Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-18

SomeOne Level 210 Stories
May 11, 2023 7 Mins Read
28 Comments

” ދައްތަ މިހިރީ އަދި މެންދުރު ނަމާދުނުކޮށް އެއާޕޯޓުންއައިގޮތަށް.. ނަމާދުކޮށްލަން އެކޮއެ ކޮޓަރިއަށް ވަދެލަންތަ” އަހަރެން އަވަސް އަވަހަށް އާނއެކޭ ބުނެ ކޮޓަރި ހުޅުވާލަދީ އެމީހާ ނަމާދުކޮށްގެން އަންނަންދެން ސޯފާގައި އިށީނީމެވެ.

” ކޮބާ ނަސީމައްތަ؟” ކުޑަކޮށް ނިދިޖެހިފައި އިންދައި އަހަރެން ސިހުނީ ޒިލާލްގެ އަޑަށެވެ.

“ނަމާދުކޮށްލަން އަހަރެން ކޮޓަރީގަ” އަހަރެން ހަމަޖެހިލަމުން ޖަވާބުދިނީމެވެ.

ޒިލާލްވެސް އައިސް ސޯފާގައި އިށީނދެލީ އެ މީހާ ނަމާދުން ފައިބައިގެން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެ ގޮތުގައި މާގިނަ އިރަކު އިންނާކަށް ނުޖެހުނެވެ. ދޮރުހުޅުވާލާފައި އެމީހާއަށް ރަނގަޅަށް ކޮޓަރިން ނުނިކުމެވެނީސް ޒިލާލް ފުންމައިގެން ގޮސް އެމީހާ ގައިގަ ބައްދައިގަތެވެ.

“މަންމާ!! ވާޓް އަ ސަޕްރައިޒް! އަދި ނަސީމައްތަޔޯ! ކޮބާ ބައްޕަ؟ ވެން ޑިޑް ޔޫ އެރައިވް؟ އައި މިސްޑް ޔޫ ސޯމަޗް”

“އަދިވެސް ބޮޑުވާކަށް ނުވޭތަ ޒިލާލް! ކިތަށް ފަހަރަށްތަ މަ ބުނަންވީ ތި ފަރަންޖީ ބަހުން މަށާ ވާހަކަ ނުދައްކާށޭ!އެންމެ ފަހުން ދެބަހުން ކުރެ އެއްބަހަކުންވެސް ވާހަކަ ދައްކަން ނޭނގިފައޭ އޮންނާނީ!… މަށަކަށް ނޭނގެ މަށަށް ކިހިނެއް ބޮޑު ކުރެވިފަ ހުރި ދަރިއެއްކަމެއް މީކީ….ދެން ތި މަގޭ ކަރުން ދޫކޮށްފަ އެތާ އިށީނދެބަލަ” ކަރުގައި ވަށާލެވިފައިވާ ޒިލާލްގެ އަތް ނައްޓަމުން ޒިލާލްގެ މަންމަ ވާހަކަ ދެއްކިއެވެ.އެ ދެމީހުންގެ ގާތްކަން ފެނި އަހަރެންގެ ލޮލުން ކަރުނަ ނިރާލީ އަހަރެންގެ މަންމަ މަތިން މާ ބޮޑަށް ހަނދާންވުމުންނެވެ. އަހަރެންވެސް މަންމަ ދުނިޔޭގައި މަންމަ ކައިރީ އުޅެނީ ކުޑަކުއްޖެއްހެންނެވެ. ބައެއް ފަހަރު ބޮޑާހާކައިގެން ކަނީވެސް މަންމަ  ލައްވަ ބަތް މޮޑެގެންނެވެ. ފެންވަރައިގެން އައިސް ފުނާ ނާޅަ އިންނާތީ ހަޅޭއްލަވަމުން ބޮލުން ގޮށް ފިލުވާ އޮމާންކޮށްދީ ހަދައެވެ.ލޯ ފޮހެލާ ހަމަޖެހިލީ ދެން އެދުވަސް ނާންނާނެކަން އެނގޭތީއެވެ.ނަމަވެސް އަބަދުވެސް އަހަރެން މަންމައާއި ސުވަރުގޭން ބައްދަލުވޭތޯ ދުޢާކުރަމެވެ.

” މަންމަ ދޯ ބުނަނީ ދަރިން ނުވާނެޔޭ ބޮޑެއް މައިންނަކަށް.. ދެން ހެވޭ..ކޮބާ ބައްޕަ؟ ބައްޕަ ކީއްވެ ނައީ؟” ސުވާލަކަށްފަހު ސުވާލެއް ޒިލާލް ކުރަމުން ދިޔައެވެ.

“ބައްޕަ އައި ގޮތަށް ދަރަވަންދޫ އަށް އެދިޔައީ… ގެސްޓްހައުސް ކޮންމެސް ކަމެއްގަ.. އަންނާނެ މާދަމާ”

“ބައްޕައަށް އައިގޮތަށް ދޮންބެ ނުފެނި ކެތެއް ނުވިދޯ؟ އެކަމަކު މަންމަ ކީއްވެ ނުބުނެ ތިޔައީ؟ ކޮބާ ފޮށިތައް؟” ވަށައި ހޯދާލަމުން ޒިލާލް އެހެން އަހާލީ އެއްވެސް ފޮށްޓެއް ފެންނަން ނެތީމައެވެ.

