Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-16

SomeOne Level 210 Stories
May 4, 2023 7 Mins Read
6 Comments

“ހިނގާ ޝިޒާންވެސް ގޮވައިން ތިން މީހުން މީޓުކޮށްލަމާ؟ މިރޭ 8 ހާއިރު ސްކައި ފޯލް ރަނގަޅުވާނެއެއްނު؟ ރޭޒަލް އެގަޑިއަށް އެތަނަށްދޭ.. އަހަރެން ޝިޒާންއަށް ގުޅައިގެން އެގަޑިއަށް ގެންދާނަން… ޑޯންޓް ކްރައި ލައިފް އިޒް އަ ލެސަން..ސީ އައި ގޮޓް ޝިޒާން އެންޑް ޔޫ ގޮޓް ހިޒް ފެމެލީ.. ކިހާ އަން ފެއަރ ދޯ”
އެގޮތަށް އެއްބަސްވެސް ރޭޒަލް ގެއަށް ދިޔައީ 8 ޖަހާއިރު ސްކައިފޯލްއިން ބައްދަލުކުރުމަށް ނިންމައިގެންނެވެ.
ރޭޒަލް ދޮރުން ނުކުތުމާއިއެކު ޒިލާލް ދޮރުހުޅުވާލާފައި ނުކުތެވެ. ހީވީ އޭނާ ދާނެ އިރެއްގެ އިންތިޒާރުގައި ގަޑި ގުނަން އޮތްހެނެވެ.
” ކީއްކުރަން މީޓް ކުރަނީ؟ ވަޓް އާ ޔޫ ޕްލޭނިން ޓު ޑޫ އީމް؟” ދޮރު ހުޅުވާލުމާއިއެކު ޒިލާލް ސުވާލުކޮށްލީ ހިތްހަމަ ނުޖެހުމާއިއެކުގައެވެ.
“ޒިލް… ޑޯންޓް ޔޫ ޓްރަސްޓް މީ؟ އައިއޭމް ގްރޯން އަޕް އޭ… އީމް ކޮންމެކަމެއްކުރިއަސް ކުރާނީ ވަރަށް ވިސްނާފައޭ”
“އޯކޭ…އެކަމަކު އެއްހަރަކުން ދެފަހަރަށް ކަށިޖެހިއަ ނުދެއްޗޭ” ޒިލާލް އަހަރެން ކޮނޑުގައި ހިފާ ލޯބިން ކައިރިކޮށްލާފައި ބުނެލިއެވެ. އެއްބަނޑު ނޫންނަމަވެސް ޒިލާލް ފަދަ ބޭބެ އެއް އަހަރެންނަށް ލިބުނީތީ ހަމަ ކޮންމެ ދުވަހަކުމެ ﷲ އަށް ހަމްދުކުރަމެވެ.
” ހަރޭ؟ ހެދުން އަޅުވާނީ ހަރުގަ.. އެހެންވީމަ ކަށްޓެއް ނެހެރޭނެ އެއްނު!..” އަހަރެން ޒިލާލްގެ މޫޑު ބަދަލުކޮށްލެވޭތޯ މަސައްކަތްކުރީމެވެ.
“ހޫން ކޮންމެ އެއްޗެއް ވިއަސް ހެވޭ…. އީމް އަށް އެނގިއްޖެ އެއްނު މިބުނި އެއްޗެއް” ޒިލާލް އަހަރެން ކޮލުގައި ހިފާލުމަށްފަހު ޝިފާ އާއި ބައްދަލުކޮށްލާފައި އަންނަނީ ކަމުގައި ބުނެ ނުކުމެގެން ދިޔައީއެވެ. އެއާއިއެކު ފޯނު ނަގާ އަހަރެން ޝިޒާންއަށް ޑައިލްކޮށްލީމެވެ. ނަމަވެސް ޝިޒާން ފޯނެއް ނުނަގައެވެ. އެހެންކަމުން މިރޭ 0800 ގައި ސްކައިފޯލްއިން ބައްދަލުކޮށްލުމަށް އެދިފައި މެސެޖެއް ފޮނުވާލައި ކޮޓަރިއަށް ވަދެލީ ނަމާދުކޮށްލާ އަނެއް ދުވަހު އޮފީހަށް ދާން އެއްޗެހި ރެޑީކޮށްލުމަށެވެ.
އެރޭ ހަތްގަޑި ބައިވީ އަހަރެން ތައްޔާރުވެގެން ސިޓިން ރޫމަށް ނުކުތްތަނާއެވެ. އެއްވެސް މީހެއްކައިރީ ލިފްޓެއްދޭން ބުނެވިފައިނެތުމުން ޓެކްސީއެއްގައި ދާންޖެހޭނެތީއާއި ޓެކްސީއެއް މާލެއިން ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަނ އެނގޭތީ ކުރިން ތައްޔާރުވެގެން އަހަރެން ނުކުތީއެވެ. ސިޓިން ރޫމަށް ނުކުތްއިރު ޒިލާލް އާއި ޒިވިއަލް ސޯފާގައި ޓީވީ ބަލަން ތިއްބެވެ.
