Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-19

SomeOne Level 210 Stories
May 26, 2023 7 Mins Read
32 Comments

ނޯޓު: ދިމާވި ކުއްލި ކަމެއްގެ ސަބަބުން ވާހަކަ ގެނެސް ނުދެވި ލަސްތަކެއްވެފައިވާތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އިންޝާﷲ އަނެއްކާވެސް ހަފްތާއަކު 3 ދުވަހު ވާހަކަ ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާނަން.

**********************************************************

ޒިންމާދާރު ފިރިއެއްހެން ޑޮކްޓަރު ކީ ހުރިހާ އެއްޗަކަށް “ލައްބަ” ކިޔަމުންދިޔައިރު އަހަރެންނަށް އޮވެވުނީ ޒިވިއަލްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ސްކޭން ކުރުމަށް ހޭދަކުރި ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އެންމެ ފަހަރަކުވެސް ޒިވިއަލް އަހަރެންނާ ދިމާއަށް ބަލާނުލައެވެ. އޭރުވެސް އަހަރެން ހިތަށް އަރަމުން ދިޔައެވެ.”މިއީ އަޅެ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް ދަސްކުރަން އުޅުނަސް މީހަކަށް ޒިވިއަލް ދަސްވާނެބާވައެވެ؟”

ޖެހިގެން އައި ހަފްތާތަކުގައި ކުރިއަށް ދިޔައީ ވިހެއުމަށް ތައްޔާރުވުމުގެ މަސައްކަތްތަކެވެ. ކޮޓަރީގެ ތަރުތީބު ބަދަލުކޮށް، ވަކިން ތަންކޮޅެއް ޒީނަތްތެރިކޮށް، ކުޑަ އެނދާއި ތަންމަތި ގެނެސް އަންހެން ކުއްޖަކާއި އެންމެ ގުޅޭނޭހެން ކޮޓަރި ބަދަލުކޮށްދިނީ ޒިލާލްއާއި ޒިވިއަލްއެވެ. ކުޑަ އެނދަކީ ޒިލާ ދިން ހަދިޔާ އެކެވެ. ބެޑިން އަކީ ޝިފާގެ ހަދިޔާއެކެވެ. އަހަރެން ބާޒާރު ކުރީ ވިހެއުމަށް ބޭނުންވާ ކުދި ކުދި ތަކެއްޗެވެ.

މިދުވަސްވަރުގައި ގިނައިން ހިނގުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އޮފީހަށް ދިޔުމާއި އޮފީހުން އެނބުރި އައުމަށް ފައިމަގުގައި އުޅެންފެށީމެވެ. ޚަދީޖައްތަވެސް ދޭތެރެއަކުން ގެއަށް އައިސްގޮސް ހަދައެވެ. ޚަދީޖައްތަގެ ފިރިމީހާ ޖަލީލުބެއާއިވެސް ދިމާވިއެވެ. ބަސް މަދު ނަމަވެސް ހިތްހެޔޮ މީހެކެވެ. ޝިޒާންގެވެސް އިތުރު ކޯލެއް ނުވަތަ މެސެޖެއް ނުލިބޭތީ ދިރިއުޅުން މަޑުމަޑުން ހަމައަކަށްއެޅޭކަމުގެ އިހްސާސްއެއް ކުރެވެން ފެށިއެވެ.އަހަރެންނަށް އުންމީދުކުރެވުނީ ރޭޒަލްއައި ޝިޒާންގެ ގުޅުން ހަމައަކަށް އެޅުނީކަމުގައެވެ. ހަމަ އެއާއިއެކު އެހެންކަމެއް ފާހަގަވާންފެށިއެވެ. އަހަރެން އޮފީހަށް ދާއިރުވެސް އަދި އަންނައިރުވެސް ޒިވިއަލް ގޭގައި ހުރެއެވެ. ރަށުން ބޭރަށް އެއްގޮތަކަށްވެސް ދާތަނެއް ނުފެނެއެވެ. މެންދުރު އާންމުކޮށް ކާންދާން ގުޅައެވެ. ފަހުން ފަހުން އައިސް މެންދުރުގެ 12 އަށް އަހަރެންނަށްވެސް އިންތިޒާރު ކުރެވެންފެށިއެވެ. މާ ޚާއްޞަ ކަމެއް ނުވަތަ ވާހަކައެއްވެސް މިއިން އެއްވެސް ދުވަހަކު ނުދެކެވެއެވެ. ކައިރި ކޮންމެވެސް ރެސްޓޯރަންޓަކަށްގޮސް ކައިގެން އޮފީހަށް އަންނަނީއެވެ. ބައެއް ފަހަރު އޮފީސް ނުވަތަ އާއިލާއާއި ގުޅޭ ވާހަކައެއް ދައްކާލަފާނެއެވެ. އަނެއްބައި ދުވަސްތަކަކީ އެއްވެސް ވާހަކައެއް ނުދައްކައި ހަމައެކަނި ކާލައިގެން އަންނަ ދުވަސްދުވަހެވެ. އާންމު މީހަކަށް މީ އާދަޔާ ޚިލާފު ނުވަތަ ފޫހި ކަމަކަށް ވެދާނެއެވެ. އެކަމަކު އެއީ ޒިވިއަލް ކަން އަހަރެން ހަނދާނެއް ނުނެތެއެވެ. ޒިވިއަލްގެ ގޮތުގައި އަހަރެންނަށް ޒިވިއަލްއާއި ގަޔާވެވޭހެންވެސް ހީވިއެވެ. އެކަމަކު ކުޑަ ވަގުތުކޮޅަކަށްވިއަސް އަހަރެން ގެ ހާލަތު އަހަރެން ހަނދާން ނައްތައެއް ނުލަމެވެ. ޒިވިއަލްއަށް އެއްވެސް ދެރައެއް ދުވަހަކުވެސް ލިބުމަކަށް އަހަރެން ނޭދެމެވެ. ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ނޫނަސް، މިހާރު އަހަރެމެންގެ ދެމެދުގައި އޮތް ނަމެއް ނުދެވޭ ގުޅުންވެސް އަހަރެންނަށްކަމުދެއެވެ.

