ލޯތްބަކުންދިން-21
އެއްވެސް ވާޙަކައެއް އަޑު އިވުނުކަން އެނގޭކަން އަހަރެން ބޭނުމެއްނޫނެވެ. އަދި ޖިނާހު އެއީ އަހަރެންގެ ބައްޕަ ތޯ ނޫންތޯ ނުބަލާންވެސް ހިތުގައި ޢަޒުމު ކަނޑައެޅީމެވެ. އެކަމުން ލިބޭނެ އިތުރު އުފަލެއް ނެތްތާނގައި ކުރިމަތިވާނޭ ބޮޑު މައްސަލަގަނޑުގެ ތެރެއަށް ޣަރަގުވާން ބޭނުންނުވާތީއެވެ. އޭނާ ފަލީހަތްވެ އާއިލާއެއް ރޫޅުމުންވަކި އަހަރެންނަށް ލިބޭނޭ އިތުރުމޮޅެއް ނޯންނާނެތީއެވެ.ވޭތުވެގެން އެދިޔައީ މާޒީއެވެ. އަހަރެން މީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއްކަން ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަންމަގެ ކުރީގެ ދިރިއުޅުމުން މި އިނގުނު މިންވަރުވެސް އަހަރެންނަށް މާބޮޑެވެ.
ވަރަށް އިރު މަސައްކަތްކޮށްގެން އަމިއްލަ ނަފްސު ހަމައަކަށް އެޅުވީމެވެ. އަހަރެންނަކީ ހަމައަކެނި މަންމައަކާއިއެކު ނިކަމެތި ހާލުގައި އުޅެބޮޑުވި މީހެކެވެ. މީހަކާ އިނީތީވެސް އުފަލެއް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދިރިއުޅުމުން މިހާތަނަށް ދަސްވި ފިލާވަޅުތަކުން އަހަރެންވެސް ދުވަހެއް ދުވަހަކަށް ހިތްވަރުގަދަ ވަމުންދިޔައެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބަކުން އުންމީދު ކަނޑާލާ ދެދުނިޔޭން ގެއްލި ނިމިދާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެންނ ބަލައި ބޮޑުކޮށް މިހިސާބަށް ގެނެއުމަށް އަހަރެންގެ މަންމަވި ޤުރުބާނީ ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ.
އިރުގަނޑަކު ދެލޯމަރައިން އޮތުމަށްފަހު ދެލޯ ހުޅުވާލާ މޯޅިއަކަށް ދެމެލީ ނިދާ ހޭލެވުނުކަން އެންމެންނަށް ދައްކާލުމަށެވެ.
” ހޭލެވުނީތަ؟ އުޅޭ އެއްޗެއްކާން؟ މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ. ސަމީރުބެ އެއައީ ސީ ކްރެޓް ރެސިޕީއިން އެކޮޔަށް ކޭކު ކޮޅެއްވެސް ހިފައިގެންނޭ”
“ޝުކުރިއްޔާ” އަހަރެން އެނދުން ތެދުވެ އިށީނދެލީމެވެ. ޝިޒާން އޭރު ދަރިފުޅު ނަގައިގެން ދެކޮޅަށް ހިނގާލާ ހިނގާލާ ހުއްޓެވެ.
ދަރިފުޅުގެ ޓެސްޓްތަކުގެ ރިޕޯޓު ލިބުނީ އެރެއެވެ. ހުރިހާ ރިޕޯޓެއް ނޯމަލް ވުމާއިއެކު ދަރިފުޅުވެސް ޑިސްޗާޖްކުރިއެވެ. ނަމަވެސް އޭރު ވަރަށް ފަސްވެފައި ހުރުމާއިއެކު އެރޭ ހޮސްޕިޓަލްގައި މަޑުކުރީ އަނެއްދުވަހު ހެނދުނު ގެއަށް ދިއުމަށެވެ. އެރޭ ޒިވިއަލް އައި އިރުވެސް ޝިޒާން އިނެވެ. އެހާވަރަކުން ޝިޒާން ފޮނުވާލާކަށް އަހަރެންވެސް މަސައްކަތެއް ނުކުރަމެވެ. ޝިޒާންގެ ފޯނަށް ކޮންމެވެސް މީހަކު ވަރަށް ގިނައިން ގުޅަމުންދިޔައެވެ. ކޮންމެ ފަހަރަކުމެ ފޯނު ބިޒީ ކޮށްލައެވެ. އެ ގުޅަނީ ކާކު ކަން އަހަރެންނަށް އިނގުނީ ރޭޒަލް ޝިޒާން އިންތޯ ބަލާލަން އަހަރެންނަށް މެސެޖްކުރުމުންނެވެ. ހޮސްޕިޓަލްގައި އިންވާހަކަ ބުނެ މެސެޖަށް ރިޕްލައި ކޮށްލުމަށްފަހު ޝިޒާން ކައިރީ ރޭޒަލް ނުގުޅިގެން އުޅޭވާހަކަ ބުނެލީމެވެ. ޝިޒާންގެ މޫނުމައްޗަށް ވެރިވީ ނުރުހުމުގެ އަސަރާއިއެކު، ފޯނަށް ފިތަމުން ނުކުމެގެން ދިޔަގޮތަށް އެރޭ ދެން ނާދެއެވެ.