” ލާންދާންވީތަ؟ ނޫނީ ބަލާ އަންނީތަ؟” އެމީހުންތިބީ އަހަރެންގެ އިންތިޒާރުގަހެން އަހަރެންނަށް ހީވީ އަހަރެން ފެނުމާއިއެކު އާދައިގެމަތިން ޒިލާލް ސުވާލުކޮށްލުމުންނެވެ.
” ޓެކްސީ އެއްގަދާނީ.. މި ބަލަނީ އަވަސް ރައިޑެއް” އަހަރެން ވާހަކަ ދެއްކީ ކޮޓަރި ކައިރީ ކޮޅަށްހުރެއެވެ.
” އޯކޭ…. މަ މިދަނީ ޝިފާގޮވައިން ޑިނަރއަކަށް އެނގޭ ދޮންބޭ” ޒިލާލް އިތުރަށް ޝަކުވާ ނުކޮށް ގޮތްދޫކޮށްލުމުން އަހަރެން ހައިރާންވިއެވެ. ޒިލާލް އަކީ މިހާ ފަސޭހައިން ދޫ ކުރާ މީހެއް ނޫނެވެ.
“މަވެސް މި ނުކުންނަނީ ބޭރަށް ދާން… ހިނގާ އީމާން” ޒިވިއަލް ޓީވީ ނިއްވާލާ ސޯފާއިން ތެދުވަމުން ވާހަކަ ދެއްކިއެވެ.
” އަދި އަވަސް ރައިޑް ނުލިބެޔޭ..” އަހަރެން އެހެން ބުނެލީ ޓެކްސީ އަންނަންދެން ބޭރުގައި ހުންނަން ބޭނުން ނުވާތީއެވެ.
“މަ ދަމުން އީމާން ލައިދޭނަން އާދޭ” ޒިވިއަލް ބޫޓަށް އަރަމުން ވާހަކަ ދެއްކިއިރު ޒިލާލްހުރީ ލިފްޓަށް ޖައްސައިގެން ހިނިއައިސްފައެވެ.
” މާ އަވަހެއް….” އަހަރެން ގެ ޖުމްލަ މެދުކަނޑާލާ ވާހަކަ ދެއްކުމަކީ ޒިވިއަލް މާ ކުރާހިތްވާކަމަކީ ކަންނޭނގެއެވެ.
“ހާދަ ވާހަކަ ގިނައޭ…” ޒިވިއަލް އެހެން ބުނެލުމާއިއެކު ކުޑަކުއްޖެއްހެން އިސްޖަހާލާ އެ ދެމީހުން ފަހަތުންގޮސް ލިފްޓަށް އެރީމެވެ. ޒިވިއަލް ކުރީގައި ހުރިއިރު ޒިލާލް އާއި އަހަރެން ހުރީ ފަހަތުގައެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޒިލާލް ދޭތެރެއަކުން އަހަރެން އަތުގައި ކޮށްޓާލައެވެ. ދިމާކުރުމުގެ ބޭނުމުގައެވެ. އަހަރެންވެސް އެއްފަހަރު ޒިލާލް އަތުގައި މަޑުމަޑުން ޖަހާލީމެވެ.
ގަރާޖްއިން ސައިކަލު ނެރުމާއިއެކު އަހަރެން ޒިވިއަލްގެ ފަހަތަށް އަރައި ހަމަޖެހިލީމެވެ. އެއާއިއެކު ޒިވިއަލް ސައިކަލު ނައްޓާލިއެވެ.އަހަރެމެން ދިރިއުޅޭ ގެ ހުންނަނީ ނަސަންދުރާ ހޮޓެލް ހުންނަ ސަރަހައްދުގައި ކަމުން ބޭރު މަގުން ސްކައިފޯލްއަށް ދުއްވާ އެއްޗެއްގައި ނުލާހިކު އަވަހަށް ދެވޭނެއެވެ. ނަމަވެސް ޒިވިއަލް ބޭރުމަގަށް ނުކުތްގޮތަށް ސައިކަލު މިސްރާބު ބެހެއްޓީ މާފަންނާދިމާއަށެވެ. ވަގުތު އޮތުމުން ދުއްވާލާފައި ދާން ވެގެންކަންނޭނގެއެވެ.
“ކިހިނެއް ހަދަން ނިންމައިގެން ތިދަނީ”؟ ދުއްވަމުން ޒިވިއަލް އަހާލިއެވެ.
“ވަކި ގޮތެއް ނުނިންމަން އަދި.. ދިޔައީމަ އެނގޭނީ.. އެކަމަކު ކޮންމެސް އެއްގޮތަކަށް މިރޭ ނިންމާނަން… ވަރަށް ގާތް އެކުވެރިއަކު ބުނި އެއްވެސްކަމެއް އިންކޮމްޕްލީޓްކޮށް ނުބާއްވާން… ލޯ މަރާލާފަ ހިތް އެދޭ ގޮތަކަށް ނިންމަން… އެގޮތަށް މި ދަނީ” އަހަރެން އެއްލި ގާބުރި ސީދާ ޒިވިއަލް އަށް އަމާޒުވިކަން ޔަޤީނެވެ. މާލެ ވަށާލާ ގޮސް ސްކައިފޯލްއާއި އަރާ ހަމަވިއިރުވެސް އިތުރު އެއްވެސް ވާހަކައެއް ޒިވިއަލް ނުދައްކައެވެ. އަހަރެން ސައިކަލުން ފޭބުމާއިއެކު ޒިވިއަލް ކުރިއަށް ދުއްވާލިއެވެ.