މި ދުވަސްވަރު ވެގެން ދިޔައީ ތަފާތު އެއްޗެހި މާ ބޮޑަށް ކާހިތްވާންފެށި ދުވަސް ވަރަކަށެވެ. ޚާއްޞަކޮށް ފޮނިއެއްޗެއްސެވެ.މި ގޮތުން އެއްރެއެއްގެ ދަންވަރު ހިނގި ހާދިސާއެކެވެ. ފޮނި އެއްޗެއް ކާހިތުން ހަމައެއްގޮތަކަށްވެސް އެރޭ ނުނިދުނީއެވެ. އެންމެފަހުން ދަންވަރު އެއްގަޑި ބައިވެސް ވީފަހުން މަޑު މަޑުން ސިޓިން ރޫމަށް ނުކުމެ ތަންތަން ހާވަން ފެށީމެވެ. ނަސީބު ދެރަކަމުން ޕާނެއްވެސް ނެތެވެ. ނަޓެއްލާ ފުޅިވެސް ހުރީ ހުސްވެފައެވެ. އެންމެ ފަހުން ކާނެ އެއްޗެއް ނޭނގިގެން މަޑުމަޑުން ރޮވެން ފެށުނެވެ. މީހުން ބުނަނީ ތެދެކެވެ. މާބަނޑު ދުވަސްވަރަކީ ވަރަށްވެސް ތަފާތު ދުވަސްވަރެކެވެ. މޫޑު ބަދަލުވަނީ ޚުދު އަހަރެންނަށްވެސް ނޭނގިއެވެ. އެންމެފަހުން ހަކުރުފުޅި ނަގައިގެން ސަމްސަލެއް ހިފައިގެން މޭޒުކައިރީ އިށީނީމެވެ. ލައިޓްތައް ދިއްލަންވެސް ހަނދާން ނެތިފައެވެ. ސިއްސައިގެން ދިޔައީ މުޅި ސިޓިން ރޫމް ކުއްލިއަކަށް އަލިވުމުންނެވެ. މޭޒުކައިރީ އިނދެފައި ފަސް އެނބުރި ބަލާލެވުނީ ސަމްސާވެސް އަނގައަށް ލަމުންނެވެ. އޭރުވެސް ލޮލުން ފެން އާދެއެވެ. އެވަގުތު އަހަރެން ހުންނާނޭ ސިފަ ހަނދާންވިއަސް މިހާރު ހިނިއާދެއެވެ. ހަރުވާޅަކާއި ޓީޝާޓެއް ލައިގެން ބޯ މެދަށް ހުޅިއެއް ޖަހައިގެން ދެފައި ވަށްކޮށްގެން ގޮނޑިއަކަށް އަރައި ސަމްސަލެއް އަނގައަށް ލައިގެން އިންނާނޭގޮތް ނިކަން ސިފަކޮށްލައްވާށެވެ! ކޮންމެއަކަސް ފަސް އެނބުރި ބަލާލިއިރު ސޯޓެއް ލައިގެން ކަސްރަތީ ވަރުގަދަ ހަށިގަނޑު ސޭލް އަޅުވައިގެން ޒިވިއަލް ދެލޯ އުނގުޅަމުން ކޮޓަރިން ނުކުންނަނީއެވެ.

“ފޮނި އެއްޗެއް ކާހިތުން” ކުޑަ ކުއްޖެއްހެން މަޑުމައިތިރިކަމާއިއެކު އަހަރެންނަށް އެހެން ބުނެލެވުނީ ޒިވިއަލް އެއްޗެއް ނުވެސް އަހަނީހެވެ.

“ދެން ؟ ހަކުރު ނޫން އެއްޗެއް ނެތް؟ އެހެރީ މޭވާ” ޒިވިއަލް ވާހަކަ ދެއްކީ އަހަރެން ހިފައިގެން އިން ހަކުރު ފުޅިއަށް ބަލާލަމުންނެވެ.

” މޭވާއެއް ނޫނޭ… ހަމަ ފޮނިއެއްޗެއް ކާ ހިތުން.. ނުވެސް ނިދުނޭ” އަހަރެން ޝަކުވާކޮށްލި ގޮތުން ޒިވިއަލް ބޯހޫރާލުމާއިއެކު ކޮޓަރިއަށް ވަނެވެ. އަހަރެން ހަކުރުފުޅި މަތި ޖެހުމަށްފަހު ފެން ބޮއެގެން ކޮޓަރިއަށް ވަންނަންދިޔައިރު ޒިވިއަލް ޓީޝާޓެއް ލަމުން ލަމުން ބޭރަށް  ނުކުންނަނީއެވެ.

