“އަހަރެން ދެކުނީމޭ އެގެއިން ފިރިހެނަކު ނުކުންނަނިކޮށް! ޔޫޝައުއަށްވެސް އެނގޭނެ އެގެއަކު މިވަގުތު ލަމްނާ ފިޔަވައި އެހެން މީހަކު ނޫޅޭކަން! މިއަދު ޔޫޝައު ގާތު އަހަރެން އެހީމެންނު އެގެއިން މީހަކު ނުކުތްތަން ފެނުނުހޭ… އެއީ އެހެންވެގެން އެހި އެއްޗެއް! އަހަންނަށް އެމީހަ ފެނިއްޖެއްޔާ އެނގޭނެ އެއީ ކާކުކަން! އަހަންނަކަށް އެމީހަ ނަމެއް ނޭނގޭ! އަހަރެން ގޮވައިގެން މާދަމާ ބޭރަށް ހިނގާބަލަ… އޭރަށް އެމީހަ ފެނިއްޖިއްޔާ އަހަރެން ދައްކާނަން!” ރީމް ބުންޏެވެ. ރީމް ބުނި ވާހަކަތަކުން ޔޫޝައުގެ އަނގައިގައި ތަޅެއް […]
ވަގުތު އޭގެ ހަލުވި މިނުގައި ގޮސް ރޭނގަޑު އަށްގަޑި ބައިވަނީއެވެ. އެވަގުތު އެންމެންވެސް ކައި ނިންމައިގެން ލަމްނާ އައުމުގެ އިންތިޒާރުގައި ތިއްބެވެ. މަރިޔަމްއަށް އުފަލުން އެއްތާކު ހުރެވެނީކީއެއްވެސް ނޫނެވެ. ޔޫޝައުގެ އެދުމުގެ މަތިން ލަމްނާއަށް އެންމެ މީރު މެގްނަމް ޕުޑިންގ ހުރީ ތައްޔާރު ކޮށްފައެވެ. އެންމެންވެސް ތިބީ ލަމްނާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ތިއްބައި ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މަރިޔަމްއާއި ޔޫޝައު ބަދިގޭގައި ތިބެފައި ސިޓިންރޫމަށް ހިނގައިގަތެވެ. މަރިޔަމް ދިޔަ ގޮތައްގޮސް ގޭ ދޮރު ހުޅުވިއެވެ. […]
“އޭ! އެކެއްވެސް މިވާހަކަ އެކެއް ގާތުވެސް ނުދައްކާތި! އަދި އަހަރުމެނަކަށްވެސް ޔަގީނެއް ނޫން!” ރީމް އެނދުމަތިން ތެދުވަމުން ބުނެލިއެވެ. “އޯކޭ!” ޒިއުނީ ބުންޏެވެ. ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާގެއަށް ދާން ހިނގައިގަތެވެ. އޭރު ގޭއެންމެންވެސް ކާން ތައްޔާރުވެގެން ތިއްބެވެ. ރީމްމެން އިށީނދުމާއި އެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ. “މަންމާ… މިރޭ ސަޕްރައިޒާއި ބެހޭ ގޮތުން އެއްޗެއް ބުނެލަންތަ؟” ޔޫޝައު މަރިޔަމް ގާތު އެހިއެވެ. “ބުނެބަލަ!” މަރިޔަމް ބަތް ސުވައެއް އަނގަޔަށް ލަމުން ބުނެލިއެވެ. […]
“ފޮޓޯ އެއް ޕޯސްޓް ކޮށްލީއެންނު! އެވަރު ކަމެއްތަ؟” ނާއިފް ވަރަށް ނޫންކަމަށް ހަދައިފައި ބުނެލިއެވެ. “ބަލަ… އަހަރެން ބުނާ ގޮތް ހެދީމަ މި ފޮޓޯ ރިއަލިޓީއަށް ބަދަލުވެދާނެ… މި ބުނީ މަ ކެޕްޝަންގަ ލިޔެފަ އިން އެތި ވާހަކަ…މިރޭ ބުނެބަލަ ލަމްނާ ގާތު ޔޫޝައު އޭނަ ދެކެ ލޯބިވާ ވާހަކަ! ތިހާ ލަދުން އުޅެގެން އެންމެފަހުން އޮންނާނީ ކަމެއް ނުވެފަ! ބީ އަ މޭން ބުރޯ!” ޔޫޝައުގެ ކޮނޑުމަތީގައި ޖަހައިލަމުން ނާއިފް ބުނެލިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ތަންދެމުން […]
