Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 40

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 25, 2025 9 Mins Read
27 Comments

ޔައިލް ބަލައިލުމާއެކު ބެލްކަނީގައި ހުރި އަޒަލް ލަދުރަކި ހިނިތުންވުމަކާ އެކު ޔައިލްއަށް ހަނާއަޅައިލިއެވެ. ބަދަލުގައި ޔައިލް ވެސް ހިތްގައިމު ހިނިތުންވުމަކާއި އެކު އަޒަލްއަށް “ފްލައިން ކިސް” އެއް ފޮނުވައިލުމުން، އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އަޒަލް ލަދުން ވިރުނު ފަދައެވެ. އަޒަލްއަށް ވީ ގޮތުން ހިނި އައިސްފައި ހުރި ޔައިލް ދެފަރާތަށް ބޯހޫރުވައިލަމުން، ސައިކަލު ދުއްވައިލިއެވެ. ޔައިލް ދިޔަ މަންޒަރު ބަލަން ހުރި އަޒަލް ވެސް ހީލާފައި ދެފަރާތަށް ބޯހޫރުވައިލަމުން، ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

އަޒަލް އަޅައަޅައި ހުރި ފިޔަވަޅުތައް ހުއްޓުނީ، ދެން އިވުނު އަޑަކުންނެވެ. ދެލޯ ބޮޑުވި އިރު ނުތަނަވަސްވެފައިވީ ހިތަކާއެކު އަޒަލް އެނބުރި މަގުމައްޗަށް ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަޒަލްގެ ދެލޮލަށް ވަގުތުން ކަރުނަތައް ބޮނޑިވެގަތް އިރު، ދެއަތުން ރެއިލިންގައި ހިފައި ބާރުކޮށްލެވުނީ، ދެފައިން ވާގި ދޫވާހެން ހީވުމުންނެވެ.

“ޔައިލް..” އަޒަލްގެ ދެތުންފަތް ފޫއަޅުވައިލާފައި ޔައިލްގެ ނަން ނުކުތް އިރު، އެ ދެލޮލުގައި ގައިދުވެފައިވީ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް މައްޗަށް މިނިވަން ވެއްޖެއެވެ.

ލެއިން ތަތްތެޅިފައިވީ ޔައިލްގެ ހަށިގަނޑު ފެނިފައި އަޒަލްއަށް ވީ ގޮތް ވެސް ނޭނގުނެވެ. ހުރިހާ ކަމެއް ވެގެން ދިޔަލެއް އަވަސް ކަމުން، އަޒަލް ހުރީ ވީ އެއްވެސް ކަމެއް ދެނެގަންނަން އުނދަގޫ ވެފައެވެ. މުޅި މީހާ އެއްކޮށް ހުއްޓުން އަރާފައި ހުރި އިރު، ދެން ގެންނަންވީ ހަރަކާތެއް ވެސް ނޭނގިފައި އަޒަލްއަށް ހުރެވުނީއެވެ.

“ވިންދު އެބަހުރި.. އަވަހަށް މި ސޮރު ކާރަށް އަރުވާ!” އަޒަލްއަށް ހޭވެރިކަންވީ މީހަކު ނިކަން ބާރަށް ގޮވައިލި އަޑަށެވެ. ހިއްސުތައް މަސައްކަތް ކުރަން ފެށުމާއި އެކު، ދެފަޔަށް ލެވުނުހައި ބާރެއް ލާފައި އަޒަލް ގޭތެރެއަށް ދުއްވައިގަތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބާފައި، އަޒަލް ގޮސް ގެއިން ނުކުތީ، ޔައިނާ އާއި ޔަލީންގެ އިތުރުން ނީލާ ގޮވަގޮވައި ތިއްބައެވެ. އަޒަލް އެގޮތަށް ދުވެފައި ދިޔުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން އެ ތިން މީހުންނަށް ވެސް އެނގެއްޖެއެވެ. އެކަކު އަނެކަކާ ދިމާއަށް ބަލައިލުމަށް ފަހު، އެ ތިން މީހުން ވެސް އެކުގައި އަޒަލް ފަހަތުން ދުއްވައިގަތެވެ.

ބޭރަށް ނުކުމެވުމާއި އެކު، އެއްވެފައި ތިބި މީހުންތަކުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް އަޒަލް ގޮސް ޔައިލްގެ ކައިރީގައި ދެކަކޫ ޖަހައި އިށީނެވެ. ޔައިލްގެ ދެލޯ މެރިފައިވާ އިރު، މޭމައްޗާއި ބަނޑާ ދިމާލުން އެއްކޮށް ވަނީ ލެއިން ތަތްތެޅިފައެވެ.

“އެ ސޮރު ސައިކަލުގަ އަންނަނިކޮށް މިތަނުން ދިޔަ ކާރެއްގަ ޖެހިފަ ވިއްސައިގެން އައިސް މިތަނަށް އެ ޖެހުނީ.. ނަސީބަކުން އެހާ ދުރެއް ނޫން.. އަދިވެސް ވިންދު އެބަ ހުރި.. އަވަހަށް ހޮސްޕިޓަލަށް ގެންދަން އުޅެންވީ..” އެތަނުގައި ހުރި މީހަކު ދެއްކި ވާހަކަ އިވުމުން އަޒަލްއަށް ރޮއެގަނެވުނެވެ.

“ޔައިލް.. ޔައިލް.. ލޯ ހުޅުވަބަލަ! އަހަންނޭ މީ.. ޔައިލް.. ޔައިލްގެ އަޒްއޭ މީ.. ޕްލީޒް ތިހެން ނޯވެބަލަ! ޔައިލް ޕްލީޒް.. ތެދުވެބަލަ! އެއްފަހަރު އަހަންނާ ދިމާއަށް ބަލައިލަބަލަ..” ޔައިލްގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަޒަލްއަށް ހަޅޭލަވައިގަނެވުނެވެ. އެތައް ފަހަރަކު ޔައިލް ގާތު ދެލޯ ހުޅުވައިލުމަށް އެދި އާދޭސް ކުރަމުން ދިޔަ އިރު، އެންމެންގެ ހަމްދަރުދީގެ ނަޒަރުތައް ވަނީ އަޒަލްއަށް ހުއްޓިފައެވެ. އިސާހިތަކު އަޒަލް ލައިގެން ހުރި މަޑުފިޔާތޮށި ކުލައިގެ ހެދުން ޔައިލްގެ ލެއިން ކަޅިވެގެން ދިޔައެވެ.