“މިތާ އިނދޭ!” ޒިވިއަލްގެ ޢާންމު ރާގުގައި ސޯފާއަށް އިޝާރާތްކޮށް އެހެން ބުނެލުމާއިއެކު ބަދިގެ ދިއްލާ ކަބަޑުތަށް ހުޅުވަން ފެށިއެވެ.

“ކީއްކުރަން ތިއުޅެނީ؟ މިހާރު އޯކޭ” ޒިވިއަލް ކަންކަން އުޅޭހެން އަހަރެންނަށް ހީވިއެވެ.

“މިތާ އިނދެބަލަ” ތަންކޮޅެއް ހަރުކަށި ރާގެއްގައި އެހެންބުނުމާއިއެކު އަހަރެން ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނީމެވެ.

އެއާއިއެކު ޒިވިއަލް ކަބަޑުން އޯރިއޯ ބިސް ކޯދު ޕެކެޓަކާއި ކިރު ޕެކެޓެއް ނެގުމަށްފަހު ބިސްކޯދު މުގުރާ ކިރު އަދި ބަޓަރ އެޅުމަށްފަހު ކޭކުޓްރޭއަކަށް އަޅައި އަވަނަށް ފިހެން ލިއެވެ. އަދި ކޮކޯ ޕައުޑަރ އާއި ކިރު އެއްކޮށްގެން ޗޮކްލެޓް ސޯސް ގަނޑެއް ތައްޔާރުކުރިއެވެ. އަހަރެން ކާމޭޒު ކައިރީ ޒިވިއަލްގެ ހަރަކާތްތަކަށް ބަލަން އިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ގާތްގަނޑަކަށް ގަޑިއެއްގެއިރަށްފަހު ތަށްޓަކަށް ޗޮކްލެޓް ކޭކެއް ލައިގެން ގެނެސް ކުރިމަތީގައި ބެހެއްޓިއެވެ.

” ހޫނު ވާނެ.. އަނގަ ނުފިއްސާލާތި” ސަމްސަލެއް ލަމުން ޒިވިއަލް އެހެން ބުނެލިއިރު އަހަރެން އިނީ އާ ޝޯޚުވެފައެވެ.

ސަމްސާ ނަގާ އަހަރެން މަޑު މަޑުން ކާން ފެށީމެވެ. ޗޮކްލެޓް އޯރިއޯ ކޭކް ކިތަންމެހައިވެސް މީރެވެ. އަހަރެން ކައި ނިމެދެން ޒިވިއަލް  އަހަރެން ކައިރީ އިށީނދެއިނެވެ. ޒިވިއަލް ލިބޭނީ ވަރަށް ނަސީބުވެރި އަންހެނަކަށެވެ.ދަސްކުރަން ކިތަންމެ އުނގަދުލަސް އެއްކަމެއް އަހަރެން ޔަޤީންކޮށްދޭނަމެވެ. މި ޒަމާނުގެ ގިނަ ފިރިހެނުންނާ އަޅާބަލާފައި ޒިވިއަލް އަކީ ވަރަށް ތަފާތު މީހެކެވެ.ޒިވިއަލް އަކީ އޯގާތެރި އަޅާލުންތެރި ފިރިއަކަށް ވާނެކަން ކަށަވަރެވެ.

އެރެއަށްފަހު ގެއިން އެއްގޮތަކަށްވެސް ފޮނި އެއްޗެހި ހުހެއް ނުވެއެވެ. ޒިވިއަލް ބޭރަށް ދާ ކޮންމެ ފަހަރަކު ކޮންމެސް ފޮނި އެއްޗެއް ގެނެސްދެއެވެ .ކޮންމެ ދުވަހަކުވެސް ފޮނިއެއްޗެއް ހެދުމަށް ހައްވައްތައަށްވެސް ޒިވިއަލް އޮންނަނީ އަންގާފައެވެ. އަލަމާރީގައި ހުސްނުކޮށް ޗޮކްލެޓް ހުރެއެވެ. ޒިލާލްއަށްވެސް އަހަރެން ފޮނި އެއްޗެހި މާ ކާހިތްވާކަން އެނގުނުފަހުން އޭނާވެސް ދޭތެރެއަކުން ކޮންމެސް އެއްޗެއް ގެނެސްދެއެވެ. ދެން ވީ ގޮތަކީ ތޯއެވެ! ބަނޑަށް އަށްމަހުގައި ޑޮކްޓަރަށް ދެއްކިއިރު ހަކުރު މަތިވެއްޖެއެވެ. އިންސިޔުލިން ފަށަން އިރުޝާދު ދެއްވަމުން ޤަވައިދުން ހަކުރު ޗެކުކުރުމަށާއި މާ ބޮޑަށް މަތިވާނަމަ ފަހަރުގައި ދުވަސް ނުފުރައި ވިއްސަންޖެހިދާނޭކަމުގައެވެ. އެދުވަހުވެސް ޑޮކްޓަރަށް ދައްކަން ދިޔައީ ޒިވިއަލްއާއިއެކުއެވެ. ޑޮކްޓަރު ހުރިހާ އެއްޗެއްކީ އިރު ކުށްވެރިއެއްހެން އިސްޖަހައިގެން ޒިވިއަލް އިނެވެ. ގެއަށް ދިޔުމާއިއެކު ހުރިހާ ޗޮކްލެޓެއް އެ ދުވަހު އުކާލިއެވެ. އަދި ޒިލާލް ގެއަށް ވަނުމާއިއެކު ޒިލާލްއާއި ދިމާއަށް އެއްޗެހިކިއަން ފެށިއެވެ. ޒިލާލް އަހަރެންނަށް ފޮނި އެއްޗެހި ހައްދެއްނެތްވަރަށް ކާން ދީގެން ހަކުރުމަތިވެގެންނެވެ. ޒިލާލްވެސް އެދުވަހު އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރެއެވެ. އަހަރެންނަށް އެއްޗެހި ގެނެސްދެނީ ޒިވިއަލް ބުނެގެން ކަމަށާއި އޭގެ ޒިންމާ ނަގަން ޖެހޭނީ ދޮންބެކަމުގައި ޒިލާލް ބުންޏެވެ. އަހަރެން ސޯފާގައި އެ މަންޒަރު ބަލަން އިނީ ހިނިއައިސްފައެވެ. މިދެމީހުން އުޅޭ ގޮތުން އަހަރެންގެ ހިތްވެސް ލޯބިން ފުރެއެވެ. ކޮންފަދަ ގާތް ގުޅުމެއް ހެއްޔެވެ! އެކަކު އަނެކަކު ދެކެ އެވާ ލޯތްބެވެ!

