Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-15

SomeOne Level 210 Stories
May 1, 2023 8 Mins Read
9 Comments

“އަހަރެންނަށް އެނގޭ އީމްގެ ހިތުން ޖާގަ ދެވުނު ހަމައެކަނި ފިރިހެނަކީ ޝިޒާންކަން. އަނެއްކާ ތި ކުޑަ ދަރިފުޅަށްޓަކައިވެސް ދެމީހުންގެ ގުޅުމެއް އެއްކޮށް ކެނޑިގެން ނުވެސް ދާނެކަން. އީމް ތިހާލުގައި އިންދަ އަހަރެން އީމް ބޭނުމޭ ބުނުންވާނީވެސް ވަރަށް ލަދުވެތިކަމަކަށް.ޓޮކްސިކް ރިލޭޝަންޝިޕްއަކުން ރިކަވާވާންވެސް ޔޫ ވިލް ނީޑް ޓައިމް. އެހެންވީމަ އައިވޮންޓް ޕްރޮޕޯސް ޔޫ….. އައި ޑޯންޓް ވޯންޓު ފޯސް ޔޫ ޓު ލަވް މީ އޯ ޑިވެލޮޕް ފީލިންގްސް ފޯމީ……ބަޓް ޔޫ ވިލް އޯލްވޭސް ބީ މައި ޑްރީމް ގާލް.. ދި އޮންލޯ ގާލް ހޫ ކުޑް ޕްލޭވިތްމައި ހާޓް…. އެހެންވީމާ ލޯބިވެރިއަކަށް ނުވެވުނަސް އީމް ގެ ބެސްޓް ފްރެންޑްގެ ދަރަޖަ އަހަރެން ބޭނުން…އީމް އަމިއްލައަށް ބޭނުންވެގެން އެހެން ދިރިއުޅުމެއް ފަށަންދެންވެސް އީމް އަހަރެން ކައިރީ އުޅުމަކީ އަހަރެންގެ އެދުމެއް….. އޭޒް މައި ބެސްޓް ފްރެންޑް… އެނގޭ މި ހުރިހާ ވާހަކައެއް އަޑު އަހާފަ އީމްއަށް އުނދަގޫވާނެކަން…އެކަމަކު ކޭން ވީ ބީ ބެސްޓް ފްރެންޑްސް؟ ޕްލީސް…..؟”

ވަގުތުކޮޅަކަށް އަހަރެންހުރީ ހުއްޓުން އަރާފައެވެ. ބުނާނޭ އެއްޗެއް ދުލަށް އަންނާނީ ސިކުނޑިއާ ހަމައަށްވެސް އައިސްގެންތާއެވެ. އަހަރެން ޒިވިއަލް ދެކެ ލޯބިވެއޭ ބުނުން ވާނީ ދޮގަކަށެވެ. އެއީ އަހަރެންގެ ހިތުގައި ޒިވިއަލްއަށްޓަކައި ޖަހަނީ ލޯބީގެ ވިންދުކަމެއް ޚުދު އަހަރެންނަށްވެސް ނޭނގޭތީއެވެ. އެކަމަކު ޒިވިއަލް އަހަރެންނަށް ޚާއްޞައެވެ. އެކަމާއި ދެބަހެއް ނުވާނަމެވެ.

“ކީއްވެ އެއްޗެއް ނުބުނެތީނީ؟ އީމް ބޭނުންވި ގޮތަށް އަހަރެންގެ ހިތް މި ހުޅުވާލަދިނީ. މީ އަހަރެން ފަހަރުގައިވެސް ކުރަން ބޭނުންވިކަމެއް ނޫން..އެކަމަކު އަހަރެން މި ދެއްކި އެއްވެސް ވާހަކައަކުން އަހަރެން ބޭނުމެއްނޫން އީމްގެ ލައިފްއަށް އެއްވެސް ތަފާތެއް އަންނާކަށް.. އަހަރެންގެ ޤަބޫލުކުރަނީ ލޯތްބަކީ އުފާވެރިކަންކަމަށް.. ސޯ ވިތްމީ އޯ ވިތައުޓްމީ އީމް އުފަލުގަ ހުރީމަ އަހަރެންނަށް ލޯބި ލިބުނީކަމުގަ އަހަރެން ޤަބޫލުކުރާނަން… އެހެންވެ  މި އެދެނީ ހަމައެކަނި ގާތް ރަހްމަތްތެރިކަމަކަށް” އަހަރެން އެއްޗެއް ނުބުނެ ހުރުމުން ދެންވެސް ވާހަކަ ދެއްކީ ޒިވިއަލްއެވެ.

“ދެޓްސް ޓޫ މަޗް އިންފޮމޭޝަން ޓު ޕްރޮސެސް…..ކިހިނެއްމިހެން ހަމަ އިނދެފަ އެއްޗެއް ބުނާނީ؟ މި އުޅެނީ ޒިވިއަލް ތި ދެއްކި ހުރިހާ ވާހަކައެއްވެސް އަދި ސިކުނޑިއަށް ރަނގަޅަށް ނަގައި ނުގަނެވެގެން” އަހަރެންދެކެ މީހަކު ލޯބިވެއޭ ބުނުމުން ދެން ކުރިން ދެކެވުނު ގޮތަށް،އެމީހަކާއިމެދު ދެކެވިދާނެ ކަމާއިމެދު އަހަރެންނަށް ޝައްކު ކުރެވުނެވެ.