ގެތެރެއިން ނުކުތް ޔައިނާމެން ވެސް މީހުންގަނޑުގެ ތެރެއިން ބޭނިގެން ގޮސް، މަންޒަރު ސާފުވުމާއި އެކު ލިބުނީ ޝޮކެކެވެ. ޔައިނާއަށް ވަގުތުން މަގޭ ދަރިއޭ ކިޔައި ރޮއެގަނެވުނު އިރު، ނީލާއަށް ވެސް ވީ ވަރެވެ. ޔަލީން ވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރި އިރު، އެ ދެލޮލުން ވެސް އިސާހިތަކު ހުއްޓުމެއް ނެތި ކަރުނަ ފައިބަން ފެށިއެވެ. އެހެނަސް، އަމިއްލަ ބަލިކަށިކަން ފޮރުވައިލުމަށްފަހު، ކަށީގައި ނެތް ހިތްވަރު ލައިގެން ޔަލީން ބެލީ ޔައިނާ އާއި ނީލާ ހަމައަކަށް އެޅުވޭތޯއެވެ.

“ކޮއްކޯ.. ކޮއްކޮގެ ފިރިމީހާ އަވަހަށް ހޮސްޕިޓަލަށް ގެންދަންވީ.. އެންބިއުލެންސަށް ގުޅައިގެން ހައްތަހައި ލަސްވާނީ.. ހިނގާ ބޭބެގެ ކާރުގަ ގެންގޮސްދޭނަން.. ގިނަ އިރު ފަރުވާއެއް ނުދީ ބާއްވަން ވެއްޖެއްޔާ މާ ދެރަ ގޮތެއް ވެސް ވެދާނެ..” އެތަނުގައި ހުރި ބޭބެއަކު ބުނެލުމުން އަޒަލް ވެސް ހިތްވަރު ކުރެވޭތޯ ބެއްޔެވެ. ދެތިން މީހުން ވެގެން ޔައިލް އުފުއްލާލައިގެން ގެންގޮސް ކާރަށް އެރުވި އިރު، އަޒަލް ވެސް އެ ކާރަށް އެރިއެވެ. އޭރުވެސް ޔައިނާ އާއި ނީލާ ބިންމައްޗަށް ތިރިވެ ރޮމުން ދިޔަ އިރު އެދެމީހުން ގަޔާ ކައިރި ކޮށްލައިގެން ޔަލީން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.

“މަންމާ.. މާމާ.. މިވަގުތު ރޮއެގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ.. ދޮންބެދައްތަ އެ ދިޔައީ ދޮންބެ ގޮވައިގެން ހޮސްޕިޓަލަށް.. ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން.. ހިތްވަރު ދެރަ ކޮށްގެން މިވަގުތު އެއްވެސް މޮޅެއް ނުލިބޭނެ.. ހިތްވަރު ކޮށްލަބަލަ..” ޔަލީންގެ ވާހަަތަކުން ނީލާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނު ނަމަވެސް، ޔައިނާގެ ހާލަތު ދިޔައީ އިތުރަށް ދަށް ވަމުންނެވެ.

“މާމާ.. ބައްޕައަށް ގުޅައިލާފަ ވީ ގޮތް ކިޔައިދީބަ.. އަފާންބެމެންނަށް ވެސް ގުޅައްޗޭ..” ޔަލީން ބުނުމާއި އެކު ނީލާ ވަގުތުން ގޭތެރެއަށް ވަނީ މިލާނަށް ގުޅުމަށެވެ. މިލާނަށް ގުޅާފައި ވީ ގޮތް ކިޔައިދިނުމުން ފުރަތަމަ މިލާން ވެސް ހުރީ ޝޮކެއްގައެވެ. އެހެންނަމަވެސް އެހެން މީހުންނަށް ޓަކައި އޭނާ ހިތްވަރު ކުރަން ޖެހޭނެކަން އެނގޭތީ، މިލާން ހިތްވަރު އެލުވައެއް ނުލައެވެ. ނީލާ ގާތު ޔަލީންއަށް ފޯނު ދޭން އެދުމުން، ނީލާ އެކަން ކުރިއެވެ.

“ދަރިފުޅާ ޔަލް.. ބައްޕަ ދައްކާ ވާހަކަ އަޑުއަހާ.. މަންމައާ މާމަ ގޮވައިގެން ދަރިފުޅު އިހަށް ގޭގަ މަޑުކުރޭ.. ބައްޕަ މި ދަނީ އަފާންބެއާ އެކީ ހޮސްޕިޓަލަށް ދާން.. ދަރިފުޅު އިތުރު ކަމެއް ބޭނުން ވެއްޖެއްޔާ ޝަޔާމްއަށް ގުޅާ އިނގޭ.. ޒައުލްއާ އާރޫ ވެސް ތިބޭނެއެއްނު ދޯ..؟ ދަރިފުޅު މަންމައާ މާމައަށް ބަލައްޗޭ.. މިވަގުތު ދަރިފުޅު ހިތްވަރު ދެރަކޮށްލައިފިއްޔާ ދެން މަންމަމެންނަށް ހިތްވަރު ދޭނެ ދެވަނަ މީހަކު ނުހުންނާނެ..” މިލާން ދެއްކި ވާހަކަތައް އަޑު އަހަމުން ދިޔަ ޔަލީން އެކަން ކުރާނޭ ކަމުގެ ޔަގީންކަން ދިނެވެ. މިލާން ފޯނު ކަނޑައިލުމުން ޔަލީން ޔައިނާ އާއި ނީލާ ގޮވައިގެން ގޭތެރެއަށް ވަނެވެ. ނީލާއާ ޔައިނާ ހަވާލު ކުރުމަށް ފަހު، ޔަލީން އަވަސްވެގަތީ ޝަޔާމްއަށާ ޒައުލްމެންނަށް އެ ޚަބަރު ދިނުމަށެވެ.

*** ** ***

އަވަސް ފަރުވާދޭ ބަޔަށް ޔައިލް ވެއްދުމާއި އެކު، އަޒަލްއަށް މޫނުމަތީގައި އަތް އަޅައިލެވުނެވެ. އެ ޙާލުގައި ޔައިލް އޮއްވައި ހިނދުކޮޅަކަށް ވެސް އޭނާގެ ލޯ ކުރިމަތިން ޔައިލް ގެއްލިގެން ދާކަށް އަޒަލް ނޭދެއެވެ. ހިތާހިތުން ޔައިލް ހެޔޮ ޙާލުގައި ލައްވާތޯ ދުޢާ ކުރެވެމުން ދިޔަ އިރު، އަޒަލްގެ ލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ.