ޔޫޝައު ކޮޓަރިއަށް ވަދެ ދިޔަ ގޮތައްގޮސް އެނދަށް ޖެހިގަތެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރީގައި ހުރި ބޮޑު ކުޑަ ދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލިން ކޮޓަރީގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އޮށޯވެގެން އޮތް “ކުވީން” ސައިޒުގެ އެނދުގެ އެއްފަރާތުގައި ކުޑަވަރެއްގެ ކަބަޑެއް ބަހައްޓައިފައި ހުއްޓެވެ. އަދި އެ ކަބަޑު މަތީގައި “ލޭމްޕް” އަކާއި ޔޫޝާއުގެ އަވި އައިނު ބާއްވައިފައި އޮތެވެ. ކޮޓަރީގައި ލައިފައި ހުރި “ކްރީމް” ކުލައާއި ބެޑްރޫމް ސެޓު ވަރަށް ގުޅެއެވެ. ބަންޑުން އޮށޯވެލަމުން ޔޫޝައު […]
“ރީމް… އެބަ އަންނަން މިގެއަށް ވަދެލާފަ އިނގޭ… ރީމްވެސް އަންނަންވީނު؟” ޔޫޝައު ރީމް ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ. “ޔޫޝައު ވަދޭ! އަހަރެން މި ޖޯލީގަ އިށީނދެލައިގެން އިންނާނަން! ބައި ދަ ވޭ… ކާކުގެ ގެއެއްތަ އެއީ؟” ރީމް އެހިއެވެ. “އެއީ… މައި ލަވްގެ!” އެގެއާއި ދިމާލަށް ހިނގައިގަންނަމުން ޔޫޝައު ބުނެލިއެވެ. ރީމް ހެވިފައި ހުރެ ދެފަރާތައް ބޯހޫރުވަމުން ޖޯލީގައި އިށީނދެލިއެވެ. އެހެން އިންދައި ރީމްގެ ލޮލަށް އަޅައިގަތީ އެގެއިން ނުކުތް ފިރިހެނަކަށެވެ. އޭނާވެސް ރީމް ފެނިފައި ސިއްސައިގެންދިޔަ […]
ފަތިސް ނަމާދުގެ އަޑާއި އެކު ރީމްއަށް ހޭލެވުނެވެ. އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް ނަމާދު ކޮށްލައިގެން ރީމް ކޮޓަރިން ނުކުތީ އިރުއަރާ މަންޒަރު ބަލައިލުމުގެ އިތުރަށް ސިކުނޑިއަށް ތާޒާކަން ލިއްބައިދިނުމަށެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސަކާއި ކަޅުބުރުގަލެއް އަޅައިގެން ރީމް ގެއިން ނުކުތެވެ. “އިރު އޮއްސެނީ އަތިރިއާ ވީފަޅިން ވެއްޖިއްޔާ… އިރު އަރާނީ… އަމްމް… މިދިމާލުން!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. މަޑު ހިނގުމެއްގައި ރީމް ދިޔައީ ރަށު ފުޓުބޯޅަ ދަނޑާއި […]
“އައިނާވެސް އެ އުޅެނީ މީހަކާއި އިންނަން… ދެން ރީމް މިހަކާއި އިންނަނީ ކޮން އިރަކުން؟” މަރިޔަމް ގެ ސުވާލުން ރީމްގެ އިތުރުން އައިނާއާއި ހުދާއާއި ޒިއުނީގެވެސް މޫނުމަތީ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ރީމް އަނގަޔަށް ލާން އުޅުނު ބޯކިބާ ކޮޅު ތައްޓަށްލައިފައި އިސްޖަހައިލިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ހިފަހައްޓައިލެވޭތޯ ރީމް ވަރަށް މަސައްކަތް ކުރިއެވެ. ދެއަތް ދެއަތާ މޮޑެމުން ރީމް ބެލީ އެނާގެ މޫނުމަތީގައިވާ ކުލަވަރު އެކަކަށްވެސް ނުދެއްކުމަށެވެ. ހަދާނެ ގޮތެއް ނޭނގިފައި […]
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުގައި ފޮށި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ ޑިސައިނަށް […]