“ޓޭކް އޭޒްމަޗް ޓައިމް އޭޒް ޔޫނީޑް.. ބަޓް ޕްލީޒް ޑޯންޓް ގޯ….. ހަމަ ކުރިން އުޅުނުހެން ވީކޭން ބީ އޭ…”

“އިން ކޭސް އިފް އައި ސޭ ދެޓް އައި ވޯންޓު މެރީ ޔޫ، ޒިވިއަލްގެ މަންމައާއި ބައްޕަ ޤަބޫލު ވާނެތަ؟” ޒިވިއަލް އިނީ އެ ސުވާލަށް ތައްޔާރުވެގެން ނޫންކަން އިސްއުފުލާ އަހަރެންނާއި ދިމާލަށް ބަލާއިލިގޮތުން އަހަރެންނަށް އެނގުނެވެ.

“ދޮގު ހަދާކަށް ނެތިން.. އީމް ތީ ކާކުކަން އެނގުނީމަ މަންމަ އޯކޭވެދާނެ… އެކަމަކު ބައްޕަ ގޮތެއް ބުނާކަށް ނޭނގެ.. ބައްޕަގެ ވިސްނުމާ ޚިޔާލާ ފިކުރު އެއީ މީހަކަށް އެނގޭއެއްޗެއް ނޫން…. ފަހަރުގަ އެއްބަސް ވެސްވެދާނެ… ނޫނީ ޤަބޫލު ނުވެވެސްދާނެ.. އިން އެނީ ކޭސް އީމް އަހަރެންނާ އިންނަން ހުރިއްޔާ އަހަރެން އީމްދުލެއް ނުކުރާނަން.. މުޅި ދުނިޔެއާއި ދެކޮޅަށްވެސް އަހަރެން އީމް ބޭނުން. އީމް އަހަރެންނާ އިންނާނަންތަ؟” އަހަރެން މި ހޯދީ އަހަރެންގެ ނިންމުން ނިންމުމަށް ކޮންމެހެން ބޭނުންވާ މުހިންމު ސުވާލެއްގެ ޖަވާބެވެ.

“ޒިވިއަލް އަނގައިން ތިހެންބުނާ އަޑު އިވުނިމަ އުފާވެއްޖެ.. ދެޓްސް ސިމްޕްލީ މީ… އެއްފަހަރު ތި ގޮތަށް ދުނިޔެއާއި ދެކޮޅަށް މީހަކާ އިނދެގެން އަރުތެރޭގައި ލީ ހިތި ރަހަ އަދިވެސް މިއުޅެނީ  ނުފިލައިގެން.. ދެން ކިހިނެއް ދެވަނަ ފަހަރަށް ގޮސް ހަމަ އެ ބޯނީ؟ އަހަރެންނަކަށް ނުވާނެ ޒިވިއަލް.. އަހަރެންގެ އެހިތްވަރެއް ނެތް…. އަހަރެންދެކެ ލޯބި ނުވޭ…..” އަހަރެންގެ މާޒީ ހަނދާންވުމާއިއެކު ލޮލުން ހޯސްލާފައި ކަރުނަ އަންނަންފެށިއެވެ.

“ހޭ.. އަބަދު ނުރޮއެބަ.. ޕްލީސް…. މި ބުނީނު އީމް ގެ ލޯބި ގަދަކަމުން ހޯދާކަށް ނެތީމޭ… އީމް އުފަލުގަ ހުރީމަ އަހަރެންނަށް އެ ނިމުނީއޭ! ތި ރޯ ރުއިމާ ހިތާމަތަކުން މިންޖުވެބަ…މި ބުނީނު އައި ޖަސްޓް ވޯންޓް ފްރެންޑްޝިޕްއޭ! އައި ޑޯންޓް ހޭވް އަ ކްލޯސް ފްރެންޑް… މަށަކަށް ހިއެއްނުވޭ އީމްގެ ވެސް ހުންނަ ހެނެއް.. އެހެން ނޫންނަމަ ބޭރަށް ގޮސްވެސް ހަދާނެއެއްނު؟ ބެސްޓް ފްރެންޑްސްއޭ މިބުނަނީ ބީއެފްއެފް ވެގެން ދުވާލު ދެ އެފްބީ ސްޓޭޓަސް ޖަހާވާހަކައެއްނޫނޭ… ވީ އަރ މެޗުއަރޑް ޕީޕަލް… އީމް އަހަރެންނަށްވުރެ ޔަންގްވިއަސް ތީ ވަރަށް މެޗުއާޑް ކުއްޖެއް.. ސޯ ޖަސްޓް ބީން ދެއަރ ފޯ އީޗްއަދަރ އިޒް އޯލް އައިވޯންޓް” ޒިވިއަލް އަދިވެސް އިނީ އަހަރެންގެ  ކަނައަތުގެ ކުޑަ އަތްތިލަ ޒިވިއަލްގެ ދެއަތުގެތެރެއަށްލާ ފޮރުވާލައިގެންނެވެ.

“ވިސްނާލާފަ ދެން ބުނާނަން.. އިޓްސް އޯލްރެޑީ ޓޫ ލޭޓް…ތިންގަޑި ބައިވަނީއެ.. ހިނގާ ނިދަން ދޯ” އަހަރެން ފޯނުން ގަޑި ބަލާލަމުން ވާހަކަ ދެއްކީމެވެ. އަހަރެން ހުރީ ވަރަށްބޮޑަށް އެކަނި ވެލަން ބޭނުންވެފައެވެ. ޒިވިއަލް ދެއްކި ވާހަކަތަކާއިމެދު ވިސްނާލުމަށެވެ.

