Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން- 11 ވަނަބައި

SomeOne Level 210 Stories
April 23, 2023 7 Mins Read
2 Comments

“އިޒް ޔުއަރ ބްރޯ އޯލްވޭސް ލައިކް ދިސް؟” ޒިވިއަލް ދިޔުމުން އަހަރެން ޒިލާލްއާއި ސުވާލުކޮށްލީމެވެ.

” ނޮޓް ރިއަލީ. ޢާންމުކޮށް މާ ކަންކަމާ ބެހޭ ބަސްކިޔާ މީހެއް ނޫން އެއީ. ޔެސް.. ބުނަން ބޭނުން އެއްޗެއް ބުނެލާފަ ދާނީ… އެކަމަކު ސަމްތިން އިޒް ނޮޓް ރައިޓް. ނޭނގެ. ވެދާނެ އީމް ޕްރެގް ވީމަކަމަށް. މިއަދު ޝިޒާން އައިސް ހުރިތަން ފެނުނީކަން ޔަޤީން”

ޒިވިއަލްގެ ޢަމަލުތައް ހުންނަ ގޮތުން އޭގެން ދޭހަކުރަން ވީ މާނައެއް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. ސިކުނޑި ވިސްނައިދެމުންދަނީ އެއީ ހަމަ އަހަރެން އެކަނިވީމަ އިހްސާންތެރިވުންކަމުގައެވެ. އެކަމަކު އަހަރެންގެ ހިތް ބުނަމުން ދަނީ ޒިވިއަލް ގެ ހިތުން އަހަރެންނަށް މަޤާމެއް ދެވިފައިވާކަމުގައެވެ. ކޮންމެ ގޮތަކުންވިއަސް އަހަރެން ޒިވިއަލް އާއި ދޭތެރޭ ދެކޭ ގޮތް ބަދަލުކުރާކަށް ބޭނުމެއް ނުވެއެވެ. ވަގުތުކޮޅަކަށް އަހަރެންގެ ހިތް ކަސިޔާރުވާން އުޅުނު ނަމަވެސް، އަހަރެން ގެ ހިތް އޭގެ މަޤާމަށް އަނބުރާ ރުޖޫޢަކޮށްފީމެވެ. އަހަރެންގެ ފެންވަރާއި ހައިސިއްޔަތު އެހާ އަވަހަށް އޮޅި ލިބިފައި މިވާ ކުޑަ ކުޑަ އާއިލާވެސް ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޒިވިއަލް އަކީ ހަމަ އަހަރެންގެ ބޭބެއެއްފަދަ މީހެކެވެ! އާނއެކެވެ! އެގޮތަށް އަހަރެންގެ ހިތަށް ވިސްނައިދޭނަމެވެ.

ހަފްތާ ނިމިގެން ދިޔައިރު ކޮންމެ ދުވަހަކުމެ ޝިޒާން އަހަރެން އޮފީހަށް ދާން ނުކުންނަ ގަޑީގައާއި އޮފީސް ނިންމާފަ ނުކުންނަ ގަޑީގައި ސައިކަލުގައި އައިސް އިންނަތަންފެނެއެވެ. ނަމަވެސް އަހަރެން ގެއިން ނުކުންނަނީ ކާރުގައިކަމުން ޝިޒާންއާއި ކުރިމަތިލާކަށް ނުޖެހެއެވެ. ޒިލާލް އަހަރެން ބަލާ އައިސް ގުޅަނީވެސް އޮފީސް ދޮރުމަތީގައި އޮވެފައިކަމުން އޮފީހުންނުކުންނަ ގޮތަށް އަރަނީ ކާރަށެވެ. ބައެއް ފަހަރު އަހަރެންނެކޭ ހޮލީވުޑު ނޫނީ ބޮލީވުޑުގެ ސެލެބްރިޓީއެކޭ ތަފާތެއް ނެތޭ ހިތަށް އަރައެވެ.އެ މީހުންވެސް ދުނިޔޭގެ ލޯތަކަށް ފިލުމަށް އުޅެނީ ހަމަ މިހެން ނޫންހެއްޔެވެ.