“އަޒް..” އިރުކޮޅެއް ނުވެ ޒާރާ ގޮވައިލި އަޑު އިވުމުން އަޒަލް އަވަސްއަވަހަށް އަޑު އައި ދިމާއަށް ބަލައިލިއެވެ. އޭރު އެދިމާއަށް އަންނަމުން ދިޔަ ޒާރާ ފެނިފައި އަޒަލްއަށް އަވަސްއަވަހަށް ޒާރާ ކައިރިއަށް ދެވުނެވެ.

“މަންމާ.. ޔައިލް..” ޒާރާގެ ގައިގައި އޮޅުލައިގަންނަމުން އަޒަލް ރޮއެގަތެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގައި މަންމަގެ އަތުގެ ޙިމާޔަތް ލިބުމާއި އެކު، އަޒަލްއަށް އިތުރު އަސަރެއް ކުރި ފަދައެވެ.

“މަންމައަށް އެނގޭ ދަރިފުޅާ.. އާރޫ ދެންމެ ގުޅާފަ ބުނެފި.. އިރުކޮޅަކުން އަންނާނެ ބައްޕަމެން ވެސް.. ދެން ހުއްޓައިލާ ދަރިފުޅު.. ރޮއެގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ.. އަޒް ޖެހޭނެ އެއްނު ހިތްވަރު ކުރަން.. ޔައިލްގެ މަންމަމެންނަށް ހިތްވަރު ދޭން ވެސް ހުރީ އަޒް އެއްނު.. އަވަހަށް ހުއްޓައިލާ ދޫނި..” އަޒަލްގެ ގައިގައި ބައްދާލައިގެން ހުރެ ޒާރާ ދިޔައީ ހިތްވަރު ދެމުންނެވެ.

“އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. ޔައިލްއަށް މިތަނުން ލިބޭނީ އެންމެ ރަނގަޅު ފަރުވާ.. ޔައިލްއަށް ގޮތެއް ވިޔަކަ ނުދޭނަމޭ މަންމަމެންނެއް.. އިނގޭ..؟” ޒާރާ ދެން ބެލީ އަޒަލް ހިތްހަމަޖައްސައި ދެވޭތޯއެވެ. ޒާރާގެ ވާހަކަތަކުން އަޒަލް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނު ނަމަވެސް، އަދިވެސް ރޮވެމުން ދިޔައެވެ.

އިރުކޮޅަކުން މިލާން އާއި އަފާން ވެސް ހޮސްޕިޓަލަށް އައެވެ. އަފާންގެ އެދުމަށް އާރާ އާއި ޒައުލް ފޮނުވައިލީ ޔައިނާމެން ކައިިރިއަށެވެ. ހޮސްޕިޓަލުގައި މަޑު ކުރީ އަޒަލް އާއި ޒާރާ އާއި އަފާންގެ އިތުރުން މިލާންއެވެ.

ޔައިލްގެ އޮޕަރޭޝަން ކުރިއަށް ދިޔަ އިރު، ހަތަރު މީހުން ވެސް ތިބީ ގޮނޑިބަރީގައި އިށީނދެގެންނެވެ. މިލާންގެ ދެލޮލުން ހިމޭން ކަރުނަތައް އޮހެމުން ދިޔަ އިރު، އަފާންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު، އަޒަލްއަށް ދިޔައީ ހުއްޓުމެއް ނެތި ގިސްލެވެމުންނެވެ. އަޒަލްގެ ކޮނޑުގައި އަތް ވަށާލައިގެން އިން އަފާންގެ ދެލޯ ވެސް ފެންކަޅިވެފައިވީ އިރު، ޒާރާ ވެސް އަޒަލްގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލަ އިން އިރު، އެ ހިތް ވެސް ވަނީ ޔައިލްއަސް ވާނެ ގޮތަކާ ދޭތެރޭގައި ނުތަނަވަސްވެފައެވެ. އަޒަލް ހިތްހަމަ ޖައްސައިދިނުމަށް ހުރިހައި ކަމެއް ރަނގަޅުވާނޭ ބުނި ނަމަވެސް، ޔައިލްގެ ހާލަތު ވަރަށް ގޯސްކަން އޭނާއަށް އެނގެއެވެ.

އޮޕަރޭޝަން ތިއޭޓަރުގެ ރަތް ބޮކި ނިވި، ފެހި ބޮކި ދިއްލުނީ ޔައިލް ވެއްދިތާ ތިން ގަޑި އިރު ވެސް ވީ ފަހުންނެވެ. ވަގުތުން އެންމެންނަށް ކޮޅަށް ތެދުވެވުނު އިރު، ތިއޭޓަރުގެ ދޮރު ހުޅުވައިލާފައި ޑޮކްޓަރު ނުކުތެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް އެދިމާއަށް ދުވެފައި ދިޔައީ އަޒަލްއެވެ.

“ޑޮކްޓަރ.. މައި ހަޒްބެންޑް.. ހައު އިޒް ހީ..؟” އަވަސްވެފައިވާ ހިތަކާއި އެކު އަޒަލްއަށް އަހައިލެވުނީ، ޑޮކްޓަރުގެ މޫނުމަތިން ފެނުނު ކުލަވަރުތައް ކިޔަން ނޭނގުނީމައެވެ. އެހެން އެންމެން ވެސް ތިބީ ޑޮކްޓަރު ދޭނެ ޖަވާބެއްގެ އިންތިޒާރެއްގައެވެ.

“ދި އޮޕަރޭޝަން ވޯޒް ސަކްސެސްފުލް..” ޑޮކްޓަރުގެ ބަހާއިި އެކު އަޒަލްއަށް މޫނުމަތީގައި އަތް އަޅައިލަމުން އަލްޙަމްދުލިﷲއޭ ބުނެވުނު އިރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ. މިލާންމެންގެ ލޮލުން ވެސް އުފާވެރި ކަމުގެ ކަރުނަ ނީރައިލީ، ލިބުނު އުފާވެރި ޚަބަރުންނެވެ.

“ބަޓް..” ދެން ޑޮކްޓަރުގެ ދުލުން ބޭރުވި ލަފްޒާއި އެކު އެންމެންގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. އުއްމީދުގެ ހުޅުކޮޅު ފަނޑުވިއެވެ.