“އޯކޭ… އެކަމަކު އެކަމާއި އެހާބޮޑަށް ނުވިސްނައްޗޭ…އިޓްސް ނޮޓް އެބައުޓް މީ.. އިޓްސް އެބައޫޓް ޔޫ އީމް…. އީމްއާ މި ވާހަކަތައް ހިއްސާކޮށްލެވުނީމަވެސް ހިތުން ހީވަނީ ބަރެއް ނެގިހެން…” ޒިވިއަލް އަހަރެން އަތުން ދޫކޮށްލައި އެނދުމަތިން ތެދުވިއެވެ. އެއާއިއެކު އަހަރެންވެސް އެނދުމަތިން ތެދުވެ ބޭރަށް ނުކުންނަން ހިނގައިގަތީމެވެ.

“ގުޑް ނައިޓް.. ތޭންކްސް ފޯ ޝެއަރިން އެނގޭ” ދޮރުން ނުކުންނަމުން ފަސްއެނބުރި ބަލާލުމަށްފަހު އަހަރެންވެސް ގޮސް ކޮޓަރިއަށްވަދެ ތަޅުލާ ލައިގެންހުރި ރޯބް ބޭލުމަށްފަހު އެނދުމަތީ އޮށޯވެލީމެވެ. އެއާއިއެކު ފޯނަށް މެސެޖެއްއައެވެ.

“ހެނދުނަށް އަދިވެސް ޓްރާންސްޕޯޓު ބޭނުންތަ؟” މެސެޖް ކުރީ ޒިވިއަލްއެވެ.

“ނޫން” ކުރުޖާވާބެއް އަހަރެން ފޮނުވާލުމާއިއެކު ޖަވާބުގައި ބާއްޖަވެރި ރެއަކަށް އެދެމުން އިތުރު މެސެޖެއް ޒިވިއަލް ފޮނުވާލިއެވެ.

ފޯނު ހަތެއް ޖަހާއިރަށް އެލާމްކުރީ އެއްގޮތަކަށްވެސް ހޭލެވޭނެކަމުގެ އުންމީދެއްގައެއްނޫނެވެ. ނަމަވެސް ޒިލާލް ގާތުގައި ސައިބޯން ދާނަމޭ ބުނެވިފައި އޮތީމައެވެ. ފޯނު ދުރުގައި ބޭއްވުމަށްފަހު އަހަރެންނަށް ވިސްނާލެވުނީ މިރޭ މި ދިމާވި ކަންކަމުގެ މައްޗަށެވެ. ދިރިއުޅުމުގައި ހައިޖާނެއް ހިނގަން ހަމަ އެންމެ ރެއެއެއްވެސް ފުދެއެއްނުންހެއްޔެވެ. މީހުން ބުނާތީ ކުރިންވެސް އަޑު އަހަމެވެ. ޚާއްޞަ މީހަކާއިއެކު ދަންވަރު ދެކެވޭ ވާހަކައަކީ މީހެއްގެ ދުލަށްވުރެ ބޮޑަށް ހިތުން ދެކެވޭ ވާހަކައެކެވެ. އެކަންވެސް މިރޭ ތަޖުރިބާ ކޮށްފީމެވެ. އާންމުކޮށް ނުފެންނަ ޒިވިއަލްއެއް އިރާކޮޅު ފެނުނެވެ. އެ ޒިވިއަލްއާއި މި ފުރަމެންދަމުގައި މި ވާހަކަ ދެކުވުނު ޒިވިއަލްއާވެސް އުޑާ ބިމާހާ ތަފާތެވެ. އެ ސީރިއަސް ދެލޮލުގެ ތެރޭގައި ފޮރުވިފައިވީ ލޯތްބާ އަސަރާއި ހިތާމަވެސް މިރޭ ފެނިއްޖެއެވެ.އެކަމަކު އަހަރެން ދެން ކަންތައް ކުރާނީ ކިހިނެއްބާވައެވެ؟ ޒިވިއަލްގެ ލޯބި ޤަބޫލުކޮށް އިތުރު ފުރުޞަތެއް އަމިއްލަ ނަފްސަށް ދޭންވީ ބާވައެވެ؟ ރަށްޓެއްސެއްގެ ގޮތުގައި ހުންނަންވީ ބާވައެވެ؟ ޒިވިއަލްގެ ހަޔާތުން އެއްކޮށް ދުރަށްދާންވީބާވައެވެ؟ އެފަދަ ޚިޔާލުތަކެއްގައި އޮއްވާ އަހަރެންނަށް ނިދުނީ ފަތިސްވެސް ވީ ފަހުންނެވެ.

 

“އީމް..އީމް… މަރުވީތަ އަޅެ؟ ދެން ކާންދާން ހިނގާބަލަ.. ސައިވެސް ނުބޮޔޭ ތިއޮތީ” އަހަރެންނަށް ހޭލެވުނީ ޒިލާލް އައިސް ދޮރުގައި ޖަހަން ފެށުމުންނެވެ. އަވަސް އަވަހަށް އޯއިއެކޭ ގޮވާލުމަށްފަހު ދެލޯ އުނގުޅަމުން ދޮރު ކުޑަކޮށް ހުޅުވާލީމެވެ.

” ރޭގަ ނުނިދަނީތަ؟ ހާދަވަރަކަށޭ ތިޔަ ނިދަނީ އީމް.. އެއޮށް 12 ޖަހަނީ.. ހިނގާބަ ފެންވަރައިގެން ކާންދާން.. އަހަރުން ވޯކްވެސް ނިމިއްޖެ… 4 ގަ މާލެދާން ފުރަންޖެހޭ…” ޒިލާލް ހުރީ އޭރުވެސް ލެޕްޓޮޕް ދަބެއް ހިފައިގެންނެވެ.