އަނެއް ދުވަހުގެ އިރުއެރުމާއިއެކު އަހަރެންގެއަށް ދާން ތައްޔާރުވީމެވެ. ޑިސްޗާޖުކުރުމުގެ ކަންކަން ނިންމައިދިނީ ޒިލާލްއެވެ. ފައިސާ ދެއްކުމަށް އަހަރެންގެ ބޭންކު ކާޑުގައި ޒިލާލް ހިފީ އަހަރެން އެތަށް އާދޭހެއްކޮށްގެންނެވެ.
ގެއަށް އައިސް ވަނުމާއިއެކު ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ދެން އެއްވެސް މީހަކަށް އިތުރު ބުރައެއް ނުވަތަ ތަކުލީފެއް ޖައްސަން ނުޖެހޭނެތީއެވެ. ދެއިރު ދެދަޅައަށް ހޮސްޕިޓަލަށް ދުވުމާއި އެތަނުގައި އިންނަންޖެހުމަކީ ވެސް ނުލާހިކު ވަރުބަލިވާކަމެއްކަން އަހަރެންނަށް އިހްސާސްކުރެވުނީ މަންމަ ބާއްވައިގެން އުޅުނު ދުވަސްވަރެވެ.އެހެންކަމުން ޒިލާލްއާއި ޒިވިއަލް އަދި ޚަދީޖައްތަވެސް މިހާރު ހުނާނީ ވަރަށް ވަރުބަލިވެފައިކަން އަހަރެންނަށް އެނގެއެވެ.
އަހަރެން ގެއަށް ލައިދިނުމަށް ފަހު ޒިލާލް ދިޔައީ އޮފީހަށެވެ. އަހަރެން އައި ގޮތަށް ދަރިފުޅު ބާއްވާލުމަށްފަހު ފާޚާނާއަށްވަނީ ފެންވަރާލާ ތާޒާވެލުމަށެވެ. ގައިގައިވީ ރިހުމަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. ނަމަވެސް ފެންވަރަން ޝަވަރު ދޫކޮށްލިތަނާ ދަރިފުޅު ރޯންފެށިއަޑު އިވުނެވެ. އަވަސް އަވަހަށް ޝަވަރު ބަންދުކޮށްލުމަށްފަހު ޓީޝާޓެއް ގަޔަށް މަހާލައިގެން ތުވާލި އަނދެގެން ދޮރު ހުޅުވާލިއިރު ޒިވިއަލް ދަރިފުޅު ނަގަނީއެވެ. މި ދެ ދުވަހުގެ ތެރޭގައި ދަރިފުޅު އުރާހަދަން ޒިވިއަލް ދަސްކުރިލެއް އަވަސްކަމުން އަހަރެންވެސް ހައިރާންވިއެވެ.
” އައިވިލް ހޭންޑަލް.. ފެންވަރައިގެން ނުކުމޭ… ޓޭކް ޔުއަރޓައިމް” ޒިވިއަލްގެ ބޮލުން ޖަހަމުންދިޔަ ފެންތިކިތަކުން އޭނާވެސް އެއައީ ހަމަ ދެންމެ ފެންވަރައިގެންކަން އެނގެއެވެ.
އަހަރެން އަލުން ފާޚާނާއަށްވަދެ ރީއްޗަށް ފެންވަރާލައިގެން ނުކުތީމެވެ. އޭރު ޒިވިއަލް އޮތީ ދަރިފުޅު ގައިދަށަށްލައި ބޮނޑިކޮށްލައިގެން، އަހަރެންގެ އެނދުމަތީގައި ނިދާފައެވެ. ރޭ ދަންވަރު ހޭލަ ހުރުމާއިއެކު އެނދުގައި ޖައްސާލިތަނާ ނިދުނީކަން ޔަޤީނެވެ. ދަރިފުޅު ނަގާ ކުޑަ އެނދަށް ލީއިރުވެސް ޒިވިއަލް ނުހޭލައެވެ. ދެފަހަރަކު ގޮވާވެސްލީމެވެ. ނަމަވެސް ޒިވިއަލް އޮތީ ފުންނިންޖަކުން ނިދާފައިކަމުން އިތުރަށް ގޮވަން ނަހަދައި ނިދަން ބޭއްވީމެވެ. އަހަރެންވެސް ވަރުބަލިވެފައި ހުރުމާއިއެކު އެނދުގެ އަނެއްކޮޅުގައި އޮށޯވެލީ ދެމީހުން މެދުގައި ކަންނެޔޮލެއް ބާއްވަމުންނެވެ. އަހަރެން މިހިރަ ހާލަތަށް ރިޢާޔަތްކޮށް، މިހެން އޮތުމަކުން މާބޮޑު ގޯހެއް ނުހިނގާނޭކަމަށް އަމިއްލަ ނަފްސަށް އޮތް އިތުބާރެއްގެވެސް ބޮޑުކަމުންނެވެ.
ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ދަރިފުޅު ރޯއަޑަށެވެ. މިހާރުދެން އަހަރެންގެ ހަޔާތުގައި ސޯނާގަޑިއަކީ އެ ތުއްތު ދަރިފުޅުކަމުގައި ވެއްޖެއެވެ. ހޭލެވުމާއިއެކު ދެލޯ ހުޅުވާލެވުނުއިރު އަހަރެންނަށް އޮވެވުނީ ޒިވިއަލްގެ އަތްމަތީގައެވެ. އަހަރެން މެދަށްލީ ކަންނެޔޮ އޮތީ ފައިކޮޅުގައި ހުރަސްވެފައެވެ. އަހަރެންނަކީ ޢާންމުކޮށްވެސް މީހަކާއިއެކު ނިދަންޔާ އެ މީހެއްގެ ގައިގައި ޖެހިގެން ނޫނީ ނޯވެވޭ މީހެކެވެ. މަންމައާއިއެކު ނިދިއިރުވެސް މުޅިންވެސް ނިދެނީ މަންމަ ބުރަކަށި ދަށަށް ވަދެއެވެ. ޝިޒާންއާއި އެއްކޮށް ނިދިއިރުވެސް ހަމައެހެންނެވެ. އެހެންކަމުން މީހަކު ކައިރީގައި އޮތުމުން ނިދީގައި އަތްމަތްޗަށް ދެވުނީ ކަންނޭނގެއެވެ. އޭރުވެސް ޒިވިއަލްގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅެއެވެ. އަދި ޖަހާފައިވާ މަޑު ސެންޓުގެވަސް އަހަރެންގެ ނޭފަތުގައި ހިފާލާފައި ހުއްޓެވެ. އެ އޮތްގޮތަށް އޮވެ އިސްއުފުލާލާ ބަލާލެވުނީ ޒިވިއަލް އޮތީ ނިދާފަތޯއެވެ. ނަމަވެސް ޒިވިއަލް އޮތީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒިވިއަލްގެ ލޮލާ އަހަރެންގެ ލޯ ސީދާވި ވަގުތު ހިތްތެޅެން ފެށީ އޮބިނޯންނަހާ ބާރަށެވެ. ރޮމުން ދިޔަ ކުޑަ ދަރިފުޅުގެ އަޑުވެސް ވަގުތުކޮޅަކަށް ކެނޑުނު ކަހަލައެވެ. ނިދީގެ އަސަރު އެކުލެވިފައިވާ އެ ލޮލުގެ ތެރޭގައިވާ ތޫނު ކަޅީގެ މަސްތުގައި އަހަރެންގެ ހިތްވެސް އޮޔާ ބެހިގެން ދިޔައެވެ. ކުއްލި ހަރަކާތަކާއިއެކު ޒިވިއަލް އަހަރެންގެ އޭނާގެ ގަޔާލާ ބޮނޑިކޮށްލާ ނިތްކުރިއަށް ބޮސްދިނެވެ. އަހަރެން އޮތީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫނެވެ. ނަމަވެސް ތެދަށް ބުނާކަމަށްވަނީނަމަ އެވަގުތު އަހަރެންގެ ހަށިގަނޑުގައިވާ ހުރިހާ ރިހުމެއް ފިލައިގެން ދިޔައެވެ. އަހަރެން ހުރީ އެފަދަ ލޯތްބަކަށް ނުހަނު ބޭނުންވެފައެވެ.ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްނޫންކަމުގައި ޒަމީރު އަހަރެންނަށް ވިސްނައިދިނެވެ. އަހަރެން ޒިވިއަލްއާއި ދުރަށް ޖެހިލާ ފުންމައިގެން ތެދުވީމެވެ. އަދި ގޮސް ދަރިފުޅު އުރާލީމެވެ. ޒިވިއަލްއަށްވެސް ކުރެވުނު ކަންތައް އިހްސާސްވީ އެވަގުތުއެވެ. އެނދުން ތެދުވެ ޓީޝާޓް ރަނގަޅު ކޮށްލަމުން ސޮރީއޭ ބުނެލުމަށްފަހު ނުކުމެގެން ދިޔައީއެވެ.
އަހަރެމެންނަކީ ދައްކާވާހަކަވެސް އެއީ ނުދައްކާ ވާހަކައަކަށް ހަދައި ހަނދާން ނައްތާލާ ބައެކެވެ. އެހެންކަމުން އެކަންވެސް އެއީ ނުވާކަމަކަށް ހަދައި ހަނދާން ނައްތާލެވޭތޯ އަހަރެންވެސް ބެލީމެވެ. ނަމަވެސް އެކުރެވުނުކަމަކުން ޒިވިއަލް ދެރަވެފައި ހުރިވަރު އިހްސާސްކުރެވުނީ އެއްގެއެއްގައި އުޅެމެ އަހަރެންނަށް ފޮނުވި ޓެކްސްޓް މެސެޖަކުންނެވެ.
” ވަރަށް ދެރަވެއްޖެ އެ ހިނގި ކަންތަކަށް. އިޓް ވޯޒް ޓޯޓަލީ އަންއިންޓެޝަނަލް. އުންމީދުކުރަން މާފުކުރާނެކަމަށް. ދެން ދުވަހަކުވެސް އީމާންގެ ހުއްދަ ލިބިގެން ނޫނީ އީމާންގެ ގަޔަކު އެގޮތަކަށް ނުބީހޭނަން. އަހަރެންނަށް އެނގޭ އީމާން ރެޑީ ނުވާނެކަން.. ސޮރީ އެގެއިން.” އެ މެސެޖްގެ ޖަވާބަކަށް އަހަރެން އެކަން ހަނދާންވެސް ނެތްކަމުގައިބުނެ ރިޕްލައިކޮށްލީމެވެ. އެކަމުގައި ޒިވިއަލް އަމިއްލަ ނަފްސު ކުށްވެރިކުރާކަށް އަހަރެންވެސް ބޭނުމެއްނޫނެވެ. އެކަން ހިނގީ އަހަރެންގެވެސް ސަބަބުންނެވެ. ނުވިތާކަށް އެ ހިނދުކޮޅަކީ އަހަރެންވެސް ގަޔާވި ހިނދުކޮޅެކެވެ.