“ޕޭޝަންޓް އަދިވެސް ވަރަށް ކްރިޓިކަލް.. މާދަމާގެ ކުރިން ހޭނާރައިފި ނަމަ ކޯމާއަކަށް ދިޔުން އެކަށީގެންވޭ.. އަޅުގަނޑުމެންނަށް ވެސް އޮތީ ފަންސާސް އިންސައްތައިގެ ޔަގީންކަމެއް..” ޑޮކްޓަރުގެ ބަހާއި އެކު، އަނެއްކާވެސް އެންމެންގެ މޫނުމަތި ބަނަވިއެވެ. އަޒަލްއަށް ވަގުތުން ނޫނެކޭ ކިޔައި ރޮއެގަނެވުނު އިރު، ބިންމައްޗަށް ތިރިވިއެވެ. ވަގުތުން އަފާން އައިސް އަޒަލްގެ ގައިގައި ހިފަހައްޓައިލަމުން، އެ މޭގައި ލޯބިވާ ދަރިފުޅު ޖައްސައިލިއެވެ. މަލެއް ފަދަ ނާޒުކު ދަރިފުޅު ކުރަމުން ދިޔަ ހިތާމަ ބަލަން ކެތް ނުވެގެން، ޒާރާ ވެސް ދެލޯ މަރައި ބާރުކޮށްލިއެވެ. މިލާން ވެސް ފެންކަޅިވެފައި ގޮނޑީގައި އިށީން އިރު، ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު ވަނީ އެ ހިތް ވަށައިލާފައެވެ.

“މިވަގުތު ޕޭޝަންޓް ދެކިލުމަށް އެތެރެއަށް ވަދެވޭނެ.. އެކަމަކު ފަހަރަކު ބޭފުޅަކަށް ވަދެވޭނީ..” ޑޮކްޓަރު ބުނުމާއި އެކު އަޒަލް މިލާންއަށް ބަލައިލީ ޔައިލް ދުށުމަށް އެދި އެ ހިތް ބޭޤަރާރު ވަމުން ދިޔަ ނަމަވެސް، އޭނާއަށް ވުރެ ބޮޑަށް އެ ޙައްޤު އޮންނާނީ މިލާނަށް ކަން އެނގޭތީއެވެ. ނަމަވެސް އަޒަލް ބަލައިލުމާއި އެކު، މިލާން ކަރުނައިގެ ތެރެއިން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ބޯ ޖަހައިލީ ދަރިފުޅު ވަންނާށޭ ބުނާ ފަދައަކުންނެވެ. އެއާއެކު އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި އަޒަލް ޔައިލް ބާއްވާފައި އޮތް ކޮޓަރިއަށް ވަނީ، އެ ސޫރަ ދެކިލުމަށް އެދި ހިތް ތެޅިފޮޅެމުން ދިޔަ ޙާލުގައެވެ.

ދަމާފައިވީ ފޮތިގަނޑު ކަހައިލުމާއެކު ފެނުނު މަންޒަރުން އަޒަލްއަށް އަނެއްކާވެސް ރޮއެގަނެވުނެވެ. އަނގަމަތީގައި އަތް އަޅައި ބާރުކޮށްލީ، ބާރަށް ރޯން އޭނާ ބޭނުން ނުވާތީއެވެ. އެނދުމަތީގައި އޮކްސިޖަން މާސްކެއް ގުޅާފައި އޮތް ޔައިލްގެ މޭމަތިން ވައަތް ފަރާތުގައި ބޮޑު ބެންޑޭޖުގަނޑެއް އަޅާފައި އޮތް އިރު، އެދިމާލުން ކޮންމެވެސް ވަރަކަށް ލޭ ކުލަ އެނގެން ހުއްޓެވެ. ނިއްކުރިމަތިން ވެސް ފަޅާފައި އޮތް ހިސާބުގައި ބެންޑޭޖުގަނޑެއް އަޅާފައި އޮތް އިރު، ގައިގެ އެތަން މިތަނަށް ވަނީ ހޮޅިތައް ގުޅާފައެވެ. އަމިއްލަ ބާރުގައި ނޭވާ ވެސް ނުލެވޭ ހާލުގައި ޔައިލް އޮތް ތަން ފެނުމުން އަޒަލްގެ ހިތް ފޮތިފޮތިވީ ފަދައެވެ.

“ޔައިލް..” ޔައިލްގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަޒަލް ގޮވައިލި އިރު، އެ އަޑުގައި އެތައް ހާސް އަސަރުތަކެއް އެކުލެވިގެން ދިޔައެވެ. އެ އަޑު ޔައިލްއަށް ނީވޭނޭކަން އެނގޭ އިރުވެސް، އަޒަލްއަށް ތަކުރާރުކޮށް ޔައިލްގެ ނަމުން ގޮވުނީ، އެންމެ ފަހަރަކުވެސް ޔައިލް ދެލޯ ހުޅުވައިލާތޯއެވެ.

“ޔައިލް.. ޕްލީޒް އަހަންނަށް ނުހަދާ.. އަހަރެންގެ ކެތްތެރިކަން ތިހެން އިމްތިހާނު ނުކުރޭ..” ޔައިލްގެ އަތުގައި ހިފައިލަމުން އަޒަލްއަށް ބުނެވުނު އިރު، އަޒަލްގެ ދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއްގެ ނިޝާން ޔައިލްގެ އަތުން ފެންނަމުން ދިޔައެވެ.

“ޔައިލް ދެން ހަމަ އަހަންނާ ދިމާއަށް ބަލައިވެސް ނުލާނަންތަ..؟ އަހަންނަށް ގޮވައިވެސް ނުލާނަންތަ..؟ އެންމެ ފަހުން އަހަރެން ހަމަ.. އަހަންނަށް ޔައިލް ދެކެ ލޯބި ވެވުނީމަ.. ޔައިލް އަހަރެން ދޫކޮށްލާފަ ދާނީތަ..؟” އަޒަލް ޔައިލް ދެކެ ލޯބިވާ ކަމަށް އިއުތިރާފުވީ ވަގުތުކޮޅު، ޔައިލްގެ ވައަތުގެ ޝަހާދަތް އިނގިލި ހަރަކާތް ކުރިއެވެ. އެހެނަސް އެ މަންޒަރު އަޒަލްއަށް ނުފެނުނީ، ކަޅިޖަހައިލުމެއް ވެސް ނެތި ޔައިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނީމައެވެ.

“ޕްލީޒް ޔައިލް.. ތިހެން ނޯވޭ.. އަހަރެން ކިހިނެއް ޔައިލްއާ ނުލައި އުޅޭނީ..؟ އަހަރެން ޔައިލް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެން ލޯބިވެޔޭ ބުނާ އަޑު ނުވެސް އިވެނީސް ޔައިލް ހަމަ އަހަރެން ދޫކޮށްލާފަ ދާނީތަ..؟ ޔައިލް ބުނީމެއްނު އަހަރެން އެހެން ބުނެލާ އަޑު އިވޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރަމޭ.. ދެން މިއަދު އެ ދުވަސް އައީމަ، އެ ދުވަސް ދެކެން ޔައިލް ބޭނުމެއް ނުވޭތަ..؟” އަޒަލް އެތައް ވާހަކައެއް ދައްކަމުން ދިޔަ އިރުވެސް، ދިރުމެއް ނުވާ ޔައިލްގެ މޫނުން އެއްވެސް އަސަރެއް ނުފެނުމުން އަޒަލް ހިތުގައި ޖެހުނެވެ. އެ ހިތުގައި ޔައިލްއަށް ޓަކައި ލޯބި އުފެދިއްޖެ ކަން އިހުސާސްވެ، އެ އިހުސާސް ދުލާ ހަމައަށް ގެންނަން ބޭނުންވީ ދުވަހު، ހިތާމަވެރިކަން އޭނާއާއި ޔައިލްގެ ހަޔާތް ފުރާލައިފިއެވެ.