އޭގެ މާގިނަ ދުވަހެއް ނުވެ އަހަރެން އެޑްމިޓް ކުރީ ހަކުރު މާ ބޮޑަށް މަތިވެގެންނެވެ.ޑޮކްޓަރު ލަފާދެއްވީ ސިޒޭރިއަން ހަދާފައި ދަރިފުޅު ނެގުމަށެވެ. ނަމަވެސް އަށްމަސްވެގެން ގޮސްފައިވުމާއިއެކު އަހަރެން އެދުނީ އެހެންގޮތަކުންވިޔަސް ވިހާތޯ މަސައްކަތްކޮށްދެއްވުމަށެވެ. އެގޮތަށް ޑޮކްޓަރު އެއްބަސްވީ ދަރިފުޅުގެ ހާލު ދަށްވާނަމަ ވަގުތުން އެމެޖެންސީ ގައި ސިޒޭރިއަން ހެދުމަށް އަހަރެންވެސް އެއްބަސްވުމުންނެވެ.އަހަރެން ކުޑަކޮށް ކަންބޮޑުވާން ފެށީ، އަހަރެން ކައިރީ މަޑުކުރާނީ ޒިލާލް ނުވަތަ ޒިވިއަލްކަން ޔަޤީންވާތީއެވެ. އެވަރުގެ ތަކުލީފެއް އެމީހުންނަށް ޖައްސަން އަހަރެން ބޭނުމެއްނުވެއެވެ. އަހަރެން ނުތިބޭށޭ ބުންޔަސް އެމީހުން ގެއަށް ނުދާނޭކަން ޔަޤީނެވެ.

ހޮސްޕިޓަލްގައި އެޑްމިޓު ކުރުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރީ އިންޖެކްޝަން ޖަހައިގެން ވިއްސޭތޯއެވެ. ނަމަވެސް ރިހުން ނުހިފާއްޓާތީ ވިހޭ ގޮތެއް ނުވިއެވެ. ދެން ޑޮކްޓަރު ނިންމެވީ ޖެލް ލައްވައިގެން ވިއްސޭތޯ އެވެ. 3 ދުވަސް މި ގޮތުގައި ހޭދަވެގެން ދިޔައިރު ކޮންމެ ދުވަހަކުވެސް ހެނދުނު 10 ޖަހާލާއިރު ޚަދީޖައްތަ އަންނަ ގޮތަށް ދަނީ ރޭ ވާފަހުންނެވެ.ރޭގަނޑު ހޭލަ އިންނަނީ ކޮންމެރެއަކުވެސް ޒިވިއަލްއެވެ. އެކަމަކު އެކަން ޚަދީޖައްތަމެންނަށް ނޭނގޭހެން އަހަރެންނަށް ހީވީ ޚަދީއްޖައްތަ ޒިވިއަލް ނާދޭތޯ އެހުމުންނެވެ. އިންޖެކްޝަން ޖެހުމާއި ޖެލް ލެއްވުމާއި ގުޅިގެން ވޭންވަރު ނަގާއިރު ހަށިން ފުރާނަ ދާން އުޅޭކަހަލައެވެ. ޚަދީޖައްތަ އިންނަ އިރުގައި އަބަދުވެސް އުނގަނޑު މޮޑެދީ ހަދައެވެ. ޚަދީޖައްތަގެ އެ ލޯބިވެތި ފިރުމުންތަކުން އަހަރެންގެ މަންމަގެ ހަނދާން އާވެއެވެ. ޒިވިއަލްވެސް ރޭގަނޑު މަޑުކުރާއިރު އަބަދުވެސް އިންނަނީ ކައިރީގައެވެ. ދޭތެރެއަކުން ގައިގައި ފިރުމައިދީ ހަދައެވެ.