“މަންމަމެން މިއައީ އެއްކޮށޭ! ދެން ޓެސްޓް ހަދަން ދާން ޖެހޭ ތިންމަސް ފަހުން…. ފޮށިތައް ހިފައިގެން  މުހައްމަދު އެބަ އާދޭ.. ގެއަށް އެއްޗެހިލާން ދަމުން މަންމަ ދަބަސް ގެނެސް ދޭނަމޯ… މިރޭ ދަރިފުޅު ކައިރީ މަޑުކޮށްލާފަ ބައްޕަ އައީމަ އެކޮޅަށް ދާނީ… ދެ ދުވަހެއް ވަރޭ ބުނީ ވާނީ ”

” ދޮންބެ ނުވެސް ބުނޭ ގޭގެ މަސައްކަތް އެއްކޮށް  ނިމުނު ވާހަކައެއް.. ދެން މަންމަ ބުނާނެ ޒިލާ ބޮޑެއް ނުވެޔޭ! ބޮޑު ނަމަ ކަންކަން ޒިލާއަށްވެސް އެނގޭނެދޯ”  ޒިލާލް އެހެން ބުނި އިރު ތުން ހުރީ ރިޔަނަކަށް ދަމާލާފައެވެ.

” ގެ އެއްކޮށް ނިންމައިފި މިދިޔަ މަހު….މިގޭގެ އެގްރިމެންޓް ހަމަވާން އަދި ފަސްމަސް ދުވަސް އޮތީމަ ޔޯ ބަދަލު ނުވެ ތިތިބީ….ދަރިފުޅު އެންމެ ފަހަރަކުވެސް އެހިންތަ  ދޮންބެ ކައިރީގަ ގެ ނިމުނު ތޯ؟ އެންމެ ފަހުން ގެއަށް ވަދެލީ ކޮންއިރަކު؟ މަންމަ އަބަދުވެސް ބުނަން ދޯ ޒިލާ ކައިރީ ތަންކޮޅެއް ޒިންމާދާރުވާށޭ! މީހަކާ އިންނަން އުޅޭއިރު ތިހެން އުޅެގެން ކިހިނެއް އަތްބެއް ގެންގުޅޭނީ؟” އަހަރެން ކައިރިއަށް ކުޑަކޮށް ހިނިއައީ ޒިލާލް މައިތިރިވެ އިސްޖަހާލިގޮތްފެނިފައެވެ. ދެމައިން ވާހަކަ ދައްކަމުން ދިޔައިރު ފޫހިކަމެއް ނެތި އެ ދެމީހުންނާއި ދިމާއަށް އަހަރެންނަށް ބަލަހައްޓައިގެން އިނދެވުނެވެ.

“މަންމަ މިއޮއް ދުވަސްކޮށްފަ ފެނުނީމަވެސް ހަމަ ލެކްޗަރު އަޅާލީނު! އަދި އެވެސް އީމް ކުރިމަތީގަ” އަހަރެންނާ ދިމާއަށް ވަށްކަޅިން ބަލާލަމުން ޒިލާލް އެހެންބުނެލި ރާގުން އަހަރެންކައިރިއަށް އިތުރަށް ހިނިއައެވެ.

“ބަލަގަ ދަރިފުޅެއް ނޫންތަ ބުނީ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ.. ދެން ކޮއްކޮއެއްކުރިމަތީ ބޭބެއާ ދިމާއަށް އެއްޗެއް ބުނުމަކީ ގޯސް ކަމެއްތަ؟” ޒިލާލްގެ މަންމަ އެހެން ބުނެލިއިރު ފޮށިތައް ހިފައިގެން ބިދޭސީ މީހަކު ދޮރުގެ ބެލްއަޅަނީއެވެ.
“އެއައީ މުހައްމަދު .. އަންނާނަން ދަބަސް ހިފައިގެން” ޒިލާލް އަވަސް އަވަހަށް ބޭރަށް ނުކުތެވެ. އެއާއިއެކު ޒިލާލްގެ މަންމަ އަހަރެންނާއި ދިމާއަށް ބަލާލާ ވާހަކަ ދައްކަން ފެށިއެވެ.

” އީމާން ދޯ ކިއަނީ؟ މި ޒިލާލް ވަރަށް ދައްކާ އީމާންގެ ވާހަކަ.. އެކަމަކު އަދިކިރިއާ ދޯ މި ފެނުނީ! ނޭނގުނުތަ ދައްތައެއް؟” އަހަރެން ތަންކޮޅެއް ރީއްޗަށް ޒިލާލް މަންމަގެ މޫނަށް ބަލާލީމެވެ. ކާކުތޯ ހަނދާންވޭތޯއެވެ. އެ އުމުރުގެ އަހަރެންނާއި ގާތްގުޅެމެއް ހިއްސާކުރީ ނަސްބަތުން މަދު ބައެކެވެ. އެއީ އޮފީހުގެ ބައެއް ކުދިންގެ އާއިލާ މީހުންނާއި އަހަރެން މަންމަގެ ދެތިން ރަށްޓެހިންނާއި ދެން ޝިޒާން މެންގޭ މަދު ބައެކެވެ.މިއީ އޭގެތެރެއިން އެއްވެސް މީހެއް ނޫންކަން ޔަޤީނެވެ. ނޫނެކޭ ނުދަންނަމޭ ބުނަން ހުޅުވާލި އަނގަ ލައްޕާލެވުނީ ކުއްލިއަކަށް ޒިވިއަލް ބުނިއެއްޗެއް މަތިން ހަނދާން ވުމުންނެވެ. އަހަރެން މަންމަ ނިޔާވި ދުވަހު ސަހަރާއަށް ދިޔައީ ޒިވިއަލްގެ މަންމަ ގޮވައިގެންނެވެ. އަހަރެންނާ ސަލާންވެސް ކުރިއެވެ. އެހެންވީމާ މި ދައްތަ އަދިވެސް އަހަރެން މޫނު ހަނދާން ހުރީތާއެވެ.