އަހަރެން ގެއަށް އައުމުންވެސް ޚަދީޖައްތަ ދަރިފުޅު ފެންވަރުވައި ހާނަދީ ހަދަން އާދެއެވެ. އަހަރެން ޚަދީޖައްތަކައިރިން މިކަންކަން ކުރުމަށް ދަސްކުރަމުން ދިޔައީމެވެ. މި ދުވަސްތަކުގައި ގޭތެރޭގައި އެންމެ ބޮޑަށް މަޝްވަރާކުރެވެމުން ދިޔައީ ދަރިފުޅަށް ކިޔާނޭ ނަމަކާއި ދޭތެރޭގައެވެ.މިގޮތުން އެއްރޭގެ ރޭގަނޑު ކެއުމުގެ ތެރޭގައި އަނެއްކާވެސް އެ މައުލޫ ނެގިއެވެ. އެރޭ ކެއުމަށް ޚަދީޖައްތަގެ ދެމަފިރިން ވެސް ގެއަށް އައެވެ.
” ބޭބީ ޒީ އަށް ކިޔާނެ ނަމެއް ފައިނަލްކޮށް ފިންތަ؟” އެ ވާހަކަ އެންމެ ފުރަތަމަ ފެށީ ޒިލާލްއެވެ. އަހަރެން ދަރިފުޅު ގެއަށް ގެނައިފަހުން ޒިލާލްއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.
” ވިސްނަނީ އަދިވެސް. ކޮންނަމެއްތަ ކިޔަންވީ؟” އަހަރެން އެންމެން ކައިރިން ޚިޔާލަކަށް އެދުނީމެވެ.
“މަށަށް ހެޔޮ ކޮންމެ ނަމެއް ކިޔަސް. މަ ކިޔާނީ “ޒީ”..” އަހަރެން ބަލިވެ އިންއިރު ބޭބީ ޒީ ކީ ގޮތަށް ޒިލާލް ވަނީ އެނަން ހަރުކޮށްފައެވެ.
“ކޮން ޒީ އެއް! ކުދިންނަށް ކިޔަންވާނީ އެކުދިންގެ ނަމުން… ނޫނީ ރީތި މާނައެއް ދޭހަވާ ލޯބިވެތި ނަމަކުން” ޚަދީޖައްތަ އެހެން ބުނުމާއިއެކު، ދައްތައަށް ރީތީ ކޮންކަހަލަ ނަމެއްތޯ އަހަރެން އަހާލީމެވެ.
” ދައްތަ މީ ދެން މިހާރު މުސްކުޅިއެއްނު. ދައްތަގެ ހުންނާނީ ބޯދާ ޚިޔާލު. އެހެންވީމަ ދައްތަ އަށް ރީތީވެސް ކުރީ ޒަމާނުގެ ނަން ނަން. ސާރާ، ސުމައްޔާ، ޒައިނަބު ކަހަލަ ނަންނަން ދައްތައަށް ކަމުދަނީ”
” ކޮންމެ ނަމެއް ޖަހާފަ ވިއަސް މާދަމާ ފޯމު ދޭންވާނެ. މާދަން ހެނދުނު ލާން ޖެހޭނެ. މާދަން ނޫން އަނެއް ދުވަހު ހަތްދުވަސް ވާއިރު ނަން ފާސްކުރަން ޖެހޭނެ” ޒިވިއަލް ކައިކައި އިނދެފައި ހަނދާންކޮށްދިނީ ފޯމު ނުލާ އޮތްކަމެވެ.
” އެ ކޮއެ ދަރިފުޅަށް ނަންކިޔަން އަޤީޤާ ބޭބެ ހަމަޖައްސާފަ އިންނާނީ. އެކޮއެ ބަހަން ބޭނުންވާ ޢަދަދު ބުނާތި. އެ ޢަދަދަށް ގެއަށް ގެންނާނީ. ބާކީބައި ޞަދަޤާތްކުރުމުގެ ކަންކަން ބޭބެ އިންނާނީ ހަމަ ޖައްސާފަ” އަހަރެން އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ދުރު މީހެއް ނަމަވެސް އަހަރެންނަށް އެކަން އިހްސާސް ވިއަ ނުދެއެވެ. ނޫނެކެވެ. އަހަރެންމީ ފަހަރުގައި ސަމީރުބެއާއި ދުރުމީހަކަށް ނުވުންވެސް ހަމަ އެކަށީގެންވޭނޫންހެއްޔެވެ. ހޮސްޕިޓަލުން އިވުނު ވާހަކަތަކަކީ ތެދުކަމަށް ވާނަމަ އަހަރެންނާ ޒިވިއަލްއާއި ވާނީ ދެބެންގެ ދެދަރި ދެބެން ނުވަތަ އިނގިރޭސިން ބުނަނީނަމަ “ސެކަންޑް ކަޒިން” އަށެވެ. އަހަރެން އަވަސް އަވަހަށް އެ ޚިޔާލުތަކުން ބޭރުވެވޭތޯ މަސައްކަތްކުރީމެވެ.