ކޮންމެއަކަސް ހަފްތާ ނިމި ހުކުރު ދުވަސްވެސް ކުރިމަތިލައިފިއެވެ. ހުކުރު ދުވަހަކީ ހައްވައްތައަށް ޗުއްޓީ ދުވަހެއްކަމުން އެދުވަހު ކެއްކުމުގެ ކަންކަން ކުރަނީ ގިނައިން ޒިލާލްއެވެ. ޒިވިއަލްވެސް ރަށުގައި ހުންނަ ދުވަހެއް ނަމަ ޒިލާލް އާއިއެކު ބަދިގޭގައި އުޅެއެވެ. ޝިފާވެސް ބައެއް ހުކުރު ދުވަސް ދުވަހު ގޭގައި އައިސް އުޅެއެވެ.ބަދިގޭގެ އެއްވެސް ކަމެއް ކުރުމަށް ކައިރިވިޔަ ނުދިން ނަމަވެސް އަހަރެންވެސް ނުކުމެ ބަދިގޭގައި އެނބުރެމެވެ. ބައެއް ފަހަރު ކައްކާ ވަސްޖެހުމުން ހޮޑުލެވެން ފަށައިފިނަމަ ކޮޓަރިން  ނުނިކުމެވެސް އޮންނަމެވެ.

ނަމަވެސް މި ހުކުރު ފެށުނީވެސް އެހެން ހުކުރުތަކާއި ތަފާތުކޮށެވެ. އަހަރެންނަށް ހޭލެވުނީވެސް ފަތިހު ޒިލާލް އައިސް ކޮޓަރީގައި ޓަކި ދިނުމުންނެވެ.

” އީމް! ހޭލާ! ވީ އަރ ގޮއިން ސަން ރައިސް ބަލާލަން ހުޅުމާލެއަށް ބުރު ޖަހާލަން. ނިންމާފަ ބްރޭކްފާސްޓަށް ގޮސްފަ އަންނާނީ”  އަހަރެން ހޫމް އަޅުވާލުމުން ހެނދުނުގެ ޕްލޭން ޒިލާލް ކިއާދިނެވެ.

ފެންވަރާލައިގެން ނަމާދުކޮށްލައިގެން ބޭރަށް ނުކުތް އިރު ޒިލާލް އަހަރެންގެ އިންތިޒާރުގަ ބޭރުގައި އިނެވެ.

“ކޮންކަމެއް ލައިގަނެގެން ބޮޑު ފަތިހާ ބޭރަށް ދާން ތިއުޅެނީ” އަހަރެން ނުކުމެ ފައިވާނަށް އަރަމުން ސުވާލުކޮށްލީމެވެ.

” ކާރު ލިބުނީމަ އެއްނު” ގޮނޑިން ތެދުވަމުން ފޮނި ގޮތަކަށް ޒިލާލް ބުނެލިއެވެ.

” ދެން މިއޮއްހާ ދުހު ކާރު ނުދުއްވަނީ ކީއްވެތަ؟” ކާރެއް އޮވެމެ ކާރު ނުދުއްވަނީ ކިއްވެބާއޭ ކުރިންވެސް އަހަރެން ހިތަށް އެރިއެވެ.

“ހުޅުމާލޭގައޭ އޮތީ.. ބައްޕަމެން ދިޔަ ފަހުން ބޮޑު ކަވަރު އަޅުވާފަ އޮތީ. ދެމީހުން ސައިކަލްގަ އުޅޭތީ.. ދެން އަހަރެން މާ ބާރަށް ކާރު ދުއްވަފާނެތީ ” ޒިލާލް ހޭންފެށިއެވެ.

ދެ މީހުން ވާހަކަ ދައްކަމުން ތިރިއަށް ފޭބިއިރު ޒިވިއަލް ކާރު ސްޓާޓް ކޮށްގެން އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ.

” ދޮންބެވެސް ދޭތަ؟ ގެޓް ރެޑީ ފޯ އަ ލެކްޗަރ” ސިއްރު ސިއްރުން އަހަރެން ޒިލާލް ކަންފަތް ދޮށުގައި އެހެން ބުނެލުމާއި އެކު ޒިލާލް އަނެއްކާވެސް ހޭން ފެށިއެވެ.

“އީމް އަރާ ކުރީ ސީޓަށް ކޮމްފޮޓަބަލް ވާނެ. މަށާ ޝިފާއާ ދެމީހުންނަށް ފަހަތު ސީޓް……. ޕްލީޒް” ރާގު ލާފައި ޒިލާލް އެހެން ބުލެނި ގޮތުން އަހަރެންވެސް ހިނިއައެވެ. އެއާއިއެކު ފަހަތު ސީޓުގެ ދޮރު ލައްޕާލުމަށްފަހު ކުރީ ސީޓަށް އަރައި ހަމަޖެހެލީމެވެ.