ލިފްޓުގެ ދޮރު ސްކައިފޯލް ހުންނަ ފަންގިފިލާއަށް ހުޅުވާލުމާއިއެކު އަޑު އިވިގެން ދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާގެ ޖާދުވީ ރަން އަޑެވެ.
“އޭރު ކުރި އިހްސާސްތަކާ ހިތް މަގޭ ދުރުވެއްޖެއްޔޭ”
“މާޒީވި ހަނދާން ނެތެމުން ދަނީ، ހިތް އޭރު ތެޅޭހެން ނުތެޅެނީ”
“އަހަރެންގެ ހިތަށް ވީ ގޮތެއް އިހްސާސްވޭހޭ”
ދޮރު ހުޅުވާލާ އެތެރެއަށްވަތް އިރު އަޝްފާގެ ސޯލޯ ލައިވް މިޔުޒިކް ކުރިއަށް ދަނީއެވެ. އަހަރެން ވަށައިގެން ހޯދާ ބަލާލީ ޝިޒާން ފެންނަން އިންތޯއެވެ. މާ ގިނަ އިރަކު ހޯދާކަށް ނުޖެހުނެވެ. ވަކިން އިން މޭޒެއްގައި ސިނގިރޭޓެއް ރޯކޮށްލައިގެން އެކަނި ޝިޒާން އިންދައި އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މަޑު ހިނގުމެއްގައި ގޮސް ޝިޒާންއާއި އަރާ ހަމަވިތަނާ ޝިޒާން އަށް އަހަރެން ފެނި ސިނގިރޭޓް އަޅިކެނޑިއަށް ލުމަށްފަހު ކޮޅަށް ތެދުވިއެވެ.
“މިހާރު ސިނގިރޭޓް ވެސް ބޮންތަ؟” މީގެ ކުރިން ޝިޒާންއަކީ ސިނގިރޭޓު ބޯ މީހަކަށް ނުވުމާއިއެކު އިށީންނަމުން އަހަރެން އަހާލީމެވެ. ނަމަވެސް ހަމަ އެ ސިކުންތު އަޝްފާ ކިޔަމުން ދިޔަ ލަވައިން ގަތަމުން ދިޔަ ބަސްތައް އިވުމާއިއެކު ޝިޒާންގެ މޫނަށް ބަލާލެވުނެވެ. ޝިޒާންވެސް އިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“ހާދަ ލޯބިން ހިތް ދިނީމޭ އޭރުކަންތައް ވީގޮތުން، އިންތިހާއަށް ލޯބިވީމޭ އަސްލުގާ ކަންވީގޮތުން”
“ހާދަ ވަގުތެއް ހުސް ކުރީމޭ ލޯބި ބޭނުން ވީ ވަރުން،އިންތިޒާރެއް ދެންކުރާކަށް ނޭދެމޭ ކަންވީގޮތުން”
“ފޮހެވިގެންދިޔައޭ އިނގޭ.. މަޑުމަޑުން ތިޔަނަން ހިތުން،”
“ފަސްދީފަ ކަލާ އަހަރެން ދަނީޔެ، ފަރުދާވެ މަގޭ ހިތް ފޮރުވެނިއްޔެ ފާރެއް ދެމެދުން ލައިފިކަން އިހްސާސު ވޭހޭ”
އެ ލަވައިގެ ޅެމުން ބުނެދެމުން ދިޔަ ވާހަކަތަކުން ޝިޒާންގެ ހިތް ބިރުގަތްކަހަލައެވެ. ޝިޒާންއަށް އިހްސާސްކުރެވުނީ އޭގެން ކޮންމެ ބަހަކީ އަހަރެން ޝިޒާންއަށް ކިޔައިދޭ ބަސްތަކެއްގެ ގޮތުގައިކަން ޔަޤީނެވެ. އަވަސް އަވަހަށް އިންތަނުން ތެދުވިއެވެ.
” ހިނގާ އެތެރެއަށް. މިތާ އެހާ އަޑުގަދަ ވީމާ ވާހަކަ ދައްކަން އުނދަގޫ ވާނެ” އަހަރެންވެސް ޝިޒާންގެ ފަހަތުން ހިނގައިގަތީމެވެ. އެތެރެއަށްވަދެ މޭޒެއް ގައި އިށީނުމަށްފަހު ޖޫސްތަށްޓަކަށް އޯޑަރު ކޮށްލަމުން ވާހަކަ ދައްކަން ފެށީ އަހަރެންނެވެ.
” ޝިޒާން ކިހިނެއް؟”
” ރަނގަޅު.. އީމާން ކިހިނެއް؟ ބޭބީ ރަނގަޅުތަ؟ ކޮންކަހަލަ ކުއްޖެއް؟” ޝިޒާން އަޑުގައިވީ ހިތާމައިގެ އަސަރެވެ.