” ދަރިފުޅުގެ ބައްޕަވެސް ބުނި އަޤީޤާ ކަތިލުމުގެ ކަންކަން ހަމަޖައްސާ ވާހަކަ.” ޝިޒާން ހޮސްޕިޓަލުގައި އިނދެފައި ދެއްކި ވާހަކައެއް ހަނދާން ވެގެން ބުނެލީމެވެ.
” އޭނާ ކުރާކަމެއް އޭނާ ހަމަ ކުރަންވީ.. އެކޮއެ މަންމަޔާ ދައްތައަކީ އެއްޒަމާނެއްގައި ވަރަށް ގާތް ދެ މިތުރުން. ބޭބެ އައްޑޫއަށް ދިޔަސް އެކޮއެ މަންމަ އެހާ ހެޔޮވާނެ. ތިގޭމީހުންވެސް. ބޭބެއަށް ކަމެއްކޮށްދެވޭނީ މިކަހަލަގޮތަކަށް. އެހެންވީމަ މީ ބޭބެ އެކޮޔަށް ދޭ ހަދިޔާއެއްކަމަށް ބަލާ” އަހަރެން ދެން އިތުރު އެއްޗެއް ނުބުނަމެވެ.
އެރޭ ނިދަން އޮވެގެން އަހަރެންނަށް ރީތިވި އެކި ނަންނަމުގެ މާނަ ބެލީމެވެ. އަދި އަހަރެންނަށް އެންމެ ކަމުދިޔަ ނަން ފޯމުގައި ލިޔެލުމަށްފަހު ފޯމު ފަތްޖަހާލާ ސިޓީއުރައަކަށް ލީމެވެ. އަދި ދަރިފުޅަށް ނަންކިޔަން ފޯމު ލާ ވާހަކައާއި ދަރިފުޅަށް ކިޔަން ނިންމި ނަން މެސެޖެއްގަ ޖަހާލާފައި ޝިޒާންއަށް ފޮނުވާލީމެވެ.
“އަހަރެން ނަން ފަހަތަކަށް ނުލަން؟” އަހަރެންގެ މެސެޖަށް ޝިޒާން ގެ ޖަވާބު އައީ ވަރަށް އަވަހަށެވެ.
“މި ދަރިފުޅު ދުނިޔެއަށް ގެންނަން ނިންމީ އަހަރެން… އަހަރެންގެ ނަން ނުލެވޭތާކަށް ވަކި ޝިޒާންގެ ނަންވެސް ލާކަށް ބޭނުމެއް ނޫން. އެކަމަކު ދަރިފުޅުގެ ބައްޕަގެ ގޮތުގައި ޝިޒާން ގެ ނަން އިންނާނެ. ހޯޕް ޔޫ ވިލް ރެސްޕެކްޓް މައި ޑެސިޝަން އޮންދިސް” އަހަރެން އޮތީ ކުރިންސުރެވެސް އެ ސުވާލަށް ޖަވާބުދިނުމަށް ތައްޔާރުވެގެންނެވެ.
ހެނދުނު އޮފީހަށް ދަމުން ޒިވިއަލް އައިސް ފޯމު ދިނުމަށް އެދުމުން އަހަރެން އެ ސިޓީއުރަ ދިއްކޮށްލީމެވެ. ޒިވިއަލް އެ ސިޓީއުރަ ހުޅުވާ ފޯމު ބަލާލީ ފޯމު ރަނގަޅަށް ފުރާފައޮތްތޯ ބަލާލުމަށެވެ.
“ޒިވާ ޒިއަ ޒައިނަބް (Zeva Zeah Zainab)…. އުފެއްދުންތެރި..އަލިގަދަ…ހިތްވަރުގަދަ… ތަފާތު ނަމެއް…ބައްޕަ ނަން ނުލަންތަ؟ ޝިޒާން ކައިރީ އަހާލިންތަ؟” ފޯމު ބަލަން ހުރެ ސުވާލަކަށްފަހު ސުވާލެއް ކުރަމުންދިޔައެވެ.
” ހުރިހާ ސުވާލެއްގެ ޖަވާބަކީ ޔެސް… ނަން އޯކޭތަ؟ އޯ އިޒްއިޓް ވެރީ ވިޔާޑް؟” އަހަރެން ޚިޔާލަކަށް ޒިވިއަލް ކައިރީއެހީ ޒިވިއަލްގެ ޚިޔާލެއް ނުލިބޭނެކަން އެނގި ހުރެއެވެ.
” އީމާން އަށް ރީތިއްޔާ އެ ނިމުނީ… ނަމުގަ މައްސަލައެއް އުޅެންޏާ ގުޅާނަން”
އެނަން ފާސްވިކަމުގައި ޒިވިއަލް މެސެޖް ކުރީ އެދުވަހު ހަވީރުއެވެ.
