ކުއްލިއަކަށް ވައިގަދަ ކޮށްލާ އޮއްސާލި ބޮޑުތިކި ވާރޭގެ ތެރެއިން ކުރިމަތިން ބާރު ސްޕީޑުގައި އައި ކާރެއް އެމީހުންގެ ކާރުގައި ޖެހި މުޅި ފަޒާ ގުގުމާލީ ޝަނާޔާގެ ހަޅޭކުގެ އަޑުންނެވެ. (6މަސް ފަސް) “ދަރިފުޅު ދެން ތިހެން ނުކައި ނުބޮއި އުޅުނީމަ މަންމަ ހިތަށް ހާދަ އަސަރު ކުރެޔޭ “.ފިރާޝާ މަސައްކަތް ކުރަމުން ދިޔައީ ޝަނާޔާއަށް ވިސްނައި ދެވޭތޯއެވެ.ނަމަވެސް ޝަނާޔާގެ ދިރިއުޅުމަށް ވަނީ އެ ހިނގާދިޔަ ނުރައްކާތެރި ޙާދިސާއިން ފޫ ނުބެއްދޭ ވަރުގެ ފުން ހިތާމައެއް ލިބިފައެވެ.އެދެމީހުންގެ ލޯބީގެ […]
ހުސްނާ ދިޔުމާއިއެކު ޝަނާޔާ އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަޅުލީ އޭނާ މިއަދު ގެއަށް އެއައި ބޭނުން ލަސްނުކޮށް ފުރިހަމަ ކުރާށެވެ. ޝަނާޔާގެ ދެލޯ ވަނީ ކަރުނުން ފޯވެފައެވެ.އޭނާއާއި އެހާ ގާތުގައި ޖިއާން ވީއިރުވެސް ނޭނގުނީތީއެވެ.އެދުވަހު ހޮސްޕިޓަލުގައި ޖިއާން ރޯލިވަރު ހިތަށްއަރާފައި މޭގައި އަތް އަޅައިލެވުނީ ހަމަ ހިތުގައި ޖެހުނު ވަރުންނެވެ.ޝަނާޔާގެ ހަނދާނުގައި ޖިއާން ނެތްކަމުގައި ވިޔަސް ގައިމު މިއަދާއި ހަމައަަށްވެސް ޝަނާޔާއަށްޓަކައި ޖިއާން އެހުރީ އެހިތުގައި ޝަނާޔާއަށްޓަކައި ވީ ލޯބި ފަނޑު ނުވާތީތާއެވެ.ވީއިރު ޝަނާޔާ […]
ޔާނިޢުގެ އަތްދަނޑިމަތީގައި އޮތް ޝަނާޔާ ދޯނީގެ އެއްފަރާތުގައި ބޭންދުމަށްފަހު ގޮސް އަނެއްފަރާތުގައި ފިރިހެން ވެރިންގެ ގާތުގައި އިށީނދެ ޔާނިޢު ހަމަޖެހިލީ ހަމަ އެންމެ ފަހަރަކުވެސް ޝަނާޔާއަށް ބަލައިވެސް ނުލައެވެ.ޔާނިޢުގެ އެ ދުރުކަމުން ހަމަ ރަނގަޅަށްވެސް ޝަނާޔާގެ ހިތް ރޮއްވައިލައިފިއެވެ. ހުރިހާ އެންމެން ދޯނިމަތީގައި މަޖާ ކުރަމުން ދިޔައިރު ޝަނާޔާއަށް އިރުއިރު ކޮޅާ ޔާނިޢުއަށް ބަލައި ލެވެއެވެ.ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމުން ޝަނާޔާގެ ހިތަށް އިތުރަށް ތަދުވަމުން ދިޔައެވެ.އުޑުމަތީގައި ހުރި ސާފު ބޯކިރު ފޮދެއްފަދަ ވިލާތައްވެސް […]
ދޯނިގޮސް ހުރަސްފަރަށް ލެފުމާއިއެކު ޔާނިޢު ޝަނާޔާއަށް ގޮވާލުމުން މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ކުރިމަތީގައި ފެންނަން އޮތް ރަށަށް ބަލައިލިއެވެ.މަލަމަތި ފެންނަލެއް ހިއްގައިމު އެ ރަށަށް ބަލައިލުމުން ޝަނާޔާގެ ހިތަށް ވެރިވެގެން އެދިޔައީ އެ ރީތި ތުނޑިމަތީގެ ކޮންފަދަ ކުލަނުވާ ހަނދާންތަކެއް ހެއްޔެވެ؟ ޔާނިޢު ޝަނާޔާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގެންގޮސް އަތިރިމަތީގެ ރީތި ދޮންވެލި ގަނޑު މަތީގައި ބެހެއްޓިއެވެ.ހުރިހާ ފިރިހެން ސްޓާފުންވެގެން ދަތުރަށް ގެނައި އެއްޗިހި ދޯނިން ބޭލުމަށްފަހު ޕިކްނިކްގެ މަޖާ ނަގަން ފެށިއެވެ.އަންހެން ވެރިންނާއި ފިރިހެންވެރިން […]
ޝަނާޔާ ޖިއާންއާއި ދިމާއަށް ކޮށްޕާލުމަށްފަހު އޭތި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއްލުނެވެ. ޖިއާން ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ފައިބުޑަށް ވެއްޓެން އައި ޝަނާޔާގެ ދެކޮނޑުގައި ހިފަހައްޓާ ނެގިއެވެ.ޝަނާޔާ ކަޅިވެސްޖަހާ ނުލާ ޖިއާންއާއި ދިމާއަށް ބަލަމުންދިޔަ ގޮތުން ޖިއާންއަށް ކުޑަކޮށް އުނދަގޫ ވެގެން ކަރުކެހިލިއެވެ. ޝަނާޔާއަށް ހޭވެރިކަން ވީ ދެނެވެ.ނަމަވެސް ނުވާކަމަކަށް ހަދާލާފައި ޖިއާންއާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޖިއާންއަށް ބަލައިލިއެވެ.އެވަގުތު ޝަނާޔާގެ ކަރުން ލޭ ފައިބަމުން ދިޔަތަން ޖިއާންގެ ލޮލުގައި އަޅައިގަތެވެ.އޭނާގެ ހިތަށް ހީވީ ތޫނު […]