ޝިފާމެންގޭ ކައިރިއަށް ގޮސް ޝިފާ ނަގައިގެން ކާރުގެ މިސްރާބު ސީދާ ހުރީ ހުޅުމާލެ ފޭސް 2 އަށެވެ. ޝިފާ އާއި ޒިލާލް  ފަހަތު ސީޓުގައި މާ ފޮޅުވަމުން ދިޔައިރު އަހަރެންނާއި ޒިވިއަލްއާއި ދެމެދު ވީ ހަމަ ހިމޭންކަމެވެ. އެ ހަމަ ހިމޭންކަން ފޫ އަޅުވާލީ ޒިވިއަލް ޖަހާލި ލަވައަކުންނެވެ.

” ހެޔޮ ހާލުގާ ކަލާ ތިހެން.. ހިނިތުން ވެފާ ހުރޭ…”

“ސާދާ ލޮލާ ދެ ތުންފަތާ.. ފެނުނަސް މިހިތް ފުރޭ”

އަލީ ރަމީޒު ލަވައާއި މިޔުޒިކްގެ އުޑުގެ އެންމެ އުހުގައި ފިޔަޖަހަމުން އައި ދުވަސްވަރު ކިޔާފައިވާ އެ ލަވައަކީ އަހަރެންނަށް ވެސް އެންމެ ރީތި ދިވެހި ލަވައެވެ. އަހަރެންނަށް އިހްސާސްކުރެވުނީ އެއީ ޒިވިއަލް ސީދާ އަހަރެންނަށް ޖަހާލަދިން ލަވައެއްހެންނެވެ. ދެފަހަރަކު ވަށްކަޅިން ޒިވިއަލްއާއި ދިމާއަށް ބަލާލީމެވެ. އަހަރެން ހީކުރީ ރޮމޭންޓިކް ފިލްމްތަކުގައި ވާހެން ޒިވިއަލް އިންނާނީ އަހަރެންނާ ދިމާއަށް ބަލަންކަމަށެވެ. ނަމަވެސް ޒިވިއަލް އިނީ ސީދާ މަގަށް ބަލަހައްޓައިގެންނެވެ. ކުރެވުނު ކުށްހީއިން އަހަރެންވެސް ލަދުގަތެވެ.

އާދައިގެ ދުވެއްޔެއްގައި ކާރުގޮސް ފޭސް ޓޫގެ އާބާދުނުކޮށް އޮތް ސަރަހައްދުގައި މަޑުކޮށްލުމަށްފަހު އެންމެން ކާރުން ފޭބީ އިރު އަރާމަންޒަރު ރީއްޗަށް ބަލާލުމަށެވެ. އޭރު އިރު އަރަން ކައިރިވެފައި ވުމާއިއެކު އުޑުމަތިވަނީ ތަފާތު އެކި ކުލަތަކުން ޖަރީކޮށްފައެވެ.އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އިރުގެ ދޯދިތަކުން ކަނޑާއި އުޑުމަށްޗަށް ގެނުވާފައިވާ ރަންކުލައިގެ ވިދާ ބެބުޅުންތަކެވެ. ޖައްވުގައި އެކުލެވިފައިވާ ފިނިކަމާއިއެކު ބައެއް ފަހަރު ގައިން ހީބިހި ނަގައެވެ. އިރުއަރާ މަންޒަރަށް ގެއްލިފައި އިން އިރު އަހަރެންގެ ލޯ ކުރިމައްޗަށް ސިފަ ވަމުންދިޔައީ އަހަރެންގެ ދިރިއުޅުން ބަދަލުވަމުން އައި ގޮތެވެ. ޝިޒާންއާއި ދިމާވި ހިސާބުން ވަކި ވުމާއި ހަމައަށް ލިބުނު ލޯތްބާ އަޅާލުމެވެ. ތަހައްމަލުކުރި ހިތްދަތިކަމާއި ވޭންތަކެވެ. ނަމަވެސް މި މަންޒަރުން ހިތަށް އާ އުންމީދެއް ލިބުނު ކަހަލައެވެ. ދިރި އުޅުމައިގެން ކުރިއަށް ދިޔުމަށެވެ. ވެ ދިޔަކަންކަން ހަނދާން ނައްތާލުމަށްފަހު ލިބެން އުޅޭ ދަރިފުޅާއިއެކު އާ ހަޔާތެއްގެ ބިންގާ އެޅުމަށެވެ. އަހަރެންނަކީ ކިއަވައިގެން ހުރި މަތީ ވަޒީފާއެއްގައި އުޅޭ މީހެކެވެ.އިތުރު މަސައްކަތާއިއެކު އަހަރެންނަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ދަރިފުޅަށް ހޯދައިދެވިދާނެއެވެ. ހުރިހާވެސް އެއްޗަކީ އުންމީދެވެ. ހިތްވަރެވެ. އަހަރެންގެ ދަރިފުޅަށްޓަކައިވެސް ހިތްވަރު ކުރާނަމެވެ.

