“އެކަމު މިއަދު ބައްޕަ އާއި މަންމަގެ އިންތިޒާރުގެ ނިމުން އަތުވެއްޖެ.” ނަސީމާގެ ގާތުގައި އިން ނިހާއަށް ބަލާލާ ހިނިތުންވެލަމުން ނަސީރު ބުނެލިއެވެ. ނަސީރުގެ ދެލޮލުން ފެންނަން ހުރި އުފާވެރިކަމެވެ. “ބައްޕަމެނަށް ނުވިކަންތައް ރިހާ ކޮށްދިނީ…” އެހިސާބަށް ބުނެފަ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނަސީރު ވަށައިގެން ހޯދާލިއެވެ. ވަށައިގެން ބަލާލި އިރު ހުރިހާ ލޯތަކެއްހެން ވަނީ ނަސީރުގެ ވާހަކައިން އަސަރު ކޮށްގެން ފެންކަޅިވެފައެވެ. ނަމަވެސް އެ އެންމެންގެ ތެރެއިންވެސް ނަސީރު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. […]
ރިހާގެ އަޑަށް ސިޓިން ރޫމްގެ ދޮރާއި ދިމާލަށް އެންމެންހެން ބަލާލިއެވެ. އޭރު ރިހާ އައިސް ވަންނަނީއެވެ. ރިހާގެ ފަހަތުން މީހަކު އަންނަހެން ހީވުމުން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެމީހަކު ހުއްޓުމުން އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން މޫނުއެނގޭ ވަރެއް ނުވިއެވެ. އެނގެނީ އަންހެން ކުއްޖެއް ކަމެވެ. ފަހަތުން އައި ރިއާ ހުއްޓުނުކަން އެނގުމުން ރިހާ އަނބުރާލާފަ ރިއާ ގާތަށް ގޮސް ހުއްޓުނެވެ. ރިއާ ބުނީ ޖެހިލުންވަނީ ކަމުގައެވެ. ރިހާ ހާސް […]
ހިތުގައި ދުވެލި އުފާވެރި ރާޅުން ރިހާ ހިނގައިގަތީ ލީނާއާއި ދިމާލަށެވެ. ރިހާގެ ހީވުން އެއީ ހަޤީޤަތަށް ވޭތޯ ދުޢާ ކުރަމުންނެވެ. ރިހާ ލީނާއާއި އަރާ ހަމަކުރުމުން ލީނާ ބަލާލީ ނުރުހިފައެވެ. އަދި ބުންޏެވެ. “މިހާރު ކިހިނެއްވީ؟ އަނެއްކަ ކޯޗެކޭ ކިޔަން ތި އައީ؟” ރިހާ އެއީ މާބޮޑުކަމަކަށް ނުހަދަ ވަރަށް އުންމީދާއިއެކު ހިނތުންވަމުން ލީނާކުރެން އެހިއެވެ. “އަހަރެން އެނގޭތަ؟” ރިހާގެ އެސުވާލުން ލީނާ ފެށީ ހޭށޭވެ. ވަގުތަކީ ހަވީރު ވަގުތު ކަމުން މަގުމަތީގައި ފުދޭވަރަކަށް މީހުންވެސް ގިނައެވެ. […]
“ކީކޭ؟” މާހީ އެބުނި އެއްޗަކުން ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ މާހީ ބުނީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ރިހާ ވިސްނާލަމުން ވާހަކަ ދެއްކިއިރު ކުޑަވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފާޅުވަމުންދިޔައެވެ. “ނޫން! އެހެނެއްނުވާނެ!…” ރިހާ ބުނަމުންދިޔަ ޖުމްލަ މެދުކަނޑާލީ މާހީއެވެ. “ކީއްވެ އެހެންނުވާންވީ؟ ލުކް އެޓް ޔޫ؟ ޔޫ އާރ ސޯ ބިއުޓިފުލް އެންޑް ޕާފެކްޓް، ހުރިހާ ގޮތަކުންވެސް… އެންޑް ޒީޝާން. ޒީޝާންވެސް އެހާ ރީތި، އެހާމެ ސްމާޓް. ދެމީހުން […]
ރިހާ ބޭރު ސިޑިން އަރަން ބޭނުންވިނަމަވެސް ޒީޝާން އެފުރުޞަތު ނުދިނުމުން ރިހައަށް މަޖުބޫރުވީ ސިޓިން ރޫމްއިން ލައިފަ އެންމެން ކުރިމަތިން ދިއުމަށެވެ. ނަސީރު ރިހާއާއި މެދު ކަންބޮޑުވާނެ ކަން އެނގޭއިރުވެސް އަދި ރިހާ އެގޮތަށް ނަސީރު ފިކުރު ކުރުމަށް ނޭދޭއިރުވެސް، މިވަގުތު އެއްވެސް މީހަކާ ކުރިމަތި ލާކަށް ރިހާ ބޭނުމެއް ނުވެއެވެ. ކުޑަ އިރުކޮޅެއްކުރިން ވެދިޔަ ކަންތަކާއި ރިހާ ހުރި ޙާލަތުގެ ސަބަބުން ރިހާގެ އެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ސިޓިން ރޫމަށް ވަދެގެން […]