“އަލްހަމްދުލިﷲ. ބޭބީ ރަނގަޅު. އަދި ނުބަލަން ސެކްސްއެއް. ނެކްސްޓް ސްކޭންގަ ބަލާފަ މެސެޖް ކުރާނަން” އަހަރެން މެސެޖްކުރާނަމޭ ބުނީމައި ޝިޒާންއަށް ޤަބޫލުކުރަން ދަތިވީކަންނޭނގެއެވެ. ކުއްލިއަކަށް އަހަރެން މޫނަށް ބަލައިލިއެވެ.
“ކީއްވެ މީޓު ކޮށްލަން ބުނީ؟ ވަރަށް އުފާވި މީޓްކޮށްލަން ބުނީމަވެސް” އަހަރެން ޝިޒާންމެން ގެއިން ނުކުމެގެން އައިފަހުން މިގޮތަށް ކުރިމަތީގައި އިނދެ ވާހަކަ ދައްކާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އަހަރެން ކަރުނަ ހުސްނުވާ ދެލޮލުން ޝިޒާން ފެނުމުންވެސް އުފާވެރިކަމުގެ ނުވަތަ ހިތާމައިގެ ވިއަސް އެންމެ ކަރުނަތިއްކެއްވެސް ނައެވެ. އޮބިނޯވެ ބާރަށް ތެޅުނު އަހަރެންގެ ހިތަށް ތަފާތު އެއްވެސް ކަހަލަ އިހްސާސްއެއްނުކުރެވުނެވެ. ހަމަ އެވަގުތު ރޭޒަލް އައިސް އެތެރެއަށްވަދެ ޝިޒާންއާއި ޖެހިގެން އިށީނެވެ. ޝިޒާންއަށް ލިބުނު ސިހުމާއިއެކު ރޭޒަލް އޭ ދުލުން ބުނެވުނެވެ. ނަމަވެސް އެ މަންޒަރަށްވުރެ އަހަރެންނަށް ޝައުގުވެރިވީ ރޭޒަލްއާއި ދިމާއަށް ބަލާލިތަނާ ބޭރުން ފެނުނު މަންޒަރަކަށެވެ. ބޭރު މޭޒެއްގައި ޒިލާލްއާއި ޒިވިއަލް އަދި ޝިފާ އިށީނދެގެން ތިއްބެވެ. ކައިރީގައި ހުރި ވޭޓަރު އޯޑަރު ނަގަމުން ދިޔުމާއިއެކު އެމީހުން އައީ ހަމަދެންމެކަން އެނގުނެވެ. އަހަރެން ކައިރިއަށް ހިނިއައެވެ. އެއްބަނޑު އެއްބަފާ ބަޔަކުވެސް މިހާވަރަށް ޕްރޮޓެކްޓިވް ވެދާނެބާވައެވެ. އަހަރެން ޝިޒާންއާއި ބައްދަލުކުރަން އައިކަން އެނގުމުން އެމީހުންނަށް ކެތްނުކުރެވިގެން ފަސްފަހަތުން އައީތާއެވެ. އަހަރެންނަށް އެހީތެރިކަމަކަށް ބޭނުން ވެދާނެތީއެވެ. މާކުރިންތައްޔާރުވެގެން ނުކުމެ ދެމީހުން ސިޓިން ރޫމުގައި މި ތިބީ ދުރާލާ މި ޕްލޭން ހަދައިގެންކަން އަހަރެންނަށް ވިސްނުނެވެ. އަހަރެން ފޯނު ނަގާފައި ޒިލާލްއަށް މެސެޖެއް ފޮނުވާލީމެވެ.
” ޔޫ ޕީޕަލް އާ ކްރޭޒީ!”އަހަރެންގެ މެސެޖް ކިޔާލަމުން ޒިލާލް ފަސް އެނބުރި އަހަރެންނާއި ދިމާއަށް ބަލާލާ އެއްލޯ މަރާލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ.
” އަހަރެން އެދިގެން އީމާން ބައްދަލުކުރަން އެއައީ… ޝިޒާން…. އަހަރެމެން އެބަޖެހޭނު މިކަން ހައްލު ކުރަން.. މިހެން ކިހިނެއް މުޅި އުމުރު ވޭތުކުރާނީ؟ މީ އަހަރެންގެ އަލަތު ކައިވެންޏޭ” އަހަރެން އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލުމަށްފަހު ވާހަކައިގެ ތެރެއަށް ވަދެވޭތޯ ބެލީމެވެ.
“ތެދެއް ޝިޒާން… ރޭޒަލް މިއަދު އަހަންނާ ބައްދަލުކުރި… ވަރަށް ގިނަ ވާހަކަ ދެއްކި.. އެކަމަކު ހަމަ އެންމެ ކަމަކު އެދުނީ… އެނގޭތަ ކޮންކަމަކުކަން؟” މިފަހަރު ވާހަކަދެއްކީ އަހަރެންނެވެ.