ޚިޔާލުތަކަށް ގެއްލިފައި އިނދެވުނުއިރު އަހަރެންނާއި ދިމާއަށް އިތުރު މީހެއްގެ ނަޒަރު ހުއްޓިފައިވާކަމެއް ނޭނގެއެވެ. ދުރުގައި ހުރެގެން ކަޅިޖަހާނުލައި ޒިވިއަލް އަހަރެންނާއި ދިމާއަށް ބަލަމުންދިޔައި އިރު އެހިތަށް އަރާފައިބަމުންދިޔަ އެއްޗެއް އެނގޭނީ ހަމަ ޒިވިއަލްއަށެވެ. ޒިވިއަލް ބަލާކަން ކުޑަކޮށްވެސް ރޭކާލީ ފަހަތުން ޒިލާލްގެ އަޑު އިވުމުންނެވެ.

“އޭ ކޯންޗަކަށް ގެއްލިފަ ތިހިރީ؟ އީމް ނުވެއްޓޭނެޔޭ” އަހަރެން ފަހަތަށް ބަލާލިއިރު، ކާރުގައި ލެނގިލައިގެން އަހަރެންނާ ކުރިމަތިވާގޮތަށް ހުރުމަށްފަހު ޒިވިއަލް އަވަސް އަވަހަށް ކާރު ކައިރިން ދުރަށް ދަނީއެވެ.

“އޭ ހިނގާދާން. ބަނޑު ހައިވެއްޖެ. ބޭބީ ކޮޅުވެސް ބަނޑުހައިވެފަ މިހާރު އޮންނާނީ އީމް” ޝިފާ ގޮވާލީ އަހަރެންނަށެވެ.

އަހަރެން އިންތަނުން ތެދުވެގެން ކާރާއި ދިމާއަށް ހިނގައިގަތީ ގިނަ ގިނައިން މިހެން އިރުއަރާމަންޒަރު ބަލާލަން އައުމަށް އުންމީދުކުރަމުންނެވެ. ހިތަށް ލިބިދޭ ފިނިކަމާއި އެ މަންޒަރުން ލިބިދިން ހިތްވަރުންނެވެ.

“އީމް ކޮންކަހަލަ ބޭބީ އެއްކަން އެނގިއްޖެތަ؟” ކާރަށް އަރައި ދުއްވާލުމާއިއެކު ޒިލާލް އަހާލިއެވެ.

“ނޫން. ނެކްސްޓް މަންތުގަ އިންނަ ސްކޭންއިން ބޮޑަށް އެނގޭނީ…” އަހަރެން ޖަވާބު ދިނީމެވެ.

” މިހާރު އެބަޖެހޭ ބޭބީއަށް ނިކް ނޭމްއެއް ހަދަން” ދެންވެސް ވާހަކަ ދެއްކީ ޒިލާލްއެވެ.

“ޖެންޑަރ އެނގުނީމައެއްނު ނަމެއް ކިއޭނީ” މި ފަހަރު ވާހަކަ ދެއްކީ ޝިފާއެވެ.

” ޔުނިސެކްސް ނަމަކޭ….އީމް އަށް އަލްފަބެޓް އިން ރީތީ ކޮން އަކުރެއް؟”

“ހުރިހާ އަކުރެއްވެސް ރީތި. ޒިލާ ބޭނުން އަކުރެއް މި ފަހަރު ޗޫޒް ކުރޭ” ޒިލާލް ބޭނުންނަމަކުން އަހަރެންގެ ދަރިފުޅަށް ލޯބިން ގޮވުމަށް އަހަރެން އިއުތިރާޒެއް ނުކުރާނަމެވެ.

” ޒިލާ އަށް ރީތިވާނީ ޒެޑް ދޯ… ސޯ ތީ ބޭބީ ޒީ.. ޒީ އިން ދަ ސެންސް ބޭބީ ޒެޑް.. އެކަމަކު އޭރުން ދެން އީމް ކިއަން ޖެހޭނީ ޒެޑްއަކުން ފެށޭނަމެއް އެނގޭ”

“މައްސަލައެއް ނޯންނާނެ. ބޭބީގެ އަންކަލް ބޭނުން އަކުރަކުން ނަން ކިއާނީ..” އަހަރެން ހީލީމެވެ.