“އީމް… ކޮބާހޭ ބޭބީގެ ނަން” ގެއަށް އައިސް ދޮރުން އެތެރެ ވުމާއިއެކު ޒިލާލް އެންމެ ފުރަތަމަވެސް އަހާލީ ދަރިފުޅަށްކިޔަން ނިންމި ނަމަކާއި ދޭތެރޭގައެވެ. އަހަރެން ނަންބުނުމާއި މަލާމާތުގެ ހިނިތުންވުމަކާއިއެކު އައިސް އަހަރެން ކައިރީ އިށީނެވެ.
” އިޒިންޓް އިޓް ޓޫ އޮބްވިއަސް؟ ޒިވިއަލް.. ޒީވާ….ކުރުކޮށް ކިޔާނީ ޒިވީ ދޯ….. މަށެއް ނުބުނަން އަދިވެސް ތި ދެމީހުން ކަމެކޭ!” ޒިލާލް ހޭން ފެށިއެވެ.
” ސާބަސް ޒިލާ…. އެކަހަލަ އެއްވެސް ކަމެއް ނޫނޭ! ޒިވާ އެއީ އަބަދުވެސް އަހަންނަށް ވަރަށް ރީތި ނަމެއް” އަހަރެން ބެލީ ސަލާމަތްވެވޭތޯއެވެ.
” ތިކިޔާ އެއްޗެއް ޤަބޫލުކޮށްލައިގެން މި ހުންނަނީ.. އެކަމަކު ކުރިން ދުވަހު ބޭބީކޮޅު އުރާލާހިތުން އައިސް ދޮރުގަ ހިފާލި އިރު ހުޅުވާފަ ހުރީމަ ވަދެލިން… ދެ މީހަކު ތިބި ބައްދައިގެން ނިދާފަ…. ޓަކި ނުޖަހަ ވަނުމަކީ މަގޭ މައްސަލައަކަށްވީމަ ލޯ ކަނުކޮށްގެން މިހިރީ.. އެކަމަކުވެސް ކަމެއް ނޫން ހަމަ”އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލަދުންގޮސް މުޅި މީހާ ރަތް ވިއެވެ. ސަލާމަތްވާން ބަހަނާވެސް ދެއްކޭނީ ވަކިވަރަކަށްތާއެވެ. “ހާސް ނުވޭ.. ލޯ ކަނު މީހަކަށް ނުފެންނާނެއެއްނު! ފަހަރީ…” ލާނެތް ގޮތަކަށް ބާރުލާ ދަމާލާފައި އެހެން ބުނެލުމަށްފަހު ޒިލާލްގޮސްވަނީ ކޮޓަރިއަށެވެ.
ހޮސްޕިޓަލުން ގެއަށް ބަދަލުވުމުން އަހަރެން އުންމީދުކުރީ ޝިޒާން އައުން މަދުވާނެކަމަށެވެ. ނަމަވެސް ޝިޒާން ހަމަ ކޮންމެ ދުވަހަކުމެ އާދެއެވެ. އެތައް އިރެއްވާއިރުވެސް ގެއަށް ދާކަށް ނޫޅެއެވެ. ބައެއްފަހަރު އަހަރެންނަށް އުނދަގޫވެސް ވެއެވެ. ފީޑް ނުދެވި ނުވަތަ ޖައްސާލަން ބޭނުންވެ ޖައްސާނުލެވި އެތައް އިރަކު އިންނަން ޖެހެއެވެ ނަމަވެސް އެހެން ބުނެފިނަމަ އަނެއްކާވެސް އިތުރު ޒުވާބެއް ހިނގާފާނެތީ އަހަރެން ނިންމީ އެއްވެސް އެއްޗެއް ނުބުނެ ހިތްވަރުކޮށްލައިގެން ހުރުމަށެވެ. އެހެނަސް އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުން ވަރަށް ހިތްވަރުކޮށްފައި އެއްދުވަހަކު އަހަރެން އެވާހަކަ ޝިޒާންއާއި ދެއްކީމެވެ.
” ޝިޒާން އަދި ތި ކަންތައް ކުރަނީ ރަނގަޅަކަށް ނޫން. އަހަރެން މިހާރު ޝިޒާން ބޭނުމެއް ނޫން. ދަރިފުޅު ދެކެން އަންނަންވެސް ވަކި ހައްދެއް އޮންނަންވާނެ. އަބަދުހެން ތި އިންނަނީ މިގޭގަ. އެންމެ ކުޑަ މިނުން އަންހެނުން ގޮވައިގެން އަންނަ ނަމަވެސް ރަނގަޅު. ޝިޒާން ތި ކަންތައް ކުރާގޮތުން މަސްލަހަތު ގޯސްވުން ނޫންކަމެއް ނުވާނެ”
” ކުރިންވެސް ބުނީމެއްނު އަހަރެން އަންނަނީ ހަމައެކަނި ދަރިފުޅު ހޯދާކަށް ނޫނޭ…މަށަށް އެނގޭ އީމާން ބޭނުންވަނީ އަހަރެން މަންމަމެން ހިތްހަމަ ޖައްސައިދޭންކަން. ނޫނީ ތިއުޅެނީ އަހަރެންނަށް ކުރެވުނު ކުށުގެ ބަދަލު ހިފަން.. އަހަރެންނަށް ޔަޤީންކުރެވޭ އީމާން އަދިވެސް އަހަރެންދެކެ ލޯބިވާކަން. ތީ އަމިއްލަ ނަފްސަށްވުރެ މުޅި ދުނިޔެ އިސްކުރާ ކުއްޖެއް ނު” ޝިޒާންގެ އަޑުގައިވީ ހަމަޖެހުމެވެ. ބުނެލިގޮތުން ހީވީ ވަރަށް ޔަޤީންކަމާއިއެކު ބުނެލިހެންނެވެ.