އަހަރެން ވިހެމަށް ތައްޔާރުވީ 4ވަނަ އަށް ވީ ދުވަހުގެ ދުވާލުއެވެ. ނަސީބުރަނގަޅުކަމުން އެގަޑީގައި ކައިރީގައި އިނީވެސް ޚަދީޖައްތައެވެ. ޑޮކްޓަރު އައިސް ބެލުމަށްފަހު އަވަސް އަވަހަށް ވިއްސާކޮޓަރިއަށް އަހަރެން ގެންދިޔައެވެ. އޭގެފަހުން ދެން ކަންތައްވީ ގޮތެއް މާބޮޑަކަށް އަހަރެންނަކަށްވެސް ނޭނގެއެވެ. ވިހާތަނަށް އެކަކަށް ވަދެވޭނެކަން ނަރުސްކުއްޖާ ބުނުމުން ޚަދީޖައްތަ އަހަރެންނާއިއެކު ވަނެވެ. އެތައް އިރަކު އެ ވޭނުގައި އުޅުމަށްފަހު އަހަރެން ވިހެއީ އިރުއޮއްސެނިކޮންނެވެ. ދަރިފުޅުކުޑަކޮށް ސާފުކޮށްލުމަށްފަހު އަހަރެން މޭމަތީގައި ބާއްވާލުމާއި މައިވަންތަކަމުގެ ލޯބިން އަހަރެންގެ ހިތް ފުރުނެވެ. އެހުރިހާއިރަކު ގައިގައި އެޅިވޭންވެސް ހަނދާން ނެތިގެން ދިޔައެވެ. ޚަދީޖައްތަ ގެ އެހީއާއިއެކު ވަގުތުކޮޅަކަށް ދަރިފުޅަށް ގާތުން ދިނުމަށް ބާއްވާލި އެ ވަގުތުކޮޅަކީ ބުނެދޭން ނޭނގޭފަދަ އިހްސާސެއް ކުރުވި ވަގުތުކޮޅެކެވެ. ގާތުންދޭނޭގޮތް އަހަރެންނަށް ކިޔާދިނީ ޚަދީޖައްތައެވެ. އިރުކޮޅަކަށް ގާތުން ދިނުމަށްފަހު ދަރިފުޅު ނަގާ، ބައްޕައަށް ދައްކާލުމަށް ފަހު ހަކުރު މޮނިޓަރކޮށްލުމަށް ނާސަރީއަށްގެންދާނޭ ވާހަކަ ނަރުސްކުއްޖަކު ބުނެލިއެވެ. އަހަރެން ޔަޤީންކޮށްގެން ހުރީ ދަރިފުޅު ބައްޕަކަމުގައި ޒިވިއަލްއަށް ފެންނާނޭކަމަށެވެ. އަހަރެން ބޭނުންވަނީވެސް އެގޮތެވެ. އަހަރެންނަށްފަހު އެ ދަރިފުޅު ފެނުން އެންމެ ހައްޤުކަން ބޮޑުމީހަކީ އަހަރެން ޤަބޫލުކުރާގޮތުގައި ޒިވިއަލްއެވެ.

ވިހެއުމުގެ ކަންކަން ނިމި ކޮޓަރިއަށް ބަދަލުކުރުމަށް ނެރުނުވަގުތު އަހަރެން މަރުހަބާކީ ޝިޒާންއެވެ. އަހަރެން ވިހަން ގެނައި ވާހަކައެއް ޝިޒާން ކައިރިއަކު ނުބުނުމަވެ. ދެން ޝިޒާންއަށް އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވަށައިގެން ހޯދާލީމެވެ. އެއްވެސް ތާކުން ޒިވިއަލް ފެންނާކަށް ނެތެވެ.ނަމަވެސް ޒިލާލް އާއި ޝިފާ މާ ދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ފެނުމާއިއެކު އެމީހުން އަހަރެން ކައިރިއަށް އައެވެ.

“ކޮބާ ރޭޒަލް؟ އެކަނިތަ ތިއައީ؟” އަހަރެން ކޮޓަރިއަށް ގެނެސް ހަމަޖެހެލުމާއިއެކު ޝިޒާން ކައިރީ އަހާލީމެވެ.

“އާނ. އެކަނި.. 3 ދުވަސް ވީ އިރުވެސް ނުގުޅަމެއްނު؟” ޝަކުވާ ކުރަން ނުކުރަން ހުރިކަހަލަ ގޮތަކަށް ޝިޒާން އެހެން ބުނެލީ އެހެން މީހުންވެސް ތިބީމަ ކަންނޭނގެއެވެ.

” އާނ ހަނދާން ނެތުނީ…” އަހަރެން އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ.

“ދަރިފުޅާ ދައްތަ އަންނާނަން ނަމާދުކޮށްލައި ހަދައިގެން ހޭލަ އިންނަން އެނގޭ” އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ޚަދީޖައްތަ ތެދުވިއެވެ.

” ދައްތަ ނަޔަސް ރަނގަޅު ވާނެ މިރޭ.. އަހަރެން އިނދެލަފާނަން ” ޝިޒާން އެހެން ބުނުމާއިއެކު އަހަރެންނަށް ހަނދާންވީ ޚަދީޖައްތައަށް އަދި ޝިޒާން ނޭނގޭނެކަމެވެ.

