“ސޭވް ދި ސްމައިލް ފޯ ލޭޓާރ! ޔޫ ވިލް ނީޑް އިޓް ބޭޑްލީ!” ރީމް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ. ލަމްނާ ފަހަތަށް އެނބުރިލައިފައި ބޯއަރިކޮށްލަމުން އެއްބުމަ މައްޗަށް އަރުވައިލިއެވެ. “ސީރިއަސްލީ؟” ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ. “ހަދާ އަވަހަކަށް ދާން ތިއުޅެނީ؟” ލަމްނާ ހުރީ ޒުވާބުކޮށްލަން ބޭނުންވެފައެވެ. “އަހަރެން މިތާ މާގިނަ އިރުމަޑުކޮށްފިއްޔާ ހަމަ ލަމްނާއަށް ކެތްނުވާނީ!” ވަރަށް ފުރިހަމަކަމާއި އެކު ރީމް ޖަވާބު […]
މުޅި ފަޒާގައި ވަނީ ބަންގީގެ އަޑު ގުގުމާލައިފައެވެ. އިއްޔަ ވީ ކަންތަށްތައް ހިތުން ފޮހެލައި އައުފެށުމެއް ފެށުމަށް ނިޔަތްގަނެގެން ހުރި ރީމް ނަމާދުކޮށް ހަދައިލައިގެން ނުކުތީ ބޭރު އުނދޯއްޔަށެވެ. އޭރު ގަޑިން ފަހެއްޖަހައިފިއެވެ. ތަނަށް އިރުގެ އަލިކަން ނޭޅޭއިރުވެސް ވަގުތުގެ ހިތްގައިމުކަން އިތުރުކޮށްދެނީ މާޙައުލުގައި ހިފާފައިވާ ތެތްފިނިކަމެވެ. ޖެހޭ ލުއި ވައި ރޯޅިތަށް ރީމްގެ ހަށިގަނޑުގައި ބީހިލާއިރު އޭނަގެ ހިތަށް ފިނިކަން ގެނެސްދެއެވެ. ރީމް އޭނާގެ ދެލޯމަރައިލީ ތަނުގެ ހިތްގައިމުކަން އިތުރަށް އިހުސާސްކޮށްލުމަށްޓަކައެވެ. މަޑުން މަޑުން ރީމް […]
“ދެން ނުކުމޭ! ޔޫނުސް މެންގެއަށް ދާން ފެންވަރަން ވެއްޖެޔޭ!” އައިނާ ޔޫޝައު ކޮޓަރިން ނެރެމުން ބުނެލިއެވެ. އައިނާ ދެއްކި ވާހަކަތަކުގެ ސަބަބުން ޔޫޝައުގެ ހިތުގައި ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އުފެދިއްޖެއެވެ. ގެއްލެން ގާތް ވެފައިވާ ހިތްވަރު އާލާ ވެގެންދިޔައެވެ. އުފަލުން ހުރެ ޔޫޝައު ބަދިގެއަށް ވަނީ ރީމް ދެކިލާ ހިތުންނެވެ. ބަދިގެތެރޭގައި އެވަގުތު އެކަކުވެސް ނެތުމުން ތުންއަނބުރާލައިފައި ދާން އެނބުރުނުތަނާހެން ޔޫޝައުގެ ކަންފަތުގައި މީހަކު ނޭފަތް ދަމާ އަޑު ޖެހުނެވެ. ބަދިގެ ފަޅިން ބޭރަށް ބޯދިއްކޮލި […]
19 ވަނަ ބައި “ނަމަނަމަ ދާނިޝް ގާތަށް އަނބުރާ ނުދާތި! އެއީ ވަރަށް ނުލަފާ މީހެއް! އެއީ ވަރަށް އަނިޔާވެރި މީހެއް! އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ ކޮންމެހެން އަހަރެން ހަސަދަ ވާތީއެއް ނޫން އިނގޭ… އޭނަ އަހަންނާއި އިނީ ރީމް ދޫކޮށްލާފަ އައިތާ ހަފްތާއެއް ފަހުން! އޭނަ އަހަރެން ފަހަތުން އުޅުނީ ފުރަތަމަ ކޮޅުގަ… ދެން އަހަރެންވެސް އޭނަގެ މަޅީގަ ބެދުނީ! ރީމްގެ ނަސީބު އޭނަ ރީމް ދޫކޮށްލާފަ ދިޔަކަންވެސް! އެހެންނޫނީ ރީމް ޖެހޭނީ އޭނަގެ ވަކި […]