” މީ ޚަދީޖައްތައޭ.. މަންމަ ނިޔާވި ދުވަހު ސަހަރާއިން ވާހަކަ ދެއްކީމެއްނު. ބުނީމެއްނު މަންމަގެ ކުޑައިރުގެ ރަށްޓެއްސެކޭ.. ކިހިނެއްދޯ ހަނދާންވާނީ…އެކޮއެ އިނީ ހުއްޓުންއަރާފަ ވިއްޔަ…” ޚަދީޖައްތަ އިސްވެ ވާހަކަ ދެއްކި އަހަރެން އެއްޗެއް ނުބުނެ އިނުމުންނެވެ.

އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އަހަރެންގެ މަންމަގެ މާޒީ ހުޅުވާލަފާނެތީ ބާވައެވެ؟ ނުވަތަ މިއީ ޒިވިއަލްގެ މަންމައަށް ވީމަ ބާވައެވެ؟ ހިތްތެޅެންފެށީ ކިއްވެކަމެއް ޔަޤީންކޮށް ބުނާކަށް އަހަރެންނަކަށްވެސް ނޭނގުނެވެ.

“ކުޑަކޮށް ހަނދާން ވެއްޖެ” ތުރުތުރު އަޅާއަޑަކުން މަޑުމަޑުން އަހަރެންނަށްބުނެލެވުނީ އެވަރެވެ.

“ހަމަ ނިސްރީނު ހެންހީވަނީ……އެ ދޮންކަން… އެ ފަން ދިގު އިސްތަށިގަނޑު…. ހަމަ އެ ދިގު އިސްކޮޅު…..ދަރިފުޅު ހާލު ރަނގަޅު ދޯ؟ މި ކުދިން އުނދަގޫ ކުރޭތަ؟ ޒިލާލް ވަރަސް ސިޔާސަ ވާނެ.” ޚަދީއްޖައްތަ އިންގޮނޑިން ތެދުވެގެން އައިސް އަހަރެން ކައިރީ އިށީންނަމުން ބޮލުގައި ފިރުމާލިއެވެ.

އަހަރެންނަށް ލޯ މަރާލެވުނީ ލޮލުން ފޭދެން ފަށާފައިވާ ކަރުނަތައް ޚަދީއްޖަތައަށް ފެނިދާނެތީއެވެ.

“ދެ މީހުންވެސް ވަރަށް ހިތްހެޔޮ ވަރަށް އޯގާތެރި.. ހުރިހާކަމެއްވެސް ކޮށްދެނީ އެއްބަނޑު ކުދިންހެން..” އަހަރެން ވާހަކަދެއްކީ ހަމަޖެހިލަން މަސައްކަތްކުރަމުންނެވެ.

“އާނ! ދަރިފުޅު މަންމަޔާ ދައްތަޔާ ވަރަށް އެކުގަ ކުރިން އުޅުނީ…އެހެންވީމަ ތީ ހަމަ ވަރަށް ގާތްކުދިންނޭ..ޒިލާލް ބުނި ދުވަސްކޮޅަކަށޭ އައީ…. މިހާރު ފިރިއަކު ނެތޭ ބުނީމެއްނު ދެން ކިހިނެއް ހަދަން ވިސްނައިގެން ތިހިރީ؟ ބޮޑުދައިތަ ކައިރިއަށް އައްޑޫއަށް ބަދަލުވަނީތަ؟” އަހަރެންގެ ބޮޑު ދައިތައެއްވެސް ހުންނަކަން މި އެނގުނީ އަލަށެވެ.

“މަންމާ ހާދަ ބައިވަރު އެއްޗެއްސެކޭމީ…. ކޮންހާ އެއްޗެއްސެއްތަ؟” ޚަދީޖައްތަގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ފޮށިތައް ހިފައިގެން ޒިލާލް އެތެރެއަށް ވަދެގެން އައެވެ. ޒިލާލް އެގަޑީގައި ވަތްކަން ނަސީބެކޭ ހިތަށްއެރިއެވެ. ޚަދީޖައްތަގެ އެ ސުވާލަށް އަހަރެންއަތުގަވެސް އަދި ޖަވާބެއް ނެތެވެ. އާއިލާ މީހުން މިހާ ދުވަސްފަހުން އަހަރެން ބަލައިގަންނާނޭކަމެއްވެސް ނޭނގެއެވެ.

” ތި ބަހައްޓަބަލަ މިތާ..” ޚަދީޖައްތަގެ އިޝާރަތާއިއެކު ޒިލާލް ދެ ފޮށިގަނޑާ ދަބަހެއް ބިންމަތީގައި ބެހެއްޓިއެވެ. އެއާއިއެކު އޭގެން އެއްފޮށިގަނޑު އެއްފަރާތްކޮށްލައި އެއީ އަހަރެންނަށް ވީ އެއްޗެއްކަމުގައި ބުންޏެވެ.

“މީ ދައްތަ އެކޮޅުގަ ހުއްޓަ ޒިވިއަލް ޕޯސްޓުން ފޮނުވި އެއްޗެއް.. ބުނި މާލެ ފޮނުވާލަދޭށޭ މީހަކާ ހަވާލުކޮށްފަ… އީމާންގެ އެއްޗެކޭ” އެއީ ކޯންޗެއް ބާވައޭ އަހަރެންގެ ހިތަށްއެރިއެވެ. ޤައިމުވެސް އަހަރެން އެއްވެސް އެއްޗެއް ގެންނަން ޒިވިއަލް ކައިރިއަކު ނުބުނަމެވެ. ނަމަވެސް އިތުރު އެއްޗެއް  ނުބުނެ އެ ފޮށިގަނޑު ނަގަން ތެދުވެލިތަނށް ޒިލާލް އެ ފޮށިގަނޑު ނަގާ ކޮޓަރިއަށް ލައިދިނެވެ. އަދި ދައްތަގެ ދަބަހާއި ދެން އިން ފޮށިގަނޑު އެމީހުންގެ ކޮޓަރިއަށް ވެއްދިއެވެ.