” ދަރިފުޅުގެ ބައްޕަ ޝިޒާން އެއީ” އަހަރެން ޚަދީޖައްތައަށް ޝިޒާން ތަޢާރަފްކޮށްދިނީމެވެ. ޚަދީޖައްތަ ޝިޒާންއާއި ދިމާއަށް ބަލާލާ ހީލިއެވެ.

“އުނހު.. މިރޭ ހޭލަ އިންނާނީ މަށާ ޝިފާޔާ ދޯ؟ އަހަރުން އެބަޖެހޭ މިކަން ދަސްކުރަން…. އިންނަތަނުންވެސް ހަމަ ދަރިއަކު ލިބިދާނެ އެއްނު ދޯ މަންމާ” ޒިލާލްއަކަށް އަނގަ މަޑުލައިގެން ނުހުރެވުނެވެ. ޝިފާ ލަދުން ޒިލާލްގެ ކޮނޑުގައި ޖަހާލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.

” ތެދެއް ޒިލާމެން ތިބީމަ ރަނގަޅުވާނެ.. މާދަން ފްރައިޑޭނު.. އޮފީހެއްވެސް ނޯންނާނެ” ޝިޒާން އަހަރެން ކައިރީގައި ހޭލަ ބެހެއްޓުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއްނޫނެވެ. ޝިޒާންއަކީ މިހާރު އަހަރެންނަށް ހަމަ ދުރުހިލޭ މީހެއް ފަދައެވެ. ވިހައިގެން މިހާލަތުގައި ޝިޒާން ގާތުގައި ހުރުމަށްވުރެ ޒިލާލް ހުރުންވެސް އަހަރެންނަށް މާ ރަނގަޅެވެ.

” ހޫން.. މިތާ ދެމީހުން ތިބޭނީ.. ދަންވަރަށް ތަންތަނަށް ދާނީކީ ނޫން. ދަރިފުޅު މަންމަ ގާތުގަ ބުނެފަ މަޑުކުރާތި ޝިފާ…..މަންމަ އަންނާނަން ފަތިހު”

“އުނހު.. މާދަން ބައްޕަވެސް މާލެ އަންނާނެ…މަންމަ އާދޭ މެންދުރު … އަހަރެމެން މި ތިބީ ނު! އަދި ބޭބީވެސް އުރާ ނުލެވޭ!”

” އީމް އަށް ކާންދޭތި. ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާ އެނގޭ”

ޚަދީޖައްތަ ނުކުމެގެން ދިޔުމުން ހޮސްޕިޓަލުގައި ބާކީ ތިބީ އަހަރެންނާއި ޒިލާލް އާއި ޝިފާގެ އިތުރުން ޝިޒާންއެވެ.

“ޝިޒާން ވެސް ދާންވީނު ގެއަށް. ޚަދީޖައްތަ އެ ބުނީނު ބޭބީ ގެންނާނީ ހީވާ ގޮތުން ހެނދުނުއޭ..” އަހަރެން ކުރިމަތީގައި ޝިޒާން އިނުމުން ކޮންމެވެސް ކަހަލަ އުނދަގުލެއް އިހްސާސުވަމުން ދިޔައެވެ.

“ހާދަ ވަރަކަށް އަހަރެން ނުގޮސްގެން ތިއުޅެނީ” ޝިޒާން އެހެން ބުނެލީ ހިތްހަމަނުޖެހުމުގެ ރާގެއްގައެވެ. އަހަރެން އޮތީ ޝިޒާންއާއި ދެބަސްވާކަހަލަ މޫޑެއްގައެއްނޫނެވެ.

” ދެން ކަމެއް  ނެތިފަ މިތާ އެންމެން ތިބުމުގެ ބޭނުމެއް ނެތެއްނު.. ޝިޒާން އިނަސް މިތިބަ ދެމީހުން ނުދާނެ! އެހެންވެ މިބުނީ ހެނދުނު އަންނަން ދާށޭ! އެކަމަކު ޝިޒާން ބޭނުން އިރަކުން ދޭ! އަހަރެން މިއުޅެނީ ނިދަން..ވަރަށް ތަޔާޑް”

“ގޮވާނަން ކާން.. ބޮޑާ ނަހާކަ ތެދުވާތި” އަހަރެން ނިދާވާހަކަ ބުނުމުން ޝިފާ ބުނެލިއެވެ. ހީލަމުން އަހަރެން ދެލޯ މަރާލީ ނިދާލުމަށް ބޭނުންވެފައި ހުރިވަރުންނެވެ.

ދެން އަހަރެންނަށް ހޭލެވުނީ ޝިފާ ކާން ގޮވުމުންނެވެ. އޭރު ރޭގަނޑު އެގާރަ ޖަހަނީއެވެ. ލޯ ހުޅުވާލެވުމާއި އެކު ވަށައިގެން ބަލާލެވުނީ ޝިޒާން އިންތޯއެވެ. ނަމަވެސް ޝިޒާން ފެންނަން ނެތުމުން ގެއަށް ދިޔައީކަން އެނގި ހިތަށް ކޮންމެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނެވެ.

“ކާކު ހޯދަނީތި؟ ދޮންބެތަ؟” ޒިލާލް އެހެން ބުނުމާއިއެކު ޒިވިއަލް މަތިން ހަނދާންވިއެވެ. އަހަރެންނަށް އެންމެ ފަހުން ޒިވިއަލް ފެނުނީ ހެނދުނުއެވެ.

