނބުރި އެއްފަހަރު ޒީޝާނަށް އަނެއްފަހަރު ޓައިލްސްތައްމަތީގައި ވެއްޓިފައިވާ ފައިލަށް ރިހާ ބަލަމުންދިޔައިރު ރިހާ ހުރީ ދެން ހަދާނެގޮތެއް ނޫނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރިހާއަށް […]
…………..ރިހާމެން ދާ ތަން ބަލަން ހުރެފަ އެތަނުން އެކަކު ބުންޏެވެ. “އޭ ބްރޯ، ކިހިނެތް ތިހެދީ؟ އެމަންޖެ އެދިޔައީ އަހަރެމެންގެ ފޮޓޯވެސް ނަގާފަ.” އެވަގުތު އެތަނުން އެކަކު ކަމަށްވާ މިހާދު ބުންޏެވެ. “ހާސް ނުވޭ… އަދި އެ މަންޖެއަށް ރަނގަޅު ލަނޑެއް ދޭނަން. ހިތުން ފިލުވާ ނުލެވޭނެ ވަރުގެ ހަދިޔާއެއް ދޭނަން” އެހެން ބުނުމަށް ފަހު ނުލަފާ ގޮތަކަށް މިހާދު ހީލިއެވެ. އޭނާގެ ކައިރީ ތިބި ދެމިހުން ކަމަށްވާ ހުޝާމާއި ހާނިމް ވެސް އެގޮތަށް ހީލިއެވެ. ގެއަށް […]
………………………ދެބުރިއަށް ހަދާފައިވާ އެ އޮފީހުން ނުކުންނަމުން ނަސީރު ގާތު ޒުބޭރު ބުނެލިއެވެ. “ނަސީރު އަހަރެން ވަރަށް ބޮޑު ކަމަކާމެދު އެބަ ވިސްނަން… އެންޑް މިކަމަށް ނަސީރުގެ ހުއްދަ ބޭނުން އަހަރެން.” ނަސީރު ޒުބޭރާއި ދިމާއަސް ކޮންކަމެއްހޭ އަހާފަދަ ގޮތަކަށް ބަލާލިއެވެ. އަދި ސުވާލުކޮށްލިއެވެ. “ޒުބޭރު ކީއްކުރަންތަ އަހަރެންގެ ހުއްދަ ބޭނުންވަނީ؟” ޒުބޭރު ހިނތުންވެލަމުން ނަސީރުގެ އެސުވާލަށް ޖަވާބުދިނެވެ. “ހޫމް… އެއީ އަހަރެން ބޭނުން އަހަރެންގެ ޅީދަރިއަކަށް ރިހާ ހަދަން” ޒުބޭރުގެ އެޖުމްލައިން ނަސީރުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. […]
………………ކޮންމެ ގޮތެއް ވިއަސް ވަރިހަމަ ކަމަށް ނިންމާފަ މާޔާ އެންމެ ފަހުން އެތަނުން އެންމެ ރީތި ކާޑުނަގާ އެ ކާޑު ބޭނުން ކުރުމަށް ނިންމިއެވެ. އެންމެނަށްވެސް އެ ކާޑުތަށް ކަމުދިޔައީމައެވެ. އަދި އެއަށްފަހު ރިހާއަށް “ތޭންކްސް” އޭ ލިޔެލާ މެސެޖް ކޮށްލިއެވެ. ރިހާ މަސައްކަތް ކުރަން ޖެހެނީ ޒުބޭރުއެކީގައި ނޫންކަމާއި ޒީޝާންއެކީކަން ރިހާއަށް އެނގިގެން ދިޔައީ އެދުވަހު ބޭއްވުނު ކުޑަ މީޓިންގައެވެ. ނަމަވެސް އެކަމުގަ ރިހާގެ އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ކޮންމެ މީހަކާއެކު މަސައްކަތްކުރަން ޖެހުނަސް […]
………………މާހީގެ ކޮޓަރި ދޮރުމަތިން އެވަގުތު ހުރަސް ކުރި ރިހާއަށް މާހީއާއި މާޔާގެ ބަދަހި ގުޅުން ފެނުމުން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. މިވީހާ ތަނުގަ ރިހާއާއި އެގޮތަށް އެއިން މީހަކު ހަގް ކޮށްލާ ހިތްވަރު ދީފައި ނުވާތަނުގައި އެއިން މީހަކު ރިހާއާއި ރީތިކޮށް ވާހަކަވެސް ނުދައްކައެވެ. ލޮލުން ކަރުން ހިލުނީ އެ ނަސީބު ރިހާއަށް ލިބޭނީ ކޮންދުވަހަކުން ބާއޭ ހިތަށް އެރުމުންނެވެ. ހަމައެއާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވީ މާޔާ އާއި މާހީ އެކަކު އަނެކަކު ދެކެ […]