” އީމާންއާ ދުރަށް ދާން ށޭ ނުބުނައްޗޭ! އީމާން އާ ދުރަށް ދިޔުމަކީ އަހަރެންގެ ދަރިފުޅާ ދުރުވުމޭ” ޝިޒާން ހިތްހަމަނުޖެހުމާއިއެކު ރޭޒަލްއާއި ދިމާއަށް ބަލާލިއެވެ. އެއާއިއެކު ރޭޒަލް އިސް ދަށަށް ޖެހިއެވެ.
“ކުއްލިއަކަށް ކޮންފަދަ ލޯތްބެއްތަ ޝިޒާން މި ދަރިފުޅު ދެކެ ތިވީ؟ ޝިޒާން އޭ ބުނީ މި ޕްރެގްނެންސީ ޓާމިނޭޓް ކުރަން” އަހަރެން ވެސް ހިތްހަމަ ނުޖެހުމާއިއެކު ޝިޒާންއާއި ކުރިމަތިލީމެވެ.
“އަހަރެން ކިތަށް ފަހަރު އެކަމާ މާފަށް އެދެންވީ؟ އަހަރެން ގޮތް ހުސްވެގެން ބުނެވުނު އެއްޗެކޭ އެއީ.. އީމާން ބިކަ ހާލުގަ ޖެހިދާނެތީ.. އިމާން މަންމަ އީމާން ގޮވައިގެން އުޅުނުހެން އީމާންއަށްވެސް ތިޔަ ދަރިފުޅު ގޮވައިގެން އުޅެން ޖެހިދާނެތީ” ޝިޒާންވެސް ރައްދުދިނެވެ.
“އަހަރެން ކޮންމެ ގޮތަކަށް ދަރިފުޅު ގޮވައިގެން އުޅުނަސް ބަލަ އެއީ ޝިޒާން އާ ބެހޭކަމެއް ނޫނެއްނު! ޝިޒާން އޭ އަހަރެން ވަރި ކުރީ! އެކަމަކު އެ ހުރިހާ ކަމެއް އަހަރެން މިހާރު ހަނދާން ނައްތާލައިފިން…. ހިތްހަމަ ނުޖެހުމާއި ނަފްރަތުކުރުމުގަ މުޅި ހަޔާތް ނަގާލާކަށް އަހަރެން ނެތިން… ރޭޒަލް އަހަރެންކައިރީ އެދުނީ ޝިޒާން އާ ދުރުވާކަށްނޫން” އަހަރެން އެހެން ބުނެލުމާއިއެކު ޝިޒާން އަނެއްކާވެސް ސުވާލުން ފުރިގެންވޭ މޫނަކާއިއެކު ރޭޒަލްއާއި ދިމާއަށް ބަލާލިއެވެ. އިސްޖަހާލައިގެން އިން ރޭޒަލް ރޮމުންދާކަން ރީއްޗަށް ސާފުވެއެވެ.
” އަހަރެން ކައިވެނި ރުޖޫޢަކުރަން… ޝިޒާން ގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސް ދޭން….” ދެން ވެސް ވާހަކަ ދެއްކީ އަހަރެންނެވެ.
“ޝިޒާން ބުނެބަ ކިހިނެއް ޝިޒާންއަށް ފެންނަނީ؟ ދެ އަނބިން ހަމަހަމަ ކަމާއިއެކީގަ ގެންގުޅެވޭނެތަ؟ ދެ މީހުންނަށް ހަމަހަމައަށް ލޯބި ދެވޭނެތަ؟”
“އީމާން އަހަރެންނާއިއެކު ކައިވެނި ރުޖޫޢަ ކުރާނަންތަ؟” އަހަރެންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ޝިޒާންވެސް ކޮށްލީ ސުވާލެކެވެ.
“އަހަރެންގެ ދަރިފުޅަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެކަމަކު މި ވަގުތު އަހަރެންނަށް މުހިންމީ އަހަރެން މިކުރާ ސުވާލުތަކުގެ ޖަވާބު” ހަޤީގަތުގައ އަހަރެން އައީ ވަކި ގޮތަކަށް ތައްޔާރުވެގެން ނޫނެވެ. އެކަމަކު ދެމީހުންނަށް އެކުގައި ދިރިއުޅެވިދާނެ ކަމަށް ޝިޒާން އަހަރެންނަށް ޔަޤީންކޮށްދީފި ނަމަ ކައިވެނި ރުޖޫޢަކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ.ލޯބިވާތީ އެއް ނޫނެވެ. ދަރިފުޅަށްޓަކައެވެ.
” އަހަރެންނަށް ދެ އަނބިން ގެންގުޅެވިދާނެ….. ހަމަހަމައަށް ލޯބިވެސް ދެވޭނެ……” ޝިޒާންދިނީ އަހަރެން ވިސްނައިގެން ހުރި ޖަވާބެވެ.
