“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުން ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ […]
“ހެހެ… އަހަރުމެން ހަދާނީ ބޮލުގެ އެއްޗެއް! އަހަރުމެން އޭނަ މަރާލާނީ… އެކަމު މީހުންނަށް ފެންނާނީ އޭނަ އަމިއްލައަށް މަރުވެފަ އޮއްވާ!” އަހުމަދު މިހެން ބުނުމުން ދެމީހުންވެސް އެކަމާއި އެއްބަސްވިއެވެ. އަދި ލަސްނުކޮށް ކަންތައް ކުރަންވީ ގޮތް ރޭވިއެވެ. ރޭގެ ހާދިސާގެ ސަބަބުން ނާޔާއަކަށް ނިންޖެއް ނުލިބުނެވެ. ދެލޯ މަރައިލާއިރަށް ފިލްމެއް ރޯލު ކޮށްލާހެން އެހާދިސާ ނާޔާ ކުރިމައްޗަށް ސިފެވެގެން ދެއެވެ. މިހެން އޮއްވައި ފަތިސް ނަމާދު ބަންގި ގޮވިއެވެ. އިތުރުވަގުތުތަކެއް ބޭކާރު ނުކޮށް ނާޔާ އަވަސްއަވަހަށް ވުޟޫ […]
ޕޮލިސް ސްޓޭޝަނުން ނުކުތް އިރުވަނީ އިރުއޮއްސި އަނދިރިވެފައެވެ. ޒާރާ ގެއަށް ދިޔައީ ޓެކްސީއަކަށް އަރައިގެންނެވެ. ގެއަށް ގޮސް ބެލް ޖަހާޖަހާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިލިއިރު މުޅި ގޭތެރެ އޮތީ އަނދިރިކޮށެވެ. ފޯނުން ފްލޭޝް ލައިޓު ދިއްލައިގެން ބޮކިތައް ޖައްސަންދިޔަ ގަޑީގައި ޒާރާއަށް މީހެއްގެ ހިލަމެއް ވެގެން ފަހަތަށް އެނބުރެލި ތަނާ އެމީހާ ޒާރާގެ ބޮލުގައި އެއްޗަކުން ޖަހައި ޒާރާ ހޭނައްތައިލިއެވެ. ޒާރާ ހޭއެރި އިރު އޭނާ އިނީ ގޮނޑިއެއްގައި ބަނދެފައެވެ. […]
“އަޅުގަނޑަކީ އައިހަމް! އަޅުގަނޑުގެ ބައްޕަ މިތަނަށް އަންނަން އުޅެފަ ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހުނީމަ އަޅުގަނޑު މިއައީ!” އައިހަމް ފޮށިތައް ވައްދައިދޭން އެހީތެރިވަމުން ބުންޏެވެ. ޒާރާމެން ގެއަށް ވަންއިރު ހުރީ ސައި ތައްޔާރު ކޮށްފައެވެ. ތަޅުދަނޑި އައިންތުއަށް ހަވާލު ކޮށްލުމަށްފަހު އައިހަމް ނިކުމެގެން ދިޔައެވެ. ޒާރާ މުޅި ގޭތެރެއަށް ލޯހިންގާލިއެވެ. ތިން ކޮޓަރީގެ މި އެޕާޓްމެންޓު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ފަރުމާ ކުރެވިފައެވެ. ހެޔޮވަރު ވަރެއްގެ ކަޅު ސޯފާގެ ކުރިމަތީގައި ސާޅީސްދެ އިންޗީގެ ޓިވީއެއް […]
“ޒާރާ… ދެން ތިކަމާ ނޫޅޭ… ދޮންތަބެ ބޭނުމެއް ނޫން އިތުރަށް މިއާއިލާގައި މައްސަލައިގެ މުލަށް ވާކަށް… އެހެންވީމަ ތިކަން ހަނދާނުން ނައްތާލިއްޔާ މާ ރަނގަޅުވާނެ! އެއްވެސް ހެލްޕެއް ބޭނުމިއްޔާ ދޮންތަބެއަށް ގުޅާތި… އާން! އަދިއެއްވާހަކަ… ޒާރާއަކަށް ދޮންތަބެމެންގޭ ދޮރެއް ބަންދެއް ނުވާނެ!” ލައިޝް ހީނލަމުން ބުނެ ޝަބާނާ ގޮވައިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒާރާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެދުވަހަށް ފަހު ޒާރާގެ ދިރިއުޅުން އެއްކޮށް ބަދަލުވި ކަހަލައެވެ. ޒާރާގެ ބައްޕައާއި […]