” ބޯއީ އެއްވެއްޖެއްޔާ ޒެޑް ގޭންގް ހަދާނީ… ޒިލާ.. ޒިވިއަލް އެންޑް ބޭބީ ޒެޑް.. ލޭޓަސްޓް އެޑިޝަން ޓު ޒީ ބްރޯސް” އަހަރެންގެ ދަރިފުޅާއި މެދު ޒިލާލް ދެކޭ ގާތްކަމާއިމެދު އަހަރެން ނުހަނު އުފާކުރަމެވެ.

” ވާނެ ފިލްމެއްވެސް ހަދަން އެނގޭ.. 3 ޒީ ނޫނީ ބޭބީ ޒީ އެންޑް ދި އަންކަލްސް. ބޭބީސް ޑޭ އައުޓް ކަހަލަ ފިލްމެއް” ޝިފާ ޒިލާލް އާއި ދިމާކޮށްލިއެވެ.

އަހަރެމެން ތިން މީހުން އެކި ވާހަކަ ދައްކަމުން އައިއިރުވެސް ޒިވިއަލް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކާރު ސީހައުސް ކައިރިއަށް މަޑުކޮށްލުމުން އަހަރެމެން ތިންމީހުން ފޭބީމެވެ. އެއާއިއެކު ޒިވިއަލް ނައްޓާލީ ކާރު ޕާކުކޮށްފައި އަންނަނީ ކަމުގައި ބުނަމުންނެވެ. އަހަރެމެން ތިން މީހުންއެކީ އެތެރެއަށް ވަނުމަށް ހިނގައިގަތީމެވެ. ކޮންމެވެސް ވަރަކަށް މީހުން އޭރުވެސް ސައިބުއިމުގައި މައްސޫލުވެގެން ތިއްބެވެ. ހުކުރު ދުވަސްދުވަހަކީ ޢާންމުކޮށްވެސް ސީހައުސް އަށް ބާރުބޮޑު ދުވަހެއް ކަމުން އަހަރެމެން އަވަހަށް މޭޒެއް ހޯދައި އިށީނދެލީ ލަސް ވާވަރަކަށް މީހުން ގިނަވަމުން ދާނެތީއެވެ. ޒިލާލް މޭޒު ކައިރީ މަޑުކޮށްލުމަށް އަހަރެންނާއި ޝިފާ ގޮސް ބުފޭއިން ކާވަރަށް ތަށްޓަށް އެއްޗެހި އަޅައިގެން އައިސް އިށީނދެލީމެވެ. އެވަގުތު ޒިވިއަލްވެސް އައިސް މޭޒު ކައިރީ ހުއްޓެނީއެވެ.

” ޕިސް ޕިސް ޕިސް…..އެންމެ 2 ރޮށްޓާ މަސްހުނި ކޮޅަކާ އެއޮއްބޮޑު ބުފޭއިން އީމްއަށް ފެނުނީ؟” އަހަރެންގެ ތަށްޓަށް ބަލާލުމަށްފަހު ޒިލާލްއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“ހުސް ވީމަ އަޅާނަން..” އަހަރެން މަދުން ތަށްޓަށް އެއްޗެހި އެޅީ ހޮޑުލެވިދާނެ ކަމުގެ ބިރަށެވެ.

ޒިލާލް އާއި ޒިވިއަލް ކާތަކެތި އަޅަން ދިޔުމުން އަހަރެންނާއި ޝިފާ އިށީނދެކާން ފެށީމެވެ. ދެވަނަ ރޮށިކޮޅި އަނގައަށްލުމަށް ތައްޔާރުވި ވަގުތު ހުއްޓުންއެރީ ކުރިމަތިން ޝިޒާން އާއި ރޭޒަލް އަދި ޝިޒާންގެ އަންހެން ކޮއްކޮ ފެނުމުންނެވެ. ޝިޒާންގެ އަތުގަ ހިފާލައިގެން ރޭޒަލް ހުރި އިރު ކޮންމެވެސް ވާހަކައެއް ދައްކަމުން ޝިޒާންގެ ކޮއްކޮއާއި ދެމީހުން ހެނީއެވެ.ޝިޒާން އާއި އިނދެގެން އުޅުނު އިރު ދެދުވަހަކު ރޭޒަލް ފެނުނުނަމަވެސް މާބޮޑަކަށް އޭނާގެ ސިފައެއް ހަނދާނެއް ނެތެވެ. އެހެންކަމުން ރޭޒަލް އާއި ދިމާއަށް ބަލާލީމެވެ. އިސްކޮޅުން ކުރުނަމަވެސް އިސްކޮޅާއި އެއްވަރަށް ހެދި ހުރި ރީތި ހަށިގަނޑެކެވެ. ކުރުކޮށް ކޮށާ ރަންކުލަ ޖައްސާލާފައިވާ ފަން އިސްތަށިގަނޑެކެވެ. ގަޔަށް ބާރު ކްރޮޕް ޓޮޕަކާއިއެކު ލޫސް ޖީންސްއެއް ލާ އުސްފައިވާނަކަށް އަރާލާފައިވާއިރު މޫނުމަތީގައިވާ މޭކަޕުން ރޭޒަލްގެ ރީތިކަން އިތުރުކޮށްދެއެވެ. ރޭޒަލް އަށް ބަލާލާ ކޮންމެ މީހަކަށްވެސް ފެޝަނާއި ޒަމާނީ ހެދުން އެޅުމުގެ ރީތި ވަށްޓަފާޅި ކިތަންމެހައިވެސް ރީއްޗަށް ސާފުވާނެއެވެ.