………….މަޑުމަޑުން ދެލޯހުޅުވާލަމުން އޮވެވުނު ތަނަށް ރިހާ ނަޒަރު ހިންގާލިއެވެ. ވަށައިގެންވީ ކަނުއަނދިރިކަމެވެ. އެއްވެސް އެއްޗެއް ސާފުވާވަރެއް ނޫނެވެ. ތެދުވަންކުރަމުން ދިޔަ މަސައްކަތުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އޭގެއިތުރުން ރިހާގެ އަނގަ މަތީގައި ޓޭޕް ގަނޑެއް އަޅާ ބަންދުކޮށް، ދެއަށް ފުރަގަހަށްލައި އައްސާފަވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީންތަނާ ކައިރިން މާހިދުގެ އަޑު އިވުނެވެ. “ލުކް އެޓް ޔޫ! ސޯ ބިއުޓިފުލް.” މާހިދު ރިހާގެ މޫނާ މޫނު ގާތް ކޮށްލާ ރިހާގެ […]
……….”ސިސް، ކިހިނެތް ވެފަ ތީނީ؟ ހާދަ މޫޑީ ހެން ހީވެއޭ.” މާޔާ އެމީހުން ދައްކަމުން ދިޔަ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ އިނުމުން މާހީ އަހާލިއެވެ. “ޒާން މަންމަ ބަލިވެގެން މިއަދު އެފުރީ ރާއްޖޭން ބޭރަށް މަންމަ ގޮވައިން. އެހެންވެ ވެޑިންވެސް ޕޯސްޕޯން ކުރަންޖެހުނީމަ ކުޑަކޮށް މޫޑީވީ.” މާޔާ ކުޑަކޮށް ދެރަވެފަ އިނދެ ބުނެލިއެވެ. “ދަރިފުޅާ މާޔާ! ދެން އެކަމާ އެހާބޮޑަށް ދެރަނުވެބަލަ.” ނަސީރަށް މާހީމެން ދެއްކި ވާހަކަ އަޑުއިވުމުން މާޔާއަށް ހިތަވަރުދެމުން ބުނެލިއެވެ. “ޒާން އައިސްދާނެ […]
……………”ގުޑް މޯރނިންގ” ހެނދުނުގެ ނާސްތާއަށް ކާމޭޒު ދޮށަށް ޖަމާވެތިބި އެންމެނަށް ހެނދުނުގެ ސަލާމް ކޮށްލަމުން މާހީއައިސް ބުނެލިއެވެ. މާހީގެ އަޑަށް އެދިމާއަށް އެނބުރުނު އެންމެން ހައިރާންވެ ތިބީ މާހީއަށް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިންނެވެ. ވާނީވެސް އެހެންތާއެވެ. މާހީ މިއަދު ލައިފަ ހުރީ އޮފީސް ވައްތަރު ޕީޗް ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެކެވެ. އަދި ކޮނޑުގައި އަޅުވާލަފަ އޮތް ކުޑަ އަތްދަބަހާއި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އެހުރިހާ ކަމަކާއިއެކު އަރާފައިވާ ކަޅުކުލައިގެ އުސް ބޫޓުން މާހީ […]
………………”އައި ހެވަންޓް ސީން ޔޫ ބިފޯ. މިފެނުނީ މިއަދު އެކަނި. އެވެސް މާ ކުރީގެ ތަސްވީރަކުން. ބަޓް އައި ޕްރޮމިސް، އައި ޕްރޮމިސް އައިލް ފައިންޑް ޔޫ.” ރިހާ އަނެއްކާވެސް ލެޕްޓޮޕްގަ އިން ތަސްވީރާ ވާހަކަ ދައްކަމުން މަޑުމަޑުން ބުނެލިއެވެ. ރިހާގެ ހިތަށް އެރިއެވެ. ހޯދާނަމޭ ބުނިނަމަވެސް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ވީތަނެއް ކީއްކުރަން ހުންނަ ސިފައެއްވެސް ރިހާއަށް އެނގެނީކީނޫނެވެ. ނަމަވެސް ރިހާގެ ހިތް ބުނަމުން ދިޔައެވެ. ފެނުމުން ގައިމުވެސް އެނގޭނެއެވެ. ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ރިހާ […]