” ސާބަސް! ބޭބީ ގެނައިތޯ ބަލާލީ” ޒިލާލްގެ އަނގަދަށުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ދޮންބެ ނުވަދޭ ދޯ އެތެރެއަކަށް؟ ޝިފާ ދުށިން ދޮންބެ މެންދުރު ބޭރުގޮނޑި ބަރީގަ އިންދަ…. ހަވީރު ކެންޓީނުންވެސް ފެނުން. ކީއްވެބާ ނުވަދެ އެހުރީ؟ އަނެއްކާ އީމް ދޮންބެއާ ތޮޅުނީތަ؟” ޝިފާ އެ ބުނި އެއްޗަކުން އަހަރެންވެސް ހައިރާންވިއެވެ. ޒިވިއަލް ހޮސްޕިޓަލްގައި ހުރިއިރު ނައީ ކީއްވެބާއެވެ؟ އެކަމަކު އެވަގުތު އަހަރެން އެ ސުވާލު އުފެއްދިނަމަ ޒިލާލް ހުންނާނީ އަހަރެން ރޮލާ ކާލަން ތައްޔާރަށެވެ. އެހެންކަމުން އަހަރެން ގަސްތުގައި އެ މައުލޫ ބަދަލުކޮށްލީމެވެ.

“ޝިޒާން ދިޔައީ ކޮންއިރަކު؟”

“ހަމަ ދެންމެ އެ ދިޔައީ.. ނުވާނެ އަދި ފަސްވަރަކަށް މިނެޓްވެސް..”

ޒިލާލް އާއި ޝިފާވެސް އަހަރެންނާއި އެކުގައި ކެއުމުގައި ބައިވެރިވިއެވެ. ތިން މީހުން އެކި ވާހަކައިގައި ކައި ނިންމާލިތަނާހެން ދޮރުހުޅުވާލާފައި ކޮތަޅުތަކެއް ހިފައިގެން ޒިވިއަލް އައިސް ވަތްތަން ފެނުނެވެ.

“މި އޮއް އައީނު ދޮންބެ.. ތެދެއް ކީއްވެތަ ހޮސްޕިޓަލް ގޮނޑިބަރި ހޫނުކުރަން އިނީ އެތެރެއަށް ނުވަދެ” ޒިލާލްގެ އެ ސުވާލާއި އެކު ޒިވިއަލް ސިހުނުކަން މޫނުމަތިން އެނގެއެވެ. ހަމަ ޔަޤީނުންވެސް ޒިވިއަލް ހުރީ އެފަދަ ސުވާލަކަށް ތައްޔާރުވެގެން ނޫނެވެ.

“ކޮން އިރަކުން ނިދަން ދަނީ؟ ” ޒިލާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒިވިއަލްވެސް ކޮށްލީ ސުވާލެކެވެ.

“މިރޭ އަހަރުމެން ހޭލަ ތިބޭނަން ދޯ ޝިފާ.. ބޭބީވެސް އުރާލާކަށް ނުލިބޭ އަދިވެސް” ޒިލާލް ޝިފާއަށް ދޯ ދިނުމާއިއެކު ޝިފާވެސް ބޯޖަހާލިއެވެ.

“އަހަރެން މަޑުކުރާނަން. ހެނދުނު އާދޭ” ޒިވިއަލް ކޮތަޅުތައް ކަބަޑަށް ލަމުން ބުނެލިއެވެ.

“ނޫނެކޭ.. ދޮންބެ ދޭ ނިދަން.. ގޮނޑިބަރި ހޫނު ކޮށްކޮށް ހުންނާނީ ވަރުބަލިވެފަ މިހާރު” ޒިލާލް ވެސް ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ.

“މާ ވާހަކަ ގިނަ ނުކޮށްބަލަ… ޝިފާ ގެއަށްލާފަ ދޭ.. ހެނދުނު މަންމަ އަންނަން ވާއިރަށް އަންނާތި”

“ކީއްކުރަން މަންމަ އަންނަން ވާއިރަށް އަންނަންވީ؟ މިތާ ހޭލަ އިންނަނީ ދޮންބެކަން އެނގިދާނެތީ؟ މަ އީމް ކައިރީ ބުނަނީ ގޯސް ވާހަކައެއްތަ އަޅެ؟ ހަވާލު ނުވާން އުޅޭ އަދިވެސް” ޒިލާލް  ބެލީ އެވަގުތުވެސް ދިމާ ކޮށްލެވޭތޯއެވެ.

” ބޭކާރު ވާހަކަ ނުދައްކަ ދާށޭ ދެމީހުން ނިދަން….” ޒިވިއަލްގެ ކުރިމަތީ އެއްވެސް މީހަކަށް މޮޅުވެވޭނޭ ހެއްޔެވެ. އެންމެފަހުން ގޮތް ދޫކުރުމަށްފަހު ޒިލާލް ޝިފާއާއި އެކު ގެއަށް ދިޔުމަށް ނުކުތެވެ. މި ހުރިހާކަމެއް ހިނގިއިރުވެސް ހިނި އައިސްފައި އޮތުން ފިޔަވާ އިތުރުކަމެއް އަހަރެން ނުކުރަމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 8