އެމީހުން އެ އައި ގޮތަށް އިށީނީ އަހަރެމެން ކުރިމަތީ ހުރި މޭޒުގައެވެ. ދެމޭޒުވެސް ހުންނަނީ ކައިރީގައި ކަމުން އެއްބަޔަކު އަނެއްބަޔަކު ދައްކާ ވާހަކަވެސް ރީއްޗަށް އަޑު އިވެއެވެ. އެމީހުން އައިސް އިށީން އިރުވެސް އެމީހުންގެ ލޮލުގަ އަހަރެން އަޅައިގަތްހެން ހިއެއްނުވެއެވެ. ޝިޒާންއާއި ރޭޒަލް ސީދާ އަހަރެންނާ ކުރިމަތިވާގޮތަށް އިށީންއިރު ޝިޒާންގެ ކޮއްކޮ އިށީނީ އަހަރެންނާއި ފުރަގަސް ދީގެންނެވެ.

“އޭ ވަޓް ހެޕަން އީމް؟” ރޮށިކޮޅު  ނެގިގޮތަށް ހުއްޓުން އަރާފައި އިނުމުން ޝިފާ އަހާލިއެވެ. ޝިފާއަށް އަދި ޝިޒާން ފެނިފައި ނެތުމުން އެއީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް ޝިފާގެ އަޑަށް  ޝިޒާން އިސް އުފުލާ ބަލާލިއެވެ. އަހަރެންގެ ހިތުގެ ހިނގުން އިހުނަށްވުރެ ބާރުވިއެވެ. ނަމަވެސް ހިތުގެ މައްޗަށް އަމިއްލަ ނަފްސު ގަދަ ކުރީމެވެ. ހަމަ އެވަގުތު ޒިލާލް އާއި ޒިވިއަލްވެސް އައިސް މޭޒު ކައިރީ ހުއްޓުނެވެ. ދެމީހުންނަށްވެސް ޝިޒާން ފެނުނެވެ.

” ޑޫ ޔޫ ވޯންޓު ޗޭންޖް ޓޭބަލް؟” ޒިލާލް ބޭނުން ވީ ވަގުތުން އަހަރެން ދުރަން ގެންދިޔުމަށެވެ.

” ނޫން.. ވައި ޝުޑް އައި؟ އިށީނދެބަ” އަހަރެން ނެގި ރޮށިކޮޅު އަނގަޔަށް ލީމެވެ.

” ޝިފާ މޫވް ޓު ދެޓް ސައިޑް ޕްލީސް….” ޒިވިއަލް އެދުނީ އޭނާއަށް އެ ގޮނޑި ދިނުމަށް ފަހު ޒިލާލް ކައިރިއަށް ދިޔުމަށެވެ. އިތުރު އެއްޗެއް ނުބުނެ ޝިފާ ތެދުވެގެން ދިޔައީ ކޮންމެވެސް ކަމެއް ވެއްޖެކަން ރޭކާލުމުންނެވެ.

“ގައިޒް ބީ ނޯމަލް..އެންޖޯއީ ދި ބްރެކް ފާސްޓް. އައި ވޯންޓު އީޓް މޯ” ކަނައަތުން ކަމުން ދިޔައިރި އަހަރެންގެ ވައަތް އޮތީ ފައިގެ ފަލަމަސްގަނޑު މަތީ ބާއްވާލެވިފައެވެ.ކިތަންމެ ހަމަޖެހޭކަން ދައްކަން އުޅުނުނަމަވެސް އަތުގައާއި ފައިގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. ޒިވިއަލް އިށީނުމާއިއެކު އަހަރެންގެ އަތުގައި ހިފާ މަޑުމަޑުން ފިތާލިއެވެ.