“ފިފްޓީން މިނިސް… މި ނުކުންނަނީ” ނިދިއަޑަކުން އެހެން ބުނެލުމަށްފަހު ކޮޓަރިއަށް ވަދެ ފޯނު ބަލާލީމެވެ. ޒިލާލްގެ 5 މިސްކޯލާއި ނުދަންނަ ނަންބަރަކުން 2 މިސްކޯލާއިއެކު މެސެޖެއް ފޮނުވާފައި އިނެވެ.

‘ހައި އީމާން.. ކުޑް ޔޫ ގިވް އަ ކޯލް ވެން ފްރީ ޕްލީޒް’ ފޯނު އެނދުމައްޗަށް އެއްލާފައި ފެންވަރަން ވަނީ ފަހުން އެ ނަންބަރަށް ގުޅަން ނިންމައިގެންނެވެ.

އަވަސް އަވަސް ކޮށްލައިގެން ފެންވަރާލާ ރީތިވެ ބަގީގެނެސް ރެސްޓޯރަންޓަށް ކާންދިޔައިރު ޒިވިއަލްއާއި ރިސޯޓު ޖީއެމް އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ.

” ރޫމްތައް މާ ކޮމްފަޓަބަލް އީ ދޯ  ނުހޭލެވުނީ” ޖީ އެމް ދިމާކޮށްލީ އަހަރެންނާއެވެ. ޖަވާބުގައި އަހަރެން ހީލީމެއެވެ. އެއަށްފަހު ވެފައި ހުރި ބަނޑު ހައިކަމާއިއެކު ތަށި ފުރެންދެން ބުފޭއިން ކާއެއްޗެހި އެޅުމަށްފަހު މޭޒު ކައިރީ އިނދެ ރަނގަޅަށް ކެއީމެވެ. އަހަރެންގެ ކުރިމަތީ ޒިވިއަލް އިށީނދެ އިނުމާއިއެކު އަހަރެންނަށް އުނދަގޫ ވަމުން ދިޔަނަމަވެސް އެ މޫނުން ރޭގައި ވީ އެއްވެސް ކަމެއްގެ ކުޑަނަމަވެސް އަސަރެއް ފާޅުވާކަށްނެތެވެ. މިހާރު އަހަރެން ކުރިމަތީ އިށީނދެ މީނީ އިހު ހުރި ގޮތަށް، ހުރިހާ އެންމެންވެސް ދަންނަ ޒިވިއަލްއެވެ.

މެންދުރުގެ ކެއުމަށްފަހު ޒިލާލް ސްނޯކްލް ކުރަން ދިޔުމުން އަހަރެންނާއި ޒިވިއަލް ދިޔައީ އެނބުރި ގެއަށެވެ. ގޭގައި ދެމީހުން އެކަނި ވުމާއިއެކު އަހަރެންގެ ހިތް އޮބި ނޯންނަވަރަށް ތެޅެންފަށައިފިއެވެ. ރޭގެ ވާހަކަ ޒިވިއަލް ދައްކަފާނެތީއެވެ. ނަމަވެސް ކަންތައްވީ އެޔާއި ޚިލާފަށެވެ.

“އީމާން.. ޕޫލަށް ނޭރޭނަން؟ އައި ހާޑް އިޓްސް ގުޑް ފޯ ޕްރެގްނެންޓް ޕީޕަލް” އަހަރެން ކޮޓަރިއަށް ވަންނަނިކޮށް ޒިވިއަލް ފަހަތުން ބުނެލިއަޑުއިވުނެވެ.

“މިދަނީ ޗޭންޖްކޮށްލައިގެން ޕޫލަށް އެރިލަންކަމަށް”އަހަރެން ގެއަށް އައީވެސް ޕޫލަށް އެރެލުމަށް ހިތުލައިގެންނެވެ.

ކޮޓަރިއަށް ވަދެ ޓައިޓްއަކާއި ޓީޝާޓްއަކަށް ބަދަލުކޮށްލުމަށްފަހު އައިސް ޕޫލަށް އެރެލީމެވެ. ޒިވިއަލްވެސް މާދުރުނޫން ހިސާބެއްގައި ސަންބެޑްގައި ޖައްސާލައިގެން ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއްގައި އަވަދި ނެތިއުޅެއެވެ. މާ ގިނައިރެއް ނުވެ އަތިރިމަތި ފަރާތުން މީހަކު އައިސް ދޮރާއި ހަމައަށް އަރައި އެތެރެއަށްވަނުމުގެ ހުއްދައަށް އެދުނެވެ. އެމީހަކު އައީ ތަބަކަށް ދެ ތަށި ޖޫހާއި މޭވާތަށްޓެއް ލައިގެންނެވެ. އައިސް ޕޫލްކައިރީ ޖޫސްތަށްޓަކާއި މޭވާ ތަށްޓެއް ބެހެއްޓުމަށް ދެވަނަ ޖޫސްތަށި ޒިވިއަލް އަށް ދިނުމަށްފަހު އެނބުރި ދިޔައީއެވެ. ޕޫލުގައި އަހަރެން ހޭދަކުރި ގަޑިއެއް ހާއިރު ތެރޭގައި އަހަރެމެން ދެމީހުން ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހިތްހަމަޖެހޭވަރަށް ޕޫލުގައި އުޅެލުމަށްފަހު މައްޗަށް އަރާ ޒިވިއަލް އޮތް ސަންބެޑް ކައިރީ އިން ގޮނޑިއެއްގައި އަހަރެން އިށީނދެލީ އަހަރެންވެސް ހުރީ ރޭގަ ވާހަކަތައް ހަނދާން ނައްތާލާފައިކަން ދެއްކުމަށެވެ. ކުރިންވެސް އުޅުނު ގޮތަށް އުޅެވޭނެ އެންމެ ފަސޭހަގޮތަކަށް އަހަރެންނަށް ފެނުނީ ރޭގައި ފެނުނީ ހުވަފެނަކަށް ހެދުމަށްފަހު ޒިވިއަލްވެސް ދެން އެވާހަކަ ނުދެއްކުމެވެ.