” އަހަރެން ނެތިން ބަދަލު ހިފާކަށް. އެކަމަކު އަހަރެން ދިވެހި ބަހުން މި ބުނަނީ ޝިޒާންއަކާ ދެނެއް މަށެއް ނީންނާނަމޭ!” އަހަރެން ބުނާއެއްޗެއް ޝިޒާން ޤަބޫލު ނުކުރާން އުޅެނީ ކީއްވެކަމެއް ނޭނގެއެވެ.
“އޯކޭ.އޯކޭ.. މާ ބާރަށް ނުބުންޏަސް އަޑު އިވިއްޖެޔޭ.. އެކަމަކު އަހަރެން އީމާން ހޯދީވެސް ވަރަށް އިންތިޒާރުކޮށްގެން… ރުޅިމަޑުވެ ހަމަޖެހުނީމަ އާދޭ! އަހަރެން އީމާންއާ އަލުން އިންނާނަން.. އީމާން ބޭނުންވާ ގޮތަކަށް އަހަރެން ދިރިއުޅުން ބަދަލުކުރާނަން..” އަހަރެން ބުނާއެއްޗެއް ޝިޒާން އަށް ސާފު ނުވާތީ އަހަރެން ރުޅިގަދަވާން ފެށިއެވެ.
“އާއާއާހްހްހް! މަށަކަށް ނޭނގެ ޝިޒާންއަށް ބުނެދޭނެގޮތެއް!” އަހަރެން އެންމެ ފަހުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
އަހަރެން ވިހޭފަހުންވެސް މަހަކާއި ގާތްވެފައިވުމާއި، ޒިވިއަލްމެން މި ތަން ދޫކޮށްލަންޖެހޭ ދުވަސް ގާތްވުމާއިއެކު ދެން ދިރިއުޅުން ރާވާނެ ގޮތަކާއިއމެދު އަހަރެން ވިސްނަންފެށީމެވެ. ޝިޒާންގެ ކިބައިން ސަލާމަތްވެ ޒިވިއަލްމެންނަށްވެސް ދެން އިތުރު ބުރައަކަށް ނުވާނީ އަހަރެން މާލެއިން ދިޔުމުންކަމުގައި ވިސްނުނެވެ. ވިހެއުމުގެ ޗުއްޓީގެ 6 މަހާއި އަހަރީ ޗުއްޓީގެ 30 ދުވަސް އެއްކޮށްލުމުން ގާތްގަނޑަކަށް 7 މަސްދުވަހުގެ ޗުއްޓިއެއް އަހަރެންނަށް ލިބޭނެއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހިފައި ދިރިއުޅުން ހަމަޖެއްސުމުގެ މަސައްކަތްކުރުމަށް އަހަރެން ނިންމީމެވެ. މާލެ ފިޔަވައި ދެން އަހަރެން ދިރިއުޅެން އެންމެ ރަނގަޅުވާނީ އަހަރެންގެ މަންމަގެ އުފަންބިމެވެ. އައްޑޫއަކީ ތަރައްޤީވެފައި އޮތް ރަށެއްކަމުން ދިރިއުޅެންވެސް ފަސޭހަވާނެތާއެވެ. އަދި ތަނެއް ކުއްޔަށް ނަގައިގެން އުޅެން ޖެހުނަސް ކުލި މާ ބޮޑެއްވެސް ނުވާނޭ ނޫންހެއްޔެވެ. ދެން ޕޮޒިޓިވްކޮށް ވިސްނާކަމަށްވަންޔާ އަހަރެންގެ މަންމަގެ އާއިލާގެ މުދަލުން ބިންކޮޅެއްވެސް ހަމަ ލިބިދާނެ ނޫންހެއްޔެވެ. ނުވަތަ އާއިލާ މީހުން އަހަރެން ބަލައިގަނެފާނެ ނޫންހެއްޔެވެ. އެހެންކަމަށްވެއްޖެއްޔާ ކިހާ ރަނގަޅުހެއްޔެވެ. ދެތިން މަސްދުވަހު އައްޑޫގައި ކުއްޔަށް ތަނެއް ނަގައިގެން މަޑުކޮށްލުމުން ދެން ދިރިއުޅުން ބައްޓަން ކުރާނެގޮތެއް ހޯދުމަށް ފަސޭހަ ވާނޭކަމުގައި އަހަރެންނަށް ވިސްނުނެވެ. އައްޑޫއިން ވަޒީފާއެއް ހޯދަން ޖެހުނަސް މި މުއްދަތުގެ ތެރޭގައި އެކަންވެސް ކުރެވޭނޭ ނޫންހެއްޔެވެ. ޒިވިއަލްވެސް އާ ހަޔާތެއް ފަށައި ދިރިއުޅުން އާރާސްތު ކުރަން ވިސްނާނީވެސް އަހަރެން ލޯމަތިން ގެއްލުމުންނެވެ. ކިތަންމެ ލޯބިވިއަސް ލޯ ކުރިމަތިން ގެއްލުމުން ހަނދާން ނައްތާލަން ފަސޭހަވާނޭކަމުގައި އަހަރެންނަށް ޤަބޫލު ކުރެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
53 Comments!
Comments are closed.