“މި އޮތީ އީމް އަށް ގެނައި ބިސްގަނޑު. މި ކާންވީ… ބޭބީ ޒީ ނީޑްސް މޯ ފުޑް” ޒިލާލް ގެނައި ތަށިތަކުން ބިސްގަނޑެއް އަހަރެންގެ ތަށްޓަށްލިއެވެ.

“އައިއެމް ގޮއިންޓު ގެޓް  ސަމް ފުރުޓްސް…އެނީ ވަން ވޯންޓް؟” ޝިފާ ތެދުވީ މޭވާ ކޮޅެއް ބަލާ ދިޔުމަށެވެ.

“ބޭބީ މާމާ ނޭޑްސް މޯ ފްރުޓް..” ޒިލާލް މަސައްކަތް ކުރަމުންދިޔައީ މާ ހައުލު ބަދަލުކޮށްލެވޭތޯ އެވެ.

“އުނހު.. އައިއެމް ގުޑް” އަހަރެން ހުރީ އެވަގުތު މޭވާކާން ބޭނުންވެފައެއް ނޫނެވެ.

” އެ ދޮގު.. ބްރިންގް ސަމް ގްރޭޕްސް” ޒިވިއަލް ވެސް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.

އޭރުވެސް ޝިޒާން ދޭތެރެއަކުން އަހަރެންނާއި ދިމާއަށް ބަލާލައެވެ. ރޭޒަލްއަށްވެސް އަހަރެން އިންކަން އެނގުނީކަން ނޭނގެއެވެ. އެ މޭޒުގައި ވަނީ ހަމަ ހިމޭންކަމެކެވެ.ކޮންމެ މީހަކުވެސް މަޑު މަޑުން ކަމުން ގެންދިޔައެވެ. ޒިލާލް އާއި ޝިފާ މައުލޫއަކަށްފަހު މައުލޫއަކަށް ވާހަކަ ދައްކަމުން ދިޔައިރު ވަގުތުކޮޅަކަށްވެސް އަނގަ ހުއްޓާލާކަށް ނޫޅެއެވެ. ޒިވިއަލްވެސް އަހަރެން އަތުން ދޫކޮށް ކާންފެށީ މަޑުމަޑުން އަހަރެން ހަމައަކަށް އެޅުމުންނެވެ.

ބައެއް ފަހަރު ޚުދު އަހަރެންނަށްވެސް އަހަރެން ބޭނުންވާ ގޮތް އޮޅޭ ކަހަލައެވެ. ޒިވިއަލް ގެ ހަރަކާތްތަކުން ބައެއް ފަހަރަށް ތަފާތު ނަޒަރަކުން ދެކެވުނަސް ޝިޒާން ފެންނައިރަށް އަހަރެންނަށް ވާގޮތެއް ބުނެދޭންވެސް ނޭނގެއެވެ. ހިތް ބިރުގަނެއެވެ. ތުރުތުރު އަޅައެވެ. އެތަނަކުން ދާން ބޭނުންވެއެވެ. ނަމަވެސް އެއް ފަހަރުވެސް އަނބުރާ ޝިޒާން ކައިރިއަށް ދިޔުމަކަށް އަހަރެންގެ ހިތެއް މިހާރަކު ނޭދެއެވެ. ހަމަ އެހެންމެ ތަފާތު ނަޒަރަކުން ބޭ އިޚްތިޔާރުގައި ޒިވިއަލްއަށް ބަލާލެވުނަސް އަމިއްލަ ނަފްސު ކޮންޓުރޯލްކުރަމެވެ.ކޮންމެވެސް ދުވަހަކުން އަދި ބޭބެއެއްގެ ނަޒަރުން ޒިވިއަލް އަށް ބެލޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއީ ޒިވިއަލްވެސް ބައެއް ފަހަރު އެދޭ “އެކްސްޓްރާ އެޓެންޝަން” ދިނުން ހުއްޓާލައިގެންނެވެ. ނުވަތަ އެހެން އަންހެން ކުއްޖަކާއި ގުޅުމުންނެވެ. އަހަރެންނަށް ހީވާ ހީވުމަކީ ދޮގެއްކަން ޒިވިއަލްގެ އަނގައިން ބުނެދީގެންނެވެ.

