ސުކޫލު ނިމިގެން ގެއަށް ދިއުމަށްޓަކައި ޒާރާ މަގުމައްޗަށް ނުކުތެވެ. ދިއްލާފައިވާ ރަތްދަކަ އަވިން ސަލާމަތްވުމަށްޓަކައި ގަސްގަހުގެ ހިޔަލުން ހިނގޭތޯ އޭނަ ބެލިއެވެ. ވެފައި ހުރި ވަރުބަލިކަމާއި ބަނޑުހައި ހޫނުކަން އިހުސާސް ކުރެވޭ ކޮންމެފަހަރަކު ޒާރާ އޭނަގެ ހިނގުން ބާރުކޮށްލައެވެ. ފޮތްދަބަސް ހިފައިގެން ގޭދޮށަށް އާދެވުމާއިއެކު ޒާރާ ދިޔައީ ސިއްސައިގެންނެވެ. މުޅި ގޭދޮށް ވަނީ މީހުންތައް އެއްވެ ތޮށްޖެހިފައެވެ. އިނގިލި ކުރި ޖައްސައިލާނެހާ ތަންކޮޅެއްވެސް ނެތެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމާއި ބިރުވެރިކަމެވެ. އެންމެންގެ ތެރެއިން […]
މިއަދު މި ދުނިޔެ އަޅުގަނޑުމެންނަށް އެދި ގޮވަނީ އެހީއަށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި މި ނިއުމަތަށް (ދުނިޔެއަށް) އަޅުގަނޑުމެން އިހާނެތިވެވެނީ ކީއްވެހެއްޔެވެ؟ ފެން ކައްކާ ބޮލީގެ އިއްޒަތް ފަދައެވެ. ތިމާވެށީގެ ބޭނުން ޖެހުނީމައި އެއަށް އިހްތިރާމް ކޮށްފައި، ބޭނުން ނިމުމުން ކޮޅުފައިން ޖަހައި އެއްލާލަނީއެވެ. ލޯހިންގާލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ މި މަންޒަރެވެ. މިއަދު މިއީ ތިމާވެށީގެ ދުވަހެވެ. ކޮންމެ ޤައުމަކުންވެސް ބަލަނީ އެޤައުމަކުން ފާހަގަކުރެވޭ އެންމެ ކުލަގަދަކޮށް މިދުސް ފާހަގަ ކުރެވޭތޯއެވެ. ނަމަވެސް މިދުވަސް […]
ރިސެޕްޝަން ތެރެއިންލައިފައި އަހަރެން މިސްރާބުޖެހީ ލިފްޓަށް އަރަންދިއުމަށެވެ. ރިސެޕްޝަންގައި ލައިފައި ހުރި މަޑު އަޅިކުލައާއި އެލުވައިފައި ހުރި “އެއަރ ޕްލާންޓު”ތަކުން އެތަނުގެ ހިތްގައިމުކަން އިތުރުވެގެންދެއެވެ. އަދި އެތާ ބަހައްޓައިފައި ހުރި ޒަމާނީ ފަރުނީޗަރުތަކުން އެތަން އިތުރަށް ފުރިހަމަކުރުވައެވެ. ލިފްޓަށް އަރައިފައި އަހަރެން ދާންވީ މަންޒިލުގެ ނަމްބަރަށް އޮބާލީމެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުމުން އަހަންނަށް ފެނިގެންދިޔައީ އުފާވެރި މާހައުލެކެވެ. މަޑުހިނގުމެއްގައި ހިނގަމުންދިޔައިރު އަހަންނަށް ފާހަގަވީ މުއައްޒަފުންގެ އެކުވެރިކަމެވެ. އެމީހުންގެ މޫނުމަތިންފެންނަ ހިނިތުންވުމެވެ. ބިއްލޫރި ދޮރު އެތެރެއަށް […]
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ. އައު ދުވަހަކަށް ދުނިޔެ މަރުހަބާކީ ޔުމްނާގެ މަންމަ އޭނައަށް ގޮވަން އޮއްވައެވެ. “ދަރިފުޅާ… ދަރިފުޅާ ތި ތެދުވެބަލަ! މިހާރު އެއޮށް ދާ ގަޑި ޖެހެނީ… މިހާރު އެންމެން ތިބޭނީ ބަނދަރުގަ!” މަންމަ ބުންޏެވެ. “ކޮންތާކަށް ދާން؟” އަށް އަހަރުގެ ޔުމްނާ ކުރީ ސުވާލެވެ. “ސުބުހާﷲ! އެހާ އަވަހަށް ހަނދާން ނެތުނީތަ؟ އަމްބަރާއަށް ދަތުރު ދާކަންނު މިއުޅެނީ… […]
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުން މުޅި ފަޒާ ޖަރީ ކޮށްލިއެވެ. ދަންވަރުގެ ހަމަހިމޭންވަގުތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މުޅިރަށަށް ފެތުރިފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. އެވަގުތުކިތަންމެ ހިތްގައިމުކަމުގައިވިޔަސް ބަދިގޭގެ ބޭރު ދޮރު ކައިރީ އިން ކުޑަކުޑަ އަޔާން ގިސްލަގިސްލައިފައި ރޮނީއެވެ. އެއީ އޭނަގެ އާދައެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނަށް ހިތްފުރައި ރޮއެލެވެނީވެސް އެވަގުތުގައެވެ. […]
ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެންއުޅޭ ނާޒުކު ވަގުތުތަކަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ޖޯޝުން އެހެން ބޮޑެތި އާބާދީ ޤައުމުތަކަށް ނަމޫނާ ދައްކުވައިދޭންޖެހޭފަދަ ވަގުތެކެވެ. އިސްލާމް ދީނުގައި އޮންނަ ސާފުތާހިރުކަމަށް ދެއްވައިފައިވާ އަހައްމިޔަތުކަން އެހެން އެންމެނަށް ދައްކުވައިދޭން ޖެހޭ ވަގުތެކެވެ. އިހު ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އުސޫލުތަކާއި އެކުވެރިކަން ދައްކުވައިދޭން ޖެހޭވަގުތެވެ. ނަމަވެސް ހާލަތުގެ ގޮތުން މި އެކުވެރިކަމާއި އެއްބައިވަންތަކަން މިފަހަރު ދެއްކޭނީ އެކަކު އަނެކަކާ ދުރު ހުރެގެންނެވެ. މިއެކުރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންނަށް އެބަ ދެއްކޭ […]