Next

ލޯތްބަކުންދިން-20

Next
May 29, 2023

ލޯތްބަކުންދިން-20

Previews
May 26, 2023

ދިރުމެއްނެތް ދިރިއުޅުން 8

32 Comments!

  1. Mitsuha says:
    May 26, 2023 at 4:38 pm

    Yay… Someone is back… Masha Allah.. Mi part ves vvvvv reethi… Ngl I was waiting for this part like crazy… Waiting for the next part <3

  2. Zeal says:
    May 26, 2023 at 5:21 pm

    Wow 😍

  3. Livy says:
    May 26, 2023 at 6:35 pm

    Wow wow…. Niceeeee 😍☺️

  4. Laiii😍 says:
    May 26, 2023 at 6:43 pm

    Woow…varah inthizaaru Kirin mi vaahaka ah ❤️

  5. zoeb says:
    May 26, 2023 at 6:54 pm

    finally
    mi part ves varah reethi

  6. zainab says:
    May 26, 2023 at 7:14 pm

    patiently waiting for next part

  7. SomeOne says:
    May 26, 2023 at 7:50 pm

    Thank you everyone!
    Once again apologies for the delay! إن شاء الله Sunday ga submit kuraanan next part

  8. ނަމެއް ނުކިޔާ says:
    May 27, 2023 at 1:05 am

    Finally

  9. Khajja says:
    May 27, 2023 at 3:03 am

    Alhey haadha reechchey mi stry v v inthizaaruves kurevijje story ah masha Allah v v rythi when nxt prt avahah up kolladhechchey can’t wait

  10. mariyam says:
    May 27, 2023 at 7:32 am

    Wow so nice story but my sister also pregnant but
    My brother divorce my sister
    She always with someone but
    My mom is not happy

    This story is nice
    When Is next part
    I love you so much someone

  11. Reader says:
    May 27, 2023 at 11:57 am

    Zivial dheke loabi vevijje 😅
    But as always vhk hama vrh perfect
    Masha allah
    Keep it up!!💛

    1. reader 2.0 says:
      May 29, 2023 at 12:02 am

      Hama aslah ves loabi vevihjje❤

  12. laalooo says:
    May 27, 2023 at 2:59 pm

    Alhey so loabi ….. mi vaahaka ah inthizaaru kurivarah husband ah ves inthizaaru nukurevey…someone i just love you………waiting for tomorrow.. zivial is so cute….

  13. vaahaka nukiyegen rulhigada vefa says:
    May 28, 2023 at 5:55 pm

    moih iruoehsen kairi vee adhi ves upload eh nukohdhey esfiya in

    1. Unknown says:
      May 28, 2023 at 6:00 pm

      Yes even me

    2. SomeOne says:
      May 28, 2023 at 6:53 pm

      Ekudhin busy kanneyge. Ginafaharah site thah hinganee job thakuge ulhey kudhin free time thakuga :).

  14. Dummy head says:
    May 28, 2023 at 6:31 pm

    Varah inthizaaru kurevun baeh miee.. maadhamaa 20 vana part kiyeyne kamah mi hunnany☺️

  15. Laiii😍 says:
    May 28, 2023 at 7:12 pm

    Koba tha next part
    Curiously waiting Inge =_=

    1. SomeOne says:
      May 28, 2023 at 10:00 pm

      Submit kohffa vee around 12 noon! wish admin would give posting rights to authors as well 🙂

  16. Laishuu says:
    May 28, 2023 at 9:00 pm

    Alheyyy sisss i cant wait anymore
    i am tooo curious to read the next part
    Hope esfiya admin will upload it fast

  17. Limsher says:
    May 28, 2023 at 10:55 pm

    Hey someOne
    Mi vhk Vrh reethi…. Kithah episode tha innany aslu mi vaahakaaga??!!

  18. zivial says:
    May 28, 2023 at 11:37 pm

    Nice story!
    Waiting for next part but I can’t wait.
    I wish I get a husband like zivial.

    1. mariyam says:
      May 29, 2023 at 5:26 pm

      HEY zivial I also want husband like zivial

    2. mariyam says:
      May 29, 2023 at 5:27 pm

      Same . I also want husband like zivial

  19. fiyaa says:
    May 28, 2023 at 11:40 pm

    I don’t know how many times I have looked site today for part 20

    1. Limsher says:
      May 28, 2023 at 11:44 pm

      Same

  20. yum says:
    May 28, 2023 at 11:42 pm

    Total how many episodes are there in this story?

  21. Lim&lia's says:
    May 28, 2023 at 11:47 pm

    We want to know how many episodes are left now

    1. SomeOne says:
      May 29, 2023 at 9:23 am

      I haven’t completed Writing the story, so its difficult to say an exact number. But referring to the story plot, we are half way there.

  22. zaikko says:
    May 28, 2023 at 11:56 pm

    Vrh reethi.
    Mi story ah film eh hadhan feney someone.
    Waiting for next part.
    Zivial is such a caring person.

    1. SomeOne says:
      May 30, 2023 at 10:33 am

      zivial ge character justify kurevey varuge actor eh I cant think of! Can you??
      evaruge actor eh aisiyya hama rights dheynan! thanks for the love and support

  23. misha says:
    May 28, 2023 at 11:58 pm

    The most beautiful episode was 14.
    But every episodes are nice.

Comments are closed.

Next Episodeލޯތްބަކުންދިން-20←


All Right Reserved!