“ދައްތަ މިދަނީ ޖައްސާލަން އިނގޭ..”ގޮނޑިން ތެދުވެކޮޓަރިއަށް ޚަދީޖައްތަ ވަނުމާއިއެކު އަހަރެން ވެސް އަވަސްއަވަހަށް ކޮޓަރިއަށްވަނީ އެ ފޮށިގަނޑުގައި ހުރިއެއްޗެއް ބަލާލަން ޝައުގުވެރިވީލެއް ބޮޑުކަމުންނެވެ.

ކޮޓަރިއަށް ވަދެ ފޮށިގަނޑުގައިވާ ޓޭޕުތައް ނައްޓާލާ ފޮށިގަނޑު ހުޅުވާލުމާއިއެކު ބުނެދޭން ނޭނގޭކަހަލަ ޝުޢޫރުތަކަކުން ހިތް ފުރިގެން ބަންޑުންވިއެވެ. އެ ފޮށިގަނޑުގައި ހުރީ ތުއްތު ކުދިންގެ ހެދުން ސެޓާއި ކުދި ކުދި ބޫޓާއި ބްލޭންކެޓެވެ. ހުރިހާ އެއްޗެއްވެސް ހުދުކުލައިން ހުރިއިރު ކޮންމެވެސް ކުލައަކުން ކޮންމެ އެއްޗެއްގައިވެސް  ކުޑަ ޑިޒައިންއެއް ނުވަތަ އެއްޗެއް ޖަހާލާފައި އިނެވެ. ކޮންމެ އެއްޗެއް ވަކިވަކިން ނަގައިގެން އަތްހާކަން އިނދެވުނު އިރުވެސް ނޭނގުނެވެ. ހުރިހާއެއްޗެއްވެސް އެހާ ރީއްޗެވެ. އަހަރެންވެސް އަދި އަހަރެން މި ލިބެން އުޅޭ ދަރިފުޅަށް އެއްވެސް އެއްޗެއް ނުހޯދަމެވެ. ދަރިފުޅުގެ ޖިންސު ނޭނގޭތީއެވެ. ނަމަވެސް ޒިވިއަލް އެ ފޮނުވި ހެދުންތައް ކޮންމެ ޖިންސެއްގެ ކުއްޖަކާވެސް އެހާ ގުޅޭނެއެވެ. ކުއްލިއަކަށް ޒިވިއަލް އަށް ޝުކުރުއަދާކުރަން ހަނދާންވުމާއިއެކު ފޯނު ނަގާ މެސެޖެއް ލިޔަން ފެށީމެވެ. ނަމަވެސް ޝުކުރު އަދާކުރަން ބޭނުންކުރާނޭ ލަފްޒެއް ހިތަކަށްނައެވެ. ދެތިން މެސެޖެއް ލިޔެލާފައިވެސް ޑިލީޓްކޮށްލެވުނީ އެވެ. އެންމެފަހުން ހަމައެކަނި ތެންކިޔު އޭ ޖަހާފައި މެސެޖެއް ފޮނުވާލީމެވެ. އެއާއިއެކު ޖަވާބުގައި ކިއްވީތޯ ޒިވިއަލް އަހާލުމާއިއެކު “އެވްރީތިން އޭ” ބުނެ ރިޕްލައި ކޮށްލީމެވެ.

ޚަދީޖައްތަ ގޭގައި ހޭދަކުރި ދެ ދުވަސް އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެ ދެދުވަހު ހައްވައްތައަށްވެސް ޗުއްޓީ ދީގެން ގޭގެ ހުރިހާކަމެއްހެން ކުރީ ޚަދީޖައްތައެވެ. އެއީ ހަފްތާ ބަންދުކަމުން އަހަރެންވެސް އުޅުނީ ގޭގައެވެ.ޚަދީޖައްތަ އިރުއިރުކޮޅަކާ ކޮންމެސް މޭވާއެއް އަހަރެންނަށް ކާންދެއެވެ. މިހާރު ހޮޑުލެވުން މަދުނަމަވެސް ހޮޑުލެވޭ ފަހަރެއްގައި ކައިރީގައި ހުރެއެވެ. ބޮލުގައި ފިރުމައިދީ ހަދައެވެ. މާބަނޑުއިރު ބަލަންޖެހޭނޭ ކަންކަން އަހަރެންނަށް ކިޔައިދިނެވެ. އެކަނި ކުއްޖެއް ގޮވައިގެން އުޅެންޖެހޭނޭ ބުރަ ހާލަތު ކިޔައިދީ ދިރިއުޅުމުގެ ހިތްވަރު އާލާކޮށްދިނެވެ. މަންމަ ދުނިޔެއިން ދިޔައީންސުރެ އަހަރެން ފެންބޮވައިގެންފައިވާ މައިވަންތަކަމުގެ ލޯބި އެ ދެދުވަހު ހިތްފުރޭވަރަށް ލިބުނެވެ. އެ ދެދުވަސް އަހަރެންގެ ހަޔާތުން ދެއްކެވީތީވެސް ﷲ އަށް ހަމްދުކުރަމެވެ.

ޚަދީޖައްތަ ވިލިނގިއްޔަށް ބަދަލުވި ވަގުތުން ފެށިގެން ގޭތެރެ ފަޅުވި ކަހަލައެވެ. ޚަދީޖައްތަ ގޮވައިގެން ވިލިނގިއްޔަށް ދިޔައީ އެދުވަހުގެ މެންދުރުފަހު ޒިލާލްއެވެ. އެމީހުންނާއި އެކު އެގެއަށް ދިޔުމަށް އަހަރެންނަށް ދަޢުވަތު ލިބުނުނަމަވެސް އަހަރެން ނުދިޔައީ ކަނޑު ގަދަވީމައެވެ. ޚަދީޖައްތަ ދަމުންވެސް އެގެއަށް ގިނަގިނައިން ދިޔުމަށް އެދުނެވެ.އަދި ކަމެއް ބޭނުންވިއަސް ގުޅުމަށް އެދި ނަންބަރުވެސް ދިނެވެ.