ޔައިލް ވީއައިޕީ ރޫމަކަށް ބަދަލު ކުރެވުނީ ދެތިން ގަޑިއިރު ވާން ދެން އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހުއެވެ. ޕްރައިވެޓް ރޫމަށް ބަދަލު ކުރެވުނު ފަހުން ވެސް، އެންމެ ވަގުތުކޮޅަކަށް ވެސް އަޒަލް ޔައިލްގެ ކައިރިން ދުރަކަށް ނުދެއެވެ. ތަންކޮޅެއް ބޮޑަށް ހަމައަކަށް އެޅުމާއި އެކު، ޔައިނާ ވެސް ޔަލީން ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެއިން އެއްވެސް މީހަކު ޔައިލް އެކަނި ވިޔަކަ ނުދެއެވެ.

ހެނދުނު ހޮސްޕިޓަލަށް އައި ގޮތަށް ދަންވަރު ވާން ދެން ވެސް އަޒަލް އިނީ ޔައިލް ގާތުގައެވެ. ޒާރާ އާއި ޔައިނާ އެތައް ފަހަރަކު ގެއަށް ގޮސް އެއްޗެއް ކައިލަން އެދުމުން ވެސް އަޒަލް އެއްބަހެއް ނުވިއެވެ. ހިނދުކޮޅަކަށް ވެސް ޔައިލްގެ ސޫރަ ލޯ ކުރިމަތިން ގެއްލޭކަށް އަޒަލްގެ ހިތެއް ނޭދެއެވެ.

“ދަރިފުޅާ..” ޔައިލްގެ އަތުގައި ހިފާލައިގެން އިނދެ، ތާއްޔާ ޖެހެމުން ދިޔަ އަޒަލްއަށް ދެލޯ ހުޅުވައިލެވުނީ، ޔައިނާ ގޮވައިލި އަޑު އިވުމުންނެވެ.

“ދަރިފުޅު ދެން ގެއަށް ގޮސްލަން ވީނު.. މިއަދު އެއްކޮށް މިތާ ތި އުޅުނީ.. މިރޭ މަންމަ ޔައިލް ކައިރި އިންނާނަން.. ދަރިފުޅު ދޭ ގެއަށް ގޮސް ފްރެޝް ވެލައިގެން ނިދައިލަން.. ރަނގަޅަށް ރެސްޓް ކޮށްލައިގެން މާދަމާ އާދޭ..” ޔައިނާ އެދުމާއެކު ފުރަތަމަ އަޒަލް އިންކާރު ކުރި ނަމަވެސް، ޔައިނާ ކުރު ނުކުރުމުން އަޒަލްއަށް ޖެހުނީ އެއްބަސް ވާށެވެ.

“ޔަލްމެން އުޅޭނެ ގޭގަ.. ކަމެއް ބޭނުން ވެއްޖެއްޔާ ޔަލްމެން ކައިރި ބުނެލާ އިނގޭ.. މިކޮޅުގަ ކަމެއް ވެއްޖެއްޔާ މަންމަ ވަގުތުން ދަރިފުޅަށް ގުޅާނަން..” ޔައިނާގެ ބަހަށް ބޯޖަހައިލަމުން، އަޒަލް އެތަނުން ނުކުތީ، ދާން ބޭނުން ނުވެފައި ހުރެއެވެ.

އަޒަލް ގެއަށް ދިޔަ އިރު ސިޓިންރޫމުގައި ޔަލީން އާއި އާރާ އާއި ޒައުލްގެ އިތުރުން ޝަޔާމް ވެސް ތިއްބެވެ. އެންމެންނަށް ހިތި ހިނިތުންވުމެއް ރައްދުކޮށްލާފައި އަޒަލް ސިޑިން އަރައިގެން ދާން ފެށުމުން އާރާ ގޮވައިލިއެވެ.

“ދޮންތީ.. ކާންވީނު.. އާރާ ހުންނާނެ ފްރައިޑް ރައިސް ހަދާފަ..” އާރާ ބުނެލީ އަޒަލް މިއަދު އެއްކޮށް އެއްޗެއް ނުކައި ހުރީމައެވެ.

“ދޮންތި ބަނޑުހައެއް ނުވޭ.. އާރޫމެން ކައިލާ..” އެހެން ބުނެފައި އަޒަލް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަންނަދެން ވެސް އެންމެންނަށް ބަލަހައްޓައިގެން ތިބުން ނޫން ކަމެއް ނުކުރެވުނެވެ.

ކޮޓަރިއަށް ވަދެފައި އަޒަލް ފާޚާނާއަށް ވަނީ ފެންވަރައިލާށެވެ. ފެންވަރާ ތާޒާވެލައިގެން ފާޚާނާއިން ނުކުމެ އަޒަލް އަލަމާރި ކުރިމަތީގައި ހުއްޓުނެވެ. އަލަމާރި ތެރެ ހާވައިލާފައި އޭނާ ނެގީ ޔައިލްގެ ކަޅުކުލައިގެ ހުޑީއެކެވެ. އެއީ ޔައިލް އާއްމުކޮށް ހެނދުނު ގަޑީގައި އެންމެ ގިނައިން ލައި އުޅޭ އެއްޗެވެ. އަޒަލް އޭނާގެ އަތަށް ހުޑީ ބޮނޑިކޮށްލަމުން، އޭގެން ވަސް ގަނެލިއެވެ. އަބަދުވެސް ޔައިލް ބޭނުން ކުރާ “ހިއުގޯ ބޮސް” ސެންޓުގެ ވަސް އަދިވެސް އޭގެން ދުވަމުން ދާތީ، އަޒަލްއަށް ހީވީ ހަމަ ޔައިލްގެ ގާތުގައި ހުރެވުނު ހެންނެވެ. ކުރެވެމުން ދިޔަ ފުން އަސަރުން، އަޒަލް އެ ހުޑީ ބޮލުން ވައްޓައިލިއެވެ. އެއަށްފަހު ތެތްކޮށް އިސްތަށިގަނޑު ހިއްކަމުން އައިސް އެނދުމަތީގައި އިށީނެވެ.