……………..”ވަޓް ހެޕެންޑް ލާސްޓް ނައިޓް؟” ޒީޝާންގެ ސުވާލު ނިންމާލަމުން ރިހާއަށް ބަލާލިއިރު، ރިހާގެ މޫނުމަތީގެ ކުލަވަރު އެކަށް ބަދަލުވެގެން ދިޔަތަން ޒީޝާނަށް ފެނުނެވެ. އެ ސުވާލުން ރިހާއަށް ބާރަށް މަގުގައި ދެއަތުން ހިފަހައްޓާލުން ނޫން ކަމެއް ނުކުރެވުނެވެ. ރިހާގެ މޫނު އަނެއްފަރާތަށް އަނބުރާލަމުން އެއްވެސް ކަމެއް ނުވާ ކަމުގައި ބުނެ ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ނަމަވެސް ރިހާއަށް ހުއްޓެން މަޖުބޫރުވީ ޒީޝާން އަވަހަށް އައިސް ރިހާގެ ކުރިމައްޗަށް އަރާ ކުރި ބެއްދުމުންނެވެ. އިސްދަށަށް ޖަހައިގެން ހުރި […]
ެ. “ދަރިފުޅު ބަލީތަ؟” ނަސީރު އޯގާތެރިކަމާއެކު ރިހާ ގާތު އަހާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ރިހާ ބޯހޫރުވާލިއެވެ. އަދި ރަގަޅަށް އެތަނުގައި ތިބި މީހުނަށް ބަލާލުމުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެތާ އެއިނީ ރޭގަ ރިހާ އާއި ދިމާވި ޒުވާނާއެވެ. އަނެއްކަ އޭނަ ނަސީރުގާތު އެވާހަދެއްކީ ބާއޭ ރިހާގެ ހިތަށް އެރިއެވެ. ނަސީރު ފަރުވާތެރިކަމާއިއެކު ރިހާއަށް ބަލާލިއެވެ. ނަސީރުގެ ހިތް ބުނަމުންދިޔައެވެ. ރިހާއަށް ކޮންމެވެސް ކަމެއްވެއްޖެއެވެ. ރިހާއޮފީހަށް ދާންފެށިފަހުން ބަލިވެގެންވެސް މަދު ދުވަހަކު ނޫނީ އޮފީހަށް […]
ރިހާގެ އެޕާޓްމަންޓްގައި ކެއްކެން ހުރިނަމަވެސް މާ ބޮޑަށް ވަރުބަލިވެފަ ހުރުމުން، އަމިއްލައަށް ކައްކަން ނޫޅެ، ގޭގެ އެންމެ ތިރީ ބައިގައި ހުރި ބަދިގެއާއި ދިމާއަށް ހިނގަމުން ދިޔަ ރިހާގެ މިސްރާބު ބަދަލްވީ ފުރަތަމަ ފަންގިފިލާއަށް ފޭބި އިރު ނަސީރުމެންގެ ކޮޓަރިން އަލިކަން ފެންނަން ހުރުމުން، އެ ދިމާއަށެވެ. މިހާ ލަސްވިއިރު ނަސީރުމެން ނުނިދާ އުޅޭކަން އެނގުމުން ރިހާ ހީކުރީ ނަސީރު ނޫނީ ނަސީމާއަށް ކަމެއްވީ ކަމަށެވެ. ރިހާއަށް ނޭނގުނީ އެ ކޮޓަރިއާ ދިމާލަށް އަޅަމުން ދިޔަ ކޮންމެ […]
ރިހާއަކީ އަންހެންކުއްޖަކަށް ވުމުން ވިޔަފާރީގެ ކަންކަމުގައި ނޫޅެވޭނެކަމަށް ނަސީރު ބުނި ބުނުން ދޮގުކުރީ ނަސީރު އެހާ ގިނަދުވަސް ވަންދެން ވިޔަފާރިކުރި އިރުވެސް ވިޔަފާރިއަށް ފައިދާ ނުވާހާ ބޮޑަށް ރިހާ ދެ އަހަރެއްހާ ދުވަހުން ފައިދާ ހޯދީމައެވެ. އަދި ހަމައެހެންމެ އެ ވިޔަފާރި އެތަށް ތަނެއް ފުޅާކުރިއެވެ. އަދި ނަސީރުގެ ގެވެސް ހަތަރު ބުރިއަށް އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކުރީވެސް ހަމަ ރިހާގެ ބުރަ މަސައްކަތުންނެވެ. ރަށުގައި ދެތިން ފިހާރަ އާއި އެކު ނަސީރު ފެށި ވިޔަފާރި […]