“ޝަބާނާ! ކޮން ހިޔާލެއްގަ؟” ޒާރާ އެނދުގައި އިށީންނަމުން އަހައިލިއެވެ. “ދޮންބެދައްތަގެ މަރާއި ދެތޭރޭ މި ވިސްނެނީ” ޝަބާނާ ބުންޏެވެ “ދޮންތަބެ ކިހިނެއް؟” ޒާރާ އެހިއެވެ. “ދޮންބެ މުޅިއަކުން އަދި ރަނގަޅެއް ނުވޭ… ދޮންބެއަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ދޮންތަ މަރުވި ކަމެއް” ޝަބާނާ ބުންޏެވެ. “ރޭގަ ވަރަށް ކަންތައްތައް އަހަންނަށް އެނގުނު… އެހެންވެ މިއައީ ޝަބާނާއަށާ ދޮންތަބެއައް އެވާހަކަތައް ކިޔާދޭން” ޒާރާ ބުންޏެވެ. “ޒާރާ… ކޮބާ ކިހިނެއް؟” ކޮޓަރިއަށް ވަންނަމުން ލައިޝް ޒާރާ ގާތު އެހިއެވެ. “ދޮންތަބޭ… […]
“ޒާރާ!” އަހުމަދު ވަރަށް ބާރަށް ބުންޏެވެ. “ދެން ހުއްޓާލާ! ހުއްޓާލާ!” ޒާރާ ބުނާ ވާހަކައެއް އެކެއްވެސް ގަބޫލެއް ނުކުރިއެވެ. ޒާރާއަށް އޭނާގެ ބައްޕައަށް ޝައްކު ކުރެވެން ފެށުނެވެ. ކިތަންމެ ކުރަން ބޭނުންނުވިޔަސް ކުރެވުނީއެވެ. އަހުމަދު ނާޔާގެ މަރާއި ދޭތެރޭ މާ ބޮޑަށް ސަމާލުކަމެއް ނުދިނުމާއި އެހާ ލަސްވަންދެން ބޭރު އުޅެފައި އައީމަ ޒާރާގެ ޝައްކުތައް ވީ އިތުރެވެ. އެހެން ތިއްބާ ދޮރު މަތީގައި ހުރި މީހަކު ފެނިފައި އަފިފާއާއި އަހުމަދު ހައިރާންވާ ކަމަށް ހެދިއެވެ. ދޮރު ކުރިމަތީގައި […]
ލައިޝް އެވާހަކަ ކިޔައިދީ ނިމުނުއިރު ޝަބާނާއާއި ޒާރާ ތިބީ ފެންކަޅިވެ ސުވާލުން ފުރިފައެވެ. “ދޮންތަ… ދަންޖެހިގެން މަރުވީއޭ؟” ޒާރާ އެހިއެވެ. “ފެނުނީ ދަންޖެހިފަ އޮއްވާ! އެކަމު ދޮންތަބެ އަކަށް ހިއެއްނުވޭ އެއީ ހަގީގަތެއް ހެނެއް!” ލައިޝް ބުންޏެވެ. “ބައްޕަ ކިތައްފަހަރު ބުނަންވީ؟ ލައިޝްވެސް ހުރިންދޯ އެތާ! ނުފެނުނީތަ އަޅެ ނާޔާ ދަންޖެހިފަ އޮއްވާ؟” ކޮޓަރިއަށް ވަންނަމުން އަހުމަދު ބުންޏެވެ. “އެކުދިންނަށް ތިކިޔައިދެނީ ކޯއްޗެއް؟ ބައްޕަ އުއްމީދެއް ނުކުރަން ލައިޝްގެ ފަރާތުން މިކަހަލަ ކަމެއް!” “ބައްޕާ؟ ތީ ބައްޕަތަ […]
“ދޮންބޭ… ކިހިނެއްތަ ދޮންބެދައްތައަށް ވީ؟” ޝަބާނާ އެހިއެވެ. ލައިޝް ފުން ނޭވާއެއްލައިފައި ކަންހިނގި ގޮތް ފެށިގެން ނިމެންދެން ކިޔައިދިނެވެ. …………………………………………………”މަންމާ! މި ވަންނަނީ ފެންވަރާލަން ހިނގޭ!” ނާޔާ އޭނާގެ މަންމަ ގާތު ބުނެފައި ކޮޓަރިއަށް ވަނެވެ. “ނާޔާ.. ދަރިފުޅާ ނާޔާ… އާދެބަލަ މާމައާ އެކު ފިހާރައަށް ދާން!” އިރުކޮޅެއް ފަހުން ސަކީނާ ނާޔާއަށް ގޮވިއެވެ. “މަންމާ… ނާޔާ ވަނީ ފެންވަރަން ވަދެ” އައިންތު ސަކީނާ ގާތު ބުންޏެވެ. “މިހާރު ކޮންއިރެއް ފާހަނައަށް ވަދެ އުޅޭތާ” ސަކީނާ ސޯފާގައި […]