ހިތަށް ވެރިވެފައިވި ޖަޒުބާތުތަކުން ލޯމެރިފައިވި ޝަނާޔާއަށް ތެޅިގަނެފައި ދެލޯ ހުޅުވާ ބޮޑު ކޮށްލެވުނެވެ. ޝަނާޔާގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ހުސްނާ ގޮވާލިއަޑު އިވުނެވެ.ޝަނާޔާ ޖިއާންއާއި ދުރަށް ޖެހިލުމަށްފަހު ނޭވާ ހަމައަކަށް އަޅުވާލަމުން ފާޚާނައިގެ ދޮރުހުޅުވާލަމުން ވާހަކަ ދެއްކިއެވެ.”މަންމާ ކިހިނެތްވީ”..”ދަރިފުޅު މިއޮއް ދަންވަރު ފާޚާނައިގަ ކީއްތިކުރަނީ”ޝަނާޔާގެ ސުވާލަށް ޖަވާބު ދިނުމަކާއިނުލާ ހުސްނާ ކޮށްލި ސުވާލުން ޝަނާޔާ ފިނިވެގެން ދިޔައެވެ.އަދި ފާޚާނައަކަށް ދާން ޖެހިގެން ހޭލެވުނީ ކަމަށް ބުނެ ގޮސް އެނދުގެ ބިއްދަށަށް އަރާ އޮށޯތެވެ.ހުސްނާވެސް ފާޚާނައަށް ވަދެ ވުޟޫ […]
ކުޑައިރުއްސުރެ ބޭނުންވި ހުރިހާކަމެއް ދުލުން ބޭރުކުރުމަކާއިނުލާ ފުދިފައިވި ޔާނިޢު އޭނާގެ ހިތުގެ އެދުން އަދި އަމުދުން ދޫކޮށްލާނެ ހެއްޔެވެ؟ފުރަތަމަ ބީހިލުމުން އެ ހިތާއި ކުޅެލި އަންހެން ކުއްޖާ ޙާޞިލް ކުރުމަށް އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެއެވެ. ހިތުގައި އެވާ އެދުން ކާމިޔާބުކުރުމަށް އެންމެ ސިކުންތެއްވެސް ލަސްކުރަން ބޭނުން ނުވާތީ ޔާނިޢު އަވަސްވެގަތީ ބައްޕަގެ ކެބިން އަށް ދިޔުމަށެވެ.ކުޑަކޮށް ގޮނޑި ދަމާލުމަށްފަހު ގޮނޑީގައި އިށީންނަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.”ބައްޕާ!އަޅުގަނޑަށް ހީވަނީ އާކުއްޖަކަށްވުރެ އޮފީހުން ރަނގަޅު މުވައްޒަފަކު އެސިސްޓެންޓުގެ މަޤާމަށް […]
އަޅުގަނޑު ލިޔަމުން މިދާ ވާހަކަ *ލޯބި ވެވުމުން*ގެ ދިހަވަނަ ޕާރޓް ނުގެނެސްދެވިި ލަސްވާތީ ވަރަށް ބޮޑަށް މަޢާފަށް އެދެން.ވާހަކަ ފޮނުވޭތޯ މަސަައްކަތްކުރާތާ ދެ ދުވަސް ވެއްޖެ.ފޯނުން ވާހަކަ ފޮނުވާތީ ކޮންމެވެސް ސަބަބަކާއިހުރެ ފޮނުވާއިރަށް ފެއިލް ވަނީ.މައްސަލަ ހައްލުވީހާ އަވަހަކަށް ވާހަކައިގެ ކުރިއަށްހުރި ބައިތައް ގެނެސްދޭނެ ވާހަކަ ދަންނަވަން…. ..ޝުކުރިއްޔާ!..
އެންމެ ފަހުން ޝަނާޔާއަށް ކެތްނުކުރެވިގެން އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ކޮށްލިއެވެ.ޖިއާން އިންތިޒާރު ކުރަމުން އެދަނީވެސް ޝަނާޔާ އެސުވާލު ކުރާނެ ވަގުތަކަށެވެ.އެވަގުތު ވަރަށް ލޯބިން ޝަނާޔާގެ ގައިގައި ބައްދާލުމަށްފަހު އެއީ ރޭގެ ޚާއްސަކަމުން ކަމަށް ބުންޏެވެ.އާނ އެކެވެ.ރެއަކީ ޝަނާޔާގެ ދިރުއުޅުމަށް މިހާތަނަށް އައި އެންމެ ޚާއްސަރެއެވެ.މުޅި އުމުރަށް ޖިއާންގެ ޙައްޤަކަށް ވުމުގެ ދަޢުވަތު ލިބުނުރެއެވެ.ޖިއާންގެ އަނބިމީހާއަށް ވެވޭ ދުވަހަކީ ޝަނާޔާ އެންމެ އުފާވާނެ އެއްދުވަހެވެ.ނަމަވެސް މަންމައަށް އޮޅުވާލައިގެން އެކަން ކުރަން ޖެހޭތީ ޝަނާޔާ ފަސް ޖެހެނީއެވެ.އެހެންވެ […]
އަޖައިބެއްފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ އެކޮޓަރި ތެރެއަށް ބަލަމުންދިޔަ ޝަނާޔާ ސިހުނީ ޖިއާން އޭނާގެ އެ ބާރުގަދަ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތުމުންނެވެ. ދެލޯބިވެރިން އެކުގައި އުފާވެރި ވަގުތު ކޮޅެއް އެ ރީތި ގަނޑުވަރުގައި ހޭދަ ކުރުމަށްފަހު ޖިއާން އެރޭ ޝަނާޔާ ކޮޓަރިއަށް ގެނައި އިރު ހުރީ ގަޑިން މެންދަމު ދޭއް ޖަހަން ކައިރިވެފައެވެ.ޝަނާޔާއަށް މިރޭ ލިބިގެން އެދިޔައީ އޭނާ ކުޑަކޮށްވެސް އުއްމީދު ކުރި އުފަލެއް ނޫނެވެ.ޖިއާންގެ ދުނިޔޭގައިި ޝަނާޔާއަށްޓަކައި ބިނާކުރެވިފައި އެވާ ގަނޑުވަރުވެސް އޭނާ ޝަނާޔާދެކެ […]
\”ޝަނާ ބޭނުންވަނީ ތިގޮތަށް އަހަރެންގެ ކުރިމަތީގައި އިނދެ އަހަރެންގެ ހިއްސުތަށް ހޭލައްވަންތަ؟\”ލާނެއް ރާގެއްގައި ޝަނާޔާގެ ފިނިފެން މަލެއްފަދަ އެރީތި ތުންފަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ޖިއާން ބުނެލިއެވެ. އެވަގުތު ޝަނާޔާގެ މުޅި ހަށިގަނޑު ފިނިވެގެން ގޮސް ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ.އަދި އޭނާއަށް މިއޮއް ހުރިހާއިރު ޖިއާންގެ ކުރިމަތީގައި އެހާ ނިވާކަން ކުޑަގޮތެއްގައި އިނދެވުނަތީ އަމިއްލަ ނަފްސަށް ލަދުވެތި ވިއެވެ.އަދި އަވަސް އަވަހަށް ފާޚާނައަށް ދިޔުމަށްޓަކައި އަވަސްވެގަތެވެ.ހަމަ އެވަގުތު ޖިއާންވެސް ތެދުވެ ހުށިޔާރުކަމާއިއެކު ޝަނާޔާގެ އުނަގަނޑުގައި ހިފާ […]
އިންސާނެއްގެ ސިފައިގައި ޝަނާޔާގެ ޙަޔާތަށް އައި އެ ރީތި ސޫރަ މިވަގުތު ލޮލަށް ފެނިއްޖެ ކޮންމެ މީހެއްގެ ހިއްސުތަކުގެ ބާރު ކަނޑުވާލާ ދުނިޔެއިން މޮޔަކޮށްލާހާ ވެއެވެ.ބިރުވެރިކަމުގެވެސް އިންތިހާ އެވެ. ޙަތަރުމޮއްގަނޑު ޖަހާފައި ބިރުވެރި ސިފައެއްގައި ޝަނާޔާގެ ކުރިމަތީ އެއޮތީ ހަމަ ޖިއާން ހެއްޔެވެ؟ ގައިން ހީބިހި ނަގަމުންދިޔަ ޝަނާޔާ ހުރީ ކުރިމަތީއޮތް ބިރުވެރި ސޫރައަށް ބަލާލަންވެސް ނުކެރިފައި ހުރި ފިޔަވަޅު މަތީ ގަނޑުވެފައެވެ.މިވަގުތު ޝަނާޔާގެ ހިތަށް ކުރެވެމުންދާ ބިރުވެރި އިހުސާސް މީހެއްގެ ދުލަކުން،އަދި ގަލަމަކުންވެސް ބަޔާނެއް ނުކުރެވޭނެއެވެ.އެއީ […]
ޝަނާޔާގެ ބަސްތަކުން ޖިއާންގެ ހިތް ކުދިކުދި ކޮށްލިއެވެ.ފެންކަޅިވެފައިވާ އެ ރީތި ދެލޮލުން އެންމެ ފަހުފަހަރަށް އެހިތުގެ ރާނީއާށް ބަލާލިއެވެ. ނަމަވެސް މިލާފައިވާ ޝަނާޔާގެ މޫނު ފެނުމުންް ޖިއާންގެ ހިތަށް ލިބުނީ އިތުރު ރިހުމެކެވެ. ޝަނާޔާގެ ރުހުމެއް ދެން ޖިއާން އަށް ނުލިބޭނެކަން ގައިމެވެ.އެވަގުތު ކޮޓަރި ތެރެއަށް ހީވީ ވައިގެ ތޫފާނެއް އައި ހެންނެވެ.ހަމަ އެހާ އަވަހަށް މުޅިތަން ހަމަހިމޭންވެސް ވިއެވެ.ބިރުންގޮސް ދެލޯމަރާ ތަގުޅި ކޮށްލައިގެން އިން ޝަނާޔާ ދެލޯ ހުޅުވާލުމަށްފަހު ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.ޝަނާޔާ އެދުނު […]
ޝަނާޔާގެ މޭގަނޑު ގުން ގުން ލާފައި ތެޅެމުން ދެއެވެ.ހިތް ހީވަނީ މޭ ފަޅައިގެން ނިކުމެދާނެ ހެންނެވެ. \”ޖި…ޖިއާން\”. ބިރުންގޮސް ތުރުތުރު އަޅަމުން ދިޔަ ޝަނާޔާގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ. ޖިއާން އިންތަނުން ތެދުވެގެން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ތިންދޮރުފަތް ލީ އަލަމާރި ކައިރީގައިހުރި ޑްރެސިން ޓޭބަލްގެ ކުރިމައްޗަށެވެ.އޭނާ މިރޭ އެ އައީ ޝަނާޔާގެ ހިތުގައި އުފެދެމުން އެދާ ސުވާލުތަކުގެ ޖަވާބު ހިފައިގެންނެވެ.ޖިއާންގެ ނަޒަރު ހުއްޓިފައިވަނީ ޑްރެސިން ޓޭބަލްގެ ލޯގަނޑަށެވެ.ޝަނާޔާއަށް މެސެޖެއް ދޭން އުޅޭ […]