ޚަދީޖައްތަ ގޮވައިން ޒިލާލް ދިޔުމުން އަހަރެން ސޯފާގައި އިށީނދެލީ ޓީވީ ހުޅުވާލައިގެންނެވެ. އެހެން އޮއްވައި ލޮލަށް ނިދިބަރުވި އިރެއްވެސް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ މީހަކު ގައިގައި އަތްލާކަމުގެ އިހްސާސެއްވެގެންނެވެ. ލޯހުޅުވާލިއިރު އަހަރެން އޮށޯވެ އޮތް ސޯފާގެ އެއްކޮޅުގައި ޓީވީއަށް ގެއްލިފައި ޒިވިއަލް އިށީނދެލައިގެން އިނީ އަހަރެންގެ ފައި ނަގާ ޒިވިއަލްގެ އުނގުމަށްޗަށްލައިގެން މަޑުމަޑުން ފައިތިލަ މޮޑެލަ މޮޑެލައެވެ. ފުންމައިގެން ތެދުވެ ގޮނޑީގައި ރީއްޗަށް އިށީނދެވުނީ އެސްފިޔައެއް ޖަހާލާހާ އަވަހަށެވެ.

“ފައިތަލަ ދުޅަވޭ އެބަ.. ފައި އެލުވައިގެން ނޯވެބަލަ” ޒިވިއަލް ވާހަކަ ދެއްކީ ޓީވީ ބަލަން އިނދެއެވެ.

” ޓީވީ ބަލަން އިންދަ ނިދުނީ” ހޭޥިފައިވާ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އަހަރެންވެސް ޖަވާބު ދިނީމެވެ.

” މާދަމާ 2 ޖަހާއިރު ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ދޯ؟” އަހަރެން ޑޮކްޓަރަށް ދައްކަންދާ ސީދާ ދުވަހެއް ޒިވިއަލްކައިރިއަކު ނުބުނަމެވެ. ދެން ޒިވިއަލް އަށް މާދަމާ އަހަރެން ދާންޖެހޭކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ޑޮކްޓަރަށް ދައްކަން މެމޯ ކޮޅު ނުހައްދަ އިންކަންވެސް ހަނދާންވީ އެވަގުތުއެވެ.

“އާން.. ހަނދާން ނެތި މެމޯވެސް ނަހަދަ މީނީ” އަވަސް އަވަހަށް ފޯނު ނެގީ މެމޯކޮޅު ހަދަން ގުޅާލުމަށްނަމަވެސް ފޯނު ނެގިތަނާ އެންމެ ފުރަތަމަވެސް އަޅައިގަތީ  އޭޑީކޭ ހޮސްޕިޓަލުން އައިސް އިން މެސެޖެވެ. އެއީ އަނެއް ދުވަހަށް ޑޮކްޓަރަށް ދައްކަން ހަދާފައިވާ މެމޯއެކެވެ. ވީ ގޮތް ކިތަންމެހާވެސް ސާފެވެ. މި ކަހަލަ ކަންކަމާއިމިހާރު ހައިރާންވާކަށް ނުޖެހެއެވެ. މިފަދަ ކަމެއް ކުރާނީ ކާކުކަން އަހަރެންނަށް ވަރަށް ރަނގަޅަށް އިނގެއެވެ.

” ޑިޑް ޔޫ ޕޭ ފޯ އިޓް؟” އަހަރެން ބަލާލީ ސީދާ ޒިވިއަލްގެ މޫނަށެވެ.

“އޯކޭތަ އީމާން އާއިއެކީ މާދަން އަހަރެން ދިޔަސް؟” އަހަރެން ވަގުތުން “ހޫމް” އޭ ބުނެލީމެވެ. ނޫނެކޭ ބުނަން ކެރޭނެހެއްޔެވެ؟ މި ދަރިފުޅުގެ ކިތަންމެ ކުޑަކަމެއްވިޔަސް ޒިވިއަލް އެބަލަހައްޓައިދެނީ އަމިއްލަ ދަރިއެއްހެނެވެ.

ދެން އިތުރު ވާހަކައެއް ނުދެކެވި ދެމީހުންވެސް އިރުކޮޅަކު ޓީވީއިން ދައްކަމުންދިޔަ ޑޮކިޔުމެންޓްރީ ބެލުމައިގެން ކުރިއަށް ދިޔައީމެވެ.

ޖެހިގެންއައި ދުވަހެވެ. އެހެން ދުވަސްތަކާއި ޚިލާފަށް އަހަރެން އޮފީހަށްލައިދޭންދާން ޒިލާލް ނުކުތީ ކޮނޑުގައި ބެކްޕެކެއް އަޅުވައިގެންނެވެ. ލައިގެން ހުރި ހެދުމުންވެސް ޒިލާލް އެ ނުކުތީ އޮފީހަށްދާން ރެޑީވެގެން ނޫންކަން އަހަރެންނަށް އެނގުނެވެ.

“ތި ޔޯ؟ ކޮންތާކަށް؟” ޒިލާލް ފެނުމާއިއެކު އަހަރެން ސުވާލުކޮށްލީމެވެ.