ހުދު ކުލައިގެރީތި ވެޑިން ޑްރެސްގައި ލުއި މޭކަޕެއްގައި ޝަނާޔާގެ ރީތިކަންވަނީ ދެގުނައަށް އިތުރު ވެފައެވެ. ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އަލަތު ކައިވެންޏަށް ތައްޔާރުވެގެން އިން ޝަނާޔާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ.އޭނާގެ ހަށިގަނޑުން އެއްބައި މަދުވެފައިވާ ކަހަލައެވެ.އެހިތަށް ލުޔެއް ލިބޭތޯ ވެސް ވާހަކަ ދައްކާނީވެސް ކާކު ގާތު ކީކޭ ކިޔާފަކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ.އިނގޭހާވެސް ކަމަކީ އޭނާގެ ހިތުން ބައެއް މަދުވާ ކަމެވެ.އަދި ޔާނިޢުގެ ލޯބިން ޝަނާޔާގެ ހިތް ނުފުރޭ ކަމެވެ. “ޖިއާން ދަރިފުޅާ!މަންމަ މިއައީ ދަރިފުޅު […]
ޝަނާޔާ ގޮސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑަށް އެނދުގައި އިށީނދެލައިގެން އިނދެ ފޯނާއި ކުޅެން އިން ޔާނިޢުއަށް ސިހިފައި ޝަނާޔާއަށް ބަލައިލެވުނެވެ. ޝަނާޔާ މަޑު ހިނގުމެއްގައި ގޮސް ފެންފުޅި ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އައިސް ޔާނިޢުގެ ގާތުގައި އިށީނެވެ.މިރޭ ޔާނިޢު ޝަނާޔާގެ ކައިރީ މަޑުކުރުމުން އޭނާގެ ހިތަށްވަނީ ލުޔެއް ލިބިފައެވެ.ޔާނިޢު އެދެމެދުގައި އޮތް ބާލީސް ނަގާ ޝަނާޔާއާއި އިތުރަށް ކައިރި ވެލާ ޝަނާޔާގެ ގައިގައި ލޯބިން ބައްދާލީ އެހިތުގައިވާ ހިތާމަތަކަށް ކުޑަނަމަވެސް […]
ޔާނިޢު ކިތަންމެ ޝަނާޔާ ހިތުގައި ސުވާލު އުފެދިދާނެ ކަމެއް ވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދިޔަޔަސް އޮފީހަށް އައިސް ވަނީއްސުރެ ޝަނާޔާގެ ނަޒަރު ހޯދަމުން އެދަނީ ފަރަހާއެވެ.ފަރަހާ އެއްފަހަރުވެސް ޝަނާޔާއަށް ގޮވާލަން ހޮސްޕިޓަލަށްވެސް ނާދެއެވެ.އަނެއްކޮޅުން ފަރަހާގެ ކެބިންގައި އެއިނީވެސް މީގެ ކުރިން ޝަނާޔާ ދަންނަ ކުއްޖެއް ނޫނެވެ.ފަރަހާގެ ފޯނަށްވެސް ގުޅުނު ވަރެއްވެސް ނޭނގެއެވެ.ކުއްލިއަކަށް އެއީ މިހާރު ބޭނުންކުރާ ނަންބަރަކަށް ނުވާންވީ ސަބަބެއްވެސް ނޭނގުނެވެ. ޝަނާޔާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔަލެއް ބޮޑުކަމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓައި ލެވުނެވެ.އެވަގުތު […]
އަންނަ ނާންނަ ތަނެއް ނޭނގި ދެސިކުންތުން ކަހަލަ ގޮތަކަށް ޖަހަމުންދިޔަ ފެންތިކިތަކުން ތެންމަމުންދިޔަ ޝަނާޔާގެ ކޯތާފަތް ފެނިފައި ޔާނިޢުގެ ގައިން ދިޔައީ ހީބިހި ނަގަމުންނެވެ. އެވަގުތު ހޭނާރާ އޮތް ޝަނާޔާގެ ދިގުދިގު އެސްފިޔަތައް ތަޅުވާލުމަށް ފަހު ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއެވެ.ޝަނާޔާއަށް އައިވީ ގުޅާފައި އޮތް އަތްނަގާ މޫނުމަތި ފޮހެލަމުން އޭނާއާއި ނުހަނު ގާތުގައި ހުރި ސޫރައަށް ބަލައިލެވުނެވެ.އެޒުވާނާ ހީވަނީ ރޮއިރޮއި ހަލާކުވެދާނެ ހެންނެވެ.ތިމާގެ މީހަކު މަރުވެގެންވެސް މީހަކު އެވަރަކަށް ނުރޯނެކަން ޤައިމެވެ.ޝަނާޔާއަށް ކައިރީގައި ކަޅިވެސް ޖަހާ […]