” ޝިޒާން އަހަރެން ބައިންދާނީ ކޮންތާކު؟ ތިގެއިން އަހަރެންނަށް ޖާގަ އެއް ނެތެއްނު؟ އެއްކޮޓރީގަ ދެ އަނބިންނަކަށް ނުތިބެވޭނެއެއްނު” ޝިޒާންހުރީ އެފަދަ ސުވާލަކަށް ތައްޔާރުވެގެން ނޫންކަމުން ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު އިނުމަށްފަހު ރޭޒަލް އާއި ދިމާއަށް ބަލާލީ ޖަވާބެއް ދިނުމަށް އެދޭކަހަލަ ގޮތަކަށެވެ.
” އަހަރެން ބަދަލުވާނަން ގެއަށް.. އީމާންއަށް އޭރުން ޝިޒާންމެންގެއަށް އާދެވޭނެއެއްނު؟” ރޭޒަލް ވާހަކަ ދެއްކީ ހިތާދެކޮޅަށްކަން ކިތަންމެ ރީއްޗަކަށްވެސް އެ އަޑުން ސާފުވެއެވެ.
“އެންމެ ރަނގަޅު.. ތިވެސް ގޮތެއް… އެކަމަކު އަހަރެން އެގެއިން ނުކުންނަން ޖެހުނު ސަބަބަށް ހައްލެއް ލިބޭނެތަ؟ އަހަރެންނާ އަހަރެންގެ ދަރިފުޅަށް ތިއާއިލާގެ ލޯތްބާ އަޅާލުން ލިބޭނެތަ؟ އެކަން ޝިޒާންއަށް ޔަޤީންކޮށްދެވޭނެތަ؟” އަހަރެން އެގެއިން ނުކުތް ސަބަބުން ޝިޒާންއަށް ހަނދާން ކޮށްދިނީމެވެ.
” އައިކޭން ރެންޓްއަ ޕްލޭސް ފޯ ޔޫ އެންޑް ދަ ބޭބީ.. ރޭޒަލްއަށް އޭރުން ގޭގަ އުޅެވޭނެ….” ކޮންމެ ސުވާލަކަށް ޝިޒާންގެ އަތުގައި ޖަވާބެއް އޮތްކަހަލައެވެ.
” ތި ގޮތްވެސް ގޯހެއް ނޫން… ދެން އަހަރެން ވިހަންދެން އެކަނި އުޅެން ވީ؟ ދަންވަރު ބަނޑުގަ ރިއްސައިގަނެފިއްޔާ ކިހިނެއް ހަދާނީ؟ ވިހައިގެން ކުޑަ ކުއްޖެއް ގޮވައިގެން އެކަނި އުޅެން ވީ؟ ކަމެއް ދިމާވެއްޖެއްޔާ ކާކު އަހަރެންނާ އަޅާލާނީ؟”
“މިހާރު ތިހެން އުޅެނިކޮށް ކަމެއްވެއްޖެއްޔާ ވަކި ކާކުބަލާނީ؟ ކާކު އެހީތެރިކަމެއް ދޭނީ؟ އަހަރެންގެ ބެލުމުގެ ދަށުގަ ހުރިއްޔާ ކަމެއް ދިމާވެއްޖެއްޔާ އަހަރެން އަވަހަށް ދާނެ ދޯ އަނެއްކާ ރޭޒަލްވެސް ހުންނާނެއެއްނު”ޝިޒާން ހުރީ ކިތަންމެހައިވެސް އަހަރެން ބޭނުންވެފައިކަން އަހަރެންނަށް އެނގެއެވެ.
“އެތިބީ މަގޭ ކުޑަ އާއިލާ!” އަހަރެން އިނގިލިން އިޝާރާތްކޮށް ބޭރުގަ ތިބި ޒިވިއަލްއާއި ޒިލާލް އަދި ޝިފާ ދައްކާލީމެވެ.
” ޝިޒާން ގެ ފަރާތުން އަހަރެންނަށް ކަމެއް ކުރިމަތިވެދާނެތީ ފަސްފަހަތުން އައިސް އެތިބީ… ޝިޒާން އަށް ވުރެ އަހަރެން އެމީހުންނަށް އިތުބާރުކުރަން…އެންމެ ހާލުގަ ޖެހުނު ދުވަހުވެސް އެމީހުން ތިބީ…ވަންނާނެ ތަނެއް ނެތް ދުވަހު ބޯހިޔާވަހިކަމެއް ދިނީ އެމީހުން….. ހާލުދެރަވެ ލޭ ބޭނުންވި ދުވަހު ލޭ އެޅީ އެމީހުން ގައިން ނަގައިގެން…. ހޮސްޕިޓަލުގައި 3 ދުވަސް ހޭދަވެގެން ދިޔައިރު އަހަރެން ކައިރީ ހޭލަ ތިބީވެސް އޭގެ ދެތިން ދުވަސްކުރިން ދިމާވި ނުވެސް ދަންނަ އެ ތިން މީހުން….. ހޮޑުލާއިރު ފެންތަށްޓެއް ދިއްކޮށްލަނީ އެމީހުން…ދަރިފުޅަށް ކަމެއް ވެދާނެތީ މަސައްކަތެއް ނުކުރުވަ ނުވެސް ދަންނަ މީހަކު ރާނީ އަކަށް ހަދައިގެން އުޅެނީ އެމީހުން…. ދެން ތި އަހަނީ ކާކުހޭ އެހީވާނީ؟” އަހަރެންނަށް މިފަހަރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަހަރެން މުޅިއުމުރު އެމީހުންގެ ޚިދުމަތުގައި ހުއްޓަސް އެ ހެޔޮކަން އަދާނުކުރެވޭނެއެވެ.ޝިޒާން އިނީ އޭރު ބޭރަށް އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