“ދަރަވަންދޫއަކަށްނު.. ދޮންބެ މިއަދު މެންދުރު ކޮންމެސް މުހިންމުތާކަށް އެޓެންޑު ކުރަން ޖެހޭތީއޯ މަސައްކަތް ނުނިމެނީސް އެއައީ..ދޮންބެގެ ބަދަލުގަ ޒިލާ މިދަނީ… މިހާރަކަށް އައިސް ދޮންބެއަށް މާލޭން ބޭރުވުމަކީ ދެން މާ އުނދަގޫ ކަމަކަށް ވެފަ އޮންނަނީ… އެހެން ނޫނީ ހަފްތާ ދެހަފްތާވާއިރުވެސް ލޮލަށް ނުފެންނަ މީހެއްވިއްޔަ…މިހާރު ތިން ދުވަހަށް މާލޭން ބޭރުވާންވިޔަސް ބޮޑުކަމަކަށްވެފަ…. މަށަށް ހާދަ ހީވެއޭ އެބަ ކަމެއް ހިނގާހެން…” ޒިލާލް އަކީ ހިތުގައި އޮންނަ އެއްޗެއް ފޮރުވުމެއް ނެތި ބޭރުކޮށްލާ ކުއްޖެކެވެ. މިފަހަރު އެހެން ބުނެލީވެސް  އަހަރެންނާ ދިމާއަށް ނުސީދާކޮށް ބަލާލަމުންނެވެ.

” މަށާއެކީ އެއް ކަމެއް ނުހިނގާ…. ބުނީމެއްނު އެކަހަލަ ކަމެއްވިޔަސް ޒިލާ ކައިރީ ބުނާނަމޭ.. ވެދާނެ އެހެން ކަމެއް ކުރަނީ ކަމަށް” އަހަރެން ގަސްތުގައި ޒިލާލްއަށް ދޮގުހެދީމެވެ. ޒިވިއަލް މަސައްކަތް ބަހައްޓާފައި އެއައީ އަހަރެންނާއިއެކު ޑޮކްޓަރަށް ދައްކަން ދާންކަން ޔަޤީނެވެ. އެކަމަކު ޒިވިއަލް ފޮރުވަން ބޭނުންވާކަމެއް އަހަރެން ފާޅުކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫންތާއެވެ.

” ނޭނގެ މަށަކަށް…އީމް އައިފަހުން ވެގެން އުޅޭ ގޮތެއް މީ” ޒިލާލް ދެންވެސް ދިމާކުރީ އަހަރެންނާއެވެ. ގެއިން ފެށިގެން އޮފީހާ ހަމައަށް ދެވެންދެންވެސް އެނޫން ވާހަކައެއް ޒިލާލް ނުދައްކައެވެ.ނަމަވެސް އަހަރެން އޭގެން އެއްވެސް ކަމެއް އެނގޭކަމަކަށް ނަހަދަމެވެ.

އެ ދުވަސް ވެގެން ދިޔައީ އޮފީހުގައިވެސް އާދަޔާ ޚިލާފް ބުރަ ދުވަހަކަށެވެ. މީޓިންއަކަށް ފަހު މީޓިންއަކަށް ވަންނަމުން، ކުރިއަށް އޮތް އަހަރަށް ތައްޔާރުކޮށްފައިވާ އޮފީހުގެ ބަޖެޓް ރިވިޔު ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ދާންޖެހޭކަންވެސް ހަނދާނުން ކައްސާލިއެވެ. އަހަރެންނަށް ހަމަ ހޭވެރިކަންވީ ތިނެއް ޖަހަނިކޮށް ޒިވިއަލް ގުޅުމުންނެވެ.

” އޮފީސް ނުނިމެނީތަ؟ ގޭގަ  ނެތީމަ” އަހަރެން ފޯނު ނެގުމާއިއެކު ޒިވިއަލް އަހާލިއެވެ. ޖަވާބުގައި އޮފީސް ބިޒީކަމުން އަދި އިރުކޮޅެއް ވާނޭކަމުގައި ބުނީމެވެ.

“ދެން އިނީ 3 ޓޯކަން.. މަސައްކަތް ބަހަށްޓާފަ ހިނގާ ހޮސްޕިޓަލަށް..  މި ދަނީ ބަލާ… ނުކުމޭ” ޒިވިއަލް ގެ ޢާއްމު ރުންކުރު ރާގަށް އެހެން ބުނިލިއިރު އަޑުގައި ވީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.ހީވީ އަނބިމީހާއަށް އަމުރެއްކޮށްލިހެންނެވެ. އެކަމަކު ޒިވިއަލްގެ އެ މިޒާޖުވެސް އަހަރެންނަށް މިހާރު ކަމުދާހެން ހީވިއެވެ. އަވަހަށް ކުރަންއިން މަސައްކަތް ސޭވްކޮށްލުމަށްފަހު ބޭރަށް ނުކުތީ ކިޔަމަންތެރި އަތްބެއް ނުކުންނާނޭހެންނެވެ. ބޭރަށް ނުކުމެ މާ ގިނައިރެއްނުވެ ޒިވިއަލް ސައިކަލުގައި އައިސް އޮފީސް ދޮރުމައްޗަށް މަޑުކޮށްލިއެވެ.

އަހަރެމެންނަށް ޑޮކްޓަރު ކޮޓަރިއާއި ހަމައަށް ދެވުނީ ކިރިއާއެވެ. ނުވެސް ހުއްޓެވެނީސް އަހަރެންގެ ޓޯކަން އެރުވިއެވެ.