އެ ކޮޓަރީގެ ކޮންމެ ކަނަކުން ވެސް އަޒަލްއަށް ފެންނަމުން ދިޔައީ ޔައިލްއެވެ. ޔައިލް އާއި އޭނާ އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކުގެ ފޮނިފޮނި ހަނދާން ތަކެވެ. އަނެއްކާވެސް ޔައިލްއާއި މެދު ވިސްނައިލެވުމުން އަޒަލްގެ ދެލޯ ކަރުނުން ބަރާވިއެވެ. އެނދުމަތީގައި އޮށޯވެލި އިރު، އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް، އަޒަލް ބޯއަޅައިގެން އޮތް ބާލީސް ތެންމާލައިފިއެވެ. އޭނާ ދެރަ ވަނީއެވެ. ޔައިލް ދެކެ ލޯބިވާ ވާހަކަ ކުރިން ބުނެވުނު ނަމައެވެ. އެހެނަސް، ދެން އޭނާ އެހެން ބުނެލައި އަޑު އަހައިލާނެ ފުރުސަތެއް ވެސް ޔައިލްއަށް ނުލިބޭނެޔޭ ހިތަށް އެރުމުން، އަޒަލްގެ ހިތް ފޮތިފޮތިވެގެން ދިޔަ ފަދައެވެ.

ޔައިލްގެ ހަނދާންތަކުގައި އޮޔާ ބެހެމުން ދިޔަ އަޒަލްގެ ދެލޮލަށް ނިދި ސަވާރުވީ، އެ ގޮތުގައި އޮންނަތާ އެތައް އިރެއް ފަހުންނެވެ. ބަރުވެފައިވީ އެސްފިޔަތައް ލެއްޕިގެން ދިޔަ އިރު، ނިދީގެ ފުން ޢާލަމަށް ދަތުރު ކުރުމުގެ ކުރިން އަޒަލްގެ ދުލުން ބޭރުވި އެންމެ ފަހު ލަފްޒަކީ ވެސް ޔައިލްއެވެ.

ނިދިފައި އޮތް އަޒަލްގެ އެސްފިޔަތައް މަޑުމަޑުން ހަރަކާތް ކުރީ، ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމުންނެވެ. ވަގުތުން އަޒަލްގެ ދެލޮލުން ނިދީގެ އަސަރު ފިލައިގެން ދިޔަ އިރު، އެންމެ ސިކުންތެއް ވެސް ލަސް ކުރުމެއް ނެތި ފާޚާނާއަށް ވަދެ ވުޟޫ ކޮށްލިއެވެ. ފަތިސް ނަމާދުގެ ދެ ރަކްޢަތް އަދާކުރުމަށް ފަހު، އަޒަލް ދުޢާ ދެންނެވީ ހަމަ އެންމެ ކަމަކަށެވެ. ލޯބިވާ ފިރިމީހާގެ ފުރާނަ ސަލާމަތް ކޮށްދެއްވައި، ހެޔޮ ޙާލުގައި ލެއްވުމަށެވެ.

ދުޢާ ކޮށް ނިމިގެން މޫނުގައި އަތް އަޅައިލި އަޒަލްއަށް ސިހުމެއް ލިބުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަހަށް މުސައްލަ މަތިން ތެދުވެގެން ގޮސް، އަޒަލް އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ގުޅަނީ ޔައިނާކަން އެނގުމުން އަވަސްއަވަހަށް އަޒަލް ކަންފަތުގައި ފޯނު ޖަހައިލިއެވެ.

“ދަރިފުޅާ.. ޔައިލް ހޭއަރައިފި..” ޔައިނާ ބުނެލުމާއެކު އަޒަލްއަށް ވަގުތުން ﷲއަށް ޙަމްދު ކުރެވުނެވެ. އެ ދެލޮލުގައި އުފާވެރި ކަމުގެ ކަރުނައިގެ މުތީތައް ވިދަން ފެށި އިރު، އެ ތުންފަތުގައި ހިތްގައިމު ހިނިތުންވުމެއް ކުޅެލާފައި ވިއެވެ.

“އެކަމަކު ޔައިލް-” ޔައިނާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވެނީސް އަޒަލް ފޯނު ކަނޑައިލިއެވެ. އުފާވެފައި ހުރި ވަރުން އަޒަލްއަށް އެއްތާކު ދެފައި ޖަހައިގެން ހުންނަން ވެސް އުނދަގޫވިއެވެ. އަވަސްއަވަހަށް ފެންވަރާ ތާޒާވެލައިގެން އަޒަލް ތައްޔާރުވީ ހޮސްޕިޓަލަށް ދިޔުމަށެވެ. ކަޅު ކުލައިގެ އަބާޔާއަކާ އެކު ހަމަ އެކުލައިގެ ޝޯލްއެއް އަޅައިގެން، ކުޑަ ގޮތަކަށް އަޒަލް ރީތި ވެލިއެވެ.

އަޒަލް ގެއިން ނުކުތް އިރު، މަގުތަކުގައި ކިރިޔާ އަލިކަމެއް ހުރި ކަމެވެ. ޓެކްސީއަކަށް އަރާފައި ޑްރައިވަރު ގާތު ކެއަރލޫޕް ހޮސްޕިޓަލަށް ދާން ބުނެލި އިރު ވެސް އެ މޫނުމަތިން ހިނިތުންވުން ފިލައި ނުދެއެވެ. ހޮސްޕިޓަލަށް އާދެވުމުން ޑްރައިވަރަށް ލާރި ދައްކާފައި އަޒަލް ކާރުން ފޭބިއެވެ. ހޮސްޕިޓަލަށް ވަންނަން ދާން އުޅެފައި ވެސް ޚިޔާލު ބަދަލު ކޮށްލަމުން އަޒަލް މިސްރާބު ޖެހީ ކައިރީގައި ހުރި މާ ވިއްކާ ފިހާރައަކަށެވެ. ފިހާރައަށް ވަދެ ނޫ ކުލައިގެ ޓޫލިޕް މައުބޮނޑިއެއް ގަނެފައި، ކަރުދާސްކޮޅެއްގައި އަޒަލްގެ އަތުލިޔުމުން “ގެޓް ވެލް ސޫން މައި ލަވް” އޭ ޖަހައިލިއެވެ. ހިތް ފުރޭ ވަރު ވުމުން މާބޮނޑިން ވަސް ގަނެލާފައި، އަޒަލް ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ އަވަހަށް ޔައިލްގެ ސޫރަ ދެކިލުމަށް އެ ހިތް ބޭޤަރާރުވެފައި ވާތީއެވެ.