ސައިބޮއެ ނިންމާލުމަށްފަހު ވެއިޓަރަށް ގޮވާލާ ބިލް ގެނެސް ދިނުމަށް އެދުނީމެވެ. ބިލް ދައްކަން މި ފަހަރު އަހަރެންނަށް ދިނުމަށް އަހަރެން އެދުނީމެވެ. ނަމަވެސް ޒިލާލްވެސް ޝިފާވެސް ތިބީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. ކޮންމެ މީހަކުވެސް ބިލް ދައްކަން ބޭނުންވެއެވެ.

“ގުޅީމަ ތިރިއަށް ފައިބާ. މި އަންނަނީ ކާރު ނަގައިގެން” އަހަރެމެން ދައްކަމުން ދިޔަ ވާހަކައަށް މާބޮޑަށް ސަމާލުކަމެއް ނުދީ ޒިވިއަލް ނުކުމެގެން ދިޔައެވެ. އޭގެ ގާތް ގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ޒިލާލް އަށް ގުޅާ ތިރިއަށް ފޭބުމަށް އެދުނެވެ.

“ބިލް ނާދޭތަ އަދިވެސް؟” ޝިފާ ޒިލާލް އާއި ސުވާލުކޮށްލީ ބިލް ގެނެއުމަށް އެދުނުނަމަވެސް އަދި ބިލް ލިބިފައި ނުވާތީއެވެ.

“ދަމުން ދަމުން ދައްކާލާނީ” އަހަރެމެން ތިބި ތަނުން ތެދުވެ ކައުންޓަރާއި ކައިރިވެލީމެވެ.

” ބިލް ދައްކާފަ އިނީ” ބިލް ދިނުމަށް ކައުންޓަރުގައި އެދުމުން ރިސެޕްޝަންގަ އިން އަންހެން ކުއްޖާ ބުނެލިއެވެ.

” ދޮންބެއަށް ވާނީ.. ބަހައްޓާ އަޅާނުލާ..” އަހަރެމެން ތިރިއަށް ދިޔުމަށް ހިނގައިގަތީމެވެ. ފަސް އެނބުރި ބަލާލެވުނީ އިޚްތިޔާރަކާނުލައެވެ. ޝިޒާން އޭރު އިސްޖަހައިގެން އިނދެ ކޮފީ ބޮމުން ގެންދިޔައެވެ. ޝިޒާންގެ ކޮއްކް އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އިން ގޮތުން އެ މޫނުގައިވާ ނުރުހުމާއި ހިތްހަމަ ނުޖެހުން ފާޅުވޭވޭ ހުއްޓެވެ.

ތިރިއަށް ދަމުން ޒިލާލް ޝިފާއަށް ޝިޒާން ކިޔާ ދިނެވެ.

“ކީއްވެތަ ކުރިން ނުބުނީ؟ އީމް މަތިން ކަންކަށިމަތީގަ ފިރުމާލަ ދިނީމުހޭ ބާރަށް” ޝިފާ ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ.

“އައްޗީޑި. މަދިރި އެއް މަރާލަން ނުކުރޭ މީހެއް އަދި އެބަ ހުރެގެން މާ ފުއްޕައޭ… ބޭބީ ސައިޒުން އުޅެބަލަ” ޒިލާލް ޝިފާއާއި ދިމާކޮށްލިއެވެ.

ޝިފާ ގެއަށްލުމަށްފަހު އަހަރެމެން ގެއަށް ދިޔައިރު 9 ޖަހަނީއެވެ. އަހަރެން ކޮޓަރިއަށްވަދެ އޮޝޯވެލީ އަރާމްކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ލޮލަށް ނިދި ސަވާރުވިއެވެ..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 3

Next

ތެމި ވާރޭގައި ވީމޭ (ޓްރެއިލާރ)

Next
April 23, 2023

ތެމި ވާރޭގައި ވީމޭ (ޓްރެއިލާރ)

Previews
April 21, 2023

ދިރުމެއްނެތް ދިރިއުޅުން 3

2 Comments!

  1. Mohamed says:
    April 23, 2023 at 2:03 pm

    Repeated

  2. mariyam says:
    April 24, 2023 at 7:29 pm

    I love this story but my boyfriend is always like this 😭
    I am so Sad 😢😭 I always along my boyfriend is not with me
    I am so sad but my mom said he always with a girl
    He have new girlfriend but I am he first girlfriend
    I am so sad 😭

Comments are closed.

Next Episodeލޯތްބަކުންދިން-12ވަނަ ބައި←


All Right Reserved!