” އީމާން ދޯ.. ކިހިނެއް؟” އަހަރެން ފެނުމާއިއެކު ޑޮކްޓަރު ސުވާލުކޮށްލިއެވެ. އަދި ލޭގެ ޕްރެޝަރާއި އެހެން ކަންކަން ބެލުމަށްފަހު ސްކޭން ކުރުމަށް އެނދުގައި އޮށޯވެލުމަށް ބުންޏެވެ. އަހަރެން އެނދުގައި އޮށޯތުމާއިއެކު ހެދުން މައްޗަށް އަރުވާ ސްކޭން ކުރުމަށް ތައްޔާރުކޮށްލިއިރު އެނދު ކައިރީ އިން ފޮތިގަނޑު ކަހާނުލީ ޒިވިއަލް އެއީ އަހަރެންގެ ފިރިމީހާކަމަށް ޑޮކްޓަރަށް ހީވުމުންކަން ޔަޤީނެވެ. ގަތް ލަދާއެކު ހެދުން ތިރިކޮށްލެވުނު ނަމަވެސް ޑޮކްޓަރު އަނެއްކާވެސް ހެދުން މައްޗަށް އަރުވާލާ ހަމަޖެހެލުމަށް ބުންޏެވެ. އެވަގުތުވެސް ޒިވިއަލް އެއީ ފިރިމީހާއެއްނޫނޭ ޑޮކްޓަރުކައިރީ ނުބުނެވުނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ވަށްކަޅިން ޒިވިއަލްއާއި ދިމާއަށް ބަލާލިއިރު ޒިވިއަލް އިނީ އިސްދަށަށް ޖަހައިގެންނެވެ.

” މިކޮޅަށް ދުރުވޭ… މިއޮތީ ބޭބީ… ވަރަށް ހެލްދީ…ބަރުގަނުގައި 500ގ އެބަހުރި..” ޑޮކްޓަރު އިޝާރާތް ކުރީ ޒިވިއަލްއަށެވެ. ޒިވިއަލް ތެދުވެގެން ޑޮކްޓަރު ކައިރިއަށް އައިސް ހުއްޓުނީވެސް އަންނަން ނާންނަން އުޅޭ ކަހަލަ ގޮތަކަށެވެ.އަދި ހުއްޓުމާއިއެކުވެސް ޒިވިއަލްގެ ނަޒަރު ސީދާ ހުއްޓާލީ މޮނީޓަރުން ފެންނަ ދަރިފުޅުގެ ހަރަކާތަށެވެ.

” މީ ބޭބީ ގެ ހާޓް ބީޓް” ޑޮކްޓަރު އެހެން ބުނެލުމާއިއެކު ދަރިފުޅުގެ ވިންދު އަޑު އިއްވާލިއެވެ. މީގެ ކުރީގެ ސްކޭނުންވެސް އަހަރެންނަށް ދަރިފުޅުގެ ހިތުގެ ވިންދު އަޑު އިވުނެވެ.އެކަމަކުވެސް މިއީ އަޑު އަހާ ފޫހިވާނޭ އަޑެއް ހެއްޔެވެ. އަހަރެންގެ ހަށިގަނޑު ތެރެއިން އިތުރު ފުރާނައެއްގެ ވިންދު އަޑު އިވެމުން ދިޔަވަގުތު މައިވަންތަ ކަމުގެ ލޯބިން އަހަރެންގެ ހިތް ފުރި ބަންޑުންވިއެވެ. ޒިވިއަލްވެސް އެ އަޑު އަހަން ހުރީ ނުހަނު ޝައުގުވެރިކަމާއި އެކީކަން އަހަރެންނަށް ޔަޤީން ކުރެވުނީ، ޑޮކްޓަރު އެ އަޑު ކަނޑާލުމުން އަދި އެއްފަހަރު އިއްވާލަދޭން އެދުމުންނެވެ. އެވަގުތު ޝިޒާން އަށް ގެއްލިގެން މިދިޔަ އަގުބޮޑު މުހިންމު ވަގުތުކޮޅު ހަނދާންވެ އޭނާއަށް ހަމްދަރުދީ ވެވުނެވެ.

” ޖީންސް ބަލާލަން ބޭނުންތަ؟” ޑޮކްޓަރު ސުވާލުކޮށްލުމާއިއެކު އަހަރެން އާނއެކޭ ބުނީމެވެ. އަހަރެންނަށް ކޮންމެ ޖިންސެއްގެ ކުއްޖެއްވިޔަސް ހެވެވެ. އަހަރެން ބޭނުންވީ ދަރިފުޅުގެ ޖިންސް އެނގުމުން ވިހެއުމުގެ ތައްޔާރީތަށް ކުރުމަށެވެ. އެއާއިއެކު ޑޮކްޓަރު ދަރިފުޅުގެ އެކި ގުނަވަންތައް ދައްކަމުން އަންހެން ކުއްޖެއްކަމުގައި ބުންޏެވެ. އަދި ވިހާނެކަމަށް ލަފާކުރެވެނީ ތިންމަސް ފަހުންކަމުގައި ބުންޏެވެ. ނަމަވެސް މިއީ އަލަތު ދަރިފުޅު ކަމަށް ވުމާއިއެކު ދުވަސް ފުރުމުގެ ކުރިން ވެސް ވިހާފާނެ ކަމާއި ތައްޔާރުވެގެން ތިބުމަށް ބުންޏެވެ.އެއާއިއެކު ރަނގަޅު ކާނާ ކެއުމަށާއި ކަސްރަތުކޮށް  ހިނގާ ހެދުމަށް ނަސޭހަތްދީ  ދެ މަސްފަހުން ލޭގެ ޓެސްޓްތައް ހަދާލައިގެން ރިޕޯޓާއިއެކު އަދި ދައްކާލަން އައުމަށް އިރުޝާދުދިނެވެ. އެ ހުރިހާ ވާހަކައެއްވެސް ޑޮކްޓަރު ކިޔާދިނީ ޒިވިއަލްއަށެވެ. ޒިންމާދާރު ފިރިއެއްހެން ޑޮކްޓަރު ކީ ހުރިހާ އެއްޗަކަށް “ލައްބަ” ކިޔަމުންދިޔައިރު އަހަރެންނަށް އޮވެވުނީ ޒިވިއަލްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ސްކޭން ކުރުމަށް ހޭދަކުރި ފަނަރަ ވަރަކަށް މިނެޓް ތެރޭގައި އެންމެ ފަހަރަކުވެސް ޒިވިއަލް އަހަރެންނާ ދިމާއަށް ބަލާނުލައެވެ. އޭރުވެސް އަހަރެން ހިތަށް އަރަމުން ދިޔައެވެ.”މިއީ އަޅެ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް ދަސްކުރަން އުޅުނަސް މީހަކަށް ޒިވިއަލް ދަސްވާނެބާވައެވެ؟”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ 2