” އަބަދު ތިހެން އޮފީސް ވޯކްގަ އުޅޭކަށް ނުވާނެ… މައިންޑަށް ރެސްޓެއް ދޭންވާނެ” އަހަރެންގެ އަޑު ޖެހުމާއިއެކު ލެޕްޓޮޕަށް ގެއްލިފައި އޮތް ޒިވިއަލް ދިޔައީ ސިއްސައިގެންނެވެ.

“މި ރިޕޯޓް މި ގަޑީ ނިންމާލީމަ މާލެ ގޮސް ނިދޭނީ.. މީ ޔޫޓިލައިޒިން ޓައިމް” ޒިވިއަލްވެސް ވާހަކަ ދެއްކީ ވަރަށް ހަމަޖެހޭ ގޮތް ދައްކަމުންނެވެ. ނޫނީ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ހަމަ އަސްލަށްވެސް ހިތް ހަމަޖެހިފައި ހުރީކަންނޭނގެއެވެ.

” މިދަނީ ފެންވަރައިގެން ރެޑީ ވާން އެނގޭ” ތެދުވަމުން އަހަރެން ބުނެލީމެވެ.

ފުރަންދިޔުމަށް އެއްޗެހި ޕެކްކޮށް އަހަރެން ސިޓިން ރޫމް ސޯފާގައި ޖައްސާލައިގެން އިނީ ޒިލާލް އާއި ޒިވިއަލްގެ އިންތިޒާރުގައެވެ. ޓީވީއަށް ގެއްލިފައިން އަހަރެން ސިއްސައިގެން ދިޔައީ މީހަކު އައިސް ފައިގައި ހިފުމުންނެވެ. ހިތްހަމަ ނުޖެހުމާއި އެކު އަވަސް އަވަހަށް ފައިދަމައިގަނެވުނީ ޒިވިއަލް ކުރަން އުޅުނު ކަމެއް އަހަރެންނަށް ނޭނގޭތީއެވެ.ފައި ދަމައި ގަތުމާއިއެކު އަނެއްކާވސް އުޑުފައިން އިށީންދެގެން އިން ޒިވިއަލްގެ ފައިމަށްޗަށް އަހަރެންގެ ފައި ލުމާއިއެކު ފައިގައި ކެވެލިކޮޅެއް އަޅުވައިދިނެވެ. އެކެވެލި ކޮޅު ނެތްކަންވެސް އެނގުނީ އެވަގުތުއެވެ. އެއީ އަހަރެންގެ މަންމަގެ އެންމެ ފަހުގެ ހަނދާނެވެ. މަންމަ ބުނި ގޮތުންނަމަ، އެ ކެވެލި ކޮޅު އެއީ އަހަރެން ފިޔަވައި މަންމަގެ ދިރިއުޅުމުގައި އެންމެ އަގުބޮޑު އެއްޗެވެ.

” ޕޫލް ކައިރީ އޮތީ” ކެވެލިކޮޅު އަޅުވާލަ ދިނުމަށްފަހު ތެދުވެ ޒިވިއަލް ހިނގައިގަތެވެ.

“ތޭންކްސް… މީ މަންމަގެ ހަނދާނެއް” އަހަރެން ޒިވިއަލްއަށް ޝުކުރު އަދާކުރީމެވެ.

” އެނގުން.. ބުޅިގަނޑު ކައިރީ  އިނގިރޭސިން އެން ދެން ބޮޅު ކައިރީ އިނގިރޭސިން ޖޭ ޖަހާފަ އެބައިން.. ޤައިމުވެސް އީމާންގެ އަކުރުތަކެއް ނޫން އެއީކީ” ޒިވިއަލް އެދިން މައުލޫމާތަކީ އަހަރެންނަށްވެސް ނޭނގޭ މައުލޫމާތެކެވެ. މި ކެވެލި ކޮޅު އަހަރެން ފައިގައި އަޅުވައިދިނީ މަންމަ ނިޔާވި ދުވަހު އޮފީސް ކުއްޖެކެވެ. އޭގެ ފަހުން މި ކެވެލިކޮޅެއް އަހަރެން ނުނަގަމެވެ. އެހެންކަމުން އޭގައި ލިޔެފައި އޮތްއެއްޗެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް މަންމަ އަށް ކިޔަނީ ނިސްރީން ހުސެއިން ކަމުން އެން އެއީ މަންމަގެ ފެށޭއަކުރުކަން ވިސްނުނެވެ. އެހެންވެއްޖެއްޔާ ޖޭ އެއީ ކާކުބާވައެވެ؟ މާމައަށް ކިޔަނީ ޖަމީލާ ބާވައެވެ؟ ނުވަތަ  އަހަރެންގެ ބައްޕަ ފެށެނީ ޖޭ އަކުރަކުން ބާވައެވެ؟ ޚިޔާލުތަކުން ބޭރުވެވުނީ ޒިވިއަލް ބަގީ އައި ވާހަކަ ބުނުމުންނެވެ.