ޔައިލް ބާއްވާފައި އޮތް ވީއައިޕީ ރޫމަށް އަޒަލް ވަން އިރު، އެތަނުގައި މިލާންގެ ދެމަފިރިންނާއި، އަފާންގެ ދެމަފިރިންނާއި، އަޒާންގެ ދެމަފިރިންގެ އިތުރުން ޔަލީންއާއި އާރާ އާއި ޒައުލް ވެސް ތިއްބެވެ. އެންމެން ޔައިލް ވަށާލައިގެން ތިބުމުން އަޒަލްއަށް ބޯ އަރުވައިލެވުނީ ޔައިލް ފެނޭތޯއެވެ.

އަޒަލް އައުމާއި އެކު، އެންމެން ވެސް ކޮޓަރިން ނުކުތީ އަޒަލް އާއި ޔައިލްއަށް ވަގުތުކޮޅެއް ދިނުމަށެވެ. އެންމެން ބޭރަށް ދިޔުމާއި އެކު، އަޒަލް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން ޔައިލް ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. އެނދުމަތީގައި އިށީނދެލައިގެން އިން ޔައިލް ވެސް އަޒަލް ފެނުމާއި އެކު، ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

“ބްލޫ ޓޫލިޕްސް.. އަހަންނަށްތަ..؟” އަޒަލް ދިއްކޮށްލި މާބޮނޑީގައި ހިފަމުން ޔައިލް އަހައިލި އިރު، އެ ތުންފަތުގައި ވަނީ ހިތްގައިމު ހިނިތުންވުމެކެވެ.

“ޔައިލް ވެސް އަބަދު އަހަރެން ބަލިވެ އުޅޭ އިރު ބްލޫ ޓޫލިޕްސް ދެމެއްނު.. އެހެންވެ މިފަހަރު ހިތަށް އެރީ އަހަންނޭ ދޭނީ..” ޔައިލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަޒަލް ބުނެލި އިރު، އެ މޫނުމަތިން އުޖާލާކަން ފަނޑު ނުވެއެވެ.

“ދިސް އިޒް ސޯ ސްވީޓް އަޒް.. ތެންކްޔޫ ސޯ މަޗް.. އައިމް ސޯ ލަކީ ޓު ހޭވް އަ ބެސްޓްފްރެންޑް ލައިކް ޔޫ..” ޔައިލް އެންމެ ފަހުން ބުނެލި ޖުމުލައިން އަޒަލްގެ ތުންފަތުގައިވީ ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިޔަ އިިރު، ދެލޯ ހަނިކޮށްލެވުނެވެ.

“ބެސްޓްފްރެންޑް..؟” ގަބޫލު ނުކުރެވިފައި އަޒަލްއަށް އަހައިލެވުނީ ވައި އަޑުންނެވެ.

“ހޫމް.. ކިހިނެއްވީ..؟ އަޒް ތީ އަހަރެންގެ ބެސްޓްފްރެންޑެއް ނޫންތަ..؟” ޔައިލް އަހައިލުމާއެކު މިފަހަރު ދެލޮލުގެ ތެރެއަށް ބޮނޑިވެގަތް ކަރުނަތައް ފޮރުވުމަށް އަޒަލް ނުކުޅެދުނެވެ. ޔައިލްގެ ކުރިމަތީގައި ހުންނަން ދަތިވުމާއި އެކު، އަޒަލް ގޮނޑިން ތެދުވެފައި ބޭރަށް ދުއްވައިގަތީ ޔައިލް ގޮވަ ގޮވައި އިންދައެވެ.

ބޭރަށް ނުކުތް އަޒަލް ފެންކަޅިވެފައިވާ ދެލޮލުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ޖަވާބު ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. އޭރު އެ އެންމެންގެ މޫނުމަތީގައި ވެސް ހިތާމައިގެ ސާލެއް އޮޅިފައިވީ އިރު، އަޒަލްއަށް ދޭނެ ޖަވާބެއް އެއިން އެކެއްގެ ދުލުގައި ވެސް ނެތް ފަދައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ވާ ލޯބި އެގޭނަމަ….(4)

Next

ހިތް ބޭނުމޭ ދުލުން 16

Next
March 25, 2025

ހިތް ބޭނުމޭ ދުލުން 16

Previews
March 25, 2025

ވާ ލޯބި އެގޭނަމަ….(4)

27 Comments!

  1. Vampire girl says:
    March 25, 2025 at 11:52 pm

    Dhn noooooo😭😭😭😭
    Yail ge handhaan thah dhiyaeee ey alheyyyyy 😭😭😭😭
    Azal haadha
    Eiii yail jahsaali act akah vaane nama….
    Hama azal ah yail dheke loabi vevunyma dhw😭😭
    Curiously waiting for the next part…..
    Whn next??

  2. Jum says:
    March 25, 2025 at 11:54 pm

    Alhe nooo… He lost his memories 😭😭😭

  3. sarah says:
    March 26, 2025 at 12:14 am

    alheyy noooooooo..
    whenn nextt?
    im sooo curiouss

  4. Nina 🤍 says:
    March 26, 2025 at 12:14 am

    Dhen nooooo alhey he lost his memories alhe azz ah ehen nahadhaa konmes gothakun yail ge handhaanthah genesdheeba ekujjaa maruvedhaane also missed shayaam and yaleen ge rom part. Omg when are you gonna submit the next part? Kiyaahithun hureveniyyeh nooney hama. Keep cooking up the story ly 🩷

  5. Tabassum says:
    March 26, 2025 at 12:15 am

    Is it short term memory lost or long term memory lost??
    Haadha dheraey mi viogoyy dhn …

  6. Lam says:
    March 26, 2025 at 12:27 am

    Alheyyyy noooo
    I’m crying 😞
    Hail ah ehn nuhadhahcheyy 😭😭
    Waiting for next part

  7. Reem says:
    March 26, 2025 at 12:35 am

    Mi part kiyaafa hama aslah ves varah dhera vejje. Haadha dhera gothekey mi vanee. Yail memory loss veetha anehkka. Haadha curious ey mihaaru. Btw varah reethi mi part ves. Can’t wait to see next part. Good luck dear ❤️

  8. 💋 says:
    March 26, 2025 at 12:42 am

    Dhn nooo keeh vaany eyky samaasaa akah vaan
    Mi part vc vrh reethi Masha Allah 😍
    Next part ah vrh inthizaaru kurevey
    Keep it up nayaa sis 💗