Finally❤️❤️❤️ mi part ves varah reethi😍 shizan e ulheni mathin bain jehigentha alhe🙄 zivial dhaathi addu ah ves fahathun waiting for next parttt
Mihaaru thi hen ves bunevi dhaane shizaaan ulhenee mathin bain jehigen ney
Varah reethi mi part❤️…….family in eem balaigannaanetha
Shizaan eh Dhw alhe… eem ah dhiriulhen furusathu dhybala 😒… Vrh reethi mi Bai vx… When next dear…. Much loves from Livy ❤️❤️❤️❤️❤️
So nice story but she leaving for addu
Zivial ves dhaathi addu ah ves fahathun
Waiting for next parttt
Wowwwwwwww
I am completely speechless!!!!
May allah bless you with endless happiness and fulfill all your dreams!!
And keep going your outstanding hard work!!
All the guys 28 is my exams np so I don’t read your story
I am so sad 😭
Waiting for Thursday
Masha’Allah mi part ves vvv reethi… Keep it up dear… waiting for next part… <3
Mi pat ves varah reethi
Mi vhk nimigen dhaany zivial eem aaa kaiveni koh zivee ge bappa akah zivial vefa Dhw I guess
Let’s see curiously waiting
I don’t know why mi vaahaka kiyamun dhaairu moonu machah hini thun vumeh genuvaa
Mi part ves varah reethi
Keep it up!!
Waiting for next
Same
Zivial ulhey loabi gotheh huaa 🥰
Zivial aa eem aa vaki nukuru vahchey someone
Someone zivial and eem vaki nukuruvahchey 🥺
Thedheh E dhemeehun vaki nukurahchey someOne 😢
Masha allah masha allah
Jumla thakaa sifakurunthah genesfaivaa goiy vrh furihama.
Hama heevany vhk thereygai ulheveyhen.
Thiya gothugai kuriyah dhaasheve. 🥰
And eem addu ah fonuvaa nulahche
Now i can say the best story so far❤️
zilaa is so loabi…zilaa varah happy vaane dho? engeydhuvahakun eem eiee zivialge dream girl kan
madhaamaa up vaane dhw vaahaka
someone when next part
Hi!
Submitted on usual time 🙂
Apologies for not replying to every single message!
The message reply here is kinda difficult!
But I do read them all and feel so blessed to have yoh all as my readers!
Thank you everyone for the love <3
Adhives up eh nuvey vaahaka eh 😥
yeah….curiously waiting for next part.
every single hour I am checking site.
Zivial will go where Eem goes & at the
end Zivial & Eem will be together I guess.
Love you someone.
Keep it up your beautiful story someone and
bring more stories in future. Masha Allah
Hey Kbr tha Mirey ge part!!😢😢😢
Hinga page admin hoadhan dhaan!! Maa bodahves lasvehjje dho!!
Admin Kbr tha vaahaka??
Plzz upload khdhyba? 😭😭😭
Hingaaba alhe admin hoadhan 😢😢😢😢
Alhey haadha lahey dhw mirey upvaaleh…. 22 vana Bai nukiye nunidheynethy mi site ah iruirukolhaa mi vadheveny 😢😢😩😩
Hama esfiya in someone aa hunnanee jahsaalafa miyadhu ves ebain story upload kohfa ekam mi story eh upload eh nukurey
Someone adhi ehburu submit kohlabaaa
Re submitted!
Admin beybey
kobaa kon irakunno someone ge vaahka up kohdheyny
mi vaahaka up kuraaakah vagutheh nuve yoa
Adhives nunere…..ekamaku ebain ehen vaahaka eh nerefa
ehn ve ey mi buneee esfiya meehun someone jahsaalaafa ey huree
Hurihaa kudhin mihaa kiyaa hih vathy kanneyge dhw upload nukh thi madukuranii?
Admin side in rangalhu dhw mi ah varah aadheys kuraa iru knmeh ves ehcheh bunelan.
Kohbaa next part please upload next part
@esfiyabodumeehaa mashah vx heevany thihen
ehnyaa mihaaru konireh alun submit kuri thaa ves
someone don’t worry mi part vaane emme ginain meehun comment kuri part ah
Ya… Gereyehnnu
Vaahaka dhahkkaba esfiya aa… someone we are with you inge..
SomeOne viber group eh hadhan v nu
Aslu ves varah fenna kameh
Haha!
You guys😅
Site admin ehvves mehakaa jahssa eh nulaane dho😅
Maa ginain hus ehvaahaka eh fennayyaa looks a bit flooded ehenve kanneyge dho! Stay positive!
Thank you much! Loabivey all!!!
And regarding viber, I am still trying to figure out if I could do it anonymously! Visnaanan engey ekamaa!!!
Thanks so much for the love ❤️
Mi kithah part ge vaahaka eh?
comment eh ga lettin in story liyelan veenun
Yeah rangalhu kameh
50 comments vaane 100 comments hama kuran
hahaaha
adhi 52 comments.
next episode nukuthyma hurihaa kudhin dhiyaee dhw..
ehenthaa vaany ves inthizaaru kuraathaa kon ireh mihaaru