“އީމާން ހޮސްޕިޓަލްގަ ބޭއްވީ ކޮން އިރަކު؟ ކީއްވެ ނުބުނީ؟” އަވަސް އަވަހަށް ޝިޒާން އަހާލިއެވެ.
“ހިހި.. ކޮން ހައިސިއްޔަތަކުން ބުނާނީ؟ ރޮއެ އާދޭސް ކުރަނިކޮށް ވަރިކުރި އިރު އަހަރެން އޮތީ ހޮސްޕިޓަލްގައި.. އެއްއަތަށް ލޭ އަނެއް އަތަށް އައިވީ ގުޅައިގެން” ކަރުނަ ފޮހެލަމުން އަހަރެން ހީލީމެވެ.
“އަހަންނަށް މަޢާފްކުރޭ އީމާން” ޝިޒާންވެސް އިސްޖެހީ ކަންތައްކުރެވުނުގޮތް ހިތަށް އަރައި ދެރަވެގެންކަންނޭނގެއެވެ.
” އަހަރެން ޝިޒާން އަށް މާފުކުރިތާ ކިތަންމެ ދުވަހެއް… އަހަރެން ދަރިފުޅަށްޓަކައި ކޮންމެ ފިޔަވަޅެއް ދިރިއުޅުމުގައި އެޅިޔަސް އަހަރެން އަހަރެންގެ އެ ކުޑަ އާއިލާ އާ ވަތްކެއް ނުވާނަން.. އެ މީހުން އަހަރެންނަށް ބޭނުންވާ ކޮންމެ ވަގުތަކު އަހަރެން އެ މީހުންނަށްޓަކައި ހުންނާނަން. އެކަން ޖެހޭނެ ޝިޒާންވެސް ދަންނަން”
ދެން އައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ތަންކޮޅެއް “ނަފްސާނީ” ވީ އެވެ.
“ސޯ ބެކްޓު ވަޓް ވީ ވާ ޓޯކިން… އަހަރެމެންނަށް އޮތް ހަމަ އެކަނި ޗޮއިސް އަކީ ތީ ތަ؟ އިނދެގެން ވަކިން އުޅުން؟ އަނެއްކާވެސް އެކަނި ދިރިއުޅުމަށް ދިޔުން؟” އަހަރެން ސުވާލު އަމާޒު ކުރީ ޝިޒާންއަށެވެ.
” މެއިޑް އެއް ހޯދާނަމޭ… އަހަރެންވެސް ގިނަ ވަގުތު އުޅޭނަން… ރޭޒަލް ވެސް ހުންނާނެ ދޯ” ރޭޒަލް އެއްވެސް އެއްޗެއް ނުބުނެ ހަމަ އެކަނި ބޯ ޖަހާލީއެވެ.
” އެހެންވީމަ ތި ހަމަ ޖެހުނީއެއްނު… އަހަރެމެން ކައިވެރި ރުޖޫޢަކުރާނީ…. ވަކިން ތަނެއް ހިފާފަ ބޭރު މީހަކާއިއެކު އެކަނިވެރި ދިރިއުޅުމަކަށް އަހަރެން ދާނީ…. ކައިވެނި ރުޖޫޢަކުރީތީ ޝިޒާން ގެ އާއިލާ މީހުން ކިޔާނޭ އެއްޗެހި ހަނދާން ކޮށްލަކޮށްލަ އަހަރެން ދެން ހުންނާނީ..ރޭޒަލް އަހަރެން ކައިރިއަށް އަންނާތީ ޝިޒާން ގެ އާއިލާ ރޭޒަލް އައި ދޭތެރެވޭސް ހިތްހަމަ ނުޖެހޭނީ….ޝިޒާން ރޭޒަލް އަށް ދޭ ވަގުތަށްވުރެ ދަރިފުޅު ކައިރީ ހޭދަކުރާ ވަގުތުގިނަވެ ރޭޒަލްއަށްވެސް ހިތްހަމަޖެހުމެއް ނުލިބި… ދެން ކުރުކޮށް ބުނަންޔާ ތިން މީހުންވެސް ދުނިޔޭގަ ދިރިއުޅުމަށް ޤުރުބާންވާނީ….ދިރި ނޫޅެވޭތާ ގަނަތެޅެވޭނެތާ….. މި ގޮތްވެސް ގޯހެއް ނޫން! އެހެން ވީމާ ކައިވެނި ރުޖޫޢަކުރުމުގެ ކަންތަކާ އަހަރެން އުޅޭނަން… މަ އުޅޭނެ ތަނެއް ކުއްޔަށް ހިފާ ޝިޒާން” އަހަރެން ވާހަކަ ދެއްކި އަޑާއި ރާގުން އަހަރެންހުރީ ހިތްހަމަ ނުޖެހިފައިކަން އަޑު އެހިކޮންމެ މީހަކަށް އެނގޭނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ލޯބިވެވުނީ 9

Next

ދިރުމެއްނެތް ދިރިއުޅުން 5

Next
May 5, 2023

ދިރުމެއްނެތް ދިރިއުޅުން 5

Previews
May 2, 2023

ލޯބިވެވުނީ 9

6 Comments!

  1. laalooo says:
    May 4, 2023 at 1:23 pm

    no eem are u crazzy? shizan dnt derserve you

    1. Laiii😍 says:
      May 4, 2023 at 6:55 pm

      Asluvex shixaan doesn’t deserve her😥

  2. Reader says:
    May 4, 2023 at 1:27 pm

    OMG.. Hama speechless.. Vrh vrh vrh reethi
    Masha allah
    Kuriyah huri part thah miah vure reethi vaane kamah unmeedhu Kuran..🤗💖

  3. Mitsuha says:
    May 4, 2023 at 3:39 pm

    Masha Allah… Nice.. curiously Waiting for the next part…<3..

  4. Laiii😍 says:
    May 4, 2023 at 6:57 pm

    Woow maasha Allah❤️🕊️……..
    When next part ?❤️

  5. MARIYAM says:
    May 4, 2023 at 8:31 pm

    I love this story 🤩😄 but Sunday I have my exams so I don’t read your
    Story 😧
    But don’t worry I will read your story for finish my exams
    But I have a boyfriend but he leave me alone 😭😞😔
    I love your story 💕💗💕🤩
    When Is the next part

Comments are closed.

Next Episodeލޯތްބަކުންދިން-17←


All Right Reserved!