އަހަރެމެންނަށް މަރުހަބާ ކިޔަން އައި މީހުން އަހަރެމެން ފުރުވަންވެސް އައިސް ތިއްބެވެ. އެންމެންނަށް ޝުކުރު އަދާކުރުމަށްފަހު ލޯންޗަށް އެރުމާއިއެކު މާލެއަށް މިސްރާބުޖެހިއެވެ. މިރަށަށް އައި އިރު ތިބި ގޮތާއި ޚިލާފަށް ޒިވިއަލް އަހަރެންނާއި ޖެހިގެން އިށީނދެގެންއިރު ދަތުރުގައި ހޭދަވި 20 މިނެޓްވެސް ޒިވިއަލް ހޭދަކުރީ ކިންޑަލްއިން ކޮންމެވެސް އެއްޗެއް ކިޔުމުގައެވެ.

މާލެއަށް ފޭބުމާއިއެކު ފޯނު ނެގީ ގަޑި ބަލާލުމުގެ މަޤުޞަދުގައެވެ.ނަމަވެސް އެއްކަލަ ނުދަންނަ ނަންބަރުން ދެފަހަރަކު ގުޅާލާފައި އިނުމުން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. މި ގުޅަނީ ކާކުބާއެވެ؟ އެހާވަރަށް ގުޅުމުގެ ބޭނުމަކީ ކޮބައިބާވައެވެ.؟

އެ ވަގުތަކީ ޒިލާލްވެސް ސައިކަލުގައި އައިސް މަޑުކޮށްލި ވަގުތުކަމުން އިޝާރާތުން މަޑުކޮށްލުމަށް ބުނުމަށްފަހު އެނަންބަރަށް ޑައިލްކޮށްލީމެވެ.

“ހަލޯ” އެކޮޅުން އިވުނީ އަހަރެން މާ ދަންނަ އަޑެއް ނޫނެވެ.

” ވަރަށް ގުޅާފަ އެބަހުރި. ސޮރީ ކުޑަކޮށް ބިޒީވީމަ ނުނެގުނީ.. ޓެލް މީ…ވަޓްސްއަޕް؟ އެންޑް ހޫ އަރ ޔޫ؟” އެވަރަށް އެ މީހަކު ގުޅާނީ ކޮންމެވެސް މުހިންމުކަމެއް ދިމާވުމުންކަން ކަށަވަރެވެ. އެހެންކަމުން އަހަންނަށް ފެނުނު އެންމެ ރީތި ގޮތަކީ މާޢަފަށް އެދުމެވެ.

“އަހަންނާ މީޓް ކޮށްލެވިދާނެތަ؟ ވަރަށް ބޮޑު ކަމަކު” އެ ކުއްޖާ ފުރަތަމަވެސް އެދުނީ ދިމާވެލުމަށެވެ.

“ކާކުތީ؟ ކޮންކަމެއްގަ ބައްދަލުކުރަންވީ؟” ކާކު ކަން ނޭނގޭ މީހަކާއި ބައްދަލު ކުރުމަށް އެއްބަސްވުމަކީ އެންމެ ރައްކާތެރި ގޮތެއްކަމަކަށް އަހަރެންނަށް ޤަބޫލެއް ނުކުރެވުނެވެ.

“މީ ރޭޒަލް.. ޕްލީސް މީޓް މީ” ރޭޒަލްގެ ނަން އިވުމާއިއެކު ފާޑަކަށް ހިތްބިރުގަންނަން ފެށިއެވެ. އަހަރެން ޒިވިއަލް ކައިރިން ރޭޒަލް ނަންބަރު ހޯދަން ބުނީވެސް އަހަރެންވެސް އައިސް އޭނާއާއި ޝިޒާން އާއި އެކީ ބައްދަލުކޮށް އަހަރުމެންގެ ގުޅުން ކޮންމެވެސް އެއްގޮތަކަށް ނިންމުމަށް އެދުމަށެވެ. ނަމަވެސް ސިކުނޑި އެހާ ބޮޑަށް ރެޑީ ނުވެ ހުއްޓައި ރޭޒަލް ގުޅުމުން ހިތަށް ބިރުވެރިކަން ވެރިވީއެވެ. އަނެއްކާ ރޭޒަލް އަހަރެންނާ ބައްދަލުކޮށް ދައްކަން އޮތީ ކޮން ވާހަކައެއްބާވައެވެ

” އަހަރެންނާ ދައްކަން އޮތީ ކޮންވާހަކައެއް؟” އަހަރެން ރޭޒަލް އާއި ބައްދަލުކުރމުގެ ކުރިން އޭނާ ދައްކަން ބޭނުންވާ ވަހަކައެއްވެސް ބަލާލަން ބޭނުންވިއެވެ.

” ވަރަށް މުހިންމު ކަމަކު.. ޕްލީޒް. އީމާން އަށް ފަސޭހަ ތަނެއްގަ.. އޯކޭ ތިގެވެސް… ކެފޭ އެއްވިޔަސް.. ބީޗް ވިޔަސް…..” ރޭޒަލްގެ އަޑުން ބޮޑަށް ފާޅުވަމުންދިޔައީ ހިތާމައިގެ އަސަރެވެ.

“ކޮން އިރަކުން؟” ދެންވެސް ސުވާލު ކުރީ އަހަރެންނެވެ.

” އީމާން ބޭނުން ކޮންމެ ގަޑިއެއް. މިހާރުވެސް އޯކޭ” ރޭޒަލް ގެ އަޑުގައި ހުރި ނުތަވަނަސް ކަމުގެ ސަބަބުން އޭނާގެ މައްޗަށް އަހަރެންވެސް ހަމްދަރުދީވިއެވެ.

” މިދަނީ ގެއަށް.. އާދޭ ވިއްސަކަށް މިނެޓް ފަހުން.. މި މެސެޖް ކޮށްލަނީ އެޑްރެސް އެންޑް ލޮކޭޝަން” އަހަރެމެންގޭގައި ބައްދަލުކުރުމަށް ނިންމީ ފަހަރުގައި ކަމެއް ދިމާވިއަސް ޒިވިއަލް އާއި ޒިލާލް އަހަރެންނަށް އެހީވުމަށް ގޭގައި ތިބޭނެތީއެވެ. ރޭޒަލްއަށް އެޑްރެސް ފޮނުވާލުމަށްފަހު ސައިކަލަށް އަރައި ހަމަޖެހިލައި ރޭޒަލް ބައްދަލު ކުރަން އަންނަވާހަކަ ޒިލާލް ކައިރީ ބުނެލީމެވެ. ޒިލާލްވެސް ތާޢިދު ކުރީ ބޭރަށް ނުގޮސް އަހަރެން ދިރިއުޅޭތަނަށް ރޭޒަލް ގެނައުމަށް ނިންމި ނިންމުމަށެވެ.

ގެއަށް ވަދެވުމާއިއެކު ކުޑަކޮށް ފްރެޝްވެލައިން ބޭރަށް ނުކުތީ ރޭޒަލް އަންނާނެތީއެވެ. އަހަރެން ސޯފާގައި އިށީންތާ މާ ގިނައިރެއް ނުވެ ރޭޒަލް އައިސް ބެލް އެޅިތަން ކެމެރާއިން ފެނުނެވެ. އެއާއިއެކު ރޭޒަލްގެ ފަހަތުން ޒިލާލް ދޮރު ހުޅުވާލާ ރޭޒަލް އާއިއެކު ގެއަށް ވަތްތަށް ފެނުނެވެ.ޒިލާލް އެގަޑީގައި ބޭރުގައި އެހުރީ ކީއްވެބާއެވެ؟ އަހަރެން ހީކޮށްގެންހުރީ ދެބެންވެސް މިހާރު ތިބޭނީ ނިދާފައިކަމަށެވެ.

ހުޅުވާލެވުނު ދޮރާއިއެކު ޒިލާލް ގޭތެރެއަށްވަނެވެ. އަދި ޒިލާލްގެ ފަހަތުން ރޭޒަލްވެސް ވަނުމުން ރޭޒަލް އަށް ޒިލާލް ތަޢާރަފް ކޮށްދިނީމެވެ.

” ވީ މެޓް އައުޓް ސައިޑް. އައި ޑިޑިންޓް ނޯ ޔޫ ހޭވް ބްރަދާސް” އިށީންނަމުން ރޭޒަލް ވާހަކަ ދެއްކިއިރު  ފިސާރި ނުގޮތަކަށް ޒިލާލް އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު ކޮޓަރިއަށްވަނެވެ. އެހެންކަމުން ޒިލާލް ތިރީގައި އެހުރީ ގަސްތުގައިކަން އަހަރެންނަށް ނަގައިގަނެވުނެވެ.

” ސޯ.. ކޮން ވާހަކައެއް މަށާ ދައްކަން އޮތީ؟” އަހަރެން ޖޫސްތަށްޓެއް ގެނެސް ކޮފީ މޭޒުމަތީ ގައި ބަހައްޓަމުން ސުވާލުކޮށްލީމެވެ.

” ޑައިރެކްޓްލީ ޓު ދަ ޕޮއިންޓު ދޯ….ޔޫ ނޯ މަވެސް މީ އަންހެނެއްކަން.. ތި ދެމީހުން ދުރުކުރީ އަހަރެންނެއް ނޫން… އަހަރެން އެންމެ ކުޑައިރުއްސުރެ ލޯބިވި މީހަކީ ޝިޒާންވީމާ، އަހަރެންގެ ކައިވެންޔަށް އެދި ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނަން ބޭނުން ނުވީ.. އެކަމަކު އަހަރެންނަށް މިއުޅެވެނީ ހަމަ ނަމެއްގަ ކައިވެންޏެއް ކޮށްގެން. މީހުންގެ ލޯމައްޗަށް ފެންނަ ފެނުމެއް ނޫނީ އިތުރު ގުޅުމެއް އަހަރެމެންގެ ދެމެދުގަ ނެތް.. ޝިޒާން އަހަރެންނާ އެއް އެނދެއްގައި ނިދާކަށްވެސް ބޭނުމެއްނުވޭ…..އަހަރެންނަށް އެނގޭ އީމާންގގެ ބަނޑުގަ ތިވަނީ ޝިޒާންގެ ދަރިއެއްކަން… ތި ކުއްޖާ ޝިޒާން އާއި ދުރުކުރުވަފާނެތީވެސް އަބަދު އެ ފިކުރެއްގަ… އަހަރެން މިއައީ ހަދާނެ ގޮތް ހުސްވެގެން…. ޝިޒާން މުޅި ދުނިޔެމަތިން ފޫހިވެފައި ހުންނަ ކަހަލަ….. ހިނިތުންވި ދުވަހެއްވެސް ހަނދާނެއް ނެތް… ޕްލީޒް އީމް….” ރޭޒަލް ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. މީހާ ކިތަންމެ ޒަމާނީ ވިޔަސް، އިންސާނަކަށް ވީތީ އެ މޭގެ ތެރޭގައިވެސް ވާނީ ހިތެކެވެ. އެ ހިތަށް އަސަރުވެސް ކުރާނެތާއެވެ. ދެރަވެސް ވާނެތާއެވެ.