17 ވަނަ ބައި “މަރިޔަމަށް ވާ ސާބަސް! އަހަރެން މި އިންނަނީ މަރިޔަމް ގާތު! ގައިމު އަހަރެން ހީނިނަމަ މަރިޔަމަށްވެސް އެނގޭނެ ދޯ!” ހަސަނު ބަސްތަކުން އެންމެންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދެން ފެށިއެވެ. އަނެއްކާވެސް އެ އަޑުއިވިގެން ދިޔުމާއި އެކު ކަރަންޓު އައެވެ. “އޭ ކަޑައޭ! އަހަރެން އަދި މިއުޅުނީ ތިމީހުން ބިރުގަންނަވާލާށޭ!” ބިރުވެރި އަޑުތަށް ލައްވަން ހުރި ނާހިލް ކަރަންޓު އައުމާއި އެކު ބުނެލިއެވެ. “ތިކަން ކާމިޔާބު ވެއްޖެއެންނު! ބަލާބަލަ!” ރީމްއަށް އިޝާރާތް ކޮށްލަމުން ސުމައްޔާ ބުނެލިއެވެ. އޭރުވެސް […]
15 ވަނަ ބައި “ލަމްނާ ބުނެގެން ދޯ؟ ޑިޑް ޝީ ބްލެކް މެއިލް ޔޫ؟!” ރީމްގެ ސިކުނޑި ސުވާލުން ފުރި ބަންޑުން ވަނީއެވެ. ޔޫޝައު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ. “ރީމް ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ؟ މަންމަ އުޅޭނެ މިހާރު ހޯދަން! ހިނގާ ދަމާ!” ވާހަކަ ބަދަލު ކޮށްލުމަށްޓަކައި ޔޫޝައު މިހެން ބުނެ ކޮޅަށް ތެދުވިއެވެ. “ނޫން! ޔޫޝައު މިހާރު ވާހަކަ ބަދަލުކުރަނީ ތި! އައި ނޯ ޔޫ އިނގޭ! ލަމްނާ މެންގެއަށް ގޮސް […]
“ނޫން! އަހަރެން ބޭނުމީ ހަމައެކަނި ޔޫޝައު! ޔޫޝައު އެހެންމީހެއްގެ މިލްކަކަށް ވިޔަކަ ނުދޭނަން! އަދި އަމުދުން އެ ރީމްގެ!” ލަމްނާ ބުންޏެވެ. އޭނާގެ ލޯ ވަނީ ރަތްވެ ވަޅުޖެހިފައެވެ. ޒާހިދާ ގަދަކަމުން ލަމްނާ ދޮރުމަތިން ދުރުކުރިއެވެ. ލަސްނުކޮށް ޔޫޝައުމެންވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ހަތަރު މީހުންގެ ފިޔަވަޅު ހުއްޓުނީ ލަމްނާގެ ވޭނީ އަޑަށެވެ. “ޔޫޝައު! އެންމެ ފިވަޅެއް ކުރިއަށް އެޅިޔަސް އަހަރެން… އަހަރެން މި ވަޅި އަތުގަ އަޅާނަން!” ލަމްނާ އަޑުގެ ނެތް ކޮޅަށް ބުންޏެވެ. […]
12 ވަނަ ބައި ޔޫޝައު ނިދާކަށް ނޫޅެއެވެ. އޭނަގެ ކެމެރާއާއި ލެޕްޓޮޕު ހިފައިގެން ޔޫޝައު އިނީ މިރޭ ނެގި ފޮޓޯ ބަލައި ލެޕްޓޮޕަށް ފޮޓޯތަށް އަޅާށެވެ. އެހެން ފޮޓޯތަށް ބަލަމުން އިންދައި ޔޫޝައުއަށް ފެނުނު ފޮޓޯއަކުން އޭނައަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއީ ޔޫޝައުއަށް ރީމްގެ އަތުގައި ހިފުނުއިރު ނެގި ފޮޓޯއެވެ. އެ ފޮޓޯގައި ރީމް އިނީ ފްލޭޝް އެޅުމުގެ ސަބަބުން އަނެއްފަރާތަށް ބޯއަނބުރައިގެންނެވެ. އެ ފޮޓޯއަށް ފުންނަޒަރެއް ހިންގާލުމަށްފަހު ޔޫޝައު ރީމްއާއި ދޭތެރޭ ވިސްނާލަން ފެށިއެވެ. “މިއަދު މެންދުރު ރީމްއާއި […]
ރީމްވެސް އިނީ މަހެއް ބޭނޭތޯ ކެތްމަދުވެފައެވެ. އެހެން އެންމެނަށް މަސް ބޭނޭއިރު ރީމްއަކަށް އަދިއެއްވެސް މަހެ ނުބޭނެއެވެ. އެއްމަސް ނަމަވެސް ބޭނޭތޯ ރީމް އިނީ ދުޢާ ކޮށްލަކޮށްލައެވެ. ސުމެއް ކަޓުވާލެވޭތޯއެވެ. އެއްއަތުން ކަންވާރުގައި ހިފައްޓައިގެން އަނެއް އަތް ޑީންގީގައި ވިއްދައިލައިގެން އިން ރީމްގެ އަތްމަތީގައި މީހަކު ހިފާ ބަރުކޮށްލިހެން ހީވެގެން ރީމް ބަލައިލި އިރު ޔޫޝައު ރީމްއާއި ދިމާލަށް ކެމެރާ ދިއްކޮށްގެންނެވެ. ރީމް އެނބުރެލިތަނާހެން ޔޫޝައު ރީމްގެ ފޮޓޯއެއް ނެގިއެވެ. އެޅުނު ފްލޭޝްގެ ސަބަބުން މުޅިތަން އަލިވެގެން […]