Next

ދިރުމެއްނެތް ދިރިއުޅުން 6

Next
May 12, 2023

ދިރުމެއްނެތް ދިރިއުޅުން 6

Previews
May 7, 2023

ތެމި ވާރޭގައި ވީމޭ 2

28 Comments!

  1. Laiii😍 says:
    May 11, 2023 at 2:31 pm

    Wowwwwww

    1. mariyam says:
      May 11, 2023 at 4:31 pm

      I love this story 😍 my sister also pregnant
      When Is next part
      I love this story 😍
      Wowwwww
      With love MARIYAM

  2. Reader says:
    May 11, 2023 at 7:13 pm

    Just wooooooow. 😍
    Masha allah. Hama vrh vrh reethi..
    Hope I’ll get to read the next part soon.
    And is nikan loabin a true story?

  3. Ink says:
    May 11, 2023 at 9:00 pm

    Alhe mifaharu vaane avas kohladheyn….. vvv chaalu mivaahaka wait nukureveyyne… plx plx

  4. Mitsuha says:
    May 12, 2023 at 12:56 pm

    That’s so sweet of him… Mi part ves vrh vrh reethi… Someone, you are the best dear… Waiting for the next part… Umm.. kon dhuvas thakaku thr up koh dhenee?…

  5. Dummy head says:
    May 12, 2023 at 3:11 pm

    Varah kiyaa hithun someone ge vaahaka thah kiyeny. I’m waiting for next part.😊

  6. Nadhoo says:
    May 13, 2023 at 1:06 pm

    someone ge vaahkatha varah reethi…zivial e ulhey loabi gotheh huvaa….waiting for new part

  7. Fathimath Yana ali says:
    May 15, 2023 at 8:30 am

    Vrh Vrh reethi story eh dhuvahakuves mihaa reethi story eh nukiyan 😍😍
    Waiting for the next part 😍😍😍😍😍😍

  8. Ali ge kuda anhendhari says:
    May 15, 2023 at 7:56 pm

    When next part 🥺🥺

  9. Zainab says:
    May 15, 2023 at 8:00 pm

    Ehaa gina dhuvahu inthizaaru ga nubahatahche
    Varah kiyaathun kiyanee SOMEONE ge vaahaka thah

  10. ZOEB says:
    May 15, 2023 at 8:05 pm

    Please maadhama next part 🥺

  11. zeal says:
    May 16, 2023 at 5:39 pm

    hey someone
    six days vee
    story kiyaa hithun kehmadhuvefa mihiree
    dhuvaalaku dhethin faharu mi page ah vadhevey

  12. Anonymous says:
    May 16, 2023 at 5:41 pm

    atleast meen comment akah reply dhinas okay

  13. Anonymous says:
    May 16, 2023 at 5:42 pm

    atleast meen comment akah reply dhinas okay:(

  14. Sad says:
    May 17, 2023 at 12:26 pm

    Where is next part

  15. zeal says:
    May 20, 2023 at 3:31 pm

    when next part

  16. Livy says:
    May 20, 2023 at 4:14 pm

    Dhw zeal vrh inthizaaru kureveny next part ah

  17. Vildhaan ville says:
    May 20, 2023 at 4:20 pm

    Hey someone
    Nine days vee
    Story kiyaa hithun keihmadhuvefa
    Avahah up kohdhyba

  18. Maaher says:
    May 20, 2023 at 4:24 pm

    Hey when next

  19. Laiii😍 says:
    May 20, 2023 at 6:52 pm

    Someone kheewe vaahaka nunerenee?😥

  20. :) says:
    May 21, 2023 at 4:44 pm

    Here is a message from Someone when I told her everyone is waiting..
    She sent apologies for taking so long. She is currently on an official business with very limited internet. It was so sudden that she couldnt inform prior. But she hopes to get back in 3 days and continue. She misses you all too

  21. Bubble says:
    May 21, 2023 at 7:21 pm

    Hey story kian beynun vegen komme dhuhavhuga eba balan… Please avas kohdheeba

  22. ZOEB says:
    May 24, 2023 at 3:02 pm

    When next part someone

  23. SomeOne says:
    May 25, 2023 at 11:01 am

    I am so sorry guys for vanishing for a while without notice! It was just so sudden that
    I missed informing you all! but I did Missed you all so very much!
    I have posted 19th, and IA will keep on posting an episode 3 times a week again!
    Sorry Again and Thank you so much for the love and support!

  24. Anonymous says:
    May 26, 2023 at 12:31 pm

    kobaa 19 vana bai

    1. SomeOne says:
      May 26, 2023 at 12:41 pm

      Submitted yesterday Morning!
      20th vana episodes ves إن شاء الله Sunday ga submit kuraanan

  25. Hiyaaleh says:
    May 26, 2023 at 1:08 pm

    Someone hadhan veenun fb page eh or viber community eh eyrun someone ge vaahaka faseyha in kiyuntherinnah kiyeyne eh nun

    1. SomeOne says:
      May 26, 2023 at 6:10 pm

      Varah rangalhu hiyaaleh! Ekamaku varah gina goiy gothah visnaafa thikahala kameh kureveynee. visnaanan engey thikamah!
      Thanks for the Idea

Comments are closed.

Next Episodeލޯތްބަކުންދިން-19←


All Right Reserved!