“ހައްވައްތަ އެއީ ރިހާ ކުޑައިރުއްސުރެ ބަލާ ބޮޑުކުރި މީހަ. ރިހާދެކެ އިންތިހާއަށް ލޯބިވާނެ. އަމިއްލަ ދަރިއެއް ނޫނަސް ރިހާއަށް އަމިއްލަ ދަރިއަކު ދެކެވެސް މީހަކު ލޯބިވާނެ ވަރަށް ވުރެ ބޮޑަށް ހައްވައްތަ ރިހާ ދެކެ ލޯބިވޭ. އުފަން މަންމަގެ ލޯބި ނުލިބުނަސް ރިހާ އެ ޝަކުވާއެއް ނުކުރޭ”. ރިހާގެ ވާހަކަ އުލްފާ ޒީޝާނަށް ކިޔައިދެމުން ދިޔައެވެ. ޝަޢުގުވެރިކަމާއެކު އެވާހަކަތައް އަޑުއަހަން ޒީޝާން އިނެވެ. ހަވީރުގެ ވަގުތު ބޭރުން އައިސް ވަތްގޮތަށް ނަސީރު އޭނާގެ ކޮޓަރީގައި އެނދުގެ ހެޑްބޯޑްގައި […]
ހެނދުނު އެގާރަގަޑި ބައި އެހާކަންހާއިރެވެ. އަޔާން އާއި ޖުއާން ވީ އެ މީހުން ގެ ވަޒީފާ ތަކަށް ގޮހެވެ. މާޔާވީ އެކުވެރިން ތަކަކާއެކު ބޭރަށް ގޮހެވެ. މާހީވެސް ހެނދުނު ސައި ބޮއެގެން ކޮޓަރިއަށް ވަތް ގޮތަށް އަދި ނުނިކުމެއެވެ. ޒީޝާން ފޫހިވެގެން ‘ޕެރެޑައިސް’ގެ ގޭތެރޭ ހިނގާލަ ހިނގާލަ ހުއްޓެވެ. ރީތި ގަނޑުވަރެއް ފަދަ އެންމެ ޒަމާނީ ގޮތަށް ހަދާފައިވާ ގެއެކެވެ. ބަލާލާ ކޮންމެ ދިމާއަކުން ގޭގެ ވެރިންގެ ހައިބަތު ހާމަކޮށްދެއެވެ. ހިނގަމުން ގޮސް ބަދިގެއާއި އަރާ ހަމަވިތަނުން […]
މާހީގެ ވާހަކަތައް އަޑުއަހާފަ ވަރަށް ހިތްހަމަނުޖެހިފާ އިނދެ ދެ ފަރާތަކަށް ބޯ ހޫރާލިއެވެ. “ކީއްވެތަ ދަރިފުޅުމެން ރިހާ މާ ދުރުކޮށްލައިން ތިއުޅެނީ؟ އެއީވެސް ހަމަ ދަރިފުޅުމެންގެ އެއްބަނޑު އެއްބަފާ ކުއްޖެކޭ!… ރިހާގެވެސް އަދި ތި ހަތަރު ކުދިންގެވެސް ހިނގަނީ ހަމަ މި ބައްޕައާއި މަންމަގެ ލެއޭ” ދުލާއި ހަމައަށް އެ ބަސްތައް ގެންނަން ބޭނުންވި ނަމަވެސް ނަސީރުގެ އެ ޝަކުވާ ވީ ނަސީރުގެ ހިތުގައެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް އެތަނަށް އައިސް ހުއްޓުނު ޒީޝާނަށް އެ އަޑުތަކާއި […]
ކާރު ގަރާޖްގައި ބޭއްވުމަށްފަހު ރިހާ ހިނގައިގަތީ ބޭރުން ގޭގެ އެކިއެކި ފަންގިފިލާތަކަށް އެރޭގޮތަށް ހަދާފައިވާ ސިޑިއާއި ދިމާއަށެވެ. ސިޓިންރޫމްއަށް ވަނުމަށް ހުންނަ ދޮރު މިގަޑީގައި ހުންނާނީ ތަޅުލާފަ ކަމަށްވުމުން ރިހާ އަތުގަ ޑަބަލް ކީ އޮތްނަމަވެސް ރިހާ ބޭނުންވީ އާދައިގެ މަތިން ބޭރު ސިޑިން ރިހާގެ ކޮޓަރި ހުންނަ ފަންގިފިލާ އަދި ގޭގޭވެސް އެންމެ މަތީ ފަންގިފިލައަށް ދާށެވެ. އެއީ ގޭގެ ތިން ވަނަ ފަންގިފިލައެވެ. ރިހާ މަޑުމަޑުން ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ގޮސް ރިހާގެ މަންޒިލަށް […]
“ބުނެވެސްނުލައޭނުން ރިހާ ތި އައީ…ބުނިނަމަ ބައްޕަމެން މީހަކަށްވެސް ރިހާ ބަލާދާން އެނގުނީހީ.” ނަސީރު ވާހަކަ ދެއްކީ ލޮތްބާއެކުއެވެ. “ދެން އަނެއްކާ އައިސް ހަމަޖެހިވެސް ނުލާ މިރޭ މިހާ ލަސްވެފަ ހުއްޓަވެސް ތިދަނީ އޮފީހަށް… އަރާމުކޮށްލަންވެސް ވާންނުން!” ނަސީރުގެ ވާހަކަތައް އަޑުއަހަން ހުރި ރިހާ އެއްވެސް ޝަޢުގުވެރިކަމެއް އެވާހަކަތަކަށް ނެތް ފަދަ ގޮތަކަށް ހިތްހަމަނުޖެހިފަ ހުރި ރާގެއްގަ ބުންޏެވެ. “ޔޫ ނޯ ޑޭޑް! މިގޭގެ އެހެންމީހުނަށް މިމަސައްކަތްތަށް މުހިންމު ނުވިއަސް އަހަރެންނަށް މުހިންމު…ކުރަންހުންނަ މަސައްކަތްތަށް ހުއްޓާލާފަ އައި ޖަސްޓް […]
ބާރު ދުވެލީގައި އައި ލޯންޗް ބަނދަރާއި ގާތް ކޮށްލުމާއި އެކު ރިހާ ފަޅުވެރިއެއްގެ އެހީގައި ލޯންޗުން ފޭބިއެވެ. ފުރަތަމަވެސް ރިހާ ވަށައިގެންވީ މާހަޢުލަށް ނަޒަރު ހިންގާލީ އުންމީދާއި އެކުއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މާޔޫސްވެ ހުރެ އިސްޖަހާލީ މިފަހަރު އެހެން ފަހަރު ފަހަރާއި ތަފާތު ވާނެ ކަމަށް އުންމީދު ކުރެވުނީތީ އެކަމާ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. ރިހާ މަޑުމަޑުން އޭނާގެ ޝޫޓް ކޭސް ހިފައިގެން ހިނގައި ގަންނަމުން ފޯން ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. އެކޮޅުން […]