” އަހަރެން ކިހިނެއް ހަދަން ވީ؟ ” ބުނާނެ އެއްޗެއް ނޭނގި އިނދެ ދެން ކަންތައް ކުރަންވީ ކިހިނެއްތޯ އަހަރެންނަށް ސުވާލުކޮށްލެވުނެވެ.
” އަލުން ކައިވެނި ރުޖޫޢަކުރޭ… އަހަރެން ހަމަ އުފަލާއިއެކު ޝިޒާންގެ ދެވަނަ އަތްބެއް ގޮތުގަ ހުންނާނަން… ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަން” ރޭޒަލްގެ އެ ޖަވާބާއިއެކު އޭނާ ޝިޒާން ދެކެވާ ސާފު ލޯބި ހާމަވިއެވެ. އަހަރެންނަށްވެސް އެވަރަށް ޝިޒާން ދެކެ ލޯބި ވެވުނުހެން ހިއެއްނުވެއެވެ. ފިރިމީހާގެ އުފަލަށްޓަކައި އަމިއްލަ އުފާތައް ޤުރުބާން ކުރުމަކީ އެންމެ މާތް ތެދުވެރި ލޯބި ނޫންހެއްޔެވެ.

” ރޭޒަލް އަށް ކެތްވާނެތަ ދެވަނަ އަތްބެއްގެ ގޮތުގަ އިންނަން؟” ރޭޒަލް ގެ ހިތުގެ އަޑުވެސް އަހާލަން އަހަރެން ބޭނުންވިއެވެ.

“ނުވާނެ! އައިވިލް ޑައި އެވްރީ ޑޭ! މަށަށް އެނގޭ ޝިޒާންގެ ލޯބި ލިބޭނީ އީމާންއަށްކަން. އެކަމަކު ޝިޒާންގެ އަތްބެއްގެ ގޮތުގައި އިނދެވޭކަން ހިތަށް އަރުވާލާ ހިތްހަމަ ޖައްސާލާނަން” އަހަރެން ހިތުގައި ރޭޒަލްއަށްޓަކައި އިހްތިރާމް އެތަށް ގުނައަކަށް އިތުރުވެގެން ދިޔަކަހަލައެވެ.

“ހިނގާ ޝިޒާންވެސް ގޮވައިން ތިން މީހުން މީޓުކޮށްލަމާ؟ މިރޭ 8 ހާއިރު ސްކައި ފޯލް  ރަނގަޅުވާނެއެއްނު؟ ރޭޒަލް އެގަޑިއަށް އެތަނަށްދޭ.. އަހަރެން ޝިޒާންއަށް ގުޅައިގެން އެގަޑިއަށް ގެންދާނަން… ޑޯންޓް ކްރައި ލައިފް އިޒް އަ ލެސަން..ސީ އައި ގޮޓް ޝިޒާން އެންޑް ޔޫ ގޮޓް ހިޒް ފެމެލީ.. ކިހާ އަން ފެއަރ ދޯ”

އެގޮތަށް އެއްބަސްވެސް ރޭޒަލް ގެއަށް ދިޔައީ 8 ޖަހާއިރު  ސްކައިފޯލްއިން ބައްދަލުކުރުމަށް ނިންމައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ލޯބިވެވުނީ 8

Next

ލޯބިވެވުނީ 9

Next
May 2, 2023

ލޯބިވެވުނީ 9

Previews
April 29, 2023

ލޯބިވެވުނީ 8

9 Comments!

  1. Lily says:
    May 1, 2023 at 3:20 pm

    Vrh rythi vaahaka eh
    Ekam adhi kiyuny 7 parts varu 😭
    Free v ma kiyaalanan ingey ehkoh
    And yes alhugandu keen “nikan loabin” evaahka genesdhin iru
    Vrh rythi evaahka vx <33

  2. mariyam says:
    May 1, 2023 at 7:34 pm

    I love this story 😍 please upload next part. Thankolen vx please
    Next week have my exams. Please upload next part . I am waiting for next part
    I like your story 😊😀😍💘♥️❤️💕💗💞💓❣️💖

  3. Mitsuha says:
    May 1, 2023 at 9:26 pm

    Hmm… What’s gonna happen next?.. is she gonna go back to her ex? Or gonna give zivial a chance?… Well whatever happens… I’m damn curious to know more… someone, I really appreciate your hard work to write this… And thanks a lot for writing lovely stories…💜 Hope you’ll upload the next part soon… Will be waiting… Good luck…

  4. Reader says:
    May 2, 2023 at 8:15 am

    Mi part vs vrh reethi
    Masha allah
    Keep up the good work

  5. SomeOne says:
    May 2, 2023 at 1:31 pm

    Thank you Lily, Maryam, Mitsuha and Reader! You endless support helps me go forward with Writting! Appreciate it so much!

    Mariyam:All the best for your Exam. IA I will post atleast 1 more episode this week. But prepare for Exam first and come back for the story after exam! Or use the story just as a way of stress release in between studying 🙂

    Lily: Nikan loabin is a story very dear to my heart! Thanks for reading!

  6. Nayal says:
    May 2, 2023 at 4:09 pm

    i love this story…. plxx Eem shizan kairiyah nudhaathi……. zivial ge loabi gaboolukurey
    nikan loabin story alhuganduves kin varah touching it made me cry…

  7. mariyam says:
    May 2, 2023 at 4:57 pm

    Same as with me I also cry about that story 😭😞
    Sunday have my exams I always so hard to get ready for my exams

  8. barbie says:
    May 2, 2023 at 5:45 pm

    Love this story 🥺🥺♥️

  9. Laiii😍 says:
    May 3, 2023 at 7:31 pm

    When next part

Comments are closed.

Next Episodeލޯތްބަކުންދިން-16←


All Right Reserved!