  9. Na.ell says:
    March 26, 2025 at 12:49 am

    Alhe nooon azal ah ehn nuhadhaa ekuhjja ehaa ufalun aeema ves 😭😭
    Azal noonas i ves hury vaanuvaaga kan kan ehaa avahah vaathy 😭😭 ekm ves vrh reethi mi part ves
    Can’t wait for the next part
    Keep it up nayuu ❤️

  10. Mar Yam says:
    March 26, 2025 at 12:57 am

    Dhmnnn noooo yaill 😭😭😭😭😭
    He lost his memory kanne 😭 alhe noo nayuu thihen nuhadhaa azz and yail ah😭 im curiously waiting to read the next partt
    Avahah submit kolladheeba. Keiy nukureveyne hama 😩
    Nayu haadha molhey kiyun theringe shauguverikan libey gothah vhk liyan dhw. Ur my fav author ❤️💋💯
    Keep ul the gud work nayuu
    Lysm ❤️

  11. Naala says:
    March 26, 2025 at 12:59 am

    Vrh reethi mj part vs
    And kithah parts total innani mi vhk ga 😊

  12. Her/she says:
    March 26, 2025 at 1:39 am

    Alhe dhen nooooo…
    Pls tell me thts a prank..Like Yail handhaan neii kamah act kuranee ey, idk maybe to make sure whether azal loves him or not… Alhe az haadha dhera vaane eyy.. She loves him sooooo much.. Pls don’t separate them..
    It’s sooo nice mi part ves..
    When next part?

  13. Nayaa hater 69 says:
    March 26, 2025 at 2:40 am

    lol asluvx naseebeii nayaa ge hater ah nuvikan…
    Liyevey eiicheii ingigen comment kohbala dhw😅😅…
    Adhi maa velaafa eba comment kure eiinu….
    Reethi nuvihyaa keehkuran vaguthu huskohgen kiyanee….
    Amigla vagutheiinu thi beykaaru kurany 🤣🤣🤣🤣
    Thivaru ge bodu moya eii nudheken…..
    #Nayaa hate

  14. Avg nayaa fan says:
    March 26, 2025 at 2:42 am

    Faadu kiyunmakii libey kuri erumeh! Faadu kiya miihun Kiya Kiya thibey! Kithanme hate kuriyas Eba jehey story kiyan riithi thw balan ves , evarun nufudhign comment ves kuran jehey!
    Hate kurangna naaya aa dhuruga huriima oky vaane!
    Eyrun story kiyaakah ves nujeheyne ehnu!!
    Hate kuraa miiheh dhuruga huriyyatha bolah vez faseyha vaanii…

    Haters kithanme varakah hate kuriyas we love her, we support her and we will… In shA Allah…

    1. /// says:
      March 26, 2025 at 7:43 am

      afcause i agreed you

    2. imko says:
      March 26, 2025 at 12:41 pm

      I also agree
      I also love her

  15. Nayaa hater 69 says:
    March 26, 2025 at 2:44 am

    I love Naaya’s new story! It’s honestly incredible how she weaves such a unique and captivating narrative. Every twist and turn in her plot feels fresh and exciting, making it impossible to put down. The characters she creates are so real and relatable, yet each one has something special that makes them stand out. The way she describes the settings transports you to another world—every detail is so vivid and precise. It’s clear she pours so much heart and thought into her work, and it shows in every sentence. I honestly can’t wait to see where the story goes next because she always knows how to keep things unpredictable and engaging. Naaya’s creativity never ceases to amaze me, and this new story proves just how talented she really is. I’m completely hooked!
    #AI Nayaa

    1. Ulaa says:
      March 26, 2025 at 5:12 am

      ‘nayaa hater’ mhr nayaa big fan ah vee 😭😂👍🏼

  16. Nayaa hater 69 says:
    March 26, 2025 at 2:44 am

    I love Naaya’s new story! It’s honestly incredible how she weaves such a unique and captivating narrative. Every twist and turn in her plot feels fresh and exciting, making it impossible to put down. The characters she creates are so real and relatable, yet each one has something special that makes them stand out. The way she describes the settings transports you to another world—every detail is so vivid and precise. It’s clear she pours so much heart and thought into her work, and it shows in every sentence. I honestly can’t wait to see where the story goes next because she always knows how to keep things unpredictable and engaging. Naaya’s creativity never ceases to amaze me, and this new story proves just how talented she really is. I’m completely hooked!HAHAHAHAH BRUSHSVS
    #AI Nayaa

  17. Ghost girl 👻 says:
    March 26, 2025 at 3:14 am

    Masha Allah 😍 vrh reethi mi part ves ☺️ rovijje hama rangalhah ves … Curiously waiting for the next part keep it up

  18. Aalerrr says:
    March 26, 2025 at 4:42 am

    Masha Allah mi part vx vrh reethi ❤️
    Alheyy..yail ge memories lost v tha??
    Haadha dhera eyy😭😭😭😭
    Azal fakeeru haadha dhera vaaney
    Btw, when’s next part??
    Curiously waiting for the next part 🙂
    Nayaa…you are the best😊
    Keep it up 👏👍

  19. Aara says:
    March 26, 2025 at 4:57 am

    Alheyy yail lost his memory tha?
    When’s the next part
    Can’t wait to read next part
    Ly❤️

  20. gurrrrl says:
    March 26, 2025 at 5:05 am

    alheyyy noooooo
    is that yail ge memories lose v e haadha dhera eh vaane eyy n azz loabi v ma yail alhe thihen vaan jeheytha heyonuvaane dhwww btw mi part ves vrh reethi cant wait for next part
    ly naayoo

  21. Anonymous says:
    March 26, 2025 at 5:09 am

    When next naayooo??

  22. Ishu says:
    March 26, 2025 at 6:10 am

    Alheyy… He lost his memories tha??
    haadha dhera gothekey evee
    I wish that was an prank
    When next????
    Curiously waiting for the next part
    Lyssm

  23. Cutie girl says:
    March 26, 2025 at 10:00 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey azal and yail dhuru nukurachey
    Yal and shayaam ves
    Aara and zaul ves
    They all are made for each other
    Yail act jahsalay or memory lose veetha
    Ehn nuhadhachey 🥺
    I appreciate your hard work
    Mi part kiyaafa rovijje hama rangalhah 😫
    Haadha curious kohlaafa thi nimaaly
    Yail ah dhera gotheh nuhadhachey
    Tc ❤️
    Ly naayoo darling ❤️

  24. Azz says:
    March 26, 2025 at 11:00 am

    Alheyy Nooooooooo.. Yail Lost his Memories😭
    I think Yail acting he lost his memories?? To make sure Azz loves Him??
    Mi part vx varah varah reethi Masha Allah<33
    Curiously Waiting for next part…
    Lysm Nayu <33333

